Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ އަސަރު 17

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
January 30, 2018 10 Mins Read
56 Comments

ކާއިން މެންދުރު ނަމާދުން ފައިބައިގެން އައިސް އޭނާ އުޅޭ ހޮޓަލުގެ ކޮޓަރިއަށް ވަން އިރު ކަމަކު ދާކަށް ނެތެވެ. މުޅި ތަންވަނީ އެފުށް މިފުށަށް ޖަހާލާފައެވެ. އެއްމެ މުހިއްމު އެއްޗަކަށް އޭނާގެ ލެޕްޓޮޕް ވަނީ ވަގަށް ނަގާފައެވެ. ލަސްކުރުމެއް ނެތި ކާއިން ހޮޓަލުގެ މެނޭޖަރަށް ގުޅައި ވެގެން އުޅޭ ގޮތް ކިޔާ ދިނެވެ. މިހޮޓަލަކީ އޭނާގެ ބައްޕަގެ ބޮޑު ހިއްސާއެއް އޮންނަ ހޮޓަލަކަށް ވުމުން ހޮޓަލުގެ އެކި ކަންތަކުގައި މެނޭޖަރާއި އެކި ފަހަރު މަތިން ބައްދަލުވެފައި ވެއެވެ.

“ސޮރީ ސާރ، އަޅުގަނޑުމެންގެ އެއްވެސް ސެކިއުރިޓީ ފުޓޭޖަކުން ނުދައްކާ ބުރޭކްއިން އެއް.. އަދި ތި ކޮޓަރިއަށް ސާރ ނޫން ދެވަނަ އެހެން މީހަކުވެސް ވަދެފައި ނެތް” ހޮޓަލުގެ މެނޭޖަރަކަށް އުޅޭ ހުސެއިން ބުނެލިއެވެ. ހުސެއިން އެހެން ބުނެލުމުން ކާއިންއަށް އަތް މުއްކަވާލެވުނެވެ. އަދި ބާރު ހިނގުމެއްގައި ގޮސް ހޮޓަލުގެ ސެކުރިޓީ ބަލަހައްޓާ ތަނަށް ވަދެ ހުސެއިން އާއި ދިމާލަށް ހަޅޭތްލަވައިގަތެވެ.

“ދެން ކިހިނެތްވީ ކަމެއްތަ މީ.. ނޭނގޭތަ އެގެއްލުނީ އަހަރެންގެ ބައްޕަގެ ހުރިހާ..” ކާއިން އޭނާގެ ޖުމްލަ ފުރިހަމަ ނުކޮށް ނިއްމާލީ އޭނާގެ ބައްޕަގެ ހަގީގަތަކީ މަދު މީހަކަށް ނޫނީ ނޭނގޭ އެއްޗަކަށް ވުމުންނެވެ.

ކާއިންއަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ޕޮލިހަށް މައްސަލަ ހުށަހަޅައިފިނަމަ ބައްޕަގެ ހަގީގަތް އެމީހުންނަށް އެގުން ގާތެވެ. އެހެންކަމުން އެނޫން ގޮތަކަށް ލެޕްޓޮޕް ހޯދުމަށް މަސައްކަތް ފަށައިަގަތެވެ.


ކޮޓަރީގައި ތިބުމަށްފަހު އަސްރާރު އާއި ހަފީޒާ ބޭރަށް ނިކުތީ ދެމީހުން އެކުގައި ތިބެގެން ޝަނުމްއާއި ވާހަކަ ދެއްކުމަށެވެ. އެމީހުންނަށް ދެވުނު އިރު ޝަނުމް އިނީ ބަދިގޭގައި ކާންށެވެ.

“ބޮޑުދައިތާ ކޮން ކައިވެންޏެއްގެ ވާހަކަ ތި ދައްކަނީ.. މިގޭ މީހަކު ކައިވެނި ކުރަން އުޅެނީތަ” ހަފީޒާއާއި އަސްރާރު ބަދިގެއަށް އައުމުން ޝަނުމް އަހާލިއެވެ.

“މިކަމުގައި ދަރިފުޅަށް އެއްވެސް މަޖުބޫރުކަމެއް ކުރިމަތިކުރުވާކަށް ބޮޑުދައިތަމެން ބޭނުމެއްނޫން.. ދަރިފުޅުގެ ހަޔާތާއި މެދު ގޮތް ނިންމާނީ އަމިއްލައަށް.. ބޮޑުދައިތަމެންނަށް ކުރެވޭނެ ހުރިހާވެސް ކަމަކީ ނަސޭހަތް ދިނުން” ހަފީޒާ ފަށައިގަތެވެ. ޝަނުމް ކެއުން މެދުކަނޑާލުމަށްފަހު ހަފީޒާއަށް ބަލާލިއެވެ. ބޮޑު ވާހަކައެއް ދައްކަން އުޅޭހެން ހީވާތީ ސަމާލުކަން ދޭން ބޭނުންވިއެވެ.

“ކޮން ވާހަކައެއްތޯ ދައްކަން ތިއުޅެނީ.. ކޮންމެ ކަމެއްގައި ވިޔަސް އަޅުގަނޑު އިސްކުރާނީ ބޮޑުދައިތަގެ ބަސް” އެއީ ޝަނުމް އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ރަށުގައި  އޭނާގެ ނަންމަތީގައި ހުރި ގެ ދިގު މުއްދަތަކަށް ކުއްޔަށް ދޭން އެހުމުންވެސް ޝަނުމް އިސްކުރީ ހަފީޒާގެ ބަހެވެ. ކުޑައިރުއްސުރެ ޝަނުމް ބޮޑުދައިތައަށް ކުރާ ލޯތްބަކާއި އިހުތިރާމެއްގެ ބޮޑުކަމުން ޝަނުމްއަށް ދެރަ ގޮތެއް ލިބޭނެ ކަމެއް ހަފީޒާ ނުކުރާނެކަމުގެ ޔަގީންކަން އެބަ އޮތެވެ.

ހަފީޒާ އަސްރާރުއަށް ބަލައި ހިނިތުންވެލިއެވެ. މިހާ ކިޔަމަންތެރި ކުއްޖެއް އޭނާއަށް ދެއްވީތީ ހަމްދު ކުރަމުންނެވެ.

“ޝަނުމް ތިހިރީ މިހާރު ކައިވެނި ކުރާ އުމުރުގައި. އެކަމަކު ބޮޑުދައިތައަށް ނުފެނޭ ޝަނުމް އެކަމާއި ދޭތެރޭ މާބޮޑަށް ވިސްނާ ތަނެއް،  އަޝްވާ ފިޔަވައި އިތުރު އެހެން އަންހެން ކުއްޖަކާއި ވާހަކަވެސް ނުދައްކާހެން ހީވަނީ.. ޝަނުމް އަށް ކަމުދާ ކުއްޖެއް ނުފެންނަނީތަ” ހަފީޒާ އަހާލިއެވެ. އޭނާ ދައްކަން އުޅޭ ވާހަކައަށް ދިޔުމުގެ ކުރިން ޝަނުމްގެ ބަސްވެސް ހޯދަން ބޭނުމެވެ.

“އަޝްވާ ދޯ” ބޭއިހުތިޔާރުގައި ނަމަވެސް ޝަނުމްއަށް ބުނެވުނީ އެހާ ހިސާބަށެވެ. މިރޭ ކައިވެނީގެ ވާހަކަ ދެއްކުމުންވެސް ފުރަތަމަ ހިޔާލަށް ގެނެވުނު ނަމަކީ އެއީ އެވެ.

“އަޝްވާ ނޫން އެހެން އަންހެން ކުއްޖެއް ނެތީތަ” ހަފީޒާ އަހާލިއެވެ. ޝަނުމްއަކީ މިޒާޖުގައި މީހުންނާއި ގުޅޭ މީހެއް ނަމަވެސް ލޯބީގެ ގޮތުން ގުޅުމެއް އުފެދިފައި ނެތެވެ.  ހަފީޒާ ހީކުރީ ޝަނުމް އަޝްވާގެ ނަން ބުނީ އޭނާ އަޝްވާގެ ނަން ގެނައުމުން ކަމަށެވެ.

“ޝަނުމް ދެން ތިކަމާ މާބޮޑަށް ފިކުރު ކުރާނެ ކަމެއް ނެތް.. ބޮޑުދައިތަ ޝަނުމްއަށް އިންނާނެ ކުއްޖެއް ހޯދައިދޭން އެއުޅެނީ.. އަޝްވާގެ ރައްޓެހި ރީމް ކިހިނެތްވާނެ” އަސްރާރު ބުނެލިއެވެ. ހަފީޒާ ރީމްގެ ނަން ގެންނަން ޖެހިލުންވެގެން އުޅޭހެން ހީވެގެންނެވެ. ޝަނުމްއަށް ލިބުނީ ހައިރާންކަމެވެ. ކުރިމަތީގައި އިން ހަފީޒާއާއި އަސްރާރުއަށް ބަލައިލީ ދެލޯ ބޮޑުކޮށްގެން ހުރެއެވެ. ދުލުކުރީގައި އޮތް ބަސް ހަނދާން ނެތުނެވެ. ލަމުން ދިޔަ ނޭވާ އަރުތެރޭ ތާށިވީހެން ހީވިއެވެ. އެހާ ބޮޑު ބަދަލަކަށް އޭނާ އެއްބަސްވާނީ ކިހިނަކުން ހެއްޔެވެ.

“ކިހިނެތްވީ.. ހާދަ ވަރަކަށް ހާސްތިވީ..ރީމް ބުނި ދަރިފުޅު ރީމް ގޮވައިގެން ގެޔަށް ލައިދީ އެކި ކަންކަމުގައި އެހީވެދޭ ވާހަކަ.. ބޮޑުދައިތަ ހީކުރީ ރީމްގެ ވާހަކަ ބުނާނެ ކަމަށް” ޝަނުމްގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުން ހަފީޒާ ބުނެލިއެވެ. ހަފީޒާ ހީކުރީ ޝަނުމް އެފަދަ ކަމެއް ކޮށްދޭނީ އިތުރު ގުޅުމެއް އޮންނާތީ ކަމަށެވެ.

“ކަމެއް ނުވޭ.. ރީމް އައީތަ މިގެޔަށް ތި ވާހަކަ ދައްކަން” ޝަނުމް ގާތަށް ރުޅިއައެވެ. އެހެންނަމަވެސް ހަމަޖެހިލަމުން އެކަން ނުދެއްކޭތޯ އުޅުނެވެ.

“ނޫނޭ.. ރީމް އެއް ނާދޭ.. ރީމްގެ ބައްޕަ  ހޮނިހިރު ދުވަހު މިގެޔަށް އައި ދެކުދިންގެ ވާހަކަ ދައްކާލަން. އަދި ބުނި ޝަނުމް އެއްބަސްވާނަމަ ކައިވެންޏާއި ހަމައަށް ދާން ރީމް ހުރީ ތައްޔާރަށޭ” ހަފީޒާ ހިނިތުންވެލަމުން ބުނެލިއެވެ.

“ބޭބެމެން ބޭނުމެއްނޫން ޝަނުމް ގެ ހިޔާލު ނުހޯދައި އެޔަށް ޖަވާބެއް ދޭން.. ޝަނުމްގެ ބޭނުންވާ ކުއްޖަކާއި އިނުމުގެ ރުހުން އަހަރަމެން ދޭނަން. އެހެންވީމަ ކީކޭ ބުނާނީ” އަސްރާރު އިތުރުކޮށްލިއެވެ. ޝަނުމްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކާން އިން ތަށި ދުރަށް ޖައްސާލައި ފެން ފޮދެއް ބޯލީ ހަމަޖެހޭތޯއެވެ.

“އަޅުގަނޑު ތިކަމާ ވިސްނާލާނަން” އެހެން ބުނުމަށްފަހު ޝަނުމް އިން ގޮނޑިން ތެދުވިއެވެ. މިއީ ރީމްގެ ރޭވުމެއްކަން ޔަގީންވިއެވެ. އެހެންކަމުން ވީހާވެސް އަވަހަށް އެގަޔަށް ދާން ހިނގައިގަތެވެ. ބޮޑުދައިތައަށް ނޫނެކޭ ބުނުމުގެ ކުރިން މިކަމުގެ ހަގީގަތް ހޯދަން ނުހަނު ބޭނުންވިއެވެ.

“ހިތްހަމަނުޖެހިފަ ދޯ އެދިޔައީ.. ” ޝަނުމް ދިޔުމުން ހަފީޒާ ކަންބޮޑުވެފައި އަހާލިއެވެ.

“ހިޔެއް ނުވޭ ހިތްހަމަނުޖެހިފަހެން.. ކައިވެނީގެ ވާހަކަ ދެއްކުމުން ނުތަނަވަސްވީ ކަމަށް ވާނީ” އަސްރާރު ބުނެލިއެވެ.


ޝަނުމް ސައިކަލަށް އަރައި ރީމްއަށް ގުޅާލިއެވެ. އަދި ފަސް މިނެޓު ތެރޭ ތިރިއަށް ފޭބުމަށް އެދެނެވެ.

ޝަނުމް ގުޅާލުމުން ރީމްއަށް ލިބުނު އުފަލެއްގެ ބޮޑުކަމެއްވެސް ނޭނގެއެވެ. ކިޔަވަން އިން ފޮތް ލައްޕާލުމަށްފަހު ލޯގަނޑު ކުރިމައްޗަށް އަރައި އަވަސް މޭކަޕެއް ކޮށްލިއެވެ. ލިޕް ބާމް ތުންފަތުގައި ހާކާލުމަށްފަހު ފޮނި ގޮތަކަށް ހިނިތުންވެލުމަށްފަހު ތިރިއަށް ދާން ދުއްވައިގަތެވެ.

“ޝަނުމް…” ޝަނުމްގެ ސައިކަލު އައިސް ގޭ ދޮރު ކުރި މައްޗަށް މަޑުކުރުމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރީމް ޝަނުމްގެ އަތުގައި ހިފާލިއެވެ.

” ތި މޭކަޕު ކުރަން ވަކި ވަގުތެއް ނޯވޭ ދޯ” ޝަނުމް ހުރީ ރުޅިއައިސްފައިކަމުން ބުނެލިއެވެ. އަދި ސައިކަލު ޕާކުކޮށްލުމަށްފަހު ގޭގެ މައިދޮރުން ވަނެވެ. ޝަނުމް އެހެން ބުނުމުން ރީމް އަތުން ތުންފަތުގައި ހޭކި ލިޕް ބާމް ފޮހެލިއެވެ. އަދި އެސްފިތަކުގައި ޖެއްސި މަސްކަރާ ފުހެލަން އުޅުނެވެ. ލޮލުގައި އަތް ހާކަމުން ރީމް ޝަނުމްގެ ފަހަތުން ގޮސް ގެޔަށް ވަނެވެ.

“އަހަރެން އާއެކޭ ނުބުނީމަ މިހާރު ބޮޑުދައިތަ ކައިރިއަށްވެސް ދާން ފެށީދޯ.. ކިހާ ވަރައް ވީމަތަ އަހަރެން ފަހަތުން އުޅުން ހުއްޓާލާނީ.. ކޯއްޗެއް ނުލިބެގެންތަ ތިއުޅެނީ” ޝަނުމް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އަހަންނެއް ނުދަން ޝަނުމްގެ ބޮޑުދައިތަ ކައިރިއަށް.. ބައްޕައެއްނު ދިޔައީ.. އަހަރެން ބުނެފިނަމަ ބައްޕަ ކޮންމެ ކަމެއް ވެސް ކޮށްދޭނެ. އެއީ އަހަންނަށް ޝަނުމް ހޯދައި ދިނުން ކަމުގައި ވިޔަސް” ޝަނުމް ރުޅިއައިސްފައި ހުރުމުން ރީމްއަށް މާ ބޮޑު އުދަގުލެއް ވާހެން ހީނުވެއެވެ.

“ހެވޭ ކޮންމެ މީހަކު ފޮނުވިޔަސް.. ތިކަން ހުއްޓާލަން ވެއްޖެއެއްނު. ރީމްއާއި ހެދި އަހަންނަށް ދިރިއުޅުން ދަތިވެއްޖެ” ޝަނުމް މިފަހަރު ބުނެލީ ތަންކޮޅެއް އަޑުހަރުކޮށެވެ.

“އެއްމެ ފުރަތަމަ ދުވަހުވެސް ބުނީމެއްނު އަހަރެންމީ ބޭނުންވާ ކަމެއް ނުކޮށް ދޫކޮށްލާ މީހެއް ނޫނޭ، ޑޯންޓު އަންޑާ އެސްޓިމޭޓް މީ ” ރީމް ހިފާލީ ޝަނުމްގެ އަތުގައެވެ. އަދި ޝަނުމްގެ ކޮނޑުގައި ބޯ އަޅާލަން އުޅުނެވެ. އެހެންނަމަވެސް އައިސްފައިވާ ރުޅި އާއިއެކު ހުޝިޔާރުކަމާއި އެކީގައި ޝަނުމް ރީމްގެ އަތުގައި ހިފައި ދުރަށް ޖައްސާލިއެވެ.

“ރުޅި އައީތަ” ހިނިތުންވެލަމުން ރީމް ބުނެލިއެވެ.

“ނޫން އަހަރެން ވަރަށް އުފާވެފަ މިހިރީ ރީމް ގެންގުޅޭ ބުދެއްހެން އަހަންނަށް ކަންތައް ކުރާތީ.. ތިޖައްސާހާ މޭކަޕަކުން ރީތިވާން އުޅުނަސް ތިމާގެ އަހުލާގުގައި ގޮތެއް ފޮތެއް ނެތްނަމަ ރީތި މީހަކަށް ނުވާނެ. އަދި އެހެން މީހުންގެ އިހްތިރާމެއްވެސް ނުލިބޭނެ.. ކަންދައްކައިގެން ރީތިކޮށް އުޅުނަސް ތީ އެއްވެސް އަގެއް ނެތް މީހެއް” ޝަނުމް ހުރީ ވަރަށް ރުޅިއައިސްފައެވެ. ދުވަހަކުވެސް މިފަދަ ބަހުރުވައަކުން އޭނާ އެއްވެސް މީހަކާއި މުއާމަލާތުކޮށްފައި ނެތެވެ. އެކަމަކު މިއަދު ކެތްކުރެވޭވަރުގެ އިންތިހާއަށް ދިޔުމުން އިމުން ބޭރުވާން މަޖުބޫރުވީއެވެ.

“ޝަނުމް” ރީމް ޝަނުމް ކައިރިއަށް ޖެހިލިއިރު ދެލޯވަނީ ބޮޑުވެފައެވެ. ޝަނުމް އައިސްފައިވާ ރުޅިއަށްވުރެ ބޮޑަށް ރީމް ގާތަށް ރުޅިއައެވެ.

“ޝަނުމްއަށް ތިބުނެވުނު އެއްޗަކާއި މެދު ފަހުން ދެރަވާތަން އަންނަންޖެހިދާނެ ކަމަށް ވިސްނައިގެން ހުންނާނީ.. އަހަރެންމީ ބުނާ ބަހުގައި ހިފަހައްޓާ މީހެއް. ޝަނުމް އަހަރެންގެ ފިރިމީހާއަށް ހަދާފަ ނޫނީ ހުއްޓާނުލާނަން” ރީމް ދިނީ އިންޒާރުގެ ބަސްތަކެވެ. އަޑުގައިވި ޔަގީންކަމުން ޝަނުމް ކުޑަކޮށް ޖެހިލުންވިޔަސް އެކަން ނުދެއްކޭތޯ އުޅުނެވެ.

“ގުޑް ލަކް ތިކަމަށް.. ” ޝަނުމް އެހެން ބުނެލުމަށްފަހު އެތަނުން ދިޔައެވެ. ރީމް ހިތުގައި ޝަނުމް ހޯދަން ކަނޑައެޅި އަޒުމް އިތުރަށް ވަރުގަދަކޮށްލިއެވެ.


އޮފީސް ނިންމާލުމަށްފަހު އަޝްވާ އާއި ރީމް އަދި ހިންދު އެއްކޮށް ދިޔައީ ބާޒާރުކޮށްލާށެވެ. ހިންދު ކައިވެންޏަށް ހެދުން ފަހަން ފޮތި ގަނެ ވާންޖެހޭ އެހެން ތައްޔާރީތައް ވުމަށް ބޭނުންވާ އެއްޗެހި ގަންނާށެވެ. ޝައިމްގެ ކައިވެނީގެ ހަފުލާ ތައްޔާރު ކުރީ އަޝްވާ ކަމުން އަޝްވިންގެ ކައިވެނިވެސް އެހާ ކުލަ ގަދަކޮށް ފާހަގަކުރަން އަޝްވާ ބޭނުންވިއެވެ. ތިން މީހުން އެކުގައި ގޮސް ވަނީ ސިންދިތާއަށެވެ. ތިރީބައިން ބޭނުންވާ ފޮއްޗަށް ފައިސާ ދެއްކުމަށްފަހު މަތީ ބަޔަށް ދިޔައީ ރޭދާއާއި ހެދުން ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނުތައް ގަނެލުމަށެވެ.

“ރީމް.. މި ރޭދާ ވަރަށް ރީތިވާނެ ދޯ ހެދުމުގެ ފަސްބައިގައި އަޅަން” އަޝްވާ އޭނާއާއި ޖެހިގެން ހުރި ރީމްއާއި ވާހަކަ ދެއްކިއެވެ.

“ނޫން.. ތީގެ މާތައް މާބޮޑު.. މީތި ކިހިނެތްވާނީ” އަޑު އައީ ރީމް ހުރި ފަރާތް ނޫން އަނެއް ފަރާތުންނެވެ. އަޝްވާ ހައިރާންވެފައި އެކޮޅު ބަލައިލީ އެއީ ރީމް ތޯ ޔަގީންކޮށްލުމަށެވެ. އެއީ ރީމް އެވެ. އެހެންނަމަ ދެން އަނެއް ފަރާތުގައި އެހެރީ ކާކު ހެއްޔެވެ؟ އަޝްވާ އަވަސް އަވަހަށް އެފަރާތް ބަލާލިއެވެ. އެއީވެސް ހަމަ ރީމް އެވެ. އަޝްވާ އަނެއްކާވެސް އަޑުއައި ދިމާލަށް ބަލާލައި އަނެއް ފަރާތް ބަލާލިއެވެ. އޭރު އެފަރާތުގައި ހުރި ކުއްޖާ ދަނީއެވެ. މޫނުން ރީމްއާއި އެއްގޮތް ސިފަތެކެއް ހުރި ނަމަވެސް ފަހަތުން ދެމީހުން ނުހަނު ތަފާތެވެ.

“ރީމްގެ ޓުވިންސެއް ކަންނޭނގެ އެދަނީ” އަޝްވާ އޭނާ ކައިރީގައި ހުރި ރީމްގެ ގައިގައި ކޮށްޓާލަމުން ބުނެލިއެވެ.

“ސާބަސް.. ކޮން ގޮތަކުންތަ އޭނަ އަހަންނާއި އެއްގޮތީ.. ބަލާބަލަ ލައިގެން ހުރި ޖިންސު ގަނޑު” އެމީހާއާއި ދިމާލަށް ބަލާލުމަށަފަހު ޗުސްތަޅާލަމުން ރީމް ބުނެލިއެވެ. ދެމީހުންގެ އިސްކޮޅާއި ހަށިގަނޑުގެ ބައްޓަން އެއް ގޮތަކަށް ހުރި ނަމަވެސް އެހެން އެއްވެސް އެއް ގޮތް ކަމެއް ނުފެނެއެވެ.

“ވެދާނެ އަހަންނަށް ހީވި ގޮތް ކަމަށްވެސް” އަޝްވާއަށް މާ ރަނގަޅަށް އެމީހާގެ މޫނު ނުފެންނާތީ ބުނެލިއެވެ.

“ރަގަޅު ރޭދާކޮޅެއް ފެނިއްޖެތަ” އަޝްވާއި ރީމް އެމީހާގެ ވާހަކަދައްކަން ތިއްބާ އެތަނަށް ހިންދު އައީ ހެދުމުގައި ޖަހާނެ ރީތި އެސްތަކެއް ފެނިގެން އެއެއްޗެހިތައް އެދެމީހުންނަށް ދައްކާލުމަށެވެ.

“މީ މިތާ އެއްމެ ރީތި އެއްޗަކަށް އޮތީ.. ހިންދު ހޯދި ޑިސައިނާވެސް ގުޅޭނީ މީތިހެން ހީވަނީ” ރީމް އޭނާ ބަލަން ހުރި ރޭދާ ދައްކާލަމުން ބުނެލިއެވެ.

“އަޝްވާ ހެދުމުގައި އަޅަން ރޭދާ ނުގަންނަންތަ” އެވަގުތު ފޯނަށް ގެއްލިފައި ހުރި އަޝްވާ އާއި ވާހަކަ ދައްކާލަމުން ހިންދު ބުނެލިއެވެ. އަޝްވާއަށް އައީ ކާއިންގެ މެސެޖެކެވެ. ހަނާއާއި ދެމީހުން އެކުގައި ނަގާފައި ހުރި ފޮޓޯތަކެވެ. އަޝްވާ އެޔަށް ހިތެއް ފޮނުވާލުމަށްފަހު އޭނާގެ ހެދުމުގައި ރޭދާ ނާޅާނެ ކަމަށް ބުންޏެވެ.

“އަހަރެން ހަނދާން ނެތިފައޭ މިހުރީ.. ޕާޓީއަށް ރެޑީވާން ބޭބެ ބުނި އަހަރެންގެ ކޭޝް ކާރޑުން ލާރި ނަގާށޭ.. ބޭބެ ފަހުން ޕޭ ކުރާ ގޮތަށް. އަދި ބުނި އަގު ބޮޑު އެއްޗަކަށް ވިޔަސް ހިންދުއަށް ރީތި އެއްޗެހި ނަގާށޭ.. އެހާ ވަރަށް ލާރި އެބަހުއްޓޯ” ފޯނު ޖިންސުގެ ޖީބަށް ލަމުން އަޝްވާ ބުނެލިއެވެ.

“ޔޫ އާރ ލަކީ.. ހާދަ ވަރަކަށޭ ލޯބި އެވަނީ..ހިންދު ފެނުމުން ލިއުޝާ މަތިންވެސް އެއްކޮށް ހަނދާން ނައްތާލައިފި” ހިންދުގެ ކޮނޑުގައި ހިފާލަމުން ރީމް ބުނެލިއެވެ.

“އަހަރެންގެ ނަސީބުގެ ވާހަކަ ނުދައްކާ ބުނެބަލަ ޝަނުމްގެ ކަންތައް މިހާރު ކިހާ ހިސާބަކު އޮތީ.. އެއްބަސްވެއްޖެތަ” ތިން މީހުން އެކުގައި ދިޔައީ އެސް ހުރި ބަޔާއި ދިމާލަށެވެ. ރިމްއާއި ހިންދު އެއްމެ ކުރީގައި އެކުގައި ތިބި އިރު އަޝްވާ ހުރީ ފަހަތުގައެވެ.

“ޑޯންޓު ވޮރީ އެކަމާ..  ޝަނުމް އަހަންނާއި އިންނަން އެއްބަސްވާނެ.. އަހަރެން ބަހައްޓާފަ އުޅެބަލަ މިއަންހެނާއަށް ކުއްޖަކު ހޯދަދޭން. އިންނާނެ މީހަކު ހޯދަން އިއުލާން ކުރަން ޖެހޭ ހިސާބަށް ގޮސްފަ އެހެރީ” ރީމް އަޝްވާއަށް ބަލާލަމުން ބުނެލިއެވެ.

“ކާއިން އެހެރީއެއްނު އޭނައާއި އިންނަން.. ދެމީހުން ގުޅިއްޖެނަމަ ވަރަށް ރުޅިގަދަ ކަޕުލް އަކަށް ވާނެ.. ދެދުވަސް ނުވަނީސް ވަރިނުވިއްޔާ ރަގަޅު” ހިންދު ހެމުން ބުނެލިއެވެ. ރީމްވެސް އެޔަށް އެއްބަސްވިއެވެ.

“އޭ.. އަހަންނާއި ދިމާ ނުކުރޭ އިނގޭ.. ހިންދު ބޭބެ އާއި މެރީކޮށްގެން އަންނަން އޮތީ އަހަރެންގެ ގެޔަށް.. ރީމް، ބީ ކެއާރފުލް ، ތިހެން އަހަންނާއި ދިމާކުރަންޏާ ރީމްއަށްވުރެ ކުރިން އަހަރެން ޝަނުމް ޖަހައިގަންނާނަން” ހިތަށް އުދަގޫވިޔަސް އަޝްވާ އެމީހުންގެ ސަމާސާގައި ބައިވެރިވިއެވެ.


 


އެކި ފިހާރަތަކަށް ގޮސް ގެޔަށް އާދެވޭ ވަރުވީ މައުރިބު ނަމާދަށް ބަންގި ދިން ވަގުތަށެވެ. ފެންވަރައި ނަމާދުކޮށްލައިގެން އަޝްވާ ފޮތްތަކާއި އެކީ ދިޔައީ ކާއިން މެންގެޔަށެވެ. މިދުވަސްކޮޅު ރީމްމެންގެޔަށް ދާހިތް ނުވަނީއެވެ. އަދި ގޭގައި އުޅޭނަމަ ޝަނުމް ފެނިދާނެ ކަމުގެ ބިރުއޮވެއެވެ.

އަޝްވާ އަތުގައި ކާއިންގެ ކޮޓަރީގެ ތަޅުދަނޑި އޮވެއެވެ. ކާއިންވީ ހަނާއާއި އެކީ ހުޅުމާލެއަށް ގޮސްފައި ކަމުން އަޝްވާ ބޭނުން ކަމެއް ކުރަން އެކޮޓަރިވަނީ ލިބިފައެވެ. ކިޔަވަން ފޮތްތަކާއި އެކީ ދިޔަ އަޝްވާ ދިޔަ ގޮތަށް ވެއްޓިގަތީ ކާއިންގެ އެނދު މައްޗަށެވެ. ހަވީރު ކައިގެން ހުރި ނަމަވެސް އަދިވެސް ބަނޑުހައިވާތީ ދެ ފިއްޒާއަށް އޯޑަރު ދިނެވެ. އޯޑަރު ދީފައި އަޝްވާ ލޯ މަރާލީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ނިދަން ގަސްދުނުކުރި ނަމަވެސް ފަސް މިނެޓު ނުވަނީސް ނިދީގެ އަރާމު ދުނިޔެއަށް ދަތުރުކުރެވެން ފެށުނެވެ.

ހަނާ ގޮވައިގެން ރައްޓެހިންނާއި އެކީ ހުޅުމާލޭގައި އުޅުމަށްފަހު ކާއިންއަށް މާލެ އާދެވޭވަރުވީ ހަތްގަޑި ފަނަރަ ހިގަނިކޮށެވެ. ހަނާ ބަލާ އޭނާގެ ބައްޕަ އައުމުން ކާއިން މިސްކިތަށް ދިޔައީ ނަމާދުކޮށްލާށެވެ. ޝައިމްއާއި އަޝްވާ ނަމާދުކުރަން ކިޔާތީ ކުރިއަށްވުރެ ނަމާދަށް ދޭ ސަމާލުކަން އިތުރުވެއްޖެއެވެ. ފަތިސް ނަމާދަށް އަރަން ގަޑި ސޯނާ ކުރެއެވެ. އަދި އަޝްވާ އެގަޑީ ތެދުކުރުވަން ގުޅާނެކަން އެނގޭތީ ފޯނު ރިންގެ އެއްމެ ބާރުކޮށްފައި ބަހައްޓައެވެ.

ނަމާދުން ފައިބައިގެން ކާއިން އޭނާ އުޅޭ ހޮޓަލަށް ދިޔައެވެ. ކޮޓަރީގެ ތަޅު ހުޅުވަން އުޅުނު ވަގުތު އެތަނަށް މީހަކު ދެ ޕިއްޒާއާއި އެކީ އައިސް ހުއްޓެވެ.

“އޮޅުމަކުން ކަންނޭނގެ ތިއައީ.. އަހަރެން ޕިއްޒާއަށް އޯޑަރު ނުދެން” ކާއިން ބުނެލިއެވެ. އެމީހާ ނޫނެކޭ ބުނެ ޕިއްޒާއަށް އޯޑަރު ދޭން ގުޅި ނަންބަރު ދައްކާލިއެވެ. ގުޅީ އަޝްވާގެ ނަންބަރުންކަން އެގުމުން ކާއިންގެ މޫނު މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ޕިއްޒާއަށް ފައިސާ ދެއްކުމަށްފަހު ކާއިން އެތެރެއަށް ވަނެވެ. އޭރު އަޝްވާ އޮތީ ގަދަ ނިދީގައެވެ. ކިޔަވަން ނަގައިގެން އުޅުނު ފޮތް މޫނުމަތީގައި އޮތެވެ.

ޕިއްޒާ މޭޒުމަތީގައި ބޭއްވުމަށްފަހު ކާއިން އެނދުގެ މަގަތުގައި އިށީނެވެ. އަދި އަޝްވާގެ މޫނުމަތީގައި އޮތް  ފޮތް ނަގާލިއެވެ. އޭސީގެ ފިނިކަމުން އަޝްވާ ލަމުން ދިޔައީ ބަރު ނޭވާ ތަކެކެވެ. ކާއިން އޭސީގެ އެއްކޮށް ނިއްވާލިއެވެ. އަދި އަޝްވާގެ ގައިމަތީގައި ރަޖާގަނޑެއް އަޅާލިއެވެ.

” ތިޔަ ފަދަ ދެވަނަ އެހެން އަންހެން ކުއްޖެއް ނުވާނެކަން ޔަގީން..އަހަރެން ހީކުރަން ކޮންމެވެސް ދުވަހަކުން އަޝްވާއަށްވެސް ލޯބި ހާސިލްވާނެކަމަށް.. މިއަދު ރީމްއަށްޓަކައި ތިވާ ގުރުބާނީގެ އަގު އިން ޝާ ﷲ ކޮންމެވެސް ދުވަހަކުން ލިބޭނެ” އަޝްވާ އަށް ބަލާލުމަށްފަހު ކާއިން ހިތާ ހިތާ ކިޔާލިއެވެ.

އަޝްވާ ކައިރީ އިނުމަށްފަހު ކާއިން ފެންވަރަން ފާހަނައަށް ވަނެވެ. ކާއިން ފާހަނާއިގެ ދޮރު ލެއްޕި އަޑަށް ނިދިފައި އޮތް އަޝްވާއަށް ހޭލެވުނެވެ. އަވަސް އަވަހަށް ގައިމަތީ އޮތް ރަޖާގަނޑު ނަގާލައި އެތަނަށް އައީ ކާއިންތޯ ޔަގީންކޮށްލިއެވެ. ކާއިންގެ ފައިވާން ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ކާއިން ފާހަނައިން ނިކުތް އިރު އަޝްވާ އިނީ ޕިއްޒާ ފޮށި ހިފައިގެން އެދުމަތީގައެވެ. ކާއިން ފެނުމާއި އެކު އަޝްވާ އުގުމަތީގައި އޮތް ބާލީހުން މޫނު ފޮރުވާލިއެވެ.

“އޭ… ނޭނގޭތަ އެއްޗެހި ލައިގެން ކަމެއް ފާހަނައިން ނިކުންނަން ޖެހޭނީ” ކާއިން ފެނުމާއި އެކު އަޝްވާ އަޑުގައި ހުރި ބާރެއް ލާފައި ބުނެލިއެވެ.

“މަޑު ކުރޭ.. ވަރަށް އަވަސް ވާނެ” ކާއިން ޖިންސުލައި ޓީޝާޓު ލިއެވެ.

“ދެން އޯކޭ އޭ” ކާއިން އައިސް އަޝްވާ ކުރިމަތީ އޮށޯވެލަމުން ބުނެލިއެވެ.

“އަހަރެންގެ ކޮޓަރިއެއް ކަމަކު މިތަނުގައި އަހަރެން އުޅެން މިޖެހެނީ ރެފިއުޖީއެއްހެން” އަޝްވާ މޫނުމަތިން ބާލީސް ދުރުކޮށްލުމުން ކާއިން ބުނެލިއެވެ.

“ތިހެންވިއްޔާ އަހަރެން އޮފީހުގަ އަހަރެން އުޅެން ޖެހެނީ ކާއިންގެ ހާދިމެއްހެން.. މިއަދުވެސް މުޅި ތަނަށް ކުނި އަޅާފަވިއްޔާ ދިޔައީ… އެތަން ސާފުކުރަން ހަދައިގެން އޮޅިގެން މުހިއްމު ލިޔުމެއްވެސް ހަލާކު ކުރެވިއްޖެ” އަޝްވާވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

“އެއީ އަހަރެންގެ ބެސްޓު ފުރެންޑުގެ އޮފީހޭ.. އެހެންނޫނަސް އަޝްވާ ތީ މަގޭ ކަންތައް ކޮށްދޭން ހުންނަ މީހެއް ކަން ނޭނގޭތަ. އަމިއްލައަށް “ހާދިމެކޭ” ބުންޏަސް ހެޔޮ” ކާއިން ހީލަމުން ބުނެލިއެވެ.

“އަހަރެން ކާއިންއަށް އެހީވެދެނީ ކޮންމެހެން ކާއިން ބުނެގެންނޫން އިނގޭ.. ދޮންބެ ބުނެގެން. އަދި އަހަރެން ފޫހިވާތީ ކުރާނެ ކަމެއް ނެތިގެން ކޮށްދޭ ކަމެއްމީ.. މާ ފޮނި ކަނޑަންޏާ ދެން ނުވެސް އަންނާނަން” އަޝްވާ ރުޅި މޫނު ހަދާލަމުން ބުނެލިއެވެ.

“އަހަރެން ނާންނާށޭ ބުންޏަސް އަޝްވާއަށް ނުހުރެވޭނެ ނައިސް.. ޝަނުމްއަށް ފިލަން ދެވެން އޮތް ހަމައެކަނި ތަނަކީ މިއީއެއްނު.. އަޝްވާ މާ ފޮނިވަންޏާ އަހަރެން ހުރިހާ ކަމެއް ބަސްޓުކޮށްލާނަން އިނގޭ”  ކާއިން ޖެއްސުމަށް ބުނެލިއެވެ.

“ޝަނުމްއާއި ވާހަކަވެސް ދައްކައިގެން ނުވާނެ.. ” ކާއިންއާއި ދިމާލަށް ޝަހާދަތް އިގިލި ދިއްކޮށްލަމުން އަޝްވާ ބުނެލިއެވެ.

“ކެރެންޏާ ހުއްޓުވަބަލަ” ކާއިން އަޝްވާ ރުޅި އަރުވާލަން ބުނެލިއެވެ.

އަޝްވާ ކާން އިން ފިއްޒާ ފޮތި ފޮށިގަނޑުގައި ބޭއްވުމަށްފަހު ކާއިން ކައިރިއަށް ޖެހިލިއެވެ. އަދި ކާއިންގެ އަގަމަތީގައި އަތް އަޅާލައި ދެބުމަ މައްޗަށް އަރުވާލިއެވެ.

“މިއޮތީ ހުއްޓުވާފަ” އަޝްވާ ކެރިގެން ބުނެލިއެވެ. އަޝްވާއަށް ނޭނގި ހުރެވުނީ ކާއިންގެ ނޭފަތް މަތީވެސް އަތް އަޅައިގެންނެވެ. ކާއިން އަޝްވާގެ އަތް ނައްޓުވަން މަސައްކަތް ކުރި ނަމަވެސް އަޝްވާ ހިފަހައްޓައިގެން ހުރި ބާރުކަމުން އެކަން ނުވިއުނެވެ.

“އަޝްވާ” ދެމީހުން އެގޮތަށް ތިބިތާ ދެ މިނެޓު ފާއިތުވެގެން ނުދަނީސް އިވުނީ ހަނާގެ އަޑެވެ. އަޝްވާ ކާއިންގެ އަނގަމަތިން އަތް ނަގާލައި ފަހަތް ބަލާލަން އެބުރިލިއެވެ. ނަމަވެސް އަޝްވާއަށް މޫނު އެއްކޮށް ފަހަތަށް ނުއެބުރެނީސް ހަނާ އައިސް އަޝްވާގެ ކަރުގައި ހިފައި އެނދު މައްޗަށް ވައްޓާލިއެވެ.  އަދި އަޝްވާގެ މޫނުމަތީގައި ދެތިން ފަހަރެއްގެ މަތިން ވަރަށް ބާރަށް ޖަހާލިއެވެ.

ކާއިންއަށް ހަމަޖެހެގެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ.

“ހަނާ،، ހަމަ މިހާރު ދޫކޮށްލާ” ކާއިން ހަނާގެ ގައިގައި ހިފާލަމުން ހަނާ އަޝްވާއާއި ދުރަށް ކޮއްޕާލިއެވެ. އެބާރު މިނުގައި ގޮސް ހަނާ ޖެހުނީ ބިންމަތީގައެވެ. އަދި ކަބަޑުގައި ބޯ ޖެހި އައްދިއްޔޯއޭއި ކިޔައި ގޮވައިގަތެވެ.

“ހަނާ.. ތަދުވިތަ” އަޝްވާއަށް ވެފައި އޮތް ވަރު ނުބަލައި ކާއިން އަވަސްވެގަތީ ހަނާއަށް އަނިޔާއެއް ލިބުނުތޯއެވެ. “އަހަރެން އޯކޭ.. ކާއިން ކިހިނެތް” ހަނާ ތެދުވެ އިށީދެލަމުން ބުނެލިއެވެ.

“އަހަރެންވެސް ރަގަޅު” ކާއިން ބަލާލީ އެނދުން ތެދުވި އަޝްވާ އަށެވެ. މޫނުމަތީގައި އަތް އަޅައިގެން ހުރެ އަޝްވާ އެތަނުން ދާން އުޅުނެވެ. ކާއިން އަޝްވާގެ ފަހަތުން ދާން ތެދުވާން އުޅުމުން ހަނާ ކާއިންގެ އަތުގައި ހިފައި މަޑުކުރުވިއެވެ. ކާއިން ފަހަތަށް އެބުރި އަޝްވާ ދާތަން ބަލަހައްޓައިގެން ހުއްޓެވެ. އަނގަމަތީ އަތް އަޅައިގެން ހުރި މަންޒަރު ފެނުނަސް އިސްޖަހައިގެން ހުރެ އަޝްވާ ފައިވާން ލަމުން ދާތީ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ނުފެނެއެވެ.

“އަޝްވާ” ކާއިން ދެތިން ފަހަރު އަޝްވާއަށް ގޮވާލިއެވެ. އެހެން ނަމަވެސް އެއަޑު ނީވޭ ކަމަށް ހަދާލައިފައި އަޝްވާ ދިޔައީއެވެ.


ޖެހިގެން އައި ދުވަހެވެ. ކައިވެންޏަށް ތައްޔާރުވުމަށްޓަކައި އަޝްވިން މިއަދު ކުލިނިކަށް ނުގޮސް ޗުއްޓީ ދުވަސްކޮޅެއް ނެގިއެވެ. “ބައްޕާ.. ތެދުވޭ.. ސައިބޯން ދާން” ކުޑަ ކުޑަ އީޝް އައިސް އަޝްވިންގެ ބުރަކަށިމަތީ އޮށޯވެލަމުން ބުނެލިއެވެ. ތިން އަހަރުވާން ގާތްވެފައި ވުމުން ބަސްތައް ބޭނުން ކޮށްގެން ކުދި ކުދި ޖުމްލަ ފުރިހަމަ ކުރެވެއެވެ.

އީޝް ލިބުމުގެ ކުރިން އަޝްވިން އަކީ ނިދިގަދަ މީހެއް ނަމަވެސް މަންމައެއްގެ އެހީއާއި ނުލައި އީޝް ބަލަން ޖެހުމުން ނިދި މަޑުވެއްޖެއެވެ. އީޝްގެ އަޑުއިވުމާއި އެކީ އަޝްވިން ލޯ ހުޅުވާލިއެވެ.

“ކޮބާ ތާތި.. އޮފީހަށް ދިޔައީތަ” އީޝް ގެނެސް ކައިރީގައި ބާއްވަމުން އަޝްވިން އަހާލިއެވެ.

“ތާތި ނާނާ ކިޔަނީ.. ތާތި ނޭފަތް ހަލާކުވެފަ” އީޝް ނޭފަތުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“އެހެންތަ.. އެހެންވެ ދޯ އޮފީހަށް ނުދިއައީ މިއަދު.. ދޫނި ދަތް އުގުޅައިފިންތަ” އަޝްވިން އެނދުން ތެދުވިއެވެ. އީޝް ބޯ ހޫރުވާލަމުން އައިސް މޭޒު ކައިރީގައި ހުރި އަޝްވިން ކައިރީ ހުއްޓިލިއެވެ.

“އަވަހަށް ހިނގާ ދަތް އުގުޅައިގެން ފެންވަރައިގެން ސައިބޯން ދާން ދޯ.. ބައްޕަ އެބަ ޖެހޭ ދޫނި ލާން ތިއްތި ހެދުމެއް ފަހަން ދޭން ދާންވެސް” އަޝްވިން އިގިލި ދިއްކޮށްލުމުން އީޝް އަޝްވިންގެ އަތުގައި ހިފިއެވެ.

އީޝް ދަތް އުގުޅުވައި ދިނުމަށްފަހު ފެންވަރަން ބާތުޓަބަށް ފެންއަޅައި ދިނުމަށްފަހު އަޝްވިން ކޮޓަރިއަށް އައެވެ. އަދި ފޯނު ނަގައި ހިންދުއަށް ގުޅަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ފޯނަށް މިސްކޯލެއް އައިސްފައި އޮތުމުން އެނަންބަރަށް ގުޅައިލީ ކާކުތޯ ބަލާލުމަށެވެ. މިދުވަސްކޮޅު އެކި ތަންތަނަށް ނަންބަރު ދީގެން އުޅޭތީ އެއީ އޭގެ ތަނަކުން ކަމަށްވެސް ވެދާނެތީއެވެ.

“ހަލޯ، ކޮން ބޭފުޅެއްތޯ” އެކޮޅުން ފޯނު ނެގުމުން އަޝްވިން އަހާލިއެވެ.

“އަހަރެންމީ ހިންދުގެ މަންމަ.. ކަލޭ ހިންދުއާއި އިންނަން ތިއުޅެނީ ކޮން ބޭނުމަކުތަ… އެއީ އެއްވެސް މުދަލެއް އަދި އަބުރެއް ހުރި މީހެއް ވެސް ނޫން” ސަކީނާ ބުނެލިއެވެ.

“ހިންދު ގެ މަންމަވީމަ އަޅުގަނޑަށް ވާހަކަ ދެކެވެން އޮތް އެއްމެ ރީއްޗަކަށް ވާހަކަ ދެއްކޭތޯ ބަލާނަން. މައިންބަފައިން ދަރިންނަށް އިހާނެތިކޮށް ހެދިއަސް ޗުއްޕުއޭވެސް ނުބުނުމަށް އަންގަވާފަވޭ.. ” ދައްކަން ބޭނުންވާ ވާހަކަ ފަށައިގަތުމުގެ ކުރިން އަޝްވިން ބުނެލިއެވެ.

“އަޅުގަނޑު ހިންދުއާއި އިންނަން އެހީ ހިންދު ހާލަތު އެނގި ހުރެ. ހިންދުއަށް ދިމާވި ދެރަ ގޮތްތަކަށް އަޅުގަނޑު ނެތިން ހިންދުއަށް ތުހުމަތުގެ އިގިލި ދިއްކުރާކަށް. އެކަމަކު އަޅުގަނޑު ދެރަވެ ލަދުގަނޭ ހިންދު ފަދަ މާތް ކުއްޖަކަށް ތިޔަ ފަދަ ބަދުނަސީބުވެރި މައިންބަފައިން ދެއްވީތީ.. އެއްވެސް އިރެއްގައި ނުދެކޭތި ދަރިންނަކީ މައިންބަފައިންގެ މިލްކެކޭ.. އެއީ އަހަރަމެންނާއި ހަވާލުކުރެއްވި އަމާނާތެއް.. އެހަށިގަނޑާއި އެފުރާނައަށް ރައްކާތެރިވާން ޖެހޭނެ.. ދުނިޔަވީ ފައިދާއެއް މިއަދު ލިބުނަސް ފަހުން ހިތާމަކުރަން ޖެހޭނެ.. އަޅުގަނޑު ޝުކުރު ކުރަން އެހެން އަންހެން ކުއްޖެއް ތިއާއިލާގައި ނެތީތީ. އެހެންނޫންނަމަ ހިންދު ދެކޮޅު ހެދި ކަމުގައި ވިޔަސް މިހުރިހާ ކަމެއް ކަމާ ބެހޭ ފަރާތަށް އަންގާނަން” އަޝްވިން ޖެހިލުމެއް ނެތި ބުނެލިއެވެ.

“ކަލޭއަށް ކޯއްޗެއްތަ އެގެނީ ދަރިންނާއި ބެހޭ ގޮތުން. ފައިސާވެރިންވީމަ ނޭނގޭނެއެއްނު އަހަރަމެން ކަހަލަ ނިކަމެތީން އުޅޭ ހާލު” ހިންދުގެ މަންމަ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އެވަގުތު އީޝް ފާހަނައިން ބޯ ދިއްކޮށްލީ ތުވާލި އަދެގެން ހުރެއެވެ. އަޝްވިން ހިނގާފައި ގޮސް އީޝް އުރާލިއެވެ. އަދި އެނދުގައި އިށީދެ އޭނާގެ ތުވާލިން އީޝްގެ ބޯ ހިއްކާލަން އުޅުނެވެ.

“އަހަރެންގެވެސް އަންހެން ދަރިއެއް ހުރޭ.. އެކަމަކު މަގުމަތީ ނުކައި ނުބޮއި އުޅެން ޖެހުނަސް އެދަރިފުޅުގެ އިއްޒަތް ނަގާނުލާނަން. އެ ދަރިފުޅަކީ އަގު ކުރެވޭ ވަރަށް ވުރެ މާތް މަތިވެރި ނިއުމަތެއް.. މަހުޖަނަކަށް ވިޔަސް ތިމާގެ ދަރިންނާއި މެދު އިހުމާލު ވާނަމަ ތިމާގެ އަމިއްލަ ނަފުސުގެ އަގެއް ނޯންނާނެ” އަޝްވިން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާތީ ފޯނު ކަނޑާލިއެވެ.

“ބައްޕަ ވަރަށް ލޯބިވޭ އިނގޭ ދޫނި ދެކެ.. އަވަހަށް ދޭ ތާތި ކައިރިއަށް ރެޑީވެލަން.. ބައްޕަ އެބަ އަންނަން ފެންވަރައިލައިގެން އިނގޭ” އަޝްވިން އީޝްގެ ނޭފަތުގައި ހިފައި ކޮލަށް ބޮސްދިނެވެ. އަދި މެޔާއި ލައި ބޮނޑިކޮށްލުމަށްފަހު އުރާލައިގެން ގޮސް ދޮރު ކައިރީގައި ބެހެއްޓިއެވެ. އީޝް ދުވެފައި ގޮސް އަޝްވާގެ ކޮޓަރިއަށް ވަނުމުން އަޝްވިން އެތެރެއަށް ވަނެވެ.


 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯބިއެހެނަސް..2

Next

ހިތާ ފުރާނައިން… (21)

Next
January 30, 2018

ހިތާ ފުރާނައިން… (21)

Previews
January 29, 2018

ލޯބިއެހެނަސް..2

56 Comments!

  1. Friends says:
    January 30, 2018 at 1:24 am

    First dhw

    1. Friends says:
      January 30, 2018 at 1:36 am

      Wow vvv salhi mi part vess. when
      . next part dear
      Waiting waiting

    2. maroon says:
      January 30, 2018 at 2:38 am

      Yes dear u r the first to comment ☺
      Thanku friends ?

  2. maikko says:
    January 30, 2018 at 1:27 am

    Varah reethi up veythow bala bala huhtaa thi up kohly……lots of love❤???❤?

    1. maroon says:
      January 30, 2018 at 2:36 am

      Thanku maikko. Mi story ge regular reader ehthy. V shukuru ? loves

  3. Shann says:
    January 30, 2018 at 1:33 am

    Masha Allah.. Mibaives v rythi, dhen vaani kihinehbaaey hithah arany.. Ashvaa ah hurihai gothakunves dhera dhw mi libeny.. Alhe ashva n shanum gulhuvabaa avahah.. Reem ge kolhu molhuviya nudhehchey igey maroon.. V v rythi story eh mee n ehaa furihama.. Story kiyamun dhaairu hama sifakohlevey e manzareh

    1. maroon says:
      January 30, 2018 at 2:37 am

      Dnt worry i will make her the happiest among all.
      Reem dhw. I hate her too dear.
      Thaku shann ?

  4. Blu.. says:
    January 30, 2018 at 1:37 am

    Wow v reethi.. Keep it up?

    1. maroon says:
      January 30, 2018 at 4:00 pm

      Thanku blu ?

  5. maroon says:
    January 30, 2018 at 1:37 am

    If i waited to be perfect, this story will not exist. Find and point out my mistakes. So i can be better next time.
    ❤
    This is a world that i am creating, pay attention to details ?
    And kaainge sister v v bodu twistakun egigen dhaane. I dnt want to ruin the suprise by confirming ur guesses. Tc loves ??

  6. Zaaraa says:
    January 30, 2018 at 1:51 am

    Hihihee ?? baeh thanthan repeat vefa ebahuri dwo ? mi part vex reethi??? waiting for next part dear ??

    1. maroon says:
      January 30, 2018 at 2:39 am

      Zaaraa thanku so much. Copy paste kuryma ehen vefa ehery. Ragalhu koffin ngey.?

  7. ނަޖޫ says:
    January 30, 2018 at 2:03 am

    ހިންދު ދޯ އެއީ ހިތް ބުނަނީ ހަމަ އެހެން

    1. maroon says:
      January 30, 2018 at 2:39 am

      Thanku naju. I will not say no
      ?

  8. Jilaa says:
    January 30, 2018 at 2:06 am

    Vrh salhi mi part vx…maroon plxxx shanum aa ashwaa gulhuvahchey……when next part??

    1. maroon says:
      January 30, 2018 at 2:40 am

      Thanku jilaa. In sha Allah maadhama 5 ge kurin up koh dheynan. ?

  9. Mixuhan says:
    January 30, 2018 at 2:16 am

    All the part of this story is perfect

    1. maroon says:
      January 30, 2018 at 2:40 am

      Thanku my dear mixuhan.
      ?

  10. siroo says:
    January 30, 2018 at 2:17 am

    Kaainge sister akee hindhu dhw

    1. maroon says:
      January 30, 2018 at 2:42 am

      Well that is a suprise. Kaainge sister aky kaakukan mihaaru bunefi nama v baivaru kanthah egeyne. So i will wait adhi. Thanku shiroo ?

  11. Hana says:
    January 30, 2018 at 2:18 am

    I hate Reem shanum and ashwa gulhuvahchey pls

    1. maroon says:
      January 30, 2018 at 5:10 pm

      Thanku hana. ?

  12. chumpu says:
    January 30, 2018 at 2:36 am

    Amazing waahaka feshumuge kurin genai hulaasaa gai bunaa gothunnama kaain ah vx ashvaa dheke lobi veveyny dhe ehn heevany

    1. maroon says:
      January 30, 2018 at 2:51 am

      Thanku chumpu… yes kaain ah kujje dheke loabivey vaahaka bunefai innaane. I also have mentioned ekan kaain ah egey iru e kujjaa ulheny marry kuraashey. So there is a lot of explanation. Like who is she and who is her fiance’..Heekuran story ah thidhey shaugu nimen dhn egothugai dheyne kamah. Thanku chumpu ?

  13. Lubu says:
    January 30, 2018 at 2:53 am

    I don’t think it’s hindhu bodah heevany ae fihaarain dhimaavee reem r vatharu kujaa ehn mi stry reethi vany 2 lobiverin gulhunymaa n mihaaru goss oth hisaabun I think reem ge twin eh huree
    Mi vaahaka vee nice comment nukuriyas baraabarah kiyan
    Reem r shanum nugulhuvaa
    Erun reethi vany sry ithurah n ehen dhivehi stry r mi stry thafaathu kohlaa
    Reem ge athun asfaa ah ahanah havaalukohfiyaa vee reethi vaane
    Keep updating sooo

    1. maroon says:
      January 30, 2018 at 3:04 am

      well, e hama vedhaane dhw reem aai vahtharu kujjakahves. maroon nethin thiyah ithuru commenteh dheyn. And this story is going to be different. mi storyga hunnaane geveshi aniya,drugs, friendship, love scene thah. Thanku dear for the beautiful comment (?

  14. Shudha says:
    January 30, 2018 at 3:22 am

    hi maroon?… reem ah kytha e vany…she has gone too far mihaaru… kaain ge sister aky hindh nuny reem aa vahtharu kujjaa… and the mysterious man who follows reem might have a relation with kaain… my point of view… knme gotheh viyas ashwa aa shanum aa gulhuvaathi… thank u maroon mihaa reethi vaahaka eh genesdheythi… waiting for next part… loveeeess❤?

    1. maroon says:
      January 30, 2018 at 4:03 am

      Yh she is out of control. Lots of questions will be answered in up coming parts.
      Kaain aai reem dhw.. lets see gulhumeh oveythw…thanku so much shudha ❤❤

    2. maroon says:
      January 30, 2018 at 4:03 am

      And mysterious meehaa ge beynun v v avahah egeyne.

  15. Mysh says:
    January 30, 2018 at 3:31 am

    As usual mi prt vesv rythi ..nxt prt avas kohladhehchey…nd reem aa shanum nugulhuvaathi..kaain aai ashwa gulhuvahchey…v hyvey liusha ais fani hadhaalaane hen..ekm hindhu aa ashwin dhuru nukuruvahchey ..ly roon ?

    1. maroon says:
      January 30, 2018 at 4:07 am

      Thanku mysh. Shanum ah reem or ashwa ves nulibeynetha ehenvyma?
      Liusha ge habareh nuvey dhw adhi. She will come in the upcoming parts. Lets see if she brings good or bad
      ? loves

  16. Zuam says:
    January 30, 2018 at 3:33 am

    Maroon …. u are so good…. thank you… mI part vas varah varah varah reethi……waiting
    ❤❤❤❤❤❤

    1. maroon says:
      January 30, 2018 at 4:08 am

      Thanku dear zuam ?

  17. Eysha says:
    January 30, 2018 at 3:36 am

    Wow. V v v v reethi ❤️❤️❤️ Waiting for next part I really love this story , more than malakaa and shaim part??

    1. maroon says:
      January 30, 2018 at 4:09 am

      Yh i am putting more effort to this story morethan that.
      Thanku eysha ?

  18. Pinky shifoo says:
    January 30, 2018 at 3:50 am

    Wow… Just wow ???… Bunaane ehcheh vx neynge maroon… Hama ehaa vx reethi ??.. Varah varah varah reethi ???.. Vaahaka kiyamun dhaa varakah shaugverikan ithuruvanee ??.. Knme partehvx mi kiyaalany hama varah shauguverikamaa eku????.. I really love it ❤️❤️??.. Adhi mihaa dhigukoh story genesdheythy varah varah happy vey ???? n maroon readers ge comments thakah reply kuraathy vx varah varah varah ufaavey ??????… U are a great writer.. Really really good ????.. Eagerly waiting for the next part.. Abadhuvx edhenee maroon ah kurierumaa kaamiyaabah ???.. Keep up the good work.. Insha Allah I will be always there to read your stories n to support like this ??.. Tc.. Loves ❤️????

    1. maroon says:
      January 30, 2018 at 4:12 am

      Hey one of my fav reader… v v v ufaa vejje thihaa loabi loabi commenteh libunyma… so much love.
      Maroon reply kurany readers aai connection baavvan beynunvaathy. Feel like u guys r my friends ?
      In sha Allah migothugai kuriah dhaanan .
      Lots of love to u. U r a great reader ❤?❤ tc thanku ?

  19. Xxxx says:
    January 30, 2018 at 3:58 am

    Woooow…v.reethi dear.. waiting ??

    1. maroon says:
      January 30, 2018 at 4:15 am

      Thanku xxxx. Feshunysure maroonge stories thakah comment kuraa faithful reader ehthy ?

  20. Naanii says:
    January 30, 2018 at 4:16 am

    I think kaigen sis aky ashvaa?

    1. maroon says:
      January 30, 2018 at 5:11 am

      ??

  21. Xish says:
    January 30, 2018 at 5:19 am

    Vaahaka vv reethi..masha allah..kaainge kokko akee hana ahves vedhaane..eyrun vv salhivaane.. Nimeyiru kaain aa ashwa gulhuvachey meroon.????

    1. maroon says:
      January 30, 2018 at 2:13 pm

      Thi dhekanthah ves possible. Lets see dhw ehenvyma…
      Thanku xish ?

  22. Maa says:
    January 30, 2018 at 11:58 am

    Marooon….. its so beautiful….. may allah bless ur hard work…. wen next part

    1. maroon says:
      January 30, 2018 at 2:13 pm

      Thanku maa . In sha Allah today ?

  23. Eyra says:
    January 30, 2018 at 12:38 pm

    Varah reethi, komme part akah comment nukuriyas hurihaa baeh ves kiyan, varah reethi????

    1. maroon says:
      January 30, 2018 at 2:14 pm

      Thanku eyra. Btw i love ur name ?
      ?

  24. Mal. says:
    January 30, 2018 at 2:17 pm

    Dhoonyaa.. baraabarah kiyan.. ekam comment nukureveny.. v v v rythi mi part vx… ?? u are the best maroo..?

    1. maroon says:
      January 30, 2018 at 2:29 pm

      Hey love. ❤
      Thanku so much for all the support. Dnt reveal any secrets i told u ??
      Loves tc?❤

    2. Mal. says:
      January 30, 2018 at 3:29 pm

      Ya ya… trust me… ssshhhhhh????

  25. Shifoo says:
    January 30, 2018 at 3:45 pm

    v v v Reethi. kiyaahithun kehmadhuvefa. up vaane irakah inthizaaruga

    1. maroon says:
      January 30, 2018 at 5:11 pm

      In sha Allah miadhu up koh dheynan ? thanku shifoo

  26. Icy♡ says:
    January 30, 2018 at 6:57 pm

    Story vrh vrh reethi
    Love this story
    ♡♡♡♡♡

    1. maroon says:
      January 30, 2018 at 9:46 pm

      Thanku icy ?

  27. Rish says:
    January 30, 2018 at 8:00 pm

    Shanum reem kairyga bunaane nama dhw shanum lwbivaa kuhjakee ashwa ey . Dhn reem ashwa n shanum gulhuvaane nama vrh salhi vaane..

    1. maroon says:
      January 30, 2018 at 9:47 pm

      Nama nama dhw…yes bunaane nama. I wish too
      Thanku rish ?

Comments are closed.

Next Episodeތިޔަ އަސަރު 18←


All Right Reserved!