Skip to content
އެސްފިޔަ

އަހަރެންގެ ވަޢުދު

އަހަރެންނަކީވެސް އެހެން މީހުން ފަދައިން އިންސާނެކެވެ. މި ހަށިގަނޑު ތެރޭގައި ލޭ ހިނގާ ހިތެއް އެބަވެއެވެ. ހަމަ އެހެން މީހުންވެސް ފަދައިންނެވެ. ހުރިހާ ހިއްސުތަކެއް ސަލާމަތުންނެވެ. ހުރިހާ ގުނަވަނެއް ސަލާމަތުންނެވެ. ނަމަވެސް ތަފާތީ މިޒާޖެވެ. ކުލައެވެ. ސިފައެވެ. ފަގީރުކަމެވެ.

މިއީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެންގެ މިޒާޖު ތަފާތުވުމަކީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެންގެ ސިފަ ހުތުރުވުމަކީ އަހަރެންގެ ކުށް ހެއްޔެވެ؟ އަހަރެންގެ ކުލަ އަނދިރި ވުމަކީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ އަހަރެން ފަގީރު އާއިލާއަކަށް އުފަންވުމީ އަހަރެންގެ ކުށް ހެއްޔެވެ؟ މިކަމުގައި އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟

މިއަދު މިއީ ކުށަކަށް ވެގެން އަހަރެންނަށް މިކަންތައް ރަނގަޅު ކުރެވޭނެ ނަމައެވެ. ހަންގަނޑު  ދޮންކޮށް ލެވޭނެ ނަމައެވެ. ސިފަ ރީތިކޮށްލެވޭނެ ނަމައެވެ. މިޒާޖު ބަދަލުކޮށްލެވޭނެ ނަމައެވެ. މުއްސަނދި ވެވޭނެ ނަމައެވެ. ނަމަވެސް އަހަރެން ކަހަލަ ފަގީރު އާއިލާއެއްގެ ނިކަމެތި މަންމައަކާއި ބައްޕައަށް ލިބިފައިވާ ދަރިއަކަށް މި ހުރިހާ ކަމެއް ވާނެ ހެއްޔެވެ؟ ދުނިޔެވެސް މިކަމަށް މަލާމާތް ކުރާނެއެވެ. ދެކޮޅު ހަދާނެއެވެ. އިންކާރު ކުރާނެއެވެ.

މީހުންގެ މަލާމާތާއި ފުރައްސާރައަށް އަހަރެން ވަރަށް ކެތްކޮށްފީމެވެ. ކެތްކުރާނެވެސް މެއެވެ. ބުނެލާ ބަދު ބަސްތައް ހަނދާނުން ފުހެލަދާނަމެވެ. ނަމަވެސް ހިތުގައި ލެވޭ ފާރުގަނޑު ފިލުވައިލެވޭނެ ހެއްޔެވެ؟ ހިތުގައި ކުރަހާލެވޭ ކޫރުން ފުހެވޭނެ ހެއްޔެވެ؟

އަހަރެންގެ ހިތް ފިސްފިސް ވެއްޖެއެވެ. ސިކުނޑި ސުމަކަށް ދާ ވަރު ވެއްޖެއެވެ. ނަމަވެސް މިއަދު ކެތްކުރުމަކީ އަހަރެންނަށް ވާޖިބުކަމެކެވެ. އަހަރެންގެ ލޯބިވާ މަންމަ އާއި ބައްޕައަށް ޓަކައިވެސް އަހަރެންނަށް މިކަން ކުރަން މަޖުބޫރެވެ. ލޮލުން ފައިބާ ކަރުނަތައް އަތުން ފުހެލައި އެކަން ސިއްރުކޮށްގެން އަހަރެންގެ އުމުރު މިގޮތުގައި މި ހޭދަ ކުރަނީ އެދެމީހުންނަށް ޓަކައިއެވެ. އަހަރެންގެ ލޯބިވާ އެބަލި ދެމީހުންނަށް ޓަކައިއެވެ. ޖާނާއި މާލުން ގުރުބާން މިވަނީ އެދެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. މިއަދު މިއީ އަހަރެންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. އެންމެ ފަނަރަ އަހަރުވިޔަސް މެއެވެ. މިނޫން ގޮތެއް މިއަދަކު އަހަރެންނަކަށް ނެތެވެ.

އަހަރެން ލައި މިއުޅެނީ ފިޔާ ބަސްތާގެ ގޯނިން ހެދުން އަމިއްލައަށް ހަދައިގެންނެވެ. ލާނެ އަންނައުނެއް އަހަރެން އަތަކު ނެތެވެ. އޮތީ ހަމައެކަނި މި ހެދުމެވެ. މިވަރު ވެސް އަހަރެންނަށް ފުދެއެވެ. ޝުކުރުވެރިވަމެވެ. އެއްވެސް ހާލެއްގައި ދެރައެއް ނުވަމެވެ.

ކޮންމެ ދުވަހަކު ފަސްގަޑި ބައިގައި އަހަރެންގެ މަސައްކަތް ފެށިގެން ދެއެވެ. ބުރަ ވަރުބަލި އުނދަގޫ މަސައްކަތެކެވެ. ނަމަވެސް ޝަކުވާއެއް ނެތެވެ. މިއީ މިއަދު އަހަރެންނަށް ހުރި ގޮތެވެ. އަހަރެން މިކަމަށް ހެޔޮހިތުން ޝުކުރުވެރިވަމެވެ.

އަހަރެންގެ މަސައްކަތަކީ ސަލާން ޖެހުމެވެ. މަގުމަގު މަތީގައި އިށީންދެގެން އަހަރެންގެ ކިލާވެފައިވާ އަތް ދެއްކުމެވެ. ފަސޭހަކަމެއް ނޫނެވެ. ގިނަމީހުން ދަނީ ކޮއްޕާ ވައްޓާލާފައިއެވެ. އަހަރެންގެ ހާލަކީ، އިހްސާސަކީ ކޮބައި ކަން އެކަކަށްވެސް ނޭނގި އަހަރެންނާ ދިމާލަށް، އަހަރެންގެ މައިންބަފައިނާ ދިމާލަށް ބުނެފައިދާ ބަސްތަކަކީ އަހަރެންގެ ހިތަށް އެތައް ހާސް ތޫނު ދުނި ތީރުތަކެއް ހަރައިލާ އަމަލެކެވެ. މޫނުމައްޗަށް ބިޔަ ރާޅެއް ބިންދާލާ ކަމެކެވެ.

އަހަރެންނަށް އެހެން ހަދައި މީހުންނަށް އަހަރެން ޝުކުރުވެރިވަމެވެ. ހެޔޮހިތުން ދުޢާ ކޮށްދެމެވެ. ނަމަވެސް މިކަން އެނގެނީ ކާކަށް ހެއްޔެވެ؟ ކިތަންމެ މީހަކު އަހަރެން މިއީ ފައިފޮހޭ ފާފުއްސަކަށް ހަދައިލާފިއެވެ. ފަގީރުވީމައެވެ. ނިކަމެތި ވީމައެވެ. މައްސަލައެއް ނެތެވެ. އަހަރެން ކޮންމެފަދަ އެއްޗަކަށްވެސް ހަދައިލާށެވެ. ތިޔަ ކުރާ އަމަލުތަކުގެ ބަދަލުގައި އަހަރެންގެ ފަރާތުން ލިބޭނީ ހެޔޮ ދުޢާ އެވެ. ހެޔޮ ވިސްނުން ދެއްވާތޯއެވެ.

އަހަރެންނަކީ ފަގީރު މީހަކަސް ހެއްދެވީ ހަމަ އެ އިލާހެވެ. ހުރިހާ އެންމެން، ހުރިހާ ތަކެއްޗެއްވެސް އުފައްދަވާ ކުޅަދުންވަންތަ މާތްﷲ އެވެ. މުއްސަންޖޭ ކިޔާފައި ވަކީ އެމީހުންނަކީ އެހެން ބައެއް ހެއްޔެވެ؟ މުއްސަނދި ކަމަކީ މާދަމާވެސް އަތުން ބީވެގެން ހިނގައިދާނެ ކަމެއްކަން ނޭނގެނީ ހެއްޔެވެ؟ މުއްސަނދިކަމުގެ ސަބަބުން ވަގުތީ އުފާ ލިބުން ނޫން ކަމެއް ނެތް ކަން ނޭނގޭ ހެއްޔެވެ؟ ވަގުތީ އަރާމު ލިބުން ނޫން ކަމެއް ނެތްކަން ނޭނގެނީ ހެއްޔެވެ؟

ރީތި ސިފައެއް ނެތަސް އަހަރެންވެސް އުފެއްދެވީ ރަހްމާނުވަންތަ މާތް ﷲއެވެ. ނަމަވެސް މިކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ރީތި ސިފައިގެ މީހުން އެމީހުންގެ ރީތިކަމާއިމެދު ބޮޑާވަނީ ކޮން އެއްޗެއް ލިބޭތީ ހެއްޔެވެ؟ ހަޑި މީހުންނާ ދިމާލައަށް ހުތުރޭ ކިޔައި ކަޅު ބުޅަލެއްގެ މިސާލު އެޖައްސަނީ ކޯއްޗެއް ލިބޭތީ ހެއްޔެވެ؟ މާދަމާވެސް އެފަދަ މީހެއްގެ މޫނަށް އެސިޑް އެޅިއްޖާ އެދަނީ އޭނާގެ ރީތި އޮމާން މޫނު ހަޑިވެގެންނެވެ. މާދަމާވެސް އެފަދަ މީހެއް އެކްސިޑެންޓް ވެ މޫނަށް އެތައް އަނިޔާއެއް ލިބިއްޖާ އެ ހަޑިވަނީ އޭނާގެ ރީތި ސިފައެވެ. އުފަލެއް ވަކި ލިބޭބަ ހެއްޔެވެ؟ ފައިދާއެއް ވަކި ކުރޭބަ ހެއްޔެވެ؟

މާދަމާ ވާނެ ގޮތް ނޭނގޭ އިރު އެހެން މީހަކަށް މަލާމާތް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެކަކަށް ވެސް މާދަމާ ވާނެ ގޮތެއް އެނގޭ ހެއްޔެވެ؟ ހުދު އަހަންނަށްވެސް މާދަމާ އަހަރެންނަށް ހުރީ ، ވާނީ ކިހިނެއް ކަމެއް ނޭނގެއެވެ. ބޮޑައެއް ނުވަމެވެ. ހެއްދެވި ހާލަށް ޝުކުރުވެރިވަމެވެ. އުފާކުރަމެވެ.

މިއަދު އަހަރެންނާ ދިމާލަށް ބަދުބަސް ބުނެ ކޮއްޕާ ވައްޓާލާފައި ދާ މީހުންނަށް މާދަމާ އެމީހުންނަށް އަހަރެންގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަން ޖެހިދާނެ ކަމަކަށް ނުވިސްނާ ހެއްޔެވެ؟ ދީލަތި ކަމަކީ ކިހައި މާތް ސިފައެއް ހެއްޔެވެ؟ ހަމަގައިމުވެސް އަހަރެންނަމަ އެމީހަކަށް ހެޔޮހިތުން އެހީއެއް ވެދޭނަމެވެ. އަހަރެންނަށް ދެއްވާފައިވާ ނިއުމަތަށް ޓަކައި ޝުކުރުވެރިވާ ހާލުއެވެ.

ކެތްކުރާނަމެވެ. ހިތްވަރު ކުރާނަމަވެ. މިއީ މިއަދު އަހަރެންގެ ހާލެވެ. ނަމަވެސް މިއީ މަގު އޮޅިފައިވާ މުސާފިރެއް ނޫނެވެ. އަހަރެންނަށް އަހަރެން ދާންވީ މަންޒިލް ފެނެއެވެ. ސަމުގާ ފެނެއެވެ. އަހަރެންގެ އޮޑީގެ ހުންގާނު އެނބުރިފައިވަނީ އަހަރެންދާން ބޭނުންވާ މަންޒިލަށެވެ. ނަމަވެސް ބޭނުމީ ވަގުތެވެ. މަންޒިލަށް ވާސިލްވާން އަހަރެންނަށް އެތައް ވަގުތެއް ނަގާނެއެވެ.

ފަގީރު ނިކަމެތި މީހަކަސް އަހަރެންގެ ވެސް އަޒުމެއްވެއެވެ. ހުވަފެންތަކެއް ވެއެވެ. ފަގީރަކަސް އެހުވަފެންތަކުގައި ކުލަ ޖައްސާނަމެވެ. ނުގުޑާ އަޒުމެއްގައިއެވެ. އަހަރެންގެ ހާލަކީ ކޮބައިކަން އެކަކަށް ވެސް ނޭނގިއެވެ. އަހަރެންގެ ހިތުގައިވާ ވޭން އެކަކަށްވެސް ނޭނގިއެވެ. ދެރަ ނިކަމެތި މީހަކަސް އެމީހެއްގެ އުންމީދުގެ ފަހަތުން ދުވިދާނެތާއެވެ. އަހަރެންވެސް ކުރާނީ މަސައްކަތެވެ. ހިތްވަރާއެކުއެވެ. ކާމިޔާބު ދެއްވާނީ އެކަލާނގެއެވެ. މީހުންގެ ލޯބި ހޯދާނަމެވެ. މީހުންގެ ބަދު ބަސްތައް ހުއްޓާލާނަމެވެ. މަންމައާއި ބައްޕަގެ ބައްޔަށް ޝިފާއެއް ހޯދައި ދޭނަމެވެ. އަހަރެންގެ މިދެ އަތުން މަސައްކަތް ކޮށްގެންނެވެ. ކޮންމެ ފަދަ ހާލެއްގައި އުޅެން ޖެހުނަސް، ކޮންމެ ފަދަ ކަމެއް ވާން ހުރި ނަމަވެސް މިއީ އަހަރެންގެ އަމިއްލަ ނަފްސަށް ވާ ވައުދެކެވެ.

~ ނިމުނީ ~

Comments (13)

  1. Malti

    Wow????
    Love it ?

    1. ?Nafu✨
      Malti

      thank u soo much malti.. it means a lot.. stay safe?

  2. unknown queen

    Wow that’s soo sweet♥️

    1. ?Nafu✨
      unknown queen

      thank u soo much unknown queen.. it means a lott.. stay safe?

  3. ~?~

    Vr reethi mi vaahaka vx … Hama ragalhah vx rovihjje vr reethi genes dhyfa huri goyy… Masha Allah.. Keep it up sis..

    1. ?Nafu✨
      ~?~

      thank u soooo much dear.. it means a lott.. alheyy sorry rohvaalevunyma.. thank u.. stay safe?

  4. Kairaa

    wowwwwwwwww?????
    haadha reehcheyyyyy mi story vx?????
    speechless????
    masha allah??
    sis hama molhihyey vaahaka liyan?☺️
    masha allah??
    waiting waiting waiting sis ge nxt story akah??
    LYSMMMM???
    STAY SAFE SISSSSSS??????
    MISSSSSSS UUUUU

    1. ?Nafu✨
      Kairaa

      aww thank u soooo much kairaa.. it means a lott.. hehe thank u.. ya keep waitingg.. lymmmmm u too stay safe dear.. take care.. miss u moree?

  5. Epiphany정국❇

    Maashaa Allah….. V v v v salhi……….좋아요….. I almost cried… Varah ibraitheri…………. I like it……… Maashaa Allah……….. As it is told inthe story I also strongly believe that we should respect every type of people……..No one knows our future and we may also become poor……..When we dont get our favourite food we should still think that we are lucky that we atleast get to eat good food and we have to thankful…..Everyonme is unique……..And I am very happy that you wrote such an amazing story….……Keep it up………I only read your kuru vaahakas cuz its ibraitheri and nice ……. Keep it up………. Love you my sisyyyyy……..

    1. ?Nafu✨
      Epiphany정국❇

      aww thank u soooo much dear.. it means a lott.. alheyy sorry rohvaalevunyma.. thank u.. ya we should respect everyone. whether the person is not like us, we should respect. we all made from only one creator.. yaa.. thibuny thedheh.. always we should be thankful to what we have. aw thanks a lot.. lymmmm my dear.. stay safe?

  6. Anonymous

    Afunaan akee bodu voted

  7. tendo

    good story ?❤️..keep it up. ti vaudh
    fuddheythw balaathi

    1. ?Nafu✨
      tendo

      thank a lot tendo.. it means a lott.. stay safe?

Comments are closed.