Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..2

Uhthoo Level 210 Stories100 Comments100 Login
January 29, 2018 2 Mins Read
17 Comments

ގޭތެރެއަށްވަދެގެންއައި އަޔާޒު ހުއްޓުން އެރީ ކުރިމަތިން އެހިތުގެ ރާނީ ފެނުމުންނެވެ. އަޔާޒަށް އެސްފިޔައެއްޖަހަންވެސް ބުރަވިއެވެ. މީހަމަ ދުނިޔޭގައިވާ އެންމެރީތި މަލިކާއޭ ހިތަށް އެރިއެވެ. އެރީތިކަން ގަލަމަކުން ސިފަކޮށްލަން ޝާއިރަކަށްވެސް ދަތިވާާނެކަން ގައިމެވެ. އެހާވެސް ރީއްޗެވެ. “ލަސްވީދޯ” އަތުގައިވި ގަޑިއަށްބަލަމުން ރީމާ ބުނެލިއެވެ. އޭރު 50ވަނީއެވެ. “ނޫނޭ ދެންހަމަ ދާންވީ..” ރުހުމުގެ ލޮލަކަށް އައިބެއް ނުފެއްންނާނޭ ކިޔާ އުސޫލުން ލަަސްވެގެން އަޔާޒަށް އެއްޗެކޭ ބުނެވޭނެ ހެއްޔެވެ؟…..

އަޔާޒާ ރީމާ ނުކުމެގެން އައި އިރު ދޮރާށި ކައިރީ ހަނާއާ އަހުނަފް އިންތިޒާރުގައި ތިއްބެވެ. “ރީ..ކިހިނެތް؟ލޯންގް ޓައިމް ނޯސީ ދޯ؟” ރީމާ ފެނުމުން އަހުނަފް ވާާހަކަ ފެށިއެވެ. މިއަދު ކްލާހަކަށްވެސް އަހުނަފެއް ނުދެއެވެ. އަހުނަފަކީވެސް ރީމާމެން ކްލާސް ކުއްޖެކެވެ. ރީމާ ޖަވާބު ދެމުން ކްލާހަށް ނުދިޔައީ ކީއްވެތޯ ސުވާލު ކުރިއެވެ. “މަންމަ ކުޑަކޮށް ބަލިވެ އުޅޭތީ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ” ހަތަރު މީހުން އެކުއެކީ ހިނގައިގަތީ އެންމެ މަގުބޫލް ކަމަށް މިހާރުވެސް ބެލެވޭ ޑައިނަމޯރ އަށްދިއުމަށެވެ. ދެ ޖޯޑުގެ ފުރިހަމަ ކަމުން ލޯބިވެރިންގެ ދުނިޔޭގެ އެންމެ މަގުބޫލު ލިސްޓުގެ އެއްވަނަ ވަރުވެއެވެ. ޑައިނަމޯއާ ހަމައަށް ދެވެންދެންވެސް ރީމާއާ އަޔާޒަށް ޖެހުނީ ހަނާއާ އަހުނަފްގެ ކޯޅުމުގެ އަޑުއަހަންށެވެ. ހަނާ އެވަރަށް އަނގަތަޅާތީ އަހުނަފް ހުރީ ބޮލަށް އުނދަގޫވެފައެވެ. އެކަމަކު ހަނާއާ ނުބެހިވެސް ހުންނަން އަހުނަފަށް ދަތްޗެވެ. ހީވާ ކަހަލައެވެ. ހަނާ ރުޅިއަރުވާލުމުން އޭނަގެ ހިތަށް ހިންހަމަ ޖެހުން ލިބެނީއެވެ.

އަލަށް ހުޅުވި އެބައިގެ އެތެރެއަށް ވަދެގެންދިޔަދެ ޖޯޑަށް އެތާތިބި ގިނަބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ. “[ދިވެހިންނޭ] ކިޔައިފިއްޔާ މިއުޅޭ މީހުންނަށް ބަލަން އިނގޭނެ.. އަޅެ އަހަރުމެން ގައިގަ އެއްޗެއްލިޔެފައި އޮތީތަ؟” ހަމައެކަނި ދެން ތިބި ތިންމީހުންނަށް އިވޭވަރަށް ހަނާ ކުދި ކިޔަން ފެށިއެވެ. ބޯ ހޫރަމުން އަހުނަފް އަޔާޒުގެ ކަންފަތްދޮށުގައި ބުނެލިއެވެ. “މަށަށް މި ކުއްޖާގނޑުގެ އަނގަޔާހެދި ހެންޑްލް ކުރެވޭނެތަ؟..” އަޔާޒު ޖަހާލީ ހިނިގަނޑެކެވެ. ފުރަތަމަ އެންމެންވެސް ތިބީ އެއްމޭޒެއްގައެވެ. ނަމަވެސް ޕްލޭނާ އެއްގޮތަށް އަހުނަފް ފޯނެއްގައި ކަމަށް ހެދިގެން ގޮސް ދުރުގައި އިންމޭޒެއްގައި އިށީންދެއްޖެއެވެ. ހަނާ ދާންބޭނުން ނުވިޔަސް އެ ދެމީހުންނަށްޓަކާ އައި ވިލް ޖޮއިން ހިމް އޭ ބުނެ ފޫހި ގޮތަކަށް ގޮސް ެ އަހުނަފް އިން މޭޒުގައި ޖައްސާލިއެވެ.  އެ ހިތްގައިމު މާޙައުލަށް ރީމާ ނަޒަރު ހިންގާލިއެވެ.

ސާފުވައި ޖެހޭ އެ ރެސްޓޯރެން ހާއްސަވެފައިވަނީ ލޯބިވެރިންނަށްކަން އެތަނުން ޖަހާފައިވާ މަޑުމައިތިރި މިއުޒިކީ ލަވަވެސް ހެކިދެއެވެ. އިރުކޮޅެއްނުވެ ވޭޓަރ އައިސް ޕިއްޒާގެ އޯޑާރ ނެގުމަށްފަހު ގޮއްސިއެވެ. އަޔާޒު ބަލަން އިންކަން އެނގުމުން ރީމާ ލަދުން އިސްޖެހިއެވެ. އަޔާޒަށް އެ ރީތި ޕަރީއަށް ނޫނީ ނުބެލެނީއެވެ. އެއިވޭ ހިތްގައިމު ލަވަ އަޔާޒުގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރު ކުރުވައިފިއެވެ. ކުޑަ އިއްބެގެ ރީތި އެއަޑުން ލޯބިވެރިންގެ ހިތްތަށް ކަތިލައިލާފަދަ މާނަފުން ބަސްތަކެކެވެ. ……….. *މަހި ނޫރެއްހާ ލޯބިކަމޭ…. *ކޯހިނޫރެއްހާ ޗާލޫކަމޭ….*ރިހި ކަނދުރާާގެ ރީތިކަމޭ….. *ލޮލުގައިވާތި ތޫނުކަމޭ….*ތީމަގެ ދުނިޔެހެން ހީވެޔޭ ތީމަގެ ހިތުގެ ދިރުމޭ އިނގޭ…*ކުރަން ސިފަ ގަލަމަކަށް ނޭނގޭ…*ތީފަރި ލޯބިވާމަގޭ…………………. ގޮނޑުދޮށަށް ބީއްސާލާ ރާޅުތަށްވެސް އެ ލަވަޔާ އެއްވަރަށް މިއުޒިކެއް ކުޅޭހެންހީވެއެވެ. މާތަށްވެސް ރީމާގެ މޫނުފެނި ލަދުން މޯޅިވާނެކަން ގައިމެވެ. 14 ވިލޭރޭގެ ހަނދުހާ ޖާދުވީ އެމޫނަށް އަޔާޒަށް ހަމަ ބެލެނީއެވެ. ރީމާ ލަދުން އިންވަރު ފެނި އަޔާޒަށް މަޖާވިއެވެ. ރީމާ ރަކި ހިނިތުންވުމެއް އަޔާޒަށް ރައްދުކުރިއެވެ. އެ ހީލުންފެނި އަޔާޒުގެ ހިތް ފުރިގެން ބަންޑުންވާން އުޅުނު ކަހަލައެވެ. ކޮލަށް އެޅުނު އަޑިކޮޅު ގެ ސަބަބުންނެވެ. ހަނާއާ ތަފާތުކޮށް އެ އަޑިކޮޅުއިންނަނީ ރީމާގެ އެއްކޮލަށެވެ. ދެކޮލަށް އެޅޭނެ ނަމައޭ އަޔާޒުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ރީތިކަމަށް ހަނާއަކަށްވެސް ވާދައެއް ނުކުރެވޭއެވެ.

ތަންކޮޅެއް ދުރުގައި ހުރި މޭޒުގައި ތިބި ހަނާއާ އަހުނަފުގެ ދެމެދުގައި މިހާރު ދެތިން  ފަހަރު ބަހުގެ ހަމަލާ ބަދަލުކުރެވިއްޖެއެވެ. ހަނާގެ ހިތަށް އަރަމުން ދިޔައެވެ. ބެންބެއަށް ވެސް ދެން މި ފޫހި މީހާ ނޫން މީހަކު ނުވީބާއެވެ. އެ މޭޒަށް ޕިއްޒާ އޯޑަރު ކުރީ އަޔާޒުކަމުން އަޔާޒުމެންނަށް ޕިއްޒާ ލިބުން ގަޑީ އެމީހުންނަށްވެސް ޕިއްޒާ ލިބުނެވެ. ހަނާ ޕިއްޒާގެ ފޮޓޯއެއް ނަގިއެވެ. “ދެން ފޮޑިއެއް ޖެހިޔަސް  މި އަންހެންވެރިން ސްޓޭޓަސްގަ  ލިޔާނެ..” ދުރު ބަލާލަމުން އަހުނަފް  އެހެންބުނެލީ ހަނާ ފޭސްބުކް ބޭނުން ނުކުރާކަން ނޭނގިއެވެ. “އޭ ހަލޯ.. މިއުޅޭ  ބައެއް އަންހެންވެރިން  ނުގެންގުޅޭ އިނގޭ ފޭސްބުކް ޓްވީޓާ ސްކައިޕް މެސެންޖާ އެއް… ތީ އޮޅުމެއް..” ތައްޓަށް ކޯކު އަޅަން އިން އަހުނަފް އަނގަޔަކުން ނުބުންޏަސް ހިތުގައި ހައިރާންކަން އުފެދުނެވެ. އެއުމުރުގެ %99 ކުދިން ސޯޝަލް މީޑިޔާ ގަދަޔަށް ބޭނުން ކުރެއެވެ. ހަނާ ދޮގެއް ނަހަދާނެއެވެ. އެކަން އަހުނަފް ގަބޫލު ކުރެއެވެ. ހަނާ އެހެން އަންހެން ކުދިންނާ ތަފާތުކަން އަހުނަފަށް ފާހަނގަ ކުރެވެންފަށައިފިއެވެ. ނުކިޔަމަންތެރި ހިތް އެސިކުނޑިއަށް ބާރު ފޯރުވިނަމަވެސް އެކަން ހިންދާލީ ހަނާއަށް ޝައުގުވެރިކަން ދޭން ބޭނުން ނުވާތީއެވެ. އަންހެންކުދިންދެކެ އަހުނަފް ފޫހިވަނީ  ހުދު އޭނަގެ އިހްތިޔާރުން  ބޭރުގައެވެ. އެ ފޫހިކަން ހަނާދެކެވެސް ވެއެވެ.ޕިއްޒާގެ އެންމެ ފަހަށް އޮތް ފޮތްޗަށް އަތްލެވުނީ ހަނާއާ އަހުނަފަށް އެއްކޮށެވެ. ކައިރީގައި އިން ކޯކްތަށި  ނަގަމުން  އަހުނަފް ހަނާ  އަށް އިޝާރާތް  ކޮށްލީ ހަނާ އެފޮތި ނެގުމަށެވެ. އިތުރު އެއްޗެކޭ ނުބުނެ ހަނާ އެ ފޮތި ނަގައިގެން ކާލިއެވެ.

އެ ހިތްގައިމު ވަގުތުކޮޅު ނިމުމަކަށް އައީ އެއްބަޔަކަށް ނުވެސް އެނގި ތިއްބައެވެ. އަނެއްބަޔަކަށް އެގަޑި ނައިސްގެން އިންތިޒާރުކޮށްކޮށް ވަރުބަލިވީފަހުންނެވެ. އަޔާޒު އިތުރު ޕިއްޒާއެއް ޕެކް ކުރުމަށްފަހު ބިލްކަނޑާލަމުން އަހުނަފަށް އިޝާރާތް ކޮށްލިއެވެ. އެއަށްފަހު ހަތަރު މީހުން އެއްކޮށް ނުކުމެގެން ދާން ހިނގައިގަތެވެ. އިރު އޭގެ ވާޖިބް އަދާކުރުމަށްފަހު ހަނދަށް އޭގެ ވާޖިބު އަދާކުރަން ތަން ދީފައި އެހެރަގެން އޮއްސެނީއެވެ. މޫދު ފެންނަން އޮތް މަގުން އެއްވަރެއްގައި ހިނގަމުން ދިޔަ ހަތަރު މީހުންގެ މެދުގައި އޮތީ ހަމަހިމޭންކަމެވެ. “މޭން 11،12 އަށް އެޕްލައި ކުރާނަންތަ؟” އަހުނަފް އަޔާޒުގެ ކޮނޑަށް އަތްވަށްޓާލަމުން އަހާލިއެވެ. “ހޫމމ.. ދެން އަހޫ؟” “މަވެސް ބޭނުން.. އެކަމު މޭން ފެމިލީ ހެންްޑްލް ކުރަނީ ދޮންބެ އެކަނި ދޯ.. ދެން ވިސްނާލާފަ މަންމަޔާ ދޮންބެއާ ކައިރިން އަހާލަންޖެހޭނީ..” އަހުނަފް އެހެން ބުނެ ނިމުންއިރު ހުރީ ފާޑަކަށް ދެރަވެފައެވެ. އެއީ އެހާ ފުދޭ އާއިލާއެއް ނޫންކަމުން އަހުނަފް އުޅެނީ ވަރަށް ވިސްނައިގެންނެވެ. އާއިލާގައި ހުންނަނީ އަހުނަފާ އަހުނަފްގެ ދޮންބެ އެކަންޏެވެ. އެ ދެބެން ވަރަށް ކުޑައިރު އެމީހުންގެ ބައްޕަ ވަނީ މިފަނާވަނިވި ދުނިޔެއިން އަލްވަދާއު ކިޔާފައެވެ. އެހެންކަމުން އެދެބެންގެ ޙަރަދުތަށް ކުރުމަށް މަންމަ އެތަކެއް ޤުރުބާނީތަކެއްވާންޖެހުނެވެ. އެކަމުގެ ސަބަބުން އެ މަންމަ މިއަދު އުޅެންޖެހެނީ ބަލިވެއެވެ. އަހުނަފްގެ އެ ދިރިއުޅުމަށް ވިސްނާލުމުން ހަނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ގެޔާހަމައަށް ދެވުންއިރުވެސް ހަނާހުރީ އެކަހަލަ ވިސްނުމެއްގައެވެ. “އޯކޭ މޭން ފަހުން ދިމާކުރާނަން ދަނީ.. ރީ..ދިޔައީއޭ… އެހެންފަހަރަކުން އަންނާނަން …” ނުވަދެ ދަނީހޭ ރީމާ އަހާލުމުން އަހުނަފް ޖަވާބުދެމުން ހިނގައިގަތެވެ. ރީމާ އަޔާޒުއާ އެއްކޮށް ގޭތެރެއަށް ވަދެގެން ގޮއްސިއެވެ. “ގެޓް ވެލް ސޫން ފޯރ ޔޯރ މޮމް..” އަހުނަފް ހިނގައިގަތުމުން ހަނާ މަޑުމަޑުން ބުނެލިއެވެ. “ތޭންކް” ފަހަތަށް ބަލާލުމެއްވެސް ނެތި އަހުނަފް އެހެން ބުނީ ފަރުވާ ކުޑަ ގޮތަކަށެވެ. ފޮނި ފިރިހެނެކޭ ހަނާ ހިތަށް އެރިއެވެ. ހަނާގެ ހިތުގައި ހަމްދަރުދީ އުފެދިގެންދިޔަ ހަނދާންވެސް ނެތުނެވެ. ހިތާހިތުން ކުދި ކިޔަމުން ހަނާ ގޭތެރެއަށް ވަދެގެން ދިޔައީ ދެން ދުވަހަކުވެސް އަހުނަފަށް ރަނގަޅަށް   އެއްޗެކޭ  ނުބުނާނަމޭ  ހިތައެވެ.  އެ ހިތުގައިވި  ނަފްރަތުގެ  ހުޅުކޮޅު  ހިނދުކޮޅަކަށް ކުޑަވެ ކަނިވިޔަސް އަނެއްކާވެސް ދަރުކޮޅެއްލެވި ރޯވެ އަނދައިގަތެވެ.

އެރޭ ރީމާ ނިދަން އޮތްއިރުވެސް ސިފަވަމުންދިޔައީ އަޔާޒުގެ ލޯބި ހިނިތުންވުމެވެ. އެ ބެލުންތަކެވެ. ކަންފަތަށް އިރުއިރު ކޮޅާ އިވެމުން ދިޔައީ އެ ހިތްގައިމު ތައުރީފުގެ ބަސްތަކެވެ. އަޔާޒުގެ ދުލުން ހާމަނުކުރިޔަސް، އެ ލޮލުން ކުރާ އިޝާރާތުން އަޔާޒު ރީމާދެކެ ލޯބިވާ މިންވަރު ރީމާއަށް އިހުސާސް ކުރެވެއެވެ. މިހިޔާލުތަކުގައި ރީމާގެ ލޯ މެރެމުން ދިޔައިރު އެ ތުންފަތުގައި ކުޅެމުން ދިޔަ ހިނިތުންވުންވެސް ފަނޑުވަމުން ދިޔައެވެ. ދަންވަަރުގެ އެގަޑީ ހިޔާލީފޮލާ ކަށްކަނީ ހަމައެކަނި ރީމާ އެކަންޏެއް ނޫނެވެ. އަޔާޒުވެސް އޮތީ ލޯބީގެ ގަދަ ކަނޑެއްގެ އޮޔާ ވައިގައި ޖެހިފައެވެ. އަޔާޒުގެ ނިދިވެސްވަނީ ރުޅިހަދާލައިގެން މާދުރަށް ގޮހެވެ. ރީމާގެ ލަދުވެތި މޫނުގެ ރަކިހީލުންތަށް އަޔާޒަށް އުނދަގޫ ކުރަމުން ދެއެވެ. މަޑުމަޑުން ރީމާ ގޮވާލާހެންވެސް އަޔާޒަށް ހީވެއެވެ. ރީމާގެ ހިޔާލުތަކުގައި އިރުއަރަންދެންވެސް އޮވެވިދާނެއެވެ. ގަދަކަމުންވެސް ނިދުމުގެ މީރުކަން ހޯދުމަށް އަޔާޒު ލޯމަރާ ފިއްތާ ބާރުކޮށްލިއެވެ.

އާދުވަހަކަށް އިރުއޭގެ މަގާމުގައި ފިޔަޖަހަންފެށިއެވެ. ކޮވެލި ކާޅުތަށް އެކަން އިއުލާންކޮށްލަމުން އެސޮރުމުންގެ ހާލިތަށް ދޫކޮށް ނުކުތީ ބަނޑުފުރާނަ މުއްތިކުރުމަށެވެ.  މިއީ ދުނިޔޭގެ  އާދައެވެ.  މަގުތަށް  ހަލަބޮލިވެގެން  ދިޔައީ ބަންދު  ދުވަހެއް ނޫންކަން އަންގައިދެމުންނެވެ. ފަތިހުހޭލިގޮތަށް ނަމާދުކޮށްގެން ކިޔަވަން އިން ރީމާ ގަޑިބަލާލަމުން ޙަތިމް ލައްޕާލިއެވެ. ކޮޓަރިން ނުކުމެގެން ބަދިގެއަށް ވަންއިރު އާދައިގެ މަތިން ފާތުމަ ހުރީ ސައިހަދައިފައެވެ. މިއަދަކީ ސުކޫލަށް ދާންޖެހޭ ދުވަހެކެވެ. ރީމާމެންގެ ގްރެޖުއޭޝަން އަދި ބާއްވަން ރޭވި ޕާރޓީގެ އިންތިޒާމްތަށް ކުރަން ދިއުމަށް ދިވެހި ޓީޗަރު މެސެޖް ކޮށްފައި އިން ވާހަކަ ފާތުމަ ކައިރިން ރީމާ ބުންޏެވެ. ހަނާ އަވަސް އަރުވާލަމުން އައިސް ސައިބޮއެ ނިންމާލައިފައި ހިނގައްޖެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ހިތާ ފުރާނައިން… (20)

Next

ތިޔަ އަސަރު 17

Next
January 30, 2018

ތިޔަ އަސަރު 17

Previews
January 29, 2018

ހިތާ ފުރާނައިން… (20)

17 Comments!

  1. Jeyz says:
    January 29, 2018 at 8:08 pm

    Yey me 1 st

  2. Jeyz says:
    January 29, 2018 at 8:20 pm

    Thuhoo rulhi aee tha Jeyz ah first libunyma varah dhera Dhen ??

    1. thuhoo says:
      January 29, 2018 at 8:42 pm

      Nooney dhn first veema varah thanks thooge vaahaka ah thihaa wait kohgen hureema aslu v happy ❤️

  3. Jeyz says:
    January 29, 2018 at 8:22 pm

    Thuhoo haadha fonިy

  4. Aal says:
    January 29, 2018 at 8:24 pm

    Vrh Salhi ekm thankolheh avahah up kurah chey

    1. thuhoo says:
      January 29, 2018 at 8:48 pm

      Yes varah try kuraanan .. vaahaka up kuran jehey dhuvahah up kureveythw.. inshallah.. dhn nukurevihje dhuvahehga dhe part ehkoh up kohdheynan inshallah ❤️

  5. Pinky shifoo says:
    January 29, 2018 at 8:41 pm

    Nice

    1. thuhoo says:
      January 30, 2018 at 4:23 pm

      thanks dear?

  6. thuhoo says:
    January 30, 2018 at 4:27 pm

    vaahaka varah smooth kon adhi dhiyayas fahun varah adhi varah kanthah hingaane.. reemaage happy life ah dhen ahnan othee varah varugadha konlhigandeh.. lets see dhw vaagoih☺☺

  7. Kay says:
    January 30, 2018 at 4:50 pm

    Thuhoo ulhuny kon school eh ga tha?

  8. thuhoo says:
    January 30, 2018 at 8:58 pm

    Hehehe.. thoo ulhunee vaadhoo jamaaliddin schoolga.. GDH.. ?

  9. Angel says:
    January 30, 2018 at 10:54 pm

    Thoo meeh school kujeii thah

    1. thuhoo says:
      January 31, 2018 at 12:24 am

      thedheh kay???

    2. thuhoo says:
      January 31, 2018 at 12:31 am

      hehe nooney thoo mee skul kuhjeh noon?

  10. Angel says:
    January 30, 2018 at 10:56 pm

    Wow v reeti mi partvaxx. When next part. Kiyan v udhagooh bayeii than than nuvaxx feneyy????

    1. thuhoo says:
      January 31, 2018 at 12:28 am

      ehenthr thoo liyany pc in but e inna goih..check kohlan jeheynee.. thanks.. Angel❤❤

  11. Angel says:
    January 31, 2018 at 10:01 am

    Wlcm tuhoo.

Comments are closed.


All Right Reserved!