“ލީނާ! އަހަރެންގެ މިސުވާލަށް ޖަވާބުދީބަލަ އިނގޭ! ވިލް ޔޫ ބީ މައިން؟!؟” ޒަރޫން ޔަލީނާއާއި ތަންކޮޅެއް ދުރަށް ޖެހިލައިފައި އެއްސެވެ. އެ ގޯޅީގެ ކައިރީގައި ފިލައިގެން ހުރި ފަރްޒީން ޔަލީނާއަށް ފެނުނެވެ. ފަރްޒީން ވަރަށް އުފަލުންހުރެ އޭނާގެ ބޮލުގެ ޢިޝާރާތުން އާއެކޭ ބުނުމަށް އެންގިއެވެ. ޔަލީނާ ކުޑަކޮށް ވިސްނައިލުމަށްފަހު ބުނެލި ޖަވާބުން ޒަރޫންގެ އިތުރުން ފަރްޒީންގެެވެސް ދެރަވެގެން އިސްޖަހައިލިއެވެ. “ނޯ ތޭންކްސް….. އައި ކޭންޓް ބީ ޔުއާރޒް.” ޔަލީނާ ބުންޏެވެ. “އައި ކޭންޓް ބީ ޔުއާރޒް…… ބަޓް […]
ޒާޔާވެސް ލިއަމްމެނަށް ހިނިތުންވެލައިފައި އޭނާއާއިއެކު އައުމަށް ބުންޏެވެ. ނިހާން ހިނގައިގަތުމާއިއެކު ލިއަމް އާއި މަތީންވެސް އެކަކު އަނެކަކަށް ބަލައިލައިފައި ނިހާންގެ ފަހަތުން ހިނގައިގަތެވެ. ބަދިގެއަށް ބަދެވުމާއިއެކު ލިއަމް އާއި މަތީންގެ ކުޅުދިޔާވާން ފެށިއެވެ. ކާން ތައްޔާރުކޮށްލައިފައިވާލެއް ފުރިހަމަކަމުން ދެމީހުންގެ ކެތްތެރިކަންވެސް ކުޑަވާން ފެށިއެވެ. ކާން ފެށޭނީ ކޮން ވަގުތެއްގައިތޯ ހިތަށް އަރައި އަރައި ތިއްބައި ޒާޔާ އެމީހުން ގާތުގައި އިށީނުމަށް ބުންޏެވެ. “ދަރިފުޅުވެސް އާދޭ ބައިވެރިވާން.” ތައްޓަށް ބަތް އަޅަމުން ނިހާން ބުންޏެވެ. ބައްޕަ ބުނީތީ ޒާޔާއަށް […]
“ޒަފަރް ހެޔޮ ނުވާނެ.. އަދިވެސް މާޒީގަ ވެދިޔަކަންތަކުގެ މައްޗަށް ތި ހިތް ސާފު ކުރާކަށް ނުވޭތަ..؟” ޒޯޔާގެ އަޑު ނިކުތީ އުނދަގުލުންނެވެ. “ދުވަހަކުވެސް.. ދުވަހަކުވެސް ނުވާނެ ތިކަމެއް.. އަހަރެން ދިރި ހުރިހާ ދުވަހަކު އެކަން ހަނދާނެއް ނުފިލާނެ.. އަހަންނަށް ލިބުނު ވޭނުގެ ބަދަލު ކަލެޔަށް ދޭނަން..” ޒަފަރްގެ އަޑުގައިވަނީ ބަދަލު ހިފުމުގެ ރޫޙެވެ. އޭނާގެ ކަޅު މާޒީ ލޮލު ކުރިމަތިން ސިފަ ވުމާއެކު އިތުރަަށް އޭނާގެ ރުޅިގަނޑު ކެކިގެން ދިޔައެވެ. ކޮޓަރީގެ އެއްފަރާތަކަށް ޖެހިލާ ރީތިވާ މޭޒު […]
ކޮންމެއަކަސް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ލޯންޗު ނެރުން އެތެރެވެއްޖެއެވެ. އެއާއިއެކު ދެމީހުންވެސް ތެދުވެ ލޯންޗު ލަފަން އޮތް ހިސާބަށް ހިނގައިގަތެވެ. ލޯންޗު ލެފުމާއިއެކު އޭގައި ތިބި މީހުންތައް އޭގެން ފައިބަން ފެށިއެވެ. ޒާޔާ ހުރީ އެ އެންމެން ފައިބައި ލޯންޗުގައި މަސައްކަތްކުރާ މީހާ ހުރިހާ ފޮށިތަކެއް ބައިލުވަންދެނެވެ. ނަމަވެސް މީހުންތަކުގެ ތެރެއިން އެންމެ ފަހުން ފޭބި މީހާ ފެނި ޒާޔާ އެކަން މަތިން މުޅިން ހަނދާން ނެތޭގޮތްވިއެވެ. “ލިއަމް…؟” ޤަބޫލުކުރަން ދަތިވެފައި ހުރެ ޒާޔާއަށް ވައި […]
އެންމެން ހަމަވުމުން ކާރު ތަކާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ކިޔާން އައީ ސައިކަލް ގައި ކަން އެނގުމުން ޖައިލަމް ސުވާލު ކުރިއެވެ. “އެއީ އަހަރެން…” ކިޔާނަށް އެއްކޮށް ނުބުނެވުނެވެ. “ހޭ! ޔާން!” އަންހެން ކުއްޖަކު ކިޔާން އަށް ގޮވާލުމުން އެންމެން ބަލާލިއެވެ. އޭރު އެކުދިންނާ ދިމާއަށް ފަރި ހިނގުމެއް ގައި ހިނގަމުން އަންހެން ކުއްޖަކު އާދެއެވެ. އުނަގަނޑާއި ހަމަ އަށް އަރާ ވަރުގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑުގެ ތިރި ރަން ކުލަ ޖައްސާފައި ހުރިއިރު ކަންފަތް ކައިރިއަށް […]
(ސާދަވަނަ ބައި) ވާހަކަ ދައްކަން ތިބިއިރު ވަގުތު ދިޔަގޮތްވެސް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނެވެ. އަލްޔާ ފޯނު ބަލައިލުމާއެކު ގަޑިންވީ ވަރު ފެނި ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އޭނާ ބޭރަށް ނިކުތް ފަހުން މިހާރު މާ ގިނައިރު ވެއްޖެއެވެ. ކޮލެޖަށް ދިޔުމުގެ ބަހަނާގައި ގެއިން ނިކުތް ނަމަވެސް މިހާރު ކޮލެޖް ބަންދުކުރާ ގަޑިވެސް ފަހަނައަޅައި ހިނގައްޖެއެވެ. “ހިނގާ ގެއަށްދާން. ވަރަށް ލަސްވެއްޖެ މިހާރު” ގަޑި ބަލާލުމާއެކު އަލްޔާ އަވަސް އަވަހަށް ބުނެލިއެވެ. އަކިއަލްވެސް ހިތާއި ދެކޮޅަށް ބެންޗުން […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. ރަށުގެ ތުނޑީގައި އިށީނދެ އިން ފިރިހެން ކުއްޖާއަށް އެންމެން ދެމުން އެދަނީ ހަމްދަރުދީގެ ނަޒަރެވެ. ރަށަކީ ކުޑަ ރަށެށް ކަމުން ކިތަންމެ ކުޑަ ކަމެއް ވިޔަސް ރަށު ތެރޭ އެ ޚަބަރެއް ވަރަށް އަވަހަށް ފެތުރިގެން ދެޔެވެ. މި ފިރިހެން ކުއްޖާއަށް ވެފައި އެއިނީ ކިިހިނެއް ބާވައެވެ؟؟ މި ސުވާލުގެ ޖަވާބު ހޯދުއްވުމަށް މި ވާހަކައަށް އިންތިޒާރު ކޮއްލައްވާ… ނޯޓު: މިއީ 2 ޕާރޓުގެ ކުރު ވާހަކަ އެކެވެ.
“ޔަލީނާ!” ޔަލީނާ ކޮލެޖުގެ ގޭޓުން އަންނަތަން ފެނިގެން ފަރްޒީން ވަރަށް ބާރަށް ގޮވައިލިއެވެ. ޔަލީނާއަކީ ފިރިހެންކުދިން ހިތް ކިޔާފަދަ ރީތި ސޫރައެއް ލިބިފައިވާ ކުއްޖެކެވެ. އޭނާގެ ‘ހޭޒަލް’ ބޮޑު ދެލޮލާއި ގަދަ ކަޅުކުލައިގެ ދިގު ރާޅުބާނީ އިސްތަށިގަނޑުން އޭނާގެ ސޫރަ އިތުރަށް ރީތިކަމަށް ދައްކައެވެ. މިއަދު އޭނާ ލައިގެން ހުރީ އަތްދިގު ޓީޝާޓްއަކާއި ކަކުލާއި ހަމައަށް އަރާވަރުގެ ސްކާޓްއެކެވެ. އޭނާގެ ދޮން މޫނުގައި އެއްވެސް މޭކަޕެއް ނެތް ކަމުގައިވިއަސް އެރީތިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޔަލީނާއަށް ފަރްޒީން […]
ބަދިގެ ފަރާތުން އަޑު އަޑު އިވޭތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ. އެންމެފަހުން އެތައް ފަހަރަކު ވިސްނުމަށްފަހު އީކަން ކޮޓަރިން ނިކުތެވެ. މިހާއިރު ހޭލާ އުޅެނީ ކާކުތޯ ބަލާށެވެ. އަދި ކިރިޔާ ގަނޑިން މެންދަމު 3:45 ކެވެ. ތާރާ އަކީ ނުލާހިކު ނިދި ހަރު މީހެކެވެ. ނިދާފައި އޮށްވާ މީހަކު ކަންފަތް ބުޑުގައި ހަޅޭއްލެވިޔަސް ކީކޭހޭ ވެސް ނުވާނެއެވެ. ދެން ހުރީ އޭނާގެ މަންމައެވެ. އުސްރާ އެވެ. އުސްރާ އާންމުކޮށް ހޭލާނީ ބަންގި ގޮވަން 15 ވަރަކަށް މިނަޓަށް […]