(ތިންވަނަ ބައި) ސިކުނޑިއަށް ބާރުލާފައި އަލްޔާ ވިސްނަމުން ދިޔައީ އެނަން އަލްޔާގެ ކަންފަތަށް އިވުނު ގޮތަކާއި މެދުއެވެ. ކުއްލިއަކަށް އަލްޔާގެ ހަނދާނަށް އައީ މިރޭ ބޮޑުދައިތަ ބުނި ބަސްތަކެވެ. “އަދި އަހަރެންގެ ދަރިފުޅު މާކިން އަކާ ދިމާ ނުވޭދޯ؟ އޭނާ ވީ ރަހުމަތްތެރިއެއްގެ ގެޔަށްގޮސް.” ތެޅިފޮޅެމުން ދިޔަ އަލްޔާ ކުއްލިއަކަށް މައިތިރިވިއެވެ. “މީ އެ މާކިންތަ. އަސްތާ! މިކުރެވުނީ ކީއް. އަހަރެން މިގެއަށް އައި ފުރަތަމަ ދުވަހުވެސް ބޮޑުދައިތަގެ ދަރި ވަގަކަށް ހެދުނީއެވެ. އެކަމަކު އޭނާވެސް ގޭގެ […]
ދެ ފިރިހެން ކުދިންގެ ނަންތައް އެއްވައްތަރު ކަމުން ޒެކުޔާން އަށް ވާނީ ޔާން ލިއެފައެވެ. ************************************* ޔާން ދާތަން ބަލަންހުރި ޒެކުވާން އަށް ބޯ ހޫރާލަމުން ހީ ލެވުނީ އޭނާގެ ކޮށްކޮގެ ލާނެތްކަން ފެނިފައެވެ. މުޅިދުވަސް އެކި މަސއްކަތުގައި ހޭދަ ކޮށްލުމަށްފަހު ޒެކުވާން ކާރަށް އަރައި ހަމަ ޖެހިލީ ގެއަށް ދިއުމަށްށެވެ. ރޯސްވިލާ ހައުސް އަކީ ތިން ބުރިއަށް ނަގާފައިވާ ރީތި ތަނަވަސް ގަނޑުވަރެއްފަދަ ބޮޑު ގެއެކެވެ. ގޭގެ ގޭޓުން ކާރު ވައްދާލުމާއެކު ވެކުވާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ގޭގެ ޗާލޫކަމާއި ބޮޑުކަމުން ލިބެންޖެހޭ […]
ލުޔޫން އަކީ ޅަފަތުގެ ދުވަސްވަރު އެތައް ވޭ ނެއް ތަހައްމަލު ކުރި ކުއްޖެކެވެ. އޭގެ ސަބަބުން ލުޔޫން ޑިޕްރެޝަން ގެ ކަޅު އަނދަވަޅު ތެރެއައް ވެއްޓެއެވެ. ނަމަވެސް މާތްﷲ ގެ އިރާދަފުޅުން ލުޔޫން އެކަމުން ސަލާމަތް ކޮއްދެއްވަނީ 3 ދީންވެރި އަ ންހެ ން ކުދިން މެދުވެރި ކުރައްވައެވެ. ދެ ން ކަ ންތައް ވެގެންދާ ގޮތް ތިބޭފުޅުން އަމިއްލަފުޅައް ވިދާޅުވެލައްވާށެވެ. *************** މީ އަޅުގަނޑު ގެ ފުރަތަމަ ވާހަކައިގެ ޓްރެއިލާ އެވެ. ހުރިހާ އެންމެންނަށް ވެސް […]
* “ސަވާނާ..” މިފަހަރު އެމީހާ އެހެން ބުނެލިއިރު އަޑުގައި ތުރުތުރު އެޅުމެއްވިއެވެ. “ތިއީ ކާކު..؟؟” ދެން އިވުނީ ރަވިކާންގެ އަޑެވެ. އެ އަޑުގައި ރުޅިވެރިކަން އެކުލެވިފައިވެއެވެ. ރަވިކާން އެ ސީރިއަސްވީ ކަން އެނގުމުން ޒައިލީންއަށް ރަވިކާންގެ އަތުގައި ހިފާއްޓާލެވުނެވެ. އޭރުވެސް ޒައިލީންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ޒައިލީންއަށް އިސްއުފުލާ ބަލާލެވުނީ ރަވިކާން އެ ސުވާލު ތަކުރާރު ކުރުމުންނެވެ. ޒައިލީންއަށް އެމީހާގެ ދެލޯ ފާހަގަވިއެވެ. ވޭނީ ކަރުނައިން ފުރިފައިވާ ރީނދޫ ކުލައިގެ ދެލޮލެވެ. * “ސަވާނާ.. ސަލްވިޔާ…” […]
އައިވިންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން އެނގި ޒޯޔާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ޖޫސްގެނައި ތަބަށް ޖޯލިފަތީގެ ކުރިމަތީގައި ހުރި ފިލައިން ހަދާފައިވާ ތިރި މޭޒުގައި ބެހެއްޓުމަށްފަހު ޒޯޔާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. “އުންމީދު ކުރަން އަޅުގަނޑުގެ ގެސްޓް ހައުސްގައި ހުންނަ ހުރުން ހިތްހަމަޖެހޭ ތަޖުރިބާއަކަށް ވެގެންދާނެކަމަށް..” ޖޫސްތަށި ހުސްކޮށްލުމަށްފަހު ޒަފަރް ތެދުވެ އައިވިން އާއި އެކު ހިނގައިގަތީ ގެސްޓް ހައުސް އާ ދިމާއަށެވެ. ” މިހުރީ ގެސްޓް ހައުސްގެ ސްޓާފް ހެޑް މިސް ސްޓެފަނީ.. އެއްވެސް ކަމަކަށް […]
ޒާޔާ އެހެން އިންދައި އޭނާގެ ލޯ ކަރުނުން ފުރެން ފެށިއެވެ. ކަރުނަތައް އޭގެ މަގާމް ދޫކޮށްފައި ޒާޔާގެ ލޮލުން ފައިބައިގަތް ވަގުތަކީ އެ ކޮޓަރީގެ ލައިޓް ދިއްލުނު ވަގުތެވެ. އެއާއިއެކި ޒާޔާ ބިރެއް ފެނިގެން އުޅުނު ފަދައަކުން ހަޅޭއްލަވައިގަނެފައި އެނދުމަތީ އޮތް ރަޖާގަނޑު ނަގައި އޭނާގެ ގައިގައި އެޅިއެވެ. އެހެންޏާ ޒާޔާގެ ފަރާތުން ނުފެންނަ ސިފައެއް މިރޭ ޒާޔާގެ ފަރާތުން ފެނުމުން މަލައިކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒާޔާ އަކީ ދުވަހަކުވެސް މަލައިކާ އައިސްގެން އެގޮތަށް […]
އޮނަތިރީސްވަނަބައި އެހެން ކަމުން އަޝްހާ ފުރަގަސްދީ ހިޝާން އެތަނުން ދާން ހިނގައިގަތެވެ. *** “ނޫން.. އޭގައި އޮތީ އެހެނެއްނޫން.. އޭގައި އޮތީ އޭނާ އަށް ހިޝާންބެ ހަނދާން ނައްތާ ނުލެވުނު ވާހަކަ.. އެންމެ ފަހު ވާހަކަ އަކަށް އޮތީ އޭނާގެ ހިތް ބަދަލުވެސް ނުކުރެވުނު ވާހަކަ.. އޭގައި އޮތީ އަނާ އަދިވެސް ހިޝާންބެ ދެކެ ލޯބިވާ ވާހަކަ..” އަޝްހާގެ މިބަސްތަކުން ހިޝާންގެ ހިނގުން ހުއްޓުނެވެ. ހީވީ ދެފައިގައި މީހަކު ހިފެހެއްޓިހެންނެވެ. ހައިރާން ވެފައި އޭނާ އެނބުރުނެވެ. އޭނާ […]
ހަވީރުގެ ވަގުތެވެ. އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އިން 21 އަހަރުގެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސްއެއްގައި އިންއިރު ކަޅުކުލަ ގަދަ އެއިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. އެދޮން ކޯތާފަތުގައި ފިރުކެމުންދާ ކުދި ކަރުނަ ތިކިތައް އަތުގެ ނުފުށުން ފޮހެމުން ދިޔައިރު ފެންނަ ކޮންމެ މީހަކު އެކުއްޖާއާއި ދިމާލަށް ބަލައިލަނީ ހަމްދަރްދީގެ ނަޒަރުންނެވެ. ނަމަވެސް އެކުއްޖާ އިނީ މާޒީގެ ހިޔާލުތަކަށް ގެއްލިފައެވެ. އުމުރުން އެންމެ 11 އަހަރުގައި ހިނގި […]
ރަޔާން އަކީ މުއްސަދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެވެ.ރަޔާން އަށް ހަނާ ފެންނަނީ ރާއްޖެތެރޭގެ ރަށަކަށް ގޮސް އުޅުމުގެ ތެރޭގައި އެވެ. ހަނާ އަކީ ރަޔާން ހުންނަ ގެޔާއި ވިދިގެން ހުންނަ ގޭގައި އުޅޭ ކުއްޖެކެވެ. އެހެންކަމުން ހަނާ އެގެޔަށް ގޮސް އުޅޭއުޅުމުގައި ދެމީހުން އެކަކު އަނެކަކާއި ދިމާވެއެވެ.އަދި ދެމީހުނަށް އެކަކު އަނެކަކު ދެކެ ލޯބިވެވެއެވެ. އެތައް ހުވާ ތަކަކަށް ފަހު ރަޔާން މާލެ ދަނީ ހަނާ އޭނަގެ މިލްކަކަށް ހަދަން ނިންމާފައެވެ. އެހެންނަމަވެސް އޭނަ އާއި […]