Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (22)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 30, 2018 10 Mins Read
47 Comments

ޔަޝްމް ގެ މޫނަށް ނަޒަރުހުއްޓައިލައިގެން އޮތް މައިލީން ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. އޭނާ ފޯން ނަގާ މެސެޖް ކިޔާލިއެވެ. ރީތި ގުޑް ނައިޓް މެސެޖެކެވެ. ނަމްބަރަކީ ޕްރައިވެޓް ކޮން ނަގާފައިވާ ނަމްބަރެއްކަމުން ކާކުގެ ނަމްބަރެއްކަމެއް ނޭގެއެވެ. އެހެންނަމަވެސް އޭނާ އަށް މެސެޖްކުރާ މީހަކު ހޯދަން އޭނާ ޝައުގުވެރިވިއެވެ. ކުރިންވެސް މެސެޖް ކޮއްފައި އިން ނަމްބަރަށް ވުމުން ހަމަ އޮޅިގެންބާއޭ އޭނާގެ ހިތަށް އެރިއެވެ.

އޭނާ ފޯން ބާއްވަމުން ނިދޭތޯ އުޅުނެވެ. އޭރުވެސް ވާރޭވެހެމުން ދިޔައެވެ.

ރޭގަނޑުގެ އަދިރިކަމުގެ މައްޗަށް އިރުގެ އަލި އަތް ގަދަކުރަން ފަށައިފިއެވެ. ފަތިހުގެ ފިނިފިނި ވަގުތުގައި މައިލީން ކުޑަދޮރުކައިރީގައި ހުއްޓިލީ ފަތިސްނަމާދު ކޮއްލައިގެންނެވެ. އޭނާ ކުޑަދޮރުތައް ކަހާލަމުން ކާޓެއިން ތައް އެއްފަރާތް ކޮއްލިއެވެ. ރޭގައި ކުރި ވިއްސާރަ ހުއްޓާލާފައިވިޔަސް އެވަގުތު ބީހިލި ވައިރޯޅީތަކުގައި ވެސް އާދަޔާހިޔާފު ފިނިކަމެއްވެއެވެ. އޭނާ ލޯ މަރާލާ ހިނިތުންވުމަކާއެކު ފުން ނޭވާއެއްލިއެވެ. އާއެކެވެ. އޭނާ އަދިވެސް ހިނިތުންވާނެއެވެ. ކެތްކުރާނެއެވެ. ކޮންމެ ދުވަހެއްވެސް ހިނިތުންވުމަކާއެކު ފަށަން މައިލީން ބޭނުން ވެއެވެ. އޭނާގެ ހިނިތުންވުމަކީ އެ ހިތުގައިވާ ހުރިހާ ހިތާމަތަކެއް ފަރުދާ ކޮއްދޭ އެއްޗެކެވެ. އޭގެ ސަބަބުން އެއްވެސް މީހަކަށް އޭނާ ގެ ހިތުގައި އަޅަމުން ދާ ވޭން އިހްސާސްކޮށެއްނުދޭނެއެވެ.

މިއަދަކީ މައިލީން ގެ ރޭގަނޑުގެ ޑިއުޓީ އޮންނަ ރެއެވެ. އެހެންކަމުން ހެދުނުއްސުރެ ހަވީރުވަންދެން އޭނާ ގޭގައި އުޅެން ޖެހޭނީ އެކަންޏެވެ. މައިލީން ފަތިސް ނަމާދަށް ހޭލިގޮތަށް އޮތީ ނުނިދިފައެވެ. ފޯނުން އަޅުވައިގެން އޮތް ފިލްމަކަށް ގެއްލިފައި އޮއްވައި ގަޑިން ހަގަޑި ބައިވެއްޖެއެވެ. އޭނާ ތެދުވެ ފާހާނައަށް ވަދެ މޫނު ދޮވެ ހަދައިގެން ނުކުމެ އެއްޗެހި ބަދަލްކޮއްލައިގެން  ނުކުތީ ސިޓިން ރޫމްއަށެވެ.

ސައިހެދުމަށް ބަދިގެއަށް ވަތް އިރު ޝާލީން ބަދިގެ ތެރޭގައި ހަރަކާތް ތެރިވަމުން ދިޔައެވެ. “ދޮންތަ ހާދަ ހެނދުނަކާ” މައިލީން ބުނެލިއެވެ.

“އާ… ހެހެ. މިރޭ އެއްގޮތަކަށް ވެސް ނުނިދުނު… ފަތިސް ނަމާދަށް ހޭލި ގޮތަށް ހޮޑު ލެވޭތީ މިއުޅެނީ” ޝާލީން އަށް އެހެން ބުނެވޭއިރަށް މައިލީން އައިސް ޝާލީން ގެ ނިތުގައި އަތް ޖައްސާލިއެވެ. “އެކަމް ހުމެއް ނެތް” މައިލީން ބުނެލިއެވެ. “އާނނނ ވެދާނެ ރޯގާ ޖެހެން އުޅެނީ ކަމަށްވެސް…” ޝާލީން މާ ބޮޑަށް އަޅާނުލާ ބުނެލިއެވެ.

މައިލީން ވެސް އެކަމާ އަޅާ ނުލާ ޝާލީން އަށް ސައި ހެދުމުގައި އެހީތެރިވާން ފެށިއެވެ. ޝިޔާޒް އާއި އާރާ އަދި ޝާލީން ހެނދުނު އަށެއްޖަހާއިރަށް ދާން ޖެހޭ ދުވަހަކަށް ވާތީ އެ ދެމީހުން ގެ ހަރަކާތް ތައްވެސް ފުދޭވަރަކަށް އަވަހެވެ.

އެމީހުން ދިޔުމުން މައިލީން އާއި ޔަޝްމް އެކަނިވީއެވެ. އަދިވެސް ޔަޝްމް ހޭނުލައެވެ. އެހެންވެ މައިލީން ވެސް ސޯފާގައި ޖައްސާލާ ޓީވީ ހުޅުވާލީ އަދި ޔަޝްމް ސްކޫލަށް ގެންދަން ޖެހޭ ގަޑި ނުޖެހޭތީއެވެ.

އެހެން އިންނަތާ އިރުކޮޅެއް ފަހުން ޔަޝްމް މަންމީ އޭ ކިޔަމުން ކޮތަރިން ނުކުމެގެން އައެވެ. “ޔަޝޫ… މިލްކް ތަށި ބޭނުން؟ މަންމި ހަދާދޭނަން. އެކަމް ހިނގާ ފުރަތަމަ ދަތް އުނގުޅަން ދާން” ޔަޝްމް ގެ އަތުގައި ހިފައި  މައިލީން ކޮޓަރިތެރެއަށް މިސްރާބުޖެހިއެވެ. ދަރިފުޅަށް ރީތި އާދަތައް އޭނާ ދަނި އަބަދުވެސް ދައްކޮއްދެމުންނެވެ. އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ.

ޔުއާން ހެނދުނުގެ ނާސްތާ ކުރަން ވެސް ފޭބީ އަފްޝީން އައިސް އާދޭސްކުރުމުންނެވެ. އައިކަލް ވެސް އޮފީހަށް ދިޔުމުގެ ކުރިން ކޮންމެހެން ޔުއާން އާ ބައްދަލުކުރަން ބޭނުމެވެ. އޭނާ އޭނާގެ ތިން ދަރިންނާ މިއަދު ވަރަށް ބޮޑު ވާހަކައެއް ހިއްސާކުރަން ބޭނުމެވެ.

އަފްޝީން ގެ ފަހަތުން ސިޑިން ފައިބައިގެން ކާބަޔަށް ވަތް ޔުއާން އަށް އައިކަލް ގެ ނަޒަރު ސީދާވިއެވެ. އައިކަލް އިޝާރާތް ކޮއްލުމާއެކު ޔުއާން އިށީނެވެ.

“ބައްޕަ އެބަޖެހޭ ތި ކުދިންނާ ވާހަކައެއް ދައްކައިލަން” އައިކަލް އެންމެނަށް ބަލާލަމުން ވާހަކަ ފެށިއެވެ. އޭނާ އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން ޒާރިވާ އަށް ބަލާލިއެވެ. ޒާރިވާ ބޯ ޖަހާލުމާއެކު އައިކަލް ވާހަކަ ދައްކަން ފެށިއެވެ.

“ޔުއާން… އާއިކް އަފޫ” އައިކަލް އޭނާގެ ތިން ދަރިންނަށް ގޮވާލީ އެމީހުންގެ ޝައުގުވެރިކަން އަތުލުމުގެ ބޭނުމުގައެވެ. އެވަގުތު އޭނާ އެތަނުގައި އެމީހުނަނަށް ހިދުމަތް ކުޔަރަމުން ދިޔަ ޖޫލީ އަށް އިޝާރާތ ކޮއްލީ އެތަނުން ދިޔުމަށެވެ.

“އާއިކް ވެސް އިނީ ބައްޕަ ދައްކަން އުޅޭ ވާހަކަ އަކަށް ޝައުގުވެރިވެފައެވެ. “މަންމަ ގެ އާއިލާ މާލެ އެބައާދޭ… ބޭނުންވޭ ތި ތިން ބެއިންނާ ބައްދަލުކޮއްލަން. ބައްޕަ އެމީހުނަށް މާފު ކޮއްފިން” އައިކަލް އިއްވާލިއެވެ.

އައިކަލް ގެ ބަހާ އެންމެ ނުރުހުނީ ޔުއާންއެވެ. “އެކަމަކު” “މަންމަ އަކީ ހިތް ހެޔޮ މީހެއް. މާފުކުރާނެ. އަބަދުވެސް އެހެންމީހުން ގެ އުފަލަށް އެދޭނެ. މަންމަ ދުނިޔޭގަ ހުރިނަމަވެސް ބޭނުންވާނެ މިގޮތަށް ކަންތައް ވާން” އާއިކް ޔުއާން ގެ ޖުމްލަ މެދުކަނޑާލަމުން ބުނެލިއެވެ. އައިކަލް ގެ ކުރިމަތީގައި ބާރަށް އެއްޗެއްބުނާކަށް ޔުއާން އަކަށް ނުކެރުނެވެ. އެހެންނަމަވެސް އޭނާގެ މޫނަށް ބަލާލާފައި އެ އިނީ ވަރަށް ނުރުހުން ވެފައިކަން އެނގޭނެއެވެ.

“ދޮންބޭ… މަންމަ މަރުވުމުގެ ކުރިން ބުންޏެއްނު. މާފު ކުރަން ވާނޭ. ކުށް ވެސް ކުރެވޭނީ އިންސާނުންނަށޭ” އާއިކް އޭނާގެ ބައްޕަ އާއި އެއްބައިވިއެވެ. އެއާއެކު އައިކަލް އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ދެން އޭނާ ބަލާލީ އަފްޝީން އަށެވެ. އަފްޝީން އެއްޗެކޭ ނުބުނެ ޔުއާން އަށް ބަލާލިއެވެ. އޭނާ ދެން އައިކަލް އަށް ބަލާލަމުން ބޯ ޖަހާލިއެވެ.

ނާސްތާ ނިންމާލުމަށްފަހު ޔުއާން އަނބުރާ ދިޔައީ ކޮޓަރިއަށެވެ. އޭނާގެ ސިކުނޑި ފަޅައިގެން ގޮސްދާނެއެވެ.

އާއިކް އާއި އައިކަލް މިސްރާބުހެހީ އޮފީހަށެވެ. ޔުއާން ކޮޓަރިއަށް ވަދެ އޭނާގެ ފޯން ނަގާ ކޮންމެވެސް ނަމްބަރަކަށް މެސެޖެއްކޮއްލިއެވެ.

އާއިކް އޮފީހަށް ދިޔައިރު އާރާ އުޅެއެވެ. އޭނާ ދުރުގައި އާރާއަށް ބަލަން ހުއްޓެވެ. ކައިރިއަށް ގޮސް ވާހަކަ ދައްކައިލަން ހިތް އެދުނު ކަމުގައި ވިޔަސް ދިޔުމަށް އޭނާ ހުރީ ނުކުޅެދިފައެވެ. އާރާ އަށް އެއްލި ކަޅިއަކުން އާއިކް ލޮލުގައި އަޅައިގަތެވެ. އޭނާ ދެން އަލުން ކޮންޕިއުޓަރ ސްކްރީނަށް މޫނު އަނބުރާލިއެވެ. އެހެންނަމަވެސް އަދިވެސް އާއިކް އެ ހުރިތާ ހުރިހެން ހީވުމާއެކު އާރާ ކުއްލިއަކަށް ތެދުވެ ބަލައިލިއެވެ. އެއާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. އާއިކް ހުރީ އޭނާ އާ ދާދި ގާތުގައެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލަން ހަދާލެވުނު ގޮތަކުން ގޮޑީގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ. އެއާއެކު އާއިކް އޭނާ ދަމައިގަތެވެ. އާރާ ތަތްވީ އާއިކް ގެ މޭމަތީގައެވެ. އެވަގުތު އާއިކް ގައިން ދުވި މީރުވަހުން އޭނާއަށް ނޭފަތް އެރެތެއަށް ދަމާލެވުނެވެ. އާރާ ތެޅިގަނެފައި ދުރަށް ދިޔުމަށް އުޅުނެވެ.

އެހެންނަމަވެސް އާއިކް އޭނާގެ ގައިގައި ހިފައްޓާލާފައިވަނީ އެއަށްވުރެ ބާރަށެވެ. “ސޮރީ އާރާ” އާރާ މަޑު ޖެހިލީ އާއިކް ގެ އެ ބަހުންނެވެ. އާއިކް މާފަށް އެދެނީ ކީއްވެހެއްޔެވެ؟. އާރާ އަނެއްކާވެސް އާއިކް ގެ އަތުގެ ތެރެއިން ސަލާމަތް ވާން އުޅުނެވެ. އާއިކް އަށް މިކަމުން ލިބުނީ ބޮޑު ބޮލު ރިހުމެކެވެ.

“އާއިކް ސޮރީ ބުނާކަށް ނުޖެހޭނެ… އަހަރެން ދޫކޮއްލާ” އާރާ އަށް އެހެން ބުނެވުނު އިރު އޭނާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. “އަހަރެން ދޫކޮއްލަން ބޭނުން ނުވެއްޖެއްޔާ” އާއިކް ބުނެލިއެވެ. “އާއިކް އަހަރެންނެއް ބޭނުމެއްނުވާނެ… ނުވާނެ ލޯތްބެއް. އާއިކް އަކަށް ނޭގޭތަ އަހަރެން…..” އާރާ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލިއެވެ. “އަހަރެން…..” އާއިކް އެހެންބުނެލިއެވެ. “އަހަރެންނަށް މިކަމުން އުނދަގޫވާވަރެއް” އާރާ ބުނެލިއެވެ. އާރާ ތެޅެން ފެށުމާއެކު އާއިކް އަށް އުނދަގޫވަމުންދިޔައެވެ.

“އައި ލަވްޔޫ އާރާ އައި ލަވް ޔޫ… ނޯ މެޓާ ހައު މަޗް އައި ޑެނީ އައި ރިއަލީ ލަވްޔޫ އައި ލަވްޔޫ” އާއިކް އަށް ބުނެވުނެވެ. ވަގުތުން އާރާގެ ހަރަކާތް ތަކަށް ހުއްޓުމެއް އައެވެ. އޭނާ އަށް ދެލޯ ބޮޑުކޮއްލެވުނެވެ. އައި ރުޅީގައި އާއިކް އަށް މިބުނެވުނީ ކީކޭ ކަން ރޭކާލެވުނީ މާ ފަހުންނެވެ. އޭނާ އާރާ އެ ހުރިގޮތަށް ދޫކޮއްލުމަށްފަހު ނުކުމެގެން ދިޔައީއެވެ. އާރާ ޖެހި ހިލައިގެ ބުދެއްހެން ހުއްޓިހުރީއެވެ. ބުނާނޭ އެއްޗެއް ހަދާނޭ ގޮތެއް އޭނާގެ ސިކުނޑިއަކަށް ނަޔެވެ. އެހެން ހުރެފައި ގޮޑިއަށް ވެއްޓި ގަނެވުނީއެވެ. އޭނާގެ ހިތް އަވަސްވެފައިވިއެވެ. ނޭވާ ކުރުވެފައިވިއެވެ. ފުރަތަމަ ފަހަރަށް ހަޔާތުގައިވެސް ފިރިހެނަކު “އައި ލަވް ޔޫ” އޭނާއާ ދިމާލަށް  ބުނެފިއެވެ. އެވެސް އެންމެ ބޭނުންވި މީހާއެވެ.

ލިބުނު ޝޮކުގައި ހަދާނެ ގޮތް އޭނާއަށް ހުސްވިއެވެ.

އެތައް ޖަޒުބާތުތަކުގެ އޮއިވަރުގައި ޖެހި އުފަލުން ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ނަށާލަން ބޭނުނުވިއެވެ. އެނބުރިލާ ހުވަފެނީ އާލަމަކަށް ގެއްލެން ބޭނުންވިއެވެ.

އާއިކް ގޮސް ގޮނޑިއަށް ވެއްޓިގަތެވެ. އޭނާ ގެ ހިތް ވެސް ދިޔައީ ބާރަށް ތެޅެމުންނެވެ. އެއީ ހަގީގަތުގަވެސް އޭނާގެ ހިތުގެ އަޑެވެ. އޭނާ އާރާދެކެ ހަގީގީ ލޯބިވެއެވެ. މިއަދު އޭނާއަށް އެކަން ޔަގީންވިއެވެ. އެއާއެކު ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅެލިއެވެ.

ކުއްލިއަކަށް މެއިލް އެއް އައުމާއެކު އާރާ އެ ހުޅުވާލިއެވެ. އެއަކީ މިއަދު ޕްރިންޓް ކޮއްފައި އާއިކް އާ ހަވާލު ކުރަން ޖެހޭ އެއްޗެކެވެ. އެހެންނަމަވެސް އޭނާ އާއިކް ގެ ކުރިމައްޗަށް ދާކަށް ބޭނުމެއްނޫނެވެ.

ދިޔުން ނޫން ގޮތެއް ނެތުމުން ފައިލް ޕްރިންޓް ނެގުމަށްފަހު ތަރުތީބުކޮއް ފައިލް ކޮއްފައި އާއިކް ގެ ބަޔަށް ވަންނަން އާރާ ޓަކި ޖަހާލިއެވެ. އޭނާއެކު އާއިކް ވަންނާށޭ އިނގިރޭސިބަހުން ބުނެލިއެވެ.

އޭނާ ފައިލް މެޔާލާ ބޮޑިކޮއްލައިގެން ހުރެގެން ވަނެވެ. އާރާ ފެނުމުން އާއިކް ހީލިއެވެ އަދި އިށީނުމަށް ބުންޏެވެ.

އާރާ އިށީދުނެވެ. އެހެންނަމަވަވެސް އޭނާ އިނީ އިސްޖަހައިގެންނެވެ. “އައި ލަވްޔޫ އާރާ. އަހަރެން އެކްސެޕްޓް ކުރާނަންތަ؟” އާއިކް ކުއްލިއަކަށް ބުނެލިއެވެ. އެއާއެކު އާރާއަށް އިސްއުފުލާލެއްވިއްޖެއެވެ. ހަމަ އެހާއަވަހަށް އަނެއްކާވެސް އިސްޖާހާލިއެވެ. މިފަހަރު އާރާގެ ތުންފަތް މަތީގައި ވަނީ ލަދުރެކި ހިނިތުންވުމެކެވެ. އާއިކް ދެތިން ފަހަތު ސުވާލު ތަކުރާރު ކޮއްލުމުންވެސް އާރާގެ ފަރާތުން ޖަވާބެއްނުލިބުނެވެ.

“އައި ލައިކް ޔޫ އާރާ… އައި ލަވް އެވްރީ ސިންގަލް ތިންގް އެބައުޓް ޔޫ… އައި އެމް ނޮޓް ކޮންފިޔުޒްޑް އެނީމޯ… އައި ވޯންޓް ޔޫ އޮންލީ ޔޫ” އާއިކް ގެ އެ އިބާރާތުން އާރާ ހައްތަހާ ބޮޑަށް ލަދުގަތީއެވެ. އޭނާ ތެދުވެ ދުއްވައިގަތެވެ. އާއިކް ދެފަރާތަށް ބޯ ހޫރާލަމުން ފައިލް އަށް ސަމާލުކަން ދިނެވެ.

އޮފީސް ނިމިގެން އާރާ ދާން އުޅެނިކޮއް އާއިކް އެދުނީ އޭނާއާއެކު ކާރުގައި ދިޔުމަށެވެ. އާރާ ލަދުން ހުރެފައިވެސް އާއިކް ދެތިން ހަތަރު ފަހަރު ބުނުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ. އައިކަލް ނިންމަންޖެހޭ ކަމެއް އޮތުމުން އޭނާ އެދުނީ އާއިކް ގާތު ދިޔުމަށެވެ. ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓައިލައިގެން ހުރި އައިކަލް އަށް އާއިކް ފެނުނެވެ. އޭނާއަށް ދެން ފެނުނީ އާއިކް ގެ ކާރުގެ އަނެއްފަރާތަށް އަރަން ދިޔަ އަންހެންކުއްޖާއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ދެއަތް ދެއަތާ މޮޑެމުން ދިޔަ އާރާ އިނީ ހާސްވެފައެވެ. އެކަން އާއިކް އަށް އެނގެއެވެ. އޭނާ އާރާގެ އަތުގައި އެތްއަތުން ހިފާލިއެވެ. އެއާއެކު އާރާއަށް އޭނާގެ ދެ ލޯ މަރާލެވުނެވެ. “އަހަރެން އެކްސްސެޕްޓް ކޮއްފިންތަ؟” އާއިކް އަހައިލިއެވެ. “އާއިކް” ކުއްލިއަކަށް ޖެހިގެން އޮތް ގޯޅިން އެރި ލޮރީއެއްފެނުމާއެކު އާރާ އާއިކް އަށް ގަވާލަމުން ދައްކާލިއެވެ. އާއިކް އަށް އޭގެން ނައްޓާލެވުނީ ކިރިޔާއެވެ.

އާރާ އަށް ކިޔުނީ އާއިކް ގެ ނަމުންކަމުން އޭނާ ލަދުގަތެވެ. “އައެމް ސޮރީ ސާރ” އާރާ ބުނެލިއެވެ. އާއިކް އަށް ހެވުނީއެވެ. “ވަޓް ހެޕެންޑް ސާރ” އާރާ އަހައިލިއެވެ. އާރާގެ މައުސޫމްކަން މިފަހަރުވެސް އާއިކް ގެ ހިތާ ކުޅެލައިފިއެވެ. އާރާ އޭނާއަށް ޖެއްސީ ކޮންފަދަ ޖާދޫއެއްހެއްޔެވެ؟.

ގެއާ ހިސާބަށް އާދެވުމާއެކު އާރާ އަވަސް އަވަހަށް ފޭބިއެވެ. އަދު ދުއްވާފައި ގޮސް ގެއަށް ވަނެވެ. އާރާ ގޮސް ލޯމަތިން ގެއްލުމާއެކު އާއިކް ވެސް ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

ޔަޝްމް މިއަދު ސްކޫލަށް ގޮސްފައި ކުއްޖަކާ ހިފައިގެނެގެން އައީ ބޯ ފަޅައިލައިގެންނެވެ. މައިލީން ހުރި ކަންތައް ބޮޑުވެފައެވެ. އާރާ ގެއަތް ވަތް އިރު ޔަޝްމް ގެ ބޯ ފެނިގެން ސުވާލުކުރިއެވެ. “ކީކޭ ބުނާނީ އާރާ… މިއަދު ކޮންމެވެސް ކުއްޖަކާ ތަޅައިގަތިއޯ” މައިލީން ދެފަރާތަށް ބޯ ހަލުވާލަމުން ޖަވާބުދިނެވެ. “ވަރަށް ބޮޑަށްތަ؟”

“ނޫން އެހާ ބޮޑަކަށް ނޫން” މައިލީން އާރަގެ ސުވާލަށް ޖަވާބުދިނެވެ. “ކޮބާ ދޮންތަ އާ ދޮންތަބޭ” އާރާ ސުވާލުކޮއްލިއެވެ. އެއާއެކު އޭނާއަށް ވަރަށް ބާރަށް މީހަކު އޯކާ ދެމިގަތް އަޑު އިވުނެވެ. “ކިހިނެތްވީ ދޮންތަ އަށް ވީ؟ ބަލިވީ؟” އާރާ އަހައިލިއެވެ.

“ބައްޔެއްނުވޭ. މިއަދު ހެނދުނު ހޭލިއްސުރެ ވާގޮތަކޯ… ސްކޫލް ގަވެސް ކެވުނު އެއްޗަކުން ހޮޑު ލެވުނީއޯ”މައިލީން ބުނެލިއެވެ.

“ޔޭ… ދޮންތަ ޕްރެގް ވީ ކަންނޭގެ. އަލްޙަމްދުލިއްލާހި” އާރާބުނެލިއެވެ. އެއާއެކު މައިލީން އަށް ވެސް ވިސްނާލެވުނެވެ. މި ހަފްތާގައި ހެދުނު އޭނާ ތެދުވާ ގަޑީގައި ދޮންތަ އޯކާ ދެމޭ އަޑު އޭނާއަށް އިވެއެވެ. އަނެއްކާ ދޮންތަ އަސްލަށް ވެސް ބަނޑު ބޮޑުވީބާއެވެ.

މައިލީން އަށް އޭނާގެ އަނގަ މަތީގައި އަތް އަޅާލެވުނެވެ.

“މަންމީ….” ޔަޝްމް މައިލީން އަށް ގޮވާލިއެވެ. މައިލީން ޔަޝްމް އާ ދިމާލަށް ބަލާލިއެވެ. އެވަގުތު އޭނާއަށް ފެނުނީ ޔަޝްމް ނޭވާއަށް އުނދަގޫވެގެން އުޅޭތަނެވެ. އޭނާގެ ހިތް ހުއްޓުނު ފަދައެވެ. އާރާއާ ދިމާލަށް ބަލާލިއިރުވެސް ހުރީ ރޮވިފައެވެ. އޭނާ ޔަޝްމް ގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ކުޑަކޮއް ތަޅާލިއެވެ. އޭރު އޭނާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

އިރުކޮޅަކުން ޔަޝްމް ހަމައަކަށް އެޅިލިއެވެ. އޭނާ ޔަޝްމް ގޮވައިގެން ކޮޓަރިއަށް ވަދުނީ ޔަޝްމް އެނދުގައި ބާއްވާލުމަށެވެ. ޔަޝްމް މި ވަގުތު މަޑުން އޮތެވެ. ހީވާގޮތުން އޭނާ އަދިވެސް އުޅެނީ މެއަށް ތަދުވާތީއެވެ.

ރޭގަނޑު މައިލީން ޑިއުޓީ އަށް ދާން ނުކުތް އިރުވެސް ޔަޝްމް އަށް އޮތީ ނިދިފައެވެ. އޭނާ  ދިޔައީ އާރާ އަދި ޝާލީން ގާތުވެސް ޔަޝްމް އަށް ރަނގަޅަށް ބެލުމަށް ބުނުމަށްފަހުއެވެ.

މައިލީން ޑިއުޓީއަށް ދިޔައިރު ޔުއާން ވެސް އައިސް ވަންނަނިއެވެ. އޭނާ މައިލިން އާ ދިމާލަށް މިސްރާބުޖެހާފައި ހުއްޓާ އައި ނައި ތަނެއް ނޭގި ޖަޒިލް އައިސް މައިލީން އާ އަރާހަމަކުރިއެވެ. ޖަޒިލް ފެނުމާއެކީ އެމޫނުމައްޗަށް އައި އުޖާލާކަން ޔުއާން ގެ ހިތަށް ތަދުކުރުވިއެވެ. އޭނާ ގެ ދެއަތް މުށް ކެވިގެން ދިޔައެވެ. ހެމުން ހެމުން އެތެރެއަށް ވަދެގެން ދިޔަ މައިލީން މެންގެ ފަހަތުން އޭނާވެސް މިސްރާބުޖެހިއެވެ. ވަކިހިސާބަކުން މައިލީން ދޫކޮއްލުމަށްފަހު ޖަޒިލް މިސްރާބުޖެހީ އެމަރޖެންސީ އާ ދިމާލަށެވެ. މިތަން ފެނި ޔުއާން ފިޔަވަޅުތަކަށް ބާރުލަމުން ޔުއާން އައިސް މައިލީން އާ އަރާހަމަކުރިއެވެ.

މައިލީން ހީކުރީ ޖަޒިލް ކަމަށެވެ. “އަނެއްކާވެސް ޖަޒިލް…”އެހެން ބުނެފައި ބަލާލި މައިލީން ގެ ނޭވާ ކަރުތެރޭގައި ތާށިވިކަހަލައެވެ. ޔުއާން މައިލީން ގެ އަތުގައި ހިފަމުން ގޮސް ލިފްޓަށް ވަދުނެވެ. އެވަގުތު އެ ދިމާލަށް ބަލާލި ޖަޒިލް އަށް މި މަންޒަރު ވަރަށް ރިއްޗަށް ފެނުނެވެ. އޭނާ ޔުއާން އާއި މައިލީން ގެ ގުޅުން ބަލަން ބޭނުމެވެ.

އެހެންކަމުން އޭނާ ވެސް ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ. ދުރުގައި ބަލަން ހުރި ރީކާ އަށް ވެސް މި މަންޒަރުފެނުނެވެ. އޭނާ ފޫހިކަމާއެކު ތުން އަނބުރާލިއެވެ.

ޔުއާން މައިލީން ގޮވައިގެން ދިޔައީ ނުވަނަ ފްލޯއަށެވެ. އޭނާ ގެ ރޫމަށް ދެވުމާއެކު މައިލީން ހޫރާލީއެވެ. މައިލީން ގޮސް ވެއްޓުނީ ސޯފާއަށެވެ. “ޔުއާން ކިހިނެތް ވެގެންތަ ތިއުޅެނީ” މައިލީން ވެސް ގޮތް ދޫކުރާކަށް ބޭނުމެއްނޫނެވެ. އޭނާވެސް ބާރަށް ބުނެލިއެވެ. ތެދުވަމުން މިސްރާބުޖެހީ ދޮރާ ދިމާލަށެވެ. “އަހަރެން ޔުއާން އަށް ނަފްރަތު ކުރަން” ދަމުން މައިލީން ބުނެލި ޖުމް އާއެކު ޔުއާން އަނެއްކާވެސް މައިލީން ގެ އަތަށް ދަމާލާ އޭނާއާ ސީދާކުރުވިއެވެ. “އަދި އެއްފަހަރު ބުނެބަލަ” ޔުއާން ގެ އަޑުގައި ރުޅިވެރިކަން ވިއެވެ. “އަހަރެން ޔުއާން އަށް ނަފްރަތު ކުރަމޭ” މައިލީން އެހެން ބުނިކަމުގައި ވިޔަސް އެ ލޮލުން ޔުއާން އަށް އެހެން ވިދުމެއްވެސް ފެނުނެވެ.

“މައިލީން ތަކުރާރުކޮއް އެހެން ބުނުމުން ޔުއާން މައިލީން ގެ އަނގަޔަށް ފިތާލިއެވެ. ތަދުވެގެން މައިލީން އަށް އަޑެއް ލެއްވުން ނޫން ކަމެއްވެސް ނުކުރެވުނެވެ.

“ކުއްލިއަކަށް ދޮރުހުޅުވާލާފައި ވަތް ޖަޒިލް ފެނި ދެމީހުން ވެސް ސިހިއްޖެއެވެ. ޔުއާން ހަދާންވީ ދެނެވެ. ތަޅުލާން އޭނާ ހަނދާން ނެތުނީއެވެ. އޭރުވެސް ޔުއާން ހުރީ މައިލީން ގެ އަނގަމަތީގައި ހިފައިގެނެވެ.

ކުއްލިއަކަށް ޖަޒިލް އައިސް ޔުއާން ގެ އަތް ނައްޓާލަމުން މައިލީން އޭނާގެ ފުރަގަހަތަށް ލިޔެވެ. އޭރު މައިލީން ގެ ލޮލުން ކަތުނަ އާދެއެވެ. ހިތުގައި ލައްވާފައި ދިޔަ ޒަހަމްތައް ކުޑަކަމުން ޔުއާން އޭނާއަށް އަނިޔާ ކުރަންވެސް ފެށީހެއްޔެވެ؟.

“މައިލީން ގައިގައި އިނގިލި ކުރިވެސް ޖައްސާލައިގެން ނުވާނެ” ޖަޒިލް ޝަހާދަތް އިނގިލި ދިއްކުރަމުން ޔުއާން އަށް ބުނެލިއެވެ. “ތީ ކާކު. އޭނަގެ ފިރިމީހާތަ” ޔުއާން ގެ ރުޅި ހައްތަހާ ވީ އިތުރެވެ.

“އަހަރެންގެ އަންހެނުންނަށް ނުވިޔަސް ތިމާއަށް އެނގެން ޖެހޭނެ އެއީ މީހެއްގެ އަންބެއްކަން. ދަރިއަކު ހުރިކަން” ޖަޒިލް ބުނެލިއެވެ. އެއާއެކު ޔުއާން އަށް ސިހުންގެނުވައިފިއެވެ. މައިލީން ހަގީގަތުގައިވެސް މީހަކާ އިނީއެވެ. އޭނާ މަތިން ހަނދާން ނައްތާލީއެވެ. އެހެން ހިތަށް އެރުމާއެކު ނުތަނަވަސް ކަމެއް މުޅި ހަށިގަނޑުގައި ދަތުރު ކޮއްލައިފިއެވެ.

ޖަޒިލް މައިލީން ގެ އަތުގައި ހިފައިގެން ޔުއާން ގެ ރޫމް އުން ނުކުތެވެ. އެއާއެކު މައިލީން ޖަޒިލް ގެ އަތް ނައްޓުވާލިއެވެ. “އައި އެމް ނޮޓް މެރީޑް ޖަޒިލް” މައިލީން ބުނެލިއެވެ.

ޖަޒިލް ހިނިތުންވެލުން ނޫން ކަމެއްނުކުރިއެވެ. އޭނާ މައިލީން އާއެކު ގޮސް ވަނީ އޭނާއަށް ހާއްސަ ކޮޓަރިއަށެވެ.

އޭނާ އިށީންނަމުން މައިލީންއަށް ވެސް އިށީނުމަށް އިޝާރާތް ކޮއްލިއެވެ. އެއާއެކު މައިލީން ވެސް އެތާހުރި ސޯފާއި ޖަޒިލް އާ ކުރިމައްޗަށް ވާގޮތަށް އިށީނެވެ.

“އިލީ އާ އޭނައާ އޮންނަނީ ކޮން ގުޅުމެއް” ޖަޒިލް އަހައިލިއެވެ. އެއާއެކު މައިލީން ސިހުމާއެކު ޖަޒިލް ގެ މޫނަށް ބަލާލިއެވެ. “އެއްވެސް ގުޅުމެއް ނޯވޭ” މައިލީން ބުނެލިއެވެ. “އިލީ އާ އެކު ހުރީ ކާކުގެ ކުއްޖެއްތަ؟” މައިލީން ހަދަނީ ކަނޑައެޅިގެން ދޮގުކަން އެނގިހުރެ ޖަޒިލް ސުވާލުކޮއްލިއެވެ. އޭނާ އިނީ މައިލީން ގެ މޫނުމައްޗަށް އަރަމުން ދާ ކުލަވަރު ބަލާށެވެ. މައިލީން ގެ މޫނުމަތިން ފެނުނު ޖެހިލުންވުމާ ހިތްދަތިކަން އޭނާއަށް ނަގައިގަނެވުނެވެ.

“އައި ނީޑް ޓް ގޯ…” މައިލީން އަވަސް އަވަހަށް ޖަޒިލް ގޮވަ ގޮވާ ހުއްޓާވެސް ނުކުމެގެން ދިޔައީއެވެ. “ވަޓްސް ހެޕެނިންގް އިލީ” އޭނާއަށް ބުނެވުނެވެ.

އަނބުރާ ނުވަވަނަ ފްލޯއަށް ގޮސް މައިލިން ކައުނޓާރ ގައި އިށީނެވެ. އޭނާ ގެ ސިނކުނޑި ފަޅައިގެންގޮސްދާނެއެވެ. ވަޒީފާއިން އަވަހަށް ވަކިވާންވީ ކަންނޭގެއެވެ. ތަފާތު ހިޔާލުތަކުން އޭނގެ ސިކުނޑި ފުނިޖެހެމުން ދިޔައެވެ.

“ކާކުތަ އެއީ މައިލީން؟” ކުއްލިއަކަށް ކުރިމަތިން އިވުނީ ޔުއާން ގެ އަޑެވެ. “ޔުއާން ގާތު ބުނާކަށް ނުޖެހޭނެ” މައިލީން ބުނެލިއެވެ.

“ޑޮކްޓަރ ޔުއާން. ޕްލިޒް ކަމް ސޫން” އެތަނުން ނަރުސްކުއްޖަކު ގޮވާލާފައި ވަރަށް އަވަހަށް އައިސީޔޫއަށް ވަނުމަށް ބުންނޏެވެ. ޔުއާން ދަމުން ވެސް މައިލީން އަށް އަވަސް ނަޒަރެއްދިނެވެ.

ޖެހިގެން އޮތް ވަގުތުގައި ޔުއާން ގެ މާ ބޮޑު އުނދަގުލެއް މައިލީން އަކަށް ނުޖެހުނެވެ. އެހެންކަމުން އޭނާ އިނީ ހަމަޖެހިފައެވެ.

ޖެހިގެން އައި ދުވަހަކީ ސަރުކާރު ބަންދުދުވަހެކެވެ. އެހެންކަމުން ޝާލީން ބުނީ ހަވީރު އެންމެން ރަސްފަންނަށް ދާވާހައެވެ. ދެކޮޅު ހަދަން ބޭނުންވި ކަމުގައިވިޔަސް ދެކޮޅު ހަދާކަށް މައިލީން އަކަށް ނުކެރުނެވެ. އާރާވެސް ކިޔާވަރުންނެވެ.

މައިލީން އުޅުނީ ޔަޝްމް ރީތިކުރާށެވެ. އިއްޔެގެ ފަޅައިގެން ދިޔަތަނުގައި އަދިވެސް ވަނީ ބޭސް އަޅާފައެވެ. އޭނާ ނޫކުލައިގެ ހެދުމެއް އަލަމާރިތެރެއިން ނަގަމުން އެ ގޮނޑިމަތީގައި ބޭއްވިއެވެ. ޔަޝްމް ގެ ގައިގައި ލޯޝަން ލެއްވުމަށްފަހު ހެދުން ލައްވަން އުޅުމާއެކު އެކަމުން ޔަޝްމް މަނާވެގަތެވެ. ޔަޝްމްގެ ފަހަތުން ދުވި ދުވިފައި އުޅުނު މައިލީން އަށް ބަލަން ހުރި ޝާލީން ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައިވިއެވެ. “އަދިވެސް ނުނިމޭތަ އިލީ” ޝާލީން އާ ދިމާލަށް މައިލީން ގެ ނަޒަރު ހުއްޓުމާއެކު ފުރަތަމަ ވާހަކަ ދެއްކީ ޝާލީންއެވެ.

އެހެދުން ލެއްވުމާއެކު ޔަޝްމް ރޯން ފެށީއެވެ. “ދެން އެހެން ހެދުމެއް ލައްވަބަލަ އިލީ” ޝާލީން ބުނެލިއެވެ. އޭނާ އައިސް އަލަމާރިތެރެ ހާވަން ފެށިއެވެ. “ދޮންތާ ވެއިޓް” މައިލީން ކަމެއް ހަނދާން ވާފަދައަކުން ގޮސް ހުދުކުލައިގެ ހެދުމަކާ ދޮން ކުލައިގެ ޖެކެޓެއްނެގިއެވެ. އަދި އެއާއެކު އަޅާ ޗޮކްލެޓް ކުލައިގެ ބެލްޓް ވެސް ނެގިއެވެ.

ދެން އޭނާގޮސް ޑްރެސިން ޓޭބަލް ގެ ވަތް ގަނޑު ހުޅުވާލަމުން ބޮލުގައި ޖަހަން ކޮކާ ތަކެއްގެ ބައްޓަމަށް ހުރި ދަތި ތަކެއް ނެގިއެވެ. “ޑަން” މައިލީން އެހެން ބުނެލަމުން ޔަޝްމް ގާތަށް ދިޔައެވެ، ދެން އޭނާގޮސް ހެދުން ލެއްވިއެވެ. އަދި ހުދުކުލައިގެ ސްކްނީއެއް ތިރިން ލެއްވިއެވެ. ޖެކެޓް ލައްވާލަމުން އޭގެ އަތް ކުރި އަޑިން ލާފައިވާ ހުދުކުލައިގެ ދިގުއަތަށް ވުރެ ކުރުކޮއް އުޅަބޮއްޓާ ހިސާބަށް އޮޅާލިއެވެ. އަދި ބެލްޓް އަޅުވާލިއެވެ. މައިލީން ގެ ހަރަކާތް ތަކަށް ބަލަން ކޮޅަށް ހުރި ޝާލީން އައިސް އެނދުގައި އިށީނީ ވަރުބަލިވާން ފެށެމުންނެވެ. މިހާރަކަށް އައިސް އޭނާ މާއަވަހަށް ވަރުބަލިވަނީއެވެ.

މައިލީން ގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން އޭނާ އިނެވެ.

މައިލީން ޔަޝްމް ގެ އިސްތަށިގަނޑު ކުޑަކޮއް އެއްއަރިއަކަށް ގަތާލަމުން އެއްފަރާތައް އެއްލިއެވެ. އަދި ދަތިތައް ބޮލުގައި ޖަހާލިއެވެ. ދެން އޭނާ ލުއި މޭކަޕެއް ކޮއްލިއެވެ. ޔަޝްމް އަށް ވެސް ނަސީބަކުން އެހެދުން ކަމުދިޔައެވެ. މައިލީން ހިނިތުންވެލާ ޔަޝްމް ގެ ސޫރައަށް ބަލާލިއެވެ. މައިލީން ގެ ހިތުގައި މައިވަންތަ ލޯބި ފުރިގެން އައެވެ.

“އޯކޭ ނައު ލެޓް މީ ޓޭކް އަ ޕިކްޗާރ” ޝާލީން ބުނެލިއެވެ. މައިލީން ޔަޝްމް އާ އެއްހަމައިގައި އިށީދެ ޔަޝްމް ގެ ކޮލުގައި ބޮސްދިނެވެ. ޝާލީން ނެގި ފޮޓޯ ދައްކާލުމާއެކު އޭނާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ތިން މީހުން ނުކުތް އިރު ޝިޔާޒް ސޯފާގައި އިނެވެ. އާރާ އޭރު ކޮޓަރިން ނުކުންނަނީއެވެ. “ހިނގާ ދަމާ… ދޮންތަވެސް ހޮޑުލަވާ ދުވަސްކޮޅެއް. ސާފު ވައިކޮޅެއް ލިބުނީމަވެސް ރަނގަޅުވެދާނެ” ހަރުގަނޑުން ފައިވާނަކަށް އަރަމުން ޝާލީން ވާހަކަ ދެއްކިއެވެ.

“ބަލަ ދޮންތާ… ތިޔަށް ކިޔަނީ ޕްރެގް ވުމޭ.” އާރާ ބުންޏެވެ. އެއާއެކު ސޯފާގައި އިން ޝިޔާޒް ގެ ހިތަށް އުފާވެރިކަން ވަދުނެވެ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމުން ވެސް ބުނީ ކުއްޖަކު ލިބުމަކީ ވަރަށް ދުރުގައިވާ ކަމެއްކަމުގައެވެ. ޝާލީން ގެ ހޯމޯންސް ތަކުގެ މައްސަލަ ބޮޑުކަމުންނެވެ.

އެހެންނަމަވެސް ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހުގެ ހެޔޮ ރަހްމަތް ފުޅުން ކޮންމެކަމެއްވެސް ވެދާނެއެވެ. އޭނާ ރެއާ ދުވާލު ދަރިއަކު ދެއްވާ ތޯ ކުރާ ދުއާ އިޖާބަކުރެއްވީކަންނޭގެއެވެ. އަވަހަށް ޓެސްޓް ހަދަން ދާން ވީއެވެ.

ޝާލީން އަށް ވެސް ވީ އެވަރެވެ. އޭނާ ވިސްނާލިއެވެ. އޭނާއަށް ވެސް ވަނީ މީޙުން ބަނޑުބޮޑުވީމާ ވާ ގޮތް ތަކެވެ. ކުރީގައި މީރު އެއްޗެހި މިހާރުނުބައެވެ. ބައެއްއެއްޗެހި ކައްކާ ވެސް ދުވީމަވެސް މޭނުބައި ކޮއްފާނެއެވެ. އަވަސް އަވަހަށް ވަރުބަލިވެއެވެ. އޭނާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ބަލާލެވުނީ ޝިޔާޒް އަށެވެ. ޝިއާޒް ވެސް ބޯޖަހާލިއެވެ. ޝާލީން ގޮސް ޝިޔާޒް ގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އާދެއެވެ. އުފާވެރިކަމުގެ ކަރުނައެވެ.

އޭނައާއ ޝިޔާޒް ކައިވެނި ކުރުމަށްފަހުދަރިއަކު ހޯދުން މަޑުޖައްސާލީ އެންމެ ފުރަތަމަ މައިލީން އާ ދޭތެރޭ ކަންތައްތައް ދިމާވޮގޮތުން މައިލީން އާ މެދު ވިސްނާފައެވެ. އެހެންނަމަވެސް ފަހުން ކުއްޖަކު ހޯދަން ބޭނުންވިޔަސް ނުލިބުނިއެވެ.

“ދެން އެމޯޝަނަލް ނުވެބަ. ހިނގާބަ ދާން” އާރާ ތުއިވެލިއެވެ. އެއާއެކު އެންމެނަށް ހެވުނެވެ.

އާރާއާއި މައިލީން، ޔަޝްމް އަދި ޝާލީން ދިޔައީ ޓެކްސީގައެވެ. މިހާރުން ފެށިގެން ސައިކަލަށް އެރުން ޝިޔާޒް މަނާކުރީއެވެ. އޭނާ ދިޔައީ ކާރުގެ ފަހަތުން ކަހަލަ ގޮތަކަށް ސައިކަލުގައެވެ.

ރަސްފަންނާ ދިމާލަށް ކާރުހުއްޓާލުމާއެކު ތިން މީހުން ފޭބިއެވެ. އޭރު ޝިޔާޒް ވެސް އައިސް ސައިކަލު ޕާރކު ކުރަނީއެވެ.

ހަވީރުގެ ވަގުތު ކަމުން މީހުން ވަރަށް ގިނައެވެ. ހިނި ހޮރުތަކަކުން ހިނިތަކެއް ނުކުންނަފަދައިން ގޭގެގައި ތބި މީހުން ވެސް ނުކުތީ ކަންނޭގެއެވެ. މައިލީން ހުރީ ބަސްހުއްޓިފައެވެ. އޭނާ މިހާ މީހުން ގިނަ ތަނަކަށް އައީ މީގެ އެތައް ދުވަހެއްކުރިންނެވެ. ނޭގޭ ނުތަނަވަސް ކަމެއް ހިތުގައި ވެއެވެ. އަދިވެސް ހީވާކަހަލައެވެ. އެމީޙުން އަހަރެންނަށް މަލާމާތް ކުރަނިއެވެ. އެއްޗެހި ކިޔަނީއެވެ. “ރިލެކްސް އިލީ” މައިލީން އަށް ވަމުން ދިޔަ ގޮތް އާރާ އަށް އިހްސާސްވީ ކަންނޭގެއެވެ. އޭނާ އައިސް މައިލީން ގެ ކޮނޑުގައި ހިފާލިއެވެ.

“ހުމްމްމްމ…” މައިލީން ބޯ ޖަހާލިއެވެ. އެއާއެކު ޔަޝްމް އޭނާގެ އަތުގައި ހިފައި ދަމަން ފެށިއެވެ. ޝާލީން ވެސް އައިސް މައިލީން އަށް ހިތްވަރުދިނެވެ.

އެމީހުން ދިޔައީ އެތަނުން ޖޯއްޔަކަށެވެ. މައިލީން ފުންނޭވާއެއްލިއެވެ. އެތަނުގައި ތިބި ކުޑަކުދިންތަކަކާ އެކީގައި ކުޅެން ދާން އުޅުމުން މައިލީން އެކަން މަނާކުރިއެވެ. “އިޓްސް އޯކޭ އިލީ ޓްރަސްޓް މީ” ޝާލީން ޔަޝްމް ފޮނުވާލަމުން މައިލީން އާ ވާހަކަ ދެއްކިއެވެ. އެމީހުންވެސް ޔަޝްމް އަށް ވާނުވާ ބަލަމުން ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ.އެހެން ވާހަކަ ދައްކަން ތިބިފަހަރެކެވެ. ހަތަރު މީހުންވެސް ވަރަށް ފޯރި އަރާ ވަހަކަ އަކަށް ވުމާއެކު ޔަޝްމް އަށް ބަލާލަން އެކަކުވެސް ހަނދާންނެތްފަދައެވެ. ކުއްލިއަކަށް މައިލީން ގެ ލޮލުގައި އަޅައިގަތީ މަގުމައްޗާ ވީ ފަރާތައް ދުއްވައިގަތް ޔަޝްމް އެވެ. “ޔަޝޫ” މައިލީން އަށް ގޮވާލެވުނެވެ. އެއާއެކު އާރާ އާއި ޝާލީން އަދި ޝިޔާޒް ވެސް އެދިމާލަށް ބަލާލިއެވެ.

މައިލީން އަވަސް އަވަހަށް އެދިމާލަށް ދުއްވައިގަތެވެ. ޝާލީންވެސް ތެދުވިއެވެ. މައިލީން އަށް ޔަޝްމް އާ އަރާ ހަމަކުރެވެން ވާއިރަށް ޔަޝްމް މަގުމައްޗަށް ނުކުތެވެ. އެވަގުތު އެތަނުން އައި ކާރެއް ޔަޝްމް ގެ ގައިގައި ނުޖެހުނީ ކިރިޔާއެވެ.

ކާރު ދުއްވަން އިން ޔުއާން ކުއްލިއަކަށް ބުރަކި ޖައްސާލުމާއެކު އަވަސް އަވަހަށް ކާރުން ފޭބިއެވެ. ލޯ މަރާލައިގެން ހުރި މައިލީން މަޑުމަޑުން ލޯ ހުޅުވާލިއެވެ. “ތަދުވިތަ” ޔުއާން އަވަސް އަވަހަށް އައިސް އިށީންނަމުން އެ ކުއްޖާ ގާތު އަހައިލިއެވެ. އެވަގުތު އެ ކުއްޖާ ގެ ލޮލާ ޔުއާން ގެ ލޮލާ ސީދާވެގެން ދިޔައެވެ. އެއާއެކު ޔުއާން ގެ ނަޒަރު ފުރަތަމަ ހުއްޓުނީ ޔަޝްމް ގެ މަޑު މުށިކުލައިގެ ލޮލަށެވެ.  ދެން އެ ލޯބި މޫނަށެވެ. ޔުއާން ގެ ނޭވާ ތާށިވިކަހަލައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ޝިކާޔަތު

Next

ތިޔަ އަސަރު 18

Next
January 30, 2018

ތިޔަ އަސަރު 18

Previews
January 30, 2018

ޝިކާޔަތު

47 Comments!

  1. Hi Mi says:
    January 30, 2018 at 8:17 pm

    ASSALAAMU ALAIKUM. Story kiyaa huruhaa kudhinnah haassakohlaafa especially my dear pinkyyyyyyy ah… this ones for u dear. ❤❤❤❤❤❤❤❤❤❤ mi othy over 2400 words ge 10 pages i think ge dhigu part eh up kohlaafa. ????? Sad news aki Hi Mi ah dhen up kohdheveyni friday or saturday. Ga. Pls hurihaa kudhin inthizaaru kohlahchey. And yuan ge amal thah dhen hunaani kihineh kamaa medhu suvaa lu ufedheyne kan yageen. Dhen in part ah inthizaaru kohlaathi ingey. Mirey up nukohdheveynethy mi gadi up mikohli. Wait ingey guys for friday or saturday. ?????? In Sha Allah eyrun up kohdheynan. Hope kuran mi part kamudhaane kamah kuree part kamu nudhiya kudhinnah ves. And comment kohlahchey. Maa gina vaahaka ves dhehkijje dw. Thanks All. Jazakallah Khairan. ?

  2. maikko says:
    January 30, 2018 at 8:29 pm

    Varah reerhi….will be waiting for the next part…loves u lot???????????❤?

    1. Hi Mi says:
      January 31, 2018 at 8:05 pm

      Loves u more dear. Thanks alot. ??????????????

  3. syle says:
    January 30, 2018 at 8:43 pm

    Varah reethi ❤❤❤vaahaka mihaaru nimeny that..haadha lahakun Friday v ma

    1. Hi Mi says:
      January 31, 2018 at 8:06 pm

      Nuney dear. Adhi nimeykah nulhey. Thankyou so much. ???

  4. Nathoo says:
    January 30, 2018 at 8:46 pm

    Alheyyy v v v reethi mi part vx …i love this story ..alheyy v v sad news eh thee hi mi bt wait kuraanan inge in sha Allah ..waiting for the next part ❤️?❤️? Much love

    1. Hi Mi says:
      January 31, 2018 at 8:07 pm

      Hehe. Nathoooo thanka a lot dear. Nihaaru up kohlaifin. Kiyaalaafa e part eh ves comment kohlahchey. Eyrun vvv happy vaaven. Much more loves. ?????

  5. Shann says:
    January 30, 2018 at 8:48 pm

    Mashah Allah, anehka ehen parteh up kohdhiny dhw.. Mibaives hama ehaa furihama.. Hi Mi thy hama number one ey bunelan beynymy.. Hi Mi ge khonme story ehves hama kiyaa hithun indhe kiyaaleveyne.. Ehaaves rythi.. Anehka ehaa baraabarah up kohdhey.. Abadhuves thigothuga dhemihunnahchey.. Luv u

    1. Hi Mi says:
      January 31, 2018 at 8:08 pm

      Love yuh more shan. U guys are making me speechless thikahala comments thakun. Hehe. Thankyou so much dear. ???… Jazakallah Khairan.

  6. Hashaa says:
    January 30, 2018 at 8:50 pm

    Wow mi vaahaka varan reethi????

    1. Hi Mi says:
      January 31, 2018 at 8:08 pm

      Thanks hashaa. Happy vdhjje comment fenunima.

  7. Maa says:
    January 30, 2018 at 8:55 pm

    Thanx a lot hi mi…. u r doing grt….may allah bless ur hard work

    1. Hi Mi says:
      January 31, 2018 at 8:10 pm

      Thanks maa. Thankyou dear. Vvv happy vehjje. Jazakallah Khairan.

  8. Fiya says:
    January 30, 2018 at 8:59 pm

    Varah reethi vaahaka.
    …,
    Aaraa isheedhueh noon . Aaraa isheeneve.

    1. Hi Mi says:
      January 31, 2018 at 8:10 pm

      Thanks fiya. Thikahala thanthan faahaga kohdheythi ingey so i can in prove. ???

  9. Xxxx says:
    January 30, 2018 at 9:37 pm

    Wooooowww.v.nice dear.. thanks up kohlladhineethee…will b waiting??

    1. Hi Mi says:
      January 31, 2018 at 8:11 pm

      Thanks Xxxx….. yes. Vvv happy vehjje. Inthizaaru kuraanekan ingunima. Thanks deae. ???

  10. Azz Gafoor says:
    January 30, 2018 at 9:51 pm

    Alhey next part avas kohlaaafa up kohladheebala ?

    1. Hi Mi says:
      January 31, 2018 at 8:12 pm

      Yes. Azz gafoor. Thanks a lot. Bw innaane up vefa. ???

  11. fathun says:
    January 30, 2018 at 9:51 pm

    Alhey haadha dhigu intizaarekey dhw but will wait. .just love this story

    1. Hi Mi says:
      January 31, 2018 at 8:13 pm

      Thanks fathun. Mihaaru kiyaaleveyne. Thanks a loyltzzz???

  12. Afaa says:
    January 30, 2018 at 9:55 pm

    Varah reethi, please note not “vadhunee” the good way is “vanee”

    1. Hi Mi says:
      January 31, 2018 at 8:14 pm

      Yes. In Sha Allah varah visnan kiyamun dhaairu. ??? thanks.

  13. Pinky shifoo says:
    January 30, 2018 at 10:26 pm

    Alheyyyy thank you sooooooooo much Hi Mi.. This ones for u ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????….. Asluvx varah varah varah happy vehje mi part vx haasakohlyma ❤️❤️❤️???… Love you soooooo much ❤️❤️❤️??????…. Mi part vx hama awesome…. Superb ????… Kudhi kudhi typing mistakes eba huri… Varah varah ufaavehje ehaa dhigukoh Story genesdhinyma Hi Mi ❤️❤️❤️?????…. U are my favourite writer Hi Mi n u are the best ❤️❤️❤️❤️??????????????❤️❤️❤️❤️???… I will be waiting till you upload the story Hi Mi ?????… N will be missing you soooooo much… ??????… Hama aslu vx miadhu varah varah varah ufaavehje ingey ????… N Hi Mi ge reply kiyaalaafa vx varah varah ufaavi… I just can’t tell how much happy I am.. ????… Love you Hi Mi n u are the best ❤️❤️❤️❤️❤️??????????… A big round of clap for Hi Mi ??????????????????

    1. Hi Mi says:
      January 31, 2018 at 8:15 pm

      Pinky ge konme comment akun himi hama speech less kohlaa. Neyge bunaane ehchei ves dhen buneveyni hama ekahchekey. Thanks ey abadhu. Hehe. Bodu bodu koh thanks dear. Ur lovely commemts thakun abadhuves hiyy varu libey. ????????? much more loves dear.

  14. Icy♡ says:
    January 30, 2018 at 11:12 pm

    This is my favourite story
    ♡♡♡♡♡

    1. Hi Mi says:
      January 31, 2018 at 8:16 pm

      Thabks icy vvv happy vehjje. ???

  15. Alyss says:
    January 30, 2018 at 11:44 pm

    alhey v sad ekam her wait kuraanan
    up kohladheythi igey avahah by the way v salhi my fav

    1. Hi Mi says:
      January 31, 2018 at 8:17 pm

      Thanks alyss. Mihaaru kiyaaleveyne. ????????? happy vehjje varah bkdah.

  16. Kai says:
    January 31, 2018 at 12:05 am

    Hi mi ur d best??????❤❤❤❤❤❤vvvvv nyc

    1. Hi Mi says:
      January 31, 2018 at 8:18 pm

      Thanks kai. ?????? do read ingey nimendhen. Vvv happy vehjje.

  17. Lai says:
    January 30, 2018 at 8:12 pm

    V v v v reethi mi part vx waiting

    1. Hi Mi says:
      January 31, 2018 at 8:24 pm

      Thanks lai. Nw up kohalaafin. ???

  18. Aki says:
    January 30, 2018 at 8:20 pm

    vv reethi mivaahaka rangalhu kohlan bunaane vaahaka e ves hama nai ehaaves furihama.. hi mi alhe dhuvaalaku one part up kohla dheveytho masahkai kohla dheebaa . weekend ga ekani veema haadha dhigu inthizaare kuranjeheyne ey

    1. Hi Mi says:
      January 30, 2018 at 9:01 pm

      Hama ekani mi week ga aki. ???

  19. Zuam says:
    January 30, 2018 at 9:52 pm

    Wow…….????

    1. Hi Mi says:
      January 31, 2018 at 8:19 pm

      Thanks zuam. ???

  20. nasee says:
    January 30, 2018 at 10:30 pm

    wow! salhi avahah aneh bai geness dheebala

    1. Hi Mi says:
      January 31, 2018 at 8:20 pm

      Nw kiyaaleveyne nasee. Thanks. ???

  21. Ilu says:
    January 30, 2018 at 10:39 pm

    Varah massala madhu vaahaka eh kan faahaga kurvey. Ekamakuves ebahuri goaskoh lafuzu beynun kurevifa. Eyna dhaany dhuvvafa eh nun. Dhuvefai.isheeindhunykee nun .ishee iny.

    1. Hi Mi says:
      January 31, 2018 at 8:23 pm

      Hello ilu abadhuves fahaahaga kohlahchey eyrun i can improve. In Sha Allah. Thikahala hiyaal thakah abadhives ufalaa eki marhabaa kiyan. ??? thankyou.

  22. Yal says:
    January 30, 2018 at 10:44 pm

    The best writer in esfiya .v ????happy konmedhuvshaku vaahaka up koh dhrythee

    1. Hi Mi says:
      January 31, 2018 at 8:25 pm

      Thanks yal. Hi Mi ah bunaaneh ehchei neygey. Bodu bodu koh thanks deae. ???

  23. Xaaaan says:
    January 30, 2018 at 11:23 pm

    Woòooooooooooow haadha reechey Masha Allah???????????????

    1. Hi Mi says:
      January 31, 2018 at 8:26 pm

      Thankyou xaaaan. V ufaavey konme part akun xaaaan ge comment fennaathy ummeedhukuran kuri ah oi thaaves thigothah support dheynekamah. ???

  24. Suney says:
    January 31, 2018 at 4:37 pm

    Wow obiness to the max. Great himi. U are the best writer ever????????????. Super duber himi is the best best and best. Waiting for Friday

    1. Hi Mi says:
      January 31, 2018 at 8:27 pm

      Thanks suney. Vvv ufaavehjje. Suney men ves happy vaa gothah geneveythoa Hi Mi abadhuves balaanan. In Sha Allah. Thankyou sooo much dear. ?????????

Comments are closed.


All Right Reserved!