Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ގިލަން (2)

shurm Level 110 Stories
September 8, 2015 3 Mins Read
22 Comments

 

”ލައްބަ! އަޅުގަނޑު އެއްބަސް” އިރުކޮޅަކު ނޭވާ ހިފަހައްޓާލައިގެން ހުރެ އައްފާނު ބުންޏެވެ. އެރޭ އައްފާނު ޒަކަރިއްޔާގެ ގޭދޮށަށް ގޮސް އޭނާ ދިން އެގްރީމެންޓްގައި ސޮއި ކުރިއެވެ. މާދަމާ ކިޑްނީ ހަދިޔާ ކުރަން ހޮސްޕިޓަލަށް ދާނެ ކަމަށް ބުނެ، އައްފާނު މިސްރާބް ޖެހީ ގެއަށް ދިއުމަށެވެ.

އައްފާނަށް ގެއަށް ދެވުނުއިރު، ސާޖިދާ ކުކުރަނީއެވެ. ބޮލުގައްޔާއި މޭގައި އަތުން ފިރުމާލަ ފިރުމާލަ އޮތް ސާޖިދާ, އޭނާގެ ބައްޕަ ފެނުމުން ރުއިން ބާރުކޮށްލިއެވެ. އިސާހިތަކު އައްފާނަށް އެ ހަރަކާތްތައް ނަގައިގަނެވިއްޖެއެވެ. ދަރިފުޅާ ކެތްކޮށްލާށެވެ.  ބައްޕަ މި ދުނިޔެ ދޫކޮށް ދާންޖެހުނަސް، ދަރިފުޅު ދުނިޔޭގެ ބާއްޖަވެރިކަން ހެޔޮގޮތުގައި ލިބިގަންނާށެވެ. ދާދިކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި، ދަރިފުޅުގެ އޮޕަރޭޝަން ކުރެވިގެންދާނެއެވެ. ބައްޕަގެ މި ކިޑްނީ ދަރިފުޅަށްޓަކައި ޤުރުބާން ކޮށްލަނީ ހެޔޮހިތުންނެވެ. އައްފާނު ދިޔައީ ހިތާހިތުން ކިޔާލަ ކިޔާލައެވެ.

ތަރިރު ހަނދުގެ ދައުރުވުމާއެކުހެން ދުވަސްތަކާއި ރޭތައް ހަފްތާތަކަށް ބަދަލުވަމުން މަޒީއާ އެކުވަމުން ދިޔައެވެ. އައްފާނު ކަނާތްފަރާތުގެ ކިޑްނީ ވަނީ ޒަކަރިއްޔާގެ ދޮށީ އަންހެންދަރިފުޅަށް ހަދިޔާ ކުރެވިފައެވެ. އެގްރީމެންޓްގައި ވާގޮތުން، ޒަކަރިއްޔާގެ އަންހެން ދަރިފުޅުގެ އޮޕަރޭޝަން ނިމުމަށްފަހު ނޫނީ އައްފާނާ ފައިސާ ހަވާލު ކުރެވުމެއްނެތެވެ. އެހެންކަމުން، އައްފާނަށް ޖެހުނީ އެ ފައިސާ ހޯދުމަށް ދިގު ރާސްތާއެއް ކަޑައްތުކޮށް އެހާމެ ދިގު އިންތިޒާރެއް ކުރާށެވެ.

އޮޕަރޭޝަން ކުރުމަށް ރާއްޖޭން ބޭރަށް ފުރިތާ މަހެއް ފާއިތުވެ ދިޔައިރުވެސް، ޒަކަރިއްޔާގެ ޚަބަރެއް ދަބަރެއް ނުވެއެވެ. އެހެންކަމުން އައްފާނު ނިންމީ ޒަކަރިއްޔާއާ ގުޅާލުމަށެވެ. ”އަހަރެމެންގެ ދިރިއުޅުން ސްރީލަންކާއަށް ބަދަލުކޮށްފިން.. ރާއްޖެ ދެވޭ ދުވަހަކުން އެ ފައިސާ ކޮޅު ދޭނަން” ޒަކަރިއްޔާގެ އެ ހިތި ލަފުޒުތައް ތީރުތަކެއް ފަދައިން އައްފާނުގެ މެޔަށް ހެރެމުން ދިޔައެވެ.

އާހް! އައްފާނުގެ   އުންމީދުގައި    ކޮޅުފައިންޖަހާ   ކޮއްޕާލި އެ ޒަކަރިއްޔާ އަކީ ހާދަހާ އަމިއްލަ އެދުން ބޮޑު މީހެކެވެ. ތިމާގެ ދަރިފުޅު މަރުން ސަލާމަތް ވުމުން، އޭނާއަށް އެހީތެރިވެދިނުމުގެ .ގޮތުން ކިޑްނީއެއް ހަދިޔާ ކޮށްދިން މީހާއަށް ޝުކުރުގެ ބަހެއް ރައްދުކޮށްލުމަކީ ނެތްކަމެއް ހެއްޔެވެ؟ އައްފާނުގެ ހިތާ ސިކުނޑިއަށް އަރައި ފައިބަމުން ދިޔައެވެ

ރިހޭ ފައިމައްޗަށް ފޮއެ ވެއްޓިފައިވާ އައްފާނު، ޒަކަރިއްޔާގެ ފަރާތުން ލިބުނު ކެހި ހަނދާން ނައްތާލައި ވޭނުގެ ކޯވަރުތައް ދިރުވާލުމަށްފަހު އާ ޢަޒުމެއް ކަނޑައެޅިއެވެ. އެއީ ވިލިގިލީ ފެރީޓާރމިނަލް ބިއްދޮށުގައި ޕާކު ކޮށްފައި ހުންނަ އެއްގަމު އުޅަނދުތައް ފޮހުމުގެ މަސަކަތް ކުރުމަށެވެ. އިސާހިތަކު ދުވާލަކު ފަސްސަތޭކަ ރުފިޔާ ލިބެންފެށިއެވެ. އެހާ ބުރަކޮށް ގުދާރު ބިނދޭވަރަށް މަސަކަތް ކޮށްގެން ވިޔަސް މި ގިލަންވެރިކަމުން ސަލާމަތް ވުމަކީ އައްފާނުގެ ޢަޒުމުގެ ޝިޢާރެވެ.

އާދައިގެ މަތިން އައްފާނު ކާރެއް ފުހެން އޮއްވައި އެތަނުން ދިމާވި ނޫސްވެރިއެކެވެ. ހިތްހެޔޮ މިޒާޖެއްގެ އެ ޒުވާނާއަށް އައްފާނުގެ އިންގިލާބެއްފަދަ ދިރިއުޅުން ވިސްނި އެ ވާހަކަ ރާއްޖޭގެ ސަމާލުކަމަށް ގެނައެވެ. އައްފާނުގެ ޤުރުބާނީ އާއި ޙަޔާތުގެ ގިލަން ސިފަކޮށްދީ އެތައް ލިޔުމެއް ޝާއިޢު ކޮށްދިނެވެ. އައްފާނު އުންމީދު ކުރި ގޮތާ ޚިލާފަށް، އައްފާނުގެ އެކައުންޓަށް ފައިސާ ޖަމާވަމުން ދިޔައެވެ.

ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހަފްތާތައް މަސްތަކަށް ބަދަލުވެ، މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައިރު އައްފާނުގެ އެކައުންޓްގައި ސާޖިދާގެ އޮޕަރޭޝަނަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ ވަރަށް ފައިސާ ހުއްޓެވެ. އެހެންކަމުން އައްފާނު އަވަސްވެގަތީ ސާޖިދާގެ އޮޕަރޭޝަން ކުރުމަށެވެ.

ދެ އަހަރު ދުވަސް ވަންދެން ގުދާރު ބިނދޭ ވަރަށް މަސަކަތް ކޮށްގެން ނަމަވެސް މި ފަދަ ޤުރުބާނީއެއް ސާޖިދާ އަށްޓަކައި ވެވުނީތީ އައްފާނު ހުރީ އުފާވެފައެވެ. އަދި އެހާމެ ހިތްހަމަ ޖެހިފައެވެ. މިހާރު ކުރެވެމުންދާ އޮޕަރޭޝަން ކާމިޔާބު ވާނެ ކަމާމެދު އައްފާނު ހުރީ ދެ ފިކުރެއްގައެވެ. އަދި އެހާމެ ކެތްތެރިކަން ކުޑަވެފައެވެ.

އައްފާނުގެ ކެތްތެރިކަން ކޮޅުންލީ ޑަކުޓަރ ޝާހް ފެނުމުންނެވެ. ”މަރުޙަބާ! މި އޮޕަރޭޝަން ކާމިޔާބު.. ސާޖިދާ އަށް މިހާރު ވާހަކަ ދެއްކޭ..  ﷲގެ އިރާދަފުޅުން އެއީ  މިހާރު މުޅީން ނޯމަލް ކުއްޖެއް.” ޑަކުޓަރ ޝާހް ބުންޏެވެ.

އެ ވަގުތު އައްފާނުގެ ލޮލުން ނީރާލީ ޝުކުރުގެ ކަރުނައެވެ. އުފަލުން ހިތް ފުރުނެވެ. އޭނާގެ ދިރިއުޅުމުގެ ގިލަން ފަސޭހަވީތީއެވެ. އުފަލުގައި އުޅުމަށް މަގު ކޮށިގެން ދިޔައީމައެވެ.

ދަރިފުޅު ދެކިލުމަށް ކެތްމަދުވެފައިވާ އައްފާނު ޑަކުޓަރ ޝާހްގެ އެދުމުގެ މަތީން އެ ތަނުން ގޮނޑި ބަރިއެއްގައި އިށީނެވެ. އޭރު ޓީވީން ދައްކަމުން ދިޔައީ މެންދުރު ދޭއްގެ ޚަބަރެވެ. އެހެންކަމުން ޝައުޤުވެރިކަމާއެކު ޚަބަރަށް ނަޒަރު ހުއްޓައިލައިގެން އައްފާނު އިނެވެ.

”ދެން މި ބަލާލަނީ ދާދިދެންމެއަކު އަޅުގަނޑުމެންނަށް ލިބުނު ޚަބަރަކަށް.. ކުރީގެ ހެލްތް މިނިސްޓާރ ޒަކަރިއްޔާ ލަތީފް އަމިއްލައަށް ދަންޖެހިގެން މަރުވެފައި އޮއްވައި ފެނިއްޖެ.. ޚަބަރުތައް ބުނާގޮތުން ޒަކަރިއްޔާގެ މަރާގުޅިފައިވަނީ ނަފްސާނީ ކަމަކާ.. އަދި ޒަކަރިއްޔާގެ ސްރީލަންކާގައި ހުންނަ އޭނާގެ ގެ ވަނީ މީގެ ދެ ދުވަހެއްގެ ކުރީން ވިއްކާލާފައި. އެ ގެ ގަތް މީހާ ޒަކަރިއްޔާ އަށް ދޭންޖެހޭ ދެލައްކަ ރުފިޔާ ނުދީ ވަގަށް ފިލީ.. ބޭރު ޤައުމުގެ ޚަބަރުތައް ބުނާގޮތުން މިހާރު އެގޭގެ ރަޖިސްޓްރީ ވެސް ވަނީ ބަދަލުކޮށްފައި.. އަދި ޒަކަރިއްޔާ މަރުވީ މޮޔަވެފައި ހުއްޓާކަމަށް ވެސް މަޢުލޫމާތު ލިބޭ” ޓީވީގެ ނިއުސްކާސްޓާރ ވާހަކަ ދައްކަމުން ދިޔައެވެ.

”އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން” އައްފާނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އައްފާނަށް މަކަރާއި ޙީލަތް ހެދުމަށްފަހު ޒަކަރިއްޔާ އުޅެމުން ދިޔައީ ނުހަނު އުފަލުގައެވެ. އޭރު އައްފާނަކީ ފެންކައްކާ ބޮލީގެ މަޤާމުގައި ހުރި މީހަކަސް، މިއަދު، ޒަކަރިއްޔާ ފޭހުނު އިލޮށި އެ ވަނީ އޭނާގެ ލޮލަށް ހެރިފައެވެ.

އަނެއްކާވެސް އައްފާނުގެ ލޮލުން ކަރުނަތައް ހޯސްލާފައި އޮހިގަތެވެ. އޭނާގެ ހަޔާތުގެ ގިލަން އެއްކޮށް ފަސޭހަ ވީތީ، އެކަމާ އުފަލުންނެވެ.

*********************************

= ނިމުނީ =

Share Article

Follow Me Written By

shurm

Level 110 Stories

Other Articles

Previous

އިހުމާލް

Next

ވަންނި

Next
September 8, 2015

ވަންނި

Previews
September 7, 2015

އިހުމާލް

22 Comments!

  1. shurm says:
    September 8, 2015 at 1:28 pm

    hope you guys like ths story.. Insha allah، dhen liyaa wahaka miah wure, dhigu kureweythoa balaanan…..

  2. fareeaa says:
    September 8, 2015 at 1:33 pm

    Salhi.v iburaiy theri story eh

  3. mihna says:
    September 8, 2015 at 1:38 pm

    Ottareh ney vaahaka eh

    1. shabee says:
      September 8, 2015 at 1:39 pm

      Mihna thibuny vv rangalhu vaahaka eh

    2. no one says:
      September 2, 2016 at 4:26 pm

      amilla ah liyebala dhw maa molhah ingenya

  4. shaunaf says:
    September 8, 2015 at 1:45 pm

    maasha allah u are a good writer and hope in the future we will get more stories of yours to read jaza kallah khairan for the beautiful story

  5. Samy says:
    September 8, 2015 at 1:54 pm

    Not bad

  6. ayya says:
    September 8, 2015 at 1:55 pm

    nuun mihna, shabee.. mi vahaka v reethi.
    shurm, plx avahah ehen vahaka eh liyah chey. i am waiting…..
    shurm best of luck 4 ur next story

  7. ReNesmee says:
    September 8, 2015 at 2:04 pm

    Iburaih theri . But reehcheh noon mi vaahaka eh . Affaan ah fahun v gotheh ves nethehnu . Hama gaimuves eyna ge beys faruvaa ah ves faisaa haradhu vaane dho enme kidney eh ihnanyaa . Maa avas aruvaalaafa miothy . Better luck next time ..

  8. saamy says:
    September 8, 2015 at 2:22 pm

    varah reethi. keep it up!!!:-)

  9. marry says:
    September 8, 2015 at 2:26 pm

    Shaam hihvaraa eku kuriyah dhey ….eh vaahaka eh ves hurihaa meehunah kamakunudhaaneh ekam kamudhaa bayak thibeyneh kan yageen hihvaraa eku miyah vuren furihama story eh fenaaneh kamah umeedhu kuran best of luck 🙂

  10. Mack says:
    September 8, 2015 at 3:34 pm

    V reethi..reehcheh Mooney bunaa kudhin ehn Bunyan v reason sky kobaa

    1. ReNesmee says:
      September 9, 2015 at 2:03 pm

      Fahun Affaan ah vee gotheh genes dheyfa in nama reethi vis .

  11. Anonymous says:
    September 8, 2015 at 4:19 pm

    v nice …. alhey shurm haadha asarugadha reethi vaahaka ekey dhww…

  12. ZiM~ says:
    September 8, 2015 at 9:32 pm

    varah reethi mi story

  13. Anonymous says:
    September 11, 2015 at 12:58 am

    V reethi

  14. Faathun says:
    September 11, 2015 at 12:59 am

    V salhi

  15. Shurrmee says:
    September 12, 2015 at 12:28 am

    Varah reythi story..keep it up..pls keep updating new stories..u are a good writer mashaalla..don’t stop writing stories and always keep going forward..u will be a good writer inshallah..❤️

  16. Crazi says:
    September 15, 2015 at 7:17 am

    Masha Allah vrh shalhi story

  17. Rixyloveshinaan says:
    September 16, 2015 at 10:22 am

    aslu varah salhi igey !!!!
    ehen meehun liyefa huhna vaahaka kee ma skill improve vaane ! just bunelii you ge skill improve vaane eyrun
    lovely hhhhhahahahahh!

  18. zaain says:
    September 29, 2015 at 12:25 pm

    shaam liyaa vaahakathah varah reethi

  19. zaain says:
    September 29, 2015 at 12:26 pm

    romance vaahakaeh liyahchey

Comments are closed.



All Right Reserved!