އައްސަލާމު އަލައިކުމް. ގިސްލަމުން ބުނީމޭ ،ދޫކޮށްނުލާށޭގެ ކިޔުންތެރީންގެ ސަމާލުކަމަށް!! މިއަންނަ ހަފްތާގައި އަޅުގަނޑުގެ މޮކް އެގްޒާމް ފެށޭތީވެ އެކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ވަގުތީ ގޮތުން ވާހަކަ ގެނެސްދިނުން މެދުކަނޑާލަން އަޅުގަނޑު ނިންމައިފީމެވެ. އަޅުގަނޑުގެ ޓެސްޓުތައް ނިމުނުހާ އަވަހަކަށް ވާހަކައިގެ އާ ބައިތަކެއް އިންޝާﷲ ގެނެސްދޭނަން. ކުރިން އަޅުގަނޑު ގެނެސްދީފައިވާ ބައިތައް ތިޔަ ބޭފުޅުންނަށް ކަމުދިޔަކަމަށް އުންމީދު ކުރަން. މި ވާހަކައިގެ ހުރިހާ ކިޔުންތެރީންނަށް ވެސް ވާހަކައިގެ ދެން އިންނަ ބައި އަޕް ވުން ލަސްވާތީވެ މާއަފަށް […]
އަލާވްޔާއަކީ މާއިޝްއާއި އެއް ކުލާހެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. މާއިޝްއާއި އަލާވްޔާއަކީ ގްރޭޑް ނުވައެއްގައި އޭރު ތިބި އެންމެ ކިޔަވަން މޮޅު އަދި ކަންކަމުގައި އިސް ނަގަން ކެރޭ ދެ ކުދިންނެވެ. އެކަކަށް ވުރެ އަނެކަކު މޮޅެވެ. މި ދެ ކުދިންނަކީ ވެސް ލަވަކިޔުމަށް ވަރަށް ފޯރި ހުންނަ ދެ ކުދިންނެވެ. އެހެންކަމުން ދެކުދިން ވެސް ތިބެނީ ސްކޫލް ބޭންޑްގެ އިސް އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާގެ މަޤާމުގައެވެ. ދެމީހުންގެ އަޑު ވެސް އެހާމެ ރީއްޗެވެ. އަދި […]
” އަޑު އިވިއްޖެތަ! އަހަރެން އަލާވްޔާ ދެކެ އެއްވެސް ވަރަކަށް ލޯބި ނުވާ. އެހެން ނޫނަސް އަލާވްޔާ ތީއި އަހަރެންގެ ޓައިޕެއް ވެސް ނޫން. ތި ކަހަލަ މިޑްލް ކުލާސް އާއިލާއަކަށް ނިސްބަތްވާ ކުއްޖަކު ދެކެ އަހަރެން ކަހަލަ މުއްސަނޖަކު ލޯބިވާނެ ކަމަށް ހީކުރުމަކީ ވެސް މޮޔަ ކަމެއް” ވަރަށް ހިތްވަރުކޮށްފައި މާއިޝް އަލާވްޔާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. ********************************************* “ނޫން، އަހަރެން ޤަބޫލު ނުކުރާނަން. މާއިޝް ތިއީ ތިކަހަލަ މީހެއް ނޫން. ބުނޭ ތީއި ދޮގެކޭ، ބުނޭ […]
އިރުކޮޅަކު އެހެން ހުރުމަށްފަހު މާއިޝް ކުރިއަށް ފިޔަވިއްސެއް އަޅާލީ، އެ އަންހެންކުއްޖަކީ ހަމަ އޭނާތޯ ބެލުމަށް އޭނާގެ ހިތް އޮބި ނޯންނަ ވަރަށް އެދެމުން ދާދިއުމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ. އަތުގައި ތުރުތުރު އަޅަމުން ދިޔަ ޙާލު މާއިޝް އެކުއްޖާގެ ކޮނޑުގައި އަތް ބާއްވާލަމުށްފަހު އެއީ އޭނާއަށް ނުވޭތޯ ދުޢާ ކުރަމުން ލޯ މަރާލިއެވެ. ******************************************************* ސިއްސައިގެން ގޮސް އަލާވްޔާއަށް ލަވަ ނިންމުމަކާއި ހަމައަށް ގެންނަން ޖެހުނީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި ހިފުމުންނެވެ. ހުއްޓުމެއްނެތި ވެހެމުން […]
* ދީވާނާ ކޮށްލާފާ ވާތީ، ލޯތްބަށް އޭދިގެން ރޯލީމޭ * ހޯދަން ނޭދެން ލޯތްބެއް ތީނުން * ލިބެން ނެތުމުން ރޯލީމޭ* ޕާކުުގެ މެދެއްހާ ހިސާބުގައި ބަހައްޓާފައި ހުރި ޖޯލިތަކުގެ ތެރެއިން ތިންވަނަ ޖޯލީގައި އިށީނދެގެން އިން އަލާވްޔާ އޭނާގެ ހިތުގެ އުދާސްތައް ލަވައެއްގެ ސިފައިގައި ބޭރު ކުރަމުން ދިޔައެވެ. އޭނާގެ އަތުގައި މުށި ކުލައިން ޖަރީކުރެވިފައިވާ ވަރަށް ރީތި ގިޓާރެއް ވެސް އޮތެވެ. *ލޯ ކަރުނުން ފުރާ، ވާ ހާލުގައި، ލޯތްބަށް ޖަހާމީ ސަލާމޭ […]
އިފާން ރުކެއްގައި ލެގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ޙަޔާތާ މެދުގައެވެ. އެ ވޭނީ އިޙުސާސްތައް މުޅި ހަށިގަނޑުގައި ވެސް ކުރާ ކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ތިމާގެ ލޯ ކުރިމަތީގައި ތިމާގެ ޙަޔާތް ބަރުބާދުވަމުން ދާއިރު އެކަމައި މެދު ތިމާއަށް އެއްކަމެއް ވެސް ކުރެވެން ނެތުމުން ދެރަވެ ހިތާމަ ނުކުރާނީ ފަހެ ކާކު ހެއްޔެވެ. އޭނާގެ ލޮލުން ވެއްޓެމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ވެސް ބަޔާންކޮށް ދެނީ އޭނާއަށް ލިބިފައިވާ ހިތްދަތިކަމާއި […]