Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 16

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 28, 2018 11 Mins Read
54 Comments

ޝަނުމް މީކާއިލްގެ ފަހަތުން ސިޑިން އަރަމުން ދިޔައެވެ. މީ ރީމްގެ ގެ ހުންނަ އިމާރާތަށް ވިޔަސް އެއީ ކޮން ފަންގިފިލާއެއްކަން ޝަނުމް އަށް ނޭނގެއެވެ. އެހެންކަމުން އިތުރު ސުވާލެއް ނުކުރެ މީކާއިލްގެ ފަހަތުން ދިޔައެވެ.

“އަހަރެންތަ ދޮރުގަ ޓަކި ދޭންވީ” ދެވަނަ ފަންގިފިލާއަށް އަރައި މަޑު ނޫކުލަ ލާފައިވާ ގޭގެ މައި ދޮރު ކައިރީ ހުއްޓިލަމުން މީކާއިލް އަހާލިއެވެ.

“އަހަރެން ނޫނެއްނު މިއައީ އަންހެން ކުއްޖެއް ގުޅާލާ އިރަށް ކެތްނުކުރެވިގެން” މީކާއިލްއާއި ދިމާލަށް ލޯއަޅާލަމުން ޝަނުމް ބުނެލިއެވެ.

“މައްސަލައެއް ނެތޭ .. އެކަމަކު މަންމައަށް އިންޓްރޮޑިއުސްކޮށްދޭން ދާން ދާ ދުވަހު  މަށެއް ނުހުންނާން. އެދުވަހުން ތިހެން ބިރުން ނޫޅޭތި” އެހެން ބުނަމުން މީކާއިލް ދޮރުގައި ޓަކި ޖަހާލިއެވެ.

“ތިވަރުން ދާނަމަ މަށަށް ހިޔެއްނުވޭ ވަލީ ހޯދަންވެސް ދެވޭނެހެން.. މިހާރު ތިހާ ބިރުގަންނަ ނަމަ…….” ޝަނުމްގެ ޖުމްލަ ފުރިހަމަ ނުކޮށް ނިއްމާލަން ޖެހުނީ ދޮރު ހުޅުވި ރީމް ފެނިފައެވެ.

“ރީމް…..” ޝަނުމްއަށް ބުނެވުނެވެ. ބޭއިހުތިޔާރުގައެވެ.

“ހަލޯ ރީމް… އަހަރެންމީ ޝަނުމްގެ ބެސްޓް މޭން.. މާލެ އައިތާ އެއް ހަފުތާ މިވަނީ އެކަމަކު އަދި ފަހަރި އާއި މީޓްކޮށް ނުދޭ” މީކާއިލް އަމިއްލައަށް ތައާރަފުވެލިއެވެ.

ފަހަރިއޭ ބުނުމުން ޝަނުމް އަށާއި ކުރިމަތީގައި ހުރި ރީމްއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

“ކޮން ފަހަރިއެއްގެ ވާހަކަ ތި ދައްކަނީ… ރީމް އާއި ދެމީހުންތަ” ޝަނުމް ސުވާލުގެ ނަޒަރުން މީކާއިލްއާއި ދިމާލަށް ބަލާލުމަށްފަހު ބުނެލިއެވެ.

“ސޮރީ ރީމް. ޝަނުމް މާގިނައިން ކޮފީ ބޮއެގެން ހުރި ދުވަހެއް ކަންނޭނގެ.. ވޮލެޓް ފެނިއްޖެތަ… އަހަރެންގެ ވަރަށް ގާތް ފުރެންޑެއް އުޅޭނެ ޕޮލިހުގަ. އޭނައަށް ގުޅައިދެންތަ” ރީމްއާއި ޝަނުމް ވާނުވާގައި ތިބި މީކާއިލް އޭނާގެ އަނގަގަދަ ކަމުން ވާހަކަ ފޮއްޓެއްހެން ބަސްތައް އަމުނަމުން ދިޔައެވެ.

“ދަރިފުޅާ، އެކުދިން ބޭރުގައި ނުބަހައްޓާ އެތެރެއަށް ވައްދަބަލަ. މަންމަ އެބަ އަންނަން ސައިބޯލާނެ ހެދިކާ ކޮޅެއް ގަނެލައިގެން” އެވަގުތު އެތަނަށް އައި އަމީހާ ބުނެލިއެވެ. ރީމް ވަނީ ޝަނުމްގެ ހުރިހާ ވާހަކައެއް އޭނާގެ މަންމައަށް ކިޔާ ދީފައެވެ.

ރީމް ޝަނުމްއާއި މީކާއިލް ގޮވައިގެން ގޭގެ ސިޓިންރޫމުގައި ހުރި ސޯފާ ދައްކާލަން ދިޔައެވެ.  މީކާއިލްގެ ވާހަކަ ހުރި ގޮތުން އޭނާއަށް ނޭނގޭ އުފާވެރިކަމެއް ލިބިފައިވެއެވެ.

“އަހަރެން އެބަ އަންނަން އިނގޭ ފޯނު ހިފައިގެން” ޝަނުމް އާއި މީކާއިލް ސޯފާގައި އިށީނުމުން ރީމް ބުނެލިއެވެ. ފޯނުގައި އޮތް އެމީހާގެ ފޮޓޯ ޝަނުމްމެންނަށް ދައްކާލަން ކޮޓަރީގައި އޮތް ފޯނު ބަލާ ދިޔައެވެ.

“މީ ކޮންކަމެއް…ރީމް އާއި ދެމީހުން ތީ ދަންނަ މީހުންތަ” ރީމް ދިޔުމާއި އެކު ޝަނުމް އަހާލިއެވެ.

“ދެން ނޭނގޭ ކަމަށް ހަދައިގެން ނޫޅެބަލަ… ވަރަށް ރީތި ކުއްޖެއް އެއީ.. މަވެސް އެބަ ޖެހޭ މަންމައަށް ދައްކަން ކުއްޖަކު ގެޔަށް ގެންނަން، މާލެ އައިފަހުން އެނޫން އެހެން ވާހަކައެއް ނުދައްކާ” މީކާއިލް ބުނެލިއެވެ.

“ތިހެން ވިއްޔާ ރީމް ގެންގޮސް ބޮޑުދައިތައަށް ދައްކަބަލަ” ޝަނުމް ރުންކުރު ގޮތަކަށް ބުނެލިއެވެ. މީކާއިލް އަދިވެސް ސީރިއަސް ވާން ނޫޅޭތީއެވެ.

“އައްދެ! ތިހެން ހެދީމަ މަންމައަށް އޮޅޭނެއެއްނު.. އަހަރެން ބޭނުމެއް ނޫން ޝަނުމް ތިހާ ލޯބިވާ ކުއްޖެއް އަހަރެންގެ ލޯބިވެރިއާގެ ގޮތުގަ މީހުންނަށް ދައްކަން.. އެއީ ވަރަށް ކަޑަކަމެއް ދޯ” މީކާއިލްއަށް ޝަނުމް ބުނި ޖުމްލަ ދޭހަ ވީ ގޮތަށް ރައްދު ދިނެވެ.

“ކާކު ތަ ބުނީ މީ އަހަރެންގެ ލޯބިވެރިޔާއޭ… ” މީކާއިލްއާއި ދިމާލަށް އަތް ދިއްކޮށްލަމުން ޝަނުމް ބުނެލިއެވެ.

“މިއީ އެއް ނޫންތަ އެކުއްޖަކީ. ޝަނުމްގެ ފޯނަށް ދުވަހަކުވެސް އަންހެން ކުއްޖެއް ގުޅިތަން މަށެއް ނުދެކެން. މިރޭ މި ކުއްޖާ ގުޅީމަ އަހަރެން ހީކުރީ މިއީ ކަމަށް ކުރިން ދުވަހު ބުނި ކުއްޖަކީ… ސުބުހާނައްﷲ މިއީ އެއްނޫންތަ” ދެލޯ ބޮޑުކޮށްލަމުން މީކާއިލް ބުނެލިއެވެ. ވެގެން އުޅޭ ގޮތް ރޭކާލީ ދެނެއެވެ.

“ވަރަށް ރަނގަޅު އިނގޭ.. ދެން ކިހިނެތް އަހަރެން މިކަމުން ސަލާމަތްވާނީ.. މިއީ އަހަރެން ފަހަތުން ނުނެއްޓިގެން އުޅޭ ކުއްޖެއް.. ދުވާލަކު ފަންސާހަކަށް ފަހަރު ގުޅާނެ.. މީނަ ގުޅާވަރުން ބޮލަށް އުނދަގޫވާތީ އަހަރެން ހިތަށް ބައެއް ފަހަރު އަރާ ފޯނު ނަންބަރު ބަދަލުކޮށްލާނަމޭވެސް… އެހާވެސް …” ޝަނުމްގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ އެވަގުތު އެތަނަށް އައި ރީމް ފެނުމުންނެވެ.

“ޝަނުމްގެ ފޯނު ނަންބަރު ބަދަލުކުރަނީތަ.. އަހަންނަށް ނަންބަރު ދެއްޗޭ އިނގޭ… މި މީހާގެ އުނދަގޫ ބޮޑުކަމުން މަގުމަތީ ހިނގޭ ވަރެއްވެސް ނޫން.. އިއްޔެވެސް އޮފީހުން ފެށިގެން ގެޔާއި ހަމައަށް އަހަރެން ފަހަތުން އުޅުނީ.. ބައްޕަ މާލޭގަ ނޫޅޭތީ އަހަރެން އެކަނި މަގުމައްޗަށް ނުކުންނަން ބިރުވެސް ގަނޭ” ފޯނު ހިފައިގެން އައިސް ޝަނުމްއާއި ޖެހިގެން އިށީންނަމުން ރީމް ބުނެލިއެވެ.

“މިއީ އެރޭ ރީމްގެ ދަބަހުން އެއްޗެއް ނަގަން އުޅުނު މީހާ ދޯ” ރީމް ގެ ފޯނުން ފެންނަ ފޮޓޯގަނޑުގައިވާ މީހާއަށް ރަނގަޅަށް ބަލާލަމުން ޝަނުމް ބުނެލިއެވެ.

“އާން.. އަހަންނަށް ވެސް  ހީވަނީ އެމީހާހެން. ދެމީހުންގެ އިސްތަށިގަނޑުވެސް އެއްގޮތެއްނު..” ރީމް ބުނެލިއެވެ.

“މީކާއިލް، ތިބުނާ ރައްޓެއްސަކަށް ގުޅައިގެން މީ ކަންތައް ބަލައިދޭން ބުނަންވީނު.. ފޭރުމުގެ މަގުސަދުގައި އުޅޭ މީހެއް ނަމަ އަބަދުހެން ރީމްގެ ފަހަތުން ނޫޅޭނެއެއްނު.. އަހަންނަށް ހީވަނީ މިއީ މިއަށްވުރެ ބޮޑު ކަމެއްހެން” ޝަނުމް ބުނެލިއެވެ. ރީމްއަކީ އޭނާ ހިތް ރުހޭ ކުއްޖަކަށް ނުވި ނަމަވެސް އެފަދަ ކަމެއް ވާއިރު އެހީ ނުވެ ހުންނަން ބޭނުންނުވަނީއެވެ.

“އޭނަ އުޅެނީ ފޮރެންސިކް ޔުނިޓްގައި ކަމުން ސީދާ އޭނަގެ ބެލުމުގެ ދަށުން މިކަން ނުގޮސްދާނެ. ބަޓް ހީ އިޒް އަ ޗީފް އިންސްޕެކްޓާރ. ގުޅާލަންވީތަ” ރީމް އާއި ދިމާލަށް ބަލާލަމުން މީކާއިލް އަހާލިއެވެ.

“މައްސަލަ އެއް ނެތް.. އަހަރެންގެ އެހާ ގިނަ އަގުބޮޑު އެއްޗެއް ނެތަސް ވަރަށް މުހިއްމު ކާޑުތަކާއި އެހެން އެއްޗެހި ވެސް ހުންނާނެ” ރީމް ބުނެލިއެވެ. އަދި ޝަނުމްއަށް ހިނިތުންވުމެއް ހަދިޔާކޮށްލައި އޭނާ އެހާ ކުއްލި ގޮތަކަށް އަންނަން ބުނުމުން އައީތީ ޝުކުރުވެރިވިއެވެ.

“އަހަންނަކަށް ނޫން ކަންނޭނގެ ޝުކުރު އަދާކުރަންވީ.. ރީމްގެ ވޮލެޓް ގެއްލިގެން އެބައުޅެއޭ ކިޔާފަ މީކާއިލް އަހަރެން ގޮވައިގެން މިގެޔަށް މިއައީ” ޝަނުމް ބުނެލިއެވެ. ރީމްއަށް ހީވެފައިވާ ގޮތް ރަނގަޅުކޮށްދެމުންނެވެ.

“އެކަމަކު އަހަރެން ގުޅީމަ ފޯނު ނެނގީ ޝަނުމްއެއް ނޫންތަ..” ދެބުމަ ކައިރިކޮށްލަމުން ރީމް ބުނެލިއެވެ.

“ޝަނުމްއެއް ނޫން ފޯނު ނެނގީ.. އަންހެން ކުއްޖެއްގެ ނަންބަރު ޝަނުމްގެ ފޯނުން ފެނުނީމަ އަހަރެން ހީކުރީ އެއީ ޝަނުމްގެ ގާލްފުރެންޑް ކަމަށް.. ނޭނގޭނެއެއްނު. މީ އެއްވެސް ޒަމާނެއްގަ އަންހެން ކުއްޖަކަށް ބަލާލިވެސް މީހެއް ނޫން” މީކާއިލް ކިޔާ ދިނެވެ. އޭނާގެ ވާހަކަ ކިޔާ ދިން އިރު ރީމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވި ތަން ރަނގަޅަށް ފެންނަމުން ދިޔައެވެ. މީކާއިލްއާއި ޝަނުމްގެ އަޑު އެހާ އެއްގޮތީ ހެއްޔެވެ؟ ދެމީހުންގެ އިސްކޮޅާއި މޫނުމަތީގެ ސިފަތައް ވެސް ވައްތަރުވީ ފަދައިން ހެއްޔެވެ؟

“ޝަނުމްގެ ގާލްފުރެންޑެއް ހުރޭތަ” ރީމްއަށް އޭނާއަށް ކުރިމަތިވެފައިވާ މައްސަލަ މަތިން ހަނދާން ނެތުނު ކަހަލައެވެ.

“ނޫނޭ.. އެމަންޖެ ކައިރީ އަހަން ނުކުރިގެން އެހުންނަނީ.. ” ޝަނުމް އާއި ކުރި ސުވާލުގެ ޖަވާބު ދިނީ މީކާއިލްއެވެ. ޝަނުމް އެއީ އެތަނގާއި ނެތް މީހަކަށް ހަދާލައި ރީމް އާއި ވާހަކަ ދެއްކިއެވެ.

ދެމީހުން އެގެއިން ދާން ނިކުތީ އަމީހާ ގެނައި ހެދިކާއިން ސައިބޮއިލައިގެންނެވެ.

“އެހެންވީމަ ޕޮލިސް ސްޓޭޝަނަށް ދާންވީމަ އަހަރެން ގުޅާލާނަން އިނގޭ.. ” ގެއިން ނިކުންނަމުން މީކާއިލް ބުނެލިއެވެ.

“އޯކޭ މައްސަލައެއް ނެތް..” ދޮރު ލައްޕާލުމުގެ ކުރިން ރީމް ޝަނުމްއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރިއެވެ. މިރޭ ޝަނުމް މިގެޔަށް އައީ އޭނާއަށް ނޭނގި ނަމަވެސް ރީމްގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ހިތް އެދޭ ބައިވެރިޔާ ފެނުމުން ކޮންމެ މީހަކަށްވެސް ލިބޭނެ އުފަލާއި އެކީގައެވެ.

“ދެން ވެސް މަށަށް ޝުކުރު އަދާކޮށްބަލަ. އަހަރެން ނެތް ނަމަ މިރޭ ޝަނުމްއަށް މިގެއިން ނުނިކުމެވުނީސް.. އަހަރެން އެވަރަށް ވާހަކަ ދެއްކި އިރުވެސް ރީމްގެ ދެލޯ ޝަނުމްއާއި ދުރަކަށް ނުދޭ..” ޝަނުމް އާއި ދިމާލަށް އަތް ދިއްކޮށްލަމުން މީކާއިލް ބުނެލިއެވެ.

“އަމިއްލައަށް އަހަރެން މިތަނަށް ގެނެސް ކޮން ވާހަކައެއް ތިދައްކަނީ.. އަހަރެން އޭނަ ގޮވައިގެން ދެތިން ރެއަކު ގެޔަށް ލައިދޭން އައިން. އެކަމަކު ސިޑިން މައްޗަކަށް ނާރަން.. އަހަންނަށް މީ ރީމްގެ ގެކަން އެގުނު ނަމަ މިތަނަށް ނައީސް.. އަދިވެސް ހުންނާތި ކޮންމެ ކަމެއްގައިވެސް އަހަންނަށް ވުރެ ކުރިއަށް ދެވޭތޯ ބަލަން” މީކާއިލްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުން ޝަނުމް ބުނެލިއެވެ.

މީކާއިލްއާއި ޝަނުމްއަކީ އެއްކޮށް އުޅެ ބޮޑުވި ދެބެއިންގެ ދެދަރިންނެވެ. އާއިލީ ގުޅުމާއި އެކު ރަހުމަތްތެރިކަމަކީ މިއަދާއި ހަމައަށް އެމީހުންގެ މެދުގައި ފަޑުނުވެ އޮތް ލޯތްބެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ.


 

ޝަނުމްމެން ދިޔަތާ މާ ގިނަ އިރެއް ނުވަނީސް ހިންދު ގެޔަށް އައެވެ. އަދި އިތުރު  ތާކު މަޑުނުކޮށް އަޝްވާ އޭނާއާއި ހަވާލުކުރި ސިޓީ އުރަ ރީމްއާއި ހަވާލުކުރިއެވެ. ސިޓީ އުރަ އަތުގައި ޖެހުމާއި އެކު ރީމް އޭގައިވާ ސިޓީ ނަގާ ކިޔާލިއެވެ. ކައިރީގައި ހުރި ހިންދުއަށް ވެސް ދައްކައިގެންނެވެ.

އެ ސިޓީ އުރައަކީ އަޝްވާ އެއްމެ ފުރަތަމަ ދުވަހު އޮފީހަށް ނުކުތް ދުވަހު ޝައިމް އޭނާއާއި ހަވާލުކުރި ދެ ސިޓީ އުރައިގެ ތެރެއިން އެކަށްޗެވެ. ރީމްގެ ސިޓީ އުރައިގައި ވަނީ އޭނާއަށް އެއޮފީހުން އެޗް.އާރު އޮފިސާރ އެއް މަގާމް ހަމަޖެހިފައިވާ ވާހަކައެވެ. އަދި ޑިގްރީ ނިމުމާއި އެކު މަގާމުގެ ކުރިއެރުން ދޭނެ ވާހަކައެވެ. ސިޓީ ކިޔާ ނިމުނު އިރު ރީމްގެ ލޮލުން ހިލާލީ އުފާވެރިކަމުގެ ކަރުނައެއް ނޫނެވެ. އެކުވެރިޔާއާއި ދޭތެރޭ އެގޮތަށް ކަންތައް ކުރެވުމުން ލިބުނު ހިތާމައިގެ ކަރުނައެވެ.

“އަހަރެން ކިހިނެތް މި ވަޒީފާ ގަބޫލުކުރާނީ.. އެއްމެ ކުޑަމިނުން އަޝްވާ ކުރި މައްޗަށް އަރަން އަހަރެން ލަދުގަނޭ” ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެ މީހެކެވެ. އެހެންނަމަވެސް ކެތްތެރިކަމާއި ރުޅި އަކީ އަމިއްލައަށް ކޮންޓުރޯލު ކުރެވޭނެ އިހްސާސްތަކެވެ.

“ދެން ތިކަމާ ހާސްވާނެ ކަމެއް ނެތް.. އަޝްވާ އަށް ގުޅައި އަވަހަށް މާފަށް އެދީ.. ރީމް ގުޅާނެ އިރެއްގެ އިންތިޒާރުގައި މިހާރު ހުންނާނީ” ހިންދުއަށް ހިނިތުންވެވުނެވެ. ރީމްއަށް ވިސްނުނީ ތީއެވެ.


 

ޖެހިގެން އައި ރެއަކީ ހަނދުގެ އަލިކަން ފަޑުރެއެކެވެ. ވިލާތައް ހެކި އުޑަމަތި ސާފުވެފައިވެއެވެ. ޖެހެމުންދާ ފިނިވައިރޯޅިއާއި އެކު ޓެރަހުގައި ހުރި އަޝްވާގެ އިސްތަށިގަނޑު މިނިވަންކަމާއި އެކީ ވައިރޯޅިއާއިއެކީ ވިހުރެމުންދެއެވެ.

ރައްޓެހިންނާއި އެކީ ބޭރުގައި އުޅުމަށްފަހު ޝަނުމް ގެޔަށް އައީ ވަރުބަލިވެފައި ހުރުމުން އަވަހަށް ނިދާލުމަށެވެ. ނަމަވެސް އޭގެ ކުރިން ޓެރަހަށް ދިޔައީ އަޝްވާ ހުރީ ޓެރަހުގައި ކަމަށް ނަދީމާ ބުނުމުންނެވެ. ނިދަން ދިޔުމުގެ ކުރިން ހިތުގެ ރާނީ ދެކިލަން ބޭނުންވާތީއެވެ.

އަޝްވާ ހުރީ ޓެރަހަށް ވަންނަ ދޮރަށް ފުރަގަސްދީގެން ކަމުން ޝަނުމް އައިސް ކައިރީގައި ހުއްޓުނު އިރުވެސް ނޭނގެއެވެ.

“މިރޭ ނުނިދަނީތަ” ޝަނުމް އައިސް އަޝްވާ ކައިރިއަށް ހުއްޓިލަމުން ބުނެލިއެވެ. ޝަނުމްގެ އަޑު އެހާ ކައިރިން އިވުމުން އަޝްވާއަށް ލިބުނީ ސިހުމެކެވެ. ނޫނެކޭ ބުނެ ދެކޮޅަށް ބޯ ހޫރުވާލިއެވެ.

“އަހަންނަށް ހީވޭ މިހާރު އަޝްވާ އަހަންނާއި ދުރުވާން އުޅޭހެން… ލޯބިވަމޭ ބުނީމަ ރުޅި އައީތަ” ޝަނުމް އަހާލިއެވެ.

“އަހަރެން ތިއަށް ދޭނެ ޖަވާބު އެގިހުރެ  ޝަނުމް ބޭނުމީ ތިވާހަކަ ދައްކަންތަ” އަޝްވާ ދުރުބަލާލަމުން ބުނެލިއެވެ.

“އަހަރެން ހިތުގައިވާ އެއްޗެއް ހާމަކޮށް އެހޯދަން މަސައްކަތް ކުރުމަކީ ކުށެއް ނޫން ކަންނޭނގެ.. އަޝްވާ އަދިވެސް އަހަންނަށް ޖަވާބެއް ނުދެމެއްނު” ޝަނުމް މަޑުމަޑުން ބުނެލިއެވެ.

“އަހަރެންގެ ޖަވާބަކީ ނޫނެކޭ ބުނެފިނަމަ” ޝަނުމްއަށް ފުރަގަސްދީގެން ހުރި އަޝްވާ ބުނެލިއެވެ. އަޝްވާ އެހެން ބުނުމުން ޝަނުމް ލީ ފުން ނޭވާ އެކެވެ.  އަދި އިސްޖަހާލައި ” ސަބަބު އެގެން ބޭނުންވާނެ” އޭ ބުނެލިއެވެ.

“ސަބަބުދޯ އެގެން ބޭނުމީ.. ” އަޝްވާ ފުން ނޭވާއެއް ލިއެވެ. އަދި ޝަނުމްއާއި ދިމާލަށް އެބުރި ޝަނުމްގެ މޫނަށް ބަލާލިއެވެ. އަޝްވާގެ ޖަވާބަށް ކެތްމަދުވެފައިވާކަން ޝަނުމްގެ ދެލޮލުން އެކަނިވެސް ހާމަވެއެވެ.

“އަހަރެން ޝަނުމްއާއި ގުޅެން ބޭނުން ނުވަނީ  އަހަރެން ޝަނުމް ދެކެ ލޯބި ނުވާތީ”  އަޝްވާ ދޮގު ހެދިއެވެ. ލޯބިވާ އެކުވެރިޔާއަށްޓަކައި އެކަން ކުރަން އޭނާއަށް މަޖުބޫރެވެ.

“އަޝްވާ ތި ހަދަނީ ދޮގު..” ޝަނުމް ދުރަށް ބަލާލުމަށްފަހު ކުޑަކޮށް ހެމުން ބުނެލިއެވެ. އެއީ ހަގީގަތް ކަމަށް ގަބޫލުކުރަން ބޭނުން ނުވިއެވެ.

“ނޫން ޝަނުމް.. މީ ތެދު.. އަހަރެން ޝަނުމްއާއި ދޭތެރޭ އެގޮތަށް ނުދެކެން..  އޮޅުމަކުން ނަމަވެސް އެފަދަ އިޝާރާތެއް ކުރެވިފައިވާނަމަ މާފަށް އެދެން” އަޝްވާ އޭނާގެ ނަޒަރު ޝަނުމްގެ މޫނާއި ދުރަށް ނުގެންދައެވެ. ދެމީހުންގެ މެދަށް ކުޑަ ވަގުތުކޮޅެއްގެ ހަމަހިމޭންކަން އައެވެ.

“އަޝްވާ ތިބުނަނީ ދެމީހުން އެކުގައި ހޭދަކުރި ހުރިހާ ވާހަކަތަކާއި ދެއްކި ހުރިހާ ވާހަކައި އެއްވެސް މާނައެއް ނެތޭތަ”ޝަނުމް އަހާލިއެވެ.

“ޝަނުމް.. ޝަނުމް ތީ ވަރަށް ރަގަޅު މީހެއް.. އެކަމަކު އަހަރެން އެފަދަ ގޮތަކަށް ޝަނުމްއާއި ދޭތެރޭ ނުދެކެން” އަޝްވާ އޭނާގެ ބަސް ތަކުރާރުކޮށްލިއެވެ.

“އަހަރެންގެ އުމުރުން ސައުވީސް އަހަރު މިވަނީ.. އެކަމަކު އަޝްވާ ފިޔަވައި އެހެން އެއްވެސް އަންހެން ކުއްޖަކަށް މިފަދަ ނަޒަރަކުން ނުބަލަން.. އަޝްވާ ދެކެ އަހަންނަށް ލޯބިވެވުނީ ފުރަތަމަ ނަޒަރުންނޭ ނުބުނެވޭނެ. އެކަމަކު ދެމީހުން އެކުގައި ހޭދަކުރި ކޮންމެ ވަގުތަކާއި އެކީ އަހަންނަށް އަޝްވާއަށް ތަފާތު ނަޒަރަކުން ދެކެވެން ފެށުނު.. އަދި އެއިހުސާސްތައް ލޯތްބަށް ބަދަލުވާން ފެށި.. އަހަރެން ހީކުރީ އަޝްވާވެސް އަހަރެންދެކެ ލޯބިވާ ކަމަށް..އެކަމަކު އެލޯބި ހުށަހެޅުމުން އަޝްވާ ތިބުނަނީ އެކަން ހަނދާން ނައްތާލާށޭތަ… އަޝްވާ ބުނެބަލަ، އަހަރެން ކިހިނެތް އެކަން ކުރާނީ.. އަޝްވާއާއި އެއް މޭޒަކުން ކައި އެއްގެޔެއްގައި އުޅެމުން އަހަރެންވީ އަހަރެންގެ ހުރިހާ އިހުސާސެއް ވަޅުލަންތަ.. އަޝްވާ މަތިން ހަނދާން ނައްތާލަންތަ” ޝަނުމްގެ އަޑުގައިވީ ކަންބޮޑުވުމާއި ހިތާމައެވެ. ލޮލަށް ކަރުނަ ޖަމާވުމުން އަވަސް އަވަހަށް އެސްފިޔަ ޖަހާލައި ކަރުނަތައް ހިންދާލަން އުޅެއެވެ.

“އަހަރެން ނޫނަސް ޝަނުމް ދެކެ ލޯބިވާނެ ކުއްޖަކު ހުރެދާނެ އެއްނު.. ޝަނުމް ވެސް އެކުއްޖަކާއި އެކީ އުޅެން ފެށުމުން އިސާހިތަކު ލޯބިވެވިދާނެ” ނަން ނުބުންޏަސް ދެމީހުންނަށްވެސް އެކުއްޖަކީ ކާކުކަން އެގެއެވެ.

“އަޝްވާގެ މޮޔަކަން ދޯ.. ލޯތްބަކީ ތިހާ ފަސޭހައިން ވެވޭ އެއްޗެއް ނަމަ އޭގެ އެއްވެސް އަގެއް ނެތެއްނު.. އަޝްވާ ބުންޏަސް އަހަންނަށް ރީމް ދެކެ ލޯބިނުވެވޭނެ. ދުވަހަކުވެސް ނުވެވޭނެ. ސަބަބެއް އެގޭތަ” ޝަނުމް ހިފާލީ އަޝްވާގެ އުޅަބޮށީގައެވެ. އަދި ގަޔާއި ގާތަށް ގެނައެވެ. އަޝްވާ ހުރީ ޝަނުމް އެފަދަ ކަމެއް ކޮށްފާނެ ކަމަށް ނުވިސްނައި ކަމުން އައި ގޮތަށް އައިސް ޖެހުނި ޝަނުމްގެ މޭމަތީގައެވެ. އަޝްވާގެ އިސްކޮޅުން އަރަނީ ޝަނުމްގެ ކަރުގެ މެދާއި ހަމަޔަށެވެ.

“އެއީ މިހިތުގައި ހަމައެކަނި ވިންދު ޖަހާނީ ތިކުއްޖާއަށް ކަމަށްވާތީ.. އެކަން އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ.. ” ޝަނުމްގެ އަޑުގައިވީ ސީރިއަސްކަމެވެ. ޝަނުމް ދެއަތުން އަޝްވާގެ މޫނުގައި ހިފާލިއެވެ. އަދި  އަޝްވާގެ ދެލޮލަށް ފުން ނަޒަރަކުން ބަލާލީ އޭނާ ހޯދަން އުޅޭ ލޯބި އަޝްވާގެ ދެލޮލުން ނަމަވެސް ފެންނޭތޯއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ދެމީހުންގެ ހިތުގައިވެސް ބޮޑު ތޫފާނެއް ކަހަލަ ހައިޖާންގަނޑެއް އުފެދިއްޖެއެވެ. ޝަނުމްގެ ހުރިހާ އިހުސާސެއް ލޯމަތިން ފެންނަމުންދާ ހާލު އަޝްވާގެ ހިތުގައިވެސް އެވޭން އަޅަމުން ދިޔައެވެ.

“ޝަނުމް” އަޝްވާ މަޑުމަޑުން ޝަނުމްއަށް ގޮވާލިއެވެ. ޝަނުމް އަޝްވާގެ މޫނުގައި ހިފަހައްޓައިގެން ހުރި އިރު އަޝްވާގެ ހަށިގަނޑުގައިވާ ތުރުތުރު އެޅުން އިހްސާސްވަމުން ދިޔައެވެ.

“އަހަރެންވެސް ލޯބިވަން.. އިންތިހާއަށް ލޯބިވަން” އަޝްވާ ހިތާ ހިތައި ކިޔާލިއެވެ. ވޭންދެނިވި އެހެން ނަމަވެސް ފޮނި ބަސްތައް ޝަނުމްގެ ކަންފަތާއި ހަމައަށް ފޯރުވަން ބޭނުމެވެ. ހިތުގައި އަޅަމުންދާ ކެކުޅުންތައް ނިމުމަކަށް ގެނެސް ޝަނުމްގެ މޭގައި މޫނު ފޮރުވާލަން ބޭނުމެވެ. ފަޑު ހަނދުވަރުގެ އަލީގައި ލޯތްބަށް އިއުތިރާފުވާން ބޭނުމެވެ. ޝަނުމްގެ ލޮލަށް ޖަމާވަމުންދާ ކަރުނަތައް ފުހެދީ އެހިތުގައި ލޯބިން ފިރުމާލަން ބޭނުމެވެ.

“އަޝްވާ” ޝަނުމް އަޝްވާގެ ފަހަތުން ގޮވާލިއެވެ. އަދި އަޝްވާ ގެނެސް މެޔާލައި ބޮޑިކޮށްލިއެވެ. ފަން އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމާލިއެވެ. “އަޝްވާ” ޝަނުމް ދެވަނަ ފަހަރަށް އަޝްވާއަށް ގޮވާލައި ނިތްކުރީގައި ލޯބިން ބޮސްދިނެވެ.

“އައި ލަވް ޔޫ އަޝްވާ.. އަޝްވާ ތިހެން ބުންޏަސް އަހަންނަށް ކިހިނެތް އަޝްވާ މަތިން ހަނދާން ނައްތާލެވޭނީ.. އަހަރެންނަކީ ބަލިކަށި މީހެކޭ ބުންޏަސް ހެޔޮ.. އެކަމަކު އަހަރެން ދެކެ ލޯބިވެދީ.. އަހަރެންގެ މިހިތަށް ރަހުމް ކޮށްދީ.. އަޝްވާ ދެކެ ލޯބިވެވުކީ އަހަރެންގެ ހިތަށް ދެވޭ އަނިޔާއަކަށް ވިޔަނުދީ” ޝަނުމްގެ ލޮލުން ކަރުނަ ތިކިތައް އޮހިގަތެވެ. އަޝްވާގެ ގައިގައި ބައްދައިގެން ހުރީ ދުވަހަކުވެސް ދޫކޮށްލަން ބޭނުން ނުވާ ފަދައަކުންނެވެ.

އަޝްވާއަށް ޝަނުމްގެ ތެޅެމުންދާ ހިތުގެ ވިންދު އިހުސާސްވަމުން ދިޔައެވެ. ފަހަރަކަށް ވުރެ ފަހަރެއް އެ ވިންދު އަވަސްވަމުން ދިޔައެވެ.  ޝަނުމް ދައްކަމުންދާ ހުރިހާ ވާހަކައެއްގައިވާ ތެދުކަން އެވިންދުތަކުން އެކަނިވެސް ހާމަވަމުން ދެއެވެ.

“ނޫން ޝަނުމް ” އަޝްވާ ޝަނުމް ގައިން ދޫކޮށް ދުރަށް ޖެހިލީ ރީމް މަތިން ހަނދާންވުމުންނެވެ. އަދި އިސްޖަހައިގެން ހުރެ އެތަނުން ދާން ދުއްވައިގަތީ ޝަނުމްއަށް އޭނާގެ ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް ފޮރުވުމަށެވެ.

އަޝްވާ ދާން ހިގައިގަތުމުން ޝަނުމްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އަޝްވާ މަޑުކުރުވަން ބޭނުން ވިޔަސް ހުރި ފިޔަވަޅު މަތީ އެދިމާ ބަލަހައްޓައިގެން ހުރީ ގައިގެ ވަރު ދޫވެފައިވާ މީހެއް ފަދައިންނެވެ.

އަޝްވާ ޓެރަހުގެ ދޮރާއި ހަމަވި ވަގުތަކީ ކާއިން އެތަނަށް އައި ވަގުތެވެ. ހެވިފައި ހުރެ ޗެރީއޭ ގޮވާލަން އުޅުނު ނަމަވެސް އަޝްވާގެ ލޮލުގައިވާ ކަރުނަތައް އަނދިރީގެ ތެރެއިން ކާއިންއަށް ފެނުނެވެ. ކާއިންއަށް ލިބުނީ ހައިރާންކަމެކެވެ.

އަޝްވާ ދިޔުމުން ކާއިން ބަލަލީ ޓެރަހުގައި މީހަކު ހުރިތޯއެވެ. އެވަގުތު އެދިމާ ބަލަހައްޓައިގެން ހުރި ޝަނުމް ފެނުމުން މީހާގެ ލޭ އެހިނދުން ހިނދަށް ކެކިގެން ދިޔައެވެ. އަތް މުއްކަވާލައި އަވަސް ހިނގުމެއްގައި އައިސް އެއްވެސް އެހުމެއް ނެތި ޝަނުމްގެ މޫނު މަތީ ޖަހާލިއެވެ.

“ކަލޭ އަޝްވާއަށް ކީއްކުރީ” ދެވަނަ ފަހަރަށް ޖެހުމުގެ ކުރިން ރުޅިވެރިކަމާއި އެކީ ކާއިން އަހާލިއެވެ. ނަމަވެސް ޝަނުމް އެޔަށް އެއްވެސް ޖަވާބެއް ނުދީ ހުރީއެވެ. ކާއިން މިރޭ އޭނާ ލެއިން ފޯކޮށްލިޔަސް އޭނާގެ ހިތުގައި އަޅަމުންދާ ވޭން އެއިން އެއްވެސް ކަމެއް އެއްވަރު ނުކުރެވޭނެކަން ކަށަވަރެވެ.

“ކުރި ސުވާލަށް ޖަވާބު ދީބަލަ.. އަޝްވާ އަށް ކިހިނެތްވެފަހޭ އެހެރީ.. ” ކާއިން ކުރިއަށްވުރެ ބާރަށް ބުނެލިއެވެ. އަދި ޝަނުމްގެ ޓީޝާޓުގެ ކަރުގައި ހިފައި ބާރުކޮށްލިއެވެ.

“އަހަރެން ލޯބިވާ ވާހަކަ ބުނީމަ އަޝްވާ އެދިޔައީ” ކާއިން ދެކެ ޝަނުމް ޖެހިލުމެއް ނުވެއެވެ. އެހެންނަމަވެސް އެކަނިވެލަން ބޭނުންވާތީ ބުނެލިއެވެ.

ކާއިންއަށް ސަބަބު އެގުމުން އައި ރުޅި އިސާހިތަކު މަޑުވެގެން ދިޔައެވެ.

“ދެން އަޝްވާ ބުނީ ކީކޭ” ޝަނުމްގެ ޓީޝާޓުން ދޫކޮށްލަމުން ކާއިން އަހާލިއެވެ. އެޔަށް ޖަވާބެއް ނުދީ ޝަނުމް ގަދަކަމުން ހިނިތުންވެލިއެވެ.

“މީގެ ފަހުން އަޝްވާ އާއި ދުރުގަ ހުންނާތި” ކާއިން ދަމުން އިންޒާރުގެ ބަހެއް ދިނެވެ.

ޓެރަހުން ދިޔަ ގޮތަށް ގޮސް އަޝްވާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލައި ހަމަޖެހެން ގިނަ ވަގުތުތަކެއް ނެގިއެވެ.

ނިދަން ތައްޔާރުވެގެން އެނދަށް އެރި ވަގުތު ކާއިން ދޮރުގައި ޓަކި ޖަހާތީ އަޑުއިވުނަސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އަޝްވާ ދެލޯ މަރާލިއެވެ. އެޔާއި އެކު ލޯކުރިމައްޗަށް ސިފަވެގެން ދިޔައީ މިރޭ ޝަނުމްގެ ލޮލުން އޭނާއަށް ފެނުނު ތެދުވެރި ލޯތްބެވެ. ތަގުދީރުގައި އޭނާއާއި ޝަނުމްގެ ނަން އެކުގައި ލިޔެވިފައި ނެތީ ހެއްޔެވެ؟ ދެމީހުންގެ ގުޅުމުގެ އުއްމީދުގެ ހުޅު ކޮޅު މުޅި އުމުރަށް ނިއްވާލަން ވީ ހެއްޔެވެ؟

ތަގުދީރު އެމީހުންގެ ގުޅުމަށް އަޅަމުންދާ ހުރަސްތަކުގެ ވާހަކަ ޝަނުމްއަށް ކިޔައިދޭނީ ކިހިނެތް ހެއްޔެވެ؟ މަޖުބޫރީ ހާލަތު ނުކިޔައި ދިނަސް ޝަނުމްއަށް ވިސްނޭނެ ނަމައެވެ. އެކުވެރިކަމަށްޓަކައި މިފަދަ ބޮޑު ގުރުބާނީ އެއް ވަމުންދާއިރު އޭނާގެ ހިތް ލޯބީގައި ބޭގަރާރުވަމުން ދަނީއެވެ.


 

އަޝްވިންއާއި އިންނަން އެއްބަސްވީ ފަހުން ހިންދު ހުންނަނީ އޭނާގެ މައިންބަފައިންނަށް އޭނާގެ އުފާވެރިކަމުގެ ހަބަރު ދޭނެ ގޮތެއް ނޭނގިފައެވެ. ހިތް ބިރުގަންނަނީ މަންމައާއި ބައްޕަގެ ނުރުހުން ލިބިދާނެތީއެވެ. ބައްޕަގެ ވަލީ ނެތަސް ކައިވެނި ކުރެވުނަސް އެއީ ހިންދު ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން އަޝްވިންއަށް ގުޅައި އޭނާއާއި އެކު އެހަބަރު މަންމަމެންނަށް ދޭން އެދުނެވެ.

އަޝްވިން އައުމުން ހިންދު އަޝްވިން ގޮވައިގެން އެގޭ ހުންނަ ކުޑަ ބެލްކަންޏެށް ނިކުތެވެ. ގޭތެރޭ ރީމްއާއި ނީމާގެ ކޯޅުންގަނޑެއް އަނެއްކާވެސް ހިނގާތީ އެތަނުގައި ތިބެގެން ވާހަކަ ދައްކަން އުނދަގޫ ވާނެތީއެވެ.

“ހަލޯ މަންމާ، މަންމަ ކިހިނެތް” ފޯނު ސްޕީކަރަށް ލައި އަޝްވިންއަށްވެސް އެކޮޅުން ދައްކާ ވާހަކަ އަޑު އިވޭނެހެން ހެދުމަށްފަހު ހިންދު ބުނެލިއެވެ.

“އަހަރެން ރަނގަޅު” ފަރުވާ ކުޑަ ގޮތަކަށް އެކޮޅުން ވާހަކަ ދެއްކި ސަކީނާ ބުނެލިއެވެ.

“މަންމާ، އަހަރެން އެބަ އޮތް މަންމައަށް ވަރަށް އުފާވެރި ހަބަރެއް ދޭންވެފަ” އަޝްވިންއަށް ބަލާލަމުން ހިންދު ބުނެލިއެވެ.

“ކޮން އުފާވެރި ހަބަރެއް؟ ހިންދުއަށް ވަޒީފާއެއް ލިބުނީތަ؟ ކޮބާ މުސާރައަކީ؟” މީހެއްގެ ކަށީގައި ހަރުލާފައި ހުންނަ ކަންކަމަކީ ބަދަލުނުވާނެ ކަންތައްކަން ސަކީނާ ސާބިތުކޮށްދިނެވެ. އަބަދުވެސް އުޅޭނީ ފައިސާއާއި ހެދިއެވެ.

“ނޫނޭ މަންމާ، އަޅުގަނޑު މިއުޅެނީ އަޝްވިންއާއި ކައިވެނި ކުރަން” ކުޑަކޮށް ޖެހިލުންވެ ހުރެ ހިންދު ބުނެލިއެވެ.

“ކީކޭ؟؟… ނުވާނެ ތިކަމައް” ސަކީނާގެ އަޑު ބާރުވިއެވެ.

އިތުރު ބަހެއް ނުބުނެ ހިންދު ބަލާލީ އަޝްވިން އަށެވެ. މަންމަ މިކަހަލަ ޖަވާބެއް ދީފާނެ ކަމަށް ކުރިން ހީވެފައި އޮތަސް ހިތް ތޮޅިގަތީ ބާރު މިނެއްގައެވެ. މޫނުމަތީގައިވާ އުފާވެރިކަމުގެ ބޮކި ނިވި އަނދިރިވެއްޖެއެވެ.

“މަންމާ، ކޮބާ ތޯ މައްސަލަ އަކީ” ހިންދު މަޑުމަޑުން އަހާލިއެވެ.

“އަހަރެން މިބުނީ ތީ ހިންދުއަށް ކުރެވޭނެ ކަމެއް ނޫނޭ. އަހަރެންގެ ރުހުން ކީއްކުރަން ކަލޭގެ ބައްޕަގެ ވަލީވެސް ނުލިބޭނެ” ހިންދު ކުރި ސުވާލަށް ޖަވާބު ނުދީ ސަކީނާ އަޑުލައިގަތެވެ.

“އެކަމަކަ މަންމާ.. އަޅުގަނޑުމެން އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެއޭ” ހިންދު ބުނެލިއެވެ. ހިތާމާއިގެ އަސަރު މުޅި އަރު ތެރޭގައި ވެއެވެ.

“ކޮން ލޯތްބެއް ކިޔާ ކަށް. އަހަރެން ކަލޭ ބަނޑުއަޅައި ވިހެއީ ތިހެން ކަންތައް ކުރަންތަ. ތަނަކުން މީހެއް ފެނިލާ އިރަށް ފަހަތުން ތި ދުވަނީ މައިންބަފައިން ދެކެ ވާންވީ ލޯބި ނޭނގިތަ. ނޭނގޭތަ މައިންބަފައިންއަށް ކިޔަމަންގަންނަން ޖެހޭނެ ކަމެއް” ސަކީނާގެ އަޑު ދިޔައީ ބާރުވެގެންނެވެ. އެޔާއި އެކު ހިންދުއަށް ލިބެމުންދާ ހިތާމަ ބޮޑުވަމުން ދާކަން ކައިރީގައި ހުރި އަޝްވިންއަށް ފެންނަމުން ދިޔައެވެ.

“އަޝްވިންއަކީ އަޅުގަނޑަށް މިއަދު ފެނުނު މީހެއް ނޫނޭ.. އެއްމެ ކުރިންސުރެ އަޅުގަނޑު ލޯބިވަނީ އަޝްވިން ދެކެ. މަންމަމެންނަށް ނޭނގުނަސް އަޝްވިން އަކީ ވަރަށް ރަނގަޅު މީހެއް” އަޝްވިންގެ ދިފާއުގައި ހިންދު ބުނެލިއެވެ. އޭރު އޭނާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

“ހަނދާން ކުރާތި އަހަރެން މިދުނިޔޭގައި ހުރި ހިނދަކު ތި ކައިވެންޏެއް ނުކުރެވޭނެ. ހިންދު ކައިވެނި ކުރަން ޖެހޭނީ އަހަރެންގެ ރުހުން ލިބިގެން އަހަރެން ދައްކާ މީހަކާއި” ސަކީނާ އިންޒާރު ދިނެވެ. އެ ވޭންދެނިވި ބަސްތައް ބުނި އިރު އެހިތުގައި މައި ކުލުނެއްވެސް ނެތީ ހެއްޔެވެ؟

“މަންމަމެންނަކަށް އަހަރެން އިންނާނެ މީހެއް ނުދެއްކޭނެ. އަހަރެން އިންނާނީ އަހަރެން ލޯބިވާ އަދި އަހަރެން ދެކެ ވެސް ލޯބިވާ މީހަކާއި” ހިންދު ޖެހިލުމެއް ނެތި އެބަސްތައް ބުނެލި ކަމުގައި ވިޔަސް ލޮލަށް ޖަމާވި ކަރުނަތައް އެސްފިޔަތައް ފޫދުއްވާލާފައި އޮހިގަތެވެ.

“އަހަރެން ކުރިމަތީ ތިހެން އަނގަ ގަދަ ނުކުރާތި..  ތައްޔާރަށް ހުރޭ.. ލާރިއެއް ލިބުނު ހާ އަވަހަކަށް އަހަރަމެން ބޭނުންވާ މީހަކާއި ކައިވެނި ކުރުވަން މާލެ ދާނަން.. ” ހިންދުއަށް އިތުރު ބަހެއް ނުބުނެވެނީސް ސަކީނާ ފޯނު ކަނޑާލިއެވެ.

“ނޫން ނޫން” ހުއްޓުމެއް ނެތި ހިންދު އެހެން ކިޔަން ފެށުމުން ކައިރީގައި ހުރި އަޝްވިން ހިންދުގެ ދެކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވާލިއެވެ. ހިންދުގެ ސަމާލުކަން ހޯދުމަށެވެ.

“އަހަރެން އަޝްވިން ނޫން ދެން އެއްވެސް މީހަކާއި ކައިވެނި ނުކުރާނަން. ” އަތުގެ އިނގިލިތަކުން ކަރުނައިން ފޯވެފައިވާ  ދެލޯ ފޮރުވާލަމުން ހިންދު ބުނެލިއެވެ. އޭނާގެ މައިންބަފައިންގެ ނަފުރަތް މިހާ ވަރަށް މިލިބެނީ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އޭނާގެ މާޒީ ވެއްޔާއި މޮޑެލި ގޮތަށް މުސްތަގުބަލަށްވެސް ބާރު ފޯރުވާން ފެށީއެވެ. ދުނިޔެ ތެރެއަށް ގިނަ ކޮށްލައި ދުނިޔޭގެ ވިހަ ގަދަ ވަކިތަކުގެ ޝިކާރައަކަށް ވާން ދޫކޮށްލީ ކީއްވެ ހެއްޔެވެ؟

“ދެން ތިހާ ވަރެއް ނުރޮއި. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ” އަޝްވިން ބުނެލިއެވެ.

“ކިހިނެތް ހުރިހާ ކަމެއް ރަނގަޅު ވާނީ.. އަހަރެންގެ މުޅި ހަށިގަނޑު އަނިޔާއިން ހަފުސްވެ ކަފުނަށް ވިޔަސް އަހަރެންގެ މައިންބަފައިންނަކަށް ފަރުވާލެއް ނޯންނާނެ. ބައެއް ފަހަރު އަހަރެން ހިތަށް އަރާ އެއީ ހަމަ އަހަރެންގެ މަންމައާއި ބައްޕަ ހެއްޔޭވެސް.. އެހެން މީހުންގެ މައިންބަފައިން ތިބެނީ އެމީހުންގެ ދަރިންނަށް އަބަދުވެސް ހެޔޮ ގޮތް ދެއްވުމަށް ދުއާކޮށްލަ ކޮށްލާ.. އެހެން މީހުން ތިބެނީ ދަރިން ބަލިވީމަ ބޭސްކުރަން ތައްޔާރަށް.. ރޯ ތަން ފެނިއްޖެނަމަ ކަރުނަތައް ފުހެދޭން.. އެކަމަކު މައިންބަފައިންގެ ނަމުގައި އަހަންނަށް ލިބުނީ އޭގެ މުޅިން އިދިކޮޅު.. ހީވަނީ އެމީހުން ތިބެނީ އަހަންނަށް ފާރަލާންހެން. އަހަންނަށް އުފަލެއް ލިބެން އުޅޭ އިރަށް އެއުފަލެއް ޖަހައިގަންނާނެ. ގިސްލާ ތަން ފެނުނަސް އެމީހުންގެ ހިލަ ހިތަށް އޭގެ އަސަރެއް ނުކުރާނެ.. އަޝްވިން ބުނެބަލަ.. އަހަރެންގެ ކޮން އުނި ސިފައެއްތަ ހުރީ އަހަރެން މިހާ ދަށު ދަރަޖައަކަށް ވައްޓާލަން.. އަހަރެންގެ އަހުލާގާއި ސިފަ ހުތުރީތަ. އަހަރެންގެ …….” އަޝްވިން ހިންދު ހުއްޓުވިއެވެ. އަމިއްލަ ނަފުސާއި ދޭތެރޭ ކިޔައިގެން ނުވާނެ އެއްޗެހި ހިންދުގެ ދުލުން ބޭރުވާތީއެވެ.

“ލޯބި… ބަލާބަ…” އަޝްވިން އޭނާގެ ދެއަތުން ހިންދުގެ ތެމިފައިވާ ދެލޮލާއި މޫނު ފުހެ ދިނެވެ.

“ކޮންމެ މީހަކުވެސް މިދުނިޔެއަށް ފޮނުއްވަނީ ފުރިހަމަކާއި އެކީ…އެހެން މީހުންނަށް އެސިފަތައް ނުފެނުމަކީ އަމިއްލަ ނަފުސުގެ އަގު ދަށްކޮށްލަންވީ ސަބަބެއް ނޫން.. ހިންދު ތީ އަހަރެން ދުށް އެއްމެ ކެތްގަދަ، އެއްމެ ރީތި އެއްމެ ފުރިހަމަ ކުއްޖާ… އެއްވެސް މީހަކަށް ހިންދުގެ އުފާތަކަށް ހުރަސް ނޭޅޭނެ… ހިންދުއަށް އުފާ ލިބުން ހައްގު” އަޝްވިން ބުނެލިއެވެ. އޯގާތެރިކަމާއި އެކީގައެވެ.

“އަދި ބުނަންތަ.. އަހަރެން ވީހާވެސް އަވަހަކަށް ހިންދު އަހަރެންގެ މީހަކަށް ހަދާނަން.. އަހަރެންގެ އަނބިމީހާގެ ގޮތުގައި ހުރެ  އެއްވެސް މީހަކަށް ހިންދުގެ ހަށިގަނޑަށް އަދި ހިންދުގެ އުފަލަށް އަރައި ނުގަނެވޭނެ. އަހަރެން ހިންދު ދެކެ ލޯބިވާނަން.. އެލޯބިން ހިންދުއަށް މި ހުރިހާ ވޭންތަކެއް މަތިން ހަނދާން ނެތޭ ހާ ވަރަށް.. އަހަރެން ހިންދު އުފާކޮށް ދޭނަން، މުޅި އުމުރަށް އެއްވެސް މީހަކަށް މިދެމެދަށް ނުވަދެވޭހާ ގާތަށް އަހަރެންގެ މީހަކަށް ހަދާނަން، އިން ޝާ ﷲ ދެން ދުވަހަކުވެސް ހިންދު ނުޖެހޭނެ ތި ހިތާމަތައް ކުރާކަށް” ހިންދުގެ ދަތްދޮޅީގައި ހިފައި އިސްއުފުލައި ލޮލާއި ލޯ ސީދާ ކޮށްލަން އަޝްވިން ވަރަށް ލޮބުވެތި ކަމާއި އެކީ ބުނެލިއެވެ. ހިންދުގެ މަޑުމަޑު ހިތުގެ އުދާސްތައް ފިލުވައިދެމުންނެވެ.

އަޝްވިންގެ ލޮލުން އޭނާއަށް ފެންނަމުން ދާ އޯގާތެރިކަމާއި ލޯބި ފެނިފައި ހިންދުއަށް އަޝްވިންގެ ގައިގައި ބައްދައި ނުގަނެ ނުހުރެވުނެވެ. އަޝްވިން ކަހަލަ އިހުލާސްތެރި ބައިވެރިއެއް އޭނާއަށް ލިބުނީ ތީ ހަމްދުކުރަމުންނެވެ.

“ދެންވެސް އަވަހަށް ހުއްޓާލާ.. ވީ ހޭވް އަ ވެޑިން ޓް ޕުލޭން” ހިންދުގެ ބޮލުގައި ފިރުމާލަމުން އަޝްވިން ބުނެލިއެވެ.


 

ކާއިން މެންދުރު ނަމާދުން ފައިބައިގެން އައިސް އޭނާ އުޅޭ ހޮޓަލުގެ ކޮޓަރިއަށް ވަން އިރު ކަމަކު ދާކަށް ނެތެވެ. މުޅި ތަންވަނީ އެފުށް މިފުށަށް ޖަހާލާފައެވެ. އެއްމެ މުހިއްމު އެއްޗަކަށް އޭނާގެ ލެޕްޓޮޕް ވަނީ ވަގަށް ނަގާފައެވެ. ލަސްކުރުމެއް ނެތި ކާއިން ހޮޓަލުގެ މެނޭޖަރަށް ގުޅައި ވެގެން އުޅޭ ގޮތް ކިޔާ ދިނެވެ. މިހޮޓަލަކީ އޭނާގެ ބައްޕަގެ ބޮޑު ހިއްސާއެއް އޮންނަ ހޮޓަލަކަށް ވުމުން ހޮޓަލުގެ އެކި ކަންތަކުގައި މެނޭޖަރާއި އެކި ފަހަރު މަތިން ބައްދަލުވެފައި ވެއެވެ.

“ސޮރީ ސާރ، އަޅުގަނޑުމެންގެ އެއްވެސް ސެކިއުރިޓީ ފުޓޭޖަކުން ނުދައްކާ ބުރޭކްއިން އެއް.. އަދި ތި ކޮޓަރިއަށް ސާރ ނޫން ދެވަނަ އެހެން މީހަކުވެސް ވަދެފައި ނެތް” ހޮޓަލުގެ މެނޭޖަރަކަށް އުޅޭ ހުސެއިން ބުނެލިއެވެ. ހުސެއިން އެހެން ބުނެލުމުން ކާއިންއަށް އަތް މުއްކަވާލެވުނެވެ. އަދި ބާރު ހިނގުމެއްގައި ގޮސް ހޮޓަލުގެ ސެކުރިޓީ ބަލަހައްޓާ ތަނަށް ވަދެ ހުސެއިން އާއި ދިމާލަށް ހަޅޭތްލަވައިގަތެވެ.

“ދެން ކިހިނެތްވީ ކަމެއްތަ މީ.. ނޭނގޭތަ އެގެއްލުނީ އަހަރެންގެ ބައްޕަގެ ހުރިހާ..” ކާއިން އޭނާގެ ޖުމްލަ ފުރިހަމަ ނުކޮށް ނިއްމާލީ އޭނާގެ ބައްޕަގެ ހަގީގަތަކީ މަދު މީހަކަށް ނޫނީ ނޭނގޭ އެއްޗަކަށް ވުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހާމަ ކުރީމާ ލޯބި މަވާކަން 11

Next

ނޭނގި ހިތޭ ތި އަތުލީ 29

Next
January 28, 2018

ނޭނގި ހިތޭ ތި އަތުލީ 29

Previews
January 28, 2018

ހާމަ ކުރީމާ ލޯބި މަވާކަން 11

54 Comments!

  1. maroon says:
    January 28, 2018 at 9:46 pm

    v v v v bodah shukuriyyaa kiyuntherin thi dhey tharuheebah. v haassa shukureh maroon ge stories thah regular koh kiyaa adhi comment kuraa kudhinnah. kaain ge sister guess kuran adhives furusath eba oiy. i have given hints in the story obvious noon koh viyas. and guess what will happen then. Love you guys . Tc ?? annd have a happy night.

  2. mishy says:
    January 28, 2018 at 9:54 pm

    ♥♥♥♡♡♡★★★☆☆☆

    1. maroon says:
      January 28, 2018 at 11:45 pm

      Thanku mishy ?

  3. ainthu says:
    January 28, 2018 at 10:09 pm

    Hehe me first dhw vvv salhi igey loving maroon ??????

    1. maroon says:
      January 28, 2018 at 11:45 pm

      Thanku ainthu ?

  4. Kitty ❤️ says:
    January 28, 2018 at 10:36 pm

    I think hindhu e ee kaain get sister.. story Hama varah salhi ❤️❤️

    1. maroon says:
      January 28, 2018 at 11:46 pm

      Hehe. ? thanku

  5. Saadhu says:
    January 28, 2018 at 10:38 pm

    Saadhu boda heevani hindhu he.hehe.v reethi.next part v inthizaaru kure vay.??????

    1. maroon says:
      January 28, 2018 at 11:47 pm

      Thanku saadhu maybe ?

  6. Naz says:
    January 28, 2018 at 10:46 pm

    Kainge sis aky hindh

    1. maroon says:
      January 28, 2018 at 11:48 pm

      Thanku naz ?

  7. maikko says:
    January 28, 2018 at 10:55 pm

    Varah reethi….waiting for the next part??

    1. maroon says:
      January 29, 2018 at 3:50 pm

      Thanku maikko ?

  8. Mixuhan says:
    January 28, 2018 at 11:01 pm

    Varah kiyaalaa hithun huhta thi upkhlee..maroon thikuraa hiyy varah hama saaabas????good luck ?waiting for the next part

    1. maroon says:
      January 28, 2018 at 11:49 pm

      Thanku dear ?

  9. Azli says:
    January 28, 2018 at 11:03 pm

    Hindhu is kaains sister… story is awesome♥️♥️

    1. maroon says:
      January 28, 2018 at 11:50 pm

      Maybe thanku ?

  10. ???? says:
    January 28, 2018 at 11:38 pm

    Bstfrend ah mijehinee loabi gurubaa kuran mi site ga liyaa huri vaahaka eh ga alha minu gothah kah vaahaka update kndhybala heyonuvaane??????????????????????????????????????????????????????????????????????????????????????????????????????????????????

    1. maroon says:
      January 29, 2018 at 6:18 am

      Hehe maybe . Lets see. And i assure you true love will find its way

  11. Aail says:
    January 29, 2018 at 5:43 am

    Comment nukuriyas one of my favorite stories mee. Varah reethi ingey. But I think Kaain and Ashvaa gulhuveema kanneynge story bodah reethi vaany. They’re complete opposite but that would make everything so perfect.

    1. maroon says:
      January 29, 2018 at 3:41 pm

      V ufaa vejje comment kollythy. Maybe they r destined to be together. Lets see dhw aail ?

  12. Zuam says:
    January 29, 2018 at 11:56 am

    Masha Allah varah varah
    …. reethi mi part vas
    Miadhu adhi 1 part genas
    …… dhybah
    ……Plx
    ❤❤❤❤❤❤❤

    1. maroon says:
      January 29, 2018 at 3:41 pm

      Thanku zuam. In sha Allah ?

  13. sam♥ says:
    January 29, 2018 at 12:44 pm

    love ♥

    1. maroon says:
      January 29, 2018 at 3:42 pm

      Thankx love ?

  14. Pinky shifoo says:
    January 29, 2018 at 1:37 pm

    Alhey maroon haadha emotional ey mi part… Hama rovihje ?????.. Soooooo sad… Alhey shanum kahala ashvin kahala kuhjeh libey nama dhw… Heheheh ????… Anyways mi part vx hama varah varah varah reethi… Hama superb ????… Sry for commenting late ingey.. Maa lahun dhw vaahaka mi kiyaalevunyvx… I was bxy and not feeling well… Ehen ve mi part kiyaalan lasvy… Eagerly waiting for the next part ??.. U are doing a great job maroon n keep up the good work ??????.. I think there was a typing mistake “vilaathah heki” eh noon “vilaathah kehi” innanvaanee… ??.. Faahaga vyma bunely… Heheheh… Loves ??

    1. maroon says:
      January 29, 2018 at 3:44 pm

      Oh avas shifaa eh dhevvaashi. Comment las viyas ei massala eh noon.
      I can give ashwin to u ?
      Thanku for pointing out
      Loves tc ? shifoo

  15. Friends says:
    January 29, 2018 at 1:48 pm

    Awesome! stry hama vvv
    . nice. keep it up maroon
    Comment nukuriyas hama daily koh mi stry
    . kiyan ingey dear
    Friends ah heevani kaain
    . ge sis aky hindhu he
    .Waiting 4 next part
    Have a great day dear.?????????

    1. maroon says:
      January 29, 2018 at 3:44 pm

      Thanku friends
      Maybe its her. Maybe not
      ?

  16. Any says:
    January 29, 2018 at 2:28 pm

    Alhey ashwa ah dheraeh nudhehchey story v loabi v furihama

    1. maroon says:
      January 29, 2018 at 3:45 pm

      In sha Allah ashwa will be happy
      Thanku Any ?

  17. Awa says:
    January 29, 2018 at 2:58 pm

    Hey maroon. I love this episode also.. ekm if you dont mind awa ah faahaga vi kameh bunelaanan. Awa ah faahaga vi bayeh thahthaaga heevanee hama dhigu kuran liyelaafa hunnahen.. vedhaane ehaa dhuvas kohfa vaahaka mi site in vaahakaeh kiyaalaathee hyvaa goiyy kamah vx??.. mihn bunyas awa vx mee professional writer eh noon ingey??i read stories a lot ehenve hama hiyaaleh dhinee?ly???

    1. maroon says:
      January 29, 2018 at 3:48 pm

      Thanku Awa…thihen awa ah heeviyas maroon ehen liyaakah gasdheh nukuran… if u dnt mind can u point out ei kon thankolhehkan…eyrun dhw visnaaleveyney..
      Thanku awa ?

  18. Rish says:
    January 29, 2018 at 5:47 pm

    Vrh reethi ashva n shanum hulhuvaafa teen n meekail gulhuvaba eyrun vrh reethi vaane. Hindh n ashvin vx gulhunyma eyrun 3 friends ah eh ge ehga ulheveyne ehnu dhw. Meekail n shanum vx ashva men geyga ehnu dhw ulheny ehn v ma teen meekail r gulhunyma egeyga ulheveyne ehnu dhn shanum vx egeyga v ma ashva vx ehn geakah dhaakah nujeheynehnu dhw??? next part knirakun.. ly maroon ?

    1. maroon says:
      January 29, 2018 at 6:16 pm

      Oh rish. V ufaa vejje thihaa shaugaai eky story kiyaathy.
      Thihen nuvaaney nubunaanan. I m sure you will be happy in the end.
      ? loves in sha Allah miadhu

  19. Rish says:
    January 29, 2018 at 5:51 pm

    Reem***
    Gulhuvaafa***

  20. Zaaraa says:
    January 29, 2018 at 5:58 pm

    Kainge sis akee Hindu heevani kaain vex loabi vaani ashava dhehkee … waiting for next part ???

    1. maroon says:
      January 29, 2018 at 6:17 pm

      Kaainge gotheh kada alhaanan kuriah huri parts thakun.
      Thanku zaaraa ?

  21. Reader says:
    January 29, 2018 at 5:59 pm

    Maroon…. Comment nukurias story kiyan ingey hama….. This is my final year at school… So I’ve been very busy…ehenve comment eh nukureveny… Story hama heskiyaafa habeys…… Good to see your stories

    1. maroon says:
      January 29, 2018 at 6:18 pm

      Wish you all the best. Comment nukuriyas ragalhah kiyavahchey…. Its good to see ur comment thihaa busy koh ulhemunves. ?? thanku reader

  22. ސިފާ says:
    January 29, 2018 at 6:53 pm

    އަޅެ އަސްވާ އެންޑް ސަނުމް ގުޅުވަބަލަ ޕްލީޒް ޕްލީޒް…

    1. maroon says:
      January 30, 2018 at 1:16 am

      Thanku sifaa. That might happen. ?

  23. Shudha says:
    January 29, 2018 at 8:42 pm

    hi maroon… alhe ashwa aa shanum ah thihen nuhadhaa… edhenyhun knme gotheh hadhaafa ves gulhuvaathi… mi part ves v nice… sorry lahun comment kurevunyma… v busy kh miulheny… dhn kuriah oi baithakun kaain ge sister aky kaaku kan egeyne kamah ummeed kuran… loveeeeeesss maroon ?❤?

    1. maroon says:
      January 30, 2018 at 1:17 am

      Hey shudha.❤
      Lahun comment kurevunas vaahakyah thi dhey tharuheebah shukuru
      Yes kaainge sister egeyne. tc ??? much love

  24. Eyra says:
    January 29, 2018 at 9:33 pm

    Perfact?

    1. maroon says:
      January 30, 2018 at 1:18 am

      Thanku dear?

  25. Icy♡ says:
    January 29, 2018 at 11:03 pm

    Eagerly waiting for the next part
    Story is very nice
    ♡♡♡♡♡♡

    1. maroon says:
      January 30, 2018 at 1:18 am

      Thanku icy ?

  26. Leen says:
    January 29, 2018 at 11:48 pm

    Wow varah rythi
    But ashva and kaain maa gulhey in my opinion
    Next part avas kohdhehchey

    1. maroon says:
      January 30, 2018 at 1:19 am

      Thanku leen. I will not say that that will not happen. Maybe its her and shanum. Lets see dhw kuriah dhaa goiy ?

  27. Rish says:
    January 30, 2018 at 12:42 am

    Maroon next episode knirakun genes dheveynee vrh kiyaa hiy vey eba. mirey genes dheveyne thr?

    1. maroon says:
      January 30, 2018 at 1:19 am

      Dear story is up.

  28. Mixuhan says:
    January 30, 2018 at 12:59 am

    Hii maroon… Next part kiyaa hithun keii nuvegn miulheny.. Next part kn irakun???love this story a lot

    1. maroon says:
      January 30, 2018 at 1:20 am

      So sweet of u mixuhan
      Go read it now. Its uploaded

Comments are closed.

Next Episodeތިޔަ އަސަރު 17←


All Right Reserved!