Skip to content
އެސްފިޔަ

ކުށްވެރިޔަކީމެވެ.

އާއެކެވެ! އެއީ އަހަރެންގެ ކުށެކެވެ. ފަހުދު ގާތުގައި ފާޑުފާޑުގެ އަންހެންކުދިންނައި ވާހަކަ ނުދައްކާށޭ ބުނެވޭކަށެއް ނޯންނާނެއެވެ. ބުނެގެން ނުވެސް ވާނެއެވެ. ކުށްވެރިވާނީ އަހަރެންނެވެ. އެހެންނަމަވެސް އަހަރެން އެންމެ ފިރިހެން ކުއްޖަކާ އަނގައިން ބުނެލިޔަސް އަހަރެންގެ ހިތް ފަޅައިގެންދާހާވަރަށް އޭނާ އިހާނެތިކުރާނެއެވެ. އެއްޗެހި ކިޔައިނެއެވެ. އެއީ ހަމަ ލޯބިންނެވެ. ފަހުދު ދެރަވަނީއެވެ. ދެރަވެގެން ރުޅި އަންނަނީއެވެ. ނޫނެކެވެ. ރުޅި އާދެވެނީއެވެ. ރުޅި އާދެވުނަސް އަތް އިސްކުރުމަކީ ފަހުދުގެ އާދައެއްނޫނެވެ. އަތް އިސްކުރުމަށްވުރެއް އަހަރެމެން ދެމީހުންގެ ލޯބި އޭނާއަށް އަބުރުވެރިއެވެ.

ހިތަށް ކެތްނުވެގެން އަހަރެންނަށް ރޮވުމުން އޭނާ އަހަރެންގެ ގާތުން މާފަށް އެދޭނެއެވެ. ލޮލުން ކަރުނަ ފައިބައި ހާލުގައެވެ. ފަހުދަށް އެހެންވާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރައިލައެވެ. އެއީ ދެން އެހެންނުވާނޭކަމަށް ޤަބޫލުކުރަމުންނެވެ. އެހެންނަމަވެސް އަޅައި ފޮޅިޔަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދެތިން ދުވަހަށްފަހުން އެނެއްކާހެންވެސް އެކަން ތަކުރާރުވުން ނޫންކަމެއް ނުވާނެއެވެ. އެހެނަސް އަހަރެމެންގެ ލޯތްބަށް އެއްވެސް ހީނަރުކަމެއް ނާދެއެވެ. އެއީ މީސްމީހުންނަށް އަތްލެވޭނެ ހިސާބަށްވުރެއް މާއުހުގައިވާ އެއްޗެއްކަމުންނެވެ. މާއެތެރޭގައިވުމުން ފެންނަން ނެތް އެއްޗަކަށްވާތީއެވެ.

ދުނިޔޭގެ އާދަޔަށް ނުވިޔެއްކަމަކު މިއީ އަހަރެންގެ ހަޔާތުގެ އާދައެވެ. އަހަރެމެންގެ ގުޅުމާމެދު ދެޢާއިލާވެސް އެހާ ރުހެއެވެ. “ކިޔެވުން ނިމިފައިވާނަމަ ދެކުދިންވެސް ގުޅިންގެން ކުރިއަށް ދާށޭ!” އެއީ އަހަރެމެންގެ މައިންބަފައިންގެ އާބަހެވެ. ދެމީހުންމެދުގައި ކުދިކުދި މައްސަލަތައް ޖެހުނެއްކަމަކު ގިނަ ދުވަސްތަކުގައި އަހަރެމެންނީ އެންމެ އެކުވެރި، އެންމެ ލޯބިލޯބިން އުޅޭ ޖޯޑޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފެންނަ ކޮންމެ ލޮލެއް ހަސަދަވެރިކުރުވާނޭފަދަ ގުޅުމެކެވެ. އެއިން ކޮންމެ ހަތަރު ލޮލަކީ އަހަރެމެންގެ ލޯތައްކަމުގައި ވާނަމައޭ ހިތާހިތާ ކިޔައިނެކަން ޔަޤީނެވެ.

ކިތަންމެ އުފަލާއި ހިތްހަމަޖެހުމާއި، ހެއްވާ މަޖަލުގައި ފަހުދާއެކު ވަގުތުތައް ހޭދަކުރެވުނަސް އަހަރެންގެ ހިތާމެވެރި މޫނަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެމޫނަކީ ހަމައެކަނި އަހަރެންނަށް ފެންނަ މޫނެކެވެ. ފަހުދު ދެރަވެދާނެތީ އަހަރެން އެމޫނަކުން ފަހުދަކަށް ނުބަލަމެވެ. ފަހުދު ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓިއްޖެނަމަ އަހަރެންގެ ލޮލުން ދެގުނަ ފައިބައިނެއެވެ. އޭނާ އުފާވާ ކޮންމެ ވަގުތަކީ އަހަރެންގެ ހިތް އުފަލުން ފޮޅިލާ ވަގުތުތަކެކެވެ.

ފަހުދު ހިތްހަމަނުޖެހޭ އެއްވެސް ކަމެއް އަހަރެންނެއް ނުކުރަމެވެ. ކުރާކަށެއް ބޭނުމެއްވެސް ނޫނެވެ. އެކަމަކު ފަހުދު އަހަރެން ދެރަވާ ކަންތައް ކުރަނީ ކީއްވެބާއޭ ހިތަށް އަރައެވެ. އެކަމާ ވިސްނެއެވެ. ދެރަވެވެއެވެ. ފަހުދު އަހަރެން ކިތަންމެ އުފާކޮށްދިނަސް ފަހުދު ކޮށްލައި ކަމަކުން އަހަރެންގެ ހިތުގައި ޒަހަމް އުފެދެއެވެ. ދުވަސްތަކެއްގެ ހަމަޖެހުމަށްފަހު އެކަން ތަކުރާރުވުމުން އަހަރެންގެ ހިތުގައި އުފެދޭ ޒަހަމާއެކު ހިތުގައިވާ ލަކުނުތަކުގައި ވޭން އަޅައެވެ. އެއް ދުވަހުގެ ހިތާމައަކީ ސަތޭކަ ދުވަހުގެ އުފަލާ އެއްވަރު އެއްޗެކޭ ބުނުމަކުން އަހަރެން ފާފަވެރިއެއް ނުވާނެއެވެ. އާއެކެވެ. އެއީ އިންސާނާގެ ތަބީޢަތެވެ. ތަފާތަކީ އެކަން ދަންނާނީ ގިނައިން ހިތާމަކުރާ މީހުން އެކަނިކަމަށްވުމެވެ.

އަހަރެން ހިތާމާގައި ކެތްކުރަނީ ފަހުދުދެކެވައި ވަފާތެރި ލޯތްބެއްގެ ސަބަބުންނެވެ. ފަހުދު އަހަރެންދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަހަރެން އެ ދެލޮލަށް ބަލައިލާ ކޮންމެ ފަހަރަކު އަހަރެންނަށް އެކަން ޔަޤީންވެއެވެ. ހިތާމައަކީ މީހެއްގެ ތަބީޢަތުގައި ހަރުލައިފައި ހުންނަ ކަންތައްތައް ފަސޭހައިން ފިލުވައި ނުލެވޭތީއެވެ. ހުދުކުލައިގެ ގަމީހުގައި ކިހައްޑިހަ ޖެހިއްޖެނަމަ އެ ގަމީހުގެ ބޭނުންމެއް ނޯންނާނެއެވެ. ފަހުދަށްޓަކައި އަހަރެންގެ މުޑުދާރު ހެދުންތައް އައު ކުރިނަމަވެސް ފަހުދަށް އެކަން ކުރުން އެއީ އުނދަގޫކަމެކެވެ. ޤަބޫލުކުރަމެވެ. ފަހުދު މަޑުމަޑުން ރަނގަޅުވެއެވެ. ނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރައި ލިބޭނެ އެއްޗަކަށްނުވުން އެއީ އަހަރެންގެ ބަދު ނަސީބުކަމުގައި މީހަކު ބުނެދާނެއެވެ. އަހަރަން ހެއްދެވި ފަރާތް ވޮޑިގެންވަނީ ކެތްތެރިންނާއެކު ކަމަށްވާތީ ކެތްކުރާ މީހުންގެ ތެރެއިންވުމުގެ އުއްމީދުގައި މަޑުކޮށްލައިގެން ހުރީއެވެ. ނޫނެކެވެ. އެނދުގައި އޮތީއެވެ.

ހިތާމައިގެ ސަބަބުން އަހަރެން މިއަދު މިއޮތީ އެނދުމަތިކޮށްފައެވެ. އަހަރެންގެ ގާތުގައި މަންމަ ބޯ ޖަހައިލައިގެން އޮތެވެ. ފަހުދުގެ ކޮލެޖް ދަތުރުގައި މާލެއިން ބޭރަށް ދިޔަތާ ހަފްތާއަކަށްވާން ދެންހުރީ އެންމެ ދުވަހެކެވެ. ފަހުދު ފުރުމުން އަހަރެން ފަހުދަށް ފޯނުކުރީ ކިހާވަރަކަށްކަމެއް ނޭނގެއެވެ. ލިޔެވުނީ ކިތައް މެސެޖްކަމެއް ނޭނގެއެވެ. ފޮނުވުނީ ކިތައް ވައިބްކަމެއް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އަހަރެންނަށް ފަހުދުގެ ކޯލެއް، މެސެއްޖެއް ނުލިބުނުތާގައި ވައިބެއްވެސް ނުލިބޭކަމެވެ. ފޯނު ހިފައިގެން އެކިތަންތަނުގައި އެކި ގޮތަށް އިންތިޒާރުކުރީމެވެ.

ފަހުދުގެ ހާލު ނޭނގުމުން އެކަމާ ފިކުރުކުރަން މުޖުބޫރުކުރުވިއެވެ. ފަހުދުގެ މަންމައަށްވެސް ގުޅީމެވެ. ގުޅި ބޭނުން ނުފުދި އުޅެނިކޮށް ފޯން ބާއްވަން ޖެހެނީ ފަހުދު ރަނގަޅޭ ބުނަމުންނެވެ. އެދެވޭ ނަތީޖާއެއް ނުކުންނާނީ ފަހުދު މަންމައަށްވެސް ގުޅައިނަމައެވެ. ފަހުދު ގުޅިޔަސް މަންމަ ގާތުގައި ފަހުދު އަހަރެންނަށް ނުގުޅައި ވާހަކަ ބުނާކަށެއް ނުކެރޭނެއެވެ. އަހަރެން މިހަލާކުވަނީ އަހަރެން އަމިއްލައަށޭވެސް ބުނެވިދާނެއެވެ. އަހަރެންނަށްވުރެއް ބޮޑު މޮޔައެއް މިދުނިޔޭގައި ހުރެދާނެބާއޭވެސް ސުވާލު އުފެދެއެވެ. އެތަކެއް އިންތިޒާރަކަށްފަހު އެންމެފަހުން އަހަރެންގެ ހާލު ދެރަވީއެވެ.

އިންސާނަކަށް ކެތްކުރެވޭނީ ވަކިވަރަކަށޭ ބުނެ ވާހަކަ ދައްކައި އަޑުވެސް އަހަމެވެ. ފަހުދާ ދިމާއަށް އެހެން ބުނަންވެސް ހިތަށް އަރައެވެ. އަނގަވެސް ހުޅުވައިލަމެވެ. ހަމަ އަހަރެންގެ ހަށީގައި އެ ހިތްވަރުނެތީއެވެ. ބުނުމަކުންވެސް ކުރާނެ ފައިދާއެއް ނެތެވެ. ކުށްވެރިވާނީ އަހަރެންނެވެ. ބުނުމަށްވުރެއް ނުބުނުންވެސް އަހަރެންގެ ހިތަށް މާ އަރާމެވެ. އިތުރަށް ހިތާމަކުރާނެ ކަރުނައެއް ނެތެވެ.  އަހަރެން ދެރަވުމުން ފަހުދު ދެރަވާތަން ބަލާނެ ލޮލެއް ނެތެވެ. ފަހުދަށް ހިތްވަރުދީ ނަސޭޙަތްދޭނެ އަނގައެއް ނެތެވެ. އެކަކު އަނެއްކަކުގެ ރުހުން ހޯދަން މަސައްކަތްނުކުރާނަމަ މިފަދަ ދެރަގޮތެއް މެދުވެރިވެދާނެއެވެ.

އަހަރެންނަށް އަހަރެންގެ އަމިއްލަ ހިތާމަތައް ކެހިދެނީއެވެ. ސިކުނޑި ގޯސް ކުރަނީއެވެ. މެޔަށް ތަދުވަނީއެވެ. ހިތްފަޅައިގެން ދަނީއެވެ. ނޫނެކެވެ. ނިކަމެތި ހިތުގެ ނާރުތައް ފަޅައިގެން ދާން އުޅޭހެން ހީވަނީއެވެ. ލޭގެ ހިނގުން ލަސްވަނީއެވެ. ނޭވައިލާން ދަތިވަނީއެވެ. ލޯ މައްޗަށް އަނދިރިވަނީއެވެ. މަގޭ ލޯބިވާ ފަހުދެވެ. އަހަރެންނަށް މާފްކުރާށެވެ!

Comments (22)

  1. ainth

    Vaaraa loabi

  2. mishko

    Varah reethi

  3. mal

    Wow v rythi

  4. Anonymous

    sikundi ga innaane noonu sukun

  5. mal

    Vaahaka e nimunytha?

    1. Asad
      mal

      vaahaka nihmun kiyuntherinah dhookohlee.
      nihmun goheetha? hehe 😉

  6. Thaathu

    Noonu sukuneh noon.. huss nooneh

  7. aria

    Hus nooneh innaany….

  8. Asad

    tnx for the comments all.
    and hus noon groupahves thnx, hehe. will edit the mistake and will try not to repeat it in sha allah. 🙂

  9. ReNesmee

    Varah reethi .. SOML .

    1. Asad
      ReNesmee

      :_(
      here i have put some few real events of ppl life.
      wish this story give a heads up to u.
      may allah make u happy.
      tnx for the comment.

  10. Thoo

    V reethi

  11. Saamee

    Kihuneh vee vaahakaiga..fahudhu dhuyaee keehve..konthaakah..gal maruveetha.i thinkadhi nunimeidhw

  12. Shany

    vaahakaige ibaaraithah huri gothun kiyan fashafa ves foohi vejje!!!

  13. huh

    mashah heevanee mee ekkala Amaaz hen mihaaru Asad ge namuga vaahaka miliyanee.. vaahakaige namun ves heevejjey!!! i dnt like ur vaahaka thakuge jumla thah hunna style!!

    1. Ria
      huh

      Aaan dhw ria ah ves thihen heevi hama.

  14. Asad

    tnx all. hehe.
    this is really helping me to correct my mistakes.
    vaahakaige nihmun kiyuntherinah dhookohlaifa @saamee
    mivaahakaige ibaaraaithah huhnaanee mikahala gothhah. in sha allah will post something good @Shany
    i am not Amaaz. will correct those as u guys want. 😉 tnx for the comments. @huh @Ria

  15. shx

    nyc story..keep it up..

  16. sharu

    Vvv salhi vahaka ekm thakolhan kureey

  17. Asad

    Tnx
    Hehe. Yeha. Will write a short Story with 1500 words in sha Allah. 😉

  18. Niikko

    vrh salhi

    1. Asad
      Niikko

      Thank You @Nikko
      Do read other stories and give me comments too igey 🙂

Comments are closed.