Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

އަހަރެންގެ ނަސީބު 3

kudhoo Level 310 Stories100 Comments
August 19, 2020 4 Mins Read
6 Comments

އަހަރެންނަށް މި ދަރިފުޅުގެ ބައްޕަޔަކީ ކާކުކަން އޭނގޭނަމަނޫން ހެއްޔެވެ. އަހަރެންގައިގައި ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުން ކޮޓަރިއަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ. އަހަރެންނަށް ދެވުނީ ސިޑިއާ ހަމައަށެވެ. މޫނުމައްޗަށް އަރައިގެން ދިޔައީ ދޮންމަންމަގެ ހޫނު ވިހަގަދަ އަތްތިލައެވެ. ޖެހި ބާރުކަމުން އަހަރެން ކޮޅަށް ހުރުން ވީ ދަތިކަމަކަށެވެ. ވަގުތުން ވެއްޓެން ދިޔައެވެ. އަހަރެންގެ ބޮލަށް ވަރަށް ތަދުވިކަން އެނގުނެވެ. އޭގެފަހުން އަހަރެންނަށް ފެނުނީ އާޔަން އަހަރެންގެ ނަމުން ގޮވަމުން އައިސް ކައިރިގައި ހުއްޓުނު ތަނެވެ.

އަހަރެންނަށް ލޯ ހުޅުވާލެވުނު އިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. ކައިރިގައި ހުރީ އާޔަންއެވެ. އަހަރެން ހޮސްޕިޓަލުގައި އޮންނަން ޖެހުނު ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެން މަޑުމަޑުން އާޔަންއާ ސުވާލުކުރީމެވެ. އޭރުވެސް އަހަރެންގެ ބޮލުގައި ވޭންއަޅަމުން ދިޔައެވެ. އާޔަން އަހަރެންނަށް ވީގޮތް ކިޔައި ދިނެވެ. ނަމަވެސް އަހަރެން ހަނދާނަށް އެކަންތައް އައީ ފަނޑު ގޮތަކަށެވެ. އަހަރެން އެރޭ ވަރަށް ރުއީމެވެ. އާޔަންގެ ބަހުންނަމަ އަހަރެން ހޮސްޕިޓަލުގެ އައިސީޔޫގައި އޮންނަތާ ދެހަފްތާ ވެއްޖެއެވެ. ހަޤީގަތުގައި އަހަރެން ދުނިޔޭގައި ހުއްޓަސް މަރުވެއްޖެއެވެ. އަހަރެން ދުނިޔެމަތިން ވަރަށް ބޮޑަށް ފޫހިވެއްޖެއެވެ. ތަޤުދީރު ބަދަލުވާނެކަމަށް އެތައް އިންތިޒާރެއް ވެވިއްޖެއެވެ. ނަމަވެސް އަދިވެސް އަހަރެންނަށް އޮތީ ކެއްތެރިވުން ހެއްޔެވެ. އަހަރެން އަމިއްލައަށް މަރުވާންވެސް ބޭނުންވިއެވެ. ނަމަވެސް ޝާޔާ އަހަރެންނަށް ވަރަށް ނަސޭޙަތް ދިނެވެ. އެއީ އަހަރެންގެ ކުށުން ވީކަމެއް ނޫން ކަމުގައި ވިސްނައިދޭން ޝާޔާ އައީ މަސައްކަތް ކުރަމުންނެވެ. ހަމަ އެގޮތަށް އާޔަންގެ އެއްބާރުލުންވެސް އަހަރެންނަށް ލިބުނެވެ. އާޔަންގެ ސުވާލަކަށްވެސް ވީ ހަމަ އެފަދަ ގޮތަކަށެވެ. އެދަރިފުޅު ބައްޕަ ނޭނގުމެވެ. އަހަރެން ވީގޮތް އާޔަންއަށް ކިޔައި ދިނީމެވެ. އާޔަން އަހަރެން ދެއްކިވާހަކަތައް ޤަބޫލުކުރިއެވެ. އަދި ހިތްވަރުކޮށްގެން ދުނިޔެ އުޅުމަށް ނަސޭހަތްތެރިވިއެވެ.

ޝާޔާއަކީ ވަރަށް ރަގަޅު އެކުވެރިއެކެވެ. އެދުވަސް ކޮޅު ދީނީގޮތުންވެސް ވަރަށް ގިނަ އެއްޗިހި ޝާޔާ އަހަރެންނަށް ބުނެދެމުން އައެވެ. ޝާޔާގެ ބައްޕައަކީ ޝެއިޚެކެވެ. އެހެންކަމުން ދީނީގޮތުން ވަރަށް ގިނަ ކަންތައްތައް ޝާޔާ އަހަރެންނަށް ބުނެދެމުން އައެވެ. ދަރިފުޅުގެ ބައްޕަޔަކީ ކާކުކަން ނޭނގުނަސް އަދި އަމިއްލައަށް އެނގިގެން ކުރެވުނު ފާފައަކަށް ނުވިޔަސް ތައުބާވެ ފާފަ ފުއްސެވުމަށް ގިނަގިނައިން ދެންނެވުމަށް ޝާޔާ ނަސޭޙަތްތެރިވިއެވެ. އަދި ހިތާމަ ކުރާ މީހެއްގެ ހިތާމަތަށް އެންމެ މޮޅަށް އައްސަވާނީ ނަމާދުކޮށްގެން ދުޢާ ކުރުމުން ކަމުގައި ޝާޔާ ބުނެދިނެވެ. ޚާއްސަކޮށް ރޭގަނޑުގެ ވަގުތެއްގައި ﷲޞުބުޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވާ ގަޑިއެއް އަންނަކަމާ އެވަގުތު ނަމާދުކޮށްގެން ގިނަގިނައިން ދުޢާ ކުރުމަށް ޝާޔާ އެދުނެވެ. އެދުވަހުން ފަށައިގެން އެގޮތުގައި އުޅުމަށް އަހަރެން މަސައްކަތް ކުރީމެވެ. އެއީ ހަމަ ޙަޤީގަތެކެވެ. އެކަމުން އަހަރެންގެ ހިތައް ނޭނގޭފަދަ ހިތްހަމަ ޖެހުމެއް ލިބެމުން ދިޔައެވެ. އަހަރެންގެ ދަރިފުޅު މިދުނިޔެއަށް އުފަން ވިއިރުވެސް ދުނިޔެ ހިނގަމުން އައީ ކިހިނެއްކަމެއް މަސްތައް ދުވަސްތައް ވަގުތުތައް ފާއިތުވަމުން އައީ ކިހިނެއްކަމެއް ނޭގެއެވެ. އެހެންޏާ ނަހަލާލަށް ބަލިވެ އިނދެއްޖެއްޔާ މީހުންގެ ދޫމަތިންވެސް ސަލާމަތެއް ނުވާނެއެވެ. ނަމަވެސް އަހަރެން އެއާ މުޅިންވެސް އިދިކޮޅެވެ. ބައްޕަޔަކު ނެތަސް އެދަރިފުޅު ރަގަޅު ތަރުބިއްޔަތެއްދީ ބަލާ ބޮޑުކުރުމަށް އެންމެންވެސް ނަސޭޙަތްތެރިވިއެވެ. މާތްރަސްކަލާނގެ ރަޙުމް ކުރައްވަނީ އެކަލާނގެ ހަޟްރަތުގައި ރަހުމަތައް އެދޭ މީހުންނަށެވެ. އެކަން ނިކަން ދެކިބަލާށެވެ. އަހަރެން ޝާޔާ ބުނި ގޮތަށް ހަދަން ފެށީއްސުރެ އަހަރެންގެ މުޅި ތަބީޢަތް ބަދަލުކޮށްލައިފިއެވެ. އަހަރެންނަށް މާތްރަސްކަލާނގެ ކެތްތެރިކަން ދެއްވައެވެ. ނަމަވެސް އަހަރެންނަށް ނޭނގޭކަމަކީ އަހަރެންނަށް މި ދަރިފުޅު ދެއްވަން އެކަލާނގެ މެދުވެރި ކުރެއްވި އަޅެކެވެ. އަހަރެން އެއެއްބަލަން މަސައްކަތެއްވެސް ނުކުރަމެވެ. އަހަރެންނަށް ނޭނގިނަމަވެސް މިފަދަ ހަދިޔައެއް ދީފައި ފިލާނީ އެމިހަކު ފިލާ ހުންނަން ބޭނުންވީމަނޫންތޯއެވެ.

ދަރިފުޅު ގޮނޑީގައި ބައިންދާފައި ކައްކާ ނިންމާލުމަށްފަހު މޭޒުމައްޗަށް އެއްޗިހި ނެގީމެވެ. އަހަރެން ހުރީ ކޮޓަރިއަށް ވަދެވޭލިއް ލަސްވެފައެވެ. ނަމާދު ނުކުރެވި ހުއްޓާ އަނެއް ނަމާދަށް ބަންގި ގޮވާފާނެތީ އަހަރެން ހިތުގައިވާ ކަންބޮޑުވުން އެހެން ހުރިހާ ކަމަކަށްވުރެން ބޮޑެވެ. ބަދިގެ ތެރެ ނިންމާލައިފައި ދަރިފުޅުގޮވައިގެން އަހަރެން ކޮޓަރިއަށްވަނީމެވެ. އޭރު އިޒާވެސް އިނީ ވަރަށް ވަރުބަލިވެފައެވެ. ނަމަވެސް އެދަރިފުޅު އަހަރެންނާއެކީ ނަމާދު ކުރުމުގައި ބައިވެރިއެވެ. އިޝާނާމާދުވެސް ކޮށްލައިގެން އަހަރެން އިޒާއަށް ކާއެއްޗެއް ދިނުމަށްޓަކައި ބޭރަށް ނިކުތީމެވެ. އޭރު ނަވާރު މޭކަޕްކޮށްދިނުމަށް އައިސް އުޅުނު ކުދިން ބަދިގޭގައި ކާންތިއްބެވެ. އަހަރެން ދަރިފުޅަށް އެއްޗެއް ހަދައިލައިގެން ނިކުތީ ސިޓިންގ ރޫމަށެވެ. ދަރިފުޅަށް ކާންދީގެންވެސް އަހަރެން ބޭރުގައި މަޑެއް ނުކުރަމެވެ. އެއްވެސް މީހަކު ފެންނަ ހިސާބަށް ދާހިތް ނުވަނީއެވެ. އަހަރެންނާ އިޒާގެ ސަބަބުން އެހެން މީހުނަށް މަންމަ އެތިވަރުބާލާ އަޑު އަހާކަށް އަހަރެންނަށް ފަސޭހައެއް ނޫނެވެ. ދަރިފުޅު ނިދުނު ތަނާހެން ޝާޔާ އަހަރެންނަށް ގުޅިއެވެ.

” އަމީ ކިހިނެއްތަ ހާލު؟ މިހާރު ޚބަރެއް ނުވާތީ މި ގުޅާލީ…” ޝާޔާ އަހަރެންގެ ޙާލު އަހާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ” އަލްޙަމްދުލިއްލާހް… ރަގަޅޭ… ތަންކޮޅެއް ގޭތެރޭގެ ކަންތަކާ ބިޒީވީމަ ޚަބަރެއް ނުވެވިގެން މިއުޅެނީ..” އަހަރެން ބުނެލީމެވެ. ދެމީހުން އެތައް ވާހަކަތަކެއް ދައްކަމުން ދިޔައީމެވެ. ” އަމީ ދެން ދިރިއުޅުމެއް ފަށަންވީއެއްނޫ… އޭރުން ދެން ތިގޭތެރޭގެ ކަންތައްތަކުންވެސް މަށަށް ހީވޭ ދުރުވެވޭނެހެން..” ޝާޔާ ބުންޏެވެ. ” ތިކަމާ އެބަ ވިސްނަން… މިއަދު ދޮންބެވެސް ތިވާހަކަ ދެއްކީ..” އަހަރެން ބުނީމެވެ. ” އެހެންތަ.. އެބަ ހުރި ރަގަޅު މީހެއް… އެކަމަކު އަމީއަށް ކަމުދަންޏާ އަމީ މެރީ ކުރާނީ… ހަނދާން އެބަހުރިތަ އަހަރެން ކުރިން ދެއްކިވާހަކަ؟..” ޝާޔާ ބުންޏެވެ. “އާނ! އިސްތިޚާރާ ނަމާދު ވާހަކަ ދޯ؟.. ހަނދާން އެބަހުރި.. ޝާޔާ ކާކު ރަގަޅުވީ؟..” އަހަރެން ބޭނުންވީ އަވަހަށް އެއީ ކާކު ތޯބަލާށެވެ.  ” އެއީ އަހަރެންގެ ފިރިމީހާގެ ކަޒިން ބްރަދާއެއް.. އޭނައަށް ކިޔާނީ ޖުނައިދު… ހީވަނީ ރަގަޅުވާނެހެން.. ހަމަގައިމުވެސް ބޭރުފުށުން ފެންނަ ކަންތައްތަކުން ނުޖަހާ ގޯސްވާނެ ވައްތަރެއް.. ފަސްވަގުތު ނަމާދަށް ދާކަންވެސް ޔަގީން..” ޝާޔާއަށް ފެންނަމުންދާ އޭނާގެ ކިބައިގައި ހުރި ރަގަޅު ސިފަތަކުގެ ވާހަކަ ދެއްކިއެވެ. ޝާޔާއަށް އަށާރަ އަހަރު ފުރުނުތަނުން ކައިވެނިކޮށްފިއެވެ. އޭނަގެ ދިރިއުޅުން މާޝާﷲ ވަރަށް ބާއްޖަވެރިއެވެ. އަހަރެން އެކަމާ ވަރަށް އުފާވެސް ވެއެވެ. އަހަރެން އެކަމާ ވިސްނާނެ ކަމުގައި ބުނެ ފޯނު ބޭވީމެވެ.

ރޭގަނޑު ބަދިގެތެރެ ނިންމާ ހެނދުނަށް ތައްޔާރުކޮށްފައި އަހަރެން އަވަހަށް އައިސްވަނީ ކޮޓަރިއަށެވެ. އަވަހަށް ނުނިދައިފިނަމަ އަހަރެންގެ ހިތްހަމަޖެހުން ގެއްލިދާނެތީ ފެންވަރައިލައިގެން ވުޟޫކޮށްލައިގެން އައިސް ޖައްސައިލީމެވެ. ވެފައި ހުންނަ ވަރުބަލިކަމެއްގެ ސަބަބުން އަހަރެންނަށް ކިރިޔާ އެނދުމަތީގައި ޖައްސައިލެވެނީއެވެ. އަހަރެންގެ ލޮލަށް އެހާ އަވަހަށް ނިދި ސަވާރުވެއެވެ. މުޅި ދުވާލު ސިނކުނޑިއަށް ނުލިބި ހުންނަ އަރާމު އަހަރެންގެ މުޅި ހަށިގަނޑަށްވެސް އެއްފަހަރާ ލިބިގެން ދާހެން ހީވެއެވެ.

އަހަރެންނަށް ހޭލެވުނީ ވަރަށް ބޯކޮށް ވާރޭވެހޭ އަޑަށެވެ. ވައިވެސް އެހާގަދައެވެ. ރޭގަ ނިދިއިރު ވިއްސާރަ ވައްތަރެއްވެސް ނުޖަހައެވެ. ނަމަވެސް މިހާރު މުޅި ދުނިޔެމަތި މިވަނީ އެއްކޮށް ފުރިފައެވެ. ފިނިކަމުން ފެންވަރަންވެސް އުނދަގޫވިއެވެ. އެހެންކަމުން ދަތް އުނގުޅާ މޫނުދޮވެ ވުޟޫ ކޮށްލައިގެން ނިކުތީމެވެ. ނަމާދު ކުރުމަށްޓަކައި މުސައްލަމައްޗަށް އެރީއްސުރެ ހަނދާންވަނީ މިރޭ ޝާޔާ ދެއްކި ވާހަކަތަކެވެ. އެހެންކަމުން އަހަރެން އިސްތިޚާރާ ނަމާދުވެސް ކުރީމެވެ. ޝާޔާ އަހަރެންނަށް ކޮންމެ ދުވަހަކުހެން ގުޅައެވެ. ނަމަވެސް އެވާހަކައެއް ނުދައްކައެވެ. އަހަރެންވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާކަށް ނުހަދަމެވެ. އެއީ އަދިވެސް އަހަންނަށް ވަކިކޮޅެއް ނިންމަން އުނދަގޫވާތީއެވެ. ނަމަވެސް ހަފްތާއެއްފަހުން އަހަރެން ޝާޔާއަށް ޖަވާބު ދިނީމެވެ. މީހެއްގެ ގޮތެއް އެނގޭނީ އެމީހަކާއެކު އުޅުމުން ނޫންހެއްޔެވެ. ޝާޔާ އެމީހުނާ އެވާހަކަ ދައްކާނެކަމުގައި ބުންޏެވެ. އަދި އޭނާ ވަރަށް އުފާވެއްޖެ ކަމުގައިވެސް ބުންޏެވެ. އޭގެ ދެތިން ދުވަސް ފަހެވެ. ޝާޔާ އަހަރެންނަށް ވަރަށް ހެނދުނާ ގުޅާލިއެވެ. އަހަރެންނާ ކައިވެނި ކުރުމަށްޓަކައި އެވާހަކަ ދެއްކުމަށް އެގެއަށް އެމީހުންދާނެ ވާހަކަ ބުންޏެވެ. ޝާޔާ އެބުނާ ޖުނައިދުއެއް ހުންނަ ގޮތެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް ޝާޔާގެވާހަކަތަކުން އެއީ ރަގަޅު މީހެއް ކަމަށް ވަންޏާ ކޮންމެ ސިފައެއްގައި އޭނާ ހުއްޓަސް އަހަރެންނަށް ހެވެއެވެ. އެދުވަހު އާޔަން ސައިބޯން އައިސް އިށީނުމުން އަހަރެން އެވާހަކަ ދެއްކީމެވެ. އޭނަވެސް އަހަރެންނަށް މަރުޙަބާކިޔެވެ. އެކަހަލަ ނިންމުމެއް ނިންމީތީ އޭނަ އުފާކުރާ ކަމުގައި ބުންޏެވެ.

ހަވީރު ފަހެއް ޖަހަންވާއިރަށް އަހަރެން ސައިތައްޔާރުކޮށް ނިންމާ ރީތިވެލީމެވެ. އަހަރެންނަކީ ގޭތެރޭގައި އުޅުނަސް ބުރުގާ ނަގައިލައިން އުޅޭ މީހެއް ނޫނެވެ. އާންމުކޮށް ބޭރަށް ނިކުންނައިރު އަހަރެން ހަށިގަނޑު ނިވާއި ކުރުމަށްޓަކައި ބޭނުންކުރަނީ ކަޅުކުލައިގެ ޖިލްބާބެވެ. އަހަރެންނަށް އެހެން ކުލަޔަކުން ހެދުން ކަމުނުދަނީއެވެ. އަޅާ ޝޯލްވެސް މާ ކުޑަ ވެއްޖެއްޔާ އަހަރެންނަކަށް ކަމަކު ނުދެއެވެ. އާޔަން ބުނެގެން ދޮންމަންމަވެސް ނިކުމެ ސޯފައިގައި އިށީދެގެން ހުއްޓެވެ. މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ސަލާންބަލައިގަތުމުން ގެއަށް ވަނީ ތިން ފިރިހެނެކެވެ. އެމީހުން އިށީނުމަށް ތަން ދެއްކީ އާޔަންއެވެ. ކައިވެނި ކުރުމަށް ބޭނުންވާ ވާހަކަ އެމީހުން ދެއްކުމުން އެކަމާ ދޮންމަންމަ ދެކޮޅެއް ނަހަދައެވެ. އޭގެ ބަދަލުގައި ދައްކަން ފެށީ އަހަރެންގެ ދަރިފުޅުގެ ވާހަކައެވެ. އިރުއިރުކޮޅާ ދޮންމަންމަ އަހަރެންގެ މާޒީގެ ވާހަކަތައް އިޔާދަ މިކުރަނީ ކީއްކުރަންހެއްޔެވެ. އެވާހަކަ ދެއްކުމުން ދޮންމަންމަޔަށް ލިބެނީ ކޯއްޗެއް ހެއްޔެވެ. ދޮންމަންމަ އެވާހަކަތައް ފެށިތަނުން ޖުނައިދު ދޮންމަންމަގެ ވާހަކަތައް ހުއްޓުވައިފިއެވެ. އަދި އޭނައަށް އެކަންތައް އެނގޭކަމުގައި ބުންޏެވެ. އޭނަ ހަމައެކަނި ބޭނުންވަނީ އަހަރެންނައި ކައިވެނި ކުރުމަށް ކަމުގައި ބުންޏެވެ. އަދި ކޮންމެ ގޮތަކަށް ލިބިފަ ހުއްޓަސް އޭނަގެ ފަރާތުން އެދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭނެ ކަމުގައި ބުންޏެވެ. އެވާހަކަތައް އަޑު އިވުމުން އަހަރެންނަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދޮންމަންމަ އިތުރު އެއްޗެކޭ ނުބުނެވެ. ނަމަވެސް އާޔަން ވާހަކަ ކުރިއަށް ގެންދިޔައެވެ. އެމީހުން އެކައިވެންޏާ ރުހޭ ކަމުގައި ބުންޏެވެ. އަދި ސައިގައި ބައިވެރިވެލުމަށް ޖުނައިދުމެން ކައިރިން އެދުނެވެ. ހަފްތާއެއްފަހެވެ. އަހަރެންނާއި ޖުނައިދު ކައިވެނި ކުރެވުނެވެ. ޖުނައިދު ބޭނުންވީ އޭނަގެ ގޭގައި އަހަރެން އުޅުމަށެވެ. އަހަރެން އެކަމާ ރުހި ޤަބޫލުވީމެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ- 25& 26

Next

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…11

Next
August 19, 2020

ނޭދެމޭ ދުރުވާކަށެއް ލޯބިވާ…11

Previews
August 19, 2020

ނޭނގި ވެވުނީ ލޯތްބޭ- 25& 26

6 Comments!

  1. Anonymous says:
    August 19, 2020 at 3:45 pm

    Vrh reethi..Mee kithah part Inna story ehtha..ehaa avahah nunimahchey kudhoo. ♥️♥️♥️

    1. kudhoo says:
      August 19, 2020 at 7:36 pm

      Thank you. varah bodah sorry mivaahaka ehaa dhigeh nuvaane. Insha Allah next story dhiguvaane.

  2. ????????♕ says:
    August 19, 2020 at 8:36 pm

    masha allah kudhu ….i loved ..it…cant wait for next part…by the way who is izaaas dad??

    1. kudhoo says:
      August 20, 2020 at 10:09 am

      Thank you… lets c who……

  3. ޔާމާ says:
    August 22, 2020 at 8:14 am

    Next part koniraku

    1. kudhoo says:
      August 23, 2020 at 9:31 am

      Insha Allah. today

Comments are closed.

Next Episodeއަހަރެންގެ ނަސީބު 4←


All Right Reserved!