ފުހެވިގެން ނުދާނޭ – 06 –
ފުން ނޭވާއެއްލަމުން އެލީން ކޮޓަރިން ނުުކުމެ ސިޑިއާއި ދިމާލަށް ދާން މިސްރާބުޖެހިތަނާއި ކޮޓަރީ ދޮރުހުޅުވާލާފައި ނުކުތް ޒެވިޔަންގެ ގައިގައި ޖެހިފައި ވިއްސައިގެންދާން އުޅުނެވެ. ނަމަވެސް، ހުސިޔާރުކަމާއެކު ޒެވިޔަން އެލީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއިރު ޒެވިޔަންގެ ދެލޮލުން އެކަށްޗެއްވެސް ދޭހައެއްނުވެއެވެ. އެލީންގެ ދެލޮލުން ފެނުނީ ބިރުގެންފައިވާކަމެވެ. އެއީ ޒެވިޔަން އެލީންގެ ދެލޮލުން އޭނާއަށް ފެންނަން ބޭނުންވާ އަސަރެވެ. ޒެވިޔަން އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ތަދުވިނަމަވެސް، އެލީން މަސައްކަތްކުރީ އެތަދުގެ އިޙުސާސް ނުކުރެވޭތޯއެވެ. ކުއްލިއަކަށް ޒެވިޔަން އެއްމިޔަކުން ހީނލާފައި އެލީންގެ އުނަގަނޑުގައި ވަށާލެވުފައިވާ އަތް ދޫކޮށްލުމާއެކު އެލީން ކަނޑާ ވައްޓާލި ރުކެއްހެން ބިންމައްޗަށް ވެއްޓެން ދިޔައެވެ. –
ދެލޯ މަރާބާރުކޮށްލެވުނުއިރު އެލީންއަށް އިންތިޒާރުކުރެވުނީ ވެއްޓި ތަދު އިޙުސާސުކުރެވޭނެ ވަގުތަށެވެ. ނަމަވެސް ގަސްދަކާއިނުލައި ލޯ ހުޅުވާލެވުނީ ވެއްޓުމުގެކުރިން އަނެއްކާވެސް ބާރުގަދަ އަތެއްގެ ތެރޭގައި ހައްޔަރުވުމުންނެވެ. އެލީންގެ ގަދަމުށިކުލައިގެ ކަޅިއާއި ޒެވިޔަންގެ ކަޅުކަންގަދަ ކަޅި ބައްދަލުވެގެން ދިޔަހިނދު އެލީން އެސްފިޔަތަށް ތިރިކޮށްލީ ކަމެއް ހަނދާންވިފަދައަކުންނެވެ. ޒެވިޔަން އެލީންގެ އުނަގަނޑުން ދޫކޮށްލާފައި ސިޑިން ފައިބައިގެން ތިރިއަށް ދާން ހިނގައިގަތެވެ. އެލީންވެސް ފުންނޭވާއެއްލަމުން ލައިގެންހުރި އަބާޔާގައި ހިފަހައްޓާލަމުން ކުޑަކޮށް އުފުއްލާލާފައި ސިޑިން ފައިބައިގެން ދިޔައީ ސަމާލުވެހުރެއެވެ. ކާކޮޓަރިއަށް ވަންނަމުން މޭޒުމައްޗަށް ނަޒަރު ހިންގާލިއެވެ.
ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލާފައި އެއްޗެކޭ ބުނަން އެކަކުވެސް ނުވިސްނިއެވެ. ޒެވިޔަން ހެނދުނުގެ ސަޔަށް އިންސާފުކުރަން ފެށިއިރުވެސް އެލީން ކާއެއްޗަކު އަތެއްވެސް ނުލައެވެ. ކިތަންމެ ބަނޑުފައިވެފައި ހުރިނަމަވެސް، ދޮންބައްޕަމެންނާއި އެކު އުޅުނިއިރު ކާން ލިބެނީ ދުވާލަކު އެއްފަހަރުއެވެ. އެވެސް އެމީހުން ކައިފައި ބާކީ ހުންނަ އެތިކޮޅެވެ. ގޭގައި އުޅުނުއިރު ދޮންބައްޕަމެންނާއިއެކު ކެއުމަކީ މަނާ ކަމެކެވެ. ވާހަކަ ދައްކަން ހުއްދަ ނުދެނިސް ދެއްކުމަކީ މަނާ ކަމެކެވެ. އޮޅުމަކުން ކަމެއް ކުރެވިއްޖިއްޔާ އަދަބުލިބެއެވެ. ހަތަރުކަޅި ހަމަކޮށްފިނަމަ މޫނުމައްޗަށް އެތިފަހަރެއް އަރައެވެ. ސުވާލުކުރުމަކީ މަނާކަމެކެވެ. ބުނާ ކަމެއް ނުކޮށްފިޔާ ލިބޭ ތަދުގެ އިޙުސާސް ހަ ގުނަ އިތުރެވެ. އެލީން އޭނާގެ އަމިއްލަ ‘ގޭގައި’ އުޅެން ޖެހުނީ ނޯކަރެއްހެންނެވެ.
“ކީއްވެ ކާން ނުފަށައި ތި އިނީ؟ ” ޒެވިޔަންގެ ފިނި އަޑު އިވިފައި އެލީން ދިޔައީ ސިއްސައިގެންނެވެ. އިސްޖަހާލަމުން ފުންނޭވާއެއްލީ ނޭވާ ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައެވެ.
“އަ..އަޅު..ގަނޑަށް…ކެވޭނެތޯ؟ ” އާގަންނަމުން ވައި އަޑުން އެލީން އެހި އިރު އޭނާ ހުރީ ޒެވިޔަން ކުރާނޭ ކަމަކާއި ދޭތެރޭގައި ވިސްނާށެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ޒެވިޔަން ތެދުވެގެން އޭނާ އާއި ދިމާއަށް އަންނަން ފެށުމުންނެވެ. ދެ އަތް ތުރުތުރު އަޅަމުންދިޔައީ ޒެވިޔަން އޭނާއަށް އަދަބު ދޭނެއޭ ހިތަށް އެރުމުންނެވެ.
“ސޮރީ، ސޮ..ސޮރީ. ޕްލީޒް. ދެން..ސުވާ..ލެއް..ނުކުރާނަން..ޕްލީޒް. ” ޒެވިޔަން އޭނާ ކައިރީގައި ހުއްޓެމުން އަތް އުފުއްލާލުމާއެކު އެލީންއަށް ބޭއިޙުތިޔާރުގައި ބުނެވުނީ މޫނުމަތީގައި ދެއަތް އަޅާ ހުރަސްކޮށްލަމުންނެވެ. އެލީންގެ ހަރަކާތްކުރިގޮތް ފެނިފައި ޒެވިޔަން ހުރީ ޝޮކެއްގައެވެ. ކަޅުކަންގަދަ މުބަ ގޮށްޖަހާލެވުނީ އެލީން ބިރުގެންފަހުރި ވަރު ފެނިފައެވެ. ގުދުވެލަމުން އެލީންގެ އަންގި ލައްވާފައިވާ އަތުގައި މަޑުމަޑުން ހިފަހައްޓާލާފައި ދުރަށްލަމުން އަޅާފައިވާ ނިގާބްގެ މަތިން މަޑުމަޑުން ދަތްދޮޅީގައި ޝަހާދަތް އިނގިލި ކުރި ޖައްސާލަމުން އެލީންގެ އިސްއުފުއްލާލި ނަމަވެސް، އެލީން އެސްފިޔަތަށް ތިރިކޮށްލައިގެން ހުރީ ގަނެފައިވާ ބިރުންނެވެ.
“އަހަންނަށް ބަލާބަލަ. ” މަޑުމައިތިރިކަން އަޑަށް ވެރިކުރުވަމުން ޒެވިޔަން ބުނީ އެލީންގެ ކޮންމެ ހަރަކާތެއް ވަރަށް ރަނގަޅަށް ބަލަމުންނެވެ. އުނދަގޫގޮތަކަށް ފުންނޭވާއެއްލަމުން އެލީން ލަސްލަހުން ޒެވިޔަން އާއި ހަތަރުކަޅި ހަމަކޮށްލި އިރު، އެ ދެލޮލުގައިވީ ބިރުވެރިކަން ފެނިފައި ޒެވިޔަންގެ ސުވާލުތަކަށް ބޮޅެއް ދިޔައީ އިތުރުވަމުންނެވެ.
“ލުކް. އެލީން ބޭނުން އިރަކު ބޭނުން ގަޑިއަކު ކެވޭނެ. ނޯ ނީޑް ޓު އާސްކް އެނީވަން! އޯކޭ؟ ” ފުންނޭވާއެއްލަމުން ޒެވިޔަން ބުނިއިރު އެ ދެލޮލުން ފެނުނު ޔަޤީންކަމަކުން އެލީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެލީންގެ މި ޙަރަކާތް ޒެވިޔަންއަށް ފާހަގަނުވެއް ނުދިޔައެވެ.
ޒެވިޔަންގެ އަނދިރި ދުނިޔެއިން އެލީންއަށް ޖާގައެއް ދޭން ޒެވިޔަން ބޭނުމެއްނުވެއެވެ. އޭނާގެ ދުނިޔެއަކީ އަނދިރިކަމާއި ސިއްރުތަކުން ފުރިފައިވާ ދުނިޔެއެކެވެ. އޭނާގެ އަނދިރިކަމާއި ނުރައްކާތެރި ދިރިއުޅުމާއި އެލީން ބައްދަލުކުރުވާކަށް ޒެވިޔަން ބޭނުމެއްނޫނެވެ. އޭނާގެ ސަބަބުން އިރުތު ފުރާނައެއް ވަކިވެގެން ދާތަން ބަލަން ކިތަންމެ ހަނި ފުރުސަތެއް ނަމަވެސް، ދޭކަށް ނުވިސްނައެވެ. އިރުތު މީހެއް އޭނާގެ ހިތާ ކައިރިވާކަށްވެސް ނޭދެއެވެ. ފުރުސަތެއްވެސް ނުދޭނެއެވެ. ޒެވިޔަން އެލީންއަށް އިތުބާރުނުކުރިނަމަވެސް، އެލީންގެ ޙަޔާތުގައި ވީކަމެއް ހޯދަން ބޭނުންވިއެވެ. އެލީން ފޮރުވަމުންދާ ސިއްރު ހޯދަން އަޒުމުކަނޑަ އެޅިއެވެ. އަދި އެ ސިއްރު ހޯދުމަށް ޒެވިޔަން ހުރީ އެންމެ ކުދި ގާކޮޅުތައް ފޮރޮޅުވަންވެސް އަތުކުރި އޮޅާލައިގެންނެވެ. ނަމަވެސް ޒެވިޔަންއަށް ނުވިސްނުނީ މި ހުރިހާ ސިއްރެއްގެ އެންމެ އަޑިއަށް ފީނައިގަނެގެން ފަހުން އެ ހިތުގައި އުތުރިއަރާނޭ އިޙުސާސްތަކެވެ.
***
“އަނބި ގަބޫލުކޮށްފިން.” ދެކަށް މުއްކަވާލަމުން އިލްފް ބުނިއިރު އޭނާ އާއި ޖެހިގެން އިން ޒީކް ދެލޯ މަރާލަމުން ހުޅުވާލީ ކުރި އިޙުސާސްތައް ފޮރުވާލަމުންނެވެ. ދެމީހުންގެ ކައިވެނިކުރެވިގެން ދިޔަ ނަމަވެސް، އެދެމީހުންގެ މޫނުމަތިން ހިނިތުންވުމެއްގެ އަސަރުވެސް ނުފެނެއެވެ. އަހްވަމް އާއި ރޫބީ މަރުޙަބާ ކީއިރު ރިޔާ ވެސް ހިނިތުންވެލައިގެން ކައިރީގައި ހުއްޓެވެ. ހަތަރު މީހެއް ކޯޓުން ނުކުމެ ކާރާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޢަހްވަމް އާއި ރޫބީގެ އިތުރުން ރިޔާ ވަކިން އޮތް ކާރަކަށް އެރިއިރު ޒީކް އާއި އިލްފް މިސްރާބުޖެހީ އިލްފް ކަޅުކުލައިގެ ފެރާރީ ކާރާއި ދިމާލަށެވެ. ގެއާއި ދިމާލަށް މިސްރާބުޖެހިއިރު ދެމީހުންކުރެ އެކެއްވެސް ވެރިވެފައިވާ މަރުފަދަ ހަމަހިމޭންކަން ނައްތާލާކަށް ނުވިސްނައެވެ. ނޫނީ ދެމީހުން ތިބީ އަމިއްލަ ހިޔާލީ ދުނިޔޭގެ ތެރެއަށް މާބޮޑަށް ފީނައިގަނެވިފައެވެ.
އަމިއްލަ ކައިވެނި ރޭކަމުގައިވީ ނަމަވެސް، އެހާ ޒީނަތްތެރިވާ ހިޔާލެއް ޒީކްގެ ނެތީކަންނޭނގެއެވެ. ލައިގެން ހުރީ ކަޅުކުލައިގެ ރީތި ޑިޒައިންއަކަށް ފަހާލެވިފައިވާ ތަނބިކައްޓާއި ހަމައަށް އަރާ އަތްދިގު ހެދުމެކެވެ. ގަދަ އަޅިކުލައިގެ ސިލްކް ޝޯލް އޮޅާލެވިފައިވީ ރީތިގޮތަކަށެވެ. މޫނުމަތީގައި މޭކަޕުގެ އަސަރު ނެތްނަމަވެސް ތުންފަތުގައިވާ ރަތްކަން އިތުރުވެގެން ދިޔައީ އޭނާގެ އަންނާރުކޮޅެއްފަދަ ކުދި ދަތްކޮޅުތަކުން ތުންފަތުން ލޭއަންނަ ވަރަށް ދަތްއަޅާލުމުންނެވެ. މައްޗަށް ލެނބިފައިވާ ދިގު އެސްފިޔަތައް ތިރިކޮށްލީ ނިދިއައުމުގެ ސަބަބުންކަން ނޭނގެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ސީޓުގައި ބުރަކަށި ޖައްސާލުމާއި އެކުހެން ވެފައިވާ ވަރުބަލީގެ ސަބަބުން ނިދީގެ ފުން ކަނޑަށް ޒީކް ގެނބިގެން ދިޔައެވެ.
ކާރު ގަރާޖުގައި ޕާކުކުރުމަށްފަހު އިލްފް އަނގަހުޅުވާލަމުން ޒީކްއާ ދިމާލަށް އެނބުރިލީ ގެއަށް އާދެވުނު ވާހަކަ ބުނަންށެވެ. ނަމަވެސް ޒީކްއަށް ނިދިފައިވާ މަންޒަރު ފެނިފައި ދެފަރާތަށް ބޯހަލުވާލިއިރު ތުންފަތްމަތީގައި ކުޑަ ހިނިތުންވުމެއް ދުވެލިއެވެ. މަޑުމަޑުން ކާރުން ފައިބަމުން ޒީކްގެ ފަޅިން ދޮރުހުޅުވާލަމުން މަޑުމަޑުން ޒީކްގެ ހިމަ ހަށިގަނޑު އޭނާގެ އަތްދަނޑިމައްޗަށް ނެގިއެވެ.
މަޑު ފިޔަވަޅުތަކެއް ނަގަމުން ސިޑި ހުރަސްކޮށްފައި އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ އިތުރަށް ޒީކް ގަޔާ ކައިރިކޮށްލަމުންނެވެ. ކޮޓަރީ ދޮރު ހުޅުވާލަމުން ފައިން ލައްޕާލުމަށްފަހު މަޑުމަޑުންގޮސް ޒީކް ކިންގް ސައިޒް އެނދުމަތީގައި ބާއްވާލިއެވެ. ފުންނޭވާއެއްލަމުން އޭނާގެ އަންހެނުންނަށް އިލްފް ބަލާލިއެވެ. މެރިފައިވާ ދިގު އެސްފިޔަތަކުގެ ހިޔަނި ކޯތާފަތްމައްޗަށް އެޅިފައިވާއިރު އަޅައިގެންހުރި ޝޯލްގައި ނިދީތެރޭގައި އަތް ހިނގާލިގޮތުން އުނދަގޫވިކަން އިލްފްއަށް ނަގައިގަނެވުނެވެ. މަޑުމަޑުން ގުދުވެލާފައި ޝޯލް ތެރެއިން ނުކުމެފައިވާ އިސްތަށިތައް ވައްދާލުމަށް ނިތްކުރިމަތީގައި އިނގިލިތައް ޖައްސާލުމާއެކުހެން ކުއްލިއަކަށް ޒީކް ލޯހުލުވާލާފައި ދެލޯ ބޮޑުކޮށްލުމުން އިލްފް ދިޔައީ ސިއްސައިގެންނެވެ.
ކުއްލިއަކަށް ޒީކް އެނދުން ފުންމައިގަންނަމުން ގޮށްމުށުގެ އެތިފަހަރެއް އިލްފްގެ ދަތްދޮޅިމައްޗަށް އަރުވާލިއެވެ.
“އައުޗް! ” މަޑުމަޑުން ދަތްދޮޅީގައި ފިރުމާލަމުން އިލްފް ބުނެލީ ޒީކް ދިން ހަމަލާއިން އެރި ކުއްލި ތަދުންނެވެ.
“އަހަރެންގެ ކޮޓަރީ އިލްފް ކީއްތިކުރަނީ؟ ނިކުމޭ! ” އަޑަށް ބާރުލަމުން ޒީކް ބުނިއިރު ހުރީ އަދިވެސް ދެލޯ ބޮޑުކޮށްލައިގެންނެވެ. އިލްފް ދެލޯ ހަނިކޮށްލަމުން ޒީކްއަށް ރުޅިވެރިނަޒަރަކުން ބަލާލަމުން ޒީކްއާއި ދިމާލަށް ފިޔަވަޅުނަގަން ފެށިއެވެ.
“ކީއްތިކުރަނީ؟ ނިކުންނާ….” ޒީކް ބުނަން އުޅުނު ޖުމުލަ ހުއްޓުނީ ކުއްލިއަކަށް އިލްފް ޒީކްގެ އަތުގައި ހިފަމުން ފަހަތަށް އަނބުރާލަމުން ޒީކްގެ ބުރަކަށި އިލްފްގެ މޭމަތީގައި ޖެހިފައި މަތަވުމުންނެވެ. އަވަސް ހަރަކާތެއް ކުރަން އުޅުނު ނަމަވެސް ޒީކް ނާކާމިޔާބުވީ އިލްފް ހުރިހާގޮތަކުން ޒީކްއަށް ބާރުނުދެއްކޭނޭގޮތަށް ލޮކް ކޮއްލުމުންނެވެ.
“ލިސިން ޒީކް، މީ އަހަރެންގެ ގެ، އަހަރެންގެ ކޮޓަރި އެންޑް މިހާރު ޒީކްވެސް ތީ އަހަރެންގެ ވައިފް. ސޯ ތިންކް ވެން ޔޫ ސޭ ސަމްތިންގ އެންޑް ބިހޭވް. ” ޒީކްގެ ކަންފަތާއި ދިމާލަށް ގުދުވެލަމުން ވައިއަޑުން އިލްފް ބުނެލިއިރު އެ އަޑުގައިވީ ނުރައްކާތެރިކަމުން ޒީކްގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. މަޑުމަޑުން ޒީކްގެ ކަންފަތުގައި ތުންފަތްޖައްސާލަމުން އިލްފް ޒީކް ދޫކޮށްލުމަށްފަހު ކޮޓަރީ ބެލްކަންޏަށް ވަނީ ރުޅި ފިނިކޮށްލުމަށެވެ.
މަޑު ހިނގުމެއްގައިގޮސް އިލްފް ހުއްޓެލީ ބޭރުފެންނަ ހިސާބުގައެވެ. އިސްއުފުލާލަމުން އުޑުގައި ފިކުރެއް ހިޔާލެއްނެތި ރަސްކަންކުރަމުންދިޔަ ހަނދަށް ނަޒަރު ހުއްޓާލިއެވެ. ތަރުތީބެއްނެތި އުކާލެވިފައިވާ ތަރިތައް ފިޔަޖަހަމުންދިޔައީ އެހެން ރޭރެއާއި އަޅާބަލާއިރު ނުހަނު ފުރިހަމަކަމާއިއެކުގައެވެ. ޖެހިލި ފިނި ވައިރޯޅީގެ އެހީގައި ބެލްކަނީގައިވާ މާތަކުގެ ހިތްގައިމު ވަސް މުޅިތަނަށް ފެތުރިގެން ދިޔައިރު އެ ވައިރޯޅީގެ ސަމާސާގައި ބައިވެރިވަމުން އިލްފްގެ ކަޅު ރޭގަނޑެއްފަދަ އިސްތަށިގަނޑު އޭނާގެ ދެލޮލަށް ނިވާއަޅާލުމުގައި ކާމިޔާބުކުރަމުންނެވެ. ކުއްލިއަކަށް މުޅި މާހައުލުގައި ގުގުމާލައިގެން ދިޔައީ އިލްފްގެ ފޯން ރިންގް ވާން ފެށި އަޑެވެ.
“ކޮބާ ހަމަޖެހެވިއްޖެ ދޯ؟ ” ފޯނުގެ އަނެއްކޮޅުން އިވުނީ ބަރު އަޑެކެވެ.
“ލައްބަ ސަރ! އަޑުގަނޑު ބޭނުން އެ ކޭސް ނަގަން. ” އިލްފް އެހެން ބުނިއިރު އެ އަޑުގައި އެއްވެސް ކަހަލަ އަސަރެއްނެތެވެ. ނަމަވެސް އިލްފްގެ ދެއަށް މުއްކެވިގެންދިޔައެވެ.
“އޯކޭ. އިލްފް ނުބުންޏަސް ސަރ އުޅުނީ އެ ކޭސް އިލްފް އާއި ހަވާލުކުރަން. އެއީ އެ ކޭސް އެންމެ ކުރާހިތުން ކުރާނީވެސް އަދި އެ ކޭސްގެ ހުރިހާކަމެއް ބެލެހެއްޓުމަށް އެންމެ އެކަށޭނޭ މީހަކީ ތީކަން ސަރ އަށް ޔަޤީންވާތީވެ. ” އެކޮޅުން ކުޑަ ހުނުމަކާއިއެކު އެ ފިރިހެންމިހާ ބުންޏެވެ.
“އެހެންވީމާ ފައިލްސް ތަކާ އޭރު ރިކޯށްކުރެވިފައިވާ އެއްޗެހިތަށް ދާނިޝް އާއި ހަވާލުކުރާނަން. ” އަނެއްކާވެސް އެކޮޅުން ބުންޏެވެ.
“މިހާރު އެމީހުން މިކޮޅަށް އައީތަ؟ ” އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން އިލްފް އެއްސެވެ.
“ނޫން. ދެތިން ދުވަސް ތެރޭގައި ހުރިހާ ކަމެއް ރެޑީކޮށްފަ އަދި ތިކޮޅުގެ މީހުންނާއި ވާހަކަދައްކާފަ އެމީހުން ފޮނުވާނަން. ”
“އެހެން ވީމާ އަދި ތިން ދުވަހު މަޑުކުރަންވީ. ” އިލްފްގެ އަޑުގައި ކުޑަ ނުރުހުމުގެ އަސަރެއްވިއެވެ.
“އާން. ދެން ކެއްތެރިވޭ. ﷲގެ އިރާދަފުޅާއެކު އެކަމުގެ ހަޤީޤަތް ފެންމަތިވެގެން އަންނާނެ ވަރަށް އަވަހަށް. ” މިހަފަރު އެކޮޅުން ވާހަކަ ދެއްކިއިރު އެ އަޑުގައިވީ ތަފާތު އަސަރެކެވެ.
“އެއީ ކުރަން އެހާ ފަސޭހަކަމެއް ނޫން. އެމީހުން އެއީ ކޮން ގޭންގެއްކަން އެނގުނަސް އެމީހުންގެ ގޭންގް ގެ އިސްވެރިއަކީ ކާކުކަން އަދި އަލަށްދާންދެންވެސް މީހަކަށް ނޭނގޭ، ވަރަށް ހުޝިޔާރު. ” އިލްފް ދެބުމަ ގޮށްޖަހާލަމުން ބުނެލުމާއިއެކު ފޯނުގެ އަނެއް ފަރާތުގައިވީ މީހާ ފުން ނޭވާއެއް ދޫކޮށްލިއަޑު އިވުނެވެ.
“ތިކަން ސަރ އަށް ވެސް އެނގޭ. އެކަމަކު އިލްފް ތީ މި އެންމެންގެ ތެރެއިން ސަރ ޓްރެއިން ކުރުވާފައިހުރި އެންމެ މޮޅު ވިސްނުން ތޫނު ޒުވާނަކީ. ޒެވިޔަން ވެސް. އަހަރެން ހުންނާނީ ތި ދެމީހުންނަށް ރަނގަޅަށް އުކުޅުތައް ބޭނުންކުރަން ދަސްކޮށްދީފަ އެންޑް އިލްފް އާއި ޒެވިޔަން ތީ އެކައްޗެއް. ދެމީހުންވެސް ބޭނުންވަނީ އެމީހުންނަށް އިންސާފު ހޯދައިދޭން. އަދި ތި ދެމީހުން އެކަން ކުރި މީހުންވެސް ހޯދަން އެންމެ ކުދިކުދި ގާކޮޅުތައްވެސް ފޮރޮޅުވަން ތަށްޔާރަށް ހުރިކަން ސަރ އަށް އެނގޭ. ޒެވިޔަން އާއި އިލްފް ބަލިކުރުމަކީ އެހާ ފަސޭހައިން ވާނެކަމެއް ނޫން. އެމީހުންނަށްވުރެ އަހަރުމެން ޖެހޭނެ ހުށިޔާރުވާން. ދެން އަހަރެން ދާނިޝްމެން ފޮނުވާނަން ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް. މި ކޭސްގެ ހުރިހާ ކަމެއްގައި ލީޑް ކުރާނީ އިލްފް. އިލްފްގެ ދަށުން ހުންނާނީ ޒެވިޔަން. އަހަރެން ޒެވިޔަންއަށް މިހާރު ޓާސްކެއް ހަވާލުކޮށްފިން. އޭނާ އާއި ފަހުން ގުޅައިގެން އޮޅުން ފިލުވާ. ހުރިހާ މައުލޫމާތެއް ކިޔާދޭނެ. ” އަނެއްކާވެސް އެ ފިރިހެން މީހާ ބުންޏެވެ. އެމީހާގެ ވާހަކަ ހުރިގޮތުން އިލްފްމެން ކުރަން އެ އުޅެނީ ވަރަށްވެސް ނުރައްކާތެރިކަމެއްކަން އަޑުއަހަން ހުރި ކޮންމެ މީހަކަށްވެސް ނަގައިގަނެވޭނެކަން ގައިމެވެ.
“އަހަރެންގެ ނޭވާ ހަށިގަނޑާއި ވަކިވަންދެންވެސް މިކަން ކާމިޔާބުނުކޮށް ހުއްޓާއެއް ނުލާނަން. ” ކުރަން އުޅުނީ ކިތަންމެ ނުރައްކާތެރިކަމެއްކަން އެނގުނު ނަމަވެސް، އިލްފް އޭނާ ކުރަން އުޅޭ ކަންތައް ކާމިޔާބުނުވަނީސް އަމާންދޭކަށް ނުވިސްނައެވެ. އޭނާ ބޭނުންވާއެއްޗެއް ހޯދާފައި ނޫނީ އޭނާ ހުއްޓައެއް ނުލާނެއެވެ. ގަދަކަމުން ނުވަތަ މަޖުބޫރުންވިޔަސް ހެވެވެ. އޭނާގެ ފަރުވާލެއްނެތެވެ.
“އެހެމް. އެހެންމަ މީހަކާ އިނީ ދޯ؟ ” މިފަހަރު އެމީހާ ބުނިއިރު އެ އަޑުގައިވީ ލާނެތްކަމެކެވެ.
“ޒިވަމް ބުނީ ދޯ!” އިލްފްގެ މޫނުމަތިން ޙައިރާންކަމުގެ އަސަރު ފެންނަން ނެތްއިރު މަޑުމަޑުން ދެފަރާތަށް ބޯ ހަލުވާލިއެވެ. އެކަން ހިނގިގޮތް އޭނާއަށް އެނގުނީއެވެ.
“އެހެ. އާން، ދެން އެނޫން ކާކު ބުނާނީ. އަހަންނަށް ސައި ދޭން ޖެހޭނެ އެނގޭ ދިމާވީމާ. ” ހިނިގަނޑެއްޖަހާލަމުން އެމީހާ ބުންޏެވެ.
“އޯކޭ. ” ފަރުވާކުޑަގޮތަކަށް ދެކޮނޑުއަރުވާލަމުން އިލްފް ބުންޏެވެ.
“ދެން ބާއްވަނީ. ” ކޮޓަރިއާއި ދިމާލަށް މިސްރާބުޖަހަމުން އިލްފް ބުންޏެވެ.
“ހްމްމް. އޯކޭ އޯކޭ. ” އެކޮޅުން ފޯނު ކަނޑާލުމާއެކު ޖީބަށް ފޯނު ލަމުން މަޑު ހިނގުމެއްގައި ކޮޓަރިއަށް ވަންނަމުން ބެލްކަނީގެ ދޮރު ކަހާލީ ލައްޕާލުމަށެވެ. ސޯފާގައި އޮށޯވެގެން އޮތް ޒީކް ފެނިފައި އިލްފް އެއްމިޔަކުން ހީނލަމުން ދެފަރާތަށް ބޯހަލުވާލިއެވެ.
“ކީއްވެ ސޯފާގަ ތި އޮތީ؟ އަހަރެން ޒީކް ކައެއް ނުލާނަމޭ އެނދުގަ ނިދިޔަސް. ” ސޯފާ އާއި ދިމާލަށް މިސްރާބުޖަހަމުން އިލްފް ބުންޏެވެ. އިލްފް އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާލަމުން ޒީކް ދެލޯ މަރާލިއެވެ.
“ފައިން. ދޭ އެނދުގަ ނިދަން. އަހަރެން ސޯފާގަ ނިދާފާނަން. ” އިސްތަށިގަނޑުގަ އަތް ހިނގާލަމުން އިލްފް ބުނީ ޒީކްގެ މޫނުން ދުރު ބަލާލުމެއް ނެތިއެވެ. އެސްފިޔަތަށް އުފުއްލާލަމުން ޒީކް އިލްފް އާއި ދިމާލަށް ބަލާލިއެވެ. އިލްފް ބުމަ ހިއްލާލަމުން އަވަސް ކުރާށޭ ބުނެލިއެވެ. އިންޒާރުގެ ނަޒަރަކުން އިލްފްއަށް ބަލާލާފައި ޒީކް ތެދުވެގެންގޮސް އެނދުމަށްޗަށް ވެއްޓެގަތީ ވެފައިވާ ވަރުބަލިންނެވެ. ބުރުގާ އަޅައިގެން ނިދަން އުނދަގޫވީނަމަވެސް އިލްފްއަށް ފެންނަ ހިސާބުގައި ބުރުގާ ނަގާކަށް ޒީކް ބޭނުމެއްނުވިއެވެ.
ޒީކްގެ ހަރަކާތަށް ބަލަން ހުރެފައި ދެފަރާތަށް ބޯހަލުވާލަމުން ލެޕްޓޮޕް ދަބަހުން ލެޕްޓޮޕް ނަގަމުން ސޯފާގައި އިށީންނަމުން އިލްފް އޭނާގެ މަސައްކަތް ފެށިއެވެ. ނިދަން ހިތަށްވެސް ނާރުވަނީކަންނޭނގެއެވެ. ނޫނީ ނިދައިފިނަމަ ވާނެގޮތް އޭނާއަށް މާ ރަނގަޅަށްވެސް އެނގެނީކަންނޭނގެއެވެ.
* * *
ރޭގަނޑު ދިހައެއް ޖެހިކަންހާއިރު ގެއަށް ވަދެގެން އައި ޒެވިޔަންގެ މޫނުމަތީގައިވީ ރުޅިވެރިކަމެވެ. ފޯނު ރިންގް ވާން ފެށުމާއިއެކު ގުޅީ ކާކުތޯވެސް ބަލާލުމެއް ނެތި ފޯނު ކަންފަތުގައި ޖަހާލިއެވެ.
“ސްޕީކް. ” ރުޅިވެރިކަމާއެކު ޒެވިޔަން ބުންޏެވެ.
“ޒެވިޔަން! ތީއެއް ނޫން ބައްޕަ ގެއަށް އައިސްފަ އަމިއްލަ މަންމަ އާއި ވާހަކަ ދަ……” ޒެވިޔަންގެ ބައްޕަ، ޒާލިފް ރުޅިވެރިކަމާއެކުގައި ފެށިއެވެ.
“އެ ޝާހިލާ ދުވަހަކުވެސް އަހަރެންގެ މަންމައަކަށް ނުވާނެ. އެއީ ހަމައެކަނި ޒާލިފްގެ އަންހެނުން. ” މަޑުމައިތިރިކަމާއެކުގައި ޒެވިޔަން ބުނިނަމަވެސް، އެ އަޑުގައިވީ ނުރައްކާތެރިކަން ޒާލިފްއަށްވެސް އިހުސާސްކުރެވުނީކަންނޭނގެއެވެ.
“ސަލާމް. އާހް، އަދި ޒާލިފްގެ އަންހެނުން ކައިރީގަ ބުނާތި އަމިއްލަ ލިމިޓްސްގަ ހުންނާށޭ. ” އެކޮޅުން އެއްޗެކޭ ނުބުނެވެނީސް ޒެވިޔަން ފޯނު ކަނޑާލަމުން ފުންނޭވާއެއްލީ ހަމަޖެހިލުމަށެވެ. އަމިއްލަ ބައްޕަދެކެ ޒެވިޔަން ނަފްރަތުކުރަނީ އިންތިހާއަށެވެ. އޭނާގެ ލޭގައި ހިނގަނީ ޒާލިފްގެ ލޭކަމުގައިވީ ނަމަވެސް އެއީ އަމިއްލަ ބައްޕަ ކަމުގައި ޒެވިޔަން ނުދެކެއެވެ.
ކަޅުކަންގަދަ ކުރު އިސްތަށިގަނޑުގައި އަތް ހިނގާލަމުން ޒެވިޔަން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ލައިނާގެ ކޮޓަރީ ލައިޓު ނިއްވާފައިވުމުން ލައިނާ ނިދައިފިކަން ޒެވިޔަންއަށް އެނގުނެވެ. އެލީންގެ ހިލަމެއް ގޭތެރެއިން ނުވުމުން އޭނާވީ ކޮޓަރީގައިކަން ޒެވިޔަންއަށް އެނގުނެވެ.
ކުއްލިއަކަށް ޒެވިޔަން ސިއްސައިގެން ދިޔައީ އެލީންގެ ވޭނީ ހަޅޭކުގެ އަޑު އިވިފައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.








Maasha allah vvv reethi mibai ves ???????????
Thank you Ram?
So so nice, superb, avahah next part up kolladheebala, kaya hithun keii madhuvefa, thank you ,
Thanks Rash♥
Mi part ves vrh salhi ??masha allah ❤️❤️
Alheyy.. Eleen ah kihineh v anehkaa..
Curiously waiting for the next part…
Tc❤️❤️
Eheh. Thanks Naani?
Wowww!!
Warah reethi mi part!!♥️♥️♥️♥️♥️♥️
Curiously waiting for next!♥️♥️♥️♥️
TC ly!.♥️
Thanks dear❤
maloo… nxt part avas kohdhehcheyy… vrh vrh reethi mi part vx…
Thanks hoodie gurl?♥
Hii mal
Vrh Sali Mi part ves
Vrh dhigu inthizaarakah fahu dhw
Plss dhen oi baa avaha up kohladeebala
Mal buneemehnu Mee liyeninmaafaa oi stry ekey
Miadu submitt kohladey chey ingey
Love uuu
Stay safe❤️❤️❤️
Thanks dear. Next part tmr nyt. Sorry for the delay. Salam♥
zyk n elyn aky siblings kahneyge..btw mi part vx hama vrh vrh vrh rythi masha allah!!..Those couples look really cute together❤❤…Omg I can’t wait for da nextu?..n I hav sent u a mail plss read it ngey??!!..n yahh plssss take care n study well malanganduuuu??…jetskeee really miss u alot ❤???????!!..hehe??
Awe mann. Thanks. Ehe yeah. Yuh I read it. ? miss ya too. Tc bro. Salam
Thedheh ei next part awahah up kohla dhehchey pleax
Warah salhi waahaka eh mee!♥️♥️♥️
Thanks ♥ next part tmr nyt, salam.
Varah salhi ❤❤masha allah
Next part avahah up kohlahchay
Take care❤❤
Thanks Am❤❤❤ tc salam
when next
Ehe. Tmr nyt. Tc, salam
okk… i will wait 4 tmr nyt… but mi vhk daily koh kiyaalaakah nulibeyne thr… mihaaru noonas… i think mal mn ge vx test fesheyne kanneyge november ga…. so eyge fahun viyas mi vhk ge part thah thankolheh avahah up kohdhehcheyy.. btw vhk hama vrh salhi… tc
Bronthxxxxx!!.. discord or Tele use kuran thr??.. If so can u gimme ur id?!!??
mal… kba nxt… esfiya site ah mi vannanee vx hama ekani mi vhk kiyan… plz upload it soon
mal…. kn irakun thr vhk up kohdheynee…. month eh fahun thr… mihaaru tommorrow night ey buni fahun vx 3 varakah dhuvas vanee…
whn nxt…. kurin buni knme week eh ge friday n saturday nulaa knme dhuvahaku kiyaalan libeyneyey…. or is there any problem.. mal n zel thee one island eh ge kudhinnehnu… knmx kujjeh buni mal mn geygaey zel mn vx ulhenee.. mal n zel ge vhk thah vhk las up vaaleh… ehnve…. don’t mind…