ނިހާން ދިއުމުން ޖަމީލާ ނިހާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި ނިހާ ކުޅެން ބައިންދައިފައި ތެދުވަން އުޅުނުތަނާ ޖަމީލާއަށް ފެނުނީ އެނދުމަތީގައި އޮތް ޒާޔާގެ ފޮޓޯގަނޑެކެވެ. ޖަމީލާ އެ ފޮޓޯގަނޑު ނަގައި އެއަށް ރަނގަޅަށް ބަލައިލިއެވެ. އެ ފޮޓޯގަނޑުގައި ޒާޔާ ހިނިތުންވެލައިގެން އިން އިރު ޖަމީލާއަށް ހީވީ ނޭނގޭ މީހަކު އައިސް އޭނާގެ މޫނުމަތީގައާއި ބޮލުގައި އެއްޗަކުން ޖަހާހެންނެވެ. ބަލާކަށް ނުހުރެ ޖަމީލާ އެ ފޮޓޯގަނޑު ވީދައި ކުދިކުދި ކޮށްލިއެވެ. އަދި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ކުދިކުދިވެފައިވި […]
” ދައްތާ އަހަރެން އޯކޭ…އެކަމަކު އަހަރެން މިކައިވެންޏަށް އާއެކޭ ބުނުމުން އެހެން މީހުން ރުޅި ނާންނާނެތަ؟.. އަޅުގަނޑަކީ މިގެއަށް ދުރުން އައިސްހުރި މަސައްކަތު މީހެއް…އަސްލު އަޅުގަނޑާ މުނާންއާ އެކަށީގެނެއްވެސް ނުވޭ….އެކަމަކުވެސް މުނާން ބޭނުންވަންޏާ އަދި ދައްތަމެންވެސް އޯކޭ ވިއްޔާ ކުރާގޮތަށް މިހުރީ…” އެކަމަށް ސީދާ އެއްބަސްވާން ނުކެރި ހުރެވެސް ލާނާ ބުންޏެވެ. ” ލާނާއަށް އެނގޭނެ ދައްތަޔަކީ ދައްތަގެ ދަރިން ދިރިއުޅުމެއް ފަށަންވީމަ އެކުދިންނަށް މަޖުބޫރު ކުރާނެ މީހެއްނޫން.. އެކުއްޖަކު ދިރިއުޅުމެއް ފަށާނީ އެކުއްޖަކު ބޭނުންވާ މީހަކާ […]
“ޢާހް.. އާހް.. އާހް..” ރޮމުން ގިސްލަމުން ދިޔަ އެ ކުއްޖާގެ އަޑުގައި ވަނީ ވޭނެވެ. ހިތްދަތިކަމެވެ. މާޔޫސްވެފައިވާ އެ ހިތަށް އިތުރު ވޭންތަކެއް އެދަނީ ލިބެމުންނެވެ. އެ ނިކަމެތި ހަށިގަނޑު ވެފައިވަނީ އެތައް ގޮތަކުން އެތައް ވޭނެއް ތަހަންމަލުކުރާ އަމާޒުފަތްގަޑަކަށެވެ. އާއެކެވެ. އެ 16 އަހަރުގެ އަންހެން ކުއްޖާގެ އިއްފަތްތެރިކަން ފޭރެމުން އެ ދުވަނީ އެ އަންހެން ކުއްޖާގެ ދޮންމަންމަގެ ދަރިފުޅެވެ. “މައުވާ! ކަލޭ ހަނދާންކުރާތި.. މީގެން އެއްވެސް ވާހަކައެއް ކަލޭގެ ބައްޕަގާތު ބުނެފިއްޔާ މަ ވަރުގެ […]
9 އަހަރު ފަސް ޔުމްނު ގެ އުމުރުން އޭރު ވާނީ 12 އަހަރެވެ. ޔުމްނު އުޅުނީ ގްރޭޑް 6 ގައެވެ. އެއީ 2011 ވަނަ އަހަރެވެ. ޔުމްނުގެ މަންމަ ނޭފަތް އޮޕަރޭޝަން ކުރުމަށްޓަކައި ޔުމްނުގެ ބައްޕަ އެއްބަނޑު ދޮންބޭބެގެ ގޭގައި ޔުމްނު ބެހެއްޓުމަށްފަހު އިންޑިޔާއަށް ދިޔައެވެ. ޔުމްނު ވެސް ބޭނުންވީ އެގޭގައިހުންނާށެެވެ. ސަބަބަކީ އެގޭގައި ޔުމްނުއާއި އެއްއުމުރެއްގެ ޔުމްނުއާއި އެއް ކްލާހެއްގައި އުޅޭ އަންހެންކުއްޖެއް ހުންނާނެއެވެ. އެއީ ޔުމްނުގެ ބެސްޓް ފްރެންޑެވެ. ޔުމްނުގެ ހަގަށްހުންނާނީ ޒިޔަން އެވެ. ޒިޔަން ދާން ބޭނުންވީ ބައްޕަ އެއްބަނޑު ކުޑަބެގެ ގެއަށެވެ. އެހެންކަމުން ޒިޔަން ހުރީ ކުޑަބެ ގޭގައެވެ. ދުވަސްތައް ހަލުވި ކަމާއެކު ހިނގަމުން ދިޔައެވެ. ޔުމްނުގެ ކިޔެވުމަށް ކުއްލިއަކަށް ވަރަށް ބަދަލުތައް އަންނަން ފެށިއެވެ. މީގެކުރިން ޔުމްނުއަކީކިޔެވުމުގައި މުޅި ސްކޫލުންވެސް އެންމެ މޮޅު ދަރިވަރެވެ. ކިޔެވުމުގައި ނޫނަސް ކުޅިވަރު ކުޅުމުންވެސް އެއްވަނައިގައި އުޅެނީ ޔުމްނުއެވެ. ނަމަވެސް 2011 ވަނަ އަހަރު ނިމިގެން ދިޔައީ ޔުމްނުގެ ހިތް ރޮއްވާލައިފައެވެ. ފުރަތަމަ ޓާރމް އަދި ދެވަނަ ޓާރމްގައިވެސް ‘ސީ’ ރިޕޯޓެއް ޔުމްނުއަށް ލިބުމުން ހައިރާންވީ ޔުމްނުގެ އާއިލާ މީހުން އެކަންޏެއް ނޫނެވެ. މުޅި ރަށުރަށްޔިތުންވެސް ތިބީ އެކަމާ ހައިރާންވެ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޔުމްނުގެ މަންމައާއި ބައްޕަ މިކަމާ ވަރަށް ލަދުގަތެވެ. އަދި ޔުމްނުއާއި ދިމާލަށް ވަރަށް އެއްޗިހިވެސް ކިޔެވެ. ޔުމްނުއަށް ހަމައެކަނި ބުނެވެނީ “ނޫން އަޅުގަނޑު ކިޔެވިން” މިހެން އެކަންޏެވެ. ޔުމްނު ވަރަށް އެކަނިވެރިވިއެވެ. އާއިލާ އެންމެންވެސް ޔުމްނުމަންމަ ނެތުމުން ކިޔަވަން ފަރުވާކުޑަ ކުރީއޭ ކިޔައިގެން ޔުމްނުއަސް ހިތްވަރު ދިނުމުގެ ބަދަލުގައި އެއްޗިހިކީއެވެ. އާއިލާ މީހުންގެ އެއްވެސް ހިތްވަރެއް އެއްވެސް ސަޕޯޓެއް ޔުމްނުއަށް ނުލިބުމުން ޔުމްނު ކިޔެވުންމަތިން ވަރަށް ފޫހިވާންފެށިއެވެ. ރަށުން ގްރޭޑް 10 އަކާއި ހިސާބަށް ނުކިޔެވޭތީ 2012 ވަނަ އަހަރު ގްރޭޑް 7ކަށް ޔުމްނު ކިޔަވަންލީ ނ.ހޮޅުދޫ އަށެވެ. ހޮޅުދޫގައި ޔުމްނު ކިޔަވަން ހުރީ ޔުމްނު ގެ ދޮންބެއާއި އެއްކޮށް ދޮންބެ ކިޔަވަން ހުރި ގޭގައެވެ. ދުވަސްތައް ހިނގަމުން ދިޔައީ ވަރަށްވެސް ހަލުއިކަމާއެކުގައެވެ. ނަމަވެސް ޔުމްނުގެ ކިޔެވުމަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ގްރޭޑް 7،8 ހޮޅުދޫގައި ކިޔެވުމަށްފަހު 9 އަދި 10 ކިޔަވަން ޔުމްނު ބަދަލުވީ ނ.މަނަދޫއަށެވެ. ޔުމްނުއަކީ ފިރިހެންކުދިން ހިތްކިޔާ ކަހަލައެތައް ސިފައެއް ލިބިފައި ހުރި އަންހެން ކުއްޖެއްކަމުން، ހޮޅުދޫގައި ޔުމްނު ކިޔަވަން އުޅުންއިރުވެސް އެތައް ފިރިހެންކުދިންނެއް ޔުމްނުއާއި ހެދި ދީވާނާ ވަމުންދިޔައެވެ. އަދި އެތަނުން އެއް ސޮރަކު ވަނީ ޔުމްނުގެ ހިތް އަތުލާފައިވެސް މެއެވެ. ޔުމްނު މަނަދޫއަށް ކިޔަވަން އައިއިރުވެސް ހޮޅުދޫ ސޮރާ އޮތް ގުޅުމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް 2014 ވަނަ އަހަރުގެ(9ގެ އަަހަރު) މެދުތެރެއިން އެސޮރު ވަނީއެހާ ދުރުގައި ތިބެގެން ރިލޭޝަން ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެ ޔުމްނުއާއި ރުޅިވެފައެވެ. ޔުމްނު މިކަމާއި ދެރަވިޔަސް ފަހުން އެހާބޮޑަކަށް އެކަމަކާއި ނުވިސްނައެވެ. މަނަދޫގަައި ކިޔަވަން އުޅުމުގެ ތެރޭގައި ޔުމްނުއާއި އަޅައިގަނެގެން އުޅުން އެރަށުގައި ވަރަށް މަޝްހޫރު ގްރޫޕެއްގައި އުޅުން ވިޝާހް ނަމަކަށް ކިޔާ ސޮރަކު ޔުމްނު ފެންނަ އިރަށް ޔުމްނުއަށް ސިއްރު ސިއްރުން ބަލާ ފަހުން ފަހުން އައިސް ވާހަކަ ދައްކަމުންގޮސް ޔުމްނު އެސޮރުގެ ޖާދޫގައި ރަނގަޅަށް ޖެއްސުވިއެވެ. ޔުމްނުއަށްވަނީ ވިޝާހްދެކެ އިންތިހާޔަށް ލޯބިވެވިފައެވެ. ނަމަވެސް ވިޝާހް ޔުމްނު ބޭނުންކޮއްލީ ކުޅޭ ކުޅޭ ބުދެއްފަދައިންނެވެ. ޔުމްނު ވިޝާހްދެކެ އިންތިހާޔަށްލޯބިވިޔަސްޔުމްނުއަކީ އަހުލާޤް ރަނގަޅު ކުއްޖެއްކަމުން ޔުމްނުގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވޭކަހަލަ އެއްވެސް ކަމެއް ޔުމްނު ވިޝާހްއާއިއެއްކޮށް ނުކުރެއެވެ. މާގިނަ ދުވަސްތަކެއްނުވެ ޔުމްނުއަށް ވިޝާހްގެ ހަޤީގަތް ހާމަވެއްޖެއެވެ. އަދި ވަގުތުން ވިޝާހްއާއި އެއްކޮށް އިތުރަށް އެންމެ ވަގުތުކޮޅަކުވެސް އުޅޭކަށް ބޭނުމެއް ނެތޭ ބުނުމަށްފަހު ވިޝާހްއާއި ޔުމްނު ރުޅިވިއެވެ. ނަމަވެސް އެ އަހަރުގެ ތެރޭގައި އަލުން ކިތޭފަހަރަކު ޔުމްނު ވިޝާހްއާއި ރައްޓެހިވިއެވެ. 2014 ވަނަ އަހަރު ވެސް ނިމިގެން ދިޔައީ ހަމަ މިދިޔަ 2 އަހަރެކޭ އެއްގޮތަށް ޔުމްނުއަށް “ސީ” ގްރޭޑްއެއް ލިބިގެންނެވެ. ޔުމްނު މިހާރު އެކަމަކާއި އެހާ ދެރައެއްނުވެއެވެ. ސަބަބަކީ ޔުމްނު މިހާރު ކިޔެވުންދެކެ އިންތިހާޔަށް ފޫހިވެފައިވާތީއެވެ. 2015 ވަނައަހަރު ފެށުންއިރު ޔުމްނު ހުރީ ސިންގަލް ކޮށެވެ. މިއަހަރު ޔުމްނު ހުރީ އެއްވެސް މީހަކާއި ރައްޓެހިނުވާން ހިތުލައިގެންނެވެ. އަދި މިއަހަރަކީ ޔުމްނުގެ ކިޔެވުމުގެ އެންމެ ފަހު އަހަރުކަމުން ޔުމްނު ބޭނުންވީ މިއަހަރު ވަރަށް ރަނގަޅަށް ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދާށެވެ. ނަމަވެސް މިކަންކުރަން ޔުމްނު ހިތުލީ އެހެން ބަޔަކަށްޓަކައެއްނޫނެވެ. ހަމައެކަނި ޔުމްނުއަށް ޓަކައެވެ. 2015 ވަނައަހަރު ޔުމްނުއާއި ކައިނާއާއި އުޅުނީ ވަރަށް ރަހުމަތްތެރިކޮށް އެކުއެކީގައެވެ. ކައިނާއަކީ ކުރިންވެސް ޔުމްނުއާއި އެއް ކްލާހެއްގައި ކިޔެވި ކުއްޖެކެވެ. ނަމަވެސް އޭރު ކައިނާއާއި ޔުމްނު އެހާ ރައްޓިއްސެއް ނުވާނެއެވެ. ދުވަސްތައް މަޑުމަޑުން ފާއިތުވަމުން ދިޔައެވެ. އެއްދުވަހެއްގެ އިރުއޮއްސުން ވަގުތެވެ. ޔުމްނު ވަރަށް ބޮޑަށް ބަނޑަށް ތަދުވެފައި އަކުނިވަޔަށް ދަމާތީ އެނދު ކައިރީ އޮވެގެން އަޑުން އަޑު ނަގާފައި ރޮމުން މަންމަޔަށް ގޮވަމުން ދިޔައެވެ. މިއަޑު ޔުމްނު ކިޔަވަން ހުރިގޭގައި އުޅޭ ބޭބެއަށް އިވިގެން އައިސް ދޮރުހުޅުވާ ބަލާލިއިރު ޔުމްނު އޮތީ ނޫވެފައެވެ. ވަގުތުން އެމްބިއުލެންސަށް ގުޅައިން ޔުމްނު ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި ޔުމްނުގެ މަންމައަށް މިހަބަރު ލިބުމުން ވަގުތުން ރަށުން ފުރައިން މަނަދޫއަށް އައެވެ. […]
މަޑު ހިނގުމެއްގައި ދެމީހުން ގެޔާ ހަމައަށް އައެވެ. ދެބައި ވަކި ކުރުމަށް އިންދާފައި ހުރި ގަސްތައް ކައިރީ މަޑުކޮށްލަމުން އައިވިން ޖީބަށް އަތްޖަހާލިއެވެ https://erektilemed.de/. މިއީ ދެމީހުން ވަކިވާން ޖެހޭ ހިސާބުކަން އިނގުމުން އައިވިން ހުރީ ދާންބޭނުންނުވާ ގޮތަކަށް ހުއްޓިގެންނެވެ. “އަޅުގަނޑު އެތެރެއަށް ވަނަސް މައްސަލައެއް ނެތްތޯ؟” އައިވިން ހަރަކާތެއް ކޮށްނުލާ ހުރުމުން ޒޯޔާ ދިޔުމުގެ ހުއްދައަށް އެދުނެވެ. “ޒޯޔާއަށް ފާހަގަ ނުވިޔަސް އަހަންނަން ވަރަށް އުނދަގޫވެގެން މިއަހަނީ..ކީއްވެތަ ތިހާ މާތްބަހުން ތިވާހަކަ ދައްކަނީ..؟” އައިވިން ބޯ […]
(ދިހަވަނަ ބައި) ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަލްޔާއާއި އަކިއަލްގެ މެދުގައިވާ އެކުވެރިކަމުގެ ގުޅުން ރަނގަޅުވެ ބަދަހިވަމުން ދިޔައެވެ. އިސާހިތަކު އަލްޔާގެ ކޯސް ފެށި ކޯހުގެ ކިޔެވުންވެސް ކުރިއަށްދާން ފެށިއެވެ. ކުރިން ނިންމާފައިވާ ގޮތާއި ހިލާފަށް އަލްޔާ އޭނާ ކިޔަވާ ކޯސް ޕްރައިމަރީ ޓީޗިންއަށް ބަދަލުކުރިއެވެ. ތައުލީމީ ދާއިރާއަށް އަބަދުވެސް ލޯބިހުރުމާއެކު އަލްޔާ ޓީޗިން ހަދަން ނިންމީ އަކިއަލްއާއެކު އެއްދުވަހު ދެކެވުނު ވާހަކައަކަށް ފަހުގައެވެ. ހަވީރުގެ ހިތް ފަސޭހަ ވަގުތުގައި އަކިއަލްއާއި އަލްޔާ ތިބީ ބެންޗްގައި އިށީނދެލައިގެންނެވެ. ގޯތިތެރޭގައި […]
އަހަރެންގެ އުމުރުން 13 އަހަރުގައި އަހަރެންގެ މަންމަ ކެންސަރު ބަލީގެ ޝިކާރަޔަކަށްވެ މިފާނާވަނިވި ދުނިޔެ ދޫކޮއް ދިޔައެވެ.އެހިތާމައިން އަހަންނަށް ނުކުމެވުނީ ގާތް ރައްޓެހިންނާއި ދޮންތަމެންގެ އެތައް މަސައްކަތަކަށްފަހުއެވެ. އެހެނަސް މިހިތާމައިން ނުކުމެވުނުތާ 1 އަހަރު ވިތަނާހެން އަނެއްކާވެސް އަހަރެންގެ މުޅި ދިރުއުޅުން ބަދަލު ކޮއްލި ހާދިސާއަކާއި އަހަންނާއި ކުރިމަތިވިއެވެ.އެދުވަހު އަހަރެން ސްކޫލުން އައިސް ވަންތަނާ ލިބުނު ހަބަރަކުން އަހަރެން މޮޔަނުވި ކިރިޔާއެވެ.އަހަރެންގެ ބައްޕަ އެކްސިޑެންޓުވެގެން ހޮސްޕިޓަލަށް ގެންދެވުނު ހަބަރެވެ.ދަބަސް ގޭގެ ދޮރު މައްޗަށް ވައްޓާލުމަށްފަހު އަހަރެން ދުއްވައި […]
(އަޅުގަނޑުގެ ވާހަކަ އަޕް ކުރުމުގައި ލަސްވި ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. ކިޔެވުމުގެ ކަންކަން ހުރިގޮތުން ، އެކަމަށް ސަމާލުކަން ދިނުމުން ވާހަކަޔާއިގެން ކުރިޔަށް ދާނެ ވަގުތު އަޅުގަނޑަށް ނުވީއެވެ. އަޅުގަނޑުގެ ވާހަކަ އަޕް ނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ، ކިޔުންތެރިންނާ ހިސާބަށް މިގެނެސްދެނީ 6 ވަނަ ބައި އަދި 7 ވަނަ ބައި އެއްކޮށެވެ. ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ. އަދިވެސް އެއްފަހަރު ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް […]
ފަތިސް ނަމާދަށް ތެދުވި ގޮތަށް އަދި މިއުޅެނީ ހިންދަމައި ނުލެވިގެންނެވެ. ފިރިމީހާ ވަޒީފާއަށް ދާންވާއިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ގޭދޮށް ކުނިކަހާ ގޭތެރެ ފޮޅާ މޮޕްކުރުމުގައެވެ. ނުވިތާކަށް ގޭގެ އެންމެނަށް ސައި ތައްޔާރު ކުރުމަކީ އަހަރެންގެ ދުވަހީ ތާވަލުގެ އެންމެ ކުރިއަށް އަންނަ އެއްކަމެވެ. އެހުރިހާ ކަމެއް ކޮށް ނިންމާލެވޭ އިރު ވަޒީފާއަށް ދާން ތައްޔާރުވާން އަހަންނަށް ލިބޭނީ ވިއްސަކަށް މިނެޓެވެ. ސައިކަލު ދުއްވަން ފިރިމާހާ ދަސްކޮށްދިން ކަމީ އަހަންނަށް ލެއްވި އެންމެ ބޮޑު ނަސީބެވެ. އެހެން […]