Skip to content
އެސްފިޔަ

ބުނަން ނުކެރުނަސް…

ޘަނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ހިމަތޮޅި ހަށީގައި ތުރުތުރު އަޅަންފެށިއެވެ. މީހާ ދާހިއްލައި ފޯވަނީއެވެ. ޘަނާގެ ދޮންދޮން މޫނުގެ އިސްތިރިވި ގޮތަށް އިސްއުފުއްލާލައި ބަލައިލަންވެސް ނުކެރުނެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުންފަތުގައި ސަންގުމަރުހިލަހާ ހުދުކުލައިގެ ދަތްތަކުން ދަތްލެވުނީ ކިހާވަރަކަށް ކަމެއްވެސް ނޭނގެއެވެ. އެ ދޮންދޮން މޫނު ނިވާވެފައިވަނީ ތިރިއަށް ވެއްޓިފައިވާ ފަންފަން ރަންކުލަ އަރައި އިސްތަށިގަނޑުންނެވެ.

“ޘަނާ… ޘަނާ…” ޘަނާގެ ކުރިމަތީގައި ހުރެ ޢާމިލް ދެފަހަރު ގޮވައިލިއެވެ.

ޘަނާގެ ބޮޑު ދެލޮލުގެ ކަޅި ދެފަރާތް ދެފަތާރަށް ހިންގައިލިއެވެ. އިސް އުފުއްލާލައި ބަލައިލަން އުޅެފައިވެސް އިންގޮތަށް ގަނޑުވީއެވެ. ބަލައިލަން ލަދު ގަންނަނީއެވެ.

“ޘަނާ… ރޮނީތަ؟” ޢާމިލްކޮށްލި ސަމާސާން ޘަނާ ޖެހިލުންވަމުން ދިޔައެވެ.

ޘަނާއަށް ދެކޮޅަށް ބޯހުރުވައިލެވުނީ ބޭއިޚްތިޔާރުގައެވެ. މަޑުމަޑުން ޘަނާ އިސް އުފުއްލަން ފެށިއެވެ. ހިތާ ދެކޮޅަށެވެ. އެނޫން ގޮތެއް ނެތުމުންނެވެ. ޢާމިލްގެ އޮފީސް ކަޅު ބޫޓަށް ހުރީ އޮފްއަރައަރައެވެ. ފަޔަށް ހެޔޮވަރު ފަޓުލޫނުން އެއީ ފުރިހަމަ ހަށިގަނޑެއްގެ ވެރިއެއްކަން އެނގެއެވެ. ނޭވީނޫ ކުލައިގެ އަތްދިގު ގަމީސް ހަށިގަނޑަށް ފިޓްކޮށް ހުރުމުން ޢާމިލްގެ ހަށިގަނޑު އެއީ ޖިމަކުން އާރާސްތުކޮށްފައިވާ އެއްޗެއްކަން އެނގެއެވެ. އެ ހަތަރެސްކަން މޫނުގައި ތުބުޅިއެއް ނެތެވެ. އެހެނަސް ދިގުކޮށްފައިވާ ކަންހުޅިން ޢާމިލްގެ ޒުވާންކަން ދައްކުވައިދެއެވެ.

“ބޮލުގައި ރިއްސަނީތަ؟” ޘަނާގެ ޕާރޓްޘަން މަތިން ޢާމިލް ދެކޮޅު ހޯދައި ބަލަމުން ދިޔައެވެ.

ޘަނާއަށް ބެލެމުން ދިޔައީ ޢާމިލްގެ ރަތްދޮންކުލައިގެ މޫނަށެވެ. ޢާމިލްގެ އިސްތަށިގަނޑަކީވެސް ރަންކުލަ އަރައި ފަންފަން އިސްތަށިގަނޑެކެވެ. އެ އިސްތަށިގަނޑުވަނީ މައްޗަށް ފުނައި އަޅައި އޮމާންކޮށްފައެވެ.

“ކިހިނެއްވީ؟ އެއްޗެކޭ ނުބުނީ؟” ޢާމިލްގެ ފިރިހެންވަންތަ ލޮލުގެ ތޫނު ނަޒަރުން ޘަނާގެ ހަށިގަނޑު ތުރުތުރު އަޅުވައިލައެވެ.

“ބަލީތަ؟ އޭސީގަވެސް ދާހިއްލަނީތަ؟” ސުވާލަކަށްފަހު ސުވާލެއް ޢާމިލް ކުރަމުން ދިޔައިރު ޘަނާއަށް އިނދެވުނީ ޢާމިލްގެ މޫނާ ދިމާއަށް ކަޅި ހުއްޓާލައިގެންނެވެ.

ޢާމިލް ދެބުމަ މައްޗަށް ހިއްލައިލިއެވެ. “އޯކޭ. މިހިރީ ބޮސް ޘަނާއާ ހަވާލްކޮށްލާށޭ ބުނި ފައިލްތައް. ބައި.”

ޢާމިލް ހީކުރީ ޘަނާއަކީ ވާހަކަ މަދު ކުއްޖެއްކަމަށެވެ. ޘަނާގެ ލޮލުން ބުނަމުން ދިޔަ ވާހަކައެއް ޢާމިލަކަށް ނޭނގެއެވެ. ޢާމިލް ގޮސް އޮބައިލަންދެއް ޘަނާ އިނީ ބަލައިށެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެބިގެންނެވެ.

“އޭތް! ހާދަވަރެއްވެފަ؟” ސުލްޠާނާ ޘަނާގެ ޕާރޓްޘަނުން ބޯ ދިއްކޮށްލައި ޘަނާއާ ދިމާކޮށްލިއެވެ.

“ވަރުވާނެދޯ. އެތައް ދުވަހެއްވެއްޖެ ފާރަލާތާ. އޭނާ ހާދަހާވާ ރީއްޗޭ.” ޘަނާ ބޭރަށް ފުންނޭވައެއް ދޫކޮށްލިއެވެ.

“އެކަމަކު ގާތަށް އައިސް ވާހަކަ ދެއްކުމުން ފިނޑިކަމާހުރެ ނުކެރުނުދޯ އަނގައި ބުނެލަންވެސް.” ސުލްޠާނާ ދިމާކުރުމުގެ ބަސްތައް ފައްޗަކަށް އަމުނަމުން ދިޔައެވެ.

“އަނގައިން ބުނަން އުޅުނިން އެކަމަކުވެސް އަޑެއް ނުނިކުތޭ.” ޘަނާ ވާހަކަ ދައްކަމުން ދިޔައީ ޢާމިލް ގޮސް އޮބައިލި މަގަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ.

“ތި ފައިލްތައް ބަލައިވެސް ނުލާނަންތަ؟” ސުލްޠާނާ ލޮލުންގެ އިޝާރާތުން މޭޒުމަތީގައި ހުރި ފައިލްތައް ދައްކައިލިއެވެ.

“މާދަން ހުކުރެއްނުން. އެހެންވީމަ ދެން މިއަދު ނުވާނެ އެއްވެސް ކަމެއް. ސޯ ޓަޔަރޑް.” ޘަނާ ގޮނޑީގައި ލެނގިލިއެވެ.

ޖައްވުތެރޭގައި ގުގުމަމުން ދިޔައީ ގޮނޑުދޮށަށް ބީއްސާލައި ކުދި ރާޅުތަކުގެ މިއުޒިކީ އަޑެވެ. ކަނބިލި ކޮވެލިފަދަ ދޫނިތައް ލައްވާލައި އަޑުން އެމިއުޒިކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން ތުނޑިމަތީގައި އެކި އުމުރުފުރައިގެ ކުދިންކުދިން ކުޅެ މަޖާ ނަގަމުން ދިޔައެވެ.

އެހިސާބުގައި އޮތް ރުއްބުރިއެއް މަތީގައި ޘަނާ އިށީދެލައިގެން އިނީ ކުދިން ކުޅޭތަނާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހެންނަމަވެސް ޘަނާގެ ޚިޔާލްތައްވަނީ ޚިޔާލީ މަންޒަރުތަކަކާއި ގުޅި ލާމެހިފައެވެ. ޘަނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވެއެވެ. އެޚިޔާލްތަކުން ޘަނާއަށް ހިތްހަމަޖެހުން ލިއްބައިދެއެވެ.

“ހެއި.”

ޘަނާ ސިހިގެން ދިޔައީ އިވުނު ޖާދުވީ އަޑުގެ ސަބަބުންނެވެ. އެއީ ޘަނާގެ ކަންފަތް އަޑުއަހަން ބޭނުންވާ އަޑެވެ. ޘަނާގެ ލޯދެކެން ބޭނުންވާ މޫނުގެ ވެރިޔާއެވެ. ޘަނާއަށް ލަދުން އިސްޖަހައިލެވުނީއެވެ.

“ހާދަ ވަރުގަދަ ޚިޔާލެއްގަ؟” ދެވަނަ ފަހަރަށްވެސް ވާހަކަދެއްކީ ޢާމިލެވެ.

“އާނ. ނޫން.” ޘަނާގެ މިޒާޖުގައި މަޑުމަޑުން އިނުމަކީ ނެތް ކަމަކަށްވުމުން އަނގަ އޮޅިގެން އެއްޗެކޭ ބުނެވުނެވެ.

ޘަނާ ވާހަކަދެއްކިގޮތުން ޢާމިލްގެ ގާތަށް ހިނިއައެވެ. ޘަނާ އިތުރަށް ލަދުގަތެވެ. އިސް ބޮޑަށް ތިރިވީއެވެ. އިސްޖަހައިގެން އިނުމުން ޘަނާއަށް ފެންނަމުން ދިޔައީ ޢާމިލްގެ ދޮންދޮން ފައި އެކަންޏެވެ.

“ކިހިނެއްވީ؟ ޘަނާ ވަރަށް ފިރިހެންކުދިންނާ ވާހަކަ ނުދައްކަންދޯ؟” ޢާމިލް ހުނުން އޮއްބައިލަމުން ވާހަކަ ދެއްކިއެވެ.

މަޑުމަޑުން ބޮލުގެ އިޝާރާތުން ޘަނާ އާއެކޭ ބުންޏެވެ.

“އެހެންތަ؟ އަސްލު އެއްޗެކޭ އަހައިލަންވެގެން އިނގޭ.” ޢާމިލް ސީދާ މައުޟޫއަށް ދިޔައެވެ.

ޘަނާއެކޭ ޗާބީ ދީފައިވާ ރޮބަޓެކޭ ތަފާތެއްނެތެވެ. ހަމަ ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން ދިޔައީ ޢާމިލްއާ ދިމާއަށް ބަލައިވެސް ނުލައެވެ.

“އަހަރެން ގެންދިޔަ ފައިލްތަކުގެ ތެރޭގައި އޮންނާނެ އަހަރެންގެ ވަރަށް ޕާރސަނަލް އެއްޗެއް. އެލިބިދާނެތޯ އަހައިލަންވެގެން.” ޢާމިލް ވާޙަކަ ދެއްކީ މަޑުމަޑުން ޘަނާއަށް ރޭކާލައިނެހެންނެވެ.

ޘަނާގެ ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. ޘަނާގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމުކެވެ. އެފައިލްތައް ބަލައިނުލެވުނުކަން މޮޔަ ހިތަށް އެރިއެވެ.

“ރައްކާތެރިކަމާއެކު ދޭނަންދޯ؟ ޚާއްސަކޮށް ޘަނާ އެ ނުކިޔާތި އިނގޭ.” ޢާމިލް އާދޭހުގެ ރާގެއްގައި އެހެން ބުނަމުން، ޘަނާގެ މޫނު ފެންނާނެހެން ދޮން ވެލިގަނޑުމަތީގައި ދެކަކޫ މައްޗަށް އިށީނެވެ.

ޢާމިލްގެ ހިނިތުންވުމުންނާއި މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމްކަމެވެ. ޢާމިލްގެ އަމަލްތައް ހުރިގޮތުން ޘަނާ ލަދުގަންނަން ފެށިއެވެ. ޖެހިލުންވިއެވެ. އެހެންތިއްބައި އޮފީސް ކުއްޖަކަށް ފެނުމުން ދިމާކުރާނެވަރު ހިތަށް އަރައި ފައިބަމުންދިޔައެވެ. ޘަނާއަށް ޢާމިލް އެއްޗެކޭ ބުނުމަށް މަޖުބޫރުކުރަނީކަން ޘަނާއަށް އިޙްސާސްވަމުންދިޔައެވެ.

“އާރ. އޯ…ކޭ…” ވަރަށް ވަރުން ޘަނާ އަނގައިން ބުނީ ޢާމިލް ދާނޭކަމަށް ހީކޮށެވެ.

“ހާދަ ރީތި އަޑެކޭ.” ނަމަވެސް ޢާމިލް، ޘަނާގެ ހައްޓަށް ކުރަމުންދިޔަ އަސަރު ބޮޑުކޮށްލީއެވެ.

“އޯހް.” ޘަނާގެ ހިތް ލަދުން ބަންޑުންވާން އުޅުމުން ދެފަޔަށް ބާރުލައި ދުއްވައިގަނެވުނީ ޢާމިލްގެ ދެކޮނޑުގައި އަތްއަޅައި ކޮށްޕާލައިފައެވެ.

ޘަނާ ދުވަމުންދިޔަތަން ބަލަން ޢާމިލް ވެލިގަނޑުމަތީގައި އޮތީ ހިނިއައިސްފައެވެ. ޘަނާ ބާރުބާރަށް ދުވެފައި އައިސް ގެއަށް ވަނެވެ. ދުވަހަކީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތުކަމުން މަގުމަތީގައި މަދުން ނަމަވެސް އެކިއެކި އުމުރުފުރައިގެ ކުދިންކުދިން ހަރަކާތްތެރިވަމުން ދިޔައެވެ.

“ދަރިފުޅާ! ކޮންތަނަކަށް ދާން ތިއުޅެނީ މާ އަވަސް އަވަސްކޮށްލައިގެން؟” ޝާކިރާ ދުފާތަބައް ހިފައިގެން އަންނަމުން ކޮޓަރި ދޮރުމަތީގައި ހުއްޓުނެވެ.

“އޮފީހަށް ގޮސްލަންވެގެން.” ޘަނާ ލޯގަނޑުކުރިމަތީގައި ހުރެ ފުނައި އަޅަމުން ދިޔައެވެ.

“އެހެންތަ. އެކަމަކު ދަރިފުޅާ. ހާދަ ނުގަޑިއެއްގައޭ؟” ޝާކިރާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. “އުހޫ. މިހަރަ ސަމާއެއްދޯ. ތިޔާތަނުން ނިކަން ބަލައިގެން އުޅެބަ. ކިރިޔާއެއްނުން މަލަރުނުވީ.”

ސަމާއަށް އައިސް ހުއްޓެވުނީ ޝާކިރާ ކުރިމަތީގައެވެ. ސަމާ ހިނިގަނޑު ފަޅައިގެންދިޔައެވެ. އޭރު ޝާކިރާ ކުދިކިޔަމުން ކިޔަމުން ގޮސް ބަދިގެއާ އަރައި ހަމަވަނީއެވެ.

“ދައްތާ! އެނގޭތަ ޢާމިލް މެރީކުރަން އެބަ އުޅޭ. ނޭނގެ ކޮންމީހަކާކަމެއް.” ސަމާ އަޅައިގެން ހުރި މޫނުބުރުގާ ނެނގީ ޘަނާއާ ވާހަކަ ދައްކާށެވެ.

“ވަޓް. އެކަމަކު…” ޘަނާއަށް ޤަބޫލުކުރަންދަތިވިއެވެ. ދެލޯ ތަންމިނަށް ހުޅުވައިގެން ހުރީއެވެ. “ސަމްކޮށް، ސަމާސާ ނުކޮށްބަލަ.” ޘަނާ ގާތަށް ރުޅިއަންނަގޮތްވިއެވެ.

“ނޫނެކޭ. ސަމާސައެއް ނޫނޭ. އަހަރެންގެވެސް ރައްޓެއްސަކު އެހެންބުނީ. އެހެންވެ އަހަރެން ހީކުރީ ސިސްއަށް އެނގޭނެކަމަށް.” ސަމާ ވާހަކަ ދައްކަމުންދިޔައީ ސަމާސަ ކަނޑައިފައެވެ.

“އަހަރެން ޤަބޫލެއްނުކުރާނަން. ޢާމިލްކަމެއް ކުރަންޏާ އަހަރެންނަށް އެނގޭނެ.” ޘަނާ ހަމަޖެހޭގޮތް ދެއްކިނަމަވެސް ޘަނާގެ ހިތުގައި ވަހުމްތަކެއް އުފެދުނެވެ.

“މަށަކަށްވެސް ނޭނގޭ. މީހަކު ބުނީމަ، ބުނީއޭ.” ސަމާ ހިތްހަމަނުޖެހިހުރެ ކޮޓަރިން ނުކުމެގެންދިޔައީއެވެ.

“އެނގިދާނެތާ.” ސުލްޠާނާ ޘަނާ ގާތުގައި އިށީނެވެ.

“ދެން. ލިޓިލް ޕުރައިވެސީ ޕުލީސް.” ޘަނާގެ އަތުގައި އޮތް ޢާމިލްގެ ޑައިރީ ނުހުޅުވަ މަޑުކުރީ ސުލްޠާނާ ހުރީމައެވެ.

“އޯކޭ. އައި އެމް ލީވިންއޭ މައި ލަވް. އިތުރުގަޑިއަށް ނާންނަ މީހަކު މިއަދު އައީމަ، އައި އޭމް ޖަސްޓް ޓޫ ކިޔުރިޔަސް.” ސުލްޠާނާ ޘަނާއާ ދިމާއަށް އެއްލޯ މަރާލައި ކޮނޑުގައި ދަބަސް އަޅުވައިލިއެވެ. “އޮފީހުން ނުކުންނަމުން ލޮކް ކޮށްލާތި އެނގޭ. ހޮޕް ޔޫ ވިލް ފައިޑް އާންސާސް ފުރޮމް ދެޓް.”

ޘަނާ ޑައިރީގެ ބަނޑޭރި ގަނޑަށް ބަލައިލިއެވެ. ގަދަޗޮކްލެޓްކުލައިގެ މަޑު ކަރުދާހުގެ މޮޅު ޑައިރީއެކެވެ. ޑައިރީ ބަންދުކޮށްލާފައިވަނީ ވާންފަށަކުން އޮޅާލައިގެންނެވެ. ޘަނާ ޑައިރީ ހުޅުވަން ނުހުޅުވަން އިނދެފައި ފުރަތަމަ ސަފްޙާއަށް އެއްލީ ވާންފަށް މޮހާލައިފައެވެ. ޖެނުއަރީމަހުގެ ނުވަވަނަ ދުވަހުގައި އޮތް ޢިބާރާތުން ޘަނާ ފެށީ ހަޤީޤަތާ ކުރިމަތިލާން ބޭނުންނުވެ ހުރެއެވެ.

“އަހަރެންނަށް ކަލާ ފުރަތަމަ ފެނުނު ދުވަހުން ފަށައިގެންވެސް މިހިތް ކަލާއަށް ހިބަކުރެވިއްޖެއެވެ. އަހަރެން ކަލާ އުޅޭ ނޫޅޭގޮތް ބަލަމެވެ. އެއީ ފާރަލުން ކަމުގައިވާނަމަ މާފްކުރާށެވެ. އަހަރެން ކަލާ ހިނގާ މަގުތަކުން ހިނގަމެވެ. ކަލާގެ ދިރިއުޅުން ބަލަމެވެ. ކަލާގެ އުޅުންތެރިކަމާ ތިޔަ ރީތި ސިފަތަކުން އަހަރެންގެ ދެލޯ އަތުލައިގެންފިއެވެ.”

ޢާމިލް ހަޔާތުގެ ސަފްޙާތަކުން ދުވަހަކަށްފަހު ދުވަހެއްގެ ޢިބާރާތްތައް ޘަނާ ކިޔަމުން ދިޔައިރު ލޮލުން ކަރުނައިގެ ތިކިތައް ޖަންބު ކުލައަރައި ކޯތާފަތުގައި ދުވެދުވެ ހުއްޓެވެ.

“ކަލާއެވެ. އަހަރެން ވަރަށް މަސައްކަތްކޮށްފީމެވެ. އަހަރެން ކަލާގާތުގައި ލޯބިވާވަރު ބުނުމަށް ކުރާ ކޮންމެ ކަމެއްވަނީ ނާކާމިޔާބެވެ. އަހަރެން މިއީ ފިރިހެނަކީމެވެ. ފިނޑި މީހަކީމެވެ. ސިޓީތައް ލިޔުނީމެވެ. އެހެންނަމަވެސް އަހަރެންނަށް ޖަވާބެއް ނުލިބެނީ ސިޓީތައް ފޮނުވަން ނުކެރޭތީއެވެ. ފޯނުން ގުޅަންވެސް މަސައްކަތްކުރަމެވެ. އެހެންނަމަވެސް އަހަރެންނަށް ކަލާގެގާތުގައި ލޯބިވާވަރު ބުނާކަށެއް ނުކެރެއެވެ.”

ޘަނާގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. ރޮއިރޮއި ލޯ ރަތްވެ، ލޯ ކައިރި ދުޅަވަމުން ދިޔައެވެ. ނޭފަތުން ހިފެހެއްޓުމެއްނެތި ދަވަތައް ބޭރުވަމުން ދިޔައެވެ. ގިސްލެވެން ފެށިއެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އެންމެފަހުން ޢާމިލްގެ ޑައިރީގައި ލިޔެފައިވާ ޢިބާރާތްކޮޅު ކިޔަން ފެށިއެވެ.

“ކަލާއެވެ. އަހަރެން ކަލާގާތުގައި މިއަދު ބުނާނަމެވެ. އަދި ވަރަށް އަވަހަށް ކައިވެނީގެ ކަންތައް ހަމަޖައްސާނަމެވެ. އެއީ ކަލާވެސް ބޭނުންވާނެގޮތްކަން އަހަރެންނަށް ޤަބޫލުކުރެވެއެވެ. ނޫނީ ޔަޤީންކުރަމެވެ. ކަލާއެވެ. އަހަރެން އެހުމުން އަހަރެންނަށް ޖަވާބެއް ދޭންވާނެއެވެ. އަހަރެން ދެރަވެގެން ހިތް ފަޅައިގެން ދާވަރުގެ ޖަވާބެއް ނޫނެވެ. އަހަރެން ކަލާދެކެ އަބަދުވެސް ލޯބިވެއެވެ. ކަލާއެވެ. އަހަރެން ކަލާއަށް…”

ޘަނާ ކުއްލިއަކަށް އެއްޗެއް ގެއްލިގެން ހޯދާ ބީދައިން އަވަސްއަވަހަށް ޑައިރީގެ އެއްގަނޑު، އަނެއްގަނޑު ބަލަން ފެށިއެވެ. އެންމެފަހު ޖުމުލައެއް ޑައިރީއަކުނެތެވެ. އެޖުމުލައިން ކަރުދާސްގަނޑުވަނީ އިރާލައިފައެވެ. ޘަނާ ރޮމުންރޮމުން ޑައިރީ ލައްޕާލައި މޭޒުމަތީގައި ބޯއަޅައިގެން ގަދައަށް ގިސްލަގިސްލާފައި ރޯންފެށިއެވެ.

“ޚާއްސަކޮށް ޘަނާ އެ ނުކިޔާތި އިނގޭ.” ޘަނާގެ ހިތުގައި ޢާމިލްގެ ޖުމުލަތައް ބިންވަޅުނަގަމުން ދިޔައެވެ. “ކަލާއެވެ. އަހަރެން ކަލާގާތުގައި މިއަދު ބުނާނަމެވެ. އަދި ވަރަށް އަވަހަށް ކައިވެނީގެ ކަންތައް ހަމަޖައްސާނަމެވެ.”

“ދައްތާ އޮފީސް ގަޑިޖެހެނީ.” ސަމާ ގޮވައިލީ ޘަނާ އެނދުމަތީގައި ގަދަ ނިންޖަކުން ނިދާފައި އޮތީމައެވެ. “އަދިވެސް އޮތީތަ؟ ދެން ތެދުވެގެން ދޭބަ އޮފީހަށް.”

“ނުދާނަން. މިއުޅެނީ ރިޒައިންވާން.” ރުންކުރުގޮތަކަށް ޘަނާ ބުންޏެވެ.

“އެކަމަކު އަދި މާރޗްމަސް މިހިނގަނީ، ފެބްރުއަރީގައި ވަޒީފާ ލިބުނީމަ ފުމެފުމެފަ އުޅުނު މީހާ ތިއީ.” ސަމާ ޘަނާއާ ދިމާކޮށްލިއެވެ.

“ދައްތަ އޮފީހަށް ވަންތަނުން ފެނުނީ ޢާމިލް. އެހެންވެ ދައްތަ އޮފީހަށް ދަނީވެސް އެހެންނަމަ ނުވެސްދާނަން.” ޘަނާ މަސައްކަތްކުރަމުންދިޔައީ ހިތާމައިގެ އަސަރެއް ނުދައްކައި ވާހަކަ ދެއްކޭތޯއެވެ.

“ދެން މިހާރު ޢާމިލް ގެއްލުނީތަ؟” ސަމާ ބޭނުންވަނީ ޘަނާއަށް ހިތްވަރުދޭށެވެ. “އަދިވެސް ވަގުތެއް ފާއިތެއްނުވޭ، ކެރިގެން ނިކަންގޮސް ޢާމިލް ގާތުގަ ބުނެބަ. ފަހަރެއްގައި ދެއަނތްބަށްވެސް…”

“ސަމްކޮށް ބޭނުންވާނެތަ، ސަމްކޮގެ އިތުރުން ޘަރީފް އެހެން ކުއްޖަކާ މެރީކުރަން؟” ޘަނާ ގާތަށް ރުޅިއަންނަން ފެށިއެވެ. “ލީވް މީ އެލޯން ސަމްކޯ.”

“ހަހް. އޯކޭ.” ސަމާ ބަލި ޤަބޫލުކޮށް ކޮޓަރިން ނުކުމެގެން ދިޔައެވެ.

ސަމާ ދިއުމާއެކު ޘަނާއަށް ރޮވިއްޖެއެވެ. ޢާމިލް ނުލިބުން އެއީ ޘަނާގެ ފިނޑިކަންކަމަށް ޘަނާއަށް ޤަބޫލުކުރެވެއެވެ. ވަގުތު ފާއިތުވެގެންދިޔައީ ޘަނާއަށް އިސްވެ ވާހަކަ ދައްކަން ނުކެރުމުންކަމަށް ޘަނާއަށް އިޙްސާސްކުރެވެއެވެ.

“ހަލޯ! މަންޖޭ. ޢާމިލް އެބަ ހޯދާ.” ސުލްޠާނާ ގުޅީ ޘަނާ އޮފީހަށް ނާންނާތީވެއެވެ. “ޢާމިލް ހުރީ…”

“އޭނާ ގާތު ބުނޭ ޑައިރީ މޭޒުމަތީގައި އޮންނާނެއޭ، ތިމަންނައެއް ނުކިޔަމޭ.” ޘަނާ ސުލްޠާނާގެ ވާހަކަ މެދުކަނޑާލައި ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ފޯން ބޭއްވިއެވެ.

ފޯނު ކަނޑައިލުމުން ސުލްޠާނާ ދެތިންފަހަރު ގުޅިއެވެ. އެހެންނަމަވެސް ޘަނާ ފޯނެއް ނުނަގައި އެންމެފަހުން ފޯން ނިއްވައިލީއެވެ. ޢާމިލް ފެނުނީންސުރެއް ޘަނާގެ ހިތުގައި ޢާމިލަށްޓަކައި ޖާގަ ހުސްކުރެވުނެވެ. ޢާމިލްގެ ފަރާތުން ލޯބީގެ އެއްވެސް ނިޝާނެއްފެނޭތޯ ބަލަމުން ދިޔައެވެ. އެހެންނަމަވެސް ޘަނާއަށް މިއަދު ލިބިފައިވަނީ ހިތްދަތިކަމެވެ. އެއީ އެއްވެސް މީހެއްގެ ކުށެއްނޫންކަން ޘަނާ ޤަބޫލުކުރެއެވެ. ޢާމިލް ގާތުގައި އެވާހަކަ ކުރިން ބުނިނަމަ ކަންތައް އެފުށްމިފުށަށް ޖެހިގެންނުދާނޭކަމަށް ޘަނާ ހީކުރެއެވެ.

ޘަނާއަށް ޢާމިލް ނުފެންނަތާ ދެތިން ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ތުންތުންމަތިން އަޑު އިވިފައިވާގޮތުން ދުވަހަކީ ޢާމިލް އެންމެ އުފާކުރާނެ ދުވަހެވެ. އެހެންނަމަވެސް ހިތާމައިގެ ސަބަބުން ޘަނާއަށް ރަނގަޅަކަށް ނުކެވެއެވެ. އޮފީހަކަށް ނުދެވެއެވެ. ބަލި މުސްކުޅިއެއްހެން އެނދުމަތީގައި އޮށޯވެލައިގެން އޮތުން ނޫން އެހެން ކަމެއް ނުކުރެއެވެ.

“ދައްތާ!” ސަމާ ނާންނަން ހުރެފައި ޘަނާގެ ކޮޓަރިއަށް ވަނީ ހެވި ދިއްލާލައިގެންނެވެ.

“ނުކުމޭ! އަހަރެންގާތުގައި ޢާމިލްގެ އެއްވެސް ވާހަކައެއް ދައްކައިގެންނުވާނެ.” އިތުރަށް ޢާމިލްގެ އެއްވެސް ވާހަކައެއް ޘަނާ އަހާކަށެއް ބޭނުމެއް ނޫނެވެ. އެފަކީރު އެކާމައި ދޭތެރޭ ވިސްނާވިސްނާ ހާންތިވަނީއެވެ.

“އެކަމަކު ދައްތާ. މަ…” ސަމާ ބުނަން އުޅުނު އެއްޗެއް ނުބުނެ ހުއްޓައިލީ ޘަނާ ވާހަކަ ދައްކަން ފެށުމުންނެވެ.

“ގެޓް އައުޓް.” ސަމާއާ ދިމާއަށް ބަލައިވެސް ނުލައި ޘަނާ ވާހަކަ ދެއްކިއެވެ.

“ހުން. ވަރަށް ފޫހި…”

ސަމާ ކޮޓަރިން ނުކުމެގެން ދިޔަތާ މާގިނައިރެއް ނުވެއެވެ. ސުލްޠާނާއާއި ޝާކިރާ އައިސް ކޮޓަރި ތެރެއަށް ވަނެވެ. އެމީހުންނަށްވެސް ތިބީ ހެވިފައެވެ.

“އެންމެން ކީއްކުރަން މިތަނަށް ތިއަންނަނީ؟ އަހަރެންނުވޭ ދެރައެއް މިހާރު މިތަނުން ނުކުމޭ.” ޘަނާ އެންމެނާ ދިމާއަށް ހަޅޭލަވައިގަތެވެ.

“މައި ލަވް. ނިކަން އަޑުއަހަބަ.” ސުލްޠާނާ ޘަނާ ގާތުގައި އިށީނުމުން ޘަނާ ބާލީސްތެރެއަށް މޫނުލައި ފޮރުވައިލިއެވެ. “ކަމޯން. އޭތް ޘަނާ. ހާދަ ފިނޑިއޭދޯ.”

ޘަނާއަށް ރޮވޭތީވެ، އެއްވެސް އެއްޗެކޭ ނުބުނެ އޮތީއެވެ.

“އަދިވެސް ޢާމިލް ބޭނުން ވަންޏާ ތިހެން އޮވޭ.” ސުލްޠާނާ ދާން އުޅުމުން ޘަނާ ސުލްޠާނާ އަތުގައި ހިފިއެވެ.

“މިހާރު މާލަސްވެއްޖެ ޢާމިލް ގާތުގައި ބުނަން.” ޘަނާ ލޮލުން ކަރުނަ އައިސްއައިސް ހުއްޓެވެ.

“ޢާމިލް އެކައިވެނިނުކޮށް ތުނޑިމަތީގައި ޘަނާގެ އިންތިޒާރުގައި އެބަހުއްޓޭ ބުނެފިއްޔާ…” ޘަނާގެ ބުރަކަށީގައި ފިރުމައިލަމުން ސުލްޠާނާ ދިމާކުރާގޮތަކަށް ބުންޏެވެ.

“އޭ… ކީއްކޭ؟ އަސްލުވެސްތަ؟” ޘަނާއަށް ބޭއިޚްތިޔާރުގައި ސުލްޠާނާގައިގާ ބައްދައިލެވުނެވެ.

“އާއެކޭ. ދެންވެސް އަވަހަށް ދާންއުޅެބަ!” ސުލްޠާނާއަށްވެސް އެންމެފަހުން އުފަލުން ރޮވުނީއެވެ.

ބާރުބާރަށް ޘަނާ ތުނޑިއާ ދިމާއަށް ދުއްވައިގަތީ ކަނާތުން ކަރުނަ ފޮހެމުން ފޮހެމުންނެވެ. ހޭވެމުންދިޔަ އިސްތަށިގަނޑުގައި އަތުން ފުނައިއަޅަމުންނެވެ. ޘަނާއަށް ތުނޑިއަށް ދެވުނުއިރު މައިނޭވައި ލެވެއެވެ. ހަވީރުގެ ވަގުތު ތަންދީގޮސް އިރުއޮށްސޭއަތަށް އަޅާފައިވުމުން ޖެހެމުންދިޔަ ފިނިވައިރޯޅިތަކުން، އުދާސްވަމުންދިޔަ ޘަނާގެ މޫނުގައި ބޮސްދޭންފެށިއެވެ.

އޭރު ޢާމިލް ހުރީ ޖީބަށް ދެއަތް މަހައިގެން މޫދާ ދިމާއަށް ބަލަހައްޓައިގެންނެވެ. ހިވަނީ އިންތިޒާރުގައި ހުރެހުރެ ހީގެންފާވައިހެންނެވެ. ލައިގެން ހުރި ގަދަނޫކުލައިގެ ގަމީސް ހީވަނީ ޖެހެމުންދިޔަ ވައިރޯޅިއަކާ އޮޅުލައިގަނެގެން ގޮސްދާނެހެންނެވެ. ބޮލުގެ އިސްތަށިތައް އެގޮތް މިގޮތަށް ނަށަމުން ދިޔައީ ހޭވައްޓާލައިފައެވެ.

ޘަނާއަކަށް ބަލާކަށެއް ނުހުރެވުނެވެ. ދިޔަ ބާރުމިނުގައި ގޮސް ޢާމިލްގެ ފުރަގަހުން ކޮނޑަށް އަތްލައި ބައްދައިލެވުނެވެ. ޢާމިލް މަޑުމަޑުން ޘަނާއާ ދިމާއަށް އެނބުރެލީ ހިނިތުންވެލައިގެންނެވެ. ޢާމިލްގެ ހިނިތުންވުން ފެނުމުން ޘަނާ ލޯ މަރާލައި ހިނިތުންވެލިއެވެ.

“ކައިވެނި ބޮއިކަޓްކުރީ އަސްލުވެސް އަހަރެންދެކެ ހާދަހާ ލޯބިވާތީއޭ ދޯ؟”

“ކައިވެނި ބޮއިކަޓެއް ނުކުރަން. އެ ކައިވެނިކުރެވިއްޖެ.” ޢާމިލް ވާހަކަ ދެއްކީ ހިނިތުންވެ ހުރެއެވެ.

ޘަނާއަށް ބޭއިޚްތިޔާރުގައި ޢާމިލަށް ފުރަގަސްދެވުނެވެ. ލިބުނު އުފާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޔަށްވީއެވެ. ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ބަންޑުން ވާންފެށިއެވެ.

“އޭތް. ރޮނީތަ؟ ހިއްހިއް.” ޢާމިލް ޘަނާގެ ކުރިމަތީގައި ހުއްޓުނެވެ.

“ދެން އުފާކޮށް ހޭންވީތަ؟ އަހަރެން ބޭނުމެއްނޫން ޢާމިލްތީ އެހެން މީހެއްގެ ހައްޤަކަށް ހަދާކަށް.” ޘަނާ އިސްޖަހައިލިއެވެ.

“އެހެންތަ. ކާކުތަ ބުނީ މި ޢާމިލްމިއީ ޘަނާ ނޫން އެހެން މީހެއްގެ ހައްޤެކޭ؟” ޢާމިލް ޘަނާގެ ދަތްދޮޅީގައި ހިފައި އިސް އުފުއްލައިލިއެވެ.

“އަހަރެންގެ ބޭބެއާ އަހަރެންނާ ވަރަށް ވައްތަރުވާނެ. ގިނަމީހުން އަހަރެންގެ ބޭބެއަށް ކިޔާނެ ޢާމިލް. އޭނާ މާލޭގައި އުޅޭތީވެ މީސްމީހުންނަށް އޭނާގޮތް ރަނގަޅަށް ނޭނގެނީ. މިރޭ ކައިވެނިކުރީ އަހަރެންގެ ބޭބެމެން. އެހެންމީހުންގެ ބަހުންނަމަ ޢާމިލް. ހިއްހިއް.” ޢާމިލް ގަޔާލައި ޘަނާ މޮޑެލިއެވެ.

ޘަނާގެ ގާތަށްވެސް ހިނިއައެވެ. ލޮލުން ފައިބަމުންދިޔަ ހިތާމަވެރި ކަރުނަތައް އުފާވެރިކަރުނަތަކަށް ބަދަލުވިއެވެ. ޘަނާ ރަނގަޅަށް ޢާމިލްގެ ގައިގާ ބައްދައިލީ ހިތްފުރެންދެއް ހިތްހަމަޖައްސައިލާށެވެ. ޢާމިލް ޘަނާގެ އަތަށް ކުޑަ ގަނޑުކޮޅެއް ލިއެވެ. ޘަނާ ހައިރާންކަމާއެކު އެ ގަނޑުކޮޅު ހުޅުވާލައި ބަލާލިއެވެ.

“އަހަރެންގެ އަމިއްލަ ޑައިރީ މިދެނީ ބުނަން ނުކެރުނަސް ލޯބިވާތީއެވެ.”

Comments (44)

  1. neem

    New story eh tha me

    1. Asad
      neem

      New kuru storyeh hope u guys will like it

  2. ReNesmee

    Varah reethi ..!

    1. Asad
      ReNesmee

      hehe tnx ReNesmee 🙂

  3. sharu

    V reethi asad ginain mikahala kuru story genes dheythi hama best

    1. Asad
      sharu

      in sha allah
      hehe tnx sharu 🙂

  4. aasa

    Vvvvvvv salhi….

    1. Asad
      aasa

      tnx aasa
      hehe 🙂

  5. Ryn

    wow… vrh salhi.. keep it up.. n sifa kurunthah vrh furihama… :)..

    1. Asad
      Ryn

      thankyou Ryn
      hehe. 🙂

  6. Ary

    Wow v reethi

    1. Asad
      Ary

      tnx Ary 🙂

  7. Anonymous

    hudhu kulaige dhaithakun dhai levuny.. mihen nukiyaane kanneyege.. ragalhu gothaky dhai elhuny.. dhoo laany.. dhai alhaany

  8. Anonymous

    ehfaharu shaana.. aneh faharu sana.. ragalhah kiyaafa genesdhey nama.. ragalhu kohlan feney

  9. Anonymous

    sanaa akah balaa kasheh nuhurevuneve.. meege badhalugai sanaa ah balaakasheh nuvatha sanaa akah balan nuhurevuneve.. liyumun kiyan maa faseyhavaane.. mi kahala kudhi kudhi kankamah ves liyunthakah insaaf kuraa iru fandiyaarun bahlavaane.. ehen veema mi kanthah thakah ves samaalukan dhinun buhdhivery

    1. Asad
      Anonymous

      thankyou
      thi kahala comment beynunvanee
      in sha allah will make it right
      thankyou for the comment
      🙂

  10. Anonymous

    dhebas ves ebahuri eh bahehge gothuga liyefa

  11. Anonymous

    ????

  12. Asad

    🙂
    thankyou Anonymous kudhin kolhah
    dhen liyaa vaahakaeh raghalhu kuraanan in sha allah

  13. saadhu

    V v v reethi

  14. mal

    Wow..v v reethi.

  15. Asad

    thank saadhu and mal
    🙂

    1. saadhu
      Asad

      ur welcome dear<3

  16. maahy

    v v v v v v v v v v v lwwwwwwwwwwwwbi…….. 🙂 🙂 i love this story :*

    1. Asad
      maahy

      hehe
      thankyou maahy:)

  17. ham

    v.v.v.v. reethi alhe mashah ves mihen vaane nama

    1. Asad
      ham

      hehe
      thankyou ham
      nubune nuhuhnaathi maa lasvandheh 😉
      in sha allah raghalhuvaane

  18. Has

    Varah furihama… i like it….

  19. ayya

    sifa kurun ithurah ramgalhu kohllaa.. dhivehi bahaai ehen bas mashuni nukurey…

  20. Asad

    THNX Has and ayya
    vaahakathakugai english use kuran jehenee mihaaruge mujuthamau gulhuvan vegen.
    veehaaves madhukoh use kureveythoa balaanan 🙂

  21. Has

    Aslu vaahaka thakuga english words or sentences beynun kuryma vaahaka furihama…. eyrun varah kiyaahithun kiyey… varah hiyhama jehun libey… asad ge vaahaka thah hama superb!

    1. Asad
      Has

      🙂
      wish has and all will stay giving me support and mistakes to be corrected, so i can improve.
      Thanks to all readers plx do comment it helps me to improve.
      thank you

  22. anne

    alheyyyyyyyyy varah varah varah varah varah varah reethi,.. maasha allah varah molhu vaahaka liyan.. varah ufaa vejje mi vaahaka kiyuny ma ves.. hehehe.. adhi liyahchey baivaru vaahaka…

  23. anne

    i would recommend this story to my frnds because it’s really aaaaaaaaaamazing.. please keep on writing..

  24. Asad

    Thank you anne.
    in sha allah will write soon.
    🙂

  25. dhonthi

    varah reeethi ,,, adhi vex baivaru vaahaka liyaathive ,, i lyk to read it n i enjoy this story a lot ….

    1. Asad
      dhonthi

      in sha allah.
      thank you dhonthi. 🙂

  26. ie

    nice story 🙂
    varah furihama

    1. Asad
      ie

      thank you ie
      🙂

  27. laimaan

    V loabi story eh. Loved it

    1. Asad
      laimaan

      : ) Thank You laimaan
      mi kahala storyeh liyeveythoa eba balan igey kudhin. Do read igey.

  28. Liyaa

    Nice story keep it up love

    1. Asad
      Liyaa

      Thank You Liyaa 🙂 <3

  29. Kudoo

    Nice

Comments are closed.