ނިހާން ލޯންޗުން ފައިބައިފައި ޒާޔާއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. ޒާޔާ އިސްޖަހައިގެން ހުރެ ލޯންޗުން ފޭބިއެވެ. އޭރުވެސް ބަނދަރުމަތީ މީހުން ވަރަށް ގިނައެވެ. ޒާޔާ އިސްޖަަހައިގެން ހުރީ އެކަކަށްވެސް އޭނާގެ މޫނުދައްކަން ބޭނުންނުވުމުންނެވެ. އަދި އޭނާއަށް ވަމުންދާގޮތްތައް އެހެން މީހަކަށް ނުދެއްކުމަށެވެ. ޒާޔާ އެހެން ހުރެފައި މަޑުމަޑުން އޭނާގެ އިސް އުފުލައިލިއެވެ. ކޮންމެ މީހެއްގެ ނަޒަރުވެސް ވަނީ ޒާޔާއާއި ދިމާލަށް އަމާޒުވެފައެވެ. އަދި އެމީހުން ސިއްރުސިއްރުން އެއްޗެހިތަކެއް ކިޔަން ފެށުމުން ޒާޔާއަށް އަނެއްކާވެސް އިސްޖަހައިލެވުނެވެ. އެވަގުތު އޭނާގެ ނޭވާ […]
* “ޒައިލީން ބޭނުންވާގޮތަށް އެންމެފަހުންވީ.. އައުލްކީން ބަލިވެއްޖެ. އަހަރެންގެ ނިމުންވެސް އައިސްފި ޒައިދާންއާއި އަލްޔާވެސް އޯކޭ.. ހެއިލަންވެސް ސަލާމަތް ކޮއްދެވިއްޖެ.. ޒައިލީންއަށް އަމިއްލަ ހަޔާތް ލިބިއްޖެ.. ޖިންނިއަކާއި ނުލާ އަމިއްލަ ދުވަސްތައް ވޭތުކޮއްލުމުގެ ނަސީބު އަލުން ލިބެނީ.. އަނބުރާ ނޯމަލްވަނީ.. އިތުރަށް އައުލްކީންއެއް ނާންނާނެ.. އަހަރެންނާއި ކުރިމަތިލާފައި ދެން ރޯކަށް ނުޖެހޭނެ.. ކަންބޮޑުވާވަރު ކަމެއް ދުވަހަކު ނުވާނެ.. އަބަދުވެސް އުޅެވޭނީ އުފަލުގައި.. ދެރަވުމެއް ހިތާމަކުރުމަށް އަބަދަށް އަލްވަދާއު ކިޔާލަން ތައްޔާރުވޭ… އަނބުރާ ކަންތައް ރަނގަޅުވެއްޖެ.. ހެއިލަންއާއެކީ ދެން […]
މަސްވިއްކާ ނިމުމުން ބައްޕަ އަހަރެންނަށް ގޮވާފައި ބަރޯ ހިފައިގެން ކައިރިއަށް އައުމަށް ބުންޏެވެ. އަބަދުވެސް ބަރޯގައި މަސް ގެއަށް ގެންދާނީ ބައްޕައެވެ. ” ދަރިފުޅާ! ސައިބޯގެންތަ ބައްޕަ ހޯދަން ތިއައީ؟..” ބައްޕަ އަހާލިއެވެ. އެއީ ބައްޕަ އަބަދުވެސް ރަށަށް ފައިބާ އެންމެ ފުރަތަމަ ވެސް ކުރާނެ ސުވާލެވެ. މަންމަޔާ އަހަރެން ކައިގެން ހުރިތޯ ނުވަތަ ސައިބޮއިގެން ހުރިތޯއެވެ. ” އާނ! ފުރަތަމަ ފަތިސްނަމާދު ކޮށްލައިގެން މަންމަ ދިން ކަޅު ސައި ތައްޓެއް ބޮއިލައިގެން.. ދެން ހެނދުނު މަންމަ […]
” ކީއްވެ މަލް އަށް ދޮގު ހެދީ.. ނިދަންށޭ ކިޔާފަ ކޮންތާކަށް ދިޔައީ.. އަދި މަލް އެވަރަށް ގުޅީމަ ފޯނުވެސް ނުނަގާ.. ކުޑަ މިނުން ކީއްވާނީ ފަހުން ގުޅާލިނަމަވެސް..” އައި ގޮތައް އައިސް ޝަކުވާ ކުރެވެން ފެށުނީ އަޒްހާން އެހެން ކަންތައް ކުރުމުން މަލްދާ ދެރަވި ވަރުންނެވެ. ” ބޭރަށް ދިޔައި.. ފޯނު ގޭގައި ބާއްވާފައި ދިޔައިމަ ނޭނގުނީ ގުޅިކަމެއް.” މަލްދާ އާއި ދިމާލަށް ބަލައިލަމުން އަޒްހާން މަޑުމަޑުން ބުނެލިއެވެ. ” ކޮންތާކަށް ދިޔައި..” މަލްދާ ދެންވެސް […]
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސުމަށްޓަކާ ޖައްވުން އަލިކަން ފަނޑު ކުރަމުން، މޫދުގެ ލޮނުގަނޑާ ގާތަށް ތިރިވަމުން ދަނީއެވެ. ގުދުރަތުގެ މި ހިތްގައިމު މަންޒަރު ބަލަން ރަސްފަންނުގައި އިން އައުސް އެދަނީ ފޮޓޯ ނަގަން ތައްޔާރު ވަމުންނެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސޭ މަންޒަރު ބަލާ، އެ ހިތްގައިމު މަންޒަރުތައް ރައްކާ ކުރުމަކީ އައުސްގެ އާދައެކެވެ. އައުސް އޭނާގެ އަތަށް ކެމެރާ ހެޔޮވަރުކޮށްލަމުން، އެކި އޭންގަލް ތަކުން ފޮޓޯ ނަގަން ފެށިއެވެ. މިގޮތުން އޭނާ އަށް ނެގުނު ފޮޓޯތަށް […]
އަލާވްޔާއަކީ މާއިޝްއާއި އެއް ކުލާހެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. މާއިޝްއާއި އަލާވްޔާއަކީ ގްރޭޑް ނުވައެއްގައި އޭރު ތިބި އެންމެ ކިޔަވަން މޮޅު އަދި ކަންކަމުގައި އިސް ނަގަން ކެރޭ ދެ ކުދިންނެވެ. އެކަކަށް ވުރެ އަނެކަކު މޮޅެވެ. މި ދެ ކުދިންނަކީ ވެސް ލަވަކިޔުމަށް ވަރަށް ފޯރި ހުންނަ ދެ ކުދިންނެވެ. އެހެންކަމުން ދެކުދިން ވެސް ތިބެނީ ސްކޫލް ބޭންޑްގެ އިސް އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާގެ މަޤާމުގައެވެ. ދެމީހުންގެ އަޑު ވެސް އެހާމެ ރީއްޗެވެ. އަދި […]
ފުން ނޭވާއެއްލަމުން އެލީން ކޮޓަރިން ނުުކުމެ ސިޑިއާއި ދިމާލަށް ދާން މިސްރާބުޖެހިތަނާއި ކޮޓަރީ ދޮރުހުޅުވާލާފައި ނުކުތް ޒެވިޔަންގެ ގައިގައި ޖެހިފައި ވިއްސައިގެންދާން އުޅުނެވެ. ނަމަވެސް، ހުސިޔާރުކަމާއެކު ޒެވިޔަން އެލީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއިރު ޒެވިޔަންގެ ދެލޮލުން އެކަށްޗެއްވެސް ދޭހައެއްނުވެއެވެ. އެލީންގެ ދެލޮލުން ފެނުނީ ބިރުގެންފައިވާކަމެވެ. އެއީ ޒެވިޔަން އެލީންގެ ދެލޮލުން އޭނާއަށް ފެންނަން ބޭނުންވާ އަސަރެވެ. ޒެވިޔަން އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ތަދުވިނަމަވެސް، އެލީން މަސައްކަތްކުރީ އެތަދުގެ އިޙުސާސް […]
ޒަފަރް ލޯމަތިން ގޮސް އޮބާލަންދެން އައިވިން އަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭރު ޒަފަރްގެ ދުލުންބޭރުވި ކޮންމެ ލަފްޒެއް އައިވިންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާގެ ބަލިކަށިކަމާއި އެއްވެސް ބާރެއް ނެތްކަން އައިވިން އަށް މިއަށްވުރެ ބޮޑަށް އިޙްސާސްވި ވަޤުތެއް ހަޔާތުގައިވެސް އައިސްފައި ނުވާނެކަން ޔަޤީނެވެ. ޒޯޔާއަށް އެހީވާނެ އަލި މަގެއް ފެންނަމުން ނުދާތީ އައިވިން އޭނާގެ އަމިއްލަ ނަފްސު ދެކެ ރުޅި އަންނަގޮތްވިއެވެ. އަމިއްލަ ނިކަމެތި ކަމުގެ މައްޗަށް ނަފްސު އަޑުލަމުން ދިޔައެވެ. ******* މަޑު ހިނގުމެއްގައި […]
* “އެހެންވިއްޔާ ވިންގް ބޯއީގެ ޕްރިންސެސްއަކީ އެ ދައްތި ތަ..؟” މައުސޫމު ގޮތަކަށް އެމީލިޔާ ޒައިލީންއާއި ދިމާލަށް އިނގިލި ދިއްކޮށްލާފައި އެއްސެވެ. ހީހީ ބަލިވާވަރުވެފައި ހުރި ޒައިދާން އާއި އަލްޔާގެ ޝައުގުވެރި ކަން އެ ޖުމްލަ ދަމައިގަތް އިރު ހެއިލަން ހުރީ ނޭވާ ހިފާއްޓާލައިގެންނެވެ. އެމީލިޔާ އަހާލި ސުވާލު އަޑު އިވުމުން ހޭންހުރި ޒައިލީންއަށް ހުނުން ހުއްޓާލެވުނެވެ. އެއްމިޔަކަނަކަށް ހީނލައިގެން ހުރި ރަވިކާންއަށް ޒައިލީންގެ ލޮލަށް ބަލާލެވުނެވެ. ވަގުތުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. * ސިކުންތުކޮޅެއް ނުވަނީސް […]