ޑޮކުޓަރުކަން ކިޔަވަން ޗައިނާއަށް އަހަރެން ދިޔައީ ހިތާދެކޮޅަށެވެ. ލޯބިވާ މައިރާއާއި ދުރުގައި ހުންނަންޖެހޭތީއެވެ. އެހެނަސް ހިތްވަރުލައި ކިޔެވުމަށް އަހަރެން ފުރީމެވެ. އުއްމީދަކީ ކިޔެވުން ނިއްމާލުމަށްފަހު މާލެއައިސް މައިރާ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުމެވެ. މައިރާވެސް ބޭނުންވާގޮތަކީ އެއީއެވެ. ޗައިނާއަކީ އަހަންނަށް ވަރަށް އާގައުމެކެވެ. އެހެނަސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޗައިނާގެ މާހައުލަށް މަޑުމަޑުން އަހަރެންދިޔައީ ހޭނެމުންނެވެ. ކިޔެވުން ފެށުމާއެކު އުޅެންޖެހުނީ ވަރަށްވެސް ބުރަކޮށެވެ. ދުވާލުދާ ހަތަރުދަމު ކޮލެޖުގައި ހޭދަކުރުމަށްފަހު ނިދާލަން ލިބެނީ ދެގަޑިއިރެވެ. ރޭގަނޑުގެވެސް ބޮޑުބައި ހޭދަވަނީ ފިލާވަޅު […]
ބައްޕައެއްގެ ލޮތްބަކީ ކިހާ މުހިންމު އަދި ބޮޑުވެގެންވާ ނިއުމަތެއްކަން ފަހަރުގައި އެލޯބި ލިބޭބަޔަކަށް ތަސައްވަރުނުކުރެވި ހިނގައިދާނެއެވެ. އެހެނަސް ބައްޕައެއްގެ ލޯ ބިން މަހުރޫމްވެފައިވާ މީހަކަށް އެއޯގާތެރިކަމާއި ލޮތްބަކީ ކޮހިނޫރެއްފަދަ އަގުބޮޑު އެއްޗަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ. މިއަދު އަހަރެން ކިޔާލަދޭން މިއުޅެނީ ޔަޝްވިންގެ ވާހަކައެވެ. އޭނަގެ ހަޔާތުގެ ދެތިން ސަފުހާއެކެވެ. އއ ތޮއްޑޫއަށް އުފަން ޔަޝްވިންއަކީ އެރަށު މަރިޔަމްފާނާއި ހުސެއިން އާދަމަށް ލިބިފައިވާ ދެކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. ޔަޝްވިންގެ ބައްޕައަކީ މަސްވެރިކަންކޮއްގެން އާމްދަނީ ހޯދާމީހެކެވެ. ޔަޝްވިން […]
އެއީ 2012 ވަނަ އަހަރުގައި އައި ޚާއްސަ ދުވަހެކެވެ. ދިރިއުޅުން މާލެއަށް ބަދަލު ކުރިފަހުން އައި އުފަން ދުވަހެވެ. އުމުރުން 18 އަހަރު ފުރުނު އެ ދުވަހަކީ އަލަށް ވެސް އަހަރެން ފޭސްބުކް އެކައުންޓެއް ހުޅުވި ދުވަހެވެ. އަހަރެންގެ ރީތި ފަހުގެ ފޮޓޯތައް އަޕްލޯޑްކޮށް، “ޕްރޮފައިލް” ތަރުތީބުކޮށް ފުރިހަމަކުރީމެވެ. ފޮޓޯތައް އަޕްލޯޑް ކުރުމަށްފަހު އެ ދުވަހު ކޮލެޖަށް ގޮސް، ކޮލެޖް ރައްޓެހިންނަށް ފޭސްބުކް އައިޑީ ދިނީމެވެ. ވަރުވަރުން އެ ދުވަހު “ފްރެންޑް ރިއުކެސްޓް” ތައް އަޔެވެ. އެހެންވެގެން […]
” މިހާރު އެބަކިޔާ.. މިއަންނައަހަރު ސްކޫލަށް ދާން މިރަށަށް އަންނަން ބޭނުމޭ… އަހަރެން ބުނިން އަމްނާގެ އުޅުން ތިހެން ހުންނަންޏާ ކިހިނެއްހޭ މިކަހަލަ ތަނެއްގަ އައިސް އުޅޭނީ.. ދެން އެހެން ބުނީމަ ބުނި ރަގަޅު ކުރާނަމޭ..” ހަލީލް އިތުރަށްވެސް ކިޔައި ދިނެވެ. ހަލީލްބެ ދެއްކި ވާހަކަތަކުން އަހަރެންގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. އަމްނާ އަތުވެއްޖެނަމަ އަހަރެންނަށް އަބަދުވެސް އަމްނާ ފެނިފެނި ހުންނާނެތީވެއެވެ. ************************************************** އަމްނާ ތެދުވުނު އިރު އެގާރަގަޑި ބައިވެސް ވެއްޖެއެވެ. އޭނަ ބޭރަށް ނިކުތްއިރު އަހަރެން […]
އާފާގް އަހަރެންގެ ހަޔާތައްއައީ ނަޔާ ބަހާރެއް ފަދައިންނެވެ. އަހަރެންގެ ދަރިފުޅު ނާވީއަށް އުނިވި ބައްޕައެއްގެ ލޯބި އާފާގް ދެނީ ފުރިއިތުރުވާ މިންވަރަށެވެ. އަހަރެންނަކީ މިހާރު ކާމިޔާބު ނަރުހަކީމެވެ. އާފާގް އަހަންނަށްދިން އިހުތިރާމާއި ލޮތްބަކީ ދުވަހެއްގެ ކޮޅުންވެސް ބަދަލު ދެވޭނެފަދަ ކަންތައްތަކެއް ނޫނެވެ. ނާވީ ނިންދަވަން އަހަރެން އިނީ ގޭގެ ޓެރަހުގަ ހުރި ކުޑަ އުނދޯލީގަ އެވެ. ޖެހިލާ މަޑުވަ އިރޯޅި އިން މޭގައި ފިނިފެން އެއްޗެއް އަޅާލާ ކަހަލައެވެ. އުޑުމަތީގައި ރަސްކަންކުރަމުންދާ ތަރިތައް ފެނި އަހަރެންގެ ހިތައް […]
ސައިރެންގެ އަޑާއެކު ހޮސްޕިޓަލްގެ ތެރެއަށް އެމްބިއުލެންސް ވަދެގެން ދިޔައެވެ. ހޮސްޕިޓަލުގެ ދޮރުމަތީގައި މަޑުކޮށްލުމާއެކު ފަހަތު ދޮރު ހުޅުވާލުމަށްފަހު އެތެރޭގައި ތިބި މެޑިކަލް އޮފިސަރުން ވެގެން ސްޓްރެޗަރ އެއްގައި ސޯބިރާ ބޭރަށް ނެރުނެވެ. އެވަޤުތު ހޮސްޕިޓަލުގެ ތެރެއިން ނިކުން ޑޮކްޓަރުންނާއި ނަރުހުންގެ އެހީއާއެކު އަވަސް ފަރުވާދޭ ބަޔަށް ސޯބިރާ ގެންދިއުމުގެ މަސައްކަތް ވަޤުތުން ފެށިގެން ދިޔައެވެ. އެންބިއުލެންސްގައި އައި ވަޤުތު އައިވިން ނަޔާއަށް ގުޅުމަށްފަހު ވީގޮތް ކިޔައިދިނުމުން ނަޔާވެސް އައިސް ހުއްޓެވެ. ސޯބިރާގެ ދިރުމެއްނެތް މޫނު ފެނުމާއެކު ނަޔާގެ […]
(ތޭރަވަނަ ބައި) ޖެހިގެން އައި ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ކޮޓަރީގެ ރީތިވާ މޭޒުކައިރީ ހުރި ލޯގަނޑު ކުރިމަތީގައި އަލްޔާ އިނީ ރީތިވާށެވެ. މެރޫން ކުލައިގެ ކަކުލަށްވުރެ ތިރިއަށް އަރާ ދޫ އަތްދިގު ހެދުމާއެކު ކަޅު ކުލައިގެ ޖިންސެއް ލާފައިވެއެވެ. ހެދުން އެއްފަޅިން ފަޅާފައިވުމުގެ އިތުރަށް އެހެދުމުގައި މާގިނަ ގޮތެއް ހަދާފައި ނުވެއެވެ. ގަޔަށް ދޫ ސާދާ ހެދުމާއެކުވެސް ދޫކޮށްލާފައިވާ އިސްތަށިގަނޑާއެކު އަލްޔާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އޭނާގެ ފިޔާތޮށިކުލައަރާ ތުންފަތުގައި ލިޕް ގްލޮސް މަޑުމަޑުން ހާކާލުމަށްފަހު […]
އޯ..ގަޑެއްގައިނީމަ ނީވުނީ..އަހަރެންމީ ދޯ..އޯކޭ އަހަރެންމީ… ކާކުހެން ހީވަނީ ހައުވުޑް އައިނޯ؟ތީކަކުކަމެއް..ނޭގޭތީއެއްނު މިއެހީ އެހެން ނޫންނަމަ ބޭކާރުގޮތުގައި އަހާނީ ކާކު..ހަމަގައިމު ތިކާކުކަން އިގޭނަމަ އަހަނެއްނާހާނަން ދޯ..އަހަރެންވެސް އަހަރެންގެ ގޮތުގައި ބުނީމެވެ.. ހުމް..އަހަރެން ކަހަލަ މަންޖެއެއްދޯ..ހެހެ..އަދިވެސް ކަކުކަމެއް ބުނާކަށް ނޫޅެއެވެ.ކޮންކަހަލަ މީހެއްހެއްޔެވެ؟އަހަރެން ރުޅިއައިސް އަނެއްކޮޅަށް މޫނު އަބުރާލިމެވެ. އަހަ.މަންޖެ ރުޅި އައީތަ..އޯކޭ މިބުނަނީ އަހަރެންމީ ކާކުކަން..އައިއޭމް ޔައިޝް ހަސަން.. ބައްޕައަށް ކިޔަނީ އަހުމަދު ހަސަން…މަންމައަށްކިޔަނީ އާމިނަތް ޔަސްމާ…ރެޑްހައުސް..އޭޖް 16… އުފަންދުވަހަކީ 13 އޮގަސްޓް 2004…އައި.. ވެއިޓް ވެއިޓް..13 އޮގަސްޓް..ޔޫނޯވަޓް..އެއީ ޖަޔަމިންގެ […]
އެ ދުވަހަުގެ ކިޔެވުން ނިންމާލުމަށްފަހު ނަދުހާއަށް ގެޔަށް އާދެވުނު އިރު 2 ބައި ވަނީއެވެ. ގެޔަށް ވަދެ އަވަހަށް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީ މަންމަ އަށް ފެނިދާނެތީއެވެ. ބިރުން މަޑު މަޑުން ސިޑީގެ ހަރުފަތަކުގެ މައްޗައް ފިޔަވަޅެއް އަޅަމުން ދިޔާއީ މަޑު މަޑުންނެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް ހާލެވެ. ނަދުހާ އުފަން ވުމުގެ އަސްލު ކަމުގައިވާ މައިންބަފައިން ދެކެ ނަދުހާ އިންތިހާ އަށް ބިރު ގަނެއެވެ. އެއީ ފެންނަ ކޮންމެ ފަހަރަކު ނަދުހާ އާ […]