Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..1

Uhthoo Level 210 Stories100 Comments100 Login
January 27, 2018 One Min Read
7 Comments

“ސޮރީ ބެންބެ ހުރި ކަމެއް ނޭނގުނިއްޔޭ..އެނީވޭސް ކޮންގރެޓްސް ބޯތް އެން ލަވް ޔޫ ބޮތް އެ ލޮޓް..ހަނާ ދަނީ ފަހުން ދޯ ދެން ޓްރީޓް އޮންނާނެ ދޯ..؟ ބެންބެ ޗަންކީޗޮކް ވެސް ދޯ…… ހެހެހެހެ ބާއި ސީޔޫ ގައިސް!”އަޔާޒު ގައިގަ ބައްދާލުމަށްފަހު، މައުސޫމް ގޮތަކަށް ހީލަމުން ހަނާ ވަދެގެން ހިނގައްގެއެވެ. 16،17 އަހަރު ވެފަ ހުއްޓަސް ހަނާގެ ހުންނާނީ ޅަގޮތެކެވެ.ޗަންކީޗޮކް އެއީ ހަނާގެ ފެވްރިޓް ކަމުން ލޯބިން އެންމެންވެސް އޭނާއަށް ކިޔަނީ ޗަންކީޗޮކެވެ.

އަނެއްކާވެސް ދެލޯބިވެރިން އެކަނިވީއެވެ. “ރީ ހަޔާ ސްޓަޑީސް އަށް ދާނަންތަ؟”  އެދެމެދުގައިވި  ހިމޭންކަން  ޝިކާރަކޮއްލަމުން، އަޔާޒު އެއްސެވެ.”ޔެސް..އެކަމު އޭގެ ފަހުން ކިޔަވާކަށް ހިޔާލަކު ނެތް…!” ރީމާއެބުނީ 12،11 ކިޔެވުމަށްފަހު، އިތުރަށް ނުކިޔަވާނެ ވާހަކައެވެ. “އަޔާ ޗޫސް ކުރަނީ ޖޮބް ދޯ..؟” އެއްބުމަ އަރުވާލަމުން ރީމާ އަޔާޒަށް ބަލާލިއެވެ. “ނާހް.. އަޔާ ބޭނުން 12،11 ކިޔަވަން އެކަމު ޑޭޑް ގެ ތިންކް ހުރި ގޮތެއް ބަލަން ޖެހޭނީ… އަޔާ ބޭނުންވަންޏާ ޑޭޑް އޯކޭވާނެ…” ހަގީގަތުގައި 12،11 ކިޔަވަން އަޔާޒު އެހާބޭނުން ނުވިޔަސް ރީމާގެ ހިޔާލު އެހެން ހުރީތީ އެނާ ބޭނުންވީ އިތުރު ދެއަހަރު ކިޔަވާލާށެވެ. ރީމާއަށްޓަކާ އޭނާ 100 އަހަރުވެސް ކިޔަވަފާނެއެވެ. އެހާވެސް އެހިތުގައި ރީމާ ޙާއްސައެވެ. މެންދުރުގެ ހޫނުކަން މަގުތަކަށް ވެރިވަމުން ދިޔަ ނަމަވެސް މަޑުވައިރޯޅި އިރުއިރުކޮޅާ ޖައްވުގައި އުދުހިގަނެއެވެ. ގަސްތަކަށް ގޯނާކޮށްލައެެވެ.މެދުމިނެއްގައި ހިނގަމުން އައި ދެމިހުންވެސް ގޭތެރެއަށް ވަދެގެން އައެވެ.ގޯތީގައިވާ ބޮޑު އަނބުގަހުން މުޅިގޯތި ވަނީ ހިޔާވެފައެވެ. އަޔާޒު ގޮސް އިށީނީ ބަގީޗާގައި ވާ ބެންޗުތަކުން ބެންޗެއްގައެވެ. ރީމާ ހިނގައިގަތީ އަންނައުނު ވަށިގަނޑެއް ހިފައިގެން ގެއިން ނުކުމެގެން އައި ފާތުމައާދިމާއަށެވެ ފުރަތަމަވެސް ލިބުނު ކާމިޔާބީ ހާމަކޮށްފައި ފާތުމަގައިގައި ބައްދާލިއެވެ. “މަރުހަބާ.. ދޮނޭ އަށް އިނގިއްޖެ..! އަޔާ ބައްޕަ ގުޅާފަ ބުނީ… މަރުހަބާ އަޔާއަށްވެސް” އެ ދެމީހންގެ އުފާވެރި ހަރަކާތްތައް ބަލަން ދުރުގައި އިން އަޔާޒު ބޯތިރިކޮށްލަމުން ޝުކުރިއްޔާއޭ ބުނެލިއެވެ. “ރީ ދޮނޭގެ  ގަސްކޮޅަށް  ފެންދީބަލަ..  ދޮނޭ  ބިޒީވި ވަރުން  ތިހިރީ  ފެން  ވެސް  ނުދީ އަދި..”  އަންނައުނު  ވަށިގަނޑު  ނެގުމަށްފަހު  ހިނގައިގަންނަމުން  ފަާތުމަ  ބުނެލިއެވެ.  އަތުގައި ހުރިް ފައިލްތަށް  އެތރެއަށް ލުމަށްފަހު،  ރީމާ ނުކުމެ ފެންހޮޅި ތަށްޔާަރުކޮށްލިއެވެ.  އޭރު އަޔާޒު އިނީ ފޯނަށް ގެއްލިފައެވެ.

“އަޔާ.. އިސްކޫރު ދޫކޮށްލަދީބަލަ..” ރީމާ އެހެން ބުނުމުން އަޔާޒު މަޑުމަޑުން ގޮސް އިސްކޫރު ދޫކޮށްލިއެވެ.    ފެންދެމުން  އައިސް ރީމާ ހުއްޓުނީ އަޔާޒު އިން ބެންޗުކައިރިއަށެވެ. އެކަމެއް ފޯނުތެރެއަށް ހުސްވެފއިަހުރި އަޔާޒަކަށް ނޭނގެއެވެ. ފަހަތަށް ޖެހެމުން ގޮސް ބެންޗުގައި އިށީންނަން އުޅުނު އަޔާޒު އަޅައިގަތީ ރީމާގެ ގައިގައެވެ. އަތުން ވިއްސައިގެން ދިޔަ ފޯނުގޮސް ޖެހުނީ ވިނަގަނޑުމަތީގައެވެ. އަޔާޒަށް ރީމާ ހިފަހަށްޓާލެވުނީކިރިޔާއެވެ. ރީމާ ހިފައިގެން ހުރި ފެންހޮޅިހުރީ މައްޗަށް ކަމުން ފެންއަރުވާ ވަޑާމަކުން ފެން ފައިބާހެން ފެންތަށް ފައިބަންފެށިއެވެ. އެ ވަގުތު ތުކޮޅަކީ  ހަނާ އައިސް ވަން ވަގުތެވެ.  މަޑުމަޑުން ގޭތެރެއަށް ވަދެ ކެމެރާ ހިފައިގެން އައިސް ދެތިން ފޮޓޯއެެއް ކެޕްޗާ ކޮށްލިއެވެ.ވަގުތު ދިނުމަށްފަހު ހަނާ ގޭތެރެއަށް ވަނެވެ. ނަމަވެސް މިއިންކަމެއް ދެޒުވާނުންނަކަށް ހިލަމެއްވެސް ނުވެއެވެ.

އެއަށްވުރެ، އެދެމީހުންގެ ހިޔާލީ ދުނިޔެ ވަނީ އެމީހުންނާ  ވަށައިލައިފައެވެ.  ފަސޭހައިން  އަރާއިނުގަނެވޭނެ  ފަދަ  ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ބަދިގެއާދިމާއިން މަޑުމައިތިރި ލަވައެއް އަޑު އިވިއިވި ހުއްޓެވެ.އިތުރަށް އެ މާހަުލު ރޮމެންޓިކްވެފައިވިއެވެ.. ދެމީހުންނަވެސް އެކަކު އަނެކެއްގެ ހިތުގެ ވިންދު އިވޭހެން ހީވި އެވަގުތުކޮޅު އެ ލަވައިންވެސް ބުނެދެނީ ދެ ހިތުގެ ބަސްތަކެވެ….. *ދިމާވީމާ ނަޒަރް..*ވަނީ ގުޅީފައި ލެޔާ.. *ނުދާހެން ތިޔަ އަސަރް… *ގަސްތުގައި ކިޔައިދެމެެ ހިތްއެދޭތީ ޙަބަރް..  އާނއެކެވެ. އަލީރަމީޒްގެ ފަރި އަޑުން ލޯބީގެ ރާގަކަށް އަމުނައިފައިވާ އިޝްގީ ލަފުޒުކޮޅެކެވެ. އެ ޖާދުވީ ބަސްތަށް އެދެމީހުުންގ ގައިގައި ފިރުމަމުންދާ ފެންތިކިތަށްފަދައިން ހިތުގެ ނާރުތަކަށް ބޮސް ދެމުން ދިޔައެވެ.

އަންނައުނު ލައި ނިންމައިފައި އައިސް އައިސް ހުރި ފާތުމަ ހުއްޓުން އެރީ ކުރިމަތިން ފިލްމީމަންޒަރެއް ފެނުމުންނެެވެ. އޭނާ ދެތިންފަހަރަށް ކެއްސާވެސްލިއެވެ. ނަމަވެސް އެދެމީހުނަށް ރޭކާވެސް ނުލިއެވެ. އެންމެފަހުން ފާތުމަ ފެން އިސްކޫރު ބާރުކޮށްލިއެވެ. ސިއްސައިގެން ގޮސް ރީމާ އަވަސް އަވަހަށް އަޔާޒާ ދުރުވެލިއެވެ. އޭރު ފާތުމަ ލާނެތްގޮތަކަށް ހީހީފައި އެތެރެއަށް ވަދެގެން ގޮައްސިއެވެ. ހަނާާ އެއްލޯމަރާލަމުން ތުވާއްޔެއް ގެނެސް އަޔާޒަށް ދިނެވެ. ލަދުން މުޅި މޫނަށް ޖަންބުކުލަ  އަރައިފައި ހުރި ރީމާއަށް ދުއްވައިގަނެވުނީ ގޭތެރެއަށެވެ. އޭނާ ކޮޓަރިއަށް ވަދެ ފުން ނޭވާތަކެއްލައި ހަމަޖެހެން އުޅުނެވެ. ނަމަވެސް ހިތް އޮބިނޯންނަވަރަށް ތެޅެއެވެ. ތެތް އެއްޗެހި ބަދަލުކޮށްލުމަށްފަހު، އެނދުގައި ޖައްސާލީ ބޭރަށް ދާނީ އިރުކޮޅެއްފަހުންނޭ ހިތަށް އަރައެވެ. ދެލޯމަރާލުމުންވެސް ފެންނަނީ އަޔާޒުގެ ކަޅުކަން ގަދަ ދެލޮލެވެ. ކަންފަތަށް އަބަދުވެސް އިވެނީ އަޔާޒުގެ ފިރިހެންވަންތަ އަޑެވެ.

“މީ ބާ އެބުނާ ލޮތްބަކީ.. ދާހާތާކުން ފެންނަހެން ހީވޭ މޮޔވަނީބާ..ކީއްބާ މިވަނީ މިހިތަށް މަގޭ ތިހިޔާލުގަ ނޫން ދުވަހެއް ގައިމޭ ނުދޭ….. އޭ އޭ.. ކޫގެ ޓެޑީ ގޮއްސި އަންނާނަމޯ ހަވީރުން ޕިއްޒާ ކާން ދާންވާނޭ ކިޔާފަ… ރީމާއާ ދިމާކުރަމުން ލަވަކިޔަމުން އައިސް ހަނާވެސް އެނދުގައި ޖައްސާލިއްވެ. ރީމާއާ ދިމާކުރަން ހަނާ އެކީލަވަޔާދޭތެރޭ ރީމާވިސްނައިލިއެވެ. އަސްލުވެސް އެ ކިޔަނީ ރީމާ ހިތާ ސިކުނޑީގެ ތޫފާނުގެ ވާހަކައެވެ. އޭނައަށްވެސް ހުވަފެނެއް އަސްލެއްވަކިކުރަން ދައްޗެވެ. ހޭލާހުންނަ އިރުވެސް ހުވަފެން ފެންނަވަރުންނެވެ. “ޗަންކީ ދަންޏާ ކޫ ދާނީ..” “އާނހް ޔަގީނެއްނު.. ޕިއްޒާއޭ.. ކަޓުވައެއް ނުލެވޭނެއްނު..؟”  ބާލީހުގައި ބޯއަޅައިގެން އޮވެ ރީމާ އެހެން ބުނުމުން ޗޮކެއް ކަނޑާލަމުން ހަނާ ބުނެލިއެވެ. ރީމާގެ ފޯން ވައިބްރޭޓްވުމުން ރީމާ ފޯން ނެގިއެވެ. ހަނާ ނުކުތީ ބޭރަށެވެ.އަދި  އިންބޮކްސް ހުޅުވާލުމާއެކު އެމޫނަށް ހިނިތުންވުން ވެރިވިއެވެ. “އިވްނިން އެޓް ފޯރ ..ވިލް ޕިކް ޔޫ ބޮތް ޓު ޑައިނަމޯ..؟ ” މެސެޖްގައި އިނީ އެހެންނެވެ.

ރީމާ ވަގުތުން ޖަވާބު ލިޔުނެވެ. “އޯކޭ ވިލް ރެޑީ..” .. ފޯން ބޭއްވުމަށްފަހު ބޭރަށް ނުކުމެ ފާތުމަ ކައިރިއަށް ދިޔައެވެ. ހަނާ އޭރު ކާންހަދަން ބަދިގޭގައި އުޅެއެވެ. މެންދުރުގެ ކެއުމަށްފަހު ރީމާ އުޅުނީ ފާތުމަ އަށް އެހީވުމުގައެވެ. ފާތުމަ އެއީ ވަރަށް މޮޅަށް ފަހާ މީހެއްކަމުން އޭނާއަށް ކައިވެނީގެ ހެދުމެއްގެ އޯޑަރު ލިބުމުން އެކަމާއެވެ. ރީމާވެސް އެއީ ނުލާހިކު މޮޅަށް ޑިޒައިން ކުރާ ކުއްޖެކެވެ. އެހާމެ ހިޔާލުވެސް މޮޅުވާނެއެވެ.
“ރީ ވަރަށް ލޯބިވޭދޯ އަޔާ ދެކެ؟” އެނގި ހުރެވެސް ފާތުމަ އެސުވާލު ކޮށްލީ ރީމާ ތަޅުވާލުމަށެވެ. މަލެއްގެ ކަރުގަނޑު ހެދުމަށް އިން ރީމާ ދެލޯބޮޑުކޮށްލަމުން ފާތުމައަށް ބަލައިލިއެވެ. “ހެހެހެ.. ދޮނޭ ތިފެށީ ކޮންކަހަލަ ވާހަކައެއްތަ؟”  ދޮނޭއަށް އިނގެޔޭ…. ނުބުންޏަސް… ތިލޯ ހެކިވޭ.. އެއީ މައްސަލައެއްނޫން.. ލޯބިވުން އެއީކީ… ދެން ބުނެފިންތަ އަޔާ ކައިރީ؟؟ ދޮނޭއަށް ހީވަނީ އަޔާވެސް ދަރިފުޅާ ވަރަށް ގަޔާވާހެން..؟” މަސައްކަތަށް އެހާގަޔާވެގެން އިނަސް ފާތުމަ ބެލީ ރީމާގެ މޫނަށް އަރާ ފައިބަމުންދިޔަ ލޯބީގެ ކުލަތަށް ބަލާށެވެ. ރީމާ އިތުރު ވާހަކައެއްނުދައްކައެވެ. ބަސްމަދު ކިޔަމަންތެރި ކުއްޖެކޭ ފާތުމަ ހިތަށް އެރިއެވެ. އެއީފާތުމަވެސް ރީމާދެކެ އެންމެ ލޯބިވާ އެއްކަމެވެ. ރީމާގެ އެހީތެރިކމާއެކު ހެދުމުގެ ބޮޑުބައެއް ނިންމާލެވުނެވެ. “މަންމާ!! މިއުޅެނީ ބެންބެއާއެކު ޕިއްޒާކާންދާން..ދާނަން ދޯ؟” ފާތުމަގެ ކޮނޑުގައި އެލިގަންނަމުން ހަނާ ބުންޏެވެ. “ތިކުދިން ގޮސްލާ…މަންމަމެން މުސްކުޅިން ޒުވާން ކުދިންނާ އެއްކޮށް ދިޔައިމަ ކަމަކުނުދާނެއްނު….؟” ފާތުމަ އެހެންބުނުމުން ހަނާ ތުންކޮޅު އޫ ކޮށްލަމުން ބުނެލިއެވެ. “ކާކު ބުނީ  މަމް މުސްކުޅިޔޭ…  މަމް ނުލާހިކު ޒުވާން..  ބަލާބަ މިހިރަ ލޯބި ލޯބި ކޮލެއްވެސް.. ޗަބީކަން.. ލަވް ޔޫ.. ދެން އެކަމް ނުބުނަށްޗޭ އެހެން.. މަމް މުސްކުޅިއެއް ނުވާނެ..އޯކޭ ދިޔައީ ރެޑީވާން..” ފާތުމަދެކެ އެހާލޯބިވާނެ ކުދިންކޮޅެއްލިބުނީތީ އޭނާ ހުރީ ނުލާިކު އުފާވެފައެވެ. “ރީވެސް ދެންދޭ ރީތިވާން” ފާތުމަ އެހެންބުނުމުން ރީމާވެސް ކޮޓަރިއާދިމާއަށް މިސްރާބު ޖެހިއެވެ.

“ކޫ” ލަސްވެގެން ހަނާ ގޮވާލިއެވެ. އޭރު އަދި ގަޑިން 3.40 ވަނީ އެވެ. “10 މިނެޓްސް ތެރޭ އެބަ ނުކުންނަން..” ރީމާ މިހެންބުނުމުން ހަނާ އޯކޭ އޭބުނެ ދޮރާށި ކައިރިއަށް ނުކުތެވެ. އެވަގުތަކީ އަޔާޒު އޭނާގެ ރަހުމަތްތެރި އަހުނަފާއެކީ އެގެއަށް ވަންނަން އައި ގަޑިއެވެ. “މީނަވެސް؟؟” އަހުނަފު ފެނި ހަނާ އަޔާޒުގެ ކަންފަތް ބުޑުގައި އެހެން ބުންޏަސް އެއަޑު އަހުނަފަށް ރީއްޗަށް އިވުނެވެ.  “ކީއްތަވީ؟ ބަލަ އަހަރެން ވީމަ ނުދެޥޭނެތަ؟” އަޔާޒު ނިތްއަރުވާލުމުން އަހުނަފް ރަށްދުދިނެވެ. “އޭ ދެން މިގަޑީ ކޯޅޭނެ ކަމެއްނެތް ކޮބާ ރީ؟”އެހެން ބުނިމަށްފަހު ޖަވާބަކަށް މަޑުކުރުމެއްނެތި އަޔާޒު ވަދެގެން ގޮއްސިއެވެ. ހަނާ ތުންކޮޅު އަނބުރާލަމުން ހަށަންބަނދެލިއެވެ. އަހުނަފް ދާކަން ކުރިން އެނގުނުނަމަ، އޭނަ އުޒުރެއް ދެއްކީހެވެ. އެކަމު ދާން ދެން ކިތަންމެ ފޫއްސަކަސް ދެން ކުރެވޭނެ ކަމެއް ނެތެވެ. ހަނާ އަހުނަފް ދެކެ ފޫހިވަތީ އަހުނަފް ވެސް ހަނާދެކެ ރުޅިއާދެއެވ. ނަމަވެސް ހަނާގެ އެ ރީތިކަން އަހުނަފުގެ ހިތުގެ ކޮންމެސް ހިސާބެއްގައި ކުރެހިފައިވެއެވެ. އަހުނަފް އޭނާގެ ހިތަށް ވިސްނައިދިނީ ހަނާ އެއީ އޭނާގެ ޓައިޕެއް ނޫންކަމެވެ. އެއަށްވުރެ އެ ދމެދުގައީވި ގޮތްނޭނގޭ ނަފްރަތުގެ ފާރުގެ އުސްމިން ބުނަން ނޭނގެއެވެ.  ފޯނަށް ގެއްލިފައި ހުރި އަހުނަފް ވަށްކަޅިން ހަނާއަށް ބަލާލިއެވެ. ހަނާއަކީ އަޖައިބުވާހާ ދިގުކޮން ހުންނަ ކުއްޖެކެވެ. މެދުމިނެއްގެ ދޮންމޫނެކެވެ. ދިގު އެސްފިޔަތަކަކާއި އެކު ގަދަނޫކުލައިގެ ކަޅިއެއްގެި ބޮޑުލޮލެކެވެ. މީހަކަށް ބަލަން އެންމެ ހިތްގައިމީ ހަނާ ހީލުމުން ކޮލަށް އެޅިގެންދާ އަޑިކޮޅެވެ. އަތްދިގު ކަޅު ގަމީސް ކަކުލާހަމައަށް އިން އިރު  ތިރިން ހުރީ ޗޮކްލެޓް ސްކިނީއެއް ލާފައެވެ. ކޮނޑާހަމަޔަށް އިން ކަޅުކަންގަދަ އިސްތަށިގަނޑުވަނީ މިނިވަންކަމާއެކީ ދޫކޮށްލެވިފައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތްވެސް ނުލާހިކު ރީއްޗެވެ. ކަރުގައި އަޅުވައިފައި އިން ބޭންޑް ވަރަށްވެސް ހަނާއާގުޅޭމެއެވެ.

ގޭތެރެއަށް ވަދެގެން އައި އަޔާޒު ހުއްޓުން އެރީ ކުރިމަތިން އެހިތުގެ ރާނީ ފެނުމުންނެވެ. އަޔާޒަށް އެސްފިޔައެއްޖެހުންވެސް ބުރަވިއެވެ. މީހަމަ ދުނިޔޭގައިވާ އެންމެ ރީތި މަލިކާ އޭ ހިތަށްއެރިއެވެ. އެރީތިކަން ގަލަމަކުން ސިފަކޮށްލަން ޝާއިރަކަށްވެސް ދަތިވާނެކަން ގައިމެވެ. އެހާވެސް ރީއްޗެވެ. “ލަސްވީދޯ؟” އަތުގައިވި ގަޑިއަށް ބަލަމުން ރީމާ ބުނެލިއެވެ. އޭރު 50 ވަނީއެވެ. “ނޫނޭ ދެން ހަމަ ދާންވީ..” ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެޔޭ ކިޔާ އުސޫލުން ލަސްވެގެން އަޔާޒަށް އެއްޗެކޭ ބުނެވޭނެހެއްޔެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ކުރިން އެނގުނުނަމަ (ބާރަވަނަ ބައި)

Next

ހިތާ ފުރާނައިން… (18)

Next
January 28, 2018

ހިތާ ފުރާނައިން… (18)

Previews
January 27, 2018

ކުރިން އެނގުނުނަމަ (ބާރަވަނަ ބައި)

7 Comments!

  1. Aal says:
    January 27, 2018 at 5:42 pm

    Vrh salhi keep going…. Weldone….

    1. thuhoo says:
      January 27, 2018 at 9:51 pm

      THANKS❤

  2. Pinky shifoo says:
    January 27, 2018 at 7:49 pm

    Mi part vx varah reethi.. ??.. Waiting for next part

  3. Lumm says:
    January 27, 2018 at 9:51 pm

    Lots of mistakes

  4. thuhoo says:
    January 27, 2018 at 10:32 pm

    YEAH .. Thanks .. will correct those on next part?

  5. Aal says:
    January 28, 2018 at 5:59 pm

    Nxt part konirakun kun thrr plxx avahah nerebaaa

  6. Angel says:
    January 30, 2018 at 10:46 pm

    Wow v reeti

Comments are closed.

Next Episodeލޯބިއެހެނަސް..2←


All Right Reserved!