އެ މަންޒަރުން އެކަނި ވެސް އަޔާން އަށް ހީވީ އޭނާގެ ހިތަށް އެއްފަހަރާ އެތަށް ތީރެއް ހަރާލެވުނު ހެންނެވެ. ލިއުޝާ އަށް ސަޕްރައިސް އެއް ދޭން އައި ނަމަވެސް ފަހުވަގުތު ސަޕްރައިސް މި ލިބުނީ އޭނަ އަށެވެ.
**************
ކޮޓަރީގައި ހުރި ކިންގް ސައިޒް ބޮޑު އެނދުގައި އެހެން ފިރިހެނަކާ އެކު އޮތް ލިއުޝާ ފެނި އަޔާން އަށް ހީވީ އޭނާގެ ވަށައިގެން ވާ މާހައުލު ވެސް އެނބުރިގަތް ހެންނެވެ. އިންތިހާ އަށް ލޯބިވި ބައިވެރިޔާ އެފަދަ ގޮތަކަށް އެހެން ފިރިހެނަކާ އެކު ފެނިދާނެ ކަމަށް އަޔާން ފަހަރުގައި ވެސް އުންމީދެއް ނުކުރެއެވެ. ” އަޔާ ” ދޮރު ހުޅުވާލުމާއެކު ދޮރުގެ ފުރަގަހުން ކަޝްފުވެގެން ދިޔަ އަޔާން ގެ ސޫރައިން ގައިގާ ބެޑްޝީޓް އޮޅާލައިގެން ހުރެ ލިއުޝާ ތެދުވަމުން އަޔާން އާ ދިމާލަށް ހިނގައިގަތެވެ. އެއިރު ލިއުޝާ އާއެކު އެތާ އެވަގުތު ހުރި އަނެއް ފިރިހެން މީހާ ވެސް ނުކުމެގެން ހިނގައްޖެއެވެ. އަޔާން ގެ ގާތަށް ދިއުމަށް ކުރިއަށް އަޅަ އަޅާ ހުރި ފިޔަވަޅު ހުއްޓާލުމަށް ލިއުޝާ އަަށް މަޖުބޫރުވީ އަޔާން އޭނާގެ ކަނާ އަތް އުފުލާލަމުން މަޑު ކުރުމަށް ބުނުމުންނެވެ. ” އަޔާ ޕްލީޒް.. ދެން އެއީ އެވަރު ކަމެއް ނޫނެއްނު” ލިއުޝާ އެހެން ބުނެލި ގޮތުން އެއީ އޭނަ އެކަން ކުރި ފުރަތަމަ ފަހަރު ނޫންކަން އަޔާން އަށް އެނގުނެވެ. އެހެން ބުނަން އަމިއްލަ މީހާގެ އަނގަ ހުޅުވާލަން ވެސް އެ ކެރުނީ ހާދަ ގޮތެއް ނެތީމަ އޭ އަޔާން ގެ ހިތަށް އެރިއެވެ. އެއާއެކު އަޔާން އަށް އޭނާގެ ދަތްކުނޑި ވިކާލެވުނީ އައި ރުޅި ކޮންޓްރޯލް އިން ނެއްޓިދާނެހެން ހީވުމުންނެވެ. ” އަޔާ…….” ” ޝަޓް އަޕް.. ޖަސްޓް ޝަޓް އަޕް…” ލިއުޝާގެ ޖުމްލަ މެދު ކަނޑާލަމުން އަޔާން ބާރު ބާރަށް ހަޅެއްލަވައިގެން އިރު ހީވީ ގެވެސް ބޮލަށް ވެއްޓިދާނެ ހެންނެވެ.
” ލިއުޝާ އަށް އެނގޭތަ ތީ ކިހާ ބޮޑު ފާފަ އެއްކަން .. އޭނ… މީހަކު ބުނިނަމަ ވެސް ފަހަރުގަ އަހަންނަށް ގަބޫލު ނުކުރެވުނީސް.. އެކަމް ލޮލުން ދެކެ އަތުން ހިފީމަ މީގަ ކުރާނެ ކަމެއް އެބެއްތަ؟ ލިއުޝާ އަށް މީ ކުޑަކަމަކަށް ވިޔަސް މަށަށް ހީވީ މަ މުޅި ދުނިޔެ ވެސް ހުއްޓުނުހެން.. އެހެންތާ ވާނީ ވަސް ހަޔާތުގަ ވެވުނު ފުރަތަމަ ލޯބި ވިއްޔަ… އެކަމް އެއިން ލިބުނު އެކައްޗެއް ވެސް ނެތް… މިހިސާބުން މި ނިމުނީ މިކަން .. މަ ފެންނަ ހިސާބަށް ވެސް ތި އަންހެނާ އައިސްގެން ނުވާނެ.. ތި މުޑުދާރު ދުލުން މަގޭ ނަން ކިޔައިގެން ވެސް ނުވާނެ.. އިޓްސް އޯވާ..” ކިޔަން ބޭނުންވި އެއްޗެއް ކިޔުމަށްފަހު އަޔާން އެތަނުން ނުކުތުމަށް ހިނގައިގަތީ ލޮލުތެރޭ ހައްޔަރުގައި ހުރި ކަރުނަތަށް އޭގެ މަގާމުން ދޫވެގެން ހިނގައިދާނެ ހެން ހީވުމުންނެވެ. ސިޑިން ފައިބަމުން ދިޔައިރު ވެސް ލިއުޝާ އޭނައަށް ގަވާ އަޑު އިވެމުން ދިޔައެވެ. ނަމަވެސް އަޅާލުމެއް ނެތި ކުރިއަށް އޭނާގެ ފިޔަވަޅުތައް އަޔާން ބެހެއްޓީ ދެން އެމަޅީގައި ނުޖެހުމަށްޓަކައެވެ.
މަގުމަތިން ހިނގާފައި ދިޔައިރު ވެސް އަޔާން ގެ ފިރިހެންވަންތަ މޫނުމަތީގައި ބޮސްދެމުން ދިޔައީ އެ ލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނަ ތަކެވެ. އެ ލޮލުގައިވާ ރަތް ކަމުން އެކަނި ވެސް އެ ހިތުގައި މިވަގުތު އަޅަމުން ދިޔަ ވޭން ހެކިދެއެވެ. ބޮލުގައި ވެސް އިންތިހާ އަށް ރިއްސަމުން ދިޔައިރު އަޔާން އަށް ކޮޅަށް ހުންނަން ވެސް ދަތިވަމުން ދިޔައެވެ. ނަމަވެސް އެ ވޭނާ އެކުވެސް ގެއަށް ވަނުމުގެ ކުރިން އަޔާން ހަމަޖެހިލީ މައިންބަފައިން އޭނާގެ ސަބަބުން ކަންބޮޑުވާން ނޭދޭތީއެވެ.
އަޔާންގެ ހިތް އިތުރަށް ބަލިކަށިވެ އަޅަމުން ދިޔަ ވޭން އިތުރު ވީ ގެއަށް އައި މަގުމަތިން ދިމާވި ލިއުޝާގެ ރައްޓެއްސެއް ކިޔައިދިން ވާހަކަ ތަކުންނެވެ. އެ ކުއްޖާ ބުނި ގޮތުން ނަމަ ލިއުޝާ އަކީ އަބަދުވެސް އެހެން އުޅޭ ކުއްޖެކެވެ. ފެށުނީއްސުރެ ވެސް އެހެން އުޅުމުގެ ނަތީޖާ އަކަށް ވީ އެ އާދަ އޭނާގެ ކަށީގައި ހިފުމެވެ. އަދި އަދަށް ދާން ދެން ވެސް އެކަން އެ ގޮތަށް ކުރަމުން އެ އަންނަނީ އެހެންވެ ކަމެވެ. އަދި ހާއްސަކޮށް އެއީ ލިއުޝާ ފޫހިފިލުވުމަށް ކޮށް އުޅޭ ކަމެއްކަމުން އެކަން ކަނޑުވާލުމަށް ލިއުޝާ މާ ބޮޑު މަސައްކަތެއް ވެސް ނުކުރެއެވެ.
ކޮންމެއަކަސް ލިއުޝާ އެއީ އޭނާގެ ހަޔާތަށް އައި ހިޔާލީ ކުއްޖެއް ކަމަށް ނިންމަމުން އެ ރޭގެ ވަގުތެއްގައި އަޔާން އޭނާގެ މައިންބަފައިން ނާއެކު ރާއްޖެ ދިއުމަށް ދަތުރު ފެށީ ލިއުޝާ އާއެކު މި އެއްމަސް ތެރޭ ހޭދަވި ލޮބުވެތި ހަނދާންތަށް އެ ފަސްގަނޑުގައި ފަސްއަޅާ ފޮރުވަމުންނެވެ. އެއިރުވެސް އަޔާން ގެ ހިތުގައި ނުފިލާ ރިހުމެއް ހިފާލާފައި ހުރީ ފުރަތަމަ ލޯބި އަތުން ބީވުމުން ހެން ހީވިއެވެ. އެ ލޮބުވެތި ހަނދާން ތަކަކީ އަޔާންގެ ހިތުންނާ ސިކުނޑިން ފޮހެލަން އުނދަގޫ ހަނދާންތަކެއް ނަމަވެސް އައ އަޒުމަކާ އެކު އެ ހަނދާންތަށް ހިތުގައި ކަފުން ކުރީ އެ ކަހަލަ ކުއްޖެއް ދެކެ ލޯބިވެވުމުން އަމިއްލަ ނަފްސަށް މަލާމާތް ކުރާ ހާލުގައެވެ.
**********************
އިތުރަށް ޔަޤީން ކުރުމަށްޓަކައި ފަސް އެނބުރި ބަލައިލި އަޔާންގެ ހީ ޔަގީނަށް ބަދަލުވީ އޭނާގެ ކުރިމަތީގައި ހިނިތުންވެލައިގެން އޭނާ އާ ދިމާލަށް ބަލަހައްޓައިގެން ހުރި ލިއުޝާ ފެނިފައެވެ. ލިއުޝާ ފެނުމާއެކު މިއަދު އެއްވެސް އަސަރެއް އަޔާންގެ ޒުވާން ހިތަށް ނުކުރި ނަމަވެސް އެ ރީތިކަމަށް އެ ދުވަހެކޭ އެއް ގޮތަށް މިއަދު ވެސް އަޔާން އަށް ތަޢުރީފްކޮށްލެވުނެވެ. އަދިވެސް އެ ރީތިކަމަށް ބަދަލެއް ނާދެ އޭ އަޔާން ގެ ހިތަށް އެރިއެވެ. ހެދުން އެ ޅުމުގެ ވައްޓަފާޅި ވެސް ކުރި އެކޭ އެއްގޮތަށް އަދިވެސް ހުރުމުން ލިއުޝާގެ ކުރީގެ އުޅުން އަދިވެސް ބަދަލު ނުކުރާނެ ކަމަށް އަޔާންގެ ހިތް ބުނެލިއެވެ. އެ ރީތިކަމުގެ ސަބަބުން އަޔާން އަށް އެއްވެސް ބަދަލެއް މިއަދު ނައި އިރު އަނެއް ފަރާތަށް މޫނު އަނބުރާލީ ތި ސޫރަ ދެކެން ވެސް ބޭނުމެއް ނޫނޭ ބުނާ ފަދައަކަންނެވެ.
އަޔާން ގެ ފަރުވާކުޑަ ހަރަކާތުން ލިއުޝާގެ ހިތް މާޔޫސް ވިއެވެ. ލޯބި ނުވިޔަސް އަޔާން ގެ މުއްސަނދި ކަމާ ރީތިކަމުގެ ސަބަބުން ލިއުޝާ އަށް އަޔާން ގާތަށް އައުމަށް އެދެވެއެވެ. ކުޑައިރުއްސުރެ އަރާމު މުއްސަނދި ދިރުއުޅުމަކަށް ބޭނުން ވެފައި ހުރި ލިއުޝާ އަށް ލޯބި އެއީ ކޯއްޗެއް ކަމެއް ވެސް ނޭނގޭ ފަދައެވެ. ސިކުންތު ކޮޅަކަށްފަހު އަޔާން ކަމެއްގެ މަތިން ހަނދާންވިހެން މީޝާ ހުރި ދިމާލަށް ބަލައިލީ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ލިއުޝާގެ އަވައިގައި ޖެހި މީޝާ މަތިން ހަނދާން ނުވުމުން ދެރަވެފައި ހުރެ މާފަށް އެދުމަށްޓަކައެވެ. ނަމަވެސް އަޔާން އެނބުރުނު އިރު މީޝާގެ ހިލަމެއް ވެސް އެތާ ނުވެއެވެ. އެއާއެކު އަޔާން އަށް އޭނާގެ އިސްތަށިގަނޑު ތެރޭ އަތް މަހާލެވުނީ ދެރަވީ ވަރުންނެވެ. ފެނުނު މަނޒަރުން މީޝާ ދެރަވީކަން އެނގުން ވުމުން އަޔާން ގެއަށް ދިއުމަށް ހިނގައިގަތީ ހަމަޖެހިލުމަށް މީޝާ އަށް ވަގުތުކޮޅެއް ދިނުމަށެވެ. ލިއުޝާގެ ކުރިމަތިން ގޮސް އަޔާން ކާރަށް އަރާ ދުއްވާލިއިރު އެންމެ ފަހަރަކު ވެސް އެ މޫނަށް ބަލައި ނުލައެވެ. އެހެންކަމުން ލިއުޝާ އަށް އޭނާގެ ދަތް ކުޑި ވިކާލެވުނީ އައި ރުޅިންނެވެ. އޭނާ ހުއްޓާ މީޝާ އަށް އަޔާން ލިބުމަކީ ލިއުޝާއަށް ހަޖަމް ކުރަން ފަސޭހަ ވާނޭ ކަމެއް ނޫނެވެ. މިއަދު މިތަނަށް ލިއުޝާ އެއައީ ވެސް އެ ދެމީހުން ދުރުކުރުވުމުގެ ބޭނުމުގައެވެ. ނަމަވެސް އަޔާންގެ ސަމާލުކަން އޭނާއަށް ނުހުއްޓުން ވެގެން ދިޔައީ ލިއުޝާ އަށް ބަލައިގަންނަން އުނދަގޫ ކަމަކަށެވެ. ދަތް ކުނޑި ވިކާލައިގެން ހުރެ އެ ދެމީހުން ދުރުކުރުވާނެ އިތުރު ގޮތެއް ހޯދަމުން ލިއުޝާ އެނާގެ ފޯނުން
ނަމްބަރަކަށް ޑައިލްކޮށްލި އިރު އެ ތުންފަތް މަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ.
**********************
” ހޭ ޕަމްޕްކިން.. ލެޓްސް ގޯ..” ރިއާޝް ނާޔާގެ އަތުގައި ހިފާ ދަަމައިގަންނަމުން ބުނެލިއެވެ. އޭރު އަހުޝަމް ގޮސް އޭނާގެ ކާރުގެ ޑްރައިވާރ ސީޓަށް އަރަނީއެވެ. ރިއާޝް ވެސް ނާޔާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް އޭނާގެ ކާރު ކައިރި ބަހެއްޓިއެވެ. އެއީ އަބަދުވެސް އާދައެވެ. ނާޔާ އަށް ޖެއްސުމެއްކޮށްނުލާ ރިއާޝް އަށް ހުރުމަކީ ވާނެ ކަމެއް ނޫނެވެ. އެއިން ކޮންމެ ވަގުތަކު ނާޔާ ގެ ހަނދާނުގައި އިޔާޝްގެ ސޫރަ ކުޅެލަނީ ރީތި މަންޒަރުތަކެއް ފަދައިންނެވެ. ކާރަށް އަރަން ދިމާކޮށްލި ނާޔާ އޭނާގެ ފޯނަށް ބަލައިލީ އިޔާޝް ގެ މެސެޖެއް އައުމުންނެވެ. އެއަށް ރިޕްލައި ކުރަން ނުހަދާ ނާޔާ އިޔާޝް އަށް ގުޅާލީ އެ ފިރިހެންވަންތަ އަޑު އަހާލުމަށް އެ ހިތް އެދުނުލެއް ބޮޑުކަމުންނެވެ. ރިއާޝް ކައިރި މަޑުކޮށްލުމަށް ބުނަމުން ކާރާ ތަންކޮޅެއް ދުރަށް ނާޔާ ޖެހިލިއެވެ.
މިހާރަކަށް އައިސް އެއީ ނާޔާގެ އާދައެވެ. އިޔާޝްގެ އަޑު އަހާ ނުލާ ނޭވާއެއް ލުމަކީ ވެސް ނާޔާ އަށް ހަނގުރާމައެއް ކުރުން ފަދަ ަކަމެކެވެ. ގަބޫލުކުރަން ކިތަންމެ އުނދަގު ނަމަވެސް އެ ހިތް އިޔާޝްގެ ލޮތްބަށް އާބަސް ބުނުމަށް އެދި ގޮވާވަރު ނާޔާ އަށް އެނގެއެވެ. ނަމަވެސް ބުނަން ފަސްޖެހެވެނީ ކީއްވެ ކަމެއް ނޭނގެއެވެ. ކޮންމެސް ސަބަބަކާ ހެދި އެކަން ހާމަ ނުކޮށް އެހަށް ބޭވުމަށް ނާޔާގެ ޒަމީރު ކެނޑިނޭޅި އިންޒާރު ދެމުން ދިޔައެވެ.
އުފާވެރި ވަގުތުކޮޅެއް ފޯނުގެ އެހީގައި ދެލޯބިވެރިން ހޭދަކޮށްލުމަށްފަހު ނާޔާ ކާރާ ދިމާލަށް މިސްރާބުޖެހީ ހިތްހަމަޖެހިފައި ހުރެއެވެ. އެންމެ ސިކުންތުކޮޅަކަށް ވެސް އެ މޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ. ނާޔާ އެކޭ އެއްފަދައިން ފޯނުގެ އަނެއް ފަރާތުގައި ހުރި އިޔާޝްގެ މޫނު މަތީގައި ވެސް ވަނީ ހިތްހަމަޖެހުމުގެ އަސަރު ތަކެވެ. ނާޔާ އަށް އަންނަމުން ދިޔަ ބަދަލުތައް ކިތަންމެ ހާ ވެސް ރަނގަޅަކަށް އިޔާޝް އަށް ފާހަގަވަމުން ދިޔައެވެ. އެ ހިތުގެ ލޯބި ކާމިޔާބުވުމުގެ ފެހި ސިގްނަލް ދޭން ފެށުމާއެކު އިޔާޝް އަށް ހީލެވުނީ އަވަސް ރަހުމަތެއްގައި އެ ދުވަސް ދެއްކެވުން އެދި ދުޢާ ކުރާ ހާލުއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ބޭރަށް ދިއުމަށް އިޔާޝް ހިނގައިގަތީ މާދަން ނޫން އަނެއް ދުވަހު ފުރުން ހަމަޖެހިފައި އޮތުމުން ގަންނަން ޖެހޭ ބައެއް އެއްޗެހި ގަތުމަށްޓަކައެވެ.
*********
ނިތްކުރި މަތީގައި އެއް އަތް ބާއްވާލައިގެން އެނދުގައި އޮށޯވެ އޮތް އަޔާންގެ ސިކުނޑި ހިސޯރު ކުރަމުން ދިޔައީ އެކި ހިޔާލު ތަކުންނެވެ. ގެއަށް އައިސް އެތަށް އިރެއް ވީ އިރުވެސް މީޝާގެ ހަބަރެއް ނުވުމުން އެ ހިތް ވަނީ އެކީހެން މާޔޫސް ވެފައެވެ. ގުޅި އިރު ފޯނުވެސް ނިއްވާލާފައި އޮތުމުން އަޔާން އަށް ހަދާނެ ގޮތް ހުސްވިއެވެ. އަނެއްކާ އަނެއްކޮޅުން ލިއުޝާ އެވެ. ލިއުޝާ އަކީ ކުރަން ހިތުލައިފި ކަމެއް ނުކޮށް ދޫކޮށްލާ މީހެއް ނޫންކަން މީ ދުވާލު ފަދައިން އަޔާން އަށް އެނގެއެވެ. ލިއުޝާގެ ގޮތް އޭނަ ހާ ރަނގަޅަށް އެނގޭނެ މީހަކު ނުހުންނާނެއެވެ.
މި ޙިޔާލުތަށް ސިކުނޑިއަށް ވެރިވުމާއެކު އަޔާން އަށް ފުރަތަމަ ފަހަރަށް މީޝާ އޭނަ އަތުން ބީވެދާނެ ކަމުގެ ބިރު ހީވިއެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. މީޝާ އަކީ މިހާރު އޭނާގެ މުޅި ދިރިއުޅުމެވެ. މީޝާ އާ ނުލާ އުޅުމަކީ އަޔާން އަށް ވާނޭ ކަމެއް ނޫނެވެ. ލިއުޝާ އަކީ އޭނާގެ މާޒީ އެވެ. އޭނާގެ ހަނދާނާ ކުޅެލި ހިޔާލީ މަންޒަރެކެވެ.
ސިކުނޑިއަށް ވެރިވަމުން ދިޔަ ހިޔާލުތަކުން އަޔާން އަށް ކުޑަކޮށް ހަޅެއް ލަވައިގަންނަމުން އޭނާގެ އިސްތަށިގަނޑުގައި ހިފައިގަނެވުނެވެ. ސިކުންތުކޮޅަކު އެ ގޮތުގައި އިނުމަށްފަހު އަޔާން އިންތަނުން ތެދުވީ ގޮތެއް ނިންމަމުންނެވެ. ނަމަވެސް ކައިރީ ގައި އޮތް ފޯން ވައިބްރޭޓް ވި އަޑަށް އަނެއްކާ ވެސް އެނދުގައި ހަމަޖެހިލަމުން ފޯން ހުޅުވާ ބަލައިލީ މީޝާގެ މެސެޖެއް އައުމުންނެވެ.
” ޔާން.. މިއަދު ޔާން އަށް ޔާންގެ ލޯބި ހޯދުމުގެ ފުރުސަތު ތި ލިބުނީ.. އައިލަވް ޔޫ ޔާން.. އައިލަވް ޔޫ ސޯ މަޗް.. އެކަމް މިއަދު މީޝް އަށް މުހިއްމީ ޔާންގެ އުފާވެރިކަން.. މީޝް އަށް އެނގޭ އަދިވެސް ޔާން ގެ ހިތުން ލިއުޝާގެ ހަނދާން ތައް ނުފިލާކަން… ބަޓް އިޓްސް އޯކޭ.. ޔާން އުފަލުގަ ހުރިއްޔާ މީޝް ވެސް ހުންނާނީ އުފަލުގަ..މީޝް މީ ޔާން ގެ ލައިފް އަށް ނާންނަ ކުއްޖެކޭ ހީކޮށްލާފަ ޔާންގެ ލޯބި ހޯދަން ޔާން މަސައްކަތްކުރޭ…” މީޝާ ކޮށްފައި އިން މެސެޖް އެކޮށް ކިޔާ ނިމުނު އިރު ރަނގަޅަށް ވެސް އަޔާންގެ ލޯ ފުރި ބަންޑުން ވެއްޖެއެވެ. މީޝާ އަށް ހަމަ ނޭނގެނީ ހެއްޔެވެ؟ މީޝާ އޭނާ ދެކެ ވާ ލޯބި ނޭނގެނީ ހެއްޔެވެ؟ ލޯބި މިހާ ވޭން ދެނިވި އެއްޗަކަށް އޭނަ އަށް ވީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހަޔާތުގައި އެފަދަ ލޮތްބެއް ލިބުން ލިޔެވިފައި ނެތީ ހެއްޔެވެ؟ މަޑު އާހަކާ އެކު އަޔާން އަށް އޭނާގެ އަމިއްލަ ހިތާ ޝަކުވާ ކޮށްލިއިރު ހުރި ތަނަށް ތިރިވެއްޖެއެވެ. ލޮލުން ކަރުނަތައް އޮހޮރެމުން ދިޔައިރު އަޔާންގެ އެ ހާލަތު ފެންނަ މީހަކު ހިތް ފަޅައިގެން ދާނެކަން ކަށަވަރެވެ. ނޫނެކެވެ. މިހެން މީޝާ ދުލެއް ނުކޮށްލާނަމެވެ. މާދަމާ ނޫން އަނެއް ދުވަހަކީ ދެމީހުން ވެސް ފުރާ ދުވަސްކަމުން އެ ދުވަހަށްފަހު މީޝާ މުޅި އުމުރަށް އޭނާ އަށް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވުމުން އިންތަނުން ތެދުވީ އެހެންވިޔަ ނުދިނުމަށެވެ. ދެވަނަ ފަހަރަށް އެ ރިހުން އޭނާގެ ހިތުން ބަލައިގަންނާނެހާ ހިތްވަރު ނެތުމުންނެވެ.
ހަޔާތުގެ އެންމެ ބޮޑު ނިންމުން ނިންމަމުން އަޔާން މީޝާގެ ގެއަށް ދިއުމަށް މިސްރާބު ޖެހީ މަންމަ މެން އޭނާގެ އެދުމަށް ދެކޮޅު ނަހަދާނެ ކަން ޔަޤީންވާ ހާލުގައެވެ. އުމުރުން އެހާ ޅައިރު ކައިވެންޏެއް ކުރުމަށް މީޝާގެ ބައްޕަ ނުރުހޭނެކަން އެނގޭ ހާލު ވެސް އަޔާން އެ ގެއަށް ދިއުމަށް މިސްރާބު ޖެހީ މީޝާގެ ބައްޕަ ރުއްސަން ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ހުރެއެވެ. އޭނާގެ ފުރިހަމަ ހިމާޔަތުގެ ދަށުގައި މީޝާ ބަހައްޓައިގެން ހުރެ ލިއުޝާގެ އުނދަގުުލުން އެ ދެމީހުން ހަޔާތް ވެސް ސަލާމަތް ކުރުމަށް އަޒުމް ކަނޑައަޅއިގެންނެވެ.
ސައިކަލަށް އެރުމަށްފަހު މީޝާ ގެ ގެއަށް ދިއުމަށް އަޔާން މިސްރާބު ޖެހީ ދުވަހަކު ނުދުއްވާހާ ބާރަށެވެ. އެކަމުން ވެސް މީޝާ ގެއްލިދާނެ ކަމުގެ ބިރު އެ ހިތުގައި އުފެދިފައި ވާ މިންވަރު ހާމަވެއެވެ.
ފިހާރައިން ބޭނުންވާ ބައެއް މުހިއްމު ތަކެތި ގަނެގެން ނުކުން އިޔާޝް އަށް އޭނާގެ ލޯ ކުޑަކޮށްލެވުނީ އެހެން ލާފައި އަޔާން ދިޔަލެއް ބާރުކަމުންނެވެ. އެކުވެރިޔާގެ މޫނުމަތީގެ ކުލަވަރުން ކަންތައްތައް މާ ރަނގަޅު ނޫންކަން އިޔާޝް އަށް އެނގުނެވެ. އެހެންކަމުން އަޔާން ގެ ސައިކަލުގެ ފަހަތުން އިޔާޝް ވެސް އޭނާގެ ސައިކަލު ދުއްވާލީ އަމިއްލަ ހާލަށް އަޔާން ދޫކޮށްނުލުމަށެވެ.
ސައިކަލު މީޝާ މެންގޭ ދޮރުމަތީގައި ޕާކްކުރަމުން ދުވެފައި ކަހަލަ ގޮތަކަށް އަޔާން އެގެއަށް ވަނެވެ. އޭރު ފަހަތުން އައި އިޔާޝް ވެސް އެ ހިސާބާ އަރާ ހަމަކޮށްފިއެވެ. އިޔާޝް އަޔާން އަށް ގޮވާލުމުން ވެސް އެ އަޑު އަޔާން އަށް ނީވުނެވެ. އެހެންކަމުން އަޔާންގެ ފަހަތުން އިޔާޝް ވެސް އެ ގެއަށް ވަނުމަށްޓަކައި ހިނގަިއގަތީ ސައިކަލު ޕާރކް ކޮށްލުމަށް ފަހުގައެވެ.
***********
މާ ވަރަކަށް ދޮރުގެ ބެލް އަޅާތީ މީޝާގެ މަންމަ މާހީން ދޮރުހުޅުވަން ހިނގައިގަތެވެ. އޭރު ގޭތެރޭ ބެހެއްޓިފައި ހުރި ސޯފާ ސެޓްގައި މީޝާގެ ބައްޕަ މަހުދީ ދުވަހުގެ ނޫސް ކިޔަން އިނެވެ.
” އަހަނ އަޔާން ދަރިފުޅާ.. މިވަގުތު ކޮންވަޑާމެއް.. ވަދޭ އެތެރެއަށް މީޝާ ވެސް ވީ ކޮޓަރީގަ ކާން އަންނާށޭ ބުނީމަ ވެސް ނައި ވިއްޔަ.. އަޅެ ދަރިފުޅު ދޭބަ ގޮވާލަން..” ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔަ އަޔާންގެ ސޫރައިން މާހީން ބުނެލީ ހިނިތުންވަމުންނެވެ.
” ދައްތާ.. ކޮބާތޯ ބޭބޭ؟” މިއީ އަޔާން މީޝާގެ މަންމަ އާއި ވާހަކަ ދެއްކި ފުރތަމަ ފަހަރުކަމުން އެ އަޑުގައި ޖެހިލުންވުމެއް ވިއެވެ. މީޝާ އާ ދެމީހުންގެ ގުޅުން މާހީން އަށާއި މަހުދީ އަށް އެނގުނު ނަމަވެސް މިއީ އެ ދެމަފިރިންނާ އަޔާން ބައްދަލުވި ފުރަތަމަ ފަހަރެވެ. އަޔާންގެ އަޑުގައިވި ޖެހިލުން ވުމުގެ ސަބަބުން ކުޑަކޮށް ހިނިތުންވެލަމުން މާހީން އަޔާން ކުރެން އޭނާގެ ފަަހަތުން އައުމަށް އިޝާރާތް ކުރިއެވެ.
” އަނހަ އަޔާން.. ދަރިފުޅު ކީއްކޮށްލަނީ މިވަގުތު؟ ” މަހުދީ އަހާލުމާއެކު ޖެހިލުންވެފައި ހުރެ އަޔާން ވާހަކައެއް ދައްކަން ކަމަށް ބުނުމުން މަހުދީ އަވަހަށް ބުނާށޭ ބުނެލިއެވެ. ހިން ދިރުވާލަމުން އަޔާން އެ ވާހަކަ ބުނެލުމަށް ކުޑަކޮށް ތައްޔާރުވެލީ މީޝާގެ އުމުރުން އަދި ކިރިޔާ އަށާރު އަހަރު ވެފައިވުމާއެކު އެހާ އަވަހަށް ކައިވެންޏެއް ކުރުމަށް މަހުދީ ނުރުހޭނެ ވަރު އެނގުމުންނެވެ. އަދި ވަކިން ހާއްސަކޮށް ލިބިފައި އޮތް ދެދުވަސް ތެރޭ އެކަން އެންމެ ފުރިހަމަ އަށް ނުނިންމޭނެކަން އެނގުމުން އެ ހުއްދަ ނުދޭނެކަން ވިސްނުމުންނެވެ.
” ދައްތާ، ބޭބޭ އަޅުގަނޑު ބޭނުން ފުރުމުގެ ކުރިން މީޝާ އާ ކައިވެނި ކުރަން” ދެން އަޔާން ބުނެލި ޖުމްލައިން އެތަނުގައި ހީވީ ކުޑަ ބޮމެއް ގޮއްވާލިހެންނެވެ. އެވަގުތު ހުޅުވާފައި ހުރި އެ ގޭގެ ދޮރު މައްޗަށް އެރި އިޔާޝް އަށް ވެސް އޭނާގެ ދެލޯ ބޮޑުކޮށްލެވުނީ އަޔާންގެ އަނގައިން ނުކުން ޖުމްލައިނެވެ. އިޔާޝް އެކޭ އެއްފަދައިން އެވަގުތު ކޮޓަރީގައި އަމިއްލަ ހަޔާތާ މެދު ކަރުނަ އަޅާ ރޯން އޮވެފައި ބޭރުން އަޔާންގެ އަޑު އިވޭހެން ހީވެގެން ނުކުން މީޝާގެ ބޮލަށް ވެސް އެނބުރުން އަރައިގެން ދިޔަ ފަދަ އިހުސާސް އެއް ކުރެވުނީ އަޔާން ބުނެލި ޖުމްލައިންނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
84 Comments!
Comments are closed.



First
congratulations dear…
Wow sis Mi part ves vrh sali
Masha Allah keep it up sis
Mi liushaa haadha nulafaey dhw kantha bodu koeh dhw heheheehhe
Meeshaa u think wrong ey ayaan loves u ey meeshaa dhw sis
And I am so happy for naayaa an iyaash Fainally naayaa ves like Vanee kaneyge dhw iyaash dheke
Suhbooo kaavenikuran dhw euleny heheh Hope meeshaa aa ayaan duru nuvaane kam
And meeshaa ge dad say Yesss heheh
Sisooo I missed u ingeytgr
Waiting for the next part
Luv uuuu so oooo much
Stay safe
thnk yuh sooo much rilllll… yes yes rilooo e liusha gandu v nulafaa hama.. yes dhw rilll meesh thi visnanii goas koshey ayaan v loabi veyey dhw meesh dheke.. lets see dhw iyaash and nayoo ge relation vs.. yes marry kuran e ninmiii hingaa dhw vaa gotheh balama..
alheyyyy i missed yuh more rilooo asluvs vv handhaanvi sis ril mathin nd hurihaa readers mathin vs..
lymmmm nd more my sweet rillll..
stay safe dear..
❤️❤️❤️❤️Wow Maasha allah v reethi mi part vx
Alhey Meesha ge bahpa gaboolu vaanenama Ayaan aa Meesha aa marry kuran.. Plx Meesha ge bahpa gaboolu veba
Aneh part kiyaa hithun nuvx hurevey
Curiously waiting for nxt sisooo
Stay safe n Tc
❤️❤️❤️❤️Lyyysssmmm
Euphoria sis.. Aish personal kameh dhimaavegen comment nukureveyne vaahaka buni n Aish buny Aish v v v v loabi veyo sis dheke..❤️❤️❤️❤️❤️❤️❤️❤️❤️ V v v v v miss vaaneyo sis mathin.. Ekam Aish buny comment nukurias story baraabarah kiyaanamo
thnk yuh sooo much lammm… yes meesh bappaa avahah gaboolu veba e dhekudhin marry kuran lam dhooni mioh ronii eyyy..hehe.. nxt part insha allah day after tmrrw ga kiyaalan libeyne ngey dear…
u tooo darlll stay safe nd tc… lymmm nd more my sweet lam..
subbooo my sweet aisaafulhah kihinehbaa v anekka..hehhe..btw aish kairi bunelaaa sis vs hama vvvv loabivey sis ge loabi loabi aisaafulhu dheke… nd vvvvv miss vaaneyey buney aish mathin sis vs.. aisaafulhu nethihya cmmnt section vv falhu vaaneyey buney… cmmnt section ge dhirumey buney thiii heheh…nd v ufaa vehje aish stry kiyaanekan nguniima.. aish heyo haaluga huriithiivs hama v ufaa vehje…
Yessss sisoo.. Insha Allah I will tell her
Omg???Vrh salhi mi part ves❤️❤️❤️masha allah❤️❤️
Ummeedhu kurany thankolheh avahah aneh part ves kiyailan libeyne kamah????
Tc❤️
thnk yuh sooo much dear… means a lot… insha allah nxt part day after tmrrw ga kiyaalan libeyne ngey dear… u too dear tc nd stay safe..
Omg???Vrh salhi mi part ves❤️❤️❤️masha allah❤️❤️
Ummeedhu kurany thankolheh avahah aneh part ves kiyailan libeyne kamah????
Tc❤️❤️
Wow varah vess reethi nenge dhen bunaane ehcheh ves hama ehaa reethi …….next part vets avahah genes dhehcheyy❤❤❤❤??
I’m not bad anonymous
oh soo sorry anonymous… i feel bad now ..so sorry dear aa dimaalah ehn kiyuiima
awwwnnn thnk yuh soo much dear fr the lovely cmmnt… labba insha allah i will try my bst ngey hama miadhu nunii maadhan up kohleveytho nxt part..
Aneh stry Kn irakun.??… This stry ?
aneh stry insha allah miadhu v eba try kuran up kohleveytho lap massala eh jehign stry alun liyan jehuniima las vanii.. hope u will understand… nd thnk yuh vv ufaavehje mi stry ge mi part raani dear ah kamudhiyaema..
?????Sisiiii I missed u so much
Alhey haadha ufaa vehje eyy vaahaka ☺️☺️☺️up kohleema
❤️❤️❤️❤️❤️❤️❤️❤️❤️❤️Masha Allah varah reethi mi part vx
Alhey liusha thee kaaku ey 2 lwbi veringe deytere ah vanan…sis liusha ah rangalhu landeh dheythi..hehe..aslu vx gina fahru enmen vx ulheyneee 2 lwbi verin deytere ah vanan dhw sis
Alhey aash haada majaley dhw..hehe..hama iyaash brand dhw
Sis finally ayaan meesha bappa Kairi kaivenyah ehee dhw..meesha bahpa nikan rangalhu javaabeh deebala
Meesha vx ma negative kon ney dhw sis mi visnee
Alhey nayoo mihaaru iyaash vareh neii dhw..hehe…rangalhu dhen kiyvaigen anna iru iyaash dhin ring alhigen aadhey
Sisoo Alsu vx varah vvvvvvvvvvvvvv vvvvvvvvvvvvvv vvvvvvvvvvvvvv vvvvvvvvvvvvv vvvvvvvvvvvv vvvvvvvvvvvv miss vi
??????❤️❤️❤️❤️Lysmmm sis
????TC & stay safe lwbi lwbi sis
awnnnn i missed yuh more sweety… alheyyy vv happy vehje xeen hppy v ma sis vs… thnk yuh sooo much dear… yes liusha v fuppa ey dhw hama meesh nd ayaan eoh loabin ulhenikoh e dheythere ah vadhefi ey dhw… ys gina faharu hama ehn ulheynii… v bodu thedheh xeen thi bunii… yes hama iyaash brand dhw aash… yes emme fahun hama ayaan kaivenyah ehii… ys meesh vs aslu maa negative e ey dhw… heheeh lets see dhw naayooo e ring ah hadhaa gotheh vs.. alheyyyyy i missed yuh moreeeeeeeeee darlllllll…
lymmmmm nd more nd more my sweet xeennn… u tooo loabi loab xeen tc nd stay safe..
Wow Masha Allah vvvvvvvvvvv Reeth mi prt……..
Liusha haadha goahey dhw…..
Ayaan kaivenyah ehee dhw finally
Alhey meeshaa ge dad yes bunahchey plxx
Hope nxt part will be up soon
Lysssm
thnk yuh sooo much dear… yes liusha hama v goahey dhw dear… labba dear ayaan hama emme fahun kaivenyah ehii ey dhw…. labba insha allah nxt part v avahah kiyaalan libeyne ngey dear.. maybe today or tmrrw… lymmmmmm darll
Masha Allah varah varah varah reethi mi prt vx 27 vx ?♥️ alhe liusha akaa hedhi bodu udhaguleh sahaa thedheh mi bunee ?? riaash brw anehka iyaash brw athun naayoo vagah nunagaathi ?? kudakoh inthixaaru dhigu vma siss ge haalu kihinei thww ?? curiously waiting for nxt ♥️♥️ stay safe ♥️♥️ TC ?? lots and lots of love from Afu ♥️♥️
awwwwnnnn thnk yuh sooo much sis ge sweet afu… asluvs dhw darllll haadha fuppa ey dhw liusha… ehhehe yes thihn nuvehjeyya vedhaane dhw anekka.. ehn vihya world war 3 kanne dhw iyaash nd aash fashaaniiii hehe… sis ge haalu alhamulillah hama gud… wby darll?? u too sweety tc nd stay safe… lymmmm nd more nd more darlll
Yowww ? This is my first comment on this story.. But I loved this story from beginning onwards. And I’m kinda sorry for not commenting on other episodes. Mi part vess varah habeyss ?? Alhe Meesha nd ayaan’s cute love story end nukohlahchey.. Kim hithah araa E liushaa gandu kill kohlan. I just damn hate her.. Anyway, please make meesh and ayaan life back to normal.. I’m kinda dying to read what happens next ?? euphoria girl, how many episodes are remaining? ?
thnk yuh sooo much dear fr tthe lovely cmmnt… its okay dear srry nubunaane ngey… again thnk yuh vv ufaa vehje mi stry dear ah reethi v ma… lets see dhw meesha nd ayaan ge love stry ah vaa goih vs… yes sis vs hithah araa hama liusha ah ehn hadhan… remaining adhi ulheyne fudhey varakah episodes directly kihaa vareh kameh neynge adhi bunaakah…
Masha Allah sis mi part ves vvvvvvrah reethi liusha haadha nulafaee dhw I hate??? her sis meesha and ayaan dhuru nukuraachee??? I think meesha ge dad bunaanee yes hen
Waiting for the next
Lysm ❤️❤️❤️
Stay safe
thnk yuh sooo much darlll…. really means a lot… yes liusha hama vrh goaheh dhw dear… lets see dhw meesha nd ayaan ah vaa goih vs… ehhehe lets see… lymmmm darlll… stay safe..
(meeheh) it’s okay dear…..❤️
☺️Oh thank you dear
Kon kamakah thi dhemeehun its Okk aa thank you aa thikiyanee
Ohh yes
Finally ayaan said that?☺️??❤️?❤️????☺️?☺️❤️❤️
Ohh meesha ge parents ok vahche plx plx plx ?❤️?☺️?????????☺️??
So curious what they will say
When next sisssssss??☺️❤️???????????☺️?????????❤️?❤️?❤️❤️??❤️❤️☺️❤️?❤️
Lyssssssm and tc
Stay safe sisooooo?????❤️❤️❤️?❤️?❤️
yes hingaa dhw dear avahah party baahvan ayaan ehn bunumuge ufaluga…heheh just kidding ngey daer… lets see dhw meesha ge parents okay veytho vs nuveytho vs… nxt part insha allah miadhu nuniii maadhan ngey dear…. lymmmm nd more darlll… stay safe nd tc…
Hey lwbi sisssooo…??? Long time no talk dhw dear…☺️☺️☺️ Heheh…☺️☺️☺️ I missed u sooooooooo muuuuuucccchhhhh sisssyyyyy…??? Vvv intnizaaru kohfin mi part up veythoa…??? Finally up vejje dhw…??? Nd yes mi dheloa fuheladheyshey loabin e stry ge author buni sis bali vi vhk…? How re u feeling now sisssooo?????? Hope u re doing fine now…❣️❣️❣️ GWS darla…??? Nd about the stry dhw…❤️❤️❤️ Masha allah masha allah masha allah…??? Hama completely speechless vejje mi bai kiyaafa…??? Hama vvvvvvvvvvvv reechey buneveynii mi prt vx ingey sisssooo…??? Alheyyyyy dhn meesh nd yaan ah vaanii kihineh baa?????? So curious…??? Nd yes kobaatha naayoo nd iyaash mi prt ga?????? I missed naayoo, iyaash, saayaa, shanim, zeevan nd shima while reading this prt…??? Hope to see them in the nxt prt…??? Mi liushaa mii kaaku tha Anekka?????? Sis plxxxxxxxxx keep meesh nd ayaan safe from her ingey…❤️?? Curiously waiting for the nxt part dear…??? Stay home stay safe sweetheart…??? Take care sweetie…??❣️ Lyssssssssssssssmmmmmmm Shaayan ge lwbi lwbi sisssooo❤️?????❤️?????❤️?????❤️?????❤️?????❤️?????❤️?????❤️?????❤️?????❤️???
Alhey srry sisssooo…? Mii aslu 27 vana prt ah kuri cmmnt ingey…? Avas kohgen schl in ai gothah quran claahah dhaan ulhemun cmmnt kuriima neyngunii… Aslu naayoo ge vhk eba in dhw mi prt ga… Once again Sorryyyyy???
hey loabi shaayan… i missed yuh moreee nd more darllll… yup finally mi part vs up v ey dhw dear…. im ok nw alhamdulillah… awwwnnnn thnk yuh sooo much sweety…. lets see dhw dear meesha nd ayaan ah vaa goih vs… mi liusha mii maa mthiii meeheko dhw dear… ehnve thaa maa fuhpanii e..hehhe.. ahah ys sis vrh masakkai kuraanan ngey liusha meesh mn naa dhuruga behetteytho… u tooo sis ge loabi loabi shaayan stay home nd stay safe nd tc….. lymmmm more more nd more sweety… btw alheyyyyy its okay eyyy shaayan darllllllllll… srry nubunaaney ngey..
Hiiii sharafveri mehemaanaa Alfaalilaa EUPHORIA BINTHI LWBI VERIEH THI NOONY MASHEH NEYDHEMEY ?????????????????????madu kohlla eba annan Kuda gotheh hadhaalaigen… Aissa Comment eh kohllaanan….. Mi Aash akaa Hure nuvx kevigen mi ulhenii…. Ey brw manma bunii Naayu v nukayo… Nukaa kuhjjeh dhw migeah fonuvaigen thi ulhenii
Oho masalacheeyoh…. A hayaborantho…. Gretzthakaseeyoh…. Mezachikisthoreenah… Wah Wah wahhh????????????????thekeseyo pachaahhhh?????????????✨ waa salhi kannnn?????????qozaleenaa pothaarah????????????
Dhen mi kuru kuru Bas kulhun fuhdhaalaa????????????????????✨?✨??????????????????????????????????????????????????????????????✨✨✨✨✨✨✨✨✨✨SH SS TC
???????????LYM???????MYSSSSMMMMMM
Sis kurii part ge comments thakah rep dhehchey iraadha kurehviyya
Ey Ahushamoo brw konthaaku thi ulheny
Geyga ???brw vx geyga kamah mi balanii… Kihineh thr haalu ahuvaalu…. E manjje dhanii yo dhw… Ekam kohlaa dhw dheytherey dheythere in Msg eh… Buney bxy kamun ney Msg nukurevenii. V miss vaaney buney
Hmm dhaneeyo.. Ekam mi gadeega vx eba Msg kurey indhegen.. Ma mee firiheneko kiyaafa
Ma Rangalhey.. Brw kihinehtha
Hama habeys
???
???
??????????????????????????????????????????????????????????????????????????????????????????????????????????????????
Moya meeheh?????????????????????????????????
hey ahu brw… thnk yuh soo much dear.. mym ahu brw.. nd im so srry fr the late rpl
Maashaa Allah…….. Don’t know what to say…….. It’s so nice……. This is one of the best stories I have ever read so far…….. I like it…… Keep it up…… Love you…….. Tc…..
thnk yuh soo much dear… glad to hear those words… lymm nd more.. tc
Your series it’s really beautiful sis ❤️❤️❤️ I love to read this strong.. ? keep on going??ALLTHEBEST
thnk yuh sooo much dear… means a lot…
Your series it’s really beautiful sis ❤️❤️❤️ I love to read this story .. ? keep on going??ALLTHEBEST
Kobaa next part…… avahah up kohlahchey…… still waiting ?❤️?
Neyy tha friend eh libeekah ?????
Hi gayz can you gayz be my friend ?????????you gayz are so sweet ??????
Thakaholhi……I hate it BRO ..,,, u ah kihineh v meehaku thank u as its ok aa bunyyas
Yes dhw Anonymous…. I also rulhi ai u dheke ingey thakaholhi gandaa….hama miihakah goas koh kameh kurevuniima maafah edhumun anekaa ekan gaboolu koh ok EY buniima dhen maafah edhuhu miihaa thankx bunun E iii gaanoonii kusheh thr
Huh.. Hmm meehakah takaa its Okk anonymous.. Mihaaru Keeve anphonymous maa rangalhu vegen thiulheny meeheh ah
Meehaku balcony ah Fen baalidhee aa ehkon vehttunee o..????? Dhn ey vx gaanoony kusheh tha manjey.. Ekam raajey ge Fala suruheega huss E habaru liyefa othy
Saabas Thakaholhi n meeheh ah.. Mithanah vx aeetha zuvaabu kuran
Neynge… Masheh Noon dhw… Thakaholhi gandah dhw ehcheh nuvisnenii…. Kale ney thakaholhiyaa Mee Ehen Anonymous ekey…. Pls she or he’s not that Anonymous…. So thakaholhi Pls stop it… Rangalhu kudhinnah Hama meeheh vx rangalhu vaane….. Soo thakaholhi Mihaaru thi boa haru kan dhuhvvaala Bala…. Heyo nuvaane???Ahushamah takaa vx
ވަލީދާ ފަހަރި އަމާ މުގުރިހަ ތެލީގެ ބައްޕަ އަލްޖެބްރާގެ އަންހެނުން ސިރާޖުގެ ޅީދަރި ކިރުސަރުބަތުގެ ރާނީ އަހުޝަމު ގެ ދަރި ކަޅުސޮރުގެ ބަފާ ތަކަހޮޅި އިބުނު އަބުއްނާރު ގެ މައިޓު ކަރީނާ ކަޕޫރުގެ ދާދީ ހާލިދާ ފިރި ގިރިޓީ އަނބި މޮޔަ ލިޔައްޓެ ގެ ބިޓު ހަސީނާ މާމަ ހަކުރު ފަރީދުގެ ބެއްޔާ ތެޔޮ ޖަމީލާ ގަޅި ތަކަހޮޅީ ފުށް ހަބީބާގެ ކާފަ ބީރު ބަކުރުގެ ކަނުކުޑަބެ އަންހެނުން މޮޔަ އަލީގެ ކަޓު ތަކަހޮޅި ގަމާރު ސީދިގެ ލޯބިވެރިޔާ ޑައްބޭ
އަލީ ބިޓު މޮޔަ ނާސިރާ އަންހެނުން މޮޔަ ހަބީބާގެ ބަފައިބެ ތަކަހޮޅީ ޖަސްޓް ސްޓޮޕް ދެޓް ބެލްކަނީ ސްޓޯރީ
Hahaha manje thee meeheh ge feykuvi bitu O..Meehaku ebain Ehn liyefa Lhemeh ga..Dhn ey meehaku bavaa nulaathi Hahahahahaha
Adho mi story ge kithah episode annaane that??
Konthaakah thadhuvee anonymous dhooni.. Meeheh Manje aadhey avahah beys alhaidheyn
Thakaholhi gandaaaa??????just shut up…. Hama kuhjjaku ehchekey bunaa irah thihira araa kahtti hiyvareh dhw
Saaabehyyy thakaholi Aaa meehakah zuvaabu kuraakah thaneh noovey dhw konmeakas Ma mihaaru heeeheee badah thaduvehje hehehhehe ???????????????????
Aslu vx Ril.. Mihaaru mi dhemeehun zuvaabu nukuraa thaneh neiy..konme vaahaka eh balailiyas mihaaru fennaany Thakaholhi n meeheh ge zuvaabu
Aaan lam
Heheheh
Mafaraathun thakaholiaa meehe ah saabas saabahooooooooo wooooohhhhhh??????????????????????????
Kalo ma heehee bindhijje mihaaru Heevee eba bandugaa kokaa enbureehen ???????????? saabas thakaholhi aa meehakah
Dhw flower
Masha heevany ma U dhananhen
Ril inginjehyaa bunaachey faharegaa I Hama u nudaneves dhaane
Yes I dhannan ril ????
Dhe meehun hasfathaalah gendhan v the????
Hmm meeheh hasfathaalah gendhan miulheny.. Balcony ah Fen baalidhee aa ehkon vehttigen
Ehentheyyy
Hmm Ehenthey
No dhen mihaaru heevany rangalhu vehjehen
Kon iraku next part genesdeniii…..n Euphoria kn rasheh tha…..hama ahaaly.if u don’t mind can I know
Next part kon iraku up kurany
Mi vaahaka aai bai thah kiyaa lann libey varu vaaniiiii konn zamaanakunn tha????? Dhenn haadha lahey nerey leh…… ???????Vaahaka vv rythi???
އެއް ވާހަކަ ނިމުނީ މަަ އަނެއް ވާހަކަ ނެރެބަލަ ފުރަތަމަ މިވާހަކަ ނެރެބަލަ
Hot
Mi vaahaka ge aneh part kobai tha