Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 28

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
October 2, 2020 19 Mins Read
61 Comments

* “އެހެންވިއްޔާ ވިންގް ބޯއީގެ ޕްރިންސެސްއަކީ އެ ދައްތި ތަ..؟” މައުސޫމު ގޮތަކަށް އެމީލިޔާ ޒައިލީންއާއި ދިމާލަށް އިނގިލި ދިއްކޮށްލާފައި އެއްސެވެ. ހީހީ ބަލިވާވަރުވެފައި ހުރި ޒައިދާން އާއި އަލްޔާގެ ޝައުގުވެރި ކަން އެ ޖުމްލަ ދަމައިގަތް އިރު ހެއިލަން ހުރީ ނޭވާ ހިފާއްޓާލައިގެންނެވެ. އެމީލިޔާ އަހާލި ސުވާލު އަޑު އިވުމުން ހޭންހުރި ޒައިލީންއަށް ހުނުން ހުއްޓާލެވުނެވެ. އެއްމިޔަކަނަކަށް ހީނލައިގެން ހުރި ރަވިކާންއަށް ޒައިލީންގެ ލޮލަށް ބަލާލެވުނެވެ. ވަގުތުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. *

ސިކުންތުކޮޅެއް ނުވަނީސް ދެމީހުން ދެފަރާތަށް ބަލާލައިފިއެވެ. ”އެމީގެ ޕްރިންސް ކޮބާތަ..؟” ރަވިކާން އަޅައަޅައިގަންނަމުން އަހާލައިފިއެވެ. ރަވިކާން އެސުވާލު ކުރީ އެމީލިޔާ ކުރި ސުވާލުން ރެކިގަންނަން ކަން މާރަނގަޅަށްވެސް އެނގުނެވެ. އަލްޔާ ރަވިކާންއާއި ދިމާލަށް ދެލޯ ކުޑަކޮށްލި ގޮތުން ހީވަނީ ތީ ފަސްއަހަރުގެ ކުޑަކުއްޖަކާއި ކުރާނެ ފަދަ ސުވާލެއް ހެއްޔޭ އަހާލިހެންނެވެ. “އެމީގެ ޕްރިންސްވީ ޓީވީ ގައި…” އެމީލިޔާ ކުޑަކޮށް ހީނލާފައި ބުނެލިއެވެ.

ދޮރާ ދިމާލަށް ކަޅި ހުއްޓާލައިގެން އިން ޒައިލީންއަށް އޭނާގެ ހިތްތެޅެމުން ދިޔަވަރު އިހުސާސްވަމުން ދިޔައެވެ. “މި އެމީވެސް ކުރާ ސުވާލު..” ޒައިލީންއަށް ބޯހޫރާލެވުނެވެ. އޭރުވެސް ޒައިލީންއަށް ލެވެމުން ދިޔައީ އަވަސް ނޭވާތަކެވެ. ޒައިލީން ލޮލުގެ ކުޑަކޮޅުން ރަވިކާންއާއި ދިމާލަށް ބަލާލިއެވެ. މިފަހަރުވެސް ރަކިވެގެން ޒައިލީންއަށް ބޯއަނބުރާލަން ޖެހުނީ ރަވިކާންވެސް ހުރީ އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ކަމުންނެވެ. “އޭތް.. މާދަމާ ސްކޫލަށް ދާއިރު ކޯޗެއް ލަނީ..؟” ޒައިލީން ހުރިހާލު ވިސްނިގެން އިތުރަށް ދިމާ ނުކުރަންވެގެން އަލްޔާ އަވަހަށް އަހާލިއެވެ. ޒައިލީންއަށް އެވަގުތު ހިތާހިތުން އަލްޔާއަށް ޝުކުރު އަދާކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގުނެވެ. “ދެން މާދަމާ ވީމައިދޯ އެނގޭނީ ހެހެ..” ހެއިލަން ހީނލާފައި ބުނެލިއެވެ.

ރޭގަނޑު ގަޑީގައި ކައިގެން އެންމެންވެސް ބެލީ އަވަހަށް ނިދަން އޮށޯވެވޭތޯއެވެ. ދިހައެއް ނުޖަހަނީސް ރަވިކާންވެސް ނިދަން އެނދަށް އެރި ގޮތުން ނިންޖަށް ބޭނުންވެފައި ހުރިވަރު އަންގައިދިނެވެ. ޒައިލީން ވެސް ނިދަންލާ ހެދުންތައް ލައިގެން އެނދުގައި އޮށޯތެވެ. ވަގުތުތައް ފާއިތުވަމުން ގޮސް އެގާރަ ޖެހި އިރުވެސް ޒައިލީންގެ ގާތަށް ނިންޖެއް ނައެވެ. އައުލްކީން މިއަދު ދީފައިވާ އިންޒާރުތަކާއި ދޭތެރޭގައި ވިސްނެނީއެވެ. ފާރާވީ ފަޅިއަށް އެނބުރިގެން އޮތް ޒައިދާން އޮތީ ގަދަނިންޖެއްގެ ތެރެއަށް ގެނބިފައެވެ. ހެއިލަންވެސް އޮތީ ނިދާފައެވެ. ބަންކްބެޑްގެ މަތީގައި އޮތް އަލްޔާ އޮތީ ނިދާފައިކަމެއް ނޫނީ ހޭލައިގެން ކަމެއް ޒައިލީންއަކަށް ނޭނގުނެވެ. ނުފެންނަންޏާ އެނގޭނީވެސް ކިހިނަކުން ހެއްޔެވެ.؟

އެ ޚިޔާލުތަކުގައި އޮވެ ޒައިލީންއަށް ނިދުނީ އެއަށްވުރެވެސް ލަހުންނެވެ. ހަމަ ޒައިލީންއަށް ނިދުނު ތަނާހެން ރަވިކާންއަށް ހޭލެވިއްޖެއެވެ. އެނދުގެ ކައިރީ ނިދުމުގެ ކުރިން ޒައިލީން ބަހައްޓަދީފައި ހުރި ފެންފުޅިން ރަވިކާން ކޯވަރެއް ދަމާލިއެވެ. އަދި ކުރިމަތީގައި ހުރި އެނދުގައި ނިދާލާފައި އޮތް ޒައިލީން އަށް ބަލާލިއެވެ. އެކޮޓަރީގައި ހުރި ކުޑަދޮރުގެ ފަރުދާތައް ހުރީ ރަނގަޅަށް ނުދަމާ ކަމުން ބިއްލޫރިތަކުގެ ތެރެއިން ފުރޭނިގެން އައިސްފައިވާ ހަނދުގެ ފަނޑު އަލިކަން ވަނީ ޒައިލީންގެ މޫނަށް އެޅިފައެވެ. ޒައިލީންގެ މޫނަށް ގެއްލިފައި އިނދެގެން ރަވިކާންއަށް ފެންފުޅި ހުސްކުރެވުނީ ކިހިނެތްކަމެއް ވެސް ނޭނގުނެވެ. ފެންފުޅި އެނދުމަތީގައި ބާއްވާފައި ރަވިކާންއަށް ކޮޅަށް ތެދުވެވުނެވެ. ފެނުނު މަންޒަރު ގަބޫލު ނުކުރެވިގެންނެވެ.

“ރޯޒް… އަހަރެން ވަރަށް ދެރަވެއްޖެ މިއަދު… އެކުށެއް ނެތް ކުދިންކޮޅަށް އަހަރެމެންނާއި ހެދި އެހެން އުޅެން އެޖެހިފައި ވަނީ..” އާދިޔަން އިނީ އެނދުގައި އިށީނދެލައިގެންނެވެ. ފައިގެ ފަލަމަސްގަނޑުގެ މަތީގައި އަތް އަޅާލައިގެން އިންއިރު އެދެލޮލުގައި ވަނީ ސީރިއަސްކަމެވެ. ރޯޒްލިޔާ ހުރީ އެމީލިޔާއާއި ލިއަމްގެ ހެދުންތައް ފަތްޖަހާށެވެ. ”ނޫން އާދިޔަން ތިހެން ނުބުނޭ.. އާދިޔަން އާއި ހެދިއެއް ނޫން އެ ކުދިންނަށް އެހެން އުޅެން މަޖުބޫރުވީ.. އެ ބާރީއާއި ހެދި…” ރޯޒްލިޔާ މަޑުމަޑުން ބުނެލިއެވެ. “ނޫނޭ ރޯޒް.. ފުރަތަމަ ރަވިކާންއަކަށް ވެސް ނޭނގޭނެ އަހަރެން އިންސާނުންގެ މާހައުލަށް އައީ ކީއްވެގެން ކަމެއް..” އާދިޔަން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “ސަލްވިޔާގެ ހައްގުގައި އެދުވަހު އާދިޔަން ބާރީއާއި ތަޅާފޮޅަނިކޮށް އެވަޅަށް ވެއްޓުނީއެއްނު..؟” ރޯޒްލިޔާ ބުނެލިއެވެ. ރޯޒްލިޔާ އެހެން ބުނެލުމުން އާދިޔަން ގެ ލޯ މަތީގައި އެމަންޒަރު ސިފަވި ކަހަލައެވެ. ނެއިލޮންގެ އާއިލާއިން ހަދާފައިވާ އެ ވަޅުގެ ތެރެއަށް ބާރީ އާދިޔަން ކޮއްޕާލިގޮތް ސިފަވިއެވެ. “އަހަރެން އެދުވަހު އެ ވަޅުގެތެރެއަށް ވެއްޓުނީ.. ރަވިކާން އޭރު ވަރަށް ކުޑަވާނެ.. އަހަރެންނަށް އަނބުރާ ސަލްވިޔާގެ ދެވޭނެގޮތެއް ނެތް.. އަހަރެންނަށް މަޖުބޫރުވީ އިންސާނުންގެ މާހައުލުގައި އުޅެން ފަށަން..” އާދިޔަން ބުނެލިއެވެ. “އަދި އޭގެ އެތައް ދުވަހެއް ފަހުން އަހަރެންނާއި ސާޔަލްއާއި ދިމާވީ… އޭނަ ބުނެދިން ގޮތުން ނަމަ ސަލްވިޔާ މަރުވެއްޖެ… ސާޔަލްއަކަށް ވެސް ނޭނގުނު ރަވިކާންއަށް ވީނުވީއެއް.. އެކަމަކު މިއަދު އެނގިއްޖެ ސަލްވިޔާ ނެތިދިޔަ ނަމަވެސް ރަވިކާން އަދިވެސް ދުނިޔޭގައި އެބަހުރިކަން.. ދެރަވެސްވޭ އެކަކުގެ އެހީއަކާއިވެސް ނުލާ ރަވިކާން އުޅެބޮޑުވާނެގޮތް ހިތަށް އެރީމައި..” އާދިޔަންގެ އަޑުގައިވަނީ ހިތާމަވެރިކަމެވެ. ރޯޒްލިޔާ ހެދުންތައް އަލަމާރިއަށް ލާފައި އައިސް އާދިޔަންގެ އަތް މަތީގައި އަތް ބާއްވާލިއެވެ.

“އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ.. ބާރީ އައުލްކީންއަށް ނުރަނގަޅުގޮތަށް ސަލްވިޔާ ގެ މަރުގެ ހާދިސާ ކިޔާދީފައިވަނީ މަރުމަތީގައި ވެސް ސަލްވިޔާ ލޯބިވީ ފަރާތަކީ ހަމައެކަނި އާދިޔަން ކަމުގައި ވާތީ.. ބާރީ ސަވާނާގެ ކިބައިން ބަދަލު ހިފަން ބޭނުންވަނީ އޭނައަށްވުރެ ސަލްވިޔާއަށް ސަވާނާ މުހިންމު ވާތީ.. އަހަރެންނަށް ހީވާގޮތުގައި ބާރީ އައުލްކީންއަށް ސަލްވިޔާގެ މަރު ކިޔާދިނީ އައުލްކީން ބަދަލު ހިފަން އަތުކުރި އޮޅާލާނެކަމަކަށެއް ނޫން.. އެކަމަކު އައުލްކީންގެ ޅަސިކުނޑި މިހާރު އެވަނީ ޚަރާބުވެފައި… ސަވާނާގެ ކިބައިން ބަދަލު ހިފަން އަދި އާދިޔަންގެ ކިބައިން ބަދަލު ހިފަން އެހާވަރަކުން އެއުޅެނީ އެހެންވެ..” ރޯޒްލިޔާ އޭނާއަށް ވިސްނުނުގޮތް ހިއްސާކުރިއެވެ.

“އާނ… އެކަމަކު އައުލްކީން އަހަރެންނާއި ސަވާނާގެ ބަދަލުގައި ޒައިލީން އާއި ރަވިކާންއާއި ދިމާކުރަނީ ކީއްވެގެންބާ..؟” އާދިޔަން އަހާލައިފިއެވެ. “ރަވިކާންގެ ބައްޕައަކީ އާދިޔަން ކަމުގައިވާތީ.. ޒައިލީންގެ މަންމައަކީ ސަވާނާ ކަމުގައި ވާތީ..” ރޯޒްލިޔާ ކިޔައިދިނެވެ. ”އަހަރެންނާއި ސަވާނާ މަރެއް ނުވޭ.. އެކަމަކު އަހަރެމެންގެ ދަރިންގެ ކިބައިން ބަދަލުހިފުމުގެ ބޭނުމަކީ ކޮބާ..؟؟” އާދިޔަން އަނެއްކާވެސް ހިތުގައި އުފެދުނު ސުވާލު ކުރިއެވެ. “އަހަރެންނަށް ހީވާގޮތެއް ބުނެފާނަން.. އައުލްކީން ބޭނުންވަނީ ތިމާގެ ލޯބިވާ ފަރާތެއް ވަކިވެ ދިޔުމުން ހިތުގައި އަޅާނެ ވޭން އާދިޔަން އާއި ސަވާނާއަށް އިހުސާސް ކޮށްދޭން.. ރަވިކާންދެކެ އާދިޔަން ވަރަށް ބޮޑަށް ލޯބިވަމެއްނު..؟ ހަމައެގޮތަށް ސަވާނާވެސް ޒައިލީންދެކެ އެހާ ލޯބިވާނެ.. ދެން ވިސްނާލަންވީ ރަވިކާން ބީވެގެން ހިނގައްޖެނަމަ އާދިޔަންއަށް ކުރާނެ އަސަރު.. އަދި ޚާއްސަކޮށް ޒައިލީން ވަކިވެގެން ހިނގައްޖެނަމަ ސަވާނާގެ ހިތުގައި އަޅާނެ ވޭން.. އައުލްކީން ގަބޫލުކުރާގޮތުގައި އޭނާގެ މަންމަ.. އޭނާ އެންމެ ލޯބިވާނެ ފަރާތް ވަކިވެގެން ގޮސްފައިވަނީ އާދިޔަން އާއި ސަވާނާއާއި ހެދި.. އައުލްކީންއަށް އެކަމުން އިހުސާސް ކުރެވޭނެ ހިތްދަތިކަމާއި ވޭން އާދިޔަން އާއި ސަވާނާއަށް ވެސް އިހުސާސް ކޮށްދޭން ކަންނޭނގެ އައުލްކީން ބޭނުންވަނީ…” ރޯޒްލިޔާ އޮޅުން ފިލުވައިދިނެވެ. އާދިޔަން އިރުކޮޅަކު ވިސްނާލަން އިނެވެ.

”އާނ ތިހެންވެސް ވެދާނެ.. އެކަމަކު ބާރީ އެހާ ނުބައި ދޮގެއް ހަދައިގެން އެތައް ބަޔެއްގެ ފުރާނަތައް ދުއްވާލަން ބޭނުންވާ ސަބަބެއް އަހަރެންނަށް ނުވިސްނޭ..” އާދިޔަން ދިޔައީ ސުވާލަކަށްފަހު ސުވާލެއް ކުރަމުންނެވެ. “ބާރީގެ ހިތުގައިވެސް ސަލްވިޔާއަށް ދެވިފައިވަނީ މާ މަތީ ދަރަޖައެއް… އެހާވަރުގެ ދަރަޖައެއް ސަލްވިޔާގެ ހިތުން އޭނާއަށް ނުލިބުނީމައި އެވަރު ވަނީ ކަންނޭނގެ.. ބާރީއަކީ އެހެންކަހަލަ މީހެއް.. އޭނަ ބޭނުންވާ ގޮތަށް އޭނަ ކަންތައްތައް ކުރާނެ.. އެވަގުތު އޭނާ ބޭނުންވާގޮތަށް ކަންތައްތައް ނުގޮސްފިއްޔާ ކޮންމެ ގޮތެއް ހަދައިގެންވެސް އޭގެ ބަދަލު ހިފަން އޭނާ ޖެހޭނެ..” ރޯޒްލިޔާ ބުނެލިއެވެ. “އައުލްކީންއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާކަށް ނުވާނެތާ އެކަމަކު..” އާދިޔަން ބުނެލިއެވެ. “އާނ ނުވާނެ… މައްސަލަ އަކީ ބާރީއަށް ތިކަން ނުވިސްނޭކަން..” ރޯޒްލިޔާ ބޮލުގައި އަތް އުނގުޅާލިގޮތުން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅޭހެން ހީވިއެވެ.

“ދެން ހިނގާ ނިދަން އުޅެމާ… އެމީ އާއި ލިއަމް މާދަން ހެނދުނު ސްކޫލަށް ފޮނުވަން ވެސް ޖެހޭނެ..” އާދިޔަން ބުނެލިއެވެ. ރޯޒްލިޔާ ހިނިތުންވެލިއެވެ.

ރަވިކާންއަށް ޒައިލީންގެ ގާތަށް ދެވެން ފެށުނެވެ. ހަލުވި ނަމަވެސް ލުއި ފިޔަވަޅުތަކެއް ނަގަމުން ރަވިކާން މަޑުމަޑުން ގޮސް ޒައިލީންގެ ގާތުގައި ހުއްޓުނެވެ. އޭރު ރަވިކާންގެ ހިތުގައި އެތައްހާސް ކަމެއް ދައުރުވަމުން ދިޔައެވެ. ރަވިކާން މަޑުމަޑުން ގުދުވެލިއެވެ. ޒައިލީންގެ މޫނާއި ދިމާލަށެވެ. އަދި މަޑުމަޑުން ޒައިލީންގެ ކޯތާފަތުގައި އަތް ބީއްސާލިއެވެ. އޭނާއަށް އެނދުގައި އިނދެފައި ޒައިލީންގެ ގާތަށް އާދެވުނީވެސް އެކަން ފާހަގަވެގެންނެވެ.

ޒައިލީން ނިދުމުގެ ކުރިން ރޮއެފައިވާކަން އަންގައިދެނީ ޒައިލީންގެ ކޯތާފަތުން ތިރިއަށް ނީރާލާފައިވާ ކަރުނަތަކެވެ. ރަވިކާން ނިދިފައި އޮތް ޒައިލީންއަށް ކުޑަވެސް އުނދަގުލެއް ނުވާނެހެން އަވަހަށް އެ ކަރުނަތައް ފޮހެލައިދިނެވެ. ނިދިފައިއޮތް ޒައިލީންގެ މޫނަށް ބަލަހައްޓައިގެން އަނެއްކާވެސް ރަވިކާންއަށް ހުރެވުނެވެ. “އިންސިކުއްޖާ ކީއްވެގެންބާ ރުއީ..؟” ރަވިކާންއަށް އަމިއްލަ އަމިއްލައަށް އެހުނެވެ. “އެއީ އަހަރެން އެވަގުތު އެކައްޗެކޭވެސް ނުބުނީމައި ކަންނޭނގެ..” ރަވިކާންއަށް ފުރަތަމަވެސް ހީކުރެވުނީ ޒައިލީން ރޮއެފައިވަނީ އޭނާ އެމީލިޔާ ކުރި ސުވާލަށް ޖަވާބެއް ނުދީގެން ކަމަށެވެ. “އިންސިކުއްޖާ ކީއްވެގެންބާ އަހަރެން އެސުވާލަށް ޖަވާބު ނުދީގެން ރޯންވީ..؟” ރަވިކާން ޒައިލީންގެ ހިތުގައި ޒައިލީން ރަވިކާންއަށް ދީފައިވާ މަތީ މަގާމް އިހުސާސްނުވާ ހާލު އަހާލައިފިއެވެ. ނަމަވެސް ނިދިފައި އޮތް ޒައިލީން އެސުވާލަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.؟ “ނޫނީ އިންސިކުއްޖާ ރުއީ އަހަރެންނަށް އިންސި ކުއްޖާ ރައްކާތެރި ނުކުރެވިދާނެޔޭ ހިތަށް އެރީމަތަ..؟؟” ރަވިކާން އަމިއްލަ ޚިޔާލާއި ދޭތެރޭ ވިސްނަމުން ހީވާހީވުމުގެ މައްޗަށް ބިނާކޮށް އަހާލިއެވެ.

ނަމަވެސް އެރޭ ޒައިލީން ރުއި ސަބަބު އެނގޭނީ ޒައިލީންއަށެވެ. ރަވިކާން ކުއްލިއަކަށް ޒައިލީންގެ ކޯތާފަތުގައި ތުންފަތް ޖައްސާލައިފިއެވެ. ހިތުގައިވާ އިހުސާސްތައް ފުރި ބަންޑުން ވެގެންނެވެ. ދެލޯ މަރައިގެން ރަވިކާން އިރުކޮޅެއް ވަންދެން އެހެން ހުއްޓެވެ. ”އަހަރެން އަހަރެންގެ ހުރިހާ ހިތްވަރެއް ބޭނުން ކޮށްގެން އިންސި ކުއްޖާ ރައްކާތެރި ކުރާނަން.. އިންސިކުއްޖާ އަހަރެންނާއި ވަކި ނުވާތި…..” ރަވިކާން ޒައިލީންގެ އަތްތިލައިގައި ހިފާ ބާރުކޮށްލަމުން ވައިއަޑުން އެދުނެވެ. “އަހަރެންނާއި ވަކިވެގެން ނުދާތި..” ރަވިކާން އަނެއްކާވެސް އެހެން ބުނެލިގޮތަށް ޒައިލީންގެ އަތުގައި ބޯ ޖައްސާލިއެވެ.

ރަވިކާންއަށް އަދިވެސް ވިސްނެމުން ދިޔައީ އެ ހުވަފެނާއި ދޭތެރޭގައެވެ. އެހުވަފެނުގައި ލެއިން ތަތްތެޅި ވީދައިގެން ގޮސްފައިވާ ހެދުން ލައިގެން އިން ޒައިލީން އޭނާގެ އަސަރުގަދަ އަޑުން ރަވިކާންގެ ގާތުގައި ކިޔަމުން ގެންދިޔަ ފަތިވަރު އަދިވެސް ރަވިކާންގެ ކަންފަތް ބުޑުގައި ގުގުމަމުން ދިޔަކަހަލައެވެ. އެހެން އިރުކޮޅަކު ޒައިލީންގެ ގާތުގައި މަޑުކޮށްލައިގެން ހުރެފައި ރަވިކާން ނިދަން ދިޔައެވެ.

“ޒައި..” ޒައިލީންއަށް ހޭލެވުނީ އަލްޔާ ގޮވާލުމުންނެވެ. ޒައިލީން ތެދުވެ އިށީނދެލިއެވެ. “އިއްޔެ ރޭ ހާދަހާވާ ފާޑެއްގެ ހުވަފެނެކޭ އެ ފެނުނީ..” ޒައިލީންއަށް ބުނެވުނެވެ. ޒައިލީންއަށް ފެނުނީ ރަވިކާން އޭނާގެ ކޯތާފަތަށް ބޮސްދިން މަންޒަރެވެ. “އެކަމް ހާދަހާ ހަގީގަތާއި އެއްގޮތް ހުވަފެނެކޭ..” ޒައިލީންއަށް އަމިއްލަ ކޯތާފަތުގައި އަތް ޖައްސާލެވުނެވެ. “ސާބަހޭ ޒައި ނިދާ ހެދުން ލައިގެން މުޅި ދުވަހު ހުންނަން ތަ ތި ވިސްނަނީ..؟” ލައިގެން ހުރި ޖިންސުގެ ފައިކުރި އޮޅަން ހުރި ޒައިދާން އަހާލައިފިއެވެ. “ނޫނޭ މި ދަނީ ފެންވަރަންދާން..” ޒައިލީން ގަޑި ބަލާލިއެވެ. އޭރު ގަޑިން ހަތްގަޑި ބައިވަނީއެވެ.

“ޒައި.. ޒައި ވަރަށް ނިދި ގަދަވެއްޖެ ޔޫއެސްއަށް އައިފަހުން.. ރާއްޖޭގައި ހެނދުނު ހަޔެއް ނުޖަހަނީސް ހޭލައިގެން ދޮންބެއަށް ގޮވާ ކުއްޖާ މިހާރު ހޭލަނީ ދޮންބެއަށްވުރެވެސް ލަހުން..” ޒައިދާން ބޯކަހަމުން ޒައިލީންއަށް ހަނދާން ކޮށްދިނެވެ. “ޒައިވެސް ތިހެން ހިތަށްއަރާ އެބަ.. މިހާރު އެއްގޮތަކަށްވެސް ނުހޭލެވޭ.. މިއަދުވެސް ފަތިސް ނަމާދުކޮށްލައިގެން ޒައިއަށް ނިދުނީ..” ޒައިލީން ހީނލާފައި ފާހާނާއަށް ދާންވެގެން ތެދުވިއެވެ. “ވަޓް..؟” ޒައިލީން ތެދުވިތަނާހެން ފައިބުޑަށް ކަޅުކުލައިގެ ފަތެއް ވެއްޓުނެވެ. “ރަވިކާންގެ ވަރައިގެ ފަތެއް… މި ފަތް ޒައިގެ ކައިރިއަށް އައީ ކިހިނެތް..؟” ޒައިލީން ގުދުވެފައި އެ ފަތް ނެގިއެވެ. އެ ވަގުތު ބޮލުން ފެން ފުހެމުން ފާހާނާ އިން ނުކުތް ރަވިކާންގެ ލޮލުގައި ސުވާލުގެ ނަޒަރަކުން އެ ފަތަށް ބަލަހައްޓައިގެން އިން ޒައިލީން އަޅައިގަތެވެ. “މަގޭ ވަރައިން..؟ އެ ކިހިނެތް އެތަނަށް ދިޔައީ..؟؟” ރަވިކާންއަށް ތުވާލިން ބުރުގާއެއް ހަދާލެވުނެވެ.

“ރަވިކާން ގައިމުވެސް ޒައިގެ އެނދު ކައިރިއަކަށް ނާދޭ..” ޒައިލީން އަދިވެސް ވިސްނަނީއެވެ. އެފަތް އޭނާގެ އެނދަށް އަންނަންވީ ގޮތެއް ޒައިލީންއަކަށް ނުވިސްނުނެވެ. “އެގަޑީގައިބާ…؟؟؟” ރަވިކާންގެ ހަނދާނަށް އިއްޔެ ރޭ އޭނާ ޒައިލީންގެ ގާތަށް ދިޔަމަތިން އައެވެ. ޒައިލީން ރަވިކާން އާއި ސުވާލެއް ކޮށްފާނެތީ ރަވިކާން އަވަހަށް އަނެއް ފަރާތަށް އެނބުރި އިސްތަށިގަނޑުގައި ރަބަރު ކޮޅުކޮޅު އައްސަން ފެށިއެވެ.

“އަނެއްކާ ޒައިއަށް ފެނުނު ހުވަފެނަކީ އަސްލެއްބާ..؟” ޒައިލީންއަށް ވިސްނާލެވުނެވެ. “ނޫން.. އެހެން ނުވާނެ.. ދެޓްސް ކްރޭޒީ…” ދެވަނަ ސިކުންތުކޮޅުގައި ޒައިލީން ހިނިއައިސްފައި އަމިއްލަ މޮޔަކަމަށް މަލާމާތް ކޮށްލިއެވެ. ނަމަވެސް ޒައިލީންއަށް ނޭނގުނީ އޭނައަށް އޮޅުމަކުން ނަމަވެސް އެހީކުރެވުނީ ރަނގަޅަށް ކަމެވެ.

“ވިންގް ބޯއީ..!!” އެމީލިޔާ އެތެރެއަށް ވަނެވެ. ފަހަތުން ލިއަމްވެސް ވަނެވެ. “ދަރިފުޅުމެން ދެން ވިންގް ބޯއި ނުކިޔާ… ހީ އިޒް ޔުއަރ ބްރަދަރ…” އެދެކުދިންގެ ފަހަތުގައި ހިނިތުންވެލައިގެން ހުރެ ރޯޒްލިޔާ ބުނެލައިފިއެވެ. ރަވިކާން ވެސް ކުޑަކޮށް ހީނލިއެވެ. ޒައިލީން އެ ފަތް ދަބަހުގެ އަރިމައްޗަކަށް ލާފައި ހެދުންތަކާއި ތުވާލި ހިފައިގެން ރޯޒްލިޔާގެ ކޮޓަރި ފާހާނާއަށް މިސްރާބު ޖެހިއެވެ. އޭރުވެސް އަލްޔާ ނިދިމޫޑެއްގައި އެނދުގައި ކުރުގެޅިލައިގެން އޮތެވެ.

ޒައިލީން ފެންވަރައިގެން ވައިލެޓް ކުލައިގެ ގަމީސްކޮޅަކާއި އަޅި ކުލައިގެ ޖިންސެއް ލައިގެން ކާގެއާއި ދިމާލަށް މިސްރާބު ޖެއްސެވެ. އޭރު ޒައިލީން އަންނަން ދެން އެންމެން މަޑުކޮށްލައިގެން ހުއްޓެވެ. “އަދި އެބައޮތް އެއް ޚަބަރު ދޭންވެފައި.. ސާޔަލްއަށް ސްކޫލްގެ ފަރާތުން މެސެޖް ކޮށްފައިވަނީ ނުބައި ތާރީހެއް… މިއަދު ނުވައެއް ޖަހާއިރަށް ތިކުދިން ސްކޫލަށް ދާންޖެހޭނެ..” އާދިޔަން ސައިބޯން ފެށުމުގެ ކުރިން ދިން ހަބަރުން އެންމެންނަށް އެއްފަހާރަ ކަހަލަގޮތަކަށް އާދިޔަންގެ މޫނާއި ދިމާލަށް ބަލާލެވުނެވެ. “ވަޓް..؟” އައިސްމައިލޯ ތަށި ބަހައްޓަމުން ޒައިދާން އަހާލައިފިއެވެ. “އާނ… މިއަދު ދާން ޖެހޭނެ….” އާދިޔަން ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. ޒައިލީންއަށް ގަޑިއަށް ބަލާލެވުނެވެ. އަށެއް ޖަހަނީއެވެ. “އަދި ހެދުން ވެސް އިސްތިރިއެއް ނުކުރަން.. ކިހާ ހިސާބެއްގައި ހުންނަ ސްކޫލަކަށް ދާންޖެހެނީ މި..؟” ޒައިލީން ބޯކަހާލިއެވެ. ”ސާޔަލް އަންނާނެ ތިކުދިން ބަލާ.. ތިކުދިންގެ ފޮތްތައްވެސް ސާޔަލް ހަވާލު ކުރާނެ ކާރުގައި.. އަވަހަށް ސައިބޮއިގެން ތައްޔާރުވާން ދޭ… އަލްޔާ ދައްތަގެ އަތަށް ޒައިލީންގެ ހެދުން ދިން.. ދެން ހެއިލަން ޒައިދާން އަދި ރަވިކާން ސްކޫލަށް ދާން ލާނެ ޓީޝާޓުތަކާއި ޖިންސުތައް ދިން… އެހެންވެ ދައްތަ އިންނާނެ އެހެދުންތައް އިސްތިރިކޮށްލާފައި…” ރޯޒްލިޔާ ލުއި ހިނިތުންވުމަކާއި އެކީގައި ބުނެލިއެވެ. ޒައިލީންއަށް ރޯޒްލިޔާއަށް ހިނިތުންވެވުނެވެ. ގަޑިޖެހިގެން ދެވިދާނެތީ ޒައިލީން އަވަހަށް ކުޑަގޮތަކަށް ސައިބޯލައިގެން ކޮޓަރިއަށް ވަނެވެ. އޭރު ރޯޒްލިޔާ ޒައިލީންމެންގެ ހެދުންތައް ބަރިއަކަށް އަޅުވާލާފައިވެއެވެ.

ޒައިލީން އަވަހަށް އައިސްބްލޫ ޓީޝާޓާއި ނޭވީ ބްލޫ ކުލައިގެ ޖިންސް ލައިގެން ތައްޔާރު ވާންފެށިއެވެ. އޭރު އަލްޔާ ފުނާ އަޅަނީއެވެ. އާފަލު ފެހިކުލައިގެ ޖަމްޕްސޫޓްއެއް ލައިގެން އަލްޔާ ހުރީ ބޮލަށް ހަމަ އެކުލައިގެ ދައްޗެއް ޖަހާލާފައެވެ. ޒައިދާން ރަތާއި ހުދުކުލައިން ސްޓްރައިޕްސް ދަމާލާފައިވާ ޓީޝާޓް ލައިގެން ތައްޔާރު ވެފައި އަލްޔާ އާއި ދިމާލަށް އެނބުރުނެވެ. “އަލް ކޮންއިރަކު އައިނު އަޅަންފެށީ..؟” އަލްޔާ އައިނެއް އަޅައިގެން ހުރިތަން ފެނުމުން ޒައިދާން އަހާލިއެވެ. “މީ ކޮސްމެޓިކް އައިނެއް.. މި އަޅައިގެން ލޮލަށް ގެއްލުމެއް ނުވާނެ.. ކުޑައިރުވެސް އަލް ސްކޫލަށް ދަނީ މިކަހަލަ އައިނު އަޅައިގެން.. ވަރަށް އެހެންކަހަލަ ދޯ..؟ އަލް ވަރަށް އައިނު އަޅާހިތްވޭ..” އަޅައިގެން ހުރި އައިނު ރީތި ކޮށްލަމުން އަލްޔާ ހިނިތުންވެލިއެވެ.

ޒައިލީން ފުނާ އަޅަން ފެށިއިރު އެހެން މީހުންނަށްވުރެވެސް ކުރިން ތައްޔާރު ވެގެން ހުރި ރަވިކާން ހުރީ ކޮޓަރިތެރޭ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އަޅިކުލައިގެ ޓީޝާޓެއް މަތިން ކަޅުކުލައިގެ ޖެކެޓެއް ލައިގެން ތިރިން ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރި ރަވިކާން ހުރީ ކަޅުކުލައިގެ ތޮތްޕެއްވެސް އަޅައިގެންނެވެ. ހެއިލަންވެސް ހުދުކުލައިގެ ހޫޑީއަކާއި ޖިންސެއް ލައިގެން އިނީ ޒައިދާންގެ އެނދުގައި އިށީނދެގެން ކުއްޖަކާއި ޗެޓް ކުރާށެވެ.

“ހިނގާ ދާން…” ޒައިލީން ދަބަހަށް ފޯނާއި ހެޑްސެޓް ލަމުން ބުނެލިއެވެ. “އޯކޭ..” ރަވިކާން ހުރީ ބޭރަށް ނުކުންނަން ލަސްވެފައެވެ. ޒައިލީން ބޭރަށް ނުކުންނަނިކޮށް ދަބަހުގެ އަރިމަތީ ބަޔަށް ލީ ކަޅު ކުލައިގެ ފަތް ބިންމައްޗަށް ވެއްޓުނެވެ. އެ މަންޒަރު ރަވިކާންއަށް ފެނުމުން އަވަހަށް އެ ނަގާފައި ޒައިލީންގެ އަތަށް ދިނެވެ. “ތެންކިއު..” ޒައިލީން ކުޑަކޮށް ހައިރާންވެފައި ދަބަހުގެ އަރިމައްޗަށް އެ ފަތް ލިއެވެ. “އޯހް… ރަވިކާން އިއްޔެ ރޭ………” ޒައިލީން ކުރަން އުޅުނު ސުވާލު ނަގައިގަނެވުމުން ރަވިކާން އަވަހަށް ގޮސް ޒައިދާންގެ ކޮނޑަށް އަތް ވައްޓާލާފައި ވާހަކައެއް ފެށިއެވެ. “ހްމްމް.. ދެން އޯކޭ..” ޒައިލީން ކޮނޑުގައި ދަބަސް އަޅުވާލައިގެން އަލްޔާގެ ފަހަތުން ނުކުތެވެ.

”އެމީ މަޑުކޮށްބަލަ ދަރިފުޅު.. އިސްޓާކީނަށް އަރަން…” ދަނބުކުލައިގެ ޓީޝާޓަކާއި ކަކުލާއި ހަމައަށް އަންނަވަރުގެ ޓައިޓްކޮޅެއް ލައިގެން ދުވެފައި ނުކުތް އެމީލިޔާގެ ފަހަތުން ދިޔަ ރޯޒްލިޔާ ބުނެލިއެވެ. އެމީލިޔާ ހަލަނިކަމުން ރޯޒްލިޔާވެސް ހުރީ ވަރުބަލިވެފައެވެ. “ދައްކާ..” ރަވިކާން މާ ނޫންގޮތަކަށް ރޯޒްލިޔާ އާއި ދިމާލަށް އަތް ދިއްކޮއްލީ ތިމަންނަ އެމީލިޔާ އިސްޓާކީނަށް އަރުވަދީފާނަމޭ ބުނާފަދަ ގޮތަކަށެވެ. ރޯޒްލިޔާ ހިނިތުންވެލިގޮތުން އެކަނިވެސް އެމީލިޔާގެ ހަލަނިކަމުން ވަރުބަލިވެފައި ހުރިވަރު އަންގައިދިނެވެ. ރޯޒްލިޔާ ރަވިކާންގެ އަތަށް އިސްޓާކީން ދީފައި ކޮޓަރިއަށް ވަނެވެ. ރަވިކާން އެމީލިޔާ އަތުލަން ވަރަ ހުޅުވާލިގޮތަށް އުދުއްސައިގަތެވެ. “ވިންގް ބޯއި..” ދުވަމުން ދިޔަ އެމީލިޔާވެސް އާޝޯހު ވެގެން ދުވުން ހުއްޓާލާފައި ރަވިކާންއާއި ދިމާލަށް ބަލަން ފެށިއެވެ. “ވާއު.. ކޮއްކޮގެ ވިންގްސް ވަރަށް ކުޑަ..” ރަވިކާންގެ ބިޔަ ދެ ވަރައަށް ބަލާލާފައި ޒައިދާން އާއި އެކީގައި އައި ލިއަމް ކުސްތަޅާލިއެވެ. އަދި ލައިގެން ހުރި ޓީޝާޓް ހިއްލާލާފައި އޭނާގެ ވަރަ ދައްކާލިއެވެ. ލިއަމްގެ ކުޑަކުޑަ ދެ ވަރައަށް ބަލާލާފައި ޒައިލީން ހިނިތުންވެލިއެވެ. “ލިއަމްވެސް ބޮޑުވީމަ ރަވިކާންގެ ހުންނަ ކަހަލަ ބޮޑު ވަރައެއް ހުންނާނެ..” ޒައިލީން ލިއަމް އާއި އެއްވަރަށް ގުދުވެލަމުން ބުނެލިއެވެ. “ރަވިކާން އަކީ ކާކު..؟؟” ލިއަމް ބޯ ކަހާލާފައި އެއްސެވެ. ޒައިލީންއަށް ހެވުނެވެ. “އެއީ ވިންގްބޯއިގެ އަސްލު ނަމަކީ.. ލިއަމްއަށް ނޭނގޭތަ..؟ ރަވިކާން..” ޒައިލީން ރަވިކާންއަށް އިޝާރާތް ކޮށްލާފައި ބުނެލިއެވެ. “އޭތް ރަވިކާން..” ލިއަމް ވަރަށް ބޮޑުވެލާފައި ރަވިކާންއަށް ގޮވާލިއެވެ.

“ނޯ ލިއަމް ތިހެން ނުކިޔާނެ.. ތި ނަމުން ނުކިޔާނެ..” އަލްޔާ ހީނލާފައި ލިއަމް އުރާލިއެވެ. “ކޮއްކޮ އަށްވެސް އުދުހެވޭތަ..؟” ޒައިދާން ހުރީ އޮޅުންފިލުވާހިތްވެފައެވެ. “ލައްބަ..” އެހެން ބުނެލިގޮތަށް ލިއަމް ދެވަރަ ހަރަކާތް ކޮށްލިގޮތަށް އުދުހެން ފެށިއެވެ. ނަމަވެސް މިނެޓެއްވެސް ނުވަނީސް ލިއަމް ތިރިއަށް ވެއްޓެން ދިޔައެވެ. އެމީލިޔާ އިސްޓާކީނަށް އަރުވާފައި ތެދުވި ރަވިކާންއަށް ލިއަމް ހިފޭއްޓުނީ ކިރިޔާއެވެ. “ސާބަސް…” ރަވިކާން ލިއަމް ތިރީގައި ބަހައްޓަމުން ބުނެލިއެވެ. “ކޮއްކޮ ކުޑަވީމަ ވަރަށް އަވަހަށް ވަރުބަލިވޭ..” ލިއަމް ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. “އަދި ކޮއްކޮ ވެސް ރަވިކާން ބޭބެހެން ވަރަށް މޮޅަށް ފްލައި ކުރާނެޔޭ ދޯ..؟” އަލްޔާ ލިއަމްއަށް ހިތްވަރު ދިނެވެ. “ލައްބަ..” ލިއަމް ހީނލިއެވެ.

ކާރެއް ބަރުގޮނު އަޅާލިއަޑު އިވުމުން ހެއިލަން ބެލްކަންޏަށް ނުކުމެލިއެވެ. “އޭތް އަވަހަށް އާދޭ.. ގަޑި ޖެހެނީ…” ކާރުގެ ޑްރައިވަރގެ ސީޓުގައި އިނދެ ސާޔަލް ގަޑިއަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “ޒައި… ސާޔަލް އައިސްފި.. އާދޭ ދާން..” ހެއިލަން ފޯނު ޖީބަށް ލަމުން ބުނެލިއެވެ. “އެމީ އާއި ލިއަމް ސްކޫލަށް ދާނީ މަންމިއާއި އެކީގައި.. އެހެންވެ ކޮއްކޮމެން މި މަޑު ކުރަނީ..” ބަސް އަހާ ދެ ކުދިން ފަދައިން އެމީލިޔާ އާއި ލިއަމް ސޯފާގައި އިށީނެވެ. ރޯޒްލިޔާ ނޫނީ އާދިޔަން އަންނަންދެން ބަސް އަހައިގެން އިނުމަށް ބުނެފައި ޒައިލީން ބޭރަށް ނުކުތެވެ.

ހެއިލަން ކުރީ ސީޓަށް އެރުމުން ޒައިލީން ރަވިކާން ޒައިދާން އަދި އަލްޔާއަށް ޖެހުނީ ފަހަތަށް އަރާށެވެ. “މާތްކަލާކޯ އަލް ފިސްފިސް ނުވިއްޔާ ރަނގަޅު..” ފިތިގެން އިންނަން ޖެހުމުން އަލްޔާ ޕިސްޕިސް ކިޔާލިއެވެ. “އަލްއަށްވުރެ މަގޭ ހާލު މާ ދެރަ.. ކިރިޔާ ނޭވާ ލެވެނީ..” އެންމެ ކަނާތް ފަޅީގައި އިން ޒައިދާން ބުނެލިއެވެ. “މި ކާރު ކަންނޭނގެ އަހަރެމެންނަށްވުރެ ކުރިން ފުނޑުފުނޑުވާނީ…” ހެއިލަން ހީނގަނެފައި ބުނެލިއެވެ. “ތިކުދިން މާދަމާއިން ފެށިގެން ބަހުގައި ދާނީ.. މިއަދު ލަސްވީމައި މި ކާރު ގައި ދަނީ..” ސާޔަލް ބުނެލިއެވެ. “މިހުރީ ޓެކްސްޓް ފޮތްތައް.. އަވަހަށް މި ދަބަހަށް އަޅާ..” ހެއިލަން އޭނާގެ ޓެކްސްޓް ފޮތްތައް ނެގުމަށްފަހު ޒައިލީންއަށް ފޮތްތައް ދިނެވެ. ޒައިލީން އޭނާއާއި ރަވިކާންއާއި އަލްޔާ ގެ ފޮތްތައް ނެގުމަށްފަހު ބާކީ ހުރި ފޮތްތައް ޒައިދާންގެ އަތަށް ދިނެވެ. ރަވިކާން ފާޑަކަށް ޓެކްސްޓް ފޮތްތަކާއި ދިމާލަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ޒައިލީން ބޯ އަރިކޮށްލިއެވެ. “އަހަރެންނަކަށް ނޭނގޭ މީ ކޯޗެއް ކަމެއް..؟” ރަވިކާން ބޯ ކަހާލަމުން ބުނެލިއެވެ. ޒައިލީން ހީނލިއެވެ. “ޒައި ހެލްޕް ވާނަމޭ..” ޒައިލީން ހީނލިއެވެ. ރަވިކާން ލާނެތް ފާޑަކަށް ހީނލިއެވެ. “ކީއްވެގެންތަ ތި ފާޑަކަށް ހީނލައިގެން ތި ހުންނަނީ..؟” ޒައިދާންއަށް ފާހަގަވެގެން އަހާލިއެވެ. “ނޭނގޭ ނުބައި ކަމެއް ބޮލުގައި ރާވާލައިގެން ކަންނޭނގެ އެއުޅެނީ..” އަލްޔާ ރަވިކާންގެ މޫނަށް ބަލާލާފައި ބުނެލިއެވެ. “ނޫން އިންސިކުއްޖާ ވަރަށް މޮޅުވެގެން އުޅޭތީ ހިނިއައީ..” ރަވިކާން އެހެން ބުނެލާފައި ހޭންފެށިއެވެ. “ދެން އެހާ ރީއްޗަށް ހެލްޕް ވެދޭނަމޭ ބުނީމައިވެސް ކުރާ މަލާމާތް..” ޒައިލީން ދެރަވިކަމަށް ހެދުނެވެ. “އެ މަޖަލަކަށޭ…” ރަވިކާން ޒައިލީންގެ އިސްތަށިގަނޑު ހާވާލަމުން ބުނެލިއެވެ. “ދެން އެޖެހުނީ އަލުން އިސްތަށިގަނޑު ރީތި ކުރަން..” ޒައިލީން ކުރިއަށްވުރެވެސް ދެރަވިކަމަށް ހެދުނެވެ. މިހާރު އެކްޓުކުރަން މޮޅީ ރަވިކާން އެކަނި ނޫންކަން އަންގާލަދޭންވެގެންނެވެ. “ޒައިގެ އެކްޓިންގ ވަރަށް މޮޅުވެއްޖެ ކެޓް ބްރޯއާއި ދިމާވި ފަހުން..” ޒައިދާންއަށް ޒައިލީން އެކުރަނީ އެކްޓްކަން އެނގޭކަށް ގިނައިރެއް ނުނެގިއެވެ. “ހޫން ދެން އެކީގައި ސަތާރަވަރަކަށް އަހަރު އުޅުނު ދޮންބެއަށް ޒައި އެނގޭނެއެއްނު..؟” އަލްޔާ ހީނލިއެވެ.

ސާޔަލް ކާރު އެއްފަރާތެއްގައި ޕާރކު ކުރުމުން ރަވިކާން ވަގުތުން ފޭބިއެވެ. އަލްޔާ ކާރުން ފައިބާފައި ޓީޝާޓްއަށް ދަމާލާ ރީތި ކޮށްލިއެވެ. ޒައިދާން ނުކުމެ ލޮލަށް އަވިއައިނު ހެޔޮވަރު ކޮށްލިއެވެ. ޗެޓްގެ ފޯރީގައި އިން ހެއިލަންއަށް ކާރުން ފައިބަން އެނގުނީ ސާޔަލް ބުނުމުންނެވެ. ޒައިލީން ނުކުމެ ސްކޫލް އާއި ދިމާލަށް ބަލާލިއެވެ. ހެތެނީސް އެލްފޯމޭނިޔާ ހައި ސްކޫލްހެން އެ ސްކޫލްވެސް ނުހަނު ބޮޑެވެ. އެސްކޫލް ފެނިފައި އަނެއްކާވެސް ނެއިލޮންސަރގެ މަތިން ޒައިލީން ހަނދާންވިއެވެ. ނެއިލޮން ސަރއަށް ހެޔޮ ރަހުމަތް ލައްވާތޯ ޒައިލީންއަށް ދުއާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ.

“މިހެން ހުރިޔަސް މީހަކު އަހަރެމެން ބަލައެއް ނާންނާނެ… އަވަހަށް އާދޭ ދާން..” ޒައިދާން އަލްޔާ އާއި ގާތަށް ޖެހިލަމުން ބުނެލިއެވެ. “އާނ.. ޔެސް.. ހިނގާ ދާން..” ހެއިލަން ފޯނު ސައިލެންޓްއަށް ލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ”އޭތް..!” ސާޔަލް ނިކަން ބާރަށް ގޮވާލައިފިއެވެ. “ކީކޭ..” ފަހަތް ބަލާލީ ޒައިލީން އެކަންޏެވެ. “އަހަރެން އަންނާނަން ބަލާ..” ސާޔަލް ހަނދާން ކޮށްދިނެވެ. “ސްކޫލް ނިމެނީ ކިހާއިރަކު..؟” ޒައިލީން އަހާލިއެވެ. “ތިނެއް ޖަހާއިރަށް..” ސާޔަލް ޖަވާބު ދިނެވެ. “އޯކޭ.. ނޫން އޯކޭއެއް ނޫން.. މެންދުރު ނަމާދު..؟؟” ޒައިލީން އެއްސެވެ. “މުދައްރިސެއް ކައިރީގައި އަހާލާ.. އަހަރެންނަކަށް ނޭނގޭ..” ސާޔަލް ބުނެލިއެވެ. ޒައިލީން ވިސްނަމުން ދެފަރާތަށް ބަލާލިއެވެ. ޒައިލީން ސިހުނެވެ. ފަހަތަށް ތިން ހަތަރު ވަރަކަށް ފިޔަވަޅު ނެގުނީވެސް ބޭއިޚްތިޔާރުގައެވެ. “އޭތް ބަލައިގެން…” ޒައިލީންގެ އަތުގައި ހިފާ ރަވިކާން ގާތަށް ދަމާލިއެވެ. “އެކްސިޑެންޓެއް ނުވެގެންތަ ތި އުޅެނީ..؟” ރަވިކާން ހުރީ ހިތްހަމަ ނުޖެހިފައެވެ. ފަރުވާކުޑަކޮށް ޒައިލީން އުޅޭވަރުން އައުލްކީން ދިމާ ކުރުމުގެ ކުރިންވެސް ޒައިލީންއަށް ގޮތެއް ވެދާނެތީއެވެ. ޒައިލީންއަށް ކާރުތައް ތެރެއިން އެއް ކާރެއް ފާހަގަ ކުރެވުނެވެ. ހަމަ އެ ފެހިކުލައިގެ ކާރެވެ. އިޔާންގެ ކާރެވެ. ކަމެއް ހިނގަން އުޅޭކަމުގެ ނުބައި ރަނގަބީލެއް ޒައިލީންގެ ބޮލުގައި ޖަހާލިއެވެ.

ސްކޫލަށް ވަތްއިރު ހޯލްވޭ ތެރޭގައި ބައިވަރު ކުދިން ހުއްޓެވެ. އަދި ބާކީ ތޭރަވަރަކަށް މިނެޓް ހުރުމުން ކްލާސްތަކަށް ނުދަނީކަމަށް ޒައިލީން ނިންމިއެވެ. ޒައިލީން ކުރިއަށް ދިޔަވަރަކަށް ފިރިހެން ކުދިންތަކުގެ ނަޒަރު ޒައިލީންއަށް އަމާޒު ވަމުން ދިޔައެވެ. ލާނެތް ގޮތަކަށް ހީނލައިގެންހުރެ އެ ކުދިންތައް ބަލަން ފެށުމުން ޒައިލީންއަށް ހިންދިރުވާލެވުނެވެ.

ރަވިކާންގެ ހާލު ޒައިލީންގެ ހާލަށް ވުރެ ބޮޑެވެ. އަންހެން ކުދިންތައް އަނގަ މަތީގައި އަތް އަޅައިގެން ހުރެ ރަވިކާންއާއި ދިމާލަށް ބަލަން ހުރުމުންނެވެ. އެ އެންމެންވެސް އެ ދައްކަނީ ރަވިކާންގެ ދެލޮލުގެ ވާހަކަކަން އެނގެނީ ބައެއް ކުދިން ރަވިކާންއާއި ދިމާލަށް އިޝާރާތް ކޮށްލާފައި ދެލޮލަށް އިޝާރާތް ކުރާތީއެވެ. ރަވިކާން އެންމެފަހުން އުނދަގޫވެގެން ޒައިލީންގެ ގާތަށް ޖެހުނެވެ. “އެ މީހުން އަހަންނާއި ދިމާލަށް މާވަރަކަށް އެ ބަލަނީ ކީއްވެގެންތަ..؟؟” ޒައިލީންގެ ކަންފަތްބުޑުގައި ރަވިކާން ނޫންގޮތަކަށް އަހާލިއެވެ. ޒައިލީންގެ ފަރާތުން ޖަވާބެއް ނައުމުން ރަވިކާން ޒައިލީންގެ މޫނަށް ބަލާލިއެވެ. ޒައިލީންގެ މޫނަށް މީހަކު ބަލާލިނަމަ ނުތަނަވަސްވެފައި ހުރިވަރު ދައްކުވައިދޭނެއެވެ. ރަވިކާންއަށްވެސް ވަގުތުން އެކަން ފާހަގަވިއެވެ. “އިންސި ކުއްޖާ އާއި ދިމާލަށްވެސް ވަރަށް ގިނަ ކުދިން އެބަ ބަލާދޯ..؟” ރަވިކާން ހިތާހިތުން އެހެން ބުނެލާފައި ޒައިލީންގެ ކޮނޑަށް އަތް ވައްޓާލާފައި ގަޔާއި ކައިރިކޮށްލިއެވެ. މިވަގުތު ޒައިލީންއަށްވުރެ ރަވިކާން ފިނޑި ނުވާށެވެ. “އޯ އެމް ޖީ..!! ކުރިން ރޭ ޝޯވްގައި އުޅުނު ޒައިދާން އެއްނޫންތަ އެއީ..؟” އެތަނުން އެއް އަންހެން ކުއްޖެއް ތަންކޮޅެއް ބާރަށް ބުނެލައިފިއެވެ. ޒައިދާން އޭނާގެ ފޮނި ހީނލުން ހަދިޔާ ކޮށްލާފައި އެ އަންހެން ކުއްޖާ އާއި ސަލާމް ކޮށްލައިފިއެވެ.

“ތިއީ އަސްލުވެސް ލޯ ހުންނަ ގޮތްތަ..؟ ނޫނީ ލެންސްއެއްތަ..؟” އެހެން ކުއްޖަކު ރަވިކާންގެ ގާތަށް ޖެހިލާފައި އަހާލައިފިއެވެ. “އުފަންވީއިރުވެސް ހުރިގޮތް..” ރަވިކާން ބުނެލިއެވެ. “ކޭން އައި ގެޓް އަ ހަގް ޕްލީޒް..” އެއް އަންހެންކުއްޖެއް ޖެހިލުންވުމަކާއި ނުލާ ކެރިގެން ހުރެ އަހާލައިފިއެވެ. “އޯކޭ..؟” ރަވިކާން ހައިރާންވެފައި ހުރެ އެ އަންހެން ކުއްޖާގެ ގައިގައި ބައްދާލީ ދެވަނަ ވިސްނުމަކާއި ނުލައެވެ. އެ މަންޒަރު ފެނުމުން ޒައިލީންއަށް ތުން އޫކޮށްލެވުނެވެ. “އަހަރެން ވެސް…” އަންހެން ކުދިންތައް ރަވިކާންގެ ގާތަށް ބޮނޑިވެގަތެވެ.

“އޭ ނަންބަރ ދީބަލަ..” ރަވިކާން ޒައިލީންގެ ގާތުން އެއްފަރާތް ވަންދެން ހުރި ފިރިހެން ކުދިންތައް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާ ޒައިލީންގެ ގާތަށް ދިޔައެވެ. “އަމްމް..” ޒައިލީންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “ވަރަށް ރީތި ދެލޯ..” އެތަނުން އެއްފިރިހެން ކުއްޖަކު ޒައިލީންއަށް ތައުރީފް ކޮށްލައިފިއެވެ. “ކޮން ކަންޓްރީ އަކުން އައި ކުއްޖެއްތަ..؟ ތިހާ ބޮޑު އިނޮސެންޓް ދެލޮލެއް ނުދެކެން..” އަނެކަކު އަހާލައިފިއެވެ. “ނަން ބުނެބަލަ ލަދުން ނުހުރެ..” އެތަނުން “ޒައިލީން ކިޔަނީ…” ޒައިލީން ބުނެލިއެވެ. ”ކިޔާ ނަންވެސް ވަރަށް ރީތި..” އަނެކަކު ބުނެލި އަޑު އިވުނެވެ. “ޔޫއެސް ޑޭޑް އެންޑް މޯލްޑިވިއަން މޯމް..” ޒައިލީން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. “މި ޓައުން ކުއްޖެއް ނޫންދޯ..؟” ކުއްޖަކު އެހެން އަހާލުމުން ޒައިލީން ކުޑަކޮށް ބޯ ޖަހާލިއެވެ.

“އާދޭ ކްލާހަށް ދާން..” ހަދާނެ ގޮތެއް ނޭނގިފައި ޒައިލީން ހުއްޓާ ޒައިދާން ގޮވާލިއެވެ. ފިނިވެފައި ހުރެ ޒައިލީން ކުރިއަށް ހިނގައިގަތްއިރު ރަވިކާން ޖިންސުގެ ޖީބަށް އަތް ޖަހާލައިގެން އައެވެ.

ޒައިލީންއަށް ދަބަހުގައި އޮތް ފޯނު ނެގުނީ ވައިބްރޭޓްވާހެން ހީވެގެންނެވެ. އޭރު ރޫބީ އާއި ލައުރާގެ މިސްކޯލްތައް ފުނިޖެހިފައި އޮތެވެ. “ރޫބީމެން ކީއްވެގެންބާ މިފަދަ ގަޑިއެއްގައި ގުޅަންވީ..؟” ޒައިލީން ކްލާހަށް ވަނުމުގެ ކުރިން ރޫބީގެ ނަންބަރަށް ގުޅާލިއެވެ. “މައި މޭން..!!” ޒައިދާން ކުއްލިއަކަށް ދުއްވައިގަތުމުން ޒައިލީންއަށް އެ ދިމާލަށް ބަލާލެވުނެވެ. އޭރު ކްލާސް ދޮރުމަތީގައި ނައިކެން އާއި އައިދިން މަޑުކޮށްލައިގެން ހުއްޓެވެ. “އަންގާވެސްނުލާ… އެކަމަކު ބުނީމެއްނު މި ސްކޫލަކަށެއް ނޫނޭ ތިމީހުން އަންނަނީ..؟” ނައިކެންގެ ކޮނޑުގައި ޖަހާލިއިރު ޒައިދާން ހުރީ އުފަލުން ފޮޅޭވަރުވެފައެވެ. ނަމަވެސް ނައިކެންގެ މޫނުމަތީގައި ޒައިދާންގެ މޫނުން ފެންނަން ހުރިފަދަ އުފާވެރިކަމެއް ފެންނާކަށެއް ނެތެވެ. “ކިހިނެތްވީ..؟” ހެއިލަންއަށް ނައިކެންގެ މޫނުމަތީގައިވާ ކުލަވަރު ތަރުޖަމާ ކުރެވުނެވެ. “އޭ ވަރަށް ބޮޑު ކަމެއް ވެއްޖެ..” އައިދިން ބުނެލިއެވެ. “އެޑިން ހާދަ ހާސްވެފައި..؟ ތިހެން ހުރީމަ ވަރަށް ބިރުގަނޭ އެބަ…” އަލްޔާ ބުނެލިއެވެ.

ޒައިލީންއަށް ޝަހާދަތް އިނގިލީގެ ނިޔަފަތީގައި ދަތް އެޅުނެވެ. ނައިކެންމެން ފެނުމުން އެމީހުން ދޭން އެއުޅުނު ޚަބަރު މާކުރިންވެސް ޒައިލީންއަށް އެނގޭ ކަހަލައެވެ. “އާނއެކޭ ބިރޭ ގަންނަންވީ މިގަޑީ..” ލައުރާ ހާސްވެފައި ބުނެލިއެވެ. “ކިހިނެތްވީ..؟ ބުނީމައިދޯ އެނގޭނީ..” ހެއިލަންވެސް ހުރީ އެ ބުނާ ވާހަކައެއް އަޑުއަހާލަން ކެތްމަދުވެފައެވެ. “އާދެބަލަ ކްލާސް ތެރެއަށް.. އޭރަށް އެނގޭނެ..” އައިދިން ހިފީ ޒައިލީންގެ އަތުގައެވެ. ރަވިކާން ދެލޯކުޑަކޮށްލާފައި އައިދިންއާއި ދިމާލަށް ކަޅި އަޅާލިގޮތް އަލްޔާ އަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ.

ޒައިލީން ކްލާސްތެރެއަށް ވަނެވެ. ނަމަވެސް އަޅައިގަންނަ ކަހަލަ މަންޒަރެއް ނުފެނުނެވެ. “ނޫނޭ..!! އެހުރީއޭ..!!” ނައިކެން ޒައިލީންގެ ކޮލުގައި ހިފާ ކަނާތް ފަޅިއަށް އަނބުރާލިއެވެ. “އޭރުވެސް ހީވިޔޭ..” ޒައިލީންއަށް ބުނެވުނެވެ. ވައި އަޑަކުންނެވެ. އަންހެން ކުދިންގެ ގްރޫޕަކާއި އެކީގައި އެހުރީ އައުލްކީން ނޫން ދެވަނަ މީހެއް ނޫނެވެ.

ހުދުކުލައިގެ ކަކުލާއި ހަމައަށް އަރާވަރުގެ ހެދުމަކާއި ހުދުކުލައިގެ ބޫޓަކަށް އަރައިގެން އިން އައުލްކީން ޒައިލީންގެ ދެލޮލަށް ބަލާލިއެވެ. އަދި އިންޒާރުދޭފަދަ ހިނިތުންވުމަކުން ހިނިތުންވެލިއެވެ. ހީކުރިގޮތާއި ޚިލާފަށް ރަވިކާން ތުންފިއްތާލައިގެން ހުރެ އެތެރެއަށް ވަންނަން ދިޔައެވެ. އައުލްކީން އާއި ދިމާލަށް ބަލާވެސް ނުލާ ގޮސް ގޮނޑިއެއްގައި އިށީނެވެ. އެވަގުތުކޮޅުވެސް ރަވިކާންއަށް އައުލްކީން އާއި ދިމާލަށް އުދުއްސައިނުގަނެ ހިމޭނުން އިނދެވުނީ ކަށިން ހިތްވަރު ނެރިގެންނޭވެސް ބުނެވިދާނެއެވެ.

ޒައިލީންއަށް ބަލާލެވުނީ ހެއިލަންގެ މޫނަށެވެ. ހެއިލަން ފުންނޭވާތަކެއް ބޭރުކޮށްފައި ވާތް ފަޅީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ޒައިލީން އެއްފަހަރު ހެއިލަން އަނެއްފަހަރު ރަވިކާންގެ މޫނަށް ބަލާލާފައި ގޮސް އިށީނީ ހެއިލަން އާއި ޖެހިގެން ހުރި ގޮނޑީގައެވެ. “ހެއިލް އާރ ޔޫ އޯކޭ…؟؟” ވައި އަޑުން ޒައިލީން އަހާލިއެވެ. “ހްމްމް.. އެކަމަކުވެސް ޒައިސ ބިރު ނުގަންނާތި.. ހެއިލްވެސް ޒައިގެ ދޮންބެވެސް އަލްވެސް މިހުރީ ޒައިއާއި އެކީގައި.. ވީ ވިލް ބީ ވިތް ޔޫ ޓިލް ދަ އެންޑް..” އެގަޑީގައި ހެއިލަންގެ ހިތް ނަފްރަތުން އަނދަމުން ދިޔަ ނަމަވެސް ހެއިލަން މަސައްކަތް ކުރީ ޒައިލީން ބިރުގަތުމުގެ ކުރިން ހަމައަކަށް އެޅުވޭތޯއެވެ. ޒައިލީންވެސް ފުންނޭވާއެއް ލާފައި ބޯ ޖަހާލިއެވެ.

“އޭތް އަހަރެން މިތަނުގައި އެބަ އިށީންނަން..” އައުލްކީން ކުއްލިއަކަށް ރަވިކާން އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އެމަންޒަރު ޒައިލީންއަށް ފެނުމުން ކޮޅަށް ތެދުވި ނަމަވެސް ހެއިލަން އާއި ދޭތެރޭ ވިސްނާލާފައި މަޑުކުރިއެވެ. އެންމެ ފަހަތު ބަރީގައި އިން ޒައިދާން، އަލްޔާ، ނައިކެން، ރޫބީ، އައިދިން އަދި ލައުރާ ވެސް ތިބީ ނޭވާ ހިފާއްޓާލައިގެންނެވެ. “ކަލޭ ކީއްކުރަން މިތަނުގައި ތި އިށީނީ..؟” ދުރު ބަލާލާފައި ރަވިކާން އެއްސެވެ. ގޮށްމުއްކަވައިގެން އިންއިރު ދެންމެދެންމޭން އައުލްކީންގެ މޫނުމަތީގައި ޖަހާފާނެހެން ހީވެއެވެ. “ފެށިއްޖެ..” ސިއްރު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި އައުލްކީން އެ ބުނެލި ޖުމްލައިން ރަވިކާން ދިޔައީ ސިއްސައިގެންނެވެ. “ކީކޭ..؟؟؟” ރަވިކާން ކޮޅަށް ތެދުވިއެވެ. ޒައިލީން އެ ވަގުތު ހިނގައިގަންނަންވެގެން އުޅުނެވެ. ނަމަވެސް ހެއިލަން ޒައިލީންގެ އަތުގައި ހިފާފައި މަޑުކުރުވިއެވެ. އެ އަޅިކުލައިގެ ދެލޮލުން ފެންނަމުންދިޔަ އަސަރުން ޒައިލީންއަށް ދެވަނަ ފަހަރަށް ވިސްނާލަން މަޖުބޫރުވިއެވެ.

”ވަރަށް މަޖާ.. އަމިއްލަ ބައްޕަ މަރާ ހަނގުރާމަ ކުރަމުން ގެންދާއިރު ދަރިއަކަށް އެކަމެއް ނޭނގޭ…” އައުލްކީން ނުލަފާ ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. “އަހަރެންގެ ބައްޕައޭ..؟” ރަވިކާން ކުއްލިއަކަށް އައުލްކީންގެ އަތުގައި ހިފޭއްޓިއެވެ. “އަހަރެންގެ ބައްޕައަށް ކަލޭ ކީއްކުރީ..؟” ރަވިކާން އައުލްކީންގެ އަތުގައި ހިފާއްޓާފައިވާލެއް ބާރުކަމުން ކަށިކޮޅުވެސް މުގުރާލަން އުޅޭހެން ހީވެއެވެ. “އަހަރެންގެ ބައްޕަ އާއި ކަލޭގެ ބައްޕަ އެބަ ހަނގުރާމައެއް ކުރޭ… އެހެންވެ އަހަރެން މިއައީ ކަލޭމެން ނިންމާލަންވެގެން.. މިހާރުވެސް މާގިނަ ދުވަސްވެއްޖެ.. އަހަރެންގެ މަންމައަށްޓަކައި އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ ކަން ކަލޭ ހަނދާންކުރާތި..!” ހިނިތުންވެގެންހުރި އައުލްކީން ފަހު ޖުމްލަ ކީ ދަތްކުނޑި ވިކާލާފައެވެ. “ކިތައް ފަހަރުތަ އަހަރެން ބުނަންވީ އަހަރެމެންގެ މަންމަ މަރުވީ ސަވާނާ އާއި އަހަރެންގެ ބައްޕައާއި ހެދިއެއް ނޫނޭ..؟” ރަވިކާން އެއްސެވެ. ކުރިއަށްވުރެވެސް އަތަށް ބާރުކޮށްލަމުންނެވެ. “ކަލޭ ހަދާ ދޮގު ތަކަށް އަހަރެންގެ ކަންފަތް ބީރުވާނެ..!” އައުލްކީން ހުރިބާރެއް ލާފައި އަތް ފޮޅުވާލިއެވެ. އަންހެން ކުއްޖެއް ނަމަވެސް ފިރިހެނެއްގެ ބާރު ހުރި ކުއްޖެކެވެ.

“ކަލޭ އިންސިކުއްޖާއަށް ގޮތެއް ނުހަދާތި.. މަރަންޏާ އަހަރެން މަރާލިޔަސް ހެޔޮ..” ރަވިކާންގެ އަޑަށް ސީރިއަސްކަމެއް ވެރިވުމުން އައުލްކީންގެ ގާތަށް ނުލަފާ ހިންޏެއް އައެވެ. ”އަނހަ ކިހިނެތްވީ..؟؟ އެ އަންހެން ކުއްޖާގަނޑު ކަލޭގެ އަމިއްލަ ފުރާނައަށްވުރެ ވެސް މުހިންމު ވީދޯ..؟؟” އައުލްކީން ރަވިކާންގެ އަތުގައި ހިފާއްޓާލިއެވެ. ރަވިކާން ސިހިފައި އައުލްކީންގެ އަތް ފޮޅުވާލިއެވެ. “އެ އަންހެން ކުއްޖާގަނޑު ކައިރީގައި ތިވާހަކަ ނުބުނޭ… އެނޫނީ ކަލޭގެ ފުރާނަ ވަކިވެގެން ދާއިރަށް އަހަރެން އެ އަންހެންކުއްޖާ މަރާނުލަނީސް ކަލޭ ވަކިވުމުގެ ހިތާމައިގައި މަރުވެ ހިނގައިދާނެ..” އައުލްކީން ބުނެލިއެވެ. ރަވިކާން އުންމީދެއް ނެތް ގޮތަކަށް ޒައިލީން އާއި ދިމާލަށް ބަލާލިއެވެ. ނަސީބު ދިމާކުރިގޮތުން ޒައިލީންއަށް ހުރެވުނީ ހެއިލަންގެ އަތުގައި ހިފާއްޓާލައިގެންނެވެ.

“އިންސިކުއްޖާގެ ގައިގައި ކަލޭ އިނގިލި ކުރި ޖައްސާލިޔަސް ނިމުނީ…” ރަވިކާން ވަކި މަޑުން ހުންނާކަށް ބޭނުމެއްނުވިއެވެ. “އަހަރެން މަރާލިޔަސް މައްސަލައެއް ނެތް… ކަލެއާއި އެ އަންހެންކުއްޖާ ގަނޑު މަރުވެ ނިމިދާފަހުން އަހަރެން މަރުވިޔަސް ފަރުވާލެއް ނެތް..” އައުލްކީންގެ ހުންނަނީ ބާރީގެ ގޮތްގަނޑެވެ. ސަލްވިޔާގެ ރީތިކަން ނޫން އެހެން ކަމެއް އައުލްކީންއަށް ސަލްވިޔާގެ ފަރާތުން ލިބިފައެއް ނުވެޔޭ ރަވިކާންގެ ހިތަށްއެރިއެވެ.

“މިއަދަކީ ކަލޭގެ ފަހު ދުވަސް… އަދި އެ އަންހެންކުއްޖާގަނޑުގެވެސް ފަހު ދުވަސް… އިންސިން ކިޔާ ގޮތުންނަމަ ސެޕްޓެމްބަރ ނަވާވީސް.. މި ދުވަސް ވެގެން ދާނީ ކަލޭގެ ފަހު ދުވަހަށް..” އެންމެ ފަހުގެ އިންޒާރު ރަވިކާންއަށް ދީފައި އައުލްކީން ގޮނޑިން ތެދުވެގެން ހިނގައިގަތެވެ.

އައުލްކީން އަނބުރާ އޭނާ އިށީންނަތަނަށް ދިޔުމުން ޒައިލީންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް ބޮލުގައި ދައުރުވާން ފެށި ޚިޔާލުތައް ދިޔައީ ޒައިލީންއަށް އުނދަގޫ ކުރަމުންނެވެ. ރަވިކާން ޒައިލީން އާއި ދިމާލަށް ބަލާވެސްނުލިއެވެ. ކުޑަމިނުން ވީގޮތްވެސް ނުބުނެދިނެވެ. ޒައިލީންގެ ހާސްކަން އިންތިހާއަށް ދިޔައެވެ.

ޒައިލީންއަށް ކުޑަކޮށްވެސް އެ ޚިޔާލުތަކާއި ދުރުވެވުނީ ޓީޗަރު އައިސް ކްލާހަށް ވަތް ފަހުންނެވެ. ރަވިކާން ހިމޭނުން ހުރެ ޓީޗަރު ބުނެދެމުން ދިޔަ ފިލާވަޅުތައް އަޑުއަހަމުން ގެންދިޔައެވެ. ފުރަތަމަކޮޅު ނަގައިގަންނަން އުނދަގޫވިޔަސް ރަވިކާންއަށް އިރުކޮޅަކުން ޓީޗަރު އޮޅުންފިލުވައިދެމުން ގެންދިޔަ އެ ފިލާވަޅު އެނގުނެވެ. ރަވިކާން ހަމަހިމޭންކަމާއި އެކީގައި ނޯޓްތައް ނަގަމުން ދިޔަ މަންޒަރަށް ޒައިލީން އަށް އިރުއިރުކޮޅާއި ބަލާލެވެއެވެ. ހެއިލަންވެސް ނޯޓްތައް ނަގަމުން ގެންދިޔައީ އަނގައިން ބަހެއްހާ ހިސާބުވެސް ނުބުނެއެވެ. ހެއިލަންއަށް އައުލްކީން ފެނުމުން ކުރާނެ އަސަރު ވިސްނޭތީ ޒައިލީންވެސް ހިމޭނުން ހެއިލަންގެ ކައިރީގައި އިނދެ ނޯޓްތައް ނަގަމުން ދިޔައެވެ. ފަހަތު ބަރީގައި އިން އަލްޔާއާއި ޒައިދާން އައުލްކީން ކޮށްފާނެ ކަމަކަށް ސަމާލުވެގެން ހުރެ ލިޔަމުން ގެންދިޔައެވެ.

ގަޑިއަކަށްފަހު ގަޑިއެއް ކުރިއަށް ދިޔަވަރަކަށް ޒައިލީންގެ ހިތް ބިރުގަންނަމުން ދިޔައެވެ. ނުބައި ކަމެއް ވާން އުޅޭކަމުގެ އިންޒާރު ލިބެނީއެވެ. ލަންޗް ބްރޭކް ގަޑި ޖެހުމާއި އެކީގައި ޒައިލީން ތެދުވީ އައުލްކީން ކްލާހުން ނުކުމެގެން ދިޔުމުންނެވެ.

“އޭތް ކެޓްބްރޯ..!” ޒައިލީންއަށްވުރެ ކުރިން ޒައިދާން ގޮސް ރަވިކާންގެ ގާތުގައި ހުއްޓުނެވެ. “ހޫނ..” ރަވިކާން ދަބަހަށް ފޮތްތައް އަޅަމުން ބުނެލިއެވެ. ފަރުވާކުޑަ ގޮތަކަށެވެ. “އައުލްކީން.. އޭނަ ދެންމެއަކު ކީކޭ ބުނީ..؟” ޒައިދާން ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ. “ކަމެއްނުވެ..” ދަބަސް އެއްކޮނޑުގައި އަޅުވާލަމުން ރަވިކާން ކްލާހުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ސުވާލުގެ ނަޒަރަކުން ރަވިކާންއާއި ދިމާލަށް ބަލަން ހުރެފައި ޒައިލީންވެސް ދަބަސް އަޅުވައިގެން ހެއިލަން އާއި އެކީގައި ނުކުތެވެ. އޭރު ހެއިލަން ފޯނުން ކައިލީއާއި ޗެޓް ކުރަމުން ދަނީއެވެ. ކެންޓީނަށް ގޮސް ޒައިދާން ރަވިކާން ގެންގޮސް މޭޒެއްގެ ކައިރީގައި ބޭންދީ ގަދަކަމުންނެވެ. “ކިހިނެތްވީތަ..؟” ރަވިކާން ރުންކުރު ރާގަކަށް އަހާލިއެވެ. “އަހަރެމެންނަށް ސިއްރުކުރަން ނޫޅެބަލަ.. އައުލްކީން ބުނީ ކީކޭތަ..؟؟” ޒައިދާން ގޮތްދޫކުރަން ނޫޅެ އެއްސެވެ. “ބާރީ އާއި އަހަރެންގެ ބައްޕަ.. އެދެމީހުން އެބަ ހަނގުރާމައެއް ކުރޭ….” ދުރު ބަލާލާފައި ރަވިކާން ބުނެލިއެވެ. “ވަޓް..؟؟” ޒައިލީން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އޭރު އަލްޔާ ކާއެއްޗެހި ހިފައިގެން މޭޒުދޮށަށް އަންނަނީއެވެ.

“ދެން..؟ ކީއްވެގެން ސްކޫލްގައި މަޑުކޮށްގެން ތިހުރީ..؟” ހެއިލަންގެ ހިތުގައި ރަވިކާން އާއި ދޭތެރޭ ހަމްދަރުދީ އުފެދިއްޖެއެވެ. ރަވިކާން ގޮށްމުއްކަވާފައި މޭޒުމަތީގައި ބަންލާފައި ޖެއްސެވެ. ޒައިލީން ވެސް ދިޔައީ އެއްލިގެންނެވެ. “އަހަރެން ދާން ބޭނުންވޭ.. އެކަމަކުވެސް ނުދާނަން.. އަހަރެން ނެތިއްޔާ އިންސި ކުއްޖާއަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ.. އައުލްކީން މިކަން ރާވާފައިވަނީ ނިކަން މޮޅަށް… އަހަރެން އިންސިކުއްޖާ ގޮވައިގެން ދިޔަސް އިންސިކުއްޖާއަށް އަނިޔާއެއް ލިބިދާނެ.. އޭރަށް އަހަރެން މި މާހައުލަށް އައި މަގުސަދުގެ ބޭނުމެއް ނޯންނާނެ..” ރަވިކާން ތެދުވެ އެހެން ބުނެލީ ދިވެހި ބަހުން ކަމަށްވާތީ ޒައިލީންއާއި ޒައިދާންއާއި ހެއިލަން ނޫން މީހަކަށް އެބުނި ޖުމްލަތަކުގެ މާނައެއް ނޭނގުނެވެ. އަލްޔާއަށް ކޮންމެވެސް ވަރެއް ނަގައިގަނެވުނު ނަމަވެސް އެއްކޮށެއް ނޭނގުނެވެ.

“މި މާހައުލަށް އައި މަގުސަދޭ..؟؟” ޒައިދާން އިތުރަށް އޮޅުންފިލުވުމުގެ ނިޔަތުގައި އެއްސެވެ. “އާނ.. މި މާހައުލަށް އަހަރެން އައީ އިންސިކުއްޖާ ރައްކާތެރި ކުރަންވެގެން.. އިންސިކުއްޖާއާއި ފުރަތަމަ ބައްދަލުވީއިރު އިންސިކުއްޖާ ވަނީ ނުރައްކަލެއްގެ ތެރޭގައި.. އަހަރެންނަށް އިންސިކުއްޖާ ސަލާމަތް ކުރެވުނީ ކޮންހިތެއް ޖެހިގެން ކަމެއް ނޭނގޭ.. އެދުވަހު އިންސިކުއްޖާ އެކަނި ދޫކޮށްލާފައި ނުދެވޭނެކަން އަހަރެންނަށް އެނގުނީ.. އަދި ޚާއްސަކޮށް އިންސިކުއްޖާ އަހަރެންގެ މަންމައާއި އެހާ ވައްތަރު… އެއަށްފަހުވެސް އިންސިކުއްޖާއަށް ދިމާވާ ކޮންމެ ނުރައްކަލަކުން އަހަރެންނަށް އިންސިކުއްޖާ ސަލާމަތް ކޮށްދެވެނީ ކީއްވެގެންކަމެއް ނޭނގޭ.. ފުރަތަމަ ބާރީގެ ފާރަވެރިންގެ އަތްދަށުން.. ދެން އެ މާހައުލުގައި ޖިންނިން ގައިދުކޮށްފައިވާ ތަނުގެ ތެރެއިން އައި ޖިންނިއެއްގެ ހަމަލާއިން.. ދެން ބާރީގެ އަތްދަށުން.. އައުލްކީން މިނިވަންވިކަން އެނގުމުން އިންސި ކުއްޖާ އާއި އެކީގައި އަހަރެން އަމިއްލަ މާހައުލުވެސް ދޫކޮށްފައި މި ނުދަންނަ މާހައުލަށް އައީ އިންސިކުއްޖާ ރައްކާތެރި ކުރަންވެގެން…” ރަވިކާން އެއް ނޭވާއިން ކިޔާލިއެވެ.

“ސޯ ބޭސިކަލީ ރަވިކާން އެކޮޅުގައި ހުރި ހުރިހާ އެއްޗެއް ދޫކޮށްފައި މިކޮޅަށް އައި މަގްސަދަކީ ހަމައެކަނި ޒައިއޭތަ ތި ބުނީ..؟؟؟” ޒައިދާންގެ ސުވާލުތައްވެސް އެވަރުން ހުއްޓުމަކަށް ނައެވެ. “އާނ.. އިންސިކުއްޖާ އަކީ އަހަރެން މިކޮޅަށް އަންނަންޖެހުނު ހަމައެކަނި ސަބަބަކީ… އިންސިކުއްޖާ ރައްކާތެރި ކުރަންވެގެން.. އިންސި ކުއްޖާގެ ގައިގައި އެންމެ ކޫރުމެއް އެޅޭކަށްވެސް އަހަރެން ނޭދެން.. ” އެހެން ބުނެލިގޮތަށް ރަވިކާން ތެދުވެގެން ހިނގައިގަތެވެ. ފެންފުޅިއެއް ހޯދާށެވެ. ރަވިކާން އެހުރިހާ އެއްޗެއް ކީއިރު ޒައިލީންއަށް އިނދެވުނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. އުފާވާންވެސް ނޭނގިފައި ޒައިލީން އަށް އިނދެވުނެވެ. އެހެންޏާ އުފާވެރިކަމެއް އިހުސާސްކުރެވޭއިރަށް ލޯފުރިގެން ބަންޑުންވާ ޒައިލީންއަށް މިފަހަރު އެހެންނެއް ނުވިއެވެ. ލޯތެރޭ ކަރުނަތައްވެސް ގަނޑުވެފައިވާ ކަހަލައެވެ. ހިތުގައި އުފެދިފައިވާ އުފާވެރިކަމަށްވުރެ ހައިރާންކަން ބޮޑެވެ. ގަބޫލުވެސް ނުކުރެވިފައި ޒައިލީންއަށް އިނދެވުނެވެ. އަލްޔާ ވެސް ހުރީ ސިހިފައެވެ. ރަވިކާންއަކީ އެތައްހާސް މީހުންގެ ތެރެއިން ހޮވާލެވޭނެ ހަމައެކަނި މީހާކަން ރަވިކާން މާ ރަނގަޅަށްވެސް ސާބިތު ކޮށްދީފިއެވެ.

ލަންޗް ބްރޭކް ނިންމާފައި ކްލާހަށް ދިޔައިރުވެސް ޒައިލީން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭރު ވެސް ޒައިލީން އިނީ ޝޮކެއްގައި ކަން ޒައިލީންގެ މޫނަށް ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ.

“ހޯމްވޯކް ނިންމައިގެން އަންނާނީ.. އެހެންނޫނީ މާދަމާ ސްކޫލް ނިންމާފައި ފިލާވަޅުތައް ހަދަން މަޑު ކުރަން ޖެހޭނެ…” ހިސްޓްރީ ކިޔަވައިދޭ ޓީޗަރުގެ ހަރު އަޑުން ކްލާސްތެރެ ގުގުމާލިއެވެ. ހިސްޓްރީ ގަޑި އަކީ ފަހު ގަޑިއަށް ވުމާއި އެކީގައި ޒައިލީން ދަބަހަށް ހުރިހާ ފޮތެއް އަޅާފައި ތެދުވިއެވެ. އެ ގަޑީގައިވެސް ހެއިލަން ހިތްހަމަ ޖައްސުވައިދޭން ޒައިލީން ހެއިލަން އާއި އެތަކެއް ވާހަކައެއް ދެއްކިއެވެ. ހެއިލަން މަދުން ނަމަވެސް ޒައިލީންގެ ވާހަކައިގައި ބައިވެރިވަމުން ދިޔައެވެ. އެ އަޅިކުލައިގެ ދެލޮލުން ފެންނަމުން ދިޔަ ރިހުން ފިލައިގެން ދާހެން ހީވުމުން ޒައިލީންއަށް ކުޑަކޮށް ހިނިތުންވެވުނެވެ.

ޒައިލީން ސްކޫލުން ނުކުމެ ދެ ފަރާތަށް ބަލާލިއެވެ. “ސާޔަލް ގައިމު ބުނި ބަލާ އަންނާނަމޭ..” ސާޔަލް ގެ ހިލަމެއް ނުވުމުން ޒައިލީންއަށް ބުނެވުނެވެ. “އާދިޔަންބޭބެ ކައިރީގައި ކަންނޭނގެ.. އަހަރެމެންވެސް އަވަހަށް ހިނގާބަލަ އެމީހުން ހޯދަން.. އެހެން އެކަކުވެސް މަރުވާތަން ދެކޭކަށް ދޮންބެ ބޭނުމެއް ނޫން ދެނެއް… އަދި ދޮންބެ އެ ބާރީއެއް ނުދެކެން ދުވަހަކުވެސް… އޭނަ ކިހިނެތްތަ ހުންނަނީ..؟؟” ޒައިދާން އަހާލިއެވެ. “އައުލްކީންގެ ދެލޯ ހުންނަ ކުލައިގައި ބާރީގެ ދެލޯވެސް ހުންނާނީ.. ވަރަށް ކްރީޕީ ފާޑަކަށް ހުންނާނީ… މިގަޑީ ޑިސްކްރައިބް ކޮށްދޭކަށް ނޭނގެ..” ޒައިލީން އަވަސް ނޭވާތަކެއް ލަމުން ބުނެލިއެވެ. “އެހުރީ އޭނައެއް ނޫންތަ..؟” ޒައިދާން ކުއްލިއަކަށް މައްޗަށް އިޝާރާތް ކޮށްލުމުން ޒައިލީންއަށް ބަލާލެވުނެވެ. ސްކޫލްގެ ރޫފްޓޮޕްގައި ބޮޑު ހުދުކުލައިގެ ދެވަރަ ފެންނަން ހުއްޓެވެ. ރަވިކާން ދެބުމަ ގޮށްޖަހާލިއެވެ. “އިންސިކުއްޖާ ދެން އަހަރެންގެ ފަހަތުން އައިސްގެންނެއް ނުވާނެ… ދުއްވައިގަނޭ..!!” ސިކުންތެއްވެސް ބޭކާރު ކުރަން ނުހަދާ ރަވިކާން ވަރަ ހުޅުވާލިގޮތަށް މައްޗަށް އުދުއްސައިގަތެވެ.

“ޒައި ނޫޅެން އަޑު އަހާކަށް…” އަރައިގެން ހުރި ސްނިކަރސްގެ ނާޑުވާ އައްސާލަމުން ޒައިލީން ދެފަޔަށް ބާރުލާފައި ސްކޫލްތެރެއަށް ވަންނަން ދުއްވައިގަތެވެ. ރޫފްޓޮޕަށް އެރެން އޮންނާނީ ސްކޫލް ތެރެއިން އެކަނި ކަމަށްވާތީއެވެ. ޒައިލީންގެ ފަހަތުން ކަންބޮޑުވެފައި ހުރެ ހެއިލަން ދުއްވައިގަތެވެ. ޒައިދާން އަލްޔާ އާއި ދިމާލަށް ބަލާލިއިރު އަލްޔާ ހެއިލަން އާއި ޒައިލީންގެ ފަހަތުން ދުއްވައިގަނެފިއެވެ. ގަޑިއަށް ބަލާލާފައި ދަބަސް ކޮނޑަށް ހެޔޮވަރު ކޮށްލަމުން ޒައިދާންވެސް ދުއްވައިގަތެވެ.

ރަވިކާން އުދުހިފައި ދިޔަގޮތަށް ގޮސް އައުލްކީންގެ ގައިގައި އިނގިލިކުރިވެސް ޖައްސާ ނުލެވެނީސް އައުލްކީން އެއްފަރާތަކަށް ޖެހިލައިފިއެވެ. “ކަލޭ ދޯ ފުރަތަމަ އައީ..؟ އެހެންވީމައި އަހަރެން ފުރަތަމަ ވެސް ދުއްވާލާނީ ކަލޭގެ ދުވަސް..” އައުލްކީން ނާމާން ފާޑަކަށް ހިނިގަނޑެއް ޖަހާލިއެވެ. ރަވިކާން ބުމަ ގާތް ކޮށްލިއެވެ. އަދި މަލާމާތް ކުރާ ފާޑަކަށް ހީނލިއެވެ. “މަރު ގާތްވީމައި މީހަކު އުފާފާޅުކޮށް އުޅޭކަން އަދި ކިރިޔާ މި އެނގުނީ…” ރަވިކާން ހީނލި ހީނލުމުން އައުލްކީންގެ ހިތްވަރަށް އަސަރު ކުރިހެން ހީވިއެވެ. “އިންސިކުއްޖާ އުފަލުގައި އުޅެނިކޮށް އަހަރެންނަށް ނިމުނީ..” ރަވިކާން ހިތިގޮތަކަށް ހިނިތުންވެލިއިރު ލޮލަށް ގިނަވެފައިވާ ކަރުނަތައް ފެނުނު މީހެއްގެ ހިތްފަޅައިގެންދާހާވަރު ވާނެއެވެ.

ޒައިލީން ލިފްޓުން ފޭބިއެވެ. ރޫފްޓޮޕްގެ ދޮރު ކުރިމަތީ އެހުރީ ފެންނާށެވެ. ޒައިލީން ވަގުތު ދޮރުގެ އަތްގަނޑުގައި ހިފާ ކޮއްޕާލިއެވެ. “ކީއްވެ މި ނުހުޅުވެނީ..؟؟” ޒައިލީން އަނެއްކާވެސް އަތްގަނޑުގައި ހިފާ އެތެރެއަށް ކޮއްޕާލިއެވެ. ނަމަވެސް ހުޅުވެން ގާތެއްވެސް ނުވިއެވެ. ޒައިލީން އައިރުޅިން ދޮރުގައި ފައިން ޖެހުނެވެ. “މަޑު…” ޒައިލީންގެ ހަނދާނަށް އައީ ތިންވަނަ ގަޑީގައި ރޫބީ އޭނާއަށް ރޫފްޓޮޕަށް ސިޑިން އަރައިގެންވެސް ދެވޭ ވާހަކަ ކިޔާދިން މަތިންނެވެ. ވަގުތު ބޭކާރު ކުރަން ނުހަދާ ޒައިލީން އަނެއްކާވެސް ލިފްޓަށް އަރަން ދުއްވައިގަތެވެ. ލިފްޓް ހުޅުވުނުއިރު އެތެރޭގައި ހެއިލަންވެސް ހުއްޓެވެ. “ރަވިކާން ކޮބާތަ..؟؟” ހެއިލަން ހާސްވެފައި ހުރެ އަހާލިއެވެ. “ލިފްޓުން އަރައިގެން ރޫފްޓޮޕަށް ދެވޭ ދޮރު ހުރީ ތަޅުލާފައި ކަންނޭނގޭ..” ޒައިލީންއަށް ނުރޮވި ހުރީ ހަމަ ކިރިޔަ ކިރިޔާއެވެ. ލިފްޓްގެ ދޮރު ރަނގަޅަށް ނުލެއްޕެނީސް އެއްޗެއް ބަންލާފައި ތަނެއްގައި ޖެހުނު އަޑު އިވުނެވެ. “މާތްކަލާކޯ..!” ގަތް ބިރުން ޒައިލީންއަށް ހެއިލަންގެ ނިވަލަށް ވަދެވުނެވެ. އޭރުވެސް ހިތްތެޅޭވަރުން ހީވަނީ މަގާމުން ބޭރުވެ ހިނގައިދާނެހެންނެވެ.

އައުލްކީން ރަވިކާންގެ ޓީޝާޓުގައި ހިފާ ދުރަށް ހޫރާލިއެވެ. ރަވިކާން ފާރުގައި ޖެހުނުގޮތަށް މަތީގައި މަރާމާތަށް ގެނެސްފައިވާ ދަގަނޑުތައް ތިރިއަށް އޮހިގަތް އަޑު ނުހަނު ބާރަށް އިވުނެވެ.

“ކޮންތާކަށް ކޮންތާކަށް..؟؟” ޒައިދާންމެން ދުވެފައި ލިފްޓަށް އަރަން ދިޔަ މަންޒަރު ފެނުނީ ހިސްޓްރީ ޓީޗަރަށެވެ. “ސަރ.. މި.. މި….” ޒައިދާންއަށް ކިޔައިދޭނެ ގޮތެއް ނޭނގުނެވެ. އޭރު ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރުވެސް ދުވެފައި ކްލާހަކުން ނުކުމެއްޖެއެވެ. “ކޮން އަޑެއް އެ އިވުނީ..؟” ކެމިސްޓްރީ ޓީޗަރު ހާސްވެފައި މައްޗަށް ބަލާލާފައި އަހާލިއެވެ. ޒައިދާން ދުއްވައިގަތެވެ. ވާނުވާގައި ހުރެ އެ ދެ ޓީޗަރުންވެސް ނިންމީ ޒައިދާންމެންގެ ފަހަތުން ދިޔުމަށެވެ.

ސިޑިން އެންމެ މައްޗަށް އެރުނީވެސް ހަތަރުވަރަކަށް މިނެޓްގެ ތެރޭގައެވެ. އެވަގުތުކޮޅުވެސް ޒައިލީން އަށް ވެގެން ދިޔައީ ހަތަރު ގަޑިއިރަށެވެ. އަވަހަށް ދާން ބޭނުންވެފައި ހުރިވަރުންނެވެ. އެންމެ މައްޗަށް ދެވުނުއިރު ޒައިލީން ހުރީ ވަރުބަލިވެފައެވެ. އެވަރުންވެސް ޒައިލީން ގޮސްފައި ރޫފްޓޮޕްގެ ދޮރުގެ އަތް ގަނޑުގައި ހިފާ އަނބުރާލިއެވެ. މިދޮރު ހުޅުވޭނެ ކަމުގެ އުންމީދާއި އެކީގައެވެ. ނަމަވެސް ޒައިލީންގެ އުންމީދުގެ ހުޅުކޮޅު ނިވިގެން ދިޔައީ އެ ދޮރު ވެސް ނުހުޅުވުމުންނެވެ. “ދައްކަބަލަ ހެއިލް އަތަށް… ޒައި.. އަން ފެންފުޅިއެއް..” ހެއިލަން ދަބަހުން ފެންފުޅިއެއް ނަގާފައި ޒައިލީންގެ އަތަށް ލައިދީފައި ދޮރާއި ގާތަށް ޖެހުނެވެ. އިނގިލިތަކު ކަށިގޮށްވާލާފައި ހެއިލަން އެ ދޮރު ހުޅުވޭތޯ މަސައްކަތް ކުރަން ފެށިއެވެ.

“ޒައިމެން ކޮބާ..؟” އަލްޔާ އާއި ޒައިދާން އެރީ ލިފްޓަށެވެ. ލިފްޓް ފަޅީގައި ހުންނަ ރޫފްޓޮޕަށް ދެވޭ ދޮރު ކައިރީ އެކަކުވެސް ނެތުމުން އަލްޔާގެ ހިތް ޝައްކާއި ވަހުމުން ފުރުނެވެ. “އަވަހަށް އާދެބެލަ ޑަމީ..!!” އެވަގުތުވެސް އަލްޔާއަށް ޒައިދާންއާއި ދިމާލަށް ގޮވުނީ އެނަމުންނެވެ. ޒައިދާން ލޯއަޅާލާފައި ދޮރުގެ ކައިރީގައި ހުއްޓުނެވެ. “ޕުލް..” އެތަނުގައި ތަތްކޮށްލާފައިވާ ކަރުދާސްކޮޅުގައި ޖަހާފައިވާ އިބާރާތްކޮޅު ކިޔާލިއެވެ. އަދި ދޮރުގެ އަތްގަނޑުގައި ހިފާ ގަޔާ ކައިރިއަށް ދަމާލިއެވެ. ދޮރު ވަގުތުން ހުޅުވުނެވެ. “އާދޭ އަވަހަށް..” ޒައިދާން އެހެން ބުނެލުމުން ޒައިދާންއަށްވުރެވެސް ކުރިން އަލްޔާ އެތެރެއަށް ވަނެވެ.

“ހެއިލް އަވަސް…” ޒައިލީންގެ ދެލޮލުން ކަރުނަތައް ބަންޑުންނުވެ ހުރީ ކިރިޔަ ކިރިޔާއެވެ. ހެއިލަން ތަޅު ފާޑަކަށް އަނބުރާލިގޮތަށް ބަންލާފައި ދޮރުގައި ފައިން ޖެއްސެވެ. “ނޫން ނުވަންނާތި..!!!” ދޮރު ހުޅުވުނު ވަގުތު ރަވިކާންގެ ހަޅޭކުގެ އަޑު އިވުނެވެ. ޒައިލީންއަށް އެ އަޑު އިވުނުއިރު މާލަސްވެއްޖެއެވެ. ދޮރު ހުޅުވާލެވުނުތަނާހެން ޒައިލީންގެ ލޮލުގައި އަޅައިގަތީ މަތިންދާ ބޯޓެއްހެން ވައިކަފާފައި އޭނާއާއި ދިމާލަށް އުދުހެމުން އައި އައުލްކީންއެވެ.

ރަވިކާންއަށް ބޮލުގައި އަތް އަޅާލެވުނެވެ. އެ ކުޑަ ވަގުތުކޮޅުވެސް އައުލްކީން އާއި ހަނގުރާމަ ކުރަމުން ރަވިކާން ރޫފްޓޮޕަށް އެރެން ހުރި އެ ދޮރު ތަޅުލީ ޒައިލީން ގޮތްދޫނުކޮށް އޭނާގެ ފަހަތުން އައިސްދާނެ ކަމަށެވެ. ނަމަވެސް ޒައިލީންގެ ބޯހަރުކަމުން ނާންނާށޭ ބުނުމުންވެސް އެ އައީއެވެ. ރަވިކާންއަށް ޖެހުނީ އުދުއްސައިގަންނާށެވެ. ގޮތް ހުސްވެގެންނެވެ ހެއިލަންއާއި ޒައިލީން ދެމީހުން ސަލާމަތް ކުރެވެން އޮތީ އެގޮތުން އެކަނި ކަމަށްވާތީއެވެ.

އައުލްކީންގެ އެހަމަލާއިން ހެއިލަންއާއި ޒައިލީން ސަލާމަތްކޮއްފައި ރަވިކާންއަކަށް އަމިއްލަ ނަފްސު ސަލާމަތް ކުރާނެހާ ވަގުތެއް ނޯންނާނެއެވެ. ނަމަވެސް ރަވިކާންގެ ސިކުނޑީގައި ވަނީ ހަމަ އެންމެ މަންޒަރެކެވެ. ކްލާސް ތެރޭގައި ޒައިލީން ހެއިލަންއާއި ވާހަކަ ދެއްކިއިރު އެތުންފަތުގައި ކުޅެފައިވާ ރީތި ހިނިތުންވުމެވެ. ރަވިކާން އެހެން ހަދަން ގަސްތުކުރީ ޒައިލީން ލޯބިވާ ފަރާތަކީ ހެއިލަންކަމަށް އޭނާއަށް އަމިއްލައަށް ޔަގީން ކުރެވުމުންނެވެ. ރަވިކާން އެދިޔަގޮތަށްގޮސް ހެއިލަން ދުރަށް ކޮއްޕާލިއެވެ. ނަމަވެސް ޒައިލީން ދުރަށް ކޮއްޕާލުމުގެ ކުރިން އައުލްކީން ޒައިލީންއަށް ދޭން އުޅުނު ބޮޑު ހަމަލާގެ އަމާޒުފަތްގަނޑަކަށްވީ ރަވިކާންއެވެ.
އެއީ އައުލްކީންއަށް ބާރީގެ ފަރާތުން ލިބިފައިވާ ބާރެކެވެ. ވަރުގަދަ ހުދު އަލިގަނޑެއް އެރިއެވެ. އެރި ޝޮކަށް އަމިއްލަ ހަށިގަނޑުވެސް ބެލެންސު ނުކުރެވިގެން އައުލްކީންވެސް މާދުރަށް ވިއްސައިގެން ދިޔައެވެ. ހެއިލަން އޮތީ ތަންކޮޅެއް ދުރުގައި ވެއްޓިފައެވެ. ލިފްޓުން ބޭރަށް ނުކުތް އަލްޔާ އާއި ޒައިދާންގެ އިތުރުން ކެމިސްޓްރީ ޓީޗަރާއި ހިސްޓްރީ ޓީޗަރަށް މަޖުބޫރުވީ ލޮލުގައި އަތް އަޅާށެވެ. އެވެރިވި ހުދު އަލިން ލޯ ހުޅުވައިގެން ހުންނަން އުނދަގޫ ވުމުންނެވެ.

ޒައިލީންއާއި ތަންކޮޅެއް ދުރަށް ރަވިކާން ގުޅައަކަށް ޖެހުނެވެ. ރަވިކާން ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓު ވެސް ވަނީ ވީދައިގެން ގޮސްފައެވެ. އަނގައިގެ އެއްމިޔަކަނުން ލޭގެ ރޮނގެއް ދެމިފައިވާއިރު ލަމުން ދިޔަ އަވަސް ކުރު ނޭވާތަކުން ރަނގަޅަށް ނޭވާ ނުލެވިގެން އުޅެނީހެން ހީވިއެވެ. ރަވިކާންގެ ދެލޯހުޅުވެނީ ކިރިޔާއެވެ. ދެން އިވުނީ ޒައިލީން ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތް އަޑެވެ.

އެހާއިރު ވަންދެން ޒައިލީން ހިފާއްޓާލައިގެން ހުރި ކަރުނަތައް ބޭރުވީ ކުއްލިއަކަށެވެ. ނިމުމެއް ނެތް ކޯރެއް ފަދައިން ޒައިލީންގެ ކޯތާފަތް މަތިން ކަރުނަތައް ނީރާލައިފިއެވެ. ކުއްލިއަކަށް ބިއްލޫރިއެއްޗެއް ފުނޑުފުނޑު ވާފަދަ އަޑެއް އިވުނެވެ. ޒައިދާންއަށް އެދިމާލަށް ބަލާލެވުނެވެ. އެތާކު އައުލްކީންއެއް ނެތެވެ. ނަމަވެސް މައްޗަށް އަރައިގެން ދިޔަ ހުދު އަލިގަނޑު އެންމެންގެ ލޮލުގައި ވަރަށް ރަނގަޅަށް އަޅައިގަތެވެ.

“ޒައިލީން ބޭނުންވާގޮތަށް އެންމެފަހުންވީ.. އައުލްކީން ބަލިވެއްޖެ.. އަހަރެންގެ ނިމުންވެސް އައިސްފި ޒައިދާންއާއި އަލްޔާވެސް އޯކޭ.. ހެއިލަންވެސް ސަލާމަތް ކޮއްދެވިއްޖެ.. ޒައިލީންއަށް އަމިއްލަ ހަޔާތް ލިބިއްޖެ.. ޖިންނިއަކާއި ނުލާ އަމިއްލަ ދުވަސްތައް ވޭތުކޮއްލުމުގެ ނަސީބު އަލުން ލިބެނީ.. އަނބުރާ ނޯމަލްވަނީ.. އިތުރަށް އައުލްކީންއެއް ނާންނާނެ.. އަހަރެންނާއި ކުރިމަތިލާފައި ދެން ރޯކަށް ނުޖެހޭނެ.. ކަންބޮޑުވާވަރު ކަމެއް ދުވަހަކު ނުވާނެ.. އަބަދުވެސް އުޅެވޭނީ އުފަލުގައި.. ދެރަވުމެއް ހިތާމަކުރުމަށް އަބަދަށް އަލްވަދާއު ކިޔާލަން ތައްޔާރުވޭ… އަނބުރާ ކަންތައް ރަނގަޅުވެއްޖެ.. ހެއިލަންއާއެކީ ދެން ދުވަސްތައް އަލުން ހޭދަކޮށްލުމުގެ ފުރުސަތު ލިބެނީ… އިތުރަށް އަހަރެންނެއް އެމީއެއް ލިއަމްއެއް ބާރީއެއްވެސް ނުފެންނާނެ.. ޔުއަރ ގެޓިންގ ޔުއަރ ނޯރމަލް ލައިފް ބެކް ލައިކް ޓޫ އިޔަރސް އެގޯ ޒައިލީން..” ޒައިލީން ބޭނުންވެފަ ހުރިގޮތަށް ކަންތައްތައް ވީކަމަށް ހީކޮށް ހަށިގަނޑުގައި ހުރި ފަހު ހަކަތަކޮޅު ބޭނުންކޮށްލައިގެން ރަވިކާން ބުނެލިއެވެ. އަޑު ނުކުތީވެސް ވައިއަޑަކުންނެވެ. ޒައިލީންއަށް އެ އަޑު އިވުނީ ވެސް ކިރިޔަ ކިރިޔާއެވެ.

ރަވިކާންއާއި ޖެހިގެން އިން ޒައިލީންއަށް ބާރަށް ރޮއިގަނެވުނެވެ. ހީވަނީ މީހަކު އޭނާގެ ހިތް ކުދިކުދި ކުރަމުން ގެންދިޔަ ހެންނެވެ. ޒައިލީން ރަވިކާންގެ ވަރަ އެކީއެކަށް ނޮޅާލާހިތްވިއެވެ. “ދުނިޔޭގެ އެންމެ މޮޔަ މީހާ.. ތިޔަ ސިކުނޑީގެ ވިސްނުން ވަނީ އެކޮޅުކޮޅުން.. ފެންނަހާ މަންޒަރަކުން ނެގީ ނުބައި މާނައެއް.. އިޓްސް ނޮޓް ހެއިލަން.. އިޓްސް ޔޫ.!..” ރޮވިފައި ޒައިލީން ބުނެލިއެވެ.

ރަވިކާން މަރުވެއްޖިއްޔާ ދުވަހަކުވެސް އަމިއްލަ ނަފުސަކަށް މާފެއް ނުކުރެވޭނެ.. ރަވިކާން ފުރާނަ އަތްމައްޗަށް ލައިގެން ޒައިލީން ރައްކާތެރިކުރިއިރު އެކަން ދުވަހަކުވެސް އަނބުރާ ރައްދެއް ނުކުރެވޭނެ.. އަނެއް ދުނިޔޭގައި ވީހުރިހާކަމެއް މިދުނިޔެއަށް އާދެވުމުން ހީވީ ހުވަފެނެއް ފެނުނުހެން.. އެކަމަކު ރަވިކާން އަމިއްލައަށް އަންގައިދިނީ އެއީ ހަގީގަތްކަން.. އަދިވެސް އޮޅުން އަރާނަމަ ބުނެލަން.. ހެއިލަންއެއް ނޫން.. އިޓްސް ޔޫ. ރަވިކާން.. ދެން މަރުނުވާތި.!!” ރޮމުން ރޮމުން ޒައިލީން ހިތުތެރޭގައިވާ ހުރިހާ ހަގީގަތެއް ބޭރުކުރަމުން ގެންދިޔައެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ހިތި ނިމުން 1

Next

ނޭދެމޭ ވަކިވުމެއް-16

Next
October 2, 2020

ނޭދެމޭ ވަކިވުމެއް-16

Previews
October 1, 2020

ހިތި ނިމުން 1

61 Comments!

  1. ❤️Scarlet❤️ says:
    October 2, 2020 at 3:03 pm

    Me first! Yayyyy

    1. Anonymous says:
      October 2, 2020 at 4:22 pm

      Vvvvvvvvvvvvvvvvvvvv Reethi! Hama speechless vejje! Next part avahah up kohdhehche! Pls Pls

    2. yooon yooon says:
      October 3, 2020 at 11:15 pm

      Labba Scarlet dearlss you first ?✨? Thank you so muxh dear ?✨? tc

    3. yooon yooon says:
      October 3, 2020 at 11:17 pm

      Thank you so much anonymous ?✨? aww i am so happy to knw that ?? but rlly srry for the late replies ? labba insha allah yoon try kuraanan avahah genesdheveythw nxt part ingeii

    4. ❤️Scarlet❤️ says:
      October 4, 2020 at 8:05 am

      Hehe anonymous was me

    5. yooon yooon says:
      October 4, 2020 at 10:20 am

      Owh Alheii swry ingeii dearlss ?? Thanks a lot Yoon vrh ufaa vejje ?✨? rlly rlly happy ?✨? take care Scarlet dear ??? N stay safe

  2. luciyaa says:
    October 2, 2020 at 3:07 pm

    woahhh yooonnnyy ..aweesssooommee .. full of curiousssss wowww soo nice this part vx // i hope next part vx mihaa nice vaane kamah.. when next dhooonyya .stay safe my fave author n the best…lotsof love from me darling

    1. yooon yooon says:
      October 3, 2020 at 11:20 pm

      Awww thank you so muxh lucyyyy ?✨? Alheii so happy to knw that ?? labba insha allah nxt ves huriha readers ah kamudhaane kamah unmeedhu kuran yoon ?✨? nxt insha allah tmrw or day after tmrw ingeii ?? awwn thats so sweet of u luciyaa thanks a lot ?? Lots n lots of more love frm me ?✨? take care

  3. Een says:
    October 2, 2020 at 3:14 pm

    ❣️?❣️?❣️❣️??Omggggggggggggggggg
    ????Finally my fav story up vejje
    ?????This part is perfect as usual
    ?????Curiously waiting for the next part
    ??Lots and lots and lots and lots of love
    ♥️♥️♥️♥️Take very good care
    ????Stay safe
    ♥️♥️♥️♥️♥️My fav author

    1. Een says:
      October 2, 2020 at 5:50 pm

      Alhe nooooo pls ravikaan maraanulaathi pls pls pls alhugandah takaaaaaaaa pls yoooooonnnnnn

    2. yooon yooon says:
      October 3, 2020 at 11:23 pm

      Alheii I am so happy to knw that ?✨? Thank you so much Een ?✨? labba keep waitin ? aww lots of more love frm me ?✨? Aww Een one of the sweetest gurl ik ??? you stay safe too ??? take care

    3. yooon yooon says:
      October 3, 2020 at 11:25 pm

      Alheii lets see dhw Een dearlss ?? Lets see insha allah nxt vrh avahah kiyaalan libeyne

  4. Anonymous says:
    October 2, 2020 at 3:47 pm

    Alheyyy vrh obi hingeyy mi part vs…. Ohh god…. alhe ravikaan vs visnaa goiyy dhww…. Dhn ravikaan maru nuvahchey…. Eyrun zaileen kihaa dhera vaane tha…. Plxx ravikaan…. May god give him strength to fight death…. alheyy ingeyy mee vaahaka eh kan vs… Ekam sifa kurun thakaa ibaaraai kurun hunna gothun heevany hama real hen…. Ehn ve mi kiyeny ehn vs…. Anyways kon irakun aneh part…. Curiously Waiting….. avahah up kohdhehchey….. next part kiyaa hithun hama keh madhuvey eba mihaaru….. Alhe ravikaan ehn bunyma rovijje hama aslah vs… Alhe esoru fakeerah haadha asareh kuraane eyyyy dhw…… Adhi zaileen ah vaane varu visnaalabala….. Gosh avahah up kohdhehchey….. Plxx plxxxxx plxxxxx…….

    1. yooon yooon says:
      October 3, 2020 at 11:28 pm

      Aww vrh bodah thank u anonymous ?✨? Ahaha lets see ?? Yesh zailyn vrh dhera wane dhw eyrun ? Awwn thats so sweet of u yoon vrh ufaa vejje ??✨? nxt insha allah maadhn or maadhan noon aneh dhuvahu ?✨? labba labba insha allah will try my best to upload the nxt soon ??? Thanx a lot again anonymous dear

  5. NAANI says:
    October 2, 2020 at 4:29 pm

    Mi part ves vrh salhi ??masha allah ❤️❤️
    Alheyy ravikaan maru nuvahchey.. ravikaan aa zaileen gulhen beynumey… Plx plxxx
    Curiously waiting for the next part..
    Tc❤️❤️

    1. yooon yooon says:
      October 3, 2020 at 11:30 pm

      Aww vrh bodah thankss Naani dear ?✨? alheii lets see dhw dhn waane goiyh ?? keep waitin ?? You take care too dearlingss

  6. sad gu says:
    October 2, 2020 at 4:43 pm

    Omg NOOOOO !!! ???????? Is he dying…..?? no yooon please ehen nuhadhaa ????? alhugandah ves rovije mi partu kiaafa ?????? Kon iraaun next part up kohdheynee….?? ???? i cant wait

    1. yooon yooon says:
      October 3, 2020 at 11:32 pm

      Thank u so much Sad gu ?✨? Alheii lets see dhw ?? Alheii happy to knw that ?? Nxt insha allah tmrw or day after tmrw genesdheveythw yoon try kuraanan ?? keep waitin

  7. Saeedha says:
    October 2, 2020 at 4:47 pm

    I have to be honest…. Mi bai kiyunu iru loluga karuna huri nuroyas ? haadha emotional ey….. Vaahaka eh viyas hama heevaanee scene thah kurimathee fenna hen…. So beautiful ekamaku ravikan maruvaaneetha?.. ? e kujaa ah ehen nuhadhaa yoon ? zaileen haadha dhera vaaney alhey hama varah emotional vejje mi bai kiyaafa….. Yoon varah hunaruveri maasha allah.. Adhi alah mi rovunee vaahaka eh kiyaagen ? aneh bai kon dhuvahu

    1. yooon yooon says:
      October 3, 2020 at 11:35 pm

      Awwn thank u vrh bodah ?✨? alheii ??? vrh vrh ufaavejje thankx a lot Saeedha ?✨? lets see dhw if he is gonna die thw nooni noon thw ehehe ?? alhey i am so happy to knw that thank you so much ??? Thank u so so much Saeedha ?? Aneh bai insha allah maadhan or maadhan noon aneh dhuvahu ingeii

  8. lin says:
    October 2, 2020 at 5:00 pm

    Yoon sis ravikaan maruvaneetha alheyy ???
    Lin ves kiriyaa nurovi huree kee iru ???
    Dhuvas koffa ves dhigu kih genaima varah ufaavi ???
    Aulkeen gadu maruvytha mihaaru ???
    Aadhiyan huree salaamathun baa ???
    Hama hus suvaalu dho ???
    Love you yoon ???
    Tell me next part annaane date please ingey ???
    Take care ??

    1. yooon yooon says:
      October 3, 2020 at 11:40 pm

      Alheii we’ll see dhw ?? Alheii Thank you so much Lin ?✨? Aww swry ingeii ehaa gina dhuvas kollaafa genesdhevunyma ?? Yoon mi stry liyan 2 sites ah.. And aneh site in up nuvyma mi site in up nukohdhevunee ingei ?? aulkyn ah v goiyh nxt part ga ingeyne ?? Lets see dhw ? Ahaha issoke i luv all your feedbacks and questions ?? makes me rlly happy to read them ?✨? Love u more Lin dear ?✨? Insha allah Sunday, 4th Oct 2020 ga or Monday, 5th oct 2020 ga nxt kiyaalan libeyne ?? You take care too ingeii

  9. ♥nausha♥ says:
    October 2, 2020 at 5:22 pm

    Maasha allah haadha reethi vaahaka ekey?

    1. yooon yooon says:
      October 3, 2020 at 11:42 pm

      Aww vrh bodah thank u Nausha dear ?✨? vrh ufaavejje yoon ?✨? take carw

  10. daaniyal says:
    October 2, 2020 at 5:25 pm

    Hama ragalhah bunefa eynee.. Ravikaan aki 1 in a million ?? ekamaku ves haadha dhera ey e vee goih? varah dhera vehji aharen.. Alhey ahun ge catbrow maraanulaathi please ?? yooonyyy please ket him live

    1. yooon yooon says:
      October 3, 2020 at 11:44 pm

      Aww yesh dhw ehehe ??? Alheii ? Lets see dhw ? Thank you so much daaniyal ?✨? Alheii lets see dhw ehehehe ??? tgc

  11. Maash says:
    October 2, 2020 at 5:30 pm

    Wooooooow yooon amazing ??? please Rawikaan ah ehen nuhadhaa????Alhugadah ves rovihjje mi part kiyaafa??? hey aulkeen maruv tha ves baary ves? ok aulkeen men maruviyas but not Rawikaan ?????poor zaileen ?? mee vaahaka akah vias sifakurun thahthah reethi kamun heevany aslehen??? u are the best writer ever??? dhen iny kithah part yooon? Waiting curiously for the next part ?

    1. yooon yooon says:
      October 3, 2020 at 11:46 pm

      Awwn thank you so much Maash ?✨? Alheii ehehe ?? awwn alheii dearls i am rly happy to knw that ?? aulkyn ah v goiyh ingeyne nxt part ga ?? Awwn thats so sweet of you deae vrh vrh vrhh ufaa vejje ?✨?✨? Nxt is the final ?? Ysh keep waitin

  12. daaniyal says:
    October 2, 2020 at 5:32 pm

    Ma favourite yoon akee??? keep up your work

    1. yooon yooon says:
      October 3, 2020 at 11:48 pm

      Awwn yoon vrh ufaa vejje ?✨? Thank u so much daaniyal ?? Labba insha allah will always try my best

  13. Wisher says:
    October 2, 2020 at 5:36 pm

    Mashah heyo aukleen ayyah ve kudi ve fudunas ?? ekamaku magey ravikaan sorah ehen nuhadhaa yoon ? mashaa e soraa ihah dhuvahey dhimaa vee ???

    Lol e majaa ingey emmem rowthy vegen ??? ma ves teary vefa iny kiyaa nimmi iru ?? varah varah salhi the best fictionak story ever ??? ekamaku ves ravikaan dhiri huriya dhee please ??? but still Ilusm yoon dear stay safe and take good care… And u aarif better publish this comment ?? magey dhivehi key eh neh

    1. yooon yooon says:
      October 3, 2020 at 11:50 pm

      Ahahaha alheii ??? Alheii lets see dhw ? Ahaha ?? Awwn thanxx a lot Wishee vrh ufa vejje ?✨? Aw love u more n more Wisher dear ?✨? Labba you stay safe too n tvgc

  14. star says:
    October 2, 2020 at 5:38 pm

    0o0 no way yoon ???? karunun fowvejje baalees ves mihaaru rovigen ??? noon yoon atleast mashah takaa rawikaan dhiri bahahtta

    1. yooon yooon says:
      October 3, 2020 at 11:52 pm

      Alheii ?? Thanks a lot Star ?✨? Alheii lets see dhw dhn waane gotheh ehehe ?? tgc dear

  15. anonymous" says:
    October 2, 2020 at 5:52 pm

    Varah rythi
    Aneh bayah keh madhu
    Avas pls yoon dhooni

    1. yooon yooon says:
      October 3, 2020 at 11:54 pm

      Vrh bodah thank u anonymous” dear ?✨? Aww keep waiting ?✨? labba yoon try kollanan ingeii avas kolleveythw anonymous dhoonii ?? take care dearllss

  16. Ishma says:
    October 2, 2020 at 5:55 pm

    May i reccoment something ? Please make a movie for this story yoon ? varah heartouching ehenve… Pls let ravikaan live…. kuree part ge feshumuga ves iny 29th sep ey dhow ?? and mee 29 sep… oh no does that mean ravikaan died hama aslah ves ?? alhey yoon curious vaa varun hureveney eh noon

    1. yooon yooon says:
      October 3, 2020 at 11:57 pm

      Aww thats so sweet of u Ishma ??? vrh ufaa vejje ?? Alhei lets see dhw if he will die or live ?? yesh 29th September mathin Xai kuree part ga handhan kurani and this part is 29th September wana dhuvas ??? Ahaha lets see dhw ? Thanks Dear ?? Ahaha alheii keep waitin

  17. vix♥ says:
    October 2, 2020 at 6:15 pm

    Maasha allah varah reethi ??
    Dhigu inthizaaru ge nimun varah foni ??
    dhigu veema varah nice ingey ??
    Adhi one more… Emo kamun hama rovijje ??
    Yoon pls pls ravikan ah dhera gotheh nuhadhaathi ??
    my heart might break before the next ??
    Love u so much ??
    Take care yoon ??

    1. yooon yooon says:
      October 4, 2020 at 9:55 am

      Aww Thank you so much vix dear ?✨? vrh ufaa vejje ?✨? alheii ? Let’s see dhw hehe ?? Love you more vix ?✨? you take care too dear

  18. Blue? says:
    October 2, 2020 at 6:44 pm

    Alheyy yooon dear vvv reethi mi prt maa shaa allah??….hama totally speechless???….alhe yooon haadha dheravejjey mi prt kiyaafa???….dhuvahaku storyy eh kiyaafa curious nuvaavarah dhn oih prt kiyann mifaharu curious vehje???…yooon alhe plx plx dont let rawikaaan die??….eyrah i will be extremely sad?? plx yoon rawikaan ashaa xai ah happy ending eh dhehcheyy story nimey iru…curiously waiting 4 the nxt prt??….avahah upload kohdhehchey yoon dear dhn oih prt???… ly❤❤

    1. yooon yooon says:
      October 4, 2020 at 9:58 am

      Aww thanks a lot Blue dear ?✨? I am so happy to knw that ?? Alheii let’s see dhw dhn if he dies or not ?? Labba Insha Allah yoon try kollanan avahah up kolla dheweythww ?✨? Love you more dearlss ?✨? take care

  19. ?Ril? says:
    October 2, 2020 at 6:56 pm

    Wow mi part ves vrh sali?????????????❤️❤️???
    Masha Allah????
    Aleyy noon ravikaan marunuvaathi ???????????????
    Ril ves vrh dera vehje rovihje mi part kiyaafaa???????
    Plss ravikaan maraanulaachey????
    Zaileen bunee dhw ravikaan deke like vaa vaahaka❤️❤️❤️❤️ konmegothaka bunya ebunee like vaa vaahaka dhw aslu ?❤️❤️❤️
    Plss Yoon dhen oi baa vrh avaha up❤️❤️❤️???? kohladheychey and make a miracle plss ❤️❤️
    Ingey yooon❤️❤️❤️????
    ޒައިލީން އާ ރަވިކާން ގުޅުވާދީބަ އިނގ❤️❤️❤️
    Waiting for the next part ❤️❤️
    Luv uuu❤️❤️
    Stay safe❤️❤️❤️

    1. yooon yooon says:
      October 4, 2020 at 10:00 am

      Aww thank you so much Ril dearlss ?✨? Alheii ?? Labba she revealed that she liked him ?? Labba Insha Allah will try to upload the nxt soon ?✨? Keep waitin ?? Love u more and more Ril dearlings ?✨? You stay safe too ?✨? take good care

  20. Am❤❤❤ says:
    October 3, 2020 at 5:15 am

    Vvv reethi mi part vex
    Waiting for the next part
    Stay home stay safe

    1. yooon yooon says:
      October 4, 2020 at 10:02 am

      Thank you so so much Am ?✨? Keep waiting dear Insha Allah try kollanan avahah up kolla dheweythww ?✨? you stay safe too Am dear

  21. Eekko_11 says:
    October 3, 2020 at 10:41 am

    Yoon lwbiii???
    Vrh vrh reethi mi part ves dear
    But please rawikaan marunuvaaaaaaathi?????
    Please please please rawikaan marunuvaaaaaaathi
    Yoon hama rovijje mi part kiyaafa
    Heevany hama kurimathyyga hingaa kameh hen
    Please don’t happen anything to rawikaan
    ???????
    But story vrh habbu ingey
    Lyssssssssm and tc
    Stay safe

    1. yooon yooon says:
      October 4, 2020 at 10:04 am

      Aww thanks a lot Eekko lwbiiiiii ?✨? thank u so much ?✨? Ahaha Let’s see dhw if he dies or lives ?? Alheii I am so happy to knw that ?? Love u more n more Eekko dear ?✨? you stay safe too

  22. Naa You says:
    October 3, 2020 at 12:11 pm

    Alhe yoonee thanks up kodhiniima ekm v lahun dhww cmnt mi kurevenii…adhi nuvs kiyan hoping your alright….dherave kuru cmnt eh kuran jehuniima but buxy life dhww.????????naayoo midhiya dhuvas thakuga evvis varakah site nubalan course work ah othiima ekm Hama hithuga inii rawikaan bunaanii kiike baa ey…..
    Lots of luv….❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    TC yooniii..sisoooo v loavbs from me…
    ?❤️?❤️?❤️??❤️?❤️?❤️?❤️?❤️?❤️?❤️?

    1. yooon yooon says:
      October 4, 2020 at 10:08 am

      Aww your welcome Naayoo dear ?✨? Alheii issoke dear lahun viyas Naayoo ge comment eh vx libunyma Yoon vrh happy ?✨? Alheii dear it’s alright ey ?? Awhh dear I am so happy to knw that ?✨? thank u so so much Naayoo dear ?✨? Lots and lots of more love ?✨? You take care too Naayoo ?✨? Aww luv you more n more Naayoo dear ?✨? stay safe

  23. Maany says:
    October 3, 2020 at 2:13 pm

    Hi sis mi part vx varah reethi masha Allah sis rawikaan maraanulachee mi part kiyaafa hama rangalhah vx rovijje
    Waiting for the next
    Lysm ❤️❤️❤️

    1. yooon yooon says:
      October 4, 2020 at 10:10 am

      Hei Maaany dearlss ?✨? Thank you so much Maany dearlss ?✨? Keep waiting ??? Aww Love u more n more ?✨? take care

  24. ❤️김태형❤️ says:
    October 3, 2020 at 3:09 pm

    Vrh Sali mi part ves⁦❤️⁩⁦❤️⁩
    Plss sis ravikaan maraanulaachey ingeyy
    އެން ޒައިލީން އާރަވިކާން އާ ވަކިވެއްޗެއްޔާ ނޭގެ ވާނެ ގޮތެއްވެސް
    އެން ދިސް އިސް ދަ ބެސްޓް ފިކްޝަނަލް ސްޓޯރީ އައިހޭވް އެވާ ރީޑެން⁦❤️⁩⁦❤️⁩⁦❤️⁩
    އެން އައިއެމް އޯލްވޭސް ވިތް ޔޫ ސިސް
    ދެން އޮތްވާ އަވަހައް އަޕް ކޮއްލަދޭއްޗޭ އިނގޭ ސިސް
    ވަރައް ކިޔާހިތުން މިހުރީ⁦❤️⁩⁦❤️⁩
    ހެހެހެހެހެެ⁦❤️⁩⁦❤️⁩
    ލަވްޔޫ ސޯމަޗް
    ⁦❤️⁩⁦❤️⁩⁦❤️⁩

    1. yooon yooon says:
      October 4, 2020 at 10:17 am

      Aww Thanks a lot dear ?✨? Alheii let’s see dhw ehehe ??? Awwn vrh vrh ufaa vejje dear thanx a lot ?✨? Awwn it feels rlly nice to knw that you’ll be with me ?✨? Ahaha yeah Insha Allah will try my best to upload it soon ?? Aww love you more n more ?✨? take care dearlingss

  25. އަރޫ says:
    October 3, 2020 at 7:53 pm

    Yoon sissy miss you so much
    Vrh salhi stry
    Masha Allah
    Love u sis and Tc

    1. yooon yooon says:
      October 4, 2020 at 10:18 am

      Aww Miss u more Aru dear ?✨? Thank u so much dearlss ?✨? Love a lot more Aru ?✨? you take care too my lwbi dearlss

  26. Anaa says:
    October 4, 2020 at 3:55 pm

    When next ??? very heart touching ??

    1. yooon yooon says:
      October 4, 2020 at 6:12 pm

      Awwwn thanks a lot Anaa vrh ufaavejje ?✨? insha allah yoon try kollaanan maadhamaa part 29 upload kolla dheveythw ingeii ??? thanx a lot dearlss

  27. uha says:
    October 5, 2020 at 12:17 am

    Maash allah yoon mi bai vs awesome
    Aneh bai kiyaahithun keh madhu
    Take good care yoon
    And love you more than you love me
    I have a feeling you would say love you more
    lol if so then love you more multiplied to infinity
    Because my love for you is endless
    Thank you for bringing an amazing story like this

  28. uha says:
    October 5, 2020 at 12:21 am

    Yoon ge age ingen varah beynun
    Because you are very talented maasha allah
    I study Olevel thos year
    So sorry for not commenting daily
    If you are smaller than me hama hairaan vaane
    Yoon atleast hint eh dheeba
    16 + tha or 16 ah vureh kuda tha?
    I am 16 miadhu
    Miadhu comment kuree ehenve

  29. Queen girl ♕ says:
    October 5, 2020 at 1:52 pm

    Alheyyy this. Is my favourite story.. It is so.so nice.. But I think next part ga heilan Varah dheravaane Eyy zaileen Ehen buneema… BTW Varah salhi mi vaahaka.. Keep it up.. I LOVE YOON GE STORIES Thah… Keep going ❤️?

Comments are closed.

Next Episodeފިޔަފަތް 29 ( ފަހު ބައި )←


All Right Reserved!