ހާމަ ކުރީމާ ލޯބި މަވާކަން 11
އަޒެލްއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދަމުންދިޔަ އެލައިޝާއަށް އެކަން ކާމިޔާބުވާގޮތް ނުވީ ފަހަރަކު މީހަކުގޮސް އަޒެލްއާއި ވާހަކަދައްކަމުންދާތީއެވެ.
“ކާކުތަ ތިހޯދަނީ މާވަރަކަށް.. އަހަރެންތަ..” ފަހަތުން އިވިގެން ދިޔަ ދަންނަ އަޑާއިއެކު އެލައިޝާ ފަހަތަށް އެނބުރިލިއެެވެ. ފަހަތުގައި ހުރީ އިބާންއެވެ.
“ހާދަ ހާސްވެފަ.. ކަމެއް ވީތަ އަނެއްކާ..” އިބާން ބުނެލިއެވެ. އެލައިޝާ ކަމެއް ނުވެއޭ ބުނުމައްފަހު އަނެއްކާވެސް އަޒެލް ހޯދަންފެށިއެވެ. އާލޯކްއާއި ވާހަކަ ދައްކަން އިން އަޒެލް ފެނުމުން އެލައިޝާ އޭނާއާއި ދިމާއަށް ދާން ހިނގައިގަތެވެ. އިބާން އެލައިޝާގެ ފަހަތުން ދިޔައީ ނުބައެއް އުޅޭހެން ހީވެގެންނެވެ.
“ހޭއި.. ބުނީމެއްނު ވާހަކައެއް އެބަ އޮތޭ.. ދެން ބުނެބަލަ.. މިތަނަށްވެސް އާދެވިފަ މިއޮތީ.. އަނެއްކާ ހެލްޕެއް ބޭނުންވީތަ މިކައިވެނި ހުއްޓުވަން..” މެހެކް ކައިރީގައި އިށީންދެލަމުން ޒެވިޔަން ބުނެލިއެވެ.
“ނޫން ޒޭވް.. މެހެކް މިކައިވެނި ކުރަން ނިންމައިފިން..”
“ވަޓް.. އޭރުން އާމް އޯ.. މެހެކް ލޯބިވަނީ އާމް ދެކެއެއްނު.. ކިހިނެއް އެނޫން މީހަކާއި އެކީ އުޅޭނީ..”
” ލުކް އެޓް މައި ޕޭރެންޓްސް ޒޭވް.. އެމީހުން ހާދަ އުފަލުންނޭ އެހުންނަނީ އަހަރެން މިކައިވެނި ކުރާތީ.. އަޒެލް އަކީ އެމީހުން ބޭނުންވާ ކަހަލަ ދަބިދަރިއެއް.. އެހެންނޫނަސް އާމް ބުނެފަ އޮތީ ގޭމީހުންގެ ނުގަބޫލުގަ މެރީ ނުކުރާނެ ކަމަށް.. ޑޭޑްމެން ގަބޫލެއް ނުވާނެ ދުވަހަކުވެސް..” ރޭނާއާއި ރީހާން އާއިލާ މީހުންނާއި ވާހަކަ ދައްކަމުން ދިޔަ މަންޒަރު ޒެވިޔަންއަށް ދައްކަމުން މެހެކް ބުނެލިއެވެ.
“ދެން މެހެކްގެ އުފާ ތަކޯ.. މެހެކް ރީހާން އަންކަލްއާއި ރަގަނޅަށް ވާހަކަ ދެއްކިނަމަ ގަބޫލުވިސްކަން ނޭންގެ.. މެހެކް އަށް އަސްލު ޓުރައި ނުކުރެވުނީ މިކައިވެނި ހުއްޓުވަން.. އަހަންނަށް ފެންނަނީ ދެން މެހެކް ފިލައިގެން ދާން.. އާމް ޖެހޭނީ ލޯބިވަންނާ މެހެކްއާއި އިންނަން ގޭ މީހުން ގަބޫލު ނުވިޔަސް” ޒެވިޔަން އެހެން ބުނީ ހިތްހަމަ ނުޖެހިފައެވެ.
” ޒޭވްއަށް ހީވަނީތަ އަހަރެން ޑޭޑްއާއި ވާހަކަ ދައްކަން ޓުރައި ނުކުރެއޭ.. އަހަރެން ރޭގަވެސް އުޅުނިން ޑޭޑް ކައިރީ އާދޭސް ކޮއްގެން މިކައިވެނި ހުއްޓަން.. އަޒެލްގެ ހަގީގަތްވެސް ކިޔައި ނުދިނީ ޑޭޑް ގަބޫލުނުކުރާނެތީ..އެންޑް މިހާރު އަހަރެން ބޭނުމެއް ނުވެސް ނޫން ޑޭޑްއަށް އޭނަގެ ވާހަކަ ކިޔައިދޭކަށް..” މެހެކް އެހެން ބުނުމުން ޒެވިޔަން އެހީ އަޒެލްގެ ކޮން ވާހަކައެއް ހެއްޔޭއެވެ.
” ޒޭވް އެއީ އެއްކަލަ އަޒެލް އޭ.. ލައިއާއި ހެދި އުޅުނު..”
“ވަޓް.. އޭނަ މިހާރު މެހެކްދެކެ ލޯބިވަނީ..” ޒެވިޔަން އެހެން ބުނުމުން މެހެކް ބޯހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
” ކިހިނެއްތަ މިވަނީ ދެން.. އޭނަ މެހެކް ދެކެ ލޯތްބެއް ނުވޭ..މެހެކް ލޯބިވަނީ އެހެން މީހެއްދެކެ.. އަހަންނަށް ވެގެން އުޅޭ ގޮތް ކިޔާދޭންވީނު ދޯ..” ޒެވިޔަން އެހެން ބުނެލީ ތަންކޮޅެއް ބާރަށް ކަމުން މެހެކް މަޑުން ވާހަކަ ދެއްކުމަށް ބުންޏެވެ. ޒެވިޔަން އަޑު މަޑެއް ނުވާނޭ ބުނުމުން މެހެކް ޒެވިޔަންގެ އަތުގައި ހިފައިގެން ބޭރަށް ދާން ނިކުތެވެ.
އަޒެލް އާލޯކްއާއި ވާހަކަ ދައްކައި ނިމެންދެން ތަންކޮޅެއް ދުރުގައި އެލައިޝާ މަޑުކޮއްލިއެވެ. އަދި އަޒެލް އޭނާއާއި ދިމާއަށް ބަލައިލި ވަގުތު އަތުން ހަނާ އަޅައިލިއެވެ.
ބައްޕައާއި ވާހަކަ ދައްކަންއިން އަޒެލްއަށް އެލައިޝާ ފެނުމުން އޭނާ ވާހަކަ ދައްކަން އުޅޭހެން ހީވުމުން ބައްޕަ ކައިރީ އެބައަންނަމޭ ބުނުމަށްފަހު ގެއިން ނިކުތެވެ. ގޭގެ ބަގީޗާއަށް ގޮސް އެލައިޝާއަށް މެސެޖްކޮއްފައި އެތަނަށް އައުމަށް ބުންޏެވެ.
އަޒެލްގެ މެސެޖް ލިބުުމުން އެލައިޝާ ބޭރަށް ނިކުތެވެ. ފަހަތުން އިބާން އައި ކަމެއް އޭނާއަކަށް ނޭންގެއެވެ.
“އައި މިސްޓް ޔޫ ސޯ މަޗް ލައި..” އެލައިޝާ އައިސް އަޒެލް ކައިރީގައި މަޑުކޮއްލުމުން އޭނާ ބުނެލިއވެ.
“ބޭކާރު ވާހަކަ ނުދައްކާ ހުރޭ.. މިކައިވެނި ކެންސަލްކުރޭ ހަމަ މިހާރު..” އަޒެލް އޭނާގެ އަތުގައި ހިފަން އުޅުމުން އަތް ފޮޅުވައިލަމުން ބުނެލިއެވެ.
“މި ކައިވެނި ހުއްޓޭނޭ އޮތީ އެންމެ ގޮތެއް.. ކުރިންވެސް ބުނީމެއްނު އަހަރެން..”
” މާނައަކީ ލައި އަހަންނާއި އިންނަ ގޮތަށޭ ތިހުރީ..” އެލައިޝާ އެއްޗެކޭ ނުބުނެ ހުރުމުން އަޒެލް އަހައިލިއެވެ.
” އެހާ އުފާވާނެ ކަމެއްނެތް.. އަހަންނާއި އިނދެގެން އަޒެލްއަށް ލިބޭނެ އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެ ހަނދާން ކުރާތި..”
“ހަމަ އެކަނި ނަމެއްގަ ވިޔަސް ލައި އަހަރެންގެ މީހަކަށް ވެއްޖިއްޔާ އަހަރެން ހުންނާނީ އުފަލުގަ..” އެލައިޝާގެ އަތުގައި ހިފައިލަމުން އަޒެލް ބުނެލިއެވެ. އެލައިޝާ އަޒެލްގެ އަތް ނައްޓުވަން މަސައްކަތް ކުރިޔަސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
“ދޫކުރޭ އޭނަ އަތުން..” ފަހަތުން އިވިގެން ދިޔަ އަޑާއި އެކު ދެމީހުންނަށް ސިއްސައިގެން ގޮސް ފަހަތް ބަލައިލެވުނީ އެކުއެކީގައެވެ.
“ކަލެއަކަށް އަޑެއް ނީވޭތަ.. އަހަރެން މިބުނީ ތިއަތުން ދޫކުރާށޭ..” ދެމީހުން ކައިރިއަށް ގޮސް އިބާން އެހެން ބުނެލީ އަޒެލް އަދިވެސް އެލައިޝާގެ އަތުގައި ހިފަހައްޓައިގެން ހުރުމުންނެވެ. ދެންވެސް އަޒެލް ދޫކުރާ ހިޔާލެއް ނުގެންގުޅުމުން އިބާން ބުނެލީ ދިވެހިން ބުނީމަ ނޭންގުނީ ހެއްޔޭއެވެ. އަދި އިނގިރޭސި ބަހުން އަތުން ދޫކުރުމަށް އެންގިއެވެ. އަޒެލް ބުނެލީ އޭނައަށް ދިވެހި އެނގޭކަމަށެވެ.
“ދެން އެހެންވިއްޔާ އޭނަ އަތުން ދޫކުރަންވީއެއްނު ދޯ.. ”
” ތީ ކާކުތަ އަހަންނަށް ލައި އަތުން ދޫކުރަން އަންގަން.. ބަލަ އަހަރެން މިއިނީ އަހަރެންގެ ވާން އުޅޭ ވައިފް އަތުގަ ހިފައިގެންނޭ.. ކަލޭ ނުޖެހެއެއްނު މިދޭތެރެއަށް ވަންނާކަށް..” އަޒެލް ބުނެލިއެވެ.
“ލައިއެއް ނުލިބޭނެ ކަލެ އަކަށް.. އޭނަ ނީންނާނެ ތިއަޒެލް އަކާއި..”
” ހަހަ.. އޭނަ އިންނާނެ މީހެއް އެނގޭނީ ކަލޭއަށްތަ..”
“އަހަންނަށް ލައި އިންނާނެ މީހެއް ނޭންގުނަސް އެނގޭ ކަލޭއާއި ނީންނާނެކަން.. ކޮންމެހެން ލައިއަށް ބިރުދައްކައިގެން އުޅޭނެ ކަމެއް ނެތް..”
“އޯވް.. ތީ ލައިގެ ލޯބިވެރިޔާތަ އަނެއްކާ.. އަހަރެން ހީކުރީ އަދިވެސް އޭނައާއި ކަމަށް އުޅޭނީ.. އަހަރެންވެސް ދައްކާ މޮޔަ ވާހަކަ އަށް އަހަރުތެރޭ މީހުންގެ ހިތް ބަދަލުވާނެއެއްނު.. އަހަރެންގެ ނުވިޔަސް.. ” އެލައިޝާއަށް ބަލައިލަމުން މަލާމާތުގެ ރާގަކަށް އަޒެލް ބުނެލިއެވެ.
“އާނ.. މީ ލައިގެ ލޯބިވެރިޔާ.. އަހަރުމެން ދެމީހުންގެ ކައިވެނި އޮތީ ހަމަޖެހިފަ.. ސޯ ލައިއާއި އިނުމުގެ ހުވަފެން ދޫކޮއްލާ..” އިބާން އެހެން ބުނުމުން އެލައިޝާ އިބާންއަށް ބަލައިލައިފައި ލޯއަޅައިލިއެވެ.
“އެހެންތަ..މައްސަލައެއްނެތް ލައި މެރީ ކުރޭ މީނައާއި.. އަހަރެން އިނދެފާނަން މެހެކްއާއި.. މެހެކްއަށް ދެރައެއް ދީފަ ލައިއަށް ލޯބިވެރިޔާއާއި އެކީ އުފަލުގަ އުޅެވޭތޯ ބަލާނަން އަހަރެން..”
“ނޫން ނޫން އަޒެލް.. އަޒެލް ނުޖެހޭނެ މެހެކްއާއި އިންނާކަށް.. އަހަރެން މިހުރީ އަޒެލްއާއި އިންނަ ގޮތަށޭ.. އިބާން ކިހިނެއް ވެގެންތަ ތިއުޅެނީ.. އަޒެލް މިއީ ލައިގެ ލޯބިވެރިއެއް ނޫން..ރައްޓެއްސެއް އެއީ..”
“ލައި ކިހިނެއްވެފަ ތަ ތިހުރީ.. މީހަކު ހަމަ ބިރުދައްކައިލާއިރަށް ލައި ޖެހޭތަ އެމީހަކާއި އިންނަން.. އެހެންނޫނަސް މެހެކް ލައި އަކަށް ބުލޭމްއެއް ނުކުރާނެ.. މީކީ ލައިގެ ކުށެށް ނޫން ވިއްޔަ.. ލައި އަކަށް ނުކެރޭނެ ތިކައިވެނި ކުރާކަށް”
“ކިހާ ދެރަ ކަމެއް އިބާން.. މީކީ އިބާންއާއި ބެހޭ ކަމެއް ނޫނެއްނު.. ހުރިހާ ދޭތެރަކަށް ވަންނަން ޖެހޭތަ ހަމަ.. މީ އަހަރެންގެ ދިރިއުޅުމޭ.. އަހަރެން އިންނާނެ މީހަކު އިނގޭނީ އަހަންނަށް.. އިބާން ނުޖެހޭ ކޮންމެހެން އަހަންނަށް ކަންތައް ކުރަންވީ ގޮތް ބުނެދޭކަށް.. ތީ އަދި އެހަށް ދުވަހަކު އަހަރެންގެ ދިރިއުޅުމަށް އައި މީހެއް..ސޯ ސުޓޭ އިން ޔުއާރ ލިމިޓްސް..” އެލައިޝާގެ އަޑުގައިވީ ނުރުހުމެވެ. އެކަން އިބާން އަށް ސިއްރެއް ނުވިއެވެ.
“އަހަރެން މިހުރިހާ ދުވަހު ހީކޮއްގެން ހުރީ އަހަރެންނަކީ ލައިގެ ރައްޓެއްސެއްކަމަށް.. އެކަމް މިއަދު އެނގިއްޖެ އެއީ އަހަންނަށް ހީވި ހީވުމެއްކަން.. ލައި ދުވަހަކުވެސް އަހަންނަކީ ރައްޓެއްސެއްގެ ގޮތަކަށް ނުދެކޭ.. އެހެންނޫންނަމަ އަހަރެން ރަގަނޅަށް އެއްޗެކޭ ބުނީމަ ތިހާ ރޫޑްކޮއް ވާހަކައެއް ނުދެއްކިސް..ލައި އަހަރެންމީ ރައްޓެއްސެއް ގޮތަށް ނުދެކުނަސް އަހަރެން ދެކެނީ ތީ އަހަރެންގެ ގާތް އެކުވެރިއެއްގެ ގޮތަށް.. އަހަރެން ނުދޭނަން އަހަރެންގެ އެކުވެރިއެއް ތިހާ މޮޔަ ކަމެއް ކުރިޔަކަ.. ެހެޔޮ ލައި ރުޅި އަޔަސް..އެނގިހުރެ ލައިގެ ދިރިއުޅުން އަމިއްލަ އަތުން ހަލާކު ކޮއްލިޔަކަ އަހަންނެއް ނުދޭނަން.”
” އިބާންއަށް ކޮން ކަމެއް އަހަރެންގެ ދިރިއުޅުން ހަލާކު ވިޔަސް.. އިބާން ނުޖެހޭނެ އަހަންނާއި ދޭތެރޭ ވިސްނާކަށް.. އަހަރެން ކަންތައް މިކުރަނީ އެންމެ ރަގަނޅަށް ކަން އަހަންނަށް އެނގޭ.. އަހަރެންގެ މަގާމުގަ އިބާން އިނަސް ޔަގީން ކަންތައް ކުރާނީ މިގޮތަށްކަން.. އެކަކުވެސް ނޭދޭނެ އެމީހަކާއި ހެދި ތިމާ ލޯބިވާ މީހެއްގެ ދިރިއުޅުން ހަލާކު ވެގެން ދާކަށް.. މެހެކްއަށް އަޒެލްއަށްވުރެ ރަގަނޅު ބައިވެރިން ލިބޭނެ.. މިކައިވެނި ހުއްޓުވޭނެ ހަމަ އެކަނި ގޮތަކީ މިއީ.. ސޯ ޕުލީޒް ލެޓް މީ ޑޫ ދިސް..”
” އަހަންނަށް މިއަދު ޔަގީން ވެއްޖެ ލައި އަކީ ރައްޓެހިންނަށްޓަކައި އަމިއްލަ އުފާތައް ގުރުބާން ކުރަން ފަސް ޖެހޭނޭ މީހެއް ނޫންކަން..” އިވިގެން ދިޔައީ މެހެކްގެ އަޑު ކަމުން އެލައިޝާ ހައިރާން ވެފައި މެހެކް ހޯދަންފެށިއެވެ. މެހެކް ނުކުތީ ކައިރީގައި ހުރި ގަސްތަކުގެ ތެރެއިންނެވެ. ފަހަތުން ޒެވިޔަންވެސް ނިކުތެވެ.
“ލައި.. ލައި ނުޖެހޭނެ މެހެކްއަށްޓަކައި ތިވަރު ކަމެއް ކުރާކަށް..އަހަރެން މިހުރީ އެހެންނޫނަސް މިކައިވެނި ކުރާ ގޮތަށް.. ޒޭވްއާއިވެސް އެވާހަކަ ދައްކަން ހުރެފަ މިއައީ.. މިހިސާބަށް އެރިތަނާ އިބާންއާއި ދެމީހުން ފައިޓް ކުރާ އަޑު އިވިގެން މަޑުކޮއްލީ..” އެލައިޝާ މެހެކްއަށް ގޮވައިލުމުން އޭނާ ބުނެލިއެވެ. އެލައިޝާއަށްވުރެ ބޮޑަށް ހައިރާންވީ އަޒެލްއެވެ. އޭނާގެ ޕުލޭން ފެއިލް ވެދާނެތީ ބިރުހީވަން ފަށައިފިއެވެ.
“ތިދެމީހުން ޑިސައިޑް ކުރޭ އަހަންނާއި އިންނާނީ ކާކުކަން.. އަހަރެން މިދަނީ އެތެރެއަށް.. އަވަހަށް އަންނާތި..”
” މެހެކްއަށް އިނގެއެއްނު އަޒެލްގެ މަގުސަދު.. ދެން ކީއްވެ މެހެކް އޭނައާއި އިންނަން ތިއުޅެނީ..” އަޒެލް ދިޔުމުން އެލައިޝާ މެހެކްގެ އަތުގައި ހިފައިލުމަށްފަހު ވާހަކަ ދެއްކިއެވެ.
” އެނގެޔޭ.. އެކަމް ލައި މައި ޕޭރެންޓްސް ހާދަ އުފާވެފައޭ އެހުންނަނީ އަހަރެނަގެ ކައިވެނި އަޒެލް ކަހަލަ ކާމިޔާބު އެން.އާރު.އައި އަކާއި ކުރެވޭތީ.. އަޒެލް ކަހަލަ ދަބިދަރިއެއް ބޭނުންނުވާނީ ކާކު.. މައިންބަފައިން އެމީހުންގެ ދަރިންނަށް ދެރަ ގޮތެއް ވާކަށް ނޭދޭނެ.. މިކައިވެނި ނުވެއްޖިއްޔާ ޑޭޑް ވަރަށް ހިތުޖެހޭނެ.. އޭރުންވަކި އަހަންނަށް ލިބޭނީ ކޮން އުފަލެއް.. ދެން ހުރީ އާމް.. އާމް އެހުރީ ޑޭޑް ގަބޫލު ވަންދެނޯ ކިޔާފަ..އެނގެއެއްނު ހަމަ އެއީ ނުވާނެ ކަމެއްކަން.. ދެން މިސާލަކަށް އަހަރެން އާމްއާއި އިނީޔޯ ޑޭޑްމެން ދޫކޮއްލާފަ..ފަހުން އާމް އަހަރެން މަތިން ފޫހި ވެއްޖިއްޔާ ކިހިނެއް ހަދާނީ.. އެދުވަހުން ޑޭޑްމެން މެހެކްއަށް މައާފު ދޭނެތަ.. ލައި އަހަރެން މިގޮތަށް މިނިންމީ ވަރަށް ވިސްނާފައި.. މައިންބަފައިންގެ ނުގަބޫލުގަ ކުރާ އެއްވެސް ކަމަކުން އަހަރުމެންނަށް ދާއިމީ އުފަލެއް ނުލިބޭނެކަން ވަރަށް ރަގަނޅަށް މީހާރު އަހަންނަށް އެނގޭތީ މިގޮތަށް މިނިންމީ..އިރާދަކުރެއްވިއްޔާ އަހަރެން މިކައިވެނި ދެމެހެއްޓޭތޯ ބަލާނަން..” މެހެކް އެހެން ބުނުމުން އެލައިޝާ އޭނާގެ ހިޔާލު ބަދަލު ކުރުމަށް އެތައް ވާހަކައެއް ދެއްކިއެވެ. އެންމެ ފަހުން އޭނާ ހުއްޓީ މެހެކް އޭނާގެ މަންމައަށް ދިމާވި ގޮތުގެ ވާހަކަ ކިޔައި ދިނުމުންނެވެ. މެހެކްގެ މަގާމުގައި އޭނާ ހުރިނަމަ އޭނާވެސް ކަންތައް ކުރީހީ އެގޮތަށް ކަމަށް ވާތީއެވެ.
އެންމެން އެކުގައި ގޭތެރެއަށް ވަންއިރު ރީހާން ލަސްވެގެން މެހެކް ހޯދަން އުޅެއެވެ. މެހެކް ދިޔުމުން އަޒެލް ކައިރީގައި ބައިންދައި އަނގޮއްޓި ބަދަލު ކުރުމަށް އެންގިއެވެ. މެހެކްގެ އަތުގައި އަނގޮއްޓި އެޅުވުމުގެ ކުރިން އަޒެލް އެލައިޝާއަށް ބަލައިލިއެވެ. އެލައިޝާ ފޫހި ގޮތަކަށް ތުން އަބުރައިލުމުން އެމީހުންގެ ނިންމުން ވަރަށް ރަގަނޅަށް އަޒެލްއަށް ހާމަވެގެން ދިޔައެވެ. އެހާ އަވަހަށް ބަލި ގަބޫލު ނުކުރަން ވެގެން އޭނާ އެންގޭޖްމެންޓް ނިންމައިލައިފައި އަންނަ ހަފްތާގެ ހޯމައަށް ކައިވެނި ކުރެވޭ ގޮތަށް ހަމަޖެއްސިއެވެ.
އެރޭ ނިދަން އޮތް އިރު އެލައިޝާއަށް ވިސްނުނީ އިބާންއާއި ދިމާއަށް ކިޔުނު އެއްޗިއްސާއި މެދުގައެެވެ. އިބާންއާއި އެހާ ރުޅިއައިސްފައި ވާހަކަ ދެއްކެވުމުން އެލައިޝާ އެކަމާ ވަރަށް ދެރަވިއެވެ. އަދި މައާފަށް އެދެން ނިންމައި ބައްދަލުކޮއްލަން ބޭނުމޭ ބުނެ އިބާންއަށް މެސެޖްކޮއްލިއެވެ. އިބާން ރިޕްލައި ނުކުރުމުން އަނެއްކާވެސް މެސެޖްއެއް ކޮއްލިއެވެ. ދިހަ މެސެޖް ކުރިއިރުވެސް ޖަވާބު ނުދިނުމުން ހެނދުނު 9 އެއް ޖަހާއިރު އެންމެ ފަހުން ދިމާކުރި ކެފޭގައި އޭނަގެ އިންތިޒާރު ކުރާނެ ކަމަށް ބުނެ މެސެޖް ކޮއްލިއެވެ.
ހެނދުނު ހޭލައިގެން އިބާން އޮތީ ފޯނުން ގޭމް ކުޅޭށެވެ. އޭނާގެ އިންތިޒާރުގައި އެލައިޝާ އިންނާނެކަން އިނގޭއިރުވެސް ކެފޭއަށް ދާ ހިޔާލެއް އޭނާ ނުގެންގުޅެއެވެ.
45 މިނިޓް ކެފޭގައި ހުރިއިރުވެސް އިބާން ދައްކައެއްނުލައެވެ. ނަމަވެސް އިބާން އަންނާނެހެން ހީވާތީ އިންތިޒާރުގައި ހުންނަން އޭނާ ބޭނުންވިއެވެ. ފަހުން އިބާން އަންނައިރު އޭނާ ނުހުރެދާނެތީއެވެ. އެލައިޝާ ތިންވަން ކޮފީއަށް އޯޑަރު ދިންއިރު ދިހަ ގަޑި ބައި ވެއްޖެއެވެ. ކެފޭގައި ތިބި މީހުން ބަލާވަރުން އޭނާ ލަދުގަންނަ ގޮތްވިއެވެ. އަންހެން ކުއްޖަކު އެހެން އެކަނި ކެފޭއެއްގެ ތެރޭގައި އިންނަންނާ ބަލާނެ ނޫންހެއްޔެވެ. އަވަހަށް ކޮފީތަށި ބޮއެލައިގެން ބިލް ގެންނަން ބުނީ އިތުރަށް އެތާ އިންނަން ކެތްނުވެގެންނެވެ.
ބިލް ދައްކައިފައި ގެޔަށްދަން ނިކުތް އެލައިޝާ އެރުވުނީ ކެފޭއަށް ވަދެގެންއައި އިބާންގެ ކުރިމައްޗަށެވެ.
“ހާދަ އަވަހަށް ތިދަނީ.. ކޮފީއެއް ނުބޯނަންތަ..” އަޅައިވެސްނުލައި އެލައިޝާ ދާން ފެށުމުން ފަހަތުން ދަމުން އިބާން ބުނެލިއެވެ.
“އެކަނި ދޭބާ ދޯ ކޮފީ ބޯން.. އަހަރެން މިއައީ ތިން ކޮފީ ބޮއެގެން.. މިހާއިރުވަންދެން ދުވަހަކުވެސް މީހެއްގެ އިންތިޒާރުގަ ނީންނަން.. ލަދުން ހަލާކު ވެއްޖެ އެތާތިބި އެންމެން އަހަންނަށް ބަލާފަ ސިއްރު ވާހަކަ ދެއްކި..އިބާންގެ ކަންތައް މީ.. އެހާ ރުޅިގަދަ ވާން ޖެހޭތަ ހަމަ.. އިނގެއެއްނު އަހަރެން ގަސްދުގަ ކީއެއްޗިއްސެއް ނޫންކަން އެއީ..” އެލައިޝާ ކުރިޔަށް ހިނގަމުން ވާހަކަ ދެއްކިއެވެ. އިބާން ހެމުން ފަހަތުން އާދެއެވެ.
“އަދިވެސް ލައިއެއްނު އެއްޗެހި ތިކިޔަނީ.. އަހަންނެއްނު ރުޅިއައިސްގެން އުޅެންވީ..” އެލައިޝާގެ އަތުގައި ހިފައި މަޑުކުރުވަމުން އިބާން ބުނެލިއެވެ.
” ދެން އެހެންވިއްޔާ ރުޅި އާދެބަލަ ދޯ.. އެއްޗެހި ކީޔަސް އޯކޭ.. އެކަމް ދެން ތިގޮތަށް ލައި އިގްނޯ ނުކުރާތި.. ކިތައް މެސެޖް ކުރިން ރޭގަވެސް.. ހަމަ އެންމެ ފަހަރަކުވެސް ރިޕްލައި ކުރާކަށް ހިތަކަށް ނާރާތަ.. އެހެން މީހުން ދެރަވާނެ ވަރެއް ނޭންގޭތަ..” އެލައިޝާ އެހެން ބުނުމުން އިބާންއަށް އޭނާގެ މޫނަށް ބަލަން ހުރެވުނީއެވެ.
” ލައިއަށް އިނގޭތަ.. އައި ލައިކް ޔޫ އަ ލޮޓް..” އިބާން ބުނީ އެލައިޝާ ހީވެސް ނުކުރާ ފަދަ އެއްޗެކެވެ. އެހެންނާއި ސާމާސާއަކަށް ހަދައިފައި އެކަހަލަ އެއްޗެހި ކީއެއް ކަމަކު މިފަހަރު އޭނާގެ މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ.
” އެއްކަލަ މީހާ ފެށީ ދޯ.. އެއްވެސް މަޖަލެއް ނޫން.. މިތާ ކައިރީ ހުރި ޕާކަށް ދޯ ދެން ދާނީ..” އިރުކޮޅަކު އިބާންއަށް ބަލަން ހުރުމަށްފަހު ހިނގައިގަންނަމުން އެލައިޝާ ބުނެލިއެވެ. އިބާންވެސް ދެކޮނޑު އަރުވައިލުމަށްފަހު ލައި ބޭނުން ގޮތެކޭ ބުނަމުން ފަހަތުން ދިޔައެވެ.
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ގޮސް މެހެކްގެ ކައިވެންޏަށް އެއްދުވަހަށް ވެއްޖެއެވެ. ފާއިތުވި ދުވަސްތަކުގައި އަޒެލް އެތައް ފަހަރަކު އެލައިޝާއަށް ގުޅައި މެސެޖްކޮއް ހެދިއެވެ. އަބަދުވެސް ދައްކަނީ އެއްވާހަކައެކެވެ. ކައިވެނިކޮއްގެން އޭނާ މެހެކްއަށް ހަދާނެ ގޮތުގެ ވާހަކައެވެެ. މެހެކް ގާތުގައި އެވާހަކަ ބުނުމުން އޭނާ ބުނަނީ އެލައިޝާ އެކަމާއި ނުވިސްނުމަށެވެ. އަދި އަޒެލްއަށް އޭނާއަށް އަނިޔާކުރަން ނުކެރޭނެ ކަމަށް ބުނެއެވެ.
އޮފީހުގައި ކިތަންމެ ބުރަކޮއް އުޅުނަށް ޒެވިޔަން މެހެކްއަށް ގުޅައިހަދައެވެ. ދެމީހުން ބައްދަލުކޮއް އެލައިޝާ ކިޔަވަން ފުރުމުގެ ކުރިން ލޯބިވާ ވާހަކަ ބުނަން ހަދާނެ ގޮތަކާއިމެދު ވާހަކަ ދައްކައެވެ. އެލައިޝާ ކިޔަވަން ފުރަން ދެން ބާކީ އޮތީ ހަފްތާއެއް ކަމުން މެހެކް ބުނީ އޭނާގެ ކައިވެނި ކުރެވުމުން ރަގަނޅު ވަގުތެއް ބަލާފައި އެލައިޝާ ގާތު އެވާހަކަ ބުނާށެވެ.
ލޯބިވާކަން ހާމަ ކުރަން ނިންމި ކަމުގައިވިޔަސް އަދިވެސް ޒެވިޔަން ޖެހިލުންވެއެވެ. އެލައިޝާ ނޫނެކޭ ބުނެފިނަމަ ދެމީހުންގެ ދުވަސްވީ އެކުވެރިކަމަށް ބުރޫއަޅައިފާނެތީއެވެ. އެންމެ ގާތް އެކުވެރިޔާ ގެއްލޭކަށް އޭނާ ނޭދެއެވެ. ނަމަވެސް ލޯބިވާކަން ނުބުނެ އިންދައި އެލައިޝާ އެހެން މީހަކާއި ގުޅިދާނެ ކަމުގެ ބިރުވެސް ހިތުގައި އޮތެއެވެ. ލޯބިވާކަން ހާމަ ކުރާނެ ފުރުސަތެއްވެސް އެހެންވެއްޖިއްޔާ ނުލިބޭނެއެވެ. އޭރުން ޒެވިޔަން މާ ދެރަވާނެއެވެ. މިހާރުވެސް މާގިނަ ދުވަހު ހިތުގައި އެކަން ބާއްވައިގެން އުޅެވިއްޖެއެވެ. އިތުރަށް ދެން ސިއްރު ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.
12 Comments
Comments are closed.
Hello everyone ?
Miothy vahakaige 11 vana part up kohlaafa
Mistakes bunedhehchey
❤Hope yuh all will like it
Yey me 1 st shaish sissy
❤Yeah yuh first jeyz
u not give answer to my question yet??????
Which question dear
Shaish sissy ge vaahaka adhi furathama vaahaka akun jeyz ah first libun me ❤❤❤furathama faharu ly 2 dear shaish sissy
V v v v v v v reethi next part avahaa up kohladheeba la dear
❤ Thank yuh Lai ?
Hey Shaish… Mi part vx hama varah varah reethi ingey… Keep it up.. Waiting for next part ??
❤Thank yuh shifoo?
Mi waahaka up nukuraneeeth? Waiting for the next part… Vrhh reethi mi waahaka
Kaleyney .. Dhn mivaahakaige anehbai nuliyanee tha .? Mihaavarun vaahaka nuliyey nama ..kiyun therin inthizaaruga baithihbaafa ..v gothei vx angaalaanama rangalhu