ފަތިސްނަމާދަށް ބަންގި ދިނީ އަހަރެން ހޭލާ މި ކުޑަކޮޓަރީގެ އަނދިރިކަމުގެ ތެރޭގައި ހުއްޓައެވެ. އިށީދެގެން ހުރި ގޮނޑިއަށް ދެފައި ނަގައިގެން މޭމައްޗާ ކައިރިކޮށްގެން ކަކޫމަތީ ފޮތް ބާއްވައިގެން އެފޮތުގެ މަތީ ބޯއަޅައިގެން އަހަރެންނަށް ރޯން އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ފޮތް ކިތަންމެ ބާ ނަމަވެސް އެ ފޮތުގެ ބޭރުގަނޑު އެ ފޮތުގެ ވެރިޔާ ހަދައި ފައިވަނީ ނުލާހިކު ރީތިކޮށް އެހާމެ މޮޅުކޮށެވެ. އެހެން ނޫންނަމަ މިހާރު އެފޮތް ގިރިގެން ހިނގައިދާނެކަން ޔަޤީނެވެ. އިވެމުން ދިޔަ […]
ރެ އިން ފެށިގެން އަދި ވާ ރޭ ނުހުއްޓައެވެ. ރިޝްމީ އޭނާގެ ކުޑަކޮއް ހުޅުވާފަވާާާާާާާާ ދެލޮލުންް ކުޑަދޮން ބޭ ރު ބަލާލިއެވެ.އެ އާ އެކު އޭނައައް ހީވީ އޭނަގެ މުޅި ހަށިގަނޑުގައި ކަ ރަންޓު ޖެއްސިހެންނެވެ.އެއާއެކު އޭނަމާޒީގެ ތެ ރެޔައް ގެބިގެން ދިޔައެވެ. ……………………… ރިޝްމީ އޭނާއައް ކޮފީއެއް ހަދާލާގެން ބެލްކަނިއައް ނުކުތެވެ. އެއާއެކު އޭނާގެ ގާގާ ޖެހުނީ ތެތް ފިނި ރޯޅިއެކެވެ. އެއާއެކު އޭނާގެ ބޮލުގައި ތިބި އިސްތަށިތައް ވަޔާ އެކު އޭނާގެ މޫނު މަތީގައި […]
“ހެލޯ ލިއަމް. ވަރަށް އަވަހަށް އެކްސް.ބީ އޮފީހަށް އައިސްލަދީބަލަ.” އެކްސް.ބީ އޮފީހުގެ މުވައްޒަފެއް ލިއަމްއަށް ގުޅައިލަމުން ބުންޏެވެ. ލިއަމް މި ދަނީކަމަށް ބުނެ ފޯނު ކަނޑައިލިއެވެ. އަދި އޭނާގެ މިޞްރާބު މާލޭގެ މަޝްހޫރު ވިޔަފާރިވެރިއާކަމަށްވާ އަޙްމަދު ހިންގާ އެކްސް.ބީ އޮފީހާއި ދިމާލަށް ބަދަލުކޮށްލިއެވެ. “ކީއްކުރަން މިތަނަށް އަންނަން ބުނީ؟” އޮފީހަށް ގޮސް އޮފީސް ދޮރުމަތީ ދެންމެ ލިއަމްއަށް ގުޅި ކުއްޖާ ހުރުމުން ލިއަމް އެކުއްޖާ ގާތުގައި އަހައިލިއެވެ. “މީހަކު ލިއަމް އާ ބައްދަލުކޮށްލަން ބޭނުންވާތީ. އެހެންވެ.. ހިނގާ.” […]
ޒާޔާ ޓީވީ ބަލަން އިންދައި ގޭގެ ބެލް އަޅުވައިލި އަޑު އިވުނެވެ. “މިގަޑީ ކާކުތަ؟” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް އެ ސުވާލުކޮށްލުމަށްފަހު ޒާޔާ ސޯފާއިން ތެދުވިއެވެ. މިގެއަކީ އެހެން މީހަކުވެސް ވަންނަ ގެއަކަށް ނުވުމާއި އަދި މިއީ ލިއަމް ގެއަށް އަންނާނެ ވަގުތަކަށް ނުވީމަޔާއިއެކީ ޒާޔާގެ ހިތުގައި ސުވާލު އުފެދުނީ މިގަޑީ އެގެއަށް އަންނާނީ ކާކުކަމާއި މެދުގައެވެ. ދެވަނަ ފަހަރަށްވެސް އެ މީހަކު ބެލް އަޅުވައިލުމާއިއެކު ޒާޔާ މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. އެއާއިއެކު ކުރިމަތީ ހުރި މީހާ […]
(ބާރަވަނަބައި) “އެއީ…އަކިއަލްވެސް އަހަރެން ފަދައިން….” ޖުމްލައިގެ އެހާ ހިސާބަށް ގޮސް އަލްޔާ މެދުކަނޑާލިއެވެ. “ހެހެ އެއްޗެކޭ ނޫން. ބޮލުގައި ރިއްސާތީ މިއުޅެނީ އަދިވެސް. މިދަނީ އަރާމުކޮށްލަން” އަލްޔާ ވާހަކަ ބަދަލުކޮށްލަން އުޅުނެވެ. އަކިއަލްއަށް އޭނާގެ ހިތުގައި ހާއްސަ ދަރަޖައެއް ދެވިފައިވާކަން ބުނަން ކިތަންމެ ބޭނުންވިއަސް ޖެހިލުންވެ ލަދުގަތުމުގެ ސަބަބުން ބުނަން ނުކެރުނީއެވެ. އަދި އަކިއަލްގެ ހެޔޮކަމުގެ ސަބަބުން އޭނާއަށް އެހެން މާނައެއް ނެގުނީކަމަށް ބަލައި އެވާހަކަ ބުނަން ފަސްޖެހި ބިރުގަތީއެވެ. އަކިއަލްގެ ނަޒަރު އަދިވެސް ހުއްޓިފައިވަނީ އަލްޔާއަށެވެ. […]
މަޑު މަޑުން ސުކޫލް ގޯތި ތެރޭ ހިނގަމުން ދިޔަ އާރްޔަން ގެ ފިޔަވަޅުތަކައް ހުއްޓުމެއް އައީ ފެނުނު މަންޒަރުންނެވެ. އާރްޔަން ދެލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ ހިތައް ހީވީ މީހަކު އަރާ ޗިސް ޗިސް ކޮއްލިހެންނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އާރްޔަން ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ދެލޯ އުނގުޅާލުމަށްފަހު އަލުން ބަލައިލީ އެ މަންޒަރު ބަދަލުވުމަށް އެދި އެދިއެވެ. ނަމަވެސް އާރްޔަން އަށް ޖެހުނީ މާޔޫސް ވާށެވެ. އާރްޔަން […]
އެވަގުތެ ބައްޕަ އަވަސް ނޭވާލާން ފެށިޔެވެ.ވަގުތުން އަހަރެން އެތަނުން ނެރެވުނެވެ.އަހަރެން ނުކުތްތަނާ ދޮންތަނާ ދޮންތަޔާއި ދޮންތަބެ އަހަރެންކައިރިޔަށް އައެވެ. ހުދާއްކޮ ކިހިނެއްވީ؟ކީކޭ ޑޭޑް ބުނީ….ދޮންތަ އެހިއެވެ.އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ.ހަމަ ގިސްލަ ގިސްލާފައި ރޮވުނީއެވެ.ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.މަންމައަށް ފަހު ބައްޕަ އަހަނާއި ވަކިވާކަށް ނޭދެމެވެ.ކުއްލިޔަކަށް އަ.އި.ސީ.ޔޫގެ ދޮރުހުޅުވުނެވެ.އަދި ދުއްވާއެދެއްގައި ބައްޕަ ނެރުނެވް.އަހަންނަށް ދުވެފައި ބައްޕަ ކައިރިޔަށް ދެވުނެވެ. ޑޭޑް ޕްލީސްއަހަރެން ދޫކޮށްފަ ނުދާތި މަންމަވެސް އަހަރެން ދޫކޮށްފަ ގޮސްސި ޑޭޑް ވެސް……… އަހަންނަށް […]
ޔުއާން އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ހަނާގެ ކައިވެނީގެ ކަންތައް ހަމަޖެހެން އުޅޭކަން ޔުއާންއަށް އެނގުނު ހިސާބުން މުޅި މީހާގެ މޫޑު އެއްކޮށް ޚަރާބު ވެއްޖެއެވެ. އޭނާ ކުރި އެއްވެސް އާދޭހެއްގެ އަޑެއް ހަނާނޭހިއެވެ. ހަނާގެ ހިޔާލުތަކުގައި ބަނދެވިފައި ހުރެ ސާރާވެސް ދޫކޮށްލައިފިއެވެ. އަނެއްކޮޅުން ޗުއްޓީ ހަމަވެއްޖެ ތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ވަޒިފާއަށް ނުނިކުންނާތީ ވަޒީފާއިން ކަނޑާލާނެ ކަމުގެ މެސެޖުވެސް ލިބިއްޖެއެވެ. ނަމަވެސް އެތަނަށް ދާނެ ހިތްވަރެއްވެސް ޔުއާންގެ ކިބަޔަކު ނެތެވެ. އޭނާއަށްޓަކައި ހަނާ […]
” އަޑު އިވިއްޖެތަ! އަހަރެން އަލާވްޔާ ދެކެ އެއްވެސް ވަރަކަށް ލޯބި ނުވާ. އެހެން ނޫނަސް އަލާވްޔާ ތީއި އަހަރެންގެ ޓައިޕެއް ވެސް ނޫން. ތި ކަހަލަ މިޑްލް ކުލާސް އާއިލާއަކަށް ނިސްބަތްވާ ކުއްޖަކު ދެކެ އަހަރެން ކަހަލަ މުއްސަނޖަކު ލޯބިވާނެ ކަމަށް ހީކުރުމަކީ ވެސް މޮޔަ ކަމެއް” ވަރަށް ހިތްވަރުކޮށްފައި މާއިޝް އަލާވްޔާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. ********************************************* “ނޫން، އަހަރެން ޤަބޫލު ނުކުރާނަން. މާއިޝް ތިއީ ތިކަހަލަ މީހެއް ނޫން. ބުނޭ ތީއި ދޮގެކޭ، ބުނޭ […]