އައުސްގެ ހިތުގެ އަޑު އަޑުއިވެން ފެށީ އޭނާގެ މަންމަ ނިޔާވިތާ ފަސް އަހަރު ފަހުންނެވެ. އެއީ އޭނާގެ ދޮންމަންމަ ނަފީސާ މި ދުނިޔެ ދޫކޮށްދިޔަ ދުވަހެވެ. އެ ދުވަހު އައުސްގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔައެވެ. “ދޮންމަންމައިންނަކީ ނުލަފާ ބައެއް. އެމީހުން ދަރިންނަށް އަޅާލުމެއް ނުހުރޭ.” މިއީ އައުސް އަބަދުވެސް ދެކެމުން އައި ގޮތެވެ. ނަމަވެސް ނަފީސާއަކީ އެހެން މީހެކެވެ. އޭނާއަކީ އައުސް ދެކެ ނުހަނު ލޯބިވާ، އަޅާލުން ބޮޑު، އައުސް އަށް އަަބަދުވެސް ހެޔޮއެދޭ […]
“އައްދެ، މިހާރު މަންމި ކުއްޖަކަށް ވީ ދޯ!” ލަތީފާ އަދި މުހައްމަދު އެއްފަހަރާ ބުންޏެވެ. ލައްޔިން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ލައްޔިން ގެ މި ޖަވާބުން އޭނާގެ މަންމަ ދެކެ ލޯބިވާ ވަރު ފަހުމް ވެގެން ދިޔައެވެ. މަޣްރިބު ނަމާދުގެ ބަންގީގެ އަޑަށް އެންމެންވެސް ގޭތެރެއަށް ވަދުނެވެ. މުހައްމަދު ގޭ ތެރެއަށް ވަދެވުމާއި އެކު އަވަހަށް ވުޟޫ ކޮށްލައިގެން ނަމާދަށް ދިޔުމަށް އަވަސް ވެގަތެވެ. ލަމްހާ ވެސް ލައްޔިން ގޮވައިގެން ކޮޓަރިއަށް ވަނުމުން ލަތީފާ […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. މި ހިތްގައިމު ވަގުތު ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް އައިސް ލަމްހާގެ ގައިގާ ބީހިލިއެވެ. އޭރު އޭނާގެ އަތުގައި ހިފައިގެން އޭނާގެ ލޯބި ލޯބި ދަރިފުޅު ލައްޔިން ހުއްޓެވެ. ފުށްކޮޅެއްހާ މަޑު ދެކޮލާއި، ފަން އިސްތަށިގަނޑަކާއި، މުށި ކުލައިގެ ދެލޯ ފެނި ކޮންމެ މީހެއްގެ ހިތްވެސް އެ ތުއްތު ކުއްޖާއަށް ލެނބިގެންދާނެއެވެ. ލަމްހާ އަކީ އިސްކޮޅުން ދިގު، ހަންގަނޑުން އަލި، އަދި އެހާމެ ރީތި އަންހެންވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. ލަމްހާގެ މިސްރާބު ހުރީ […]
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސުމަށްޓަކާ ޖައްވުން އަލިކަން ފަނޑު ކުރަމުން، މޫދުގެ ލޮނުގަނޑާ ގާތަށް ތިރިވަމުން ދަނީއެވެ. ގުދުރަތުގެ މި ހިތްގައިމު މަންޒަރު ބަލަން ރަސްފަންނުގައި އިން އައުސް އެދަނީ ފޮޓޯ ނަގަން ތައްޔާރު ވަމުންނެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސޭ މަންޒަރު ބަލާ، އެ ހިތްގައިމު މަންޒަރުތައް ރައްކާ ކުރުމަކީ އައުސްގެ އާދައެކެވެ. އައުސް އޭނާގެ އަތަށް ކެމެރާ ހެޔޮވަރުކޮށްލަމުން، އެކި އޭންގަލް ތަކުން ފޮޓޯ ނަގަން ފެށިއެވެ. މިގޮތުން އޭނާ އަށް ނެގުނު ފޮޓޯތަށް […]