Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (13)

Crystal Level 210 Stories100 Comments
January 29, 2018 4 Mins Read
13 Comments

ކުރީގެ އަދަދާއި ގުޅޭ: ” ދެން ކުރިއަށްހުރި ސެޝަންތަކަށްވެސް އަންނައްޗޭ.. ކޮންނަމެއް ކިޔަނީ؟ ” ޔަޒްދާންއަށް އަހައިލެވުނެވެ.

” ޒާރާ. ” ނަންބުނެފައި އަވަސްއަވަހަށް ޒާރާ އެތަނުން ބޭރަށް ނުކުތެވެ.

” ޒާރާ.. ނަންވެސް ރީތި.. ނަމާ އެއްވަރަށް ޒާރާވެސް އެހާ ރީތި.. ” ޒާރާ ބޭރަށް ނުކުމެގެން ދާތަން ބަލަންހުރި ޔަޒްދާންއަށް ހިތާހިތުން ކިޔާލެވުނެވެ. ޔަޒްދާންހުރީ ކުރިއަށް އޮތް ސެޝަންތަކުގައި ޒާރާއާ އަދިވެސް ބައްދަލުވާނެކަމުގެ ފޮނިއުންމީދުގައެވެ.

އެދުވަހުގެ ފަހުން ސެޝަންތަކުން ޒާރާ ފެނޭތޯ ކިތަންމެ ވަރަކަށް ވެސް ޔަޒްދާންއަށް ހޯދެއެވެ. ފުރަތަމަ ފެނިލުމުން ޔަޒްދާންގެ ހިތާ ކުޅެލި އަންހެންކުއްޖާ ދެކިލުމަށް ޔަޒްދާންގެ ހިތް  އަނެއްކާވެސް އެދެމުންދިޔައެވެ.

އެހެންނަމަވެސް އެއްވެސް ދުވަހެއްގައި ޔަޒްދާންއަކަށް ޒާރާއެއް ނުފެނެއެވެ. ޒާރާ ފެނޭތޯ ފަހަތުސަފުތައް ބެލުމުން ޒާރާ ނުވެސް އަންނަކަން ޔަޒްދާންއަށް އެނގުނެވެ.

*********************

ސެޝަންތަކުގައި ބައިވެރިވާ އަންހެން ކުދިންނަށް ކްލާސް ގަޑީގައި ވެސް ދެއްކެނީ ޔަޒްދާންގެ  ރީތިކަމުގެ ވާހަކައެވެ. އެހެންޏާ އެފަދަ ސެޝަންތަކަށް ނުދާ ކުދިންވެސް އެވާހަކަތައް  އިވިފައި ޔަޒްދާން ނަގައިދޭ ސެޝަންތަކަށް ދާން ފެށިއެވެ.

ބައެއް އަންހެން ކުދިން، ފޭސްބުކުން ޔަޒްދާންގެ ޕްރޮފައިލް ވެސް ހޯދިއެވެ. އަދި ހޯދުމަށްފަހު ފްރެންޑް ރިކުއެސްޓް ތަކާއި މެސެޖްތައް ފޮނުވަން ފެއްޓިއެވެ. އެކުދިންނަށް ޔަޒްްްްްްދާންގެ ޕްރޮފަަަަައިލް ފެެެެނުނީ މޫޗުއަލް ފްްްްްރެންޑުންގެ ގޮތުގަަައި ސްްްްްކޫލުގެ ބަަަަައެއް ޓީީީީީީީޗަރުންނާއި އިސްވެރިން ތިބުުުުުުމުގެ ސަބަބުންނެވެ. ޕްްްްްރޮފައިލްގައި ދާާާން ދާން ޖަަަަަަަހާފައި އޮތްކަމުގައި ވީނަމަވެސް، އެއީ ޔަޒްދާންކަން އެކުދިން ދެނެގަތީ ޕްރޮފައިލް ޕިކްޗަރއަށް ލާފައިވާ ފޮޓޯއަކުންނެވެ.

************************

ފޭސްބުކު ހުޅުވާލިއިރު ބައިވަރު މެސެޖްތަކެއް އައިސްފައި ހުރުމުން ޔަޒްދާން ފަހަރަކު މެސެޖެއް ކިޔަމުން ދިޔައެވެ.

” ސަރ.. އަޅުގަނޑު ކިޔާނީ ސަރ އިނގޭ.. އެކަމަކު .. ޔޫ އާ ސޯ ހޭންޑްސަމް.. ” ,     ” ވަރަށް ލޯބިވޭ.. ” , ” އައި ލައިކް ޔޫ..” ފަދަ މެސެޖްތައް ހުއްޓެވެ. އަދި ރައްޓެހި ވެދާނަންތޯ ވެސް ސުވާލުކޮށްފައި ހުއްޓެވެ. އެމެސެޖްތައް ކިޔަކިޔާފައި ޔަޒްދާން ވަރަށް ހުނުނެވެ. އެކަން ޔަޒްދާންއަށް ވީ މަޖާކަމަކަށެވެ. އެކަމަކު އެއިން އެއްވެސް މެސެޖަކަށް ޔަޒްދާން އެއްވެސް ޖަވާބެއް ނުދެއެވެ.

ފްރެންޑް ރިކުއެސްޓްތައްވެސް ބައިވަރު އޮތެވެ. އޭގެ ތެރެއިން ފެނިފައިވާ، ދަންނަކުދިންހެން ހީވާ ކުދިންގެ ރިކުއެސްޓްތައް ޔަޒްދާން ގަބޫލުކުރިއެވެ.

އެވަގުތު، ކުއްލިއަކަށް ޒާރާގެ މަތިން ޔަޒްދާން ހަނދާންވެގެން ފްްރެންޑް ރިކުއެސްޓްތައް އެއްކޮޅުން އަނެއްކޮޅަށް ބެލިއިރުވެސް ޒާރާގެ ނަމެއް ނުފެނުނެވެ. އެހެންވެ ޔަޒްދާންގެ ހިތަށް ކުޑަކޮށް ތަދުވާގޮތްވިއެވެ.

ފޭސްބުކުން ޒާރާގެ ނަން ޖަހާފައި ޔަޒްދާން ހޯދާލިއެވެ. ޔަޒްދާން ހީކުރިވަރަށްވުރެ އަވަހަށް، ވަރަށް ފަސޭހަކަމާއެކީގައި ފޮޓޯއަކާއެކު ޒާރާގެ ނަން ސާރޗަށް އެރިއެވެ. ޕްރޮފައިލް ބަލާލިއިރު ޔަޒްދާން ރިކުއެސްޓް ގަބޫލުކޮށްފައިއިން ދެކުދިން މޫޗުއަލް ފްރެންޑުންނަށްއިނެވެ.

އެ ރިކުއެސްޓްތައް ގަބޫލުކުރެވުންކަންވެސް އެއީ ނަސީބެކޭ ޔަޒްދާންގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ ސާރޗަށް ޒާރާގެ ނަމެއް ނުވެސް އެރީހެވެ. ޒާރާގެ ޕްރޮފައިލް ކުޑަކޮށް ބަލާލާފައި ޔަޒްދާން ޒާރާއަށް ފްރެންޑް ރިކުއެސްޓެއް ފޮނުވިއެވެ.

**********************

ޒާރާ އޮންލައިންވިތަނާ ޔަޒްދާންގެ ފްރެންޑް ރިކުއެސްޓް ފެނުނެވެ. އެ ރިކުއެސްޓް ޒާރާ ގަބޫލުކުރީ ޒާރާގެ ކްލާހުގައި އުޅޭ ޒިދާންކަމަށް ހީކޮށެވެ. އޭރު، ޔަޒްދާން އިނީ ޕްރޮފައިލް ޕިކްޗަރވެސް ކޮންމެވެސް އެހެން އެއްޗަކަށް ބަދަލުކޮށްފައެވެ.

” ހައި. ” ޒާރާ ފްރެންޑްރިކުއެސްޓް ގަބޫލުކުރި ވަގުތަކީ ޔަޒްދާންއަށް ވެސް އޮންލައިންގައި އިނދެވުނު ވަގުތެވެ. އެހެންވެ ޔަޒްދާން ޒާރާއާ ވާހަކަދައްކަން ފެއްޓިއެވެ.

” ހައި. ޒިދާން ދޯ.. ” ޒާރާ ހީީކުރީ އެއީ ޒިދާން ކަމުގައެވެ.

” ނޫން.. ” ޒާރާއަށް އޮޅުމެއްއެރިކަން ޔަޒްދާންއަށް އެނގުނެވެ.

” އެހެންތަ؟ އަދި ނޭނގޭ ތީ ކާކު ކަމެއް. ޒިދާން ކަމަށް ހީކޮށް މި ފްރެންޑް ރިކުއެސްޓް ގަބޫލްކުރީވެސް.. ” އެއީ އަނެއްކާ ކާކުބާއޭ ޒާރާ ހިތަށްއެރިއެވެ.

” ޒާރާއާ އެއްދުވަހަކު ވާހަކަދެއްކީމެއްނު.. ސްކޫލްގައި އޮތް ސެޝަން އެއް ނިންމާފަ.. ” އެހެންބުނުމާއެކު ޒާރާއަށް ވިސްނިއްޖެއެވެ.

” ހުމްމް.. މީނަ ދޯ މިއުޅެނީ.. ” ހިތާހިތާ ޒާރާ ކިޔާލިއެވެ. ” އާނ އެނގިއްޖެ މިހާރު.. ކިހިނެއްވީ؟ އަސްލު ފްރެންޑް ރިކުއެސްޓެއް ފޮނުވާފަ އިނީމަ މި ހަމަ އަހާލީ.. ” ޒާރާ ބުނެލިއެވެ.

” ކަމެއް ނުވޭ.. އަހަންނަށް ޒާރާ އެނގޭތީ ހިތަށްއެރީ ފްރެންޑް ރިކުއެސްޓެއް ފޮނުވާނަމޭ.. އަސްލު ކިހިނެއްވީ.. ފަހުން ސެޝަންތަކަށް ނާންނަންދޯ.. ” އަސްލު ސަބަބު އެހާ އަވަހަށް ބުނާކަށް ޔަޒްދާން ބޭނުމެއް ނުވިއެވެ.

” އާނ.. އަސްލު ބުނެދީފާނަން.. އެކަމަކު އޭރަށް ރުޅިއަންނާނީ ކަންނޭނގެ.. ” ޒާާރާ ބޭނުންވީ ހަގީގަތުގައިވެސް އެސަބަބު ޔަޒްދާންއަށް ބުނެދޭށެވެ. ” އަހަރެން ރުޅިއެއް ނާންނާނެ.. ބުނެބަލަ ” އަސްލު ސަބަބު އެނގެން ޔަޒްދާންވެސް ބޭނުންވިއެވެ.

” އަސްލު ވީގޮތަކީ އެޓެންޑެންސް މަޖްބޫރު ކޮށްފައި އިނީމަ ދިޔައީ.. ފުރަތަމަ ދުވަހުވެސް އެއްވެސް ކުއްޖަކު އަސްލު ތި ދެއްކި ވާހަކަތަކެއްވެސް އަޑެއް ނާހާ.. ހުރިހާ ކުދިންވެސް ދެއްކީ މައުލޫމާތު ދޭންހުރި ތިޔަބޭފުޅާގެ ހަށިގަނޑުގެ ރީތިކަމުގެ ވާހަކައާ އެކީ އުޅެން ބޭނުންވާ ވާހަކަތަކެއް.. މިކަހަލަ ވާހަކަތަކެއް ދެއްކީމާ މައުލޫމާތު އަޑުއަހަން ވެސް އުދަގޫވޭ.. ” ތަންކޮޅެއް މޫޑު ހަމަޖެހިފައި އިން އެ ގަޑިއެއްކަމުން، އެވާހަކަތައް ޒާރާ ޔަޒްދާންކައިރީ އޮންލައިން އިން ބުނެލީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ.

” އަސްލުވެސްތަ؟ ޒާރާ އަހަންނަށް ބޭފުޅާ ނުކިޔާ ދާން ކިޔާ.. ތިކަހަލަ ވާހަކައެއް އެއްވެސް ކުއްޖަކު ދެއްކި ކަމެއް ނުވެސް އެނގޭ.. ތިކަމުގައި އަހަރެންގެ އެއްވެސް ކުށެއް ނެތެއްނު.. ” ޒާރާ ބުނި ވާހަކައަކުން ޔަޒްދާން ހައިރާންވިއެވެ.

” އާނ.. ތިބޭފުޅާ.. ސޮރީ.. ދާންގެ ކުށް އެބައޮތެއްނު.. ދާންގެ ގަޔަށް ފިޓްވާ ގޮތަށް ޓީޝާޓެއް ލައިގެން ހުރީމާ ސެޝަން ހުރިހާ ކުދިން ބެލީ ސިކްސް ޕެކް އަށް.. ” އެއްވެސް ޖެހިލުމެއްނެތި އެހެންބުނެވުނުއިރު ޒާރާ އިނީ ހީހީ ބަލިވެފައެވެ. އޮންލައިންކޮށް ޗެޓް ކުރަން ތިބީތީ އެމަންޒަރު ޔަޒްދާންއަކަށް ނުފެނުނެވެ.

ޒާރާ ދެއްކި ވާހަކައިން ޔަޒްދާން ކޮންމެވެސް ވަރަކަށް އަޖައިބުވިއެވެ. ” ވަރަށް ގަޓް ހުންނަ ކުއްޖެއް ކަންނޭނގެ ” ޔަޒްދާން ހިތާ ހިތާ ކިޔާލިއެވެ.

” އޯކޭ. ތޭންކްސް ފޯރ ދަ އިންފޯމޭޝަން.. އަހަރެން ތިގޮތް ބަދަލުކޮށްލާނަން.. އެކަމަކު އަހަރެން އެތަނަށް ދިޔައީ ތިކަހަލަ އެއްޗެއް ހިތަށް އަރުވައިގެންނެއް ވެސް ނޫން.. ޒާރާ ބުނީމަ މިއެނގުނީ.. އެއީ އާންމުކޮށްވެސް އަހަރެން ހަމަ ލާ އުޅޭ އެއްޗެހި.. އެހެންނޫނަސް އެއީ އައުރައެއް ނޫނެއްނު.. ” ޒާރާ ދެންބުނަނީ ކީކޭތޯ ބަލަން ޔަޒްދާން ބޭނުންވިއެވެ.

” އާނ.. އެއީ އައުރައެއް ނޫން.. އެކަމަކު ހަމަ އެގޮތަށް ހެދުން އަޅާކަށް ނުވާނެއެއްނު.. އަންހެންކުދިންނަށް ފެންނާނެއެއްނު.. ” ޒާރާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

” ހުމްމް.. އޯކޭ.. ދެން ނުވާނެއޯ.. އަހަރެންގެ ސިކްސް ޕެކް ފެނިފައި ދެން ޒާރާއަށް ގޮތެއްވިތަ؟” ޒާރާގެ ގަޓް ހުރީ ކިހާވަރަކަށްތޯ ބަލަން ޔަޒްދާން ބޭނުންވިއެވެ.

އެސުވާލަށް ޖަވާބުދޭކަށް ޒާރާއަކަށް ނުކެރުނެވެ.  ޔަޒްދާންގެ ހަށިގަނޑު ޒާރާއަށް ނުފެނުންނަމަވެސް، ވާހަކައިގެ އެހިސާބުން ޒާރާ ލަދުގަންނަގޮތްވިއެވެ.

” އަހަރެން އެހެންބުނީމަ ޒާރާ ލަދުގަތީދޯ.. އަހަރެން ހީކުރީ ތިއީ ވަރަށް ގަޓް ހުންނަ އަންހެން ކުއްޖެއްކަމަށް.. ” ޒާރާ އެއްވެސް އެއްޗެއް ނުބުނުމުން ހުރިހާ އެއްޗެއްވެސް ޔަޒްދާންއަށް އެނގުނެވެ.

” ސޮރީ.. ތި ނޫން ވާހަކައެއް ދައްކާފާނަންތަ؟ ” ޒާރާއަށް ބުނެވުނީ އެހެންނެވެ. ” މިނޫން ވާހަކައެއްވެސް ދައްކަފާނަން.. އަސްލުތީ ވަރަށް މަޑުމަޑުން ހުންނަ ރަގަޅު ކުއްޖެއްދޯ.. ޒާރާ ތިވާހަކަ ހަމަ ސީދާ އަހަރެން ކައިރީ ބުނަން ކެރުނީމަ އަހަރެންވެސް ގަޓް ހުންނަ ކުއްޖެއް ކަމަށް ހީކޮށް އެސްޓައިލްއަށް ވާހަކަދެއްކީ.. އެކަމަކު މިހާރު އެނގިއްޖެ ދެން.. ތީ ކޮންކަހަލަ ކުއްޖެއްކަންވެސް.. ” ޔަޒްދާންގެ ވާހަކަ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

” ހުމްމް.. އަސްލު ނުވެސް ބަލަމޭ.. އެކަމަކު ދެން މިވާހަކަ ދެއްކުން ހުއްޓާލެވިދާނެތަ؟ ޕްލީޒް..” އެވާހަކަ އިތުރަށް ދެން ދައްކާކަށް ޒާރާ ބޭނުމެއް ނޫނެވެ. ޒާރާ ފޮނުވާފައި އިން އެމެސެޖް ފެނިފައި ޔަޒްދާންއަށް ވަރަށް ހެވުނެވެ.

” އޯކޭ.. މިއީ ނުދައްކާ ވާހަކައެއް. އެކަމަކު މިހާރު މިތިބީ ދެން ފްރެންޑްސްއަށް ވެފައިދޯ.. އަނެއްކާ އެކަހަލަ ގޮތަކަށް ވާހަކަދައްކާ މީހަކު ޒާރާއަށް އުނދަގޫ ކުރޭތަ؟ އުނދަގޫ ކުރަންޏާވެސް އަހަރެން ކައިރީ ބުނައްޗޭ.. އެކަހަލަ މީހުންނާ ވާހަކަ ދައްކާނެ ގޮތާ ހަދާނެގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ.. ” ޔަޒްދާން އަސްލު ބޭނުންވަނީ ޒާރާގެ މައުލޫމާތާއި ވާހަކަތައް ހޯދާށެވެ.

” ހުމްމް.. ބައެއްފަހަރުދޯ.. އަންނާނެ މަގުމަތިން.. ފަހަތުން.. ” ޒާރާވެސް ތެދަށް ބުނެލިއެވެ.

” އެހެންތަ؟ ކިޔާދީބަލަ.. އޭރަކަށްނު އެނގޭނީ..” އެއްވެސް މީހެއްގެ ފަރާތުން ޒާރާއަށް އުނދަގުލެއް ލިބޭކަމެއް ކުރިމަތިވާކަށް ޔަޒްދާން ނޭދެއެވެ. ޒާރާވެސް އެވާހަކަތައް ދާންއަށް ކިޔާލަދިނެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ޒާރާއާ ދާންގެ ގުޅުން ބަދަހިވަމުން ދިޔައެވެ. ޒާރާއަށް ދިމާވާ ބައެއްކަންތައްތައްވެސް ދާންއަށް ކިޔައިދެއެވެ. ސެޝަންތައް ނިމިފައިވާތީ ދެމީހުން ދިމާވަނީ ޗެޓުންނެވެ.

ޒާރާއަށް ނޭނގިނަމަވެސް ޒާރާގެ ހިތް މަޑުމަޑުން ދާންއަށްޓަކައި ލެނބެމުން ދިޔައެވެ. ކިރިޔާވެސް ދާންއާ ވާހަކަދައްކާ ނުލެވޭ ދުވަހެއް ގޮއްސިއްޔާ ޒާރާ ފޫހިވެސްވެއެވެ. ދާންގެ ޕްރޮފައިލްއާ ފޮޓޯތައްވެސް ޒާރާއަށް ބެލެން ފެއްޓުނެވެ.

” ދާން އަސްލުވެސް ވަރަށް ރީއްޗޭދޯ.. އަނެއްކާ އަހަންނަށް ދާންދެކެ ލޯބިވެވުނީތަ؟ ނޫން ނޫން.. ޗެޓުން ވާހަކަދައްކަމުން ދެން މީހަކު ލޯބިވޭތަ؟ އަދި ލައިކް ކަންނޭނގެ ވަނީ.. ނޭނގެ.. ” ޔަޒްދާންގެ ޕްރޮފައިލް އިން ފޮޓޯއެއް ބަލަން އިނދެފައި ޒާރާ ހިތާހިތާ ކިޔާލިއެވެ.

ޒާރާއާ ވާހަކަދެއްކި ވަރަކަށް ޔަޒްދާންއަށް، ޒާރާގެ ވާހަކަތައް އިނގެމުން ދިޔައެވެ. ޔަޒްދާން އެންމެ އުފާވީ ޒާރާގެ ލޯބިވެރިއަކު ނުހުންނަކަން އެނގުމުންނެވެ. އެއީ ޔަޒްދާންވެސް ބޭނުންވި ގޮތެވެ.

ދާންދެކެ ލޯބިވެވިފައިވާކަން ފަހުން ޒާރާއަށްވެސް އިހްސާސްކުރެވުނެވެ.

އެހެންނަމަވެސް ހިތާމައަކީ ޒާރާގެ ޑައިރީގައި, ދާންގެ އެއްވެސް ވާހަކައެއް އައިސްފައި ނެތްކަމެވެ. އެވާހަކަތައް ޑައިރީގައި އޮތްނަމަ ޔަޒްދާން ކިހާ އުފާވީސް ހެއްޔެވެ. އެހެންނަމަވެސް، ޒާރާއާ ދިމާވި ފިރިހެން ކުދިންގެ ތެރެއިން އެންމެފަހު ވާހަކައަކަށް އޮތީ ރިޝްވާންގެ ވާހަކައެވެ.

އެހެންވެ، ޒާރާ، ދާންދެކެ ލޯބިވާ މިންވަރާއި ލޯބީގެ އިހުސާސްތަކާއި، ލޯބީގައި ޖެހިގެން ޒާރާ އުޅުނު ގޮތުގެ ވާހަކަތައް ދެން ދުވަހަކުވެސް ޔަޒްދާންއަކަށް ނޭނގޭނެއެވެ. އެއީ އެކަންވުމަށް ތަގްދީރުގައި ލިޔެވިފައިވާ ގޮތް ކަމުގައި ވާތީއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން

Next

ތިޔައީ މަގޭ އުފަލަކީ 6

Next
January 29, 2018

ތިޔައީ މަގޭ އުފަލަކީ 6

Previews
January 29, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން

13 Comments!

  1. Friends says:
    January 29, 2018 at 2:11 pm

    Nice but mi part vv kuru dhw dear.waiting 4 next
    . part

    1. Crystal says:
      January 29, 2018 at 2:27 pm

      Yeah mee 900 konmes varakah words. Aslu kiyany 1000 konmes vareh. Aslu dhigu koh liyan ulhefiyya Gina dhuvahun part eh genesdheny vary vaanee.. thankyou

    2. Crystal says:
      January 29, 2018 at 2:28 pm

      ☺

  2. juma says:
    January 29, 2018 at 2:27 pm

    vvv reethi ekam maakuru

    1. Crystal says:
      January 29, 2018 at 2:30 pm

      then faharakun thankolhu dhigu koh genesdheynan balaanan. ☺Thankyou

    2. Crystal says:
      January 29, 2018 at 2:31 pm

      Genesdheveythoa*

  3. Pinky shifoo says:
    January 29, 2018 at 2:49 pm

    Nice

    1. Crystal says:
      January 29, 2018 at 4:13 pm

      Thankyou .. abadhu ves shifoo comment kohllathy varah ufaavey ☺

  4. Yaalaa says:
    January 29, 2018 at 8:27 pm

    Maa kuree….dhigu kn…kn me dhuvahaku up kohbala….mi store wrh wrh salhi ey

    1. Crystal says:
      January 29, 2018 at 11:14 pm

      Thankyou yaalaa.. konme dhuvahaku story genesdheynan varah udhagoo.. type kohgen genevey varu mee.. butw thankolheh dhigukohlaadheynan dhenfahrakun.. ekm more time nagafaane .. thank you ?

  5. chumpu says:
    January 29, 2018 at 11:49 pm

    Me beynume kurukoh viyas Ava’s avaha up kuran alhugadu v Gina vaahaka kiyan bt v comment nukurwvey

    1. Crystal says:
      January 30, 2018 at 3:59 pm

      Thank you chumpu ☺
      Aslu beynun mivahaka nimmaaala dheyn .. mivahaka nugenesdhevi ves varah Gina dhuvas dhiya. Ehnve hafthaa Aku eh faharah vre ginain baeh faharu mi genesdhee.. wed ei hafthaaaku madhuvegen ehfaharu genesdhevenya genesdheveyne dhuvas.. type kureveyvarakun genesdheveytho Hama mibalanee

    2. Crystal says:
      January 30, 2018 at 4:02 pm

      It’s your first comment for my story dho.. ufaavehjje chumpu ☺comment kohlleema

Comments are closed.

Next Episodeޒާރާ (14)←


All Right Reserved!