ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ޒިވްޔާ އޭނާގެ ތެރަޕީ ސެޝަން ތަކަށް ދިޔައެވެ. ކޮންމެ ދުވަހަކު ހޭލުމަށްފަހު ދިރިއުޅުމާއި ކުރިމަތިލުން ޒިވްޔާއަށް ވެގެން ދިޔައީ ބޮޑު ވޭނަކަށެވެ. އޭނާ ދިޔައީ ހިނދެއް ހިނދަކަށް ޑިޕްރެޝަނަށް ވެއްޓެމުންނެވެ. އަނދިރީގެ ފުން ކަނޑަކަށެވެ. ޒިވްޔާ ނަފްސާނީ ސިއްހަތު ގޯސް ވަމުން ދިޔަ މަންޒަރު އެންމެ ގާތުން ދެކެމުން ދިޔައީ އޭނާގެ މައިންބަފައިންނާއި އެންމެ ގާތް އެކުވެރިންނެވެ. އެ މަންޒަރު ފެނުމުން އެމީހުންގެ ހިތުގައި ވެސް ނުފިލާ ވޭނެއް […]
ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. އެރޭގެ ރީތި ހަނދުވަރުން މަގުތަކުގައި ފަނޑު އަލި ކަމެއް ވިއެވެ. އެހެނަސް މުޅި މާލެ ވަނީ ނިދާފައި ކަހަލައެވެ. އެހާ ވެސް ހަމަ ހިމޭނެވެ. ދޭތެރެއަކުން ފަނިފަކުސާ ގޮވާ އަޑު ނޫނީ އިތުރު އަޑެއް ނީވެއެވެ. ޒިވްޔާ އިނީ މޭޒު ދޮށުގައެވެ. އޭނާގެ ލެޕްޓޮޕް ލައްޕާލާފައި ވާ އިރު އަތުގައި މަޑު ތުރުތުރެއް ވިއެވެ. އެ ދޮން މޫނު މަތީގައި ވާ ކުލަ ވަރުން އޭނާގެ ހިތާއި ސިކުނޑި ހަނގުރާމަ ކުރަމުން […]
ޒިވްޔާއަށް ހޭލެވުން އިރު އޭނާގެ މަންމަ އިނީ ސޯފާގައި އިށީނދެ އިނދެ ނިދިފައެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްފައި އެނދުން ތެދުވަން އުޅުނެވެ. މަންމައަށް ނުގޮވައި ތެދުވެވޭތޯއެވެ. މަންމަ ނުނިދާތާ ކިތަންމެ އިރެކެވެ. އޭނާއަށް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން މަންމައަށް ނިދިފައި އޮތް ވަގުތު އުނދަގޫ ކުރާކަށް ބޭނުން ނުވީއެވެ. އަމިއްލައަށް ތެދުވާން ޒިވްޔާއަށް ވަރަށް އުނދަގޫވިއެވެ. އޭނާގެ އުނަގަނޑުން ތިރިއަށް އަރަމުން ދިޔަ ވޭނުގެ ސަބަބުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކުރިއެވެ. މަޑުމަޑުން ތެދުވުމަށްފަހު އެނދުން […]
ދެމީހުން ލޯބީގެ މާބަގީޗާގެ ތެރޭގައި ފީނަމުން ދިޔައިރު ކަމެއް ގޯސް ވެގެން އުޅޭ ކަމުގެ ހިލަމެއްވެސް އޭރު ނުވެއެވެ. …………. “ތީދޯ ކަލޭމެން ގަންނަ ގަނޑަކީ މިއޮށްފަދަ ގަޑީގަވެސް.” ދެމީހުން ސިހިގެން ދިޔައީ ކުއްލިއަކަށް އެދިމާއަށް އަލިވުމުންނެވެ. ޔަޝްމީ ވަގުތުން ޝަޔާލްގެ ގައިގައި އަޅާ ކޮށްޕާލަން އުޅުނެވެ. ނަމަވެސް ޝަޔާލް ދެންވެސް ޔަޝްމީ އޭނާ އާއި އިތުރަށް ގާތްކޮށްލީއެވެ. “ދެން ޝަޔާލްލްލް!” ޔަޝްމީ ޝަޔާލްގެ މޭގައި ޖަހާލިއެވެ. ހެމުން އެންމެފަހުން ޝަޔާލް ޔަޝްމީގެ ގައިން ދޫކޮށްލިއެވެ. […]
ޒިވްޔާއަށް ހޭވެރިކަން ވުމާއެކު މަޖުބޫރުވީ އަލުން ދެލޯ މަރާލާށެވެ. އޭނާއަށް އޮވެވުނު މާޙައުލުގެ އަލިގަދަކަމުންނެވެ. ދެލޯ ތަގުޅިކޮށްލުމަށްފަހު އަނެއްކާވެސް މަޑުމަޑުން ޒިވްޔާ ދެލޯ ހުޅުވާލިއެވެ. ދެލޯ މަޑުމަޑުން ތަޅުވާލުމަށްފަހު އެ އައްޔަށް ހޭނޭތޯ މަސައްކަތް ކޮށްލިއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑުގައި ގަދަ ވޭން އަޅަމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ އަކު އޭނާގެ ކަށިތައް ބިންދަ ބިންދައިގެންފާނެ ހެނެވެ. އޭނާއަށް ކުކުރާލެވުނީ އެތަދަށް ކެތް ނުވުމުންނެވެ. އެއާއެކު ވަގުތުން ދުމްޔާގެ އަޑު އިވުނެވެ. “ޒިވީ. ދަރިފުޅާ.” […]
ޒިވްޔާމެން ޔަޝްމީގެ ގެއަށް ދިޔައިރު ވިޝާލް ވެސް އައިސް އުޅެއެވެ. އޭރު ގަޑިން އިރުއޮއްސި 7 ޖަހަނީއެވެ. ވިޝާލްގެ މައިންބަފައިންނަކީ އަބަދު ދަތުރުކޮށް އުޅެން ޖެހޭ ބައެއްކަމުން ވިޝާލް ވެސް އުޅެނީ އެގޭގައެވެ. “ހެއި ޒިވީ.” ވިޝާލް ސޯފާގައި އޮށޯވެލަމުން އަހާލިއެވެ. އޭނާ މަޑުކޮށްލީ ޒިވްޔާ މެންގެ ފަހަތުން އިތުރު މީހަކު އާދޭތޯއެވެ. ނަމަވެސް އޭނާ ދެކިލަން ބޭނުންވި މޫނު ނުފެނުމުން މާޔޫސްވިއެވެ. “ހަޔާ އަންނާނީ އަދި ފަހުންނޭ. ސާބަސް ވިޝާލަށް.” ޒިވްޔާ އާއި ޔަޝްމީ ހިނިގަނޑެއް […]
ދެކުދިން ސަކަރާތުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ވިޝާލާއި، އިޒިކިއަލް އަދި ޝަޔާލް ވެސް އައިސް އެމީހުނާ ބައިވެރިވިއެވެ. ޝަޔާލް އައުމާއެކު ޔަޝްމީ ގޮސް ޒިވްޔާގެ ފަހަތަށް ވަނެވެ. އެއާއެކު ޝަޔާލްގެ ތުންފަތްމަތީގައި ވިދާލީ ލާނެތް ހިނިތުންވުމެކެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ނުވެބުނެއެވެ. “ވީ ވޮން، ޔަޝް ގަނޑާ. ބާސްކެޓް ބޯލް މުބާރާތުން. ކޮންގްރާ ވެސް ނުބުނެ. ފޮނި ކޮއްކޮގަނޑެއް.” ވިޝާލް ޖެއް ސުމަށް ބުނެލިއެވެ. “ކޮންގްރާ ކޮންގްރާ، ފޮނި ވިޝާލު.” ޔަޝްމީ ޒިވްޔާގެ […]
2 ދުވަސް ފަސް —————- ފާއިތު ވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި ކޮލެޖު ނިންމާ ގޮތަށް ޒިވްޔާ ގޮސް އިންނަނީ ކެފޭއެއްގައެވެ. މުބާރާތަށް ހުށަހަޅަން އޭނާގެ ވާހަކަ އެޑިޓް ކުރާށެވެ. އޭނާގެ ފަހަތު އަޅުވާލައިގެން އައިކަން ވެސް އެތަނަށް ދާން ފެށިއެވެ. ފުރަތަމަ ދުވަހު ޒިވްޔާ ހިތްހަމަ ނުޖެހުނަސް ފަހުން އަޅައެއް ނުލައެވެ. ޒިވްޔާގެ ނަޒަރު ހުއްޓިފައި ވަނީ ކެފޭގެ އެންމެ ދުރު ކަނުގައި އިން މޭޒުދޮށުގައި އިން އައިކަން އަށެވެ. އޭނާގެ ކުރެހުންތައް ކިތަންމެ […]
އޮހް.” ޒިވްޔާ ގާތަށް ހިނިއައެވެ. މިދިޔަ 3 ދުވަސް ތެރޭގައި ވެސް ޔަޝްމީގެ ދުލުން ޝަޔާލްގެ ނަން ނުފިލާ ވިއްޔާއެވެ. އެހެންނަމަވެސް ޒިވްޔާއަށް ނޭނގުނު ކަމަކީ އޭނާއަށް އެއަށް ވުރެ ބޮޑު ކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމެވެ. “ހެއި، ޑާލިން.” އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނީ އައިކަނެވެ. “ޑިޑް ޔޫ ހޭވް އެ ފަން ޓައިމް ވިތު އިޒިކިއަލް؟” ………………………… ޒިވްޔާ ދެލޯ ބޮޑުކޮށްލާފައި އައިކަނަށް ބަލާލިއެވެ. އަދި އަވަސް އަވަހަށް ޔަޝްމީގެ ގައިން ދޫކޮށްލިއެވެ. […]