އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ޓާރމް ޓެސްޓްތައް އޮތުމުގެ ސަބަބުން މި ވާހަކަ ނުގެނެސްދެވި ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. ********** ދުނިޔެ މައްޗަށް އަލިކަމުގެ ކުލަތައް ވެރިވެފައިވީއިރު މުޅި މާހައުލު ފެންނަނީ ހިތްގައިމު ގޮތަކަށެވެ. 15 ބުރިއަށް ނަގައިފައިވީ އެން އޭ ކޮމްޕެނީގެ ކުރިމައްޗަށް ޕާރކްކުރި ކަޅު ކުލައިގެ ލެމްބޮރގިނީ ކާރަށް އެތައް ބައެއްގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ކާރުގެ ދޮރުފަތް ހުޅުވުމަށްފަހު ކާރުން ނުކުތީ ރީތިކަން ހުސްކޮށްގެން ހުރި ޒުވާނެކެވެ. ކަޅު ކުލައިގެ […]
“މޭން.. ގޮޓަގޯ.. މި ނަވް އެހާ ރުޅިއައިއްސަ ހުރީމަ ދާކަށްނު ޖެހޭނީ..” ނަވްޔާންވެސް ނަވްޔާ ރުޅި އަރުވާލުމުގެ މަޤްސަދުގައި ބުނެލިއެވެ. “ދޮންބެގަނޑާ!!!!..” ނަވްޔާ ހައިކަލްއަށް ލޯ އަޅާލަމުން ނަވްޔާންގެ އަތުގައި ހިފައިގެން އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ހައިކަލް ނަވްޔާ ރުޅިއަރުވައިލެވުމުން މަޖާވެގެން ހުރެ ކުރިއަށް ހިނގައިގަތީ ނަވްޔާއަކީ އެހެން ކުދިންނާ ތަފާތު ކުއްޖެކޭ ހިތަށްއަރާ ހާލުގައެވެ. ********** ކޮޓަރިތެރޭގައި ފަނޑު އަލިކަމެއްވާއިރު، ތަންތަން ފެންނަނީ ކިރިޔަކިރިޔާއެވެ. އަޅި ކުލައިން ޒީނަތްތެރި ކޮށްފައިވި ކޮޓަރި ފެންނަނީ ހިތްގައިމު ގޮތަކަށެވެ. […]
ހިސާބަކަށް ދެވުނުތަނާ ނަވްޔާ ކުރިމަތިން އައި މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. ނަވްޔާގެ ފޯނު ވިއްސައިގެން ގޮސް ހަލާކުވާނެކަން އިނގޭތީއާއެކު ވެއްޓުމުން ތަދުވާނެކަން އިނގޭތީ ނަވްޔާ އޭނާގެ ދެ ލޯ މަރާބާރުކޮށްލިއެވެ. ވެއްޓެން ދިޔަ ވަގުތު ބާރުގަދަ ދެއަތުން އޭނާގެ ހަށިގަނޑު ވަށާލުމުން ނަވްޔާ އޭނާގެ މެރިފައިވީ ދެ ލޯ ހުޅުވައިލިއެވެ. ********** ހައިކަލް ފިރިހެންވަންތަ ހިނގުމެއްގައި ރަސްފަންނާއި ހަމައަށް ދެވުނުއިރު، ނަވްޔާންމެން ފެންނާކަށް ނެތެވެ. ފެންނާން ތިއްބަކަސް މިހާރު ވަކިކުރާކަށެއްވެސް ނޭނގޭނެއެވެ. ދެމީހުން ދެމީހުންނަށް ނުފެންނަތާ އެހާ ގިނަ ދުވަސްވީއެވެ. އަތުގައި އަޅާފައި އޮތް އެންމެ މިޒަމާނުގެ ގަޑިއާއި […]
ނަވްޔާން ފެންވަރާ ނިމިގެން ރީތިވާންހުއްޓާ ފޯން ރިންގްވާ އަޑު އިވެން ފެށިއެވެ. އެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލުމަށްފަހު، އަވަސްވެގަތީ ފޯނު ނެގުމަށެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމުން ނަވްޔާންގެ ތުންފަތުގައި ދުވެލީ މާނަ ފުން ހިނިތުންވުމެކެވެ. “ހެލޯ…ބެސްޓް ބްރޯ…” ނަވްޔާން ފޯނު ނެގުމާއިއެކު ބުންޏެވެ. ********** “ހެލޯ މޭން… މިހާރު މާލެ އާދެވުނީތަ…” ރީތި އަޑެއްގެ ވެރި ޒުވާނެއް އެކޮޅުން ވާހަކަދެއްކިއެވެ. “ހޫމް… މިހާރު ކޮން އިރެއް އާދެވުނުތާ… ހައިކްއަށް […]
އިރު އޭގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ދިޔައެވެ. އުޑުމަތީގައި ކަޅުވިލާ ރޮއްޖެއްވެސް ނެތް އިރު، ދައްކުވައި ދެމުންދިޔައީ މީހުންގެ ހިތްތަކަށް އުފާވެރިކަން ލިބޭނެ ފަދަ، ހިތްގައިމު މަންޒަރެކެވެ. ގަސްތައް ވެސް ޖެހިލާ ވައިރޯޅިތަކާއި އެއްވަރަށް ނަށަމުން ދިޔައެވެ. މާލޭގެ މަގުމަތި ހަލަބޮލިކަމުން މުޅި ފަޒާވަނީ ކާރުތަކާއި ސައިކަލުތަކުގެ ބޫންއަޑުތަކުން ފުރާލައިފައެވެ. މީހުންތައްވެސް ބަލަނީ އަވަސް އަރުވާލައިގެން އެމީހެއްގެ މަންޒިލަށް ވާސިލްވެވޭތޯއެވެ. ދާނެ މިސްރާބެއް ނެތި އުޅޭ މީހުންވެސް ވަކި މަދެއްނޫނެވެ. އިރުކޮޅަކުން އެންމެންގެ ނަޒަރުތައް […]