Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ތޭރަވަނަ ބައި)

riya Level 3100 Comments10 Stories
January 29, 2018 4 Mins Read
11 Comments

ޒީކް ކާކޮޓަރިއަށް އައިސް ވަތްވަގުތު އަލްޔަންއާއި ނަދީމް ސައިބޮއި ނިންމާލުމަށްފަހު ނިކުންނަނީއެވެ.

“ފަހަރި އަތުން ހެދި މަސްހުނި ވަރަށް މީރު” ނަދީމް ޒީކްއަށާއި އަލްޔަންއަށް ޖެއްސުންކޮށްލިއެވެ. ޒީކްއަށް އަލްޔަންއާއި ދިމާއަށް ބަލާލެވުނެވެ. ނަދީމް އެހެން އެބުނީ ކީއްވެގެންތޯ އަހާލާފަދަ ގޮތަކަށެވެ.

 

ރުއާންއާއި ނީލާ ތިބީ ހުޅުމާލެ ފެރީގައެވެ. ޕިކްނިކް ހަދާލަން ރައްޓެހިކުދިންނާއެކުގައި ދަމުން ނީލާވެސް ގޮވައިގެން އައީއެވެ.

“އަހަރެން އެނގެން ބޭނުން ބައިވަރު އެއްޗެހި އެބަހުރި” ނީލާ ރުއާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ނީލް ވަގުތު ޖެހުނީމަ ހުރިހާ އެއްޗެއް ވެސް ކިޔައިދޭނަމޭ ކުރިންވެސް ބުނީމެއްނު. ޕްލީޒް މިހާރު ދެން ތި ސުވާލުތައް ކޮށްގެން އަހަރެންގެ މޫޑް ހަރާބުކޮށްލަން ނޫޅޭ” ރުއާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“ރުއާން އަސްލު ކޮން ރަށެއްތަ؟” ނީލާ އަހާލިއެވެ.

“ދިއްދޫ. ދެން އިތުރު ސުވާލެއް ނުކުރައްޗޭ” ރުއާން ބުނެލިއެވެ. ހުޅުމާލެއަށް ދެވެންދެން ނީލާ އިތުރު ސުވާލެއް ރުއާންއަކަށް ކުރިމައްޗެއްނުވެއެވެ.

 

އިޔާން އެނދުގައި ތެދުވާހިތް ނުވެފައި އޮތެވެ. ރޭގަނޑުވެސް ނުކައި ހުރުމުގެ ސަބަބުން ބަނޑުހައި ހޫނުކަން އިހްސާސްވިޔަސް ސައިބޯން ދާންޖެހޭނީ ބޮޑުދައިތަމެން ގެއަށްކަން ހަނދާންވުމުން ކަންނެތްވި ކަހަލައެވެ. ކޮންމެ ފަހަރަކު އެގެއަށް ކާން ދިޔުންވެސް އަލްޔަންއަށް ވެފައިވަނީ ބޮޑުކަމަކަށެވެ. އެހެން ކަމުން ބައެއް ފަހަރަށް ގޭގައި އެކަނި ކައްކާލައިގެންވެސް ކައިހަދައެވެ. ފެންވަރާލައިގެން ނިކުމެ ކޮފީތައްޓެއް ހަދާލުމަށްފަހު ހިނގައިގަތީ އަބަދުވެސް އިޔާން އިށީދެއިންނަ ޖޯލިފައްޗާ ދިމާއަށެވެ.

 

އަވިދީފައި އޮތެއް ކަމަކު ފުދޭވަރަކަށް ވައިޖެހެމުންދިޔައެވެ. ޖޯލިފަތި ބަހައްޓާފައި ހުރީ ނިކަގަހެއްގެ ދަށުގައި ކަމުން ދެމުންދިޔަ އަވިން ވަމުންދިޔަ ހޫނެއް އިޔާންއަކަށް އިހްސާސެއް ނުކުރެވެއެވެ. އެގެއަކީ ގަސްތައް ގިނަ ގެއަކަށް ވުމުން ވަރަށް ހިތްފަސޭހަކަމަށް ދައްކައެވެ. ގޭގެ ކުރިމައްޗަށާއި ފަހަތައް ވާގޮތަށް ބޮޑެތި ގަހާއި ރުއް ހެދިފައިވެއެވެ. މުޅި ގޯތިތެރެ އެއްކޮށް ކަހަލަ ގޮތަކަށް  އޮންނަނީ ހިޔާވެފައެވެ. އިޔާން ކޮފީތަށި ހިފައިގެން އިންދާ ގޯތިތެރެއަށް އައިސް އެވަނީ ބޮޑުދައިތަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ލާނާއެވެ.

“ލާނާ ކިހެނެއް؟” އިޔާން އަހާލިއެވެ.

“ރަނގަޅު. މަންމަ ބުނެގެން ރޭގަ ކާން ނުގޮސް މިއަދު ހެނދުނުވެސް ނުދިޔައީމަ ކިހެނެއްވީތޯ ބަލަން މިއައީ” ލާނާ ބުނެލިއެވެ.

“ކަމެއްނުވޭ. ދެންމެ އޭ މި ހޭލެވުނީ” އިޔާން އެހެން ބުނަމުން ތެދުވެގެން އެތެރެއަށް ހިނގައިގަތެވެ. ލާނާވެސް އިޔާންގެ ފަހަތުން ވަދެގެން އައެވެ.

ެަހަރެން ކޮންމެ ގަޑިއެއްގަ ކާން ގެނެސް ދީފާނަން. އޭރުން މާ ފަސޭހަވާނެ އެއްނު” ލާނާ އެގެއަށް އަންނަށް ބޭނުންވާލެއް ބޮޑުކަމުން ބުނެލިއެވެ.

“ނޫނޭ ލާނާ ކޮއްކޮއަށް އޭރުން ކިހާ އުނދަގުވާނެ” އިޔާން ޖޯޑް ދޮވެލަމުން ބުނެލިއެވެ. ލާނާ ހުރީ ކޮއްކޮ ކިޔައިގެން ވާހަކަ ދެއްކުމުން އިޔާންދެކެ ކުޑަކޮށް ފޫހިވެސް ވެފައެވެ. ލާނާ އިޔާންއާ ދޭތެރޭ ދެކެމުންއަންނަނީ ބޭބެއެއްގެ ގޮތުގައި ނޫންކަމަށް ވުމާއެކުގައެވެ.

“އެކަމަކުވެސް ހެޔޮ އަހަރެން އަންނާނަން” ލާނާ އިޔާންގެ ކޮޓަރި ތެރެއަށް ވަންނަމުން ބުނެލިއެވެ. އަދި ވަށިގަނޑަށް އަޅާފައި ހުރި ދާއެއްޗެހިތައް ހިފައިގެން ނިކުންނަން ހިނގައިގަތެވެ.

“އަޅޭ. ލާނާ ހެވޭ ތިހުރިހާ ކަމެއް ނުކުރިޔަކަސް. އަހަރެންނަށް އެކަނި ކުރެވިދާނެއޭ. އެހެން ނޫނަސް ތީދެން އެހާ ބޮޑު ކަމެއްވެސް ނޫނެއްނު” އިޔާން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ބޮޑުކަމެއް ނޫން ވީމައޭ އަހަރެން ކުރަން މިއުޅެނީ” ލާނާ ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

 

ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދަނީ ނުހަނު ހަލުވި ކަމާއެކުގައެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ހަޔާތުގެ މާޒީގެ ތެރެއަށް އިތުރުވެގެންދާ ބޮޅެއް ކަމުގައި ވެގެންދެއެވެ. މިސައިބާ އަލްޔަންގެ ކައިވެނި މުއްސަނދި އަންހެން ކުއްޖަކާ ކުރުވުމުގެ ހުވަފެންތައް ދެކެމުންދާއިރު ދުވަސްތައް ފާއިތުވެގެން ދާވަރަކަށް އަލްޔަންގެ ހިތުގައި ޒީކްއަށްޓަކައި އުފެދިފައިވާ ލޯބި ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.  ޒީކް އިޔާންގެ ހަނދާނުގައި އެކަނިވެރި ދުވަސްތައް ހޭދަކުރަމުންދާއިރު އިޔާންވެސް ޒީކްގެ ހަނދާނުގައި ގުނަމުންދިޔައީ ހިތްދަތި ދުވަސްތަކެކެވެ. ނީލާ އާއި ރުއާންގެ ލޯބީގެ ހަޔާތައް އެތަކެއް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް ނީލާގެ އެއްވެސް ސުވާލަކަށް ރުއާންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ. އިޔާންގެ ލޯބި ކާމިޔާބު ކުރުމަށް ލާނާ އެކި ގޮތްގޮތަށް މަސައްކަތް ކުރަމުން ދާއިރުވެސް އިޔާންގެ ފަރާތުން ލޯބީގެ އެއްވެސް އިސާރާތެއް ލިބިފައެއް ނުވެއެވެ.

 

އާދައިގެމަތިން މިއަދުވެސް އަލްޔަން ތައްޔާރުވަމުން ދިޔައީ އާލިން އާއި އެކުގައި އޮފީހަށް ދިޔުމަށެވެ. ސައިބޮއި ނިންމާލުމަށްފަހު ދެމީހުން އޮފީހަށް ދިޔުމަށް ނިކުތީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ.

“އާލް. އާދޭ ބައްޕާއާއި އެކުގައި ކާރުގައި ދާން” އާލިން ކާރުގެ ދޮރުފަތް ހުޅުވާލަމުން ބުނެލިއެވެ.

“ބައްޕާ އޭރުން އަހަރެން ތާކަށް ދިޔައަސް ބައްޕައަށް އުނދަގުވާނެ. ސައިކަލް ދުއްވާލެވުނީމަ މާ ހިތްހަމަޖެހެއޭ” އަލްޔަން ސައިކަލަށް އަރާ ދުއްވާލަމުން ބުނެލިއެވެ.

 

ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައި އަލްޔަން އޭނާގެ ކެބިންގެ ތެރޭގައި އިނެވެ. އަލްޔަން ވިސްނަމުން ގެންދިޔައީ މަންމަމެން މިއަދު ސައިބޯން ތިބެގެން ދެއްކި ވާހަކަތަކާ މެދުގައެވެ. މަންމަ އެފަދަ ނިންމުމެއް އަލްޔަންގެ ހިޔާލަކާއި ނުލައި ނިންމަފާނެ ކަމަކަށް އޭނާ ހިޔެއްނުކުރެއެވެ. އަލްޔަންގެ ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތް މަންމައަށް އެނގޭނެ ހެއްޔެވެ. މަންމަ ބޭނުންވާ މީހަކު އަލްޔަންގެ ހަޔާތުގެ ބައިވެރިއަކަށް ހެދިދާނެ ހެއްޔެވެ. ދިރިއުޅުމުގެ އެންމެ ބޮޑު ކަންތަކުގައިވެސް އަމިއްލައަށް ގޮތް ނިންމުމުގެ އިހްތިޔާރު އަމިއްލައަށް ލިބިފައި ނެތީބާއެވެ.

 

“މިއޮތީ ކުރިން ދުވަހު ސްޓޯރޫމް ސާފުކުރަނިކޮށް އެތަނުން ފެނުނު ފޮޓޯއެއް. މި ފައިލްތައް އަދިވެސް ބަހައްޓަން ވީތޯ” އަލްޔަންގެ ސެކެޓްރީ ޔޫން ބުނެލިއެވެ.

“މިތާގަ ބަހައްޓާ. އަހަރެން ފަހުން ބަލާލާނަން. ކުރީގެ ބޭނުން ނެތް ޑޮކިއުމެންޓްތައް އުކާލާ ސްޓޯރޫމް އެކޮށް ސާފުކޮށް ނިމުނީތަ؟” އަލްޔަން ޔޫން ގެނެސްދިން ފޮޓޯއަށް ބަލަން އިނދެ ބުނެލިއެވެ.

“ލައްބަ” ޔޫން އަލްޔަންއަށް ބަލާލަމުން ޖަވާބުދިނެވެ.

“އެންމެ ރަނގަޅު ދެން ދިޔަޔަސް. ހަވާލުކުރި މަސައްކަތްތައް ނިންމާލައިގެން ގެނެސްދި” އަލްޔަން އެހެން ބުނެލުމުން ޔޫން ނިކުމެގެން ހިނގައްޖެއެވެ.

 

ކްލާހުން ލެކްޗަރަރ ނިކުމެގެން ދިޔުމާއެކު ކުދިންތަކުގެ ސަކަރާތުގެ އަޑުން މުޅި ކްލާސްތެރެ ހަލަބޮލިވެގެން ހިނގައްޖެއެވެ. ޒީކް ކްލާހުގެ އެންމެ ފަހަތުގައި އެއްކަނެއްގައި ހުރި ގޮނޑިއެއްގަ އިށީދެލައިގެން މަޑުމަޑުން އިނެވެ. ނީލާއާއި ރުއާންވެސް އެމީހުންގެ އަމިއްލަ ވާހަކަތަކަށް ގެއްލިފައި ތިއްބެވެ. އެވަގުތު ކުލާހަށް އައިސް އެވަނީ  އެހެންޏާ ކްލާހުން ނުފެންނަ އަންހެން ކުއްޖެކެވެ. ފިރިހެނުންގެ ހިތްތައް ކަތިލާފަދަ ރީތި ސޫރައެއް ލިބިފައިވާ މި އަންހެން ކުއްޖާ ފެނުމުން އަޑުގަދަކުރަމުން ދިޔަ ފިރިހެން ކުދިންގެ ލޯތައް އަމާޒުވެގެން ދިޔައެވެ. ކޮންމެ ފިރިހެން ކުއްޖަކުވެސް އަންހެން ކުއްޖާގެ ރީތިކަމަށް ތައުރީފް ކުރަމުންދިޔައިރު އަންހެން ކުދިންވެސް އޭނާގެ ރީތިކަމާމެދު ހަސަދަވެރިވިއެވެ.

 

ހުސްގޮނޑިއެއް ހުރިތޯ އެކިދިމަދިމާއަށް ލޯއުކަމުން އައިސް ޒީކްގެ ކައިރީގައި ހުރި ހުސްގޮނޑީގައި އެއަންހެން ކުއްޖާ އިށީދެއްޖެއެވެ.

“މީ އަޒްބާ” އަޒްބާ އަމިއްލަ އަށް ތައާރަފް ވެލަމުން ޒީކްއަށް ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ.

“ޒީކް” އަޒްބާއާ ސަލާމް ކޮށްލަމުން ޒީކް ބުނެލިއެވެ.

“ހާދަ ފަހުން ތި ޖޮއިން ކުރީ” މި ސެމިސްޓާރ ފެށިގެން ހަފްތާއެއް ފާއިތުވެފައި ވާތީ ޒީކް އަހާލިއެވެ.

“މި ސަބްޖެކްޓްއިން އެޓެންޑެންސް ހަމަނުވީ. އެހެންވެ އެގްޒާމްގައި ބައިވެރި ނުވެވުނީމަ ހިތައްއެރީ މިފަހަރު ޖޮއިންކޮށްފަ ކޯސްއެއްކޮށް ކޮމްޕްލީޓް ކޮށްލާނީއޭ. ދެން ޒީކްމެންނާއެކުގައި ނިމޭނެއްނު ދޯ” އަޒްބާ ބުނެލިއެވެ.

ލެކްޗަރަރ ކްލާހަށް އައުމާއެކު ޒީކްމެން ދައްކަމުން ދިޔަ ވާހަކަތައް މެދުކަނޑާލަމުން ފިލާވަޅުތަކަށް ސަމާލުކަންދީފިއެވެ.

 

ކްލާސްތައް ނިންމާލުމަށްފަހު ގެއަށް އައިގޮތަށް އިޔާން މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް އިޔާންއަށް ގެއަށް އާދެވުނުއިރު ހަވީރު ފަހެއް ޖަހަން ކައިރިވަނީއެވެ. ގަމީސް ބާލަމުން ފާހާނާއަށް ވަނީ ތާޒާ ވެލުމަށެވެ. ގިނަދުވަސްތަކަކަށް ފަހު އިޔާންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފެންނަން ހުއްޓެވެ.

 

ލާނާ އައިސް އިޔާންގެ ކޮޓަރިތެރެއަށް ވަންއިރު އިޔާން ފާހާނާގައި އުޅޭތީ އެނދުމަތީގައި އިށީދެލައިގެން އިނީ އިޔާން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ލާނާ މިއަދު ނިންމައިގެން ހުރީ އޭނާގެ ހިތުގެ ހާލަތު އިޔާންގެ ކުރިމަތީގައި ހާމަކުރުމަށެވެ. އިޔާންދެކެ ލޯބިވާވަރު އޭނާއަށް ބަޔާންކޮށް ދޭނީ ކިހެނެއްބާވައޭ ހިތައް އަރަމުންދިޔައެވެ.

ކުރު ސޯޓެއް ލައިގެން ނިކުތް އިޔާން ފެނުމުން ލާނާ ހުއްޓުން އަރާގޮތްވިއެވެ. ޝަވަރޖެލްގެ މީރުވަހުން މުޅިތަން އެއްވަސްވެފައިވީއިރު ލާނާ ކަޅިވެސް ޖަހައި ނުލައި އިޔާންއަށް ބަލަމުން ދިޔައެވެ. އޭނާގެ އެ ކަސްރަތީ ހަށިގަނޑު ފެނުމުން މުޅިހަށިގަނޑު ގަނޑުވިކަހަލައެވެ. ކުޑަކޮށް ދިގުވެލާފައި އެވާ އިސްތަށިގަނޑުން މޫނުމައްޗަށް ފެންތިކި ތަޅަމުން ދިޔައިރު އެ ފެންތިކިތަކުގެ ނަސީބު ހާދަރަނގަޅޭ ލާނާގެ ހިތަށް އެރިއެވެ. އެރީތި މޫނުގައި ބީހިލުމުގެ ފުރުސަތު ލިބެމުން އެދަނީ ކިހާ މިނިވަންކަމާއެކުގައި ހެއްޔެވެ. އެސްފިޔަޖަހާލަންވެސް ހަނދާންނެތިފައި އިޔާންގެ ޖާދޫގައި ޖެހިފައި ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.

“ލާނާ” އިޔާންގެ އަޑު އިވުމާއެކީ ލާނާގެ ސިހިގެންދިޔައެވެ.

އޭރު އިޔާން ޓީސާޓް ލައިގެން ބޭރަށް ނިކުންނަނީއެވެ. ލާނާވެސް އިޔާންގެ ފަހަތުގައި ހުރެގެން ދިޔައީ ވާހަކަ ދައްކަން ފަށާނެ ގޮތަކާމެދު ވިސްނަމުންނެވެ.

އިރުއޮއްސެމުން ދިޔަވަގުތުކަމުން މުޅިމާހައުލަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ ލާނާއެވެ.

“އިޔާން” ލާނާ ގޮވާލުމުން އިޔާން ބަލާލިއެވެ.

އިޔާންގެ އޮށޯވެގެން އޮތް ޖޯލީގެ ފަހަތުގައި ލާނާ ހުއްޓިލައިގެން ހުއްޓެވެ.

“ހޫނ” އިޔާން ގަޔާނުވެފައި އޮތްކަހަލަ ގޮތަކަށް ޖަވާބު ދިނެވެ.

ދިއްލާފައި ހުރި ފަސްވޯޓް ބޮކީގެ އަލިކަމުގެ ތެރެއިން ލާނާގެ މޫނުނުމަތީގައި ހުރި އަސަރުތަކެއް އިޔާންއަށް ފާހަގައެއް ނުކުރެވުނެވެ. ކުއްލިޔަކަށް ކަރަންޓް ދިޔުމާއެކު ތަނަށް ވެރިވެގެން ދިޔަ އަނދިރިކަމުގެ ސަބަބުން ލާނާ ބިރުގަންނަގޮތްވިއެވެ. ކުއްލިޔަކަށް ގަސްތަކުގެ ތެރެއިން ބުޅަލެއް ކޯޅިގަތް އަޑާއެކު ލާނާއަށް އިޔާންގެ ގައިގައި ހިފައިގަނެވުނެވެ. ލާނާ ބިރުގަނެފައި ހުރިވަރު އިހްސާސް ކުރެވުމުން އިޔާންވެސް ލާނާ ގަޔާ ދުރުކުރާކަށް މަސައްކަތެއްނުކުރެއެވެ.

“އިޔާން އަހަރެން އެއްޗެކޭ ބުނެފިއްޔާ ރުޅިއަންނާނަންތަ” ލާނާ ހަމަޖެހިލަމުން ބުނެލިއެވެ.

“ނޫނޭ ލާނާ އެއްޗެކޭ ބުނެގެން އަހަރެން ރުޅިއަންނާކަށް ނުޖެހޭނެއްނު” އިޔާން ލާނާ ގަޔާ ދުރުކޮށްލަމުން ބުނެލިއެވެ.

“އިޔާން އައި ލަވް ޔޫ ސޯ މަޗް” ލާނާ ހިތްވަރުކޮށްލާފައި ބުނެލިއެވެ.

“ވަޓް” އިޔާންއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ނޫރު (ނަވާވީސްވަނަ ބައި)

Next

އާދޭސް ކުރާ ހިތްވޭ ރޮމުން

Next
January 29, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން

Previews
January 28, 2018

ނޫރު (ނަވާވީސްވަނަ ބައި)

11 Comments!

  1. R says:
    January 29, 2018 at 5:32 am

    Haadha kurey

    1. riya says:
      January 29, 2018 at 3:53 pm

      e ee beynunvi hisaabun ninmaalan vegen

  2. Zee says:
    January 29, 2018 at 5:53 am

    No iyaan and zeek igey pleaseseeee

    1. riya says:
      January 29, 2018 at 3:54 pm

      e ee beynunvi hisaabun ninmaalan vegen

    2. riya says:
      January 29, 2018 at 3:55 pm

      lets see dhen vaane goi,

  3. Fiyaa says:
    January 29, 2018 at 12:21 pm

    V. Nice …love it . Thanks. Waiting for next part.

    1. riya says:
      January 29, 2018 at 3:55 pm

      thanks fiya

  4. Pinky shifoo says:
    January 29, 2018 at 2:26 pm

    Very nice… Waiting for next part

    1. riya says:
      January 29, 2018 at 3:56 pm

      thank u pinky shifoo

  5. Rauoo says:
    January 29, 2018 at 4:37 pm

    Vrh kuru part thah mihaaru nd mi part Adhi vrh kuru

    1. riya says:
      February 2, 2018 at 4:05 pm

      sorry for that

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ސާދަވަނަ ބައި)←


All Right Reserved!