Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ގިލަން

shurm Level 110 Stories
September 7, 2015 2 Mins Read
26 Comments

އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ދޮރުމަތީގައި އައްފާނު ހުރީ ހިނގާލަ ހިނގާލައެވެ. ތެޅި ތެޅި އޮތް ހިތަކާއެކުގައެވެ. އޭނާގެ މަންމަ ރަމީޒާއާ އެކުގައެވެ. އޭނާ ވަނީ ތަޤްދީރުގެ ނިޔާ ކަނޑައެޅޭނެ ގޮތް ބެލުމަށް ކެތް މަދު ވެފައެވެ. އޭނާގެ ދަރިފުޅު ސާޖިދާގެ އޮޕަރޭޝަނަށް ވާނެ ގޮތަކާމެދު ހިތްއަވަސް ވެފައެވެ.

 

އޮޕަރޭޝަން ކުރެވެމުން އެދާ ސާޖިދާއަކީ  އައްފާނުގެ ދެލޮލުގެ ނޫރެވެ. ދިރިހުރުމުގެ އަސްލާއި ބާރެވެ. އުންމީދުގެ ހުޅު ކޮޅެވެ. ސާޖިދާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވުމުން ސާޖިދާގެ މަންމަ އޭނާ އައްފާނާ ހަވާލުކޮށްފައި، ބިދޭސީ މީހަކާ އިނދެގެން ރާއްޖޭން ބޭރަށް ބަދަލުވީއެވެ. ކައްޗަރެއް ހޯދުމަށްޓަކައެވެ. ނަމަވެސް އައްފާނުގެ މަންމަ ރަމީޒާގެ އެހީތެރިކަމާއެކު އައްފާނު ދިޔައީ ސާޖިދާއަށް ބޭސްފަރުވާ ކުރަމުންނެވެ.

 

[ ސާޖިދާ އަކީ މަންމަން ކުއްޖެއް. ހިތުގައި ލޯވަޅެއް ވެސް އެބަހުރި. އެކަމަކު ހިތްވަރު އެލުވައިލައިގެން ނުވާނެ.  ﷲގެ އިރާދަ ފުޅުން މި މަންޖެ އަދި ރަނގަޅުވާނެ.] ފުރަތަމަ އޮޕަރޭޝަނަށްފަހު ޑަކުޓަރު ވިދާޅުވިއެވެ. އެއީ އައްފާނުގެ އުންމީދުގެ ހުޅުކޮޅު ކަނިވެގެން ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާގެ މަންމަގެ ނަސޭހަތާއެކު ޢަޒުމްގެ ކަމަރު ހިތުގެ އެންމެ ފުނުގައި ބަނދެލީއެވެ.

 

ސާާޖިދާގެ ކޮންމެ އޮޕަރޭޝަނަކީ އެތައް ބައިވަރު ފައިސާ ޚަރަދުވާނެ ކަމަކަށްވުމުން އައްފާނު ނިންމީ އިތުރު ގަޑީގައިވެސް މަސައްކަތް ކުރާށެވެ. ވަޒީފާގައި ހޭދަކުރާ އަށްގަޑިއިރުގެ އިތުރުން ހަވީރާއި ރޭގަނޑުގެ ބޮޑުބައެއްގައިވެސް މަސަކަތުގައި ހޭދަކުރާށެވެ. ހަމަ އެ މައުސޫމް ސާޖިދާ އަށްޓަކައެވެ.

އައްފާނު ގިނަރޭރޭ ގެއަށް އަންނައިރު ހުންނަނީ މެންދަމުން އަލިވެ ތިނެއް ޖަހާފައެވެ. އެހާ ފަސްކޮށް ގެއަށް އަންނައިރުވެސް މުޅި ކޮޓަރީގައި ގުގުމާފައި ހުންނަނީ ސާޖިދާގެ ވޭނީ ކުކުރުމުގެ އަޑެވެ. [އައްދޯތް] އޭ ބުނާ އަޑު އަނގައިން ނުނުކުތަސް ޢަމަލުން އެކަން ސާބިތުވެއެވެ. އަމިއްލަ އުފަން ދަރިއަކު އެފަދަ ޙާލެއްގައި އުޅުމަށް އެދޭނީ ކޮން ބައްޕައެއް ހެއްޔެވެ؟

 

އައްފާނުގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ވަގުތުން ވަގުތަށް އޮޕަރޭޝަން ކުރެވޭނެގޮތް މެދުވެރިވުމަށް ހިތް ގޮވަން ފެށިއެވެ. ނަމަވެސް މާލީ ތަނަވަސްކަން އެ ކަމަށް ޖާގަ  ނުދިނުމުން އެކަން ކުރެވެން ނެތީއެވެ. އިތުރު ގަޑީގެ މަސަކަތުން މާ އެދެވޭ ނަތީޖާއެއް ނުފެނުމުން، އައްފާނު ނިންމީ ސަރުކާރުގެ މަތީ ފަރާތްތަކަށް ދަންނަވާށެވެ.

 

ހަތަރު އުދަރެސް ފެނުޖެހިފައިވާ އައްފާނު، އެކެއްގެ ފައިބުޑުން އަނެކެއްގެ ފައިބުޑަށް ހިނގުމުން ވެސް ލިބުނީ ތިންހާހެއްހާ ދިވެހި ރުފިޔާ އެވެ. ނަމަވެސް ހަފްތާއެއްގެ މުއްދަތައް އަވަދިނެތި ކުރެވުނު މަސައްކަތް އައްފާނު ބަލައިގަތީ ލިބުނު ކާމިޔާބެއްގެ ގޮތުގައެވެ. ދަރިފުޅަށްޓަކައި ވެވުނު ޤުރުބާނީއެއްގެ ގޮތުގައެވެ. ޙަޔާތުގެ ގިލަން ފަސޭހަ ކުރުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައެވެ.

 

އާދައިގެ މަތިން މިއަދު ވެސް އައްފާނު ދިޔައީ މިނިސްޓަރެއްގެ އަރިހަށް އެހީއެއް ވެދޭތޯއެވެ. ނަމަވެސް ނަސީބު ކަންދިމާކުރި ގޮތުން އައްފާނާ ހެލްތު މިނިސްޓާރ ޒަކަރިއްޔާ އަކާ ދިމާވާގޮތެއް ނުވިއެވެ. ނަމަވެސް ޒަކަރިއްޔާއާ ގުޅޭނެ ފޯނު ނަންބަރެއް ވަނީ އޭނާގެ އަންހެނުން ދީފައެވެ.

 

[އައްސަލާމް ޢަލައިކުމް! އަޅުގަނޑަށް ކިޔަނީ އައްފާނު. ދަރިފުޅުގެ ބޭސްފަރުވާ އަށް ބޭނުންވާ ފައިސާ ޚަރަދު ކުރެވޭހައި، މާލީ ތަނަވަސްކަން ނެތުމުން އެހީއަކަށް އެދި މި ގުޅާލީ…] އައްފާނުގެ އަޑުގައި ވަނީ ހިތި ރާހަތެވެ. [ މައްސަލައެއް ނެތް. މިރޭ އަހަރެންގެ ގެއަށް ޖައްސާލާ.. އޭރުން ނުވަ މިލިއަން ދޭނަން.. އެކަމަކު ޝަރުތެއްގެ މަތިން. އެއީ އަހަރެންގެ ދޮށީ އަންހެން ދަރިފުޅަށް ކިޑްނީއެއް ހަދިޔާ ކޮށްދިނުން.] އެކޮޅުން ވާހަކަ ދެއްކި ޒަކަރިއްޔާ ހަރުކަށި ކަމާއެކު ބުންޏެވެ. [އަދި ބުނަން! އަހަރެންގެ ދަރިފުޅަށް އައްފާނުގެ ކިޑްނީ ވަރަށް މުހިއްމު. އޭނާގެ ބަނޑުގައި ފަސް މަހުގެ ދަރިއަކު އެބައޮތް. ވިހެއުމުގެ ތިން މަސް ކުރިން ކިޑްނީ ނުލައްވައިފިއްޔާ އަހަރެންގެ ދަރިފުޅާއި ލިބެން އުޅޭ ކާފަ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާނެ. އެހެންވީމާ، އެންމެ ލަސްވެގެން މާދަމާ ތިޔަ ކިޑްނީ ދޭން ވާނެ] އަނެއްކާވެސް ޒަކަރިއްޔާ ބުންޏެވެ.

 

އަސްތާއެވެ! އައްފާނަށް ހާދަހާ ހިތްދަތި ވަގުތުކޮޅެކެވެ. ދުނިޔޭގައި ދިރިހުރުމުގެ ޙައްްޤުން މަޙުރޫމް ވަނީއެވެ. އާޚިރުގައި މި ޤުރުބާނީއަށް ޚާއްޞަ މަޤާމެއް އެރުވޭނެ ބާވައެވެ؟

ނުނިމޭ

Share Article

Follow Me Written By

shurm

Level 110 Stories

Other Articles

Previous

އެލޯބި ފުރަތަމަބައި

Next

ދިމްޔާ (12 ވަނަ ބައި)

Next
September 7, 2015

ދިމްޔާ (12 ވަނަ ބައި)

Previews
September 7, 2015

އެލޯބި ފުރަތަމަބައި

26 Comments!

  1. mal says:
    September 7, 2015 at 6:06 pm

    V rythi vaanehen hyvany mi vaahaka..nd mibai v rythi..gud job shurm

  2. shurm says:
    September 7, 2015 at 6:06 pm

    plx comment aftr reading ths story..

  3. shurm says:
    September 7, 2015 at 6:07 pm

    thankx mal.. iraadha kurreviyya v avahah 2nd part up kodhdheynan

  4. ZiM~ says:
    September 7, 2015 at 6:19 pm

    Nice stwry Shurmmmm….next part avahah up koh dhehchey..

  5. aroooo says:
    September 7, 2015 at 6:20 pm

    V sali

  6. shyn says:
    September 7, 2015 at 6:24 pm

    Salhi..nxt Prt Konirakun Up Kuraanee???

  7. sharu says:
    September 7, 2015 at 6:41 pm

    Vv nice story eh shurm.den oi part eh inthizaru mikuranee

  8. PluviophileNyctophilia says:
    September 7, 2015 at 6:57 pm

    ކައްޗަރެއް ހޯދުމަށްޓަކައެވެ. What does this mean?
    BTW, the story is nice.. Maasha allah

  9. Ryn says:
    September 7, 2015 at 6:57 pm

    vrh reethi feshun.. waiting fr nxt prt

  10. dhusu says:
    September 7, 2015 at 7:10 pm

    vvvvv rythi.waiting frm next part

  11. mwah says:
    September 7, 2015 at 7:36 pm

    Waau… nice <3

  12. Shamahk says:
    September 7, 2015 at 7:37 pm

    Maasha Allah v v v nice
    So touching

  13. nukko says:
    September 7, 2015 at 7:43 pm

    V v v habeyx mi feshun . Gud lukk shurm hop daily koh up kohdheyne kamah

  14. shx says:
    September 7, 2015 at 7:50 pm

    wowwww…dis is awesome.. v salhi feshun gandu…ummeedh kurann dhn huri bai thsh vx v reethi vaanekamah..gud…nice..

  15. maashal says:
    September 7, 2015 at 7:53 pm

    V nice mi part … intrsting

  16. Anonymous says:
    September 7, 2015 at 8:13 pm

    alhe shurm varah reethi…..varah asarugadha

  17. Shax Lyn says:
    September 7, 2015 at 8:29 pm

    ކައްޗަރުވުމަކީ ތަފަތު ދެ ނަސްލެއް ގުޅިގެން ލިބޭ ދަރިން…… PluviophileNyctophilia ….. this is the meaning of kachachareh….. the story is superb…. keep it up…. 🙂 keep writing…..waiting for the next part…. 🙂

  18. shurm says:
    September 7, 2015 at 8:53 pm

    Thankx all.. Insha allah daily koh up kuraanan. I am a secondary student so I am v bxy.. Bt dnt worry, i will try my best.. hope you will like it

  19. blue says:
    September 7, 2015 at 9:39 pm

    varah reethi mi vaahaka…when is the net part??

  20. blue says:
    September 7, 2015 at 9:40 pm

    next* part

  21. shurm says:
    September 7, 2015 at 10:03 pm

    Insha allah, tumrw..

  22. Emy says:
    September 8, 2015 at 11:27 am

    wow…. v nice mi feshun…i hope dhn huri part tah vx mihaa reethi vaane kamah……keep it up … 🙂 🙂

  23. Thoo says:
    September 8, 2015 at 11:37 am

    Wow v reethi

  24. Nash says:
    September 8, 2015 at 4:52 pm

    nice

  25. zaana says:
    September 9, 2015 at 9:29 am

    feshun rythi bt IGMH hospital….. IGM hospital rangalhugothaky. H liyanyaa hospital liyaakah nujeheyne. IGMH ekani liyununyma ok vaane

  26. Rixy says:
    September 16, 2015 at 10:15 am

    varah loabi vaahaka eh
    adhives bodah kiyuntherin gayaa vaa gothah bahtan kohlihyaa varah reethi vaane . sahlhi

Comments are closed.



All Right Reserved!