°°°°°°°°°°° ކިޔުންތެރީންގެ ފަރާތުން ތިލިބޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެންޑް ޝައީ ބުނެލަން އޮތް ކުޑަކުޑަ ވާހަކައެއް ވެސް އޮބެން. ވެލް.. މި ވާހަކައިގައި ފަހަރުގަ ކިޔުންތެރީންނަށް ނޭނގޭ ބަސްތައް އައުން އެކަށީގެންވޭ. ސަބަބަކީ ޝައީއަށް ރަށު މީހުން ކިޔާގޮތް ނޫން ގޮތަށް ބައެއް ބަސްބަހަށް ކިޔާ ނަން ނޭނގޭތީ. އަދި އުންމީދު ކުރަން ވާހަކައިގައި ލިޔެވޭ ކުށްތައް ވެސް ޝައީއާ ކޮމެންޓް ތަކުގައި ހިއްސާ ކުރާނެ ކަމަށް. އޭރުން ޝައީއަށް ލިޔުން އިމްޕްރޫވް ކުރެވޭނީ. […]
* ދީވާނާ ކޮށްލާފާ ވާތީ، ލޯތްބަށް އޭދިގެން ރޯލީމޭ * ހޯދަން ނޭދެން ލޯތްބެއް ތީނުން * ލިބެން ނެތުމުން ރޯލީމޭ* ޕާކުުގެ މެދެއްހާ ހިސާބުގައި ބަހައްޓާފައި ހުރި ޖޯލިތަކުގެ ތެރެއިން ތިންވަނަ ޖޯލީގައި އިށީނދެގެން އިން އަލާވްޔާ އޭނާގެ ހިތުގެ އުދާސްތައް ލަވައެއްގެ ސިފައިގައި ބޭރު ކުރަމުން ދިޔައެވެ. އޭނާގެ އަތުގައި މުށި ކުލައިން ޖަރީކުރެވިފައިވާ ވަރަށް ރީތި ގިޓާރެއް ވެސް އޮތެވެ. *ލޯ ކަރުނުން ފުރާ، ވާ ހާލުގައި، ލޯތްބަށް ޖަހާމީ ސަލާމޭ […]
އަހަރެންނަކީވެސް އެހެން މީހުން ފަދައިން އިންސާނެކެވެ. މި ހަށިގަނޑު ތެރޭގައި ލޭ ހިނގާ ހިތެއް އެބަވެއެވެ. ހަމަ އެހެން މީހުންވެސް ފަދައިންނެވެ. ހުރިހާ ހިއްސުތަކެއް ސަލާމަތުންނެވެ. ހުރިހާ ގުނަވަނެއް ސަލާމަތުންނެވެ. ނަމަވެސް ތަފާތީ މިޒާޖެވެ. ކުލައެވެ. ސިފައެވެ. ފަގީރުކަމެވެ. މިއީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެންގެ މިޒާޖު ތަފާތުވުމަކީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެންގެ ސިފަ ހުތުރުވުމަކީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެންގެ ކުލަ އަނދިރި ވުމަކީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ އަހަރެން ފަގީރު އާއިލާއަކަށް އުފަންވުމީ […]
ހުޝާން ވިސްނަމުން ދިޔައީ އެކަމުން އޭނާ ސަލާމަތްވާނެ ގޮތެކެވެ. އެކަމަކު މަންމަޔަށް އެކަން އެނގުމުން ދެން ސަލާމަތްނުވާނެ ކަންވެސް އެނގެއެވެ. ” ނާއިލާ ކަލޭ ހިތުން އަހަރެންނާއި ކައިވެނި ކުރުމުން ކަލޭ ބޭނުންވާ އުފާތައް ލިބޭނެ ކަމަށްތަ ހީކުރީ..އެހެން ހީނުކުރޭ ތި ކުރެވެނީ މޮޔަ ކަމެއް..؟..” އައި ރުޅީގައި ނާއިލާއަށް ގުޅާގެން ހުޝާން އެއްޗެހި ކިޔަން ފެށިއެވެ. ” އަހަރެން މިކުރަނީ ކިތަންމެ މޮޔަ ކަމަކަށް ވިޔަސް މީ ހުޝާންގެ ދަރިޔަކަށް ނޫނީ ނުވާނެ.. މިއަދު ހުޝާން […]
މަތީނަށް ރަނގަޅަށް އެއީ ކޮން ކުއްޖެއްކަން ޔަޤީންވީ އެ ކުއްޖާ ވާހަކަދެއްކި އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. “ޒާޔާ!” އެ ކުއްޖާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ މަތީނަށް ވައި އަޑުން އެ ނަން ކިޔައިލެވުނެވެ. މަތީން އެހެން ބަލަން ހުއްޓައި ޒާޔާމެން ޖެހިގެން އިން ގޯޅިން އަނެއް މަގަށް އަޅައިލަނީއެވެ. މަތީން އިރުކޮޅަކު އެހެން ހުރެފައި ބާރަކަށް ހިނގައިލައިފައި ގޮސް އެ މަގަށް އަޅައިލިއެވެ. އޭރު ޒާޔާ ފެންނާކަށް ނެތެވެ. އެ މަގުގައި ހުރި ފިހާރައެއް ކައިރީ […]
” ޔުމާ އަދިވެސް އެއްޗެއް ނުނެގޭ.. ތިމަންނަ ސްޕޯޓްސް ޓީޝާޓް ކޮޅެއް ގަންނާށޭ ކިޔައިފައި.. ނުފެނުނީތަ..މަށަކަށް ހިއެއްނުވޭ މިތަނުގައި ތިބި ސްޕޯޓްސް އެއްޗަށް ވުރެ ރީތި އެއްޗެއް ލިބޭނެހެން..” ޝަމާ ބުންޏެވެ. “އާނ! ނުފެނުނު..ދެން މިރޭ އިތުރައް ތަނެއް ބަލަން ދާހިތެއް ނެތް.. ޝަމާމެން ގަންނަން ބޭނުންވި ވައްތަރު ފެނިއްޖެތަ؟..” ޔުމާ އަހާލިއެވެ. ” އަނ! އަހަރެމެން ދެމީހުން ޕޭ ވެސް ކޮށްފައި މިއައީ..” ޝަމާ ބުންޏެވެ. ” އެހެންވިއްޔާ ދާން ނިކުންނަމާ..” ޔުމާ ބުންޏެވެ. “ނޫނޭ […]
އައްސަލާމް އަލައިކުމް ހުރިހައި ކިޔުން ތެރިން.އެންމެ ފުރަތަމަ ކަމަކަށް މިހައި ދުވަސް ވަންދެން އަޅުގަނޑުގެ ވާހަކަ އަޕްކޮއްނުދެވުނީތީ ހުރީހާ ކިޔުންތެރިންގެ ކިބައިންވެސް ނިހާޔަތަށް މާފަށް އެދެމެވެ.އަޅުގަނޑުގެ ކުރީގެ އެސްފިޔަ އެކައުންޓްގައި މައްސަލައެއް ދިމާ ވުމުގެ ސަބަބުން މިފަހަރު އަޅުގަނޑު “ހުދާއްކޮ” މިވާހަކަ މިގެނެސް ދެނީ އާ އެކައުންޓެއް ބޭނުން ކޮއްގެންނެވެ.މިއެކައުންޓަކި އާ އެކައުންޓާކަށް ވެފައި ވާހަކައިގެ އާ ކިޔުން ތެރިންނަށްވެސް ފަސޭހަ ވާނެހެން އަޅުގަނޑު މިވާހަކަ ގެނެސް ދޭނީ އަލުން ފަށައި ގެންނެވެ.ވީމާ އަޅުގަނޑުގެ ވާހަކަ ކިރިން […]
އެ މަންޒަރުން އެކަނި ވެސް އަޔާން އަށް ހީވީ އޭނާގެ ހިތަށް އެއްފަހަރާ އެތަށް ތީރެއް ހަރާލެވުނު ހެންނެވެ. ލިއުޝާ އަށް ސަޕްރައިސް އެއް ދޭން އައި ނަމަވެސް ފަހުވަގުތު ސަޕްރައިސް މި ލިބުނީ އޭނަ އަށެވެ. ************** ކޮޓަރީގައި ހުރި ކިންގް ސައިޒް ބޮޑު އެނދުގައި އެހެން ފިރިހެނަކާ އެކު އޮތް ލިއުޝާ ފެނި އަޔާން އަށް ހީވީ އޭނާގެ ވަށައިގެން ވާ މާހައުލު ވެސް އެނބުރިގަތް ހެންނެވެ. އިންތިހާ އަށް ލޯބިވި ބައިވެރިޔާ އެފަދަ […]
” އޯހް ޔާން.. އައި މިސްޑް ޔޫ ބޭބީ ” އަޔާންގެ މެދު ހަށިގައި ބައްދާލަމުން އެ އަންހެން ކުއްޖާ ތުއި އަޑަކުން ބުނެލިއެވެ. އެއާއެކު ދެމީހުން ދެމީހުނަށް ގެއްލިފައި ތިބި އަޔާން އަދި މީޝާ އަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ********************* ކުއްލިއަކަށް އައިސް ނުވެސް ދަންނަ ކުއްޖަކު އޭނާ އާ އެފަދަ ގޮތަކަށް މުޙާތަބު ކުރުމުން އަޔާން އަށްް ހީވީ އޭނާގެ ނޭވާގެ ހިނގުން ވެސް މަޑުޖެހިލިހެންނެވެ. އަދި ޙާއްސަކޮށް ދުރުގައި ހުރި […]