އެއް ހަފްތާ ކުރި އެތަށް އިރަކު ގިސްލުމުގައި ހޭދަކުރުމުންވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ލޮލުން ކަރުނަ ހުސްވާނެ ނަމައޭ ޙަޔާގެ ހިތަށް އެރިއެވެ. ކިތަންމެ ހިތްވަރުކޮއްފައި ދެން ނުރޯނެކަމަށް އަޒުމް ކަނޑައަޅައި ކަރުނަ ފުހެލިޔަސް މިނިޓެއްގެ ތެރޭ އެކަން ބަދަލުވެދެއެވެ. އަކްމަލްއާއި އެކީ ހޭދަ ކުރި އުފާވެރި ވަގުތުތައް ހަނދާން އާވަނީއެވެ. ވީ ވައުދުތަކާއި މުސްތަގްބަލަށް ކުރި ޕުލޭންތައް ހަނދާންވެ ހިތް އިތުރަށް ޒަހަމްކުރަނީއެވެ. 3 އަހަރު ކުރިން ބަޙްތް ދެއްކި ވާހަކަތައްވެސްމެއެވެ. އެދުވަހު ބަޙްތްއަށް […]
ގެއަށް ވަނުމާއެކު މަންމަ އަހަރެންނަށް ގޮވާލިއެވެ. ” މައިރާ… އާދެބަލަ” އަހަރެން މަންމަ ކައިރިއަށް ދިޔުމުން މަންމަ ، މަންމަ ގެ ވާޖިބު އަދާ ކުރަން ފެށިއެވެ. ” ކީއްވެ އެހާ ލަސްވީ…. މައިރާ އަށް އެނގޭނެ 5:30 ވުމުގެ ކުރި ގެއަށްވަނަން ޖެހޭކަން” މީ މަންމަ ގެ އާދެއެވެ. އަހަރެން ގޭގެ ހަތަރު ފާރުން ބޭރަށް ނިކުމެ ފިއްޔާ މަންމަ ގެ ސުވާލުތަކާ ކުރިމަތި ލާން ޖެހެއެވެ. އަހަރެން މަގުމައްޗަށް ނިކުތުމުން މަންމަ އަށް ހީވަނީ […]
އަރައިގެން އައި އިރުގެ ދޯދިތައް އެނދުގައި އޮތް މިންސާވް މޫނަށް އެޅުމާއެކު އޭނާ ކަންނެތް ގޮތަކަށް ލޯހުޅުވާލިއެވެ އެވެ. މޯޅިއަކަށް ދެމިލުމަށްފަހު ގައިމަތީއޮތް ރަޖާގަނޑު އެއްފަރާތް ކޮށްލާފައި ފޯނު ނަގާ ގަޑި ބަލާލިއެވެ އެވެ. ގަޑިން މިހާރު ހަތެއް ޖަހަނީއެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ފާޚާނާ އަށް ވަދެ ތާޒާ ވެލައިގެން ނިކުތެވެ. އަތް ދިގު ކަޅު ހުދޑީ އަކާ ނޫކުލައިގެ ޖިންސެއްލައިގެން ގަޔަށް ސެންޓު ޖަހާލުމަށްފަހު ބޯރީތި ގޮތަކަށް ސްޓައިލް ކޮއްލައިގެން ކޮލެޖަށް ދާން […]
އާޅެން ތައުބާގެ ދޮރު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަޅުގެއަށް ވަނީ ބޯވާރެއިން ސަލާމަތް ވުމަށެވެ. ފިނިމެންދަމުގައި ތިބާގެ ހޫނުން އަރާމުލިބުނެވެ. ތިބާގެ ނޭވާގެ މީރުކަމުގައި ހިތް ގެބެމުން ދިޔައެވެ. ބީހުމުގައިހުރިފޮނިކަން އިޙްސާސް ކުރެވުނެވެ. އަނދިރީގެ ތެރެގައި އަނދިރި ދުނިޔެއަށް ވަދެވުނެވެ. ހޭލެވުނީ ފަތިހުގެ ހާ ގޮވާ އަޑަށެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މުޅިތަނަށްވެރި ވެފައިވަނީ ހަމަހިމޭންކަމެވެ. ބަރަހަނާ ހާލު އެކަނިވެރިކަމުގއި ހިތަށް އެރިއެވެ. ފާފައިގެ ފޭރާމުގައި އުފަލެއްނެތެވެ. އެކަނިއޮންނަން ޖެހޭ ދުވަހާއި މެދު ސަމާލުވާންޖެހެއެވެ. ހިތް […]
ލައިހާ އަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުމުން ނެވެ.. ތެ ދުވަން އުޅެފައި ވެސް އަނެއްކާ ހިޔާލު ބަދަލު ކޮށްލީ ރޭގަ ފެނުނު ހުވަފެން މަތިން ހަދާން ވުމުންނެވެ.. “ލައި.. ދޮރު ހުޅުވަބަލަ.. މީ ލީޝް އޭ”.. ލީޝާ ދޮރުގައި ތަޅާ ތަޅާ ދޮރު ނުހުޅުވުމުން އެންމެ ފަހުން ލީޝާ ބުނެލި އެވެ.. މާ ގިނަ އިރު ތަކެއް ނުވެ ދޮރު ހުޅުވޭ އަޑު އިވުމުން ލީޝާ ހަމަޖެހުމުގެ ނޭވާއެއް ލިއޭ… ލައިހާ […]
“ޔަމް މޮޔަވީތަ.. ކީއްވެގެން އެހެން ހެދީ.. ކާކު ބުނީ.. ނުކްޝާންތަ.. އެހެން ހަދާކަށް ނުވާނެއްނު..” ހޮސްޕިޓަލުން ގެއަށް އައި މަގުމަތީގައި ނީކިޔާގެ ސުވާލުތަކާ ޔަމްހާއަށް ކުރިމަތިލާން ޖެހުނެވެ.”ކަމެއް ނުވޭ..” ޔަމްހާ ހިނިތުންވެލިއެވެ.”ބަޓް.. ދެން އެކަހަލަ ކަމެއް ނުކުރާތި ޕްލީޒް..” ނީކިޔާ ތުން ފިއްތާލިއެވެ.”ހޫމް.” ހިނިތުންވުމުގައި ހުރެ ޔަމްހާ ޖަވާބު ދިނެވެ.”އެނީވޭސް އިނގޭތަ.. ނަވް މެން އަންނަން އެބަ އުޅޭ..” ނީކިޔާ އުފަލުން ބުންޏެވެ.”އަސްލު؟؟އަޅޭ ކޮން އިރަކުން؟؟” ޔަމްހާ ހިތް އުފަލުން ނަށާލިއެވެ. ދެން ޔޫޝައު އާ އެކީ […]
“ނޫން.. ދެން.. އިނގޭ އަރޫން އަދީލްކަން ކިޔަނީ.. އެކަމް… ކޮންވަރޒޭޝަންއެއް ފަށާނެ ގޮތެއް ނޭނގުނީމަ އެހެން އެހުނީ.. މާ ބޮޑަށް އޮކްވާރޑް ވީމަ..” އަރޫންގެ ޖަވާބުން އަނެއްކާވެސް ރައިޝާގެ ހިތަށް ލިބިގެން ދިޔައީ ފޫހިކަމެކެވެ. އަރޫންގެ ބަސްމަގާއި، ޢަމަލުތައް ހުރިގޮތް ރައިޝާއަށް ކަމަކު ނުދިޔައެވެ. އެހެންނަމަވެސް، އެއްޗެކޭ ނުބުނެ، ކެތް ކޮށްލައިގެން ރައިޝާ ހުރީ، ރިޔާޒްއަށް ވެވިފައިވާ ވަޢުދުގެ މަތިން ހަނދާން ވުމުންނެވެ. އެހެންނޫންނަމަ، މިހާރު ރުޅިއައިސްގެން ގޮސް، ކުރިމަތީގައި މި ހުރި ފިރިހެނާގެ މޫނުމަތީގައި ބޮނޑިއެއް […]
” މީހުންގެ ފިރިން ފަހަތުން ދުވާ ތިކަހަލަ އަންހެނުންގެ މައުލޫމާތު އެފިރިންގެ އަނބިންނަށް ނޭންގިއެއް ނުދާނެއެއްނު..” އެނުދަންނަ އަންހެން ކުއްޖާގެ ފަރާތުން އިވުނީ ދުވަހުވެސް މީހެއްގެ ފަރާތުން އަޑުއަހަން ބޭނުންނުވާ ކަހަލަ އެއްޗެކެވެ. އަދި އެއީ ހަގީގަތެއްވެސް ނޫނެވެ. ” ތި އާދެވުނީ ނުބައި ޙަޔާއެއް ކައިރިއަށް.. އަހަންނަކީ ދުވަހަކުވެސް މީހެއްގެ ފިރިއެއް ފަހަތުން އުޅުނު މީހެއްނޫން..” ޙަޔާ ޔަގީންކަމާއިއެކު ބުނެލިއެވެ. މީހެއްގެ ފިރިއެއް ކީއްކުރަން ހެއްޔެވެ. އޭނާއަކީ އަކްމަލް ނޫން ފިރިހެނަކާއި ރައްޓެހިވެސްވި މީހެއްނޫނެވެ. […]
ލިލިއަން ކިޔައިދިން ވާހަކަ ތަކާއެކު ހާލަތު އޮތް ނާޒުކު ފައްތަރު ދިޔާން އަށް ދެނެގަނެވުނެވެ. ލިލިއަން ގަންނާނެ ބިރާއި ގޮތް ހުސްވާނެ މިންވަރު އިޙްސާސް ކޮށްލެވުމުން މޭތެރޭ ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ. ލިލިއަން ގެނެސް އޭނާގެ އަތުގެތެރޭގައި ބޮނޑިކޮށްލަމުން ހިތްވަރުދޭން މަސައްކަތް ކުރިއިރު ދިޔާންގެ ސިކުނޑި ވިސްނަމުން ދިޔައީ އެ ޢަމަލު ހިންގި ފަރާތަކާމެދުއެވެ. ހަމައެވަޤުތު ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން އައި ޕޮލިސް އޮފިސަރުން ލިލިއަން މެން ކައިރިއަށް އައިސް ހުއްޓުނެވެ. ލިލިއަންގެ ބަޔާން ނަގަން […]