°°°°°°°°°°°
ކިޔުންތެރީންގެ ފަރާތުން ތިލިބޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެންޑް ޝައީ ބުނެލަން އޮތް ކުޑަކުޑަ ވާހަކައެއް ވެސް އޮބެން. ވެލް.. މި ވާހަކައިގައި ފަހަރުގަ ކިޔުންތެރީންނަށް ނޭނގޭ ބަސްތައް އައުން އެކަށީގެންވޭ. ސަބަބަކީ ޝައީއަށް ރަށު މީހުން ކިޔާގޮތް ނޫން ގޮތަށް ބައެއް ބަސްބަހަށް ކިޔާ ނަން ނޭނގޭތީ.
އަދި އުންމީދު ކުރަން ވާހަކައިގައި ލިޔެވޭ ކުށްތައް ވެސް ޝައީއާ ކޮމެންޓް ތަކުގައި ހިއްސާ ކުރާނެ ކަމަށް. އޭރުން ޝައީއަށް ލިޔުން އިމްޕްރޫވް ކުރެވޭނީ. ☺️
°°°°°°°°°°
“ހުމް ހުމް ދެން ތާ އެދެމީހުން އިންޓްރޮޑިއުސް ކޮށްދީބަލަ.” ކައިލާން ހިނިއައިސްފައި ބުނެލިއެވެ. އެއާއެކު އަނެއްކައިވެސް އެންމެން ހޭންފެށިއެވެ. “ސޯ… ޔުކް، ދިސް އިޒް މައި މަމް ފަރާތު ކަޒިން، އީކަން.” ތާރާ އެހެން ބުނެލުމުން ޔުކްތާ އިސް އުފުލާ އީކަން އަށް ބަލާލިއެވެ. އޭރު އީކަން ހުރީ އެތޫނު ދެ ލޮލުން އޭނާއަށް ބަލަހައްޓައިގެންނެވެ. “އެން އީކް، ދިސް އިޒް ޔުކްތާ. މައި ޑޭޑް ފަރާތު ކަޒިންއެއް.”
“ޔުކްތާ. ވަރަށް ރީތި ނަމެއް. ސޯ ހައު ޑޫ ޔޫ ނޯ ދިވެހި. މެލޭޝިއަން އެއް ވީމަ މިއަހާލީ.” އީކަން އަހާލިއެވެ. “އަހަރެންގެ ބައްޕަ ވެސް ރައްޔާން ދޮންބެ ހެން މެރީކުރީ ރާއްޖެ މީހަކާއޭ.” ޔުކްތާ ބުނެލިއެވެ. އީކަން ހީނލާފައި ބޯ ޖަހާލިއެވެ.
“ވެލް ދެން.. ހިނގާބަލަ ޕިއްޒާ ކާން ދާން. މަ ބަނޑުހައި ވެއްޖެ.” ޖައިލަމް ބަނޑުގައި އަތް ހާކާލަމުން ބުނެލިއެވެ. “ޖައި. ބަނޑެއްތަ ނޫނީ ކަނޑެއްތަ އޮންނަނީ؟” ތާރާ އަހާލިއެވެ. ޖައިލަމް ހިނިގަނޑެއް ޖަހާލިއެވެ. “މަ ބަނޑުން ގުގުރި ޖަހާ އަޑު އަހަން ބޭނުން ނޫނިއްޔާ ހިނގާ ދާން.” އޭނާ ބުނެލިއެވެ. ތާރާވެސް ހީލިއެވެ. “މަ ބޭނުން ދާން.” ތާރާ ތުންކޮޅު ދަމާލިއެވެ. “އަޅެ، ތާ ބަހައްޓާފައި ދާނެހެން ހީވޭތަ.” ޖައިލަމް ތާރާގެ ކޮޑަަށް އަތް ވައްޓާލަމުން ބުނެލިއެވެ. ޙަޤީޤަތުގައި ވެސް ތާރާ ބަހައްޓާފައި ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ ހިތުން ތާރާއަށް ވަނީ ކޮއްކޮއެއްގެ މަގާމު ދެވިފައެވެ.
“ހިނގާ ދާން ދޯ.” ކައިލާން އާއި ކިޔާން ވެސް ހިނގައިގަތެވެ. އީކަން ބޯ ކަހާލިއެވެ. އަދި ކާރީގައި ހުރި ޕަރީއެއް ފަދަ ރީތި އަންހެން ކުއްޖާއަށް ބަލާލިއެވެ. “ދަމާ.” އޭނާ ހިނިތުން ވުމަކާއި އެކު ބުނެލިއެވެ. ޔުކްތާ ވެސް ބޯ ޖަހާލުމަށް ފަހު އީކަންގެ ފަހަތުން ހިނގައި ގަތެވެ. ކިޔާންގެ ކާރަށް އެރުނީ ހަމައެކަނި ކިޔާން އަށާއި، ކައިލާން އަށާއި، ޖައިލަމަށާއި އަދި ތާރާ އަށެވެ. އީކަން އަށާއި ޔުކްތާއަށް ޖާގަ ނެތުމުން އެމީހުން އެރީ އީކަންގެ ސައިކަލަށެވެ.
……….
އީކަންގެ ސައިކަލުގައި ދިޔައިރު އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އެ ހިމޭންކަން އީކަން އަށް ކަމުނުދިޔައީ ކަންނެއެވެ. “އޯކޭ ދޯ އަހަރެން ވެސް ޔުކް ކިޔަސް؟” އޭނާ ފަހަތު ސީޓު ގައި އިން ޔުކްތާ ގާތު އަހާލިއެވެ. “އަނ. އޯކޭ. ތީ ކައިދޮންބެ އެން ތާގެ ކަޒް އެއްނު.” ޔުކްތާ ހީލާފައި ބުނެލިއެވެ. “ސޯ ޓެލް މީ މޯރ އެބައުޓް ޔޫ.” އީކަން ބުނެލިއެވެ. “އައިމް ނޮޓް ގުޑް އެޓް ޓޯކިން އެބައުޓް މައިސެލްފް. ބަޓް އައިމް ގޮނާ ޓްރައި. ސޯ، ޔޫ ނޯ އެބައުޓް މައި ޕޭރެންޓްސް. އަހަރެން މީގެ ކުރިން އުޅުނީ މެލޭ ގަ. މަދު ފަހަރަކު ރާއްޖެ އައީ. އައި ވިލް ބީ 18 ވަރަށް އަވަހަށް.” ޔުކްތާ ލަދުން އިސްދަށަށް ޖަހައިގެން އިދެ ބުނެލިއެވެ.
“ކޮން އެއްޗެއްސެއް ލައިކް ވަނީ؟ ހޭޓް ވަނީ؟ މި ބުނީ ފުޑް، މިއުޒިކް، ހޮބީސް، ޕްލޭސެސް.” އީކަން ބުނެލިއެވެ. “ހުމްމްމް… އައި ލަވް ބިރިޔާނީ. އައި ލަވް ޗިކެން ބާބަކިއު ހަދައިގެން. އެން ޑިޒާޓް އަކަށް ޗޮކްލެޓް ފަޖް. އެން އޮހް ޗޮކްލެޓް ސްމޫތީ ވަރެއް ހަމަ ނުހުންނާނެ. ދެން އައި ހޭޓް ގަރުދިޔަ އެން ރޮށި. އައި ހޭޓް ފެޝަން ފްރުޓް އެން ރަންބުސްތާނު. މިއުޒިކްގަ ރީތި ހުރިހާ ވައްތަރެއް ވެސް ބަޓް އެންމެ ރީތީ ކޭޕޮޕް. ހޮބީ އަކަށް ޝޮޕިން، ކެއްކުން، ކުރުހުން ދެން ހުންނާނެ ބައިވަރު. އެންމެ ދާން ބޭނުންވަނީ މޯލްޑިވްސް ގެ ފަޅުރަށަކަށް. ވޯވަށް ނޫނީ ބަތަލާއަށް…..”
އީކަން އަށް ޔުކްތާ ކިޔަމުން ދިޔަ ވާހަކަތަކަށް ވުރެ ބޮޑަށް ސަމާލުކަން ދެވުނީ އޭނާގެ މިއުޒިކެއް ފަދަ އަޑަށެވެ. އެހާ ރީތި އަޑެއްގެ އަންހެން ކުއްޖަކާ އަދި އޭނައަކަށް ދިމާއެއް ނުވެއެވެ. ކޮންފަދަ ޖާދުލެއް ހެއްޔެވެ؟
……….
ތާރާ ކާރަށް އެރީއްސުރެ އިނީ ބޮލަށް އުނދަގޫ ވެފައެވެ. ކައިލާން ތާރާ ކުޑައިރުގެ ވާހަކަތައް ކިޔާދޭތީއެވެ. އޭނާ ބޮލަށް އުނދަގޫވީ ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބަކީ އެ ވާހަކަ ތަކަކީ އޭނާ އެއްވެސް ވަރަކަށް ހަނދާންވާ ކަންތައް ތަކެއް ނޫން ކަމުގައި ވާތީއެވެ. އެހާދިސާގެ ކުރިން އޭނާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް އޭނާގެ ހަނދާނެއް ނެތެވެ. އޭނާއަށް ދިރިއުޅުމުގެ ކަން ކަމުގައި އެންމެ ދުވަސްވީ ހަނދާނަކީ ހަމަ އެ ހިތްދަތި ދުވަހެވެ. ވީއިރު އޭގެ ކުރީގެ ހަނދާންތައް ވާނީ ވެސް ކިހިނެއް ހެއްޔެވެ؟
“ތާއްކޮ ކުޑައިރު އުޅޭނީ ވަރަށް މަޑުމަޑުން. ވަރަށް ބަސްއަހާނެ. އަބަދުވެސް ލަދުން އުޅޭނީ.” ކައިލާން ހެމުން ބުނެލިއެވެ. އެވަގުތު ކާރުގެ ކުޑަ ލޯގަނޑުކޮޅުން ތާރާއާ ދިމާއަށް ލާނެތް ހިނިތުން ވުމަކާއި އެކު ބަލަހައްޓައިގެން އިން ކިޔާން ފެނުމުން ރުޅިއާދެވުނެވެ. “ފޮނިވާނެ ކަމެއް ނެތް.” ތާރާ ލޯ އަޅާލަމުން ބުނެލިއެވެ. “މަ ފޮނިވަނީތަ؟ ހިނި އަންނާނެއްނު. އެހާ ލާނެތް ވެގެން އުޅޭ މީހަކު ކުޑައިރު ޝައި އޭ ބުނީމަ.” ކިޔާން ދިމާ ކޮށްލިއެވެ. “މަ ޝައި އެއް ނޫނޭ! އެއީ މި ދޮންބެ ގަނޑަށް ހީވި އެއްޗެކޭ!” ތާރާ ބުންޏެވެ. “ހީވޭތަަ މަ ގަބޫލު ކުރާނެހެން؟” ކިޔާން އަހާލިއެވެ. “ވަރަށް ފޫހިވާ މީހާގަނޑެއް ތީ!” ތާރާ ތުންކޮޅު އަބުރާލަމުން ބުންޏެވެ.
އެ ދެމީހުންގެ ކޯޅުންގަނޑު ކައިލާން އަށާއި ޖައިލަމް އަށް ހައިރާން ކަމަކަށް ނުވިއެވެ. އެއީ ފުރަތަމަ ދުވަހުއްސުރެ އެދެމީހުން އެކަކު އަނެކަކު ދެކެ ރުޅިއަންނަ ކަން އެމީހުންނަށް އެނގޭތީއެވެ.
“މަ މީ ފޫހި މީހާގަނޑެއް ވިއްޔާ ތީ ވަރަށް މޮޔަ ކުއްޖާ ގަނޑެއް.” ކިޔާން އެހެން ބުނުމުން ކައިލާން އާއި ޖައިލަމް ގާތަށް ހިނިއައެވެ. ނަމަވެސް ހިނިގަނޑު ބަނޑުގެ އެންމެ އަޑިއަށް ހިންދާލަން މަޖުބޫރުވީ ތާރާ އިތުރަށް ރުޅި ނާރުވާށެވެ. މިހާރުވެސް އޭނާ ހީވަނީ ބޮމެއް ހެން ގޮވާފާނެ ހެނެވެ.
“ޔޫ ނޯ ވަޓް؟ ޔޫ އަރ ސަޗް އަ ޑޮންކީ.” ތާރާ ހަޅޭއްލަވައި ގަތެވެ. މިފަހަރަކު ކައިލާން އަށާއި ޖައިލަމް އަކަށް ކެތެއްނުކުރެވުނެވެ. ހިނިގަނޑު ފަޅައިގެން ދިޔައީ ހިންދަން މަސައްކަތް ކޮށްކޮށް ހުއްޓައެވެ. ނަމަވެސް ކިޔާނަށާއި ތާރާއަށް އެއަށްވުރެ މުހިންމުވީ އެމީހުންގެ ޒުވާބު ކުރިއަށް ގެންދިއުމެވެ.
“ވެލް ދެން. ޔޫ އަރ އަ މަންކީ.” ކިޔާން ބުނެލިއެވެ. އޭނާގެ މަގުސަދަކީ ތާރާ ރުޅިގަދަ ކުރުމެވެ. އެކަން އޭނާއަށް ދިޔައީ ކާމިޔާބު ވަމުން ވެސް މެއެވެ. “ޑޮންކީ.” ތާރާ ބުނެލިއެވެ. “މަންކީ.” ކިޔާން ރައްދު ދިނެވެ. “ޑޮންކީ” އަނެއްކާވެސް ތާރާ ބުނެލިއެވެ. “މަންކީ.” ކިޔާން ވެސް ގޮތުގައި ހިފެހެއްޓި އެވެ. ދެމް ފެނިގެން ދިޔައީ ދެމީހުން އެކަކު އަނެކަކާ ދިމާއަށް ވަނަން ކިޔަން ފެށި ތަނެވެ.
……….
“އީކް؟ އީކް؟” އޭނާ ސިހުނީ ޔުކްތާ ގޮވާލުމުންނެވެ. ނަސީބަކުން އޭނާ އޭރު ހުރެވުނީ ސައިކަލް ޑައިނަމޯ ކާރީ ޕާކް ކޮށްގެނެވެ. ހިޔާލުގައި ހުރުމުން އެހިސާބަށް އައި އިރުވެސް އޭނާއަށް ނޭގުމުން ރަކިވިއެވެ. އަދި އޭރު ސައިކަލުން ފައިބާ އޭނަ ކާރީ ހުއްޓާލައިގެން ހުރި ޔުކްތާއަށް ބަލާލަމުން އާއެކޭ ބުނެލިއެވެ.
“ސައިކަލް ދުއްވަމުނަ ތިހެން ޙިޔާލަށް ގެއްލޭކަށް ނުވާނެ. ކޮންމެ ފަހަރަކު ކަމެއް ވެސް ނުވެނުގޮސް ވެސް ދާނެ.” ޔުކްތާ ބުނެލިއެވެ. “ސޮރީ.” އީކަން ބުނެލިއެވެ. “އިޓްސް އޯކޭ. އެކަމް ދެން ފަހަރަކުން އެހެން ނުހަދާތި. އޭރު ފަހަތު ސީޓުގައި އިނީ ތާ ނަމަ މިހާރު އީކް ރޮލާ ކާލިސް ތޯއްޗެއް.” ޔުކްތާ ހީލަމުން ބުނެލިއެވެ. އެއާއެކު އީކަން ގާތަށް ހިނިއައެވެ. އެބުނީ ތެދެކެވެ. ތާރާ އޭނާ މެރީހެވެ.
“ހުމްމްމް.. ދެން ބުނެބަލަ ކޮން ޙިޔާލެއްގަތަ އިނީ؟” ޔުކްތާ އެއްބުމަ އަރުވާލިއެވެ. އެވަގުތު އޭނާއާ ދިމާއަށް އީކަން ބަލަހައްޓައިގެން އިން ގޮތުން ލަދުގަތެވެ. ނަމަވެސް ދެވަނަ ފަހަރަށް ޖެއްސުމަށް އަހާލިއެވެ.
ދެވަނަ ފަހަރަށް ޔުކްތާ އަހާލުމުން އީކަން އިތުރަށް ރަކި ވިއެވެ. އޭނާ އިނީ ޔުކްތާގެ ޙިޔާލުގައޭ ވަކި ބުނާނީކިހިނަކުން ހެއްޔެވެ؟ ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިފައި ހުރި އީކަންގެ ނަސީބު ކިތަންމެ ހާވެސް ރަނގަޅެވެ. އޭނާ އެ ސުވާލުން ސަލާމަތް ކޮށްދިނީ ތާރާ އާއި ކިޔާންގެ ޒުވާބުގެ އަޑެވެ.
“ޔޫ އަރ ޑަމްބް.” ތާރާ ބުނާ އަޑު އިވުނެވެ.
“އެން ޔޫ އަރ ފޫލިޝް.” ކިޔާން ލޯ އަޅާލިއެވެ.
“ޔޫ އަރ އޭން އިޑިއަޓް.” ތާރާ ދެލޯ ބޮޑު ކޮށްލާފައި މޫނު މައްޗަށް ވައްތަރެއް ޖައްސާލިއެވެ. ކިޔާން ވެސް “ޔޫ އަރ ސްޓުޕިޑް” އޭ ބުނެލަމުން މޫނު މައްޗަށް ވައްތަރެއް ޖައްސާލިއެވެ.
“މި ދެމީހުންނަށް ކީއްވެގެނޯ އެ އުޅެނީ؟” އީކަން ވާނުވާގައި ހުރެ އަހާލީ އޭނައާ އަރާ ހަމަކުރި ކައިލާން އާއި ޖައިލަމް ގާތުގައެވެ. “ނޭނގެ ސީދާ ބުނާކަށް. އެކަމަކު ދެމީހުން ދިމާވާ އިރަށް ގަޔަށް ހިތްވަރެއް އަރާ ކަހަލަ. ހީވަނީ ދެމީހުން ނޮޅައިގެން ކައިފާނެ ހެން.” ކައިލާން ހެމުން ބުނުމުން އެންމެން އެ ހުނުމުގައި ބައިވެރިވި އެވެ. އޭރު ވެސް ކިޔާންމެން ޒުވާބު ކުރާ އަޑު އިވެއެވެ.
“މޮޔަ ކިޔާން” “މޮޔަ ތާރާ”. “ފޫލް” “ޑަމްބް”. “ސްޓުޕިޑް” “އިޑިއަޓް”.
“ކުޑަކުދިންތަކެއް ހެން ހީވަނީ.” އީކަން ބުނެލިއެވެ. “ދެ ބުޅާ ކޯޅޭ ހެން.” ޖައިލަމް ޕިސް ޕިސް ޖަހާލިއެވެ. “ނޫނޭ، އަދި ނުބައިކޮށް ތިބުނީ. ހީވަނީ 50 އަހަރުގެ މެރީޑް ކަޕުލްއެއް ތޮޅޭހެން.” ޔުކްތާ ބުނެލުމާއެކު އަނެއްކާވެސް އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“އޭ ދެން ލޯބީގެ މާ ނުފޮޅޮވާ އާދެބަލަ! މަ ބަނޑުހައި ވެއްޖޭ!” ޖައިލަމް ހެމުން ތާރާމެނަށް ގޮވިއެވެ. ވަގުތުން އެ ދެމީހުން ޖައިލަމާ ދިމާއަށް ލޯ އެޅިއެވެ. ތާރާ ކިޔާންގެ ގައިގައި އަޅާ ކޮއްޕާލިއެވެ. ކިޔާންވެސް ތާރާގެ ގައިގައި އަޅާ ކޮއްޕާލިއެވެ. ދެމީހުން ޖައިލަމްމެނާ އަރާ ހަމަ ކުރިއިރު ހުރީ ރުޅި އައިސް ރަތް ވެފައެވެ.
“މަ އޭނަ އާއެކު މާ ފޮޅުވާކަށް ނޫނޭ ހުރީކީ. ކާކުތަ އެކަހަލަ މޮޔައަކު ފަހަތުން އުޅޭނީ.” ތާރާ ހަށަން ބަންނަމުން ހިތްހަމަ ނުޖެހިފައި ބުންޏެވެ. “މަށެއް ވެސް ނޫޅެން ތާރާއާ ހެދި. ފިރިހެނަކު އޭނައާ ދިމާއަށް ބަލާލިޔަސް މަ ހައިރާންވާނެ.” ކިޔާން ވެސް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އެހެން ބުނެވުމުން ކިޔާންގެ މެޔަށް ގޮތެއް ވިހެން ހީވިއެވެ. ކިޔާން އެކަމާ ހައިރާންވި ނަމަވެސް އަޅައެއް ނުލައެވެ.
“މި މީހުން ޒުވާބު ހުއްޓާނީ ކޮން އިރަކުންތަ؟” ޖައިލަމް ސިޑިން އަރަމުން ބުނެލިއެވެ. “ޖައީ. އެއީ އެމީހުން އެކަކު އަނެކަކަށް ލޯބިވާ ވަރު އަންގާދޭ ގޮތޭ!” އީކަން ބުނެލިއެވެ. “އައްޗި. މަށެއް ނޫޅެން.” ތާރާ ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނު މައްޗަށް ޖަންބުކުލަ ވެރިވެފައި ވިއެވެ. އޭނާ އިސްޖެހީ އެހެންވެ ކަންނޭނގެއެވެ. “ތާރާ އާ މަށާ؟ ޗި. ދުވަހަކުވެސް ނޫޅެން.” ކިޔާން މޫނު ކުނި ކޮށްލަމުން ބުނެލިއެވެ.
“ޔަގީނުން ވެސް މިއަހަރުގެ އެންމެ އާދަޔާ ހިލާފް ލޯބިވެރިންގެ ތެރޭ މި ދެމީހުން ހިމެނޭނެ. ދޯ ކައި ދޮންބޭ؟” ޔުކްތާ ކައިލާނަށް ދޯ އެއްލި އެވެ. “ޔަގީންތާ.” ކައިލާން ވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
….. އިރުކޮޅެއް ފަސް …..
“ތީ މަގޭ ސްލައިސޭ! އަތް ނުލާބަލަ! އަޅެ ނުކައި ބަލަ! މަގޭ ޗިޕްސް!” ކިޔާން ތާރާ އާ ޖެއްސުމަށް ތާރާގެ ތަށިން ޕިއްޒާ ފޮއްޗަކާއި 3 ޗިޕްސް ނެގިއެވެ. ތާރާ އައި ރުޅިން ކިޔާންގެ ތަށިން 2 ޕިއްޒާ ފޮއްޗާއި އެއްއަތް ފުރާ ޗިޕްސް ނެގިއެވެ. އަދި އަވަސް އަވަހަށް ކާން ފެށިއެވެ. “އޭ! ބަލަ މަ ނެގީ އެންމެ ޕިއްޒާ ފޮއްޗަކާ 3 ޗިޕްސް އޭ!” ކިޔާން ތާރާ އާ ދިމާއަށް ބުންޏެވެ. “އަމިއްލައަށް ދޯ މަ ތަށިން ތި ކެއީ.” ތާރާ ލޯ އަޅާލިއެވެ.
“ލަވް ބަރޑްސް. ކުޑަ އިރުކޮޅަކަށް ލޯބީގެ މެސެޖްތައް އެކަކު އަނެކަކާ ހިއްސާ ނުކުރިޔަސް ރަނގަޅު ވާނޭ.” ޖައިލަމް ބުންޏެވެ. “ކިތައް ފަހަރުތަ ބުނާނީ މަ އޭނަ ފަހަތަކުން ނޫޅެމޭ! ބިސައިޑްސް ލޯބި އެއީ މަށާ ގުޅޭ ޓޮޕިކެއް ވެސް ނޫން.” ތާރާ ބުނެލިއެވެ. “މަށެއް ވެސް ނޫޅެމޭ! މަ އުޅޭނީ މަށަށް ކަމުދާ ޓައިޕުގެ ކުދިންނާ ދޯ.” ކިޔާން ބުނެލިއެވެ. އެވަގުތު ތާރާ އަށް ހީވީ މެއަށް ހޫނު ފެން އެއްޗެއް އޮއްސާލި ހެނެވެ. ނަމަވެސް ހިތުގެ ކަނެއްގައި އެކަން ފޯރުވާލިއެވެ. “މަގޭ ޓައިޕެއް ވެސް ނޫނޭ ތީކީ.” ތާރާ ބުންޏެވެ. އޭނާގެ ހިތު ތެރޭގައި ކޮންމެވެސް ކަހަލަ ނޭނގޭ ތޫފާނެއް ހިނގާ ކަމުގެ ޝައްކު އޭނާއަށް ފުރަތަމަ ފަހަރަށް ވިއެވެ.
“އައްދެ. ކޮބާތަ ތާ ގެ ޓައްޕަކީ ދެން؟ ކުދިން ކުދިން އަންގާލައިގެން އުޅެބަލަ.” ޖައިލަމް ހިނިއައިސްފައި އަހާލިއެވެ. “މަގޭ ޓައިޕް ދޯ؟ ދޭ މަސްޓް ބީ ވެރީ މަސިއުލާ. ވަރަށް ވަރުގަދަ ވާން ވާނެ. ހޮޓު ވާން ވާނެ. ދެން… ‘ލުކް އެޓް މީ އިފް ޔޫ ޑެއަރ’ ލުކް ހުންނަން ވާނެ. ޑޭންޖަރަސް ވާން ވާނެ. ޓެޓޫ ޖަހައިފަ ހުންނަން ވާނީ. މޫނު މަތީގަ ބެޓަލް ސްކަރސް ހުންނަން ވާނެ. ކަރުގަ ދެތިން ޗޭނުގަނޑު އަޅާފަ އޮންނަން ވާނެ. ކަންފަތް ވެސް ތޮރުފާފަ ހުންނަން ވާނީ. އިސްތަށިގަނޑު ވެސް ކުލަ ޖައްސާފަ ބުޅި ވާން ވާނެ. އެން އޮހް ދިގު ވާން ވާނެ އިސްތަށިގަނޑު. އޭރުންތާ ހުޅިވެސް ބައެއް ފަހަރު ޖެހޭނީ. މީހުން ބިރު…” ތާރާ އެހިސާބަށް ބުނިތަނާ ކައިލާން ކޮށި އެރިއެވެ. ޔުކްތާ ފެންތަށި ދިއްކޮށްލުމުން އެ ބޯލުމަށް ފަހު މީހާ ހަމަ އަކަށް އެޅުމުން ތާރާ އާ ދިމާއަށް ބަލާލިއެވެ. އޭރު ތާރާ ހީހީ ހަލާކު ވަނީއެވެ.
“ކީކޭ؟ އެއީ ތާރާގެ ޓައިޕޭ؟” ކައިލާން އަހާލީ ދެލޯ ބޮޑުކޮށް ލާފައެވެ. “ދޮން.. ދޮންބެ.. ހަހަހަހަ… އޯ މައި ގޯޑް!” ތާރާ ހިނިގަނޑު ހަމައަކަށް އަޅުވަން އިރުކޮޅެއް ނެގިއެވެ. “ދޮންބެ ގަބޫލު ކުރީތަ؟ ހީވެސް ނުކުރަން. ބަޓް ޔުއަރ ފޭސް ވޯޒް ޕްރައިޒްލެސް. ހަހަހަ. ދޮންބެ ވެސް ހާދަ މޮޔަ އޭ ދޯ. ޙަޤީޤަތުގައި ތާއްކޮގެ އެއްވެސް ޓައިޕެއް ނުހުރެ. ކުރިން ވެސް ބުނީމެއްނު ތާ އާ ލޯތްބާ އެއީ ގުޅޭ ޓޮޕިކެއް ނޫނޭ. ސީރިއަސްލީ އައި މީން. ލޯބި؟ ނޯވޭ!” ތާރާ ބުނެލިއެވެ. “ވާއު.” އީކަން އަށް ބުނެވުނެވެ.
“ހުމްމްމް.. ދެން ބުނެބަލަ ތި ދެމީހުން އެކަކު އަނެކަކުގެ ކަރުގަ އަބަދު ތިހުންނަނީ ކީއްވެތަ؟” ޔުކްތާ އަހާލިއެވެ. “އެމީހާގަނޑު..” ތާރާ ކިޔާން އާ ދިމާއަށް އިނގިލި ދިމާ ކުރަމުން ބުނަން އުޅުނެވެ. ނަމަވެސް އޭނާއަށް ފުރިހަމަ ނުކުރެވުނީ ކިޔާން އޭނާގެ ވާހަކަ މެދު ކަނޑާލުމުންނެވެ. “އޭނާ ފުރަތަމަ އައި ދުވަހު މަ ގައިގަ އަޅާ ކޮއްޕާލީ! ހަނދާނެއް ނެތްތަ؟ އަހަރެން އޭނާ އަލަމާރިން ވެއްޓެން ހެދީމަ ހިފެހެއްޓީމެއްނު. އެވަރުން ވެސް އޭނާއަށް އެނގުނީ މަ ވައްޓާލަން!” ކިޔާން ބުންޏެވެ. “އަހަރެން މާފަށް އެދުނީމޭ. އެކަމަކު އޭނަ ފޮނިކަމުން ގަބޫލެއް ނުކުރިޔޭ!” ތާރާ ހަށަން ބަނދެލިއެވެ. “މަ ވައްޓާލާފަ ސޮރީއޭ ބުނީމަ އެ ނިމުނީތަ؟ ވިކަމެއް ނުވާކަމަކަށް ނުހެދޭނެއްނު!” ކިޔާން ލޯ އަޅާލިއެވެ. “ދެން ޖެހޭތަ އަހަރެން ވައްޓާލަން؟” ތާރާ ކިޔާންއާ ދިމާއަށް އެނބުރުނެވެ. “އާނ. ޖެހޭ. އޭރުންތާ ހަމަހަމަ ވާނީ.” ކިޔާން ވެސް ތާރާއާ ދިމާއަށް އެނބުރުނެވެ.
“ނުޖެހޭނެ.” ތާރާ ގޮނޑިން ތެދުވިއެވެ. “ޖެހޭނެ ވައްޓާލަން.” ކިޔާން ވެސް ތެދުވިއެވެ. “އެއަށް ކިޔަނީ ބަދަލަށް ބަދަލު ހިފުން.” ތާރާ އެއް ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. “އެއަށް ކިޔަނީ ރިވެންޖް.” ކިޔާން ވެސް ތާރާ އާ ދިމާއަށް ކުރިއަށް ފިޔަވަޅެއް ނެނގިއެވެ. “އެންމެ ރަނގަޅު. ގޭމް އޮން.” ތާރާ ބޯ ޖަހާލިއެވެ. “ގޭމް އޮން.” ކިޔާން ވެސް ބޯ ޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.
“ވަރަށް ރޮމޭންޓިކް.” ދެމީހުން ސިހުނީ ޔުކްތާ އެހެން ބުނެލި އަޑަށެވެ. އެވަގުތު ދެމީހުންގެ ދޭތެރޭގައި މާބޮޑު ޖާގައެއް ނެތްކަން އެނގުމުން ނޭވާ އަވަސްވާ ގޮތްވިއެވެ. އަވަސްއަވަހަށް އެކަކު އަނެކަކާ ދުރަށް ޖެހިލެވުނީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ. ތާރާ ގޮނޑީގައި އިށީނދެ އަވަހަށް ކެއުމާއިގެން ކުރިއަށް ދިޔައެވެ. ހުއްޓުމެއްނެތި ތެޅެމުން ދިޔަ ހިތް ހަމައަކަށް އަޅުވައި ލުމަށް އިސްޖަހައިގެން އިނދެއެވެ. ކިޔާން ވެސް ގޮނޑީގައި އިށީނެވެ. އަދި ފޯނު ނަގައި ކުޅެން ފެށިއެވެ. އެކުވެރިންގެ މޫނަށް އެއްފަހަރު ވެސް ބަލާނުލައެވެ. އޭރު ދެން ތިބި މީހުން ތިބީ މޫނު މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.
އަނބުރާ ގެއަށް ދިޔައިރު ވެސް ތާރާއާ ކިޔާން އަނގައިން ނުބުނި ތާނގައި އެކަކު އަނެކަކާ ދިމާއަށް ބަލާވެސް ނުލިއެވެ. ހީވަނީ ނަދުރު ބުނެގެން ތިބިހެނެވެ.
“ތާ! ކައިދޮންބޭ! ދަނީ އިނގޭ. މާދަން އަންނާނަން.” ޔުކްތާ ކާރުން ނުކުތް ތާރާ އަށާއި ކައިލާނަށް ބުންޏެވެ. “ޔާ އޯކޭ. އެކަމް ޔުއްކޮ ކޮންތާކު އުޅެނީ؟” ކައިލާން އަހާލިއެވެ. “ބަޓަރފްލައި ހައުސް ގަ އުޅެނީ.” ޔުކްތާ ބުނެލިއެވެ. “އެކަނިތަ؟” ތާރާ އަހާލިއެވެ. “ނޫނޭ. ޔަލާ އެން ނިޝާ ވެސް އުޅޭ.” ފަރުވާކުޑަ ގޮތަކަށް ޔަލާގެ ނަން ޔުކްތާ ބުނެލިއެވެ. “ޔަލާ ދޯ…” ތާރާ ވެސް މޫނު މައްޗަށް ގޮތެއް ހަދާލިއެވެ. ޔުކްތާ ހިނިގަނޑެއް ޖަހާލާފައި ތާރާ އާއި ކައިލާން ގައިގައި ބައްދާލުމަށް ފަހު އެންމެންނާ ސަލާމް ކުރިއެވެ. އަދި ޓެކްސީ އެއް އައުމުން ދިޔައެވެ.
ބަޓަރފްލައި ހައުސް އަކީ ޔުކްތާގެ ބައްޕަ، ރިޔާންގެ ގެއެވެ. ޔަލާ އަކީ ޔުކްތާގެ ކޮއްކޮއެވެ. އެ ދެމެދުގައި ހުންނާނީ ހަމައެކަނި 1 އަހަރުގެ ތަފާތެވެ. އޭނާއަކީ ޔުކްތާ އާ ޙިލާފަށް މުއްސަނދި ވުމުން އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބޮޑާ ގޮތްގަނޑެއް ހުންނަ ކުއްޖެކެވެ. އެކަމާ ހުރެ ޔަލާ އާއި ޔުކްތާ އެއް އިރަކު ވެސް އެއް ގަލަކަށް ނާރާނެއެވެ. ދެމީހުން ރީތިކޮށް ވާހަކަ ދައްކާ ތަން ފެންނާނީ ވެސް ހާހަކުން އެއް ފަހަރެވެ. ނަމަވެސް ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. ތަފާތަކީ އެކަކު އަނެކަކަށް އެކަން ސިއްރު ކުރާ ކަމެވެ.
ދެން ހުންނާނީ ނިޝާއެވެ. އެއީ ޔަލާ އާއި ޔުކްތާގެ އެއްބަނޑު ވަކި ބަފާ ދައްތައެވެ. ނިޝާ ޔުކްތާއަށް ވުރެ 1 އަހަރު ބޮޑުވާނެއެވެ. ނިޝާއަކީ މަޑުމައިތިރި ކަމަށް ލޯބި ކުރާ ކުއްޖެކެވެ. ނަމަވެސް އޭނާގެ މަޖާ ސަކަ މިޒާޖެއް ވެސް ހުރެއެވެ. ޔަލާ އާއި ޙިލާފަށް ޔުކްތާ އާއި ނިޝާ މުއްސަނދި ކަމުގެ ނާޖާއިޒު ފައިދާއެއް ނުނަގައެވެ.
ނިޝާއަކީ މުއްސަނދި އާއިލާއެއް ލިބުނު ނަމަވެސް އެކަމަށް އިސްކަން ދޭ ކުއްޖެއް ނޫނެވެ. އޭނާގެ ހުރިހާ ވެސް އުފަލަކީ ލޯބިވާ މަންމަ އާއި، އުފަން ބައްޕަ މަންމަ ވަރި ކުރުމުން އޭނާއަށް ބައްޕައެއްގެ ލޯބި ދިން ދޮންބައްޕަ، ރިޔާން އެވެ. ދެން އޭނާގެ އެއްބަފާ ނޫނަސް ލިބުން ދެ ކޮއްކޮއެވެ. ޔަލާގެ ހުންނަ ގޮތްގަނޑުން އޭނާ ހިތްހަމަ ނުޖެހުނަސް ޔަލާ ދެކެ ވެސް ލޯބިވެއެވެ. އަދި ކޮއްކޮ މެން ހިތުގަ ޖެހޭ އެއްޗެއް ނުބުނެވޭތޯ އަބަދުވެސް ބަލައެވެ. އޭގެ ސަބަބުން އޭނާ އަށް އެންމެންގެ ލޯބި އެއްވެސް އުނިކަމަކާ ނުލައި ލިބެއެވެ.
“ދޮންބޭ، މާދަން ސަމް އާދޭ. އަހަރެންނާ އެއްކޮށް އޭނަ ބަލާ ދާނަން ދޯ؟” ތާރާ އަހާލިއެވެ. “އާނ. ދާނަން. މިސޮރުމެން ބަހައްޓާފައި ދާނީ. ދެން ރޭގަނޑު އެންމެން އެއްކޮށް ސަކަރާތް ޖަހާލަން ދާނީ މޫންލައިޓް ގެއަށް.” ކައިލާން އެހެން ބުނުމުން ހިތުގައި އުފެދުން ބިރު ފޮނުވާލަމުން ތާރާ ވެސް އެއްބަސް ވެލިއެވެ.
އެއަށްފަހު އެންމެން ވަގުތުތައް ހޭދަކުރީ އީކަންމެން ގޭގައި ކެރަމް ބޯޑު ކުޅުމުގައްޔާއި ލެޕްޓޮޕުން ފިލްމު ބެލުމުގައެވެ. އިޝާއަށް ފަހު ރޭގަނޑުގެ ކެއުން ކައިގެން ވެސް އޮތީ އެކަމެވެ. ކިޔާން އާއި ޖައިލަމް ގެއަށް ދިޔައީ 10 ޖެހިފަހުންނެވެ. އެހެންކަމުން ތާރާ އާއި ކައިލާން ވެސް ލެޕްޓޮޕް ނިއްވާލުމަށް ފަހު ނިދަން ދިޔައެވެ.
ނިދަން އޮތް އިރު ތާރާގެ ހިތުގެ ކަނަކުން އޭނާއަށް ސިގުނަލްތަކެއް ދޭ ކަމުގެ އިހުސާސް ކުރެވުން ނަމަވެސް އޭނާ އެކަން އެއްފަރާތް ކޮށްލީ ވެފައި ހުރި ވަރުބައްޔަކުންނެވެ. އެއާ މެދު އެންމެ ފަހަރަކު ވެސް ވިސްނާލުމެއް ނެތި އެވެ. ދެން ވާނެ ގޮތަކާއި މެދު ފިކުރެއް ކުރުމެއް ނެތި ހުފެންތަކުގެ ތެރެއަށް ފީނާ ލެވުނީއެވެ.
~~~~~~~~
ކިޔުންތެރީންނަށް ކަމުދިޔަ ޕަރޓް އަކަށް ވާނެ ކަމަށް އުންމީދު ކުރަން.
~°ޝައިމާ°~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.





Maasha allah V V reethi mi part vx
Kiyaan n Thaaraa ge zuvaabu V majaa.. Enme fahun dhemeehun vx loabi vaanee kaneyge.. Hehehe
Curiously waiting for nxt part dear
Stay safe
Lyyysssmmm
Thanks ❤️
Vvv reethi Inge Hama best ♥️♥️?♥️♥️
Thanks ❤️
Wow mi part ves vrh sali
Masha Allah keep it up
Thaaraa and kiyaan is so funny their fight omg heeeheee bali vehje hehhehehe
And edemeehun ves vrh cute and lwbi ehhehe
Waiting for the next part curiously
Pls avaha up kohladeychey Next part
Luv uuuu
Stay safs
Thanks ❤️. Insha Allah v avahah update kuraanan. Stay safe.
Masha Allah vrh reethi mi part vx❤️??
????IYDM suvaaleh khlan thr??? Shaii kn rashh thr ???benun nooniyya OK javaabu nudhinas public v ma???
Hehe. Thanks ❤. I’m from Baa Kudarikilu.
But i live in Vilimale now
Omg looooaaabi kan???????Maasha Allah❤️❤️❤️❤️❤️❤️❤️❤️????varah majaavefa varah loabi??? Thaara men ulhey gothun????
Thanks ❤️.
Kon me part eh ninmmaafa adhi indheyeyy shaima liyaafa evarah shaima nuliyunas aharumenah ingeyey thee shaima kan….?
I don’t want to be rude. But i will tell u why i write my name like that. I am an author in another application. And in it most of the writers write their name at the end of every chapter. And I’m used to it. Besides i have seen several other authors on Esfiya do the same thing. I don’t believe it’s a big problem.
Every writer has their own style. And this is mine.
She can write any thing tho its her story.. ?And its out of ur business so stay out..?? If u want to wrte ur name start to write a story and write ur name on it instead of anonymous.. ?
Wow…? Masha allah…? Vvv reethi stry eh mii… Hama speechless…? Aaaawwwnnn…? Thaaraa nd kiyaan haadha cute ey dhwww…??? I’m sure they will fall in love with each other…❤️ Asluvx nafrathakii lwbiige feshumey dhw…❤️ Heheh…? Waiting for the nxt part dear…❤️?? Lysssssmmm darla???
Thanks ❤️
Anonymous ah kon kameh tha…kada vanee tha shaima liyafa innaathee
Thanks dear
Any time for u?❤️