” އޯހ.. ހަމަ އެހާ މިސް ވޭތަ މަ މަތިން؟ އާނ އެހެންވެތާ ދޯ މަ ސްކޫލް އަށް ނައިސްގެން އެހާ ކަންބޮޑުވަނީ…ހައްހައްހައް..” ބެންޗްގައި ތިބި ޒީވާ އާއި ރާނިޔއަށްާ ކޮޅަށްތެދުވަން މަޖުބޫރުވީ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުންނެވެ. ރާނިޔާ އަށް ދަތި ގޮތަކަށް ހިންދިރުވާލެވުނު އިރު ޒީވާ އަށް ވެސް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. *************** ބެންޗްގެ ފަހަތުގައި އޭނާގެ އެކުވެރިއަކާ އެކު މޫނުމައްޗަށް ލާނެތް ހނިތުންވުމެއް ވެރިކުރުވައިގެން ހުރި މާއިން ފެނި ރާނިޔާގެ […]
ސިޑިން މައްޗަށް އެރުމަށްޓަކައި ސިޑީގެ ފުރަތަމަ ހަރުފަތް ގިރާކުރި ޝަރޫފް އަށް ހުއްޓެން މަޖުބޫރުވީ މީހަކު ކުރި ބެއްދުމުންނެވެ. ކާކުގެ ޢަމަލެއްތޯ ބެލުމަށްޓަަކއި އިސްއުފުލާ ބަލައިލި ޝަރޫފް ހަމަ އެ ބާރުމިނުގައި އަނެއް ފަރާތަށް އޭނާގެ މޫނު އަނބުރާލިއިރު އެ ސޫރައަށް ނުބަލަން ހުވާއެއްކޮށްގެން ހުރި ފަދަ އެވެ. ” ހާއި ޝަރޫފް ” ދެން އިވިގެން ދިޔަ ތުއި އަޑުން ޝަރޫފްގެ މޫނުމަތިން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ފޫހިކަމެވެ. ********* ” ދާން ތަން […]
“ބައްޕައަަށް ކިހިނެތްވީ؟” ކުޑަކޮށް ޒާޔާއާއި ގާތަށް ޖެހިލައި ޒާޔާގެ ދަތްދޮޅީގައި ހިފަހައްޓައިލަމުން ލިއަމް އަހައިލިއެވެ. އޭރު ޒާޔާގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ލިއަމްގެ އަތްތިލައިގައި ބޮސްދެމުން ދިޔައެވެ. “ފެނުނީ.” ޒާޔާގެ އަޑު ބެދިގެން ދިޔައެވެ. “ވަޓް؟ ކޯއްޗެއް ފެނުނީ؟” ލިއަމްއަށް ޒާޔާ ކީ އެއްޗެއް ރަނގަޅަކަށް ސާފެއް ނުވިއެވެ. “އަހަންނަށް ފެނުނީ.. ބައްޕަ އެ ރެސް.. ރެސްޓޯރެންޓަށް ވަންނަނިކޮށް.” ވަރަށް އުނދަގުލުން ޒާޔާ އެ ޖުމުލަ ފުރިހަމަކުރިއެވެ. ޒާޔާ އެ ބުނި ޖުމުލައިން ނިހާން މާލޭއައީކަމަށް […]
ކޮޓަރިޔަށްގޮސް ބުރުގާ އަޅައިގެން ނުކުތީމެވެއޭރު ދޮންތަ އަހަރެންގެ އިންތިޒާރުގައި ސައިކަލް މަތީގައި އިނެވެ.އަހަރެން އެރުމައި އެކު ސައިކަލް ދުއްވާލިއެވެ.ހޮސްޕިޓަލާއި ދިމާލަށެވެ.ހޮސްޕިޓަލާ ހިސާބަށް ދެވުމުން ސައިކަލް މަޑުކުރިކަމެއް ނޭނގެއެވެ.އަހަރެން އޭގެއިން ފުންމައިގެން ތެދުވިމެވެ.އަދި ދުވެފައި އައި.ސީ.ޔޫ އާއި ދިމާލަށް ދިޔައީމެވެ. މިފަހަރުވެސް އަހަންނަށް އެތަނަށް ދެވުނު ވަގުތަކީ ޑޮކްޓާރުވެސް އައި.ސީ.ޔޫ އިން ނުކުތް ވަގުތެވެ. ” ޕޭޝެންޓް މިވަގުތު ސްޓޭބަލް.. ބަޓް މިވީ ގޮތުން ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރަން ޖެހޭނި.. ކޯޒް ފަހަރަކަށްވުރެން ފަހަރެއް ހާލަތު ދަތް […]
(19 ސެޕްޓެމްބަރ 2020 އާ ގުޅޭ ) ކުއްލިއަކަށް އަތުގައި އޮތް ބެލްޓުން އަމްޖަދު އެލީން ގައިގައި ޖެހުނި ތަނެއްގައި ޖަހަމުން ދިޔައިރު މުޅި ގޭތެރޭގައި ގުގުމާލާފައިވީ އެލީންގެ ވޭނުން ފުރިގެންވި އަޑެވެ. ނަމަވެސް، އެކަމަށް އަޅައިލުމެއްނެތި އަމްޖަދު އޭނާ ގައިހުރި ބާރެއް ލާފައި ބެލްޓުން އެލީންގެ ގައިގައި ޖަހަމުން ދިޔައެވެ. ހިނދުކޮޅެއްފަހުން އަޑު މަޑުވަމުން ގޮސް އެއްކޮށް އެލީންގެ އަޑު ހިނދިގެން ދިޔައިރު ހުސްވުމެއްނެތް ކަރުނަތައް ދެލޮލުން ފައިބަމުންދިޔައިރު މަޑުމަޑުން އެ ނިކަމެތި އަންހެންކުއްޖާގެ ދެލޯ މެރިގެން […]
ކޮލެޖު ނިމިގެން ގެއަށް އައިސްވަން ލުމާގެ މޫނުމަތީގައި ވަރުބަލިކަމެއްހުއްޓެވެ. މިއަދަކީ ލުމާ ހަދަމުންދާ ކޯހުގެ ފަހު ޓެސްޓް އޮތް ދުވަހެވެ. ލުމާގެ އެވަރުބަލިކަމަކީ ސްކޫލް ދައުރުގައިވެސް ޓެސްޓް ޖެހުމުން އޭނާގެ ކިބައިން ފެންނަ ކަންތަކެވެ. ” ލުމާ ޓެސްޓް ނިމުނީދޯ؟.. ފަސޭހަތަ؟..” މުނާން އަހާލިއެވެ. ” އެހާ އުނދަގުލެއް ނޫން.. ތިއްތީ މިވިސްނަނީ މެހެލް ކްލިނިކާ ގުޅެން… ދެންމެ އައި މަގުމަތީ ދުށިން އެތަނަށް ވަޒީފާގެ ފުރުސަތަކަށް އިއުލާން ކޮށްފައި އޮއްވައި..” ލުމާ ބުންޏެވެ. ” ރަގަޅު […]
ނޯޓު: ގިނަ ބަދަލްތަކަކާއެކު ކެރެކްޓާރސްތައްވެސް އިތުރަށް އިމްޕްރޫވް ކުރުމައްފަހު މި ވާހަކަ އަލުން އަޕްލޯޑްކުރަން އަޅުގަނޑު ނިންމައިފީމެވެ. ގިނަ ކިޔުންތެރިން ނުރުހުނުކަމުގައިވީނަމަވެސް، އަޅުގަނޑުގެ ޙާލަތު ހުރިގޮތުން މިވީ މަސްދުވަސްތެރޭގައި ވާހަކަ އަޕްލޯޑް ނުކޮށްދެވުނު ކަމަށްޓަކައި މަޢާފަށް އެދެމެވެ. މާދަން ހަވީރު 5 ޖެހުމުގެ ކުރިން 02 ވަނަ ބައި އަޕްލޯޑް ކޮށްލަދޭނަން. ޝުކުރިއްޔާ! ވޯޑް ކައުންޓް: +1300 “ހުރިހާ ކަމެއް ނިމުނީތަ؟ ” ކުރިމަތީގައި ސަފުހަދައިގެންހުރި ހަ ނޯކަރު މީހުންނަށް ބަލާލަމުން ރޫބީ އަހާލިއެވެ. އެ އެންމެންވެސް […]
އާ ދުވަހަކަށް އިރު ފެނުން ތޮޅެލީ އައިވިންގެ ހިތަށް އުދާސްކަން ވެރި ކުރުވަމުންނެވެ. މާދަމާގެ ހެނދުނުގެ ވަޤުތެއްގައި މާލެ ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް އައިވިން ގެ ބޮޑީގަރޑް ބުނުމުން ބުނެދެން ނޭނގޭ ހުސްކަމަށް އައިވިން އަށް ލިބިގެން ދިޔައެވެ. ބޮލު ތެރޭގައި އުފެދިފައިވާ ހައިޖާނުގަނޑުން ދުރުވުމަށްޓަކައި އައިވިން އަވަސް އަވަހަށް އެނދުން ތެދުވެގެން ގޮސް ފެންވަރަން ވަނެވެ. ފެންވަރާ ނިމުމާއެކު ވޯކް ޝޮޕަށް ދިޔުމަށްޓަކައި އައިވިން ތައްޔާރުވާން ފެށިއެވެ. ވޯކްޝޮޕްގެ އެންމެ ފަހު ސެޝަން […]
ކުރިމަތީގައި ހެވިފައި އިން ޒާއިޝް ފެނުމުން ހިނދުކޮޅަކަށް ނަމަވެސް އޭނަ އެސްފިޔަ ޖަހާލަން ހަނދާންނެތުނުފަދައެވެ.އޭގެ ދެވަނަ ސުކުންތުގައި ގަބޫލުނުކުރެވޭ ހާލުު އޭނަ ވަށައިގެންވި އެންމެންނަށް އަވަސް ނަޒަރެއްދިނެވެ.މަންޒަރު ބަލަން ދުރުގައި ހެވިފައި ތިބި ދެފަރާތުގެ އާއިލާ ފެނުމުން މިއީ އެންމެންގެ ރޭވުމެއްކަން ޒުމްރާއަށް އެނގޭކަށް މާކަށް ގިންއިރެއް ނުނެގިއެވެ.”ދެން ޖަވާބެއް ވެސް ނުދޭނަންތަ؟ނޫނީ މިތާ މުޅި އުމުރު ދުވަހު އަހަރެން ބައިންދަންތަ ތި ގަސްތުކުރަނީ؟” ޒާއިޝްގެ އަޑަށް އަނެއްކާވެސް އެދިމާލަށް ޒުމްރާގެ ނަޒަރު ހުއްޓުނެވެ. ލާނެތް ގޮތަކަށް ހީލައިގެން އިން ޒާއިޝް ފެނުމުން ޒުމްރާ ތުންކޮޅު އޫކޮށްލަމުން ބޯ ޖަހައިލިއެވެ.އެއާއިއެކު ދެއާއިލާގެވެސް ރުހުމާއިއެކު ވީހައިވެސް އަވަހަކަށް ޒާއިޝްއާއި ޒުމްރާގެ ކައިވެނި ކުރުމަށް ހަމަޖެހިގެން ދިޔައެވެ.ކޮޅެއް ނެތް އުފާވެރިކަމުގެ ކުލަތައް ދެއާއިލާގެ ތެރެއިން ފެންނަމުން ދިޔަނަމަވެސް ކުރިމަތިވާން އުޅޭ ގަދަ ކޮޅިގަނޑުގެ އެއްވެސް ހިލަމެއް ނުވާފަދައެވެ. ފެއްސާއި ހުދުން ފަރުމާކުރެވިފައިވާ ތަނަވަސް ބޮޑު ކެބިންގެ ތެރެއިން ފެނަނަމުން ދިޔައީ މަރުފަދަ ހިމޭން ކަމެކެވެ.ކަޅުކުލައިގެ ބޮޑު ގޮނޑިޔަށް ހަށިގަނޑު ދޫކޮށްލައިގެން ފުން ވިސްނުމެއްގައި އޮތް އާދިލް ފުންނޭވާއެއް ދޫކޮށްލަމުން ގޮނޑިން ތެދުވެލިއެވެ. މަޑު ހިނގުމެއްގައި ގޮސް ބިއްލޫރި ޖަހައިފައިވި ބޮޑު ދޮރުކައިރީ މަޑުކޮށްލަމުން ހުދުކުލައިގެ ދޮރުފޮތިގަނޑު ކަހައިލިއެވެ. ކުރިމަތިން ފެނަނަމުން ދިޔަ މާސިންގާ ކަނޑަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ފަހަތަށް އެނބުރިލަމުން ކުރިމަތީ އިސްޖަހައިލައިގެން އިން ޒާއިޝްއަށް ނަޒަރު ހުއްޓައިލިއެވެ. “ކަޔާންގެ މަންމަ ވަކިވުމާއި ގުޅިގެން އަހަރެން ހުރީ އިތުރު ކައިވެންޏެއް ނުކުރުމަށް އަޒުމު ކަނޑައަޅައިގެން. އެކަމަކު އަހަރެންނަށް ޖުމައްޔާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތްބުނަމުން ދިޔައީ ޖުމައްޔާ އަކީ ކަޔާންއަށް މަހުރޫމްވެފައިވާ މަންމަ އެއްގެ ލޯބި ދެވޭނެ ހަމައެކަނި އެކަކެ..އަދި ޖުމައްޔާގެ ހުރިހާ ހަގީގަތެއް އެނގުމަށްފަހު އަހަރެންވެސް އަޒުމް ކަނޑައެޅީ ޖުމައްޔާގެ ދަރިފުޅަށް އަހަރެންގެ ފަރާތުން ބައްޕައެއްގެ ލޯބި ފުރިހަމަޔަށް ދޭން..އޭރު ޖުމައްޔާގެ ކުރީގެ ފިރިމީހާ އުޅުނީ ޒުމްރާ ގޮވައިގެން އޭނަގެ ރަށުގަ..ޖުމައްޔާގެ އެތަކެއް އާދޭހަކަށްފަހު އިލަހާމް ޒުމްރާ އަހަރެމެންނަށް ދިން ނަމަވެސް އޭނަ އަހަރެން ކައިރީ އެދުނީ ޒުމްރާގެ ކައިވެނީގެ ވަލީވެރިޔަކަށް އޭނަ ހެދުމަށް.. ހަގީގަތުގައި މިކޮޅަށްއައިފަހުން ޒުމްރާ އޭނަގެ ބައްޕައާއި ދޮންމަންމަ އަކަށް ވާހަކަދައްކާކަށް ބޭނުމެއް ނުވި.. އަޑު އެހިން އަދި އެމީހުންގެ އެހެން ދަރިޔަކުވެސް ހުންނަވާހަކަ..އެކަމަކު ޒުމްރާއަށް ކަމުދިޔައީ މިދިރިއުޅުން.. މިއަރާމާއި ތަނަވަސްކަން..މިވީ 6 އަހަރުތެރޭ ޒުމްރާއަށް މަދު އެކަށްޗެއްވެސް ނޯންނާނެ..އަހަރެންނަކަށް ހިޔެއްނުވޭ ޒުމްރާ ގަބޫލުވާނެ ހެންނެއް ޒާއިޝް އިލްހާމްއާއި ވާހަކަ ދައްކާކަށް..އެކަމު ކަން ކުރަންވީ ގޮތް އެނގޭނީ ޒާއިޝްއަށް.. ޒާއިޝްގެ ނަސީބުވެސް ވަރަށް ރަނގަޅު..އިލްހާމް މިދުވަސް ކޮޅު އެބައުޅޭ މާލޭގަ..ޒާއިޝް ބޭނުމިއްޔާ އަހަރެން އޭނަގެ އެޑްރެސް ދީފާނަން..މިކަމުގައި ގޮތެއް ނިންމަންވާނީ ޒާއިޝް..” ދެ ޖީބަށް އަތް ޖަހައިލައިގެން ހުރެ އާދިލް ވާހަކަ ދެއްކިއެވެ. […]