Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (20)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 29, 2018 9 Mins Read
67 Comments

އޭނާ ހަމަޖެހިލަމުން ފޯންނަގާ ވާހަކަ ދައްކަން ފެށިއެވެ.

އާރާ އާއި އާއިކް އާ ދެމެދު ބީރައްޓެހި ކަމުގެ ފާރެއް ރޭނެމުން ދާކަހަލަ އިހްސާސްއެއް ކުރެވޭތާ ދުވަސްތަކެއްވެއްޖެއެވެ. އާރާ މިހާރަކަށް އައިސް އާއިކް އާ ވާހަކަ ދައްކަނީ މަޖުބުރުވުމުންނެވެ. އެނޫން ގޮތަކަށް އޭނަ އަނގައިން ނުބުނެއެވެ. މިކަމުން އާއިކް އަށް ދިޔައީ ތަފާތު އުނދަގޫވަމުންނެވެ. ތަނަކަށް ކާން ދާން ބުންޏަސް އެކަމުން އާރާ އުޒުރުވެރިވެއެވެ. ވާހަކަދައްކާލަން މަޑުކޮއްލިއަސް މަސައްކަތުގެ ބަހަނާ ދައްކައެވެ. މިކަމުން އުނދަގޫވާންވީ ކީއްވެކަން ހުރު އާއިކް އަށް ނޭގުނު ކަމުގައި ވިޔަސް އާރާ އާ މެދު އިހްސާސް ތަކެއް އުފެދެމުން ދާ ކަމުގައި އޭނާގެ ޒަމީރު ވިސްނަދޭން އުޅޭ ކަހަލައެވެ.

“އާރާ… އައި ނީޑް ޓް ޓޯކް ޓް ޔޫ” އާރާ ކޮންޕިއުޓަރ ގެ ސްކްރީންއަށް ގެއްލިފައި އިންދައި އާއިކް އައިސް އާރާ އާވަހަކަ ދެއްކިއެވެ. އާރާ އާއިކް އާ ދިމާލަށް ބަލާލުމާއެކު އެ ދެލޮލުން އާރާއަށް ޖެއްސީ ކޮން ޖާދޫއެއްކަމެއް ނޭގެއެވެ. އާއިކް ގެ ލޮލުގެ ތެރެއަށް ގެނބިގެން ދާން އޭނާ ބޭނުންވިއެވެ.

ކުއްލިއަކަށް ސިހިފައި އާރާ ދެފަރާތަށް ބޯ ހޫރާލަމުން ހަމަ ބިމަށް ތިރިވެވޭތޯ މަސައްކަތް ކުރިއެވެ.

“ނޫނެކޭ ތޯ” އާއިކް އަހައިލިއެވެ. އެއާއެކު އާރާ އަނެއްކާވެސް ދެފަރާތަށް ބޯ ހޫރާލިއެވެ.

“ލެޓްސް މީޓް އެޓް ދި ކޮފީ ޓޭބަލް ބެރޭކް ގަޑީގައި” އާއިކް ބުނީ އާރާމެން އާއްމުކޮއް ގޮސްއުޅޭ ކޮފީ ޝޮޕް ގެ ނަމެވެ. އާރާ ބޯ ޖަހާލަމުން އެކަމަށް އެއްބަސް ވިޔެއްކަމަކު އަނގައިން އެއްވެސް ބަހެއްނުބުނެއެވެ.

“އަހަރެން… ނޫން… އަހަރެން އާއިކް ދެކެ ލޯބިވިޔަސް އޭނާއެއް އަހަރެންނަކަށް ނުލިބޭނެ. އޭނާއަށް އަހަރެންނަށްވުރެ ރަނގަޅު މުއްސަނދި ކުދިން ވާނެ… އެހާ މަތީ ފެންވަރުގެ މީހަކާ އަހަރެން ކަހަލަ ނިކަމެއްޗަކާ އެކަށީގެންނެއްނުވޭ” އާއިކް ދިޔުމާއެކު ތަފާތު ހިޔާލުތަކުން އޭނާގެ ސިނކުނޑި ފުނިޖެހެމުންދިޔައެވެ.

“ނޫން ނޫން… އެ ކީއްވެ އެކަށީގެންނުވާންވީ. ލޯތްބަކީ މުއްސަނދިން މުއްސަދިންނަށް ފަގީރުން ފަގީރުންނަށް ވާ އެއްޗެއް ނޫން”

“ނޫން. އެހެނެތް ނުވާނެ. އެހާ ބޮޑު މަހުޖަނެއްގެ ދަރިއަކާ އަހަރެން އެކަށީގެންނެއްނުވާނެ. އެމީހުން ވެސް ބޭނުންވާނީ އެފެންވަރުގެ މީހެއްކަން ޔަގީން” އާރާ އަމިއްލަ ނަފްސާ ހިތުން ވާހަކަ ދައްކަމުން ބޯ ހޫރަމުން ގެނދިޔަތަން ތަންކޮޅެއް ދުރުގައި ހުރި އާއިކް އަށް ފެނުނެވެ. އޭނާ ގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. އާރާގެ ހުންނަ މައުސޫމް ކަމާ ނިޔަނެތިކަން އޭނާ ގެ ހިތާ ކުޅެނީ ކިހިނެތްބާއޭ ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. ޔާނިތް ގެ ބޭވަފާތެރިކަމަށްފަހު އޭނާ އަންހެންކުދިންދެކެ ވަމުން އައި ފޫހި އާރާ ބަދަލް ކޮއްލަނީ ކިހިނެތްކަމެއް އޭނާއަކަށް ނޭގެއެވެ.

މެންދުރު ބްރޭކް ގަޑީގައި އާއިކް އާއި އާރާ ދިޔައީ ކޮފީ ޓޭބަލް އަށެވެ. “އޮރެންޖް ޖޫސް އެއް” ވެއިޓަރ އައުމާއެކު އާއިކް ބުނެލިއެވެ. “އާރާ ކޯންޗެއް” އާއިކް އާރާ އާ ސުވާލުކޮއްލިއެވެ.

“އަހަރެން އަށް ހޮޓް ޗޮކްލެޓް އެއް” އާރާވެސް ވެއިޓަރާ ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“އާރާ… އަހަރެންނަށް މާފުކުރޭ… އަހަރެން ހަގީގަތުގައި އެހެން ކަންތައް ކުރާކަށް ނުޖެހޭނެ… އަހަރެންނަށް އާރާގެ ލޮލުން ލޯބި ފެނުނު. އަހަރެންނަށް ޓަކާ. އެކަމަކު އާރާ އަހަރެންނަށް ތި ލޯބި ގަބޫލް ކުރެވޭކަށް ނެތް. އަހަރެން ގެ ހިތް އޮތީ އެހެން ކުއްޖަކަށް ދީފައި އެހެނަސް އަހަރެންނަށް…. އެ ލޯބި ލިބޭކަށް ނެތް… އަހަރެން… އަހަރެން އެދުވަހު އެހެން ކަންތައްކުރީ އަހަރެން….. އަހަރެން”

“ރައްޓެހިވެގެން އުޅޭ… ނޫން އުޅުނު ކުއްޖާއަށް ދައްކަންވެގެން” އާއިކް ގެ ޖުމްލަ ފުރިހަމަ ކޮއްދިނީ އާރާއެވެ.

“އަހަރެންނަށް މާފުކުރޭ… އަހަރެން ދެކެ އާރާ ލޯބިވޭތަ؟” އާއިކް ނާހަން ހުރެފައިވެސް އަހައިލިއެވެ. އެ އަޑުގައި ހާސްކަމެއްވިއެވެ.

“ތި ސުވާލުގެ ޖަވާބަކީ މާ މުހިންމު އެއްޗެއް ނޫން” އާރާ ގެ ލޮލަށް ފެން ޖަމާވާން ފެށުމާއެކު އޭނާ ބޭނުންވީ އެތަނުން ނުކުމެގެން ދާށެވެ. އޯޑަރ ކުރި އެއްޗެހިވެސް ނާންނަނީސް އާރާ ތެދުވެގެން ދިޔައިރުވެސް އެއްޗެކޭ ބުނަން ނުކެރިފައި އާއިކް އިނީއެވެ. އާރާ ގޮސް ލޯމަތިން ގެއްލުމާއެކު އޭނާ އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ.

އޭނާ ވެސް އިތުރަށް މަޑުކުރުމެއްނެތި އެތަނުން ނުކުމެގެން މިސްރާބުޖެހީ އޮފީހަށެވެ. އޭނާ އޮފީހަށް ވަދެގެން ގޮސް ގޮނޑީގައި ހަމަޖެހިލިއެވެ. އެއާއެކު އާރާގެ ހިޔާލުތައް އޭނާ ވަށަމުން ދިޔައެވެ. އޭނާ ލޯބި ދުއްޓެވެ. އާރާގެ ލޮލުންނެވެ. އޭނާއަށް ޓަކައެވެ. ޔާނިތް ގެ ލޮލުން އޭނާއަށް ފެނުނު ޖަޒުބާތާ އާރާގެ ލޮލުން ފެނުނު ޖަޒްބާތާ އޭނާއަށް އަޅާކިޔެން ފެށުނެވެ. އޭނާގެ ސިނކުނޑި ތަނަވަހެވެ. އާރާ ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނެއްކަމަކު އާރާގެ ހިތުގައި އޭނާއަށްޓަކައި ވާ ލޯބި ފަރުދާކުރެވޭ ވަރަށްވުރެ އޭނާގެ ލޮލުގެ ތޫނުކަންގަދައެވެ. އެ ދުވަހުވެސް އާރާގެ ލޮލުން އޭނާއަށް ފެނުނީ ކޮންފަދަ އުންމީދެއްހެއްޔެވެ؟ ކޮންފަދަ ޖަޒްބާތެއްހެއްޔެވެ؟ ނުބުނިކަމުގައިވިޔަސް ކޮންފަދަ ބަސްތަކެއްހެއްޔެވެ؟

އާރާވާ ސާފުތެދުވެރި ލޯބީގެ އަގު އޭނާ މިދިނީ ކިހިނެތްހެއްޔެވެ؟ އެއްވެސް ސަބަބަކާ ނުލާ އާރާގެ ހިތް އޭނާ ހަލާކުކޮއްލަނީއެވެ. އެވެސް އާރާއަށް އުންމީދެއް ދިނުމަށްފަހުއެވެ. އެ ހިތުގައި ވާ ލޯބީގައި އޭނާ ކޮޅުފައިން ޖަހަނީއެވެ. މިއީ ކޮންފަދަ ހިލަ ހިތެއްގެ ވެރިއެއްހެންނެވެ.

ޔާނިތް ގެ ލޯބީގައި ދީވާނާ ވެގެން އުޅުނު ގޮތް އެނގޭނީ އޭނާއަށެވެ. ރެއާ ދުވާލުކުރި ހިތާމަ އިނގޭނީ ހަމައެކަނި އޭނާއަށެވެ. ލޯބީގެ ބާރުގަދަކަން، ލޯބީގެ ވަރުގަދަކަން އަދި ލޯބީގައި ހުރި ވޭނާ ހިތް ދަތިކަން ތަހައްމަލް ކޮއްފައިވާ މީހެއްގެ ހައިސިއްޔަތުން ތިމާ ލޯބިވާ މީހާ ދޯކާ ދިނުމުން ވެއްޓިގެން ދާ އަނދަވަޅު އޭނާއަށް ވުރެ ރަނގަޅަށް އެނގޭ މީހަކު ނުހުންނާނެއެވެ. އެހެނަސް…… އާރާ އަށް އޭނާ މިހަދަނީ ކިހިނެތްހެއްޔެވެ؟.

އާރާގެ ހިތަށް ވެސް ތަދުވާނެއެވެ. އެހިތަށްވެސް އަސަރު ކުރާނެއެވެ. ވޭން ލިބޭނެއެވެ.

ލޯތްބަކީ ހަޔާތުގައި އެއްފަހަރު ވެވޭ އެއްޗެއްކަމގައި ހީކުރަމުން އައި އާއިކް އަށް އޭނާގެ ވިސްނުން ބަދަލް ކޮއްލަން މެޖުބޫރުވީ އާރާގެ ސަބަބުންނެވެ.

ކޮންޕިއުޓަރ ގެ ސްކްރީންއަށް ގެއްލިފައި އާރާ އިނެއްކަމަކު އޭނާގެ ވިސްނުން ދަތުރު ކުރަމުން ދިޔައީ ފުން މިން ނޭގޭ ކަނޑަކަށެވެ.  މީހާ ހަމަޖެހެން މަސައްކަތް ކުރަމުން މަސައްކަތައިގެން ކުރިއަށް ދާން އޭނާ އަވަސްވެގަތެވެ. އެގަޑީގައި ކޮންޕިއުޓަރ ކުއްލިއަކަށް ސްޓަކް ވުމުން ރުޅި ބޭލުނީ ކޮންޕިއުޓަރަށެވެ. ރުޅިއައިސްގެން ކޮންޕިއުޓަރގެ ކީބޯޑް ގައި ބާރަކަށް ތަޅަމުން ދިޔަ އާރާއަށް މަޑުމަޑުން ރޮވެން ފެށިއެވެ. އޭނާއަށް ރޮވެމުން ރޮވެމުން ގޮސް މަޑުމަޑުން ގިސްލެވެން ފެށުނެވެ. އެއާއެކު މޭޒުމަތީގައި ބޯއަޅާލެވުނެވެ. ހިތްދަތި ގޮތަކަށް ރޮމުން ދިޔަ ގޮތް ބަލަން ހުރި އާއިކް އަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރިކުރެވެމުން ދިޔައެވެ. ދެފަހަރަކު އާރާ ކައިރިއަށް ދިޔުމަށް ފިޔަވަޅު އަޅާވެސްލިއެވެ. އެހެންނަމަވެސް އެހިތްވަރު އޭނާއަކަށް ނުލިބުނެވެ.

ހަވީރު ހަތަރެއް ޖެހީއެވެ. ޑިއުޓީ ނިންމާލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވަމުން މައިލީން ނުކުތުމަށް ހިނގައިގަތެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް ގެނުވީ ޔުއާން ގެ އަޑުންނެވެ. ފުން ނޭވާއެއް ދޫކޮއްލަމުން އޭނާ ޔުއާން އާ ދިމާލަށް ބަލާލިއެވެ.

ޔުއާން މަޑު ފިޔަވަޅުތަކެއްގައި އައިސް މައިލީން ގާތަށް ހުއްޓުނެވެ. އޭނާ މައިލީން ގެ ދެލޮލަށް ފުން ނަޒަރަކުން ބަލާލިއެވެ. އެއާއެކު މައިލީން އިސްޖަހާލީއެވެ. “އެ ކުއްޖަކީ ލީން ގެ ކުއްޖެއްތަ؟” ޔުއާން ގެ އަޑު މިފަހަރު މަޑެވެ. އެއާއެކު މައިލީން އަށް ހީލެވުނެވެ. އެ ހީލުމުގެ ފަހަތުގައި ފޮރުވިފައިވާ ވޭނާ ހިތްދަތިކަން ޔުއާން އަށް ފާހަ ކުރެވުނެވެ.

“އަހަރެން ކުރިންވެސް ބުނިން އަހަރެން މީހަކާ އިނދެގެން ކުއްޖަކުވެސް ހުރެޔޭ ޔުއާން. އަހަރެންގެ ދިރިއުޅުމާ ކުޅެން ނޫޅެބަލަ. ޔުއާން އަމިއްލައަށް ބުނީ ޔުއާން ވެސް އުޅެނީ މީހަކާ އިނދެގެނޭ. އެހެންވީމާ މީހުންގެ ފިރިން އުޅޭ ގޮތަށް އުލެބަލަ. ތަނަކުން އަންހެނަކު ފެންނައިރަށް ފަހަތުން ނުދުވެބަލަ. އެޓްލީސްޓް އަނބިމާހާއަށް ވަފާތެރިވާން ދައްކޮއްބަލަ. ކީއްކުރާނީ…. ތިކަހަލަ މީހުންނަކަށް ނޭގޭނެ ވިއްޔަ ވަފާތެރިކަމަކީ ކޯއްޗެއްކަމެއްވެސް…. މައިލީން ސީދާ ޔުއާން ގެ ދެލޮލަށް ބަލާލިއެވެ.

“އަދި އެއްވާހަކަ. އަހަރެން ނަކީ ޔުއާން އަށް އެއްވެސް އިރެއްގައި މުހިންމު ވި މީހެއްނޫން. ހަމަ އެކަނި ޔުއާން ފޫހި ފިލުވާލަން ޔުއާން ގެ ބަދަލް ހިފާ ފުރިހަމަކޮއްލުމަށ ގެންގުޅުނު ކުޅޭ ކުޅޭ އެއްޗެއް. ދެން ކީއްވެ މިއަދު އަހަރެންނާ އަހަރެންގެ ދަރިފުޅަށް ތިހާ ޝައުގުވެރިތިވަނީ… އަމިއްލަ ދިރިއުޅުން ހަލާކުނުވަނީސް އަހަރެންގެ ފަހަތުން އުޅެ ތިކުރާ އުނދަގޫ ހުއްޓާލާ ޔުއާން” މައިލީން އިތުރަށް އެތާ ހުންނަ ހިޔާލެއްނުކުރެއެވެ. އޭނާ ނުކުމެގެން ދިޔައީއެވެ. ޔުއާން ހުރީ ބަސްހުއްޓިފައެވެ. މައިލީން އެފަދަ ހިތްވަރެއް ނެރުނީ ކިހިނެތްހެއްޔެވެ؟

ލިފްޓް ގޮސް ހަތަރު ވަނަ ފްލޯއަށް ހުއްޓުމާއެކު ލިފްޓް ތެރެއަށް ވަދުނީ ޖަޒިލްއެވެ. އޭނާ މައިލީން އަށް ހިނިތުންވުމެއް ރައްދުކޮއްލިއެވެ. މައިލީން ވެސް ބަދަލްގައި ހިނިތުންވުމެއް ރައްދުކޮއްލިއެވެ.

“ކޮބާތަ ބޭބީ” ޖަޒިލް އަހާލިއެވެ.

“ގޭގަ” މައިލީން ގެ ޖަވާބު ކުރެވެ.

ޖަޒިލް މައިލީން އަށް ބަލާލިއެވެ. އޭނާ އަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. މައިލީން އަކީ އޭނާ ގެ ހިތުން ހާއްސަ ޖާގައެއް ދެވިފައިވާ ކުއްޖެކެވެ. އެހެން ހުރިހާ ކުދިންނާ މައިލީން ތަފާތެވެ. ހިތުތެރޭގައި އެތަށް އަހަރެއްވަންދެން އެނާ ލޯބި ފޮރުވާލީއެވެ. އަދިވެސް ޖެހޭނީ ފޮރުވަން ކަންނޭގެއެވެ. މައިލީން އަކީ މީހެއްގެ އަންބެކެވެ. އޭނާ ޖެހޭނީ މައިލީން ގެ އުފާތަކަށް އިސްކަން ދޭށެވެ. އޭނާ ގަބޫލް ކުރާގޮތުގައި ލޯބި ވުމަކީ އަނެކާގެ އުފަލަށް އެދުމެވެ.

“އެއްޗެއްކާލަން ދާންވީނު އިލީ… ޕްލީޒް ޑޯންޓް ސޭ ނޯ ޓުމީ ދިސްޓައިމް” ޖަޒިލް ލިފްޓުން ނުކުމެލާ މައިލީން އަށް ބުނެލިއެވެ.

މިވަގުތު ކެންޓީނުން އެއްޗެއް ކާލެވެން އަންނަނީ…” މައިލީން ބުނެލިއެވެ. ޖަޒިލް ބުނެލީ އެންމެ ރަނގަޅުކަމުގައެވެ. ދެމީހުންވެސް މިސްރާބުޖެހީ ކެންޓީނާ ދިމާލަށެވެ. ގޮސް އެތަނުން ހުސްމޭޒެއްގެ ދޮށުގައި ދެމީހުން އިށީނެވެ. އަދި ވެއިޓަރ އަކަށް ގޮވާލާ އޯޑަރ ދިނެވެ.

ޔުއާން ވެސް ބޯ ހާސްވެފައިވަނީ މެންދުރުނުކައި ހުރުމުގެ ސަބަބުން ހައިކަން އިހްސާސްވާތީއެވެ. އޭނާ ގެ ލޮލުގައި އަޅައިގަތީ ހީހީފައި ޖަޒިލް އާ ވާހަކަ ދައްކަމުން ދިޔަ މައިލީނެވެ.

އޭނާގެ ލޭ ކެކޭ ގޮތްވިއެވެ.

“އެދުވަހު އިލީ އަހަރެން ނާ ރައްޓެހިވެގެންނޭ ކިޔާފައި ދޮގުހެދީމެއްނު. އާތީ މެންވެސް ތިބީ ހައިރާންވެގެން ބުނާން އެއްޗެއްނޭގިފަ. ނައިސް ގޭމެއް ދޯ އެއީ” ސްކޫލް ދައުރުގެ މަޖާ ވާހަކަތައް ދައްކަމުން ދިޔަ ދެމީހުންނަށް ވެސް ދިޔައީ ހެވެމުންނެވެ.

އެތަން ބަލަން ހުރި ޔުއާން އަށް މީގެކުރިން މައިލީން ގެ ފަރާތުން ނުފެންނަ އެތައް ކަމެއްފެނިއްޖެއެވެ. އެ ހިނިތުންވުމެވެ. މައިލީން އުފާވެފައި ހުންނައިރު ހާދަ ލޯއްބެވެ. މައިލީން އިސްތަށިގަނޑު އެއްފަރާތަކަށް އެއްލަމުން ގެނައި ހަރަކާތުގެ ސަބަބުންވެސް ޔުއާން ހުރީ ބަސްހުއްޓިފައެވެ. މައިލީން ގެ އެ އުފާވެރިކަން ފޭރިގަތީ ހުދު ޔުއާން އެވެ. އެކަން ޔުއާން އަށް އިހްސާސް ވާނީ ކޮންއިރަކުންބާއެވެ.

އިތުރަށް އެތާ ހުރުމުގެ ބަދަލްގައި ޔުއާން ނުކުތީ ނުވެސް ކައެވެ. އޭނާ ދެން މިސްރާބުޖެހީ ލާވިޔާ އާ ބައްދަލުކުރުމަށެވެ. މައިލީން ލާވިޔާއާ ބައްދަލުކުރި އެނގެން އޭނާ ބޭނުންވެއެވެ. ކޮންމެ ގޮތެއްހަދާފައިވެސް އޭނާ އެކަން ކުރާނެއެވެ.

އެހެންނަމަވެސް މިފަހަރުވެސް ޔުއާން ގެ ނަސީބު ދެރައީއެވެ. ލާވިޔާ ވީ ޑިއުޓީ ނިންމާލާފައި ގޮހެވެ.

އޭނާ ލާވިޔާއަށް ގުޅާކަށް ބޭނުމެއްނުވިއެވެ.

ޔުއާން ފޫހިވެގެން ހުރެގެން ގެއަށް ދާން ވެގެން އަވަސްވެގަތެވެ. އޭނާ ހޮސްޕިޓަލުން ނުކުމެގެން ޕާރކިންޒޯން އަށް ގޮސް  ކާރު ނަގައިގެން ދާން ނުކުތެވެ. ހިޔާލުތަކުން ސިކުނޑި ފަޅައިގެންދާ ވަރުވެފައި އިން ޔުއާން އަށްހުންގާނުގައި ބާރަށް ޖަހާލެވުނެވެ.

ގެއަށްވަތް ޔުއާން އަށް ޒާރިވާ ގޮވާލިއެވެ. އޭނާ ސޯފާއާއި ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އެތާގައި ތިބީ ޒާރިވާ އާއި އަފްޝީންއެވެ.

“ކީކޭތީ މާމާ” ޔުއާން އަހައިލިއެވެ. ޒާރިވާ އެދުނީ އިށީނުމަށެވެ.

“ޔުއާން ޔުއާން ޔުއާން ގެ މަންމަގެ އާއިލާ….” ޒާރިވާ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ ޔުއާންއެވެ. “މާމާ މަންމަ ގެ ފެމެލީގެ ވާހަކަ ނުދައްކާ….” ޔުއާން ބުނެލިއެވެ.

“ދޮންބޭ އަޑު އަހާބަލަ” އަފްޝީން އަށް ވެސް ބުނެވުނެވެ.

“އަފްޝީން ގާތުވެސް ބުނެފިން ނުދައްކާށޭ. އެ އާއިލާގައި ނުހުންނާނެ ދޮންބެ އާ ގުޅުން ބާއްވަން ޖެހޭ މީހެއް.” ޔުއާން ހިންހަމަ ނުޖެހިފައިހުރެގެން ސިޑިން އަރައިގެން ދިޔައީއެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. “މަންމަ އުޅުނިން ޔުއާން އާ އެވާހަކަ ދައްކަން. އެކަމަކު ޔުއާން އެއް އަޑެއްނޭހި” ޒާޒިވާ އައިކަލް އަށް ބަލާލަމުން ވަހާކަދެއްކިއެވެ. އާއިކް އާއި އަފްޝީން ވެސް އެއްޗެކޭ ނުބުނެ ތިބީއެވެ. ކާމޭޒުކައިރީގައި އެހެން ރޭރެއަށްވުރެ ނުތަނަވަސްކަމާ ހާސްކަން ވެރިވެފައިވެއެވެ.

“ވާނީވެސް އެހެން… ޔުއާން ކިހާ އާދޭހެއް ކުރި އެންމެ ފަހު ފަހަރުވެސް.. އަހަރެން އާދޭސް ކުރިވަރުވެސް ފެންނާނީ ޔުއާންއަށް. އޭނާ ބޭނުމެއްނުވާނެ ދުވަހަކުވެސް އެ އާއިލާ ގެ ވާހަކަ ދައްކާކަށްވެސް” އައިކަލް ބުނެލިއެވެ.

އޭނާގެ މޫނުމަތިން ވެސް ހިތްދަތިކަމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.

އެމީހުންގެ ނަޒަރު ހުއްޓުނީ އެތަނަށް އައިސް ހުއްޓުނު ޔުއާން އަށެވެ. އައިކަލް އިޝާރާތް ކޮއްލުމާއެކު ޔުއާން އިށީނެވެ.

“ޑޭޑް… ޕްލީޒް އެމީހުންގެ ވާހަކަ ނުދައްކަބަލަ” ޔުއާން އިސްޖައިގެން އިނދެފައި ބުނެލީ ހަމައެކަނި އެހެންނެވެ.

ކެއުމުގެ ވަގުތުގައި އެކަކުވެސް އިތުރަށް އެ މައުލޫއަށް ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. މޭޒުމައްޗަށް ވެރިވެފައިވަނީ އާދަޔާހިލާފު ހިމޭންކަމެކެވެ.

ކައިގެން ޔުއާން އަނެއްކވެސް ވަނީ ކޮޓަރިއަށެވެ. އޭނާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.

ޔަޝްމް ނިންދަވަން ވެގެން އޮށޯވެގެން އޮތް މައިލީން ދިޔައީ ޔަޝްމް އަށް ނިކަން ރީތި ދިވެހި ލަވައެއް ކިޔާދެމުންނެވެ. އާދއިގެ މަތިން މައިލީން ކިޔައިދޭ ދޮންކަނބުލޮ ލަވައެވެ.

ޔަޝްމް ނިދމުނުން އޭނާވެސް ނިދަން އަވަސްވެގަތެވެ.

ކުއްލިއަކަށް ސައިޑް ކަބަޑް މަތީގައި އޮތް ފޯން ވައިބްރޭޓް ވިއެވެ. އޭނާ ފޯން ނަގާ ބަލާލިއިރު ނުވެސް ދަންނަ ނަމްބަރަކުން ފޮނުވާފައި އިން މެސެޖެކެވެ.

“ގުޑް ނައިޓް އިލީ… މިސްޔޫ” މައިލީން ރިޕްލައިވެސް ކޮއްނުލާ ފޯން ބޭއްވީއެވެ. އޭނާ އަށް އެ މެސެޖް އެހާ މުހިންމެ ނުވީއެވެ. އޮޅިގެންވެސް މެސެޖް ކުރެވިދާނެ ތާއެވެ.

އަނެއްދުވަހު މައިލީން އޮފް ނެގީ ޔަޝްމް ގެ ރިޕޯޓް ތައް ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ދުވަސްކަމުގައި ވާތީއެވެ. އޭނާ ހެނދުނު ހޭލައިގެން ހޮސްޕިޓަލް އަށް ދާން އަވަސްވެގަތީ އާރާ އާއި ޔަޝްމް ހަވާލުކޮއްފައެވެ. އާރާވެސް މިއަދު އޮފީހަށް ނުދެއެވެ. އެހެންނޫނަސް ރިޕޯޓް ތައް ދައްކަން ދާއިރު ޔަޝްމް ގެންދަން މުހިންމު ނުވާނޭކަމަށް އޭނާއަށް ވިސްނިފައިވާތީއެވެ. އޭނާ ކާރުގައި އިން އިރު ވިސްނެނީ އެންމެ ފަހުން ދުވަހު ލާވިޔާ ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހުގެ ހާދިސާއެވެ.

“ޔަޝްމް…” ލާވިޔާ ޔަޝްމް އަށް ގޮވާލަމުން އޭނާގެ އުނގަށް އެރުވިއެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ޔަޝްމް ނުދިނަސް އޭނާ އިނީ ހެވިފައެވެ. ލާވިޔާގެ ކަރުގައި އަޅުވާލެވިފައިވާ ޑޮކްޓަރ ކަށިގަނޑާ ކުޅެލަން އިނީ ޝައުގުވެރިކަމާއެކުގައެވެ.

“އަސްލު ޓެސްޓް ތައް ހަދާލަން އެބަޖެހޭ…. އޭރުން ވަކި އެއްޗެއް ބުނަން އިނގޭނީ. ރިޕޯޓް ތައް ދައްކައިލަން އަންނަން ވީނު. މިއަދު ޓެސްޓް ތައް ހަދާލެވޭނެ” ލާވިޔާ ޔަޝްމް އޭނާގެ ކައިރީގައި ހުރި ގޮނޑީގައި ބައިންދަމުން ތަރުޖަމާނަކަށް އިން ކުއްޖާ ގާތުން ޓެސްޓް ތައް ހަދަން ދޭ ގަނޑު ދިނުމަށް އެދުނެވެ. އެ ކުއްޖާ ދިނުމުން ހަދަންވީ ޓެސްޓް ތައް ލިޔެލުމަށްފަހު މައިލީން އަތަށް ދިނެވެ. އަދި ހިނިތުންވެލިއެވެ. “ޕްލީޒް ބޯ މޯ ކެއާ ފުލް… އިޓް މައިޓް ގެޓް މޯ ކޮންޕްލިކޭޓެޑް” މައިލީން ގޮނޑިން ތެދުވެލާ ޔަޝްމް އުރާލަން އުޅެނިކޮއް ލާވިޔާ ބުނެލިއެވެ. މައިލީން ހާސްވިއެވެ. އޭނާގެ މޫނުމަތިން އެ އަސަރުތައް ފާޅުވީކަންނޭގެއެވެ. “ޖަސްޓް އިން ކޭސް” ލާވިޔާ ބުނެލިއެވެ.

މައިލީން ގެ ހިޔާލުތައް އެއްފަރާތަށް ވެގެން ދިޔައީ ޓެކްސީ ޑްރައިވަރު ގޮވާލުމުންނެވެ. އޭނާ އަވަސް އަވަހަށް ލާރި ދައްކާލަމުން ފޭބިއެވެ. އަދި ހޮސްޕިޓަލަށް ވަނެވެ.

ލާވިޔާގެ ކޮޓަރީގައި ރިޕޯޓް ދައްކަން އިން މައިލީން ގެ އަތްފައިވަނީ ފނިވެފައެވެ. ފިނިދަލެއްހިތްލާފައިވެއެވެ. އޭނާވެސް އެ ރިޕޯޓް ބަލާލިއެވެ. ސީރިއަސްކަން އެނާއަށްވެސް އެނގެއެވެ.

ޔުއާން ވެސް މިއަދު ޑިއުޓީ އަށް އައި ގޮތަށް ފުރަތަމަ މިސްރާބުޖެހީ ފަސްވަނަ ފްލޯއަށެވެ. އޭނާ ބޭނުންވީ ލާވިޔާ އާ ބައްދަލު ކުރާށެވެ. މައިލީލާވިޔާ އާ ބައްދަލުކުރާސަބަބާއި ހަގީގަތް ހޯދުމަށް ޔުއާން ވަނީ ކެތް މަދުވެފައެވެ.

“ޑޮކްޓަރ… ޔަޝްމް… ޔަޝްމް ކިހިނެތްތޯ؟” މައިލީން އިނީ ހާސްވެފައެވެ. ވާހަކަދައްކަން ވެސް އޭނާއަށް އުނދަގުލެއެވެ. ފުރާނަފަދައިން ލޯބިވާ ދަރިފުޅަށް ކަމެއްވެއްޖެނަމަ މައިލީން އަށް ވާނޭ ގޮތެއްވެސް ނޭގެއެވެ. “މައިލީން…” ލާވިޔާ ފުން ނޭވާއެއްލިއެވެ. “ޔަޝްމް އެހާވެސް ސީރިއަސްތޯ…” މައިލީން ބުނެލިއެވެ. “ލުކް މައިލީން….. ހިތްވަރު ކުރަންވާނެ. މެޑިކޭޝަން އިން ކުރިއެރުމެއް ނުފެނޭ… ޔަޝްމް ކުޑަވީމަ އެހާ ބާރުގަދަ ބޭސްތައްވެސް އަބަދު ބޭނުން ކުރުން ރަނގަޅެއްނޫން…. ދެން އޮތް އޮޕްޝަނަކީ ސާޖަރީ… އެކަމް ޔަޝްމް ގެ ސާޖަރީ ވަރަށް ކޮންޕްލިކޭޓެޑްވެދާނެ” ލާވިޔާ ވާހަކަ ދެއްކިއެވެ.

“އީސީޖީ އިން ވެސް އެބަ ފެނޭ ވަރަށް އެބްނޯމަލް ކޮން ހާރޓް ބީޓް ރޭޓް މިއުޅެނީ” ލާވިޔާ އީސީޖީ ނެގުމަށްފަހު މައިލީން އަށް ދައްކައިލިއެވެ.

“ބުނީމެއްނޫންތޯ ބައެއްފަހަރު ޔަޝްމް ގެ ނޭވާ އަށް އުނދަގޫ ވާ ވާހަކަ. މިހާރު ކިހިނެތްތޯ” މައިލީން އިސްދަށަށް ޖަހައިގެން އިންނަން ފެށުމުން ލާވިޔާ އަނެއްކާވެސް އަހައިލިއެވެ. ދެން އޭނާއަށް އިވުނީ މައިލީން ނޭފަތް ދަމާލިއަޑެވެ. އެއާއެކު މައިލީން ރޮނީކަން އޭނާއަށް އެނގުނެވެ. އެއާއެކު އޭނާ ތެދުވެލާ ގިސް މައިލީން ގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އަދި ހިތްވަރު ކުރުމަށް ބުންޏެވެ. “އަޅުގަނޑުމެން އަދިވެސް މަސައްކަތް ކުރާނަން. ދުނިޔޭގައި ތިބިހާ ދުވަހަކު އުންމީދު ކަނޑާލާކަށްނުވާނެ.” ލާވިޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ޔަޝްމް ރަނގަޅުކޮއްދީ… ކޮންމެ ގޮތެއްހަދާފަވެސް އެންމެ ރަނގަޅު. އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު. އެއީ އަހަރެންގެ ހުރިހާވެސް މީހަކީ” މައިލީން އަށް ބުނެވުނެވެ. ބަލިކަށިވެފައިވާ ވަގުތު ތަކުގައި ކިރިޔާ މީހެއްގެ ފަރާތުން އޯގާތެރިކަން ލިބުނަސް އިތުރަށް އޯގާތެރިކަމާ އެހީތެރިކަމަށް އެދެވޭނެއެވެ.

“ހިތްވަރުކުރޭ މައިލީން. ދުނިޔޭގައި އެކި މީހުންނަށް ކުރިމަތިވާނީ އެކި ކަހަލަ އިމްތިހާން…” ލާވިޔާ އަނެއްކާވެސް ބުނެލިއެވެ. އޭނާ މައިލީން ގެ ކޮނޑުގައި މަޑު މަޑުން ޖަހާލަ ޖަހާލާ ހުރީ މައިލީން ހަމައަކަށް އެޅެންދެނެވެ. ލާވިޔާ ގާތުގައި މައިލީން މަޑުކޮއްލުމަށްފަހު ހަމަޖެހިލަމުން ކޮޓަރިން ނުކުތެވެ. އޭނާ ފުން ނޭވާއެއްލިއެވެ.

މައިލީން ހިނގައިގަތް އިރު ކުރިމަތީގައި ހުރީ ޔުއާންއެވެ. އޭނާ އަވަސްއަވަހަށް ދުރުބަލައިލީ ރަތްވެފައިވާ ދެލޯ ޔުއާން އަށް ފޮރުވުމުގެ ބޭނުމުގައެވެ. އޭނާ ޔުއާން ހުރި ދިމާލުން ލޯ ފޮރުވަމުން ހިނގައިގަތެވެ. ޔުއާން އަށް މައިލީން ހުރީ ރޮއިފައިކަން އެނގުމުން އަނެއްކާވެސް ހާސްކަން ވެރިވިއެވެ. މައިލީން ލާވިޔާ ކައިރިން ނުކުންނަނިކޮއް އޭނާއަށް ފެނުނު މިއީ ދެވަނަ ފަހަރެވެ. އޭނާގެ ހިތަށް ވަނީ ބިރުވެރިކަމެއް ވެރިވެފައެވެ.

“ލީން… ޔުއާން ގެ އަޑުގައި މަޑުމައިތިރިކަމެއްވެއެވެ. ނޭގެއެވެ. އެއްބައިފަހަރު އޭނަގެ ހިތަކީ އިޚްތިޔާރު ލިބިގެންވާ އެއްޗެއްނޫނެވެ. “މައިލީން ވަގުތުން ހުއްޓުނެވެ. ޔުއާން ގޮސް މައިލީން ގެ ކުރިމައްޗަށް ހުއްޓުނެވެ. އޭނާއަށްފެނުނީ މައިލީން ގެ ލޮލުން ފައިބަމުން ދިޔަ ކަރުނައެވެ. ކޯތާފަތުގައި ބޮސް ދެމުން ތިރިއަށް ފައިބަމުން ދިޔަ ކަރުނައިގެ ސަބަބުން މިފަހަރު ޔުއާން ގެ ހިތް މަޑު ކަފަ ކޮޅަކަށް ވެގެން ހިނގައްޖެއެވެ. މައިލީން އަށް ކަމެއް ވީއޭ ހިތާ އޭނަގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. “ކަމް ވިތް މީ ލީން” މައިލީން ގެ އަތުގައި ހިފައިގެން އެބައިގައި ހުރި ޑަކްޓަރުންގެ ލައުންޖްއަށް ވަންނަން ޔުއާން ހިނގައިގަތެވެ. އެތަން ފެނުނީ އެވަގުތު އެތަނުގެ ތެރޭގައި ހުރި ޖަޒިލްއަށެވެ. އޭނާގެ ހިތުގައިވެސް ސުވާލުމާކުތައް އެތުރރން ފެށިއެވެ. ފައްޗަކަށް އެމުނެމުން ދިޔަ ސުވާލުތަކުގެ ތެރެއިން އޭނާގެ އެންމެ ބޮޑު ސުވާލަކަށްވީ މައިލީން ލާވިޔާ އާއި ބައްދަލު ކުރާސަބަބެވެ.

“ލީން… ވަޓް ހެޕެންޑް” ޔުއާން ގެ އަޑުގައިވަނީ އޯގާތެރިކަމެވެ. އޭނާ މައިލީން ގެ އަތުން ދޫކޮއްލިއެވެ. އޭރު އެތަނުގެ އެތެރޭގައި އެއްވެސް މީހަކު ނެތެވެ. މައިލީން ރިޕޯޓް ތައް މޭގައި ޖައްސައިލައިގެން ހުންނަން ފެށުމުން ޔުއާން އެ ރިޕޯޓް ތައް އަތުލަން އުޅުނެވެ. އެހެނަސް މައިލީން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. “ލީން” މައިލީން ގެ ދެ ކޮނޑުގައި ހިފައި ތަޅުވާލަމުން ޔުއާން ގޮވައިލިއެވެ. ހުރިގޮތަށް ހުރެ ކަރުނަ ބައިލަމުން ދިޔަ މައިލީން ކުއްލިއަކަށް ޔުއާން ގެ ގައިގައި ބައްދައިގަތެވެ. އޭނާއަށް ބާރަށް ރޯން ފެށުނީއެވެ. “ލީން” ޔުއާން ކަންބޮޑުވި ކަމުގައިވިޔަސް މައިލީން އަށް ގޮވާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. “ލީން ކިހިނެތްވީ؟ ލީން އަށް ކަމެއް ވީތަ؟” ޔުއާން އަނެއްކާވެސް އަހައިލިއެވެ. އޭރުވެސް އޭނާ ހުރީ އަތް ޖީބަށް ޖަހައިލައިގެންނެވެ. މަޑުމަޑުން އަތް ނަގާ މައިލީން ގެ ބުރަކަށީގައި އަތް އަޅުވާލުމާއެކު ކުރިން ހިފައްޓައިގެން ހުރި ވަރަށް ވުރެ ބާރަށް މައިލީން ޔުއާން ގެ ގައިގައި ބައްދައިގަތެވެ. އެވަގުތު ޔުއާން ގެ ހިތަށް ވެސް ހަމަގައިމުވެސް ގޮތެއް ވެގެން ދިޔައެވެ. އެ ހިތް ރޯލިއެވެ. ތެޅިލިއެވެ. މައިލީން އަށް ހިންހަމަ ޖެހުން ހޯދައިލަދޭން ބޭނުންވިއެވެ. އެހެނަސް އެއިން އެއްވެސް ކަމެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ޔުއާން ބަލިކައްޓެވެ.

“ޔުއާން… އަހަރެން ދިރިއުޅުމުގެ އުންމީދު ގެއްލިއްޖެ” މައިލީން އަށް ރޮމުން ބުނެވުނީ އެވަރަށެވެ. ކުއްލިއަކަށް ޔުއާން މައިލީން ދުރުކޮއްލަމުން މައިލީން ގެ މޫނުގައި ހިފާ އޭނާގެ ލޮލާ ސީދާކުރުވިއެވެ.

“ޓެލް މީ” ޔުއާން ގެ އަޑުމަޑުވެފައި އޯގާތެރިކަމެއް އެ އަޑުގައި ވިއެވެ. ޔުއާން ގެ ފަރާތުން ފެންނަމުންދިޔަ އޯގާތެރިކަމުން މައިލީންއަށް އިތުރަށް ރޮވުނީއެވެ. އެފަދަ އޯގާތެރިކަމަކަށް އޭނާ އިންތިޒާރުކުރާތާ ކިހާ ދުވަހެއްވެއްޖެހެއްޔެވެ؟ އަދި އެވެސް އޭނާ އެންމެ ބޭނުންވާ ފަރާތުންނެވެ. ޔުއާން ގެ ފަރާތުންނެވެ. ދުލުން ފާޅުނުކުރިކަމުގައިވިޔަސް އަދިވެސް ޔުއާން އަށް ޓަކައި އޭނާ ގެ ހިތުގައި ފުން ލޯބިވެއެވެ. އެންމެ ފުރަތަމަ ދުވަހު އޭނާ ޔުއާން ދެކެ ވީލޯބި އެގޮތުގައި އަދިވެސް އެ ހިތުގައި ވެއެވެ. އެ ލޯއްބަށް ކުޑަވެސް އުނިކަމެއް ނުވެއެވެ.

“ޔުއާން އަހަރެން… ހެލްޕް މީ ޕްލީޒް… ތީވެސް ޑޮކްޓަރެއްނު… އެހީވެދީ އަހަންނަށް އެހީވެދީ” މައިލީން ރޮމުން ރޮމުން ޔުއާން ގެ ގިރުވާނުގައި ހިފައި ވާހަކަދެއްކިއެވެ. ޔުއާން ގެ ހާސްކަން ދެގުނަ ވެގެން ދިޔައެވެ. އޭނާ ހީކުރީ މައިލީން އަށް ކަމެއް ވީ ކަމަށެވެ. “ލީން އަށް އެއްވެސް ކަމެއްނުވާނެ… އިރާދުކުރެއްވިއްޔާ ނުވާނެ” ޔުއާން މައިލީން ގެ ގައިގައި ބައްދާލަމުން ވާހަކަ ދެއްކިއެވެ. “ލެޓް މީ ސީދަ ރިޕޯޓްސް” ޔުއާން ކުއްލިއަކަށް މައިލީން ދުރުކޮއްލަމުން އަހައިލިއެވެ. އެއާއެކު މައިލީން ގެ މޫނުމަތިން ނުތަނަވަސް ކަން ފެނިގެން ދިޔައެވެ. އެނާ ރިޕޯޓް ތައް ފުރަގަހަތަށް ލަމުން އެ ޔުއާން އަށް ފޮރުވިއެވެ.

މައިލީން ފަހަތަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް ޔުއާން ހަދާލި ގިތަކުން މައިލީން އައިސް ތަތްވީ ޔުއާން ގެ މޭމަތީގައެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ރިޕޯޓް ތައް ވެރިގެން ދިޔައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތިޔައީ މަގޭ އުފަލަކީ 6

Next

ލޯބިއެހެނަސް..2

Next
January 29, 2018

ލޯބިއެހެނަސް..2

Previews
January 29, 2018

ތިޔައީ މަގޭ އުފަލަކީ 6

67 Comments!

  1. Shai says:
    January 29, 2018 at 6:14 pm

    I ve read all the parts so far…its my first comments to ur story..ur a amazing witer..the best thing in yuh is that u uplod stories on time..yuh have potential in this field..wish u luck

    1. Shai says:
      January 29, 2018 at 6:31 pm

      And there is one more thing i would like to highlight…it not “vadunee”…..its v” vadee”..hope ethan kolhu raglhu kuraane kamah…hurihaa part eh ga vx huree ahn

    2. Hi Mi says:
      January 30, 2018 at 2:05 am

      Thanks shai. Varah bodah happy vehjjd. ???

    3. Hi Mi says:
      January 30, 2018 at 2:43 am

      Yes. Hi Mi ah hama aamu koh beynu kurevey kuh baheh. Story up kuran feshi fahun inguni ves. Ehen v ma e word dhookohlan undhagoo vegen miulheny. Ekam i am tryiny. Sorry dear. ?????

  2. Hi Mi says:
    January 29, 2018 at 6:15 pm

    Assalaamu Alaikum. Reyga up kurin 20 and 21 jahaafa. Ekam massala eh ulheythy delete kohlaafa alun miothy up kohlaafa e ah vure dhigukoh. So hurihaa kudhin ves kiyaalaathi mi part. Thankyou All. Jazakallah Khairan. ???

    1. Black beauty says:
      January 29, 2018 at 7:44 pm

      Vadhee eh noon vanee for ur kind information ?

  3. Shaai says:
    January 29, 2018 at 6:25 pm

    Hama tohvaalaifi

    1. Hi Mi says:
      January 30, 2018 at 2:06 am

      Alhey avahah huttaalaa dhen thanks dear. ???

  4. Shaai says:
    January 29, 2018 at 6:26 pm

    But vvvvvv rythi

  5. Mixuhan says:
    January 29, 2018 at 6:29 pm

    Alhe haadha reethi hisaabakun thi nimmaaaly..next part avahah upkhdhehchey…story varah salhi?waiting for the next part

    1. Hi Mi says:
      January 30, 2018 at 2:07 am

      Thanks mixuhan. Maadhan next part in sha allah.

  6. Kai says:
    January 29, 2018 at 6:47 pm

    Vvvvv nyc next part kn irakun e part avas kohla dhyba pls pls

    1. Hi Mi says:
      January 30, 2018 at 2:07 am

      Thanks kai. Varah bodah thankyou. ??? maadhan ingey.

  7. sam♥ says:
    January 29, 2018 at 6:48 pm

    wow

    1. Hi Mi says:
      January 30, 2018 at 2:09 am

      Thanks sam. ❤

  8. Ilee says:
    January 29, 2018 at 6:50 pm

    Eventhough i dnt comment i read ur stories. Emme fahun nimun vaahaka ves. Varah reethi. Mi vaahaka komme dhuvahaku upkoh dheeba. Mi vaahaka ves varah varah reethi. Obiness to the max. Hehe

    1. Hi Mi says:
      January 30, 2018 at 2:16 am

      Alhey. Happy vehjje kiyaalaa kan ingunima thanks dear. ????????

  9. Icy♡ says:
    January 29, 2018 at 7:00 pm

    Plx plx plx avahah story up kohdheebala
    Vrh reethi

    1. Hi Mi says:
      January 30, 2018 at 2:17 am

      Thanks icy maadhamaa ingey. ???

  10. syle says:
    January 29, 2018 at 7:05 pm

    Wow❤when is next part avahah upkohladheeba

    1. Hi Mi says:
      January 30, 2018 at 2:19 am

      Thanks syle. Maadhan ingey. In Sha Allah. ???

  11. ss says:
    January 29, 2018 at 7:16 pm

    v. molhu.l like your stories. great work

    1. Hi Mi says:
      January 30, 2018 at 2:21 am

      Thanks. Ss. ???

  12. Sai says:
    January 29, 2018 at 7:25 pm

    Hama v v v reethi… kn irakun nxt part… v kiyaahithun indha e nimunyy… dhn vaanyy kihineh baaa????❤❤❤

    1. Hi Mi says:
      January 30, 2018 at 2:22 am

      Thanks sai. Hingaa balaalamaa vaa gotheh. Maadhamaa ingyne. ???

  13. Tee says:
    January 29, 2018 at 7:28 pm

    Wow. Roavijje

    1. Hi Mi says:
      January 30, 2018 at 2:23 am

      Thanks tee. Dhen huttaalaa. Thanks dear.

  14. Xaaaan says:
    January 29, 2018 at 7:38 pm

    Masha Allah haadha reehchey hama rovijje?? xaannah mi story enme reethivee ehen storyaa thafaathukoh maazee dhigu nokoh than than kolhah genes dheythy buneveyny himi vareh nethey story liyan ?????????❤

    1. Hi Mi says:
      January 30, 2018 at 2:26 am

      Alhey. Xaaaan. Sorry rovvaalevunima. Thankyou so much. It means alot. ??

  15. Pinky shifoo says:
    January 29, 2018 at 7:43 pm

    Wow… Mi part vx varah varah reethi ?????.. Varah varah kiyaalaahithun mi kiyaalee… ??… Ekam eba huri kudhi kudhi mistakes liyumuga like nubai akuru or fili jehifa… After writing read it 1 or 2 times eyrun mistakes thah faahagavaane… ???.. Curiously waiting for the next part.. Love you Hi Mi ❤️❤️❤️❤️???????????

    1. Hi Mi says:
      January 30, 2018 at 2:27 am

      Eyi up kuran vegen rangalhah nukiyaalevi hurima. Sorry pinky. Hehe. Anyway thanks and varah vvvvv happy vehjje. Loves more dear. ?????????

  16. Black beauty says:
    January 29, 2018 at 7:44 pm

    Vadhee eh noon vanee for ur kind information

    1. Hi Mi says:
      January 30, 2018 at 2:28 am

      Sory dear. Himi ah hama olheni. ???

  17. Saa says:
    January 29, 2018 at 8:02 pm

    Masha allah himi u ar the best writer ey buneveanie hama rovije mi bae kiyaafa masha allah himi ge hurihaa storythah thah b reethi nd himi baraabarah story thah up kohdheythy v ufaavey thanku I love ur ol stories waiting for the next part ????????????????????????

    1. Hi Mi says:
      January 30, 2018 at 2:29 am

      Thanks saa vvvvvvv ufaa vehjje. Thankyou so much. Maadhannext part ingey. In Sha Allah. ???

  18. Shann says:
    January 29, 2018 at 8:05 pm

    Mihaaru up kohly dhw, Hi Mi thy hama number one ey bunelan jeheyny, story up kurumuga hama ehvana, Hi Mi vareh hama neh

    1. Hi Mi says:
      January 30, 2018 at 2:29 am

      Thanks shann. Yh it means a lot thanks. ???

  19. maikko says:
    January 29, 2018 at 8:11 pm

    Mihaaru varah interesting…alhe adhi eh part miadhu up kohladhyba with lots of love❤?

    1. Hi Mi says:
      January 30, 2018 at 2:30 am

      Thanks dear. Much much more loves.

  20. nash says:
    January 29, 2018 at 8:30 pm

    ވަރަށް ވަރަށް ރީތި ވާހަކަ އެއް.

    1. Hi Mi says:
      January 30, 2018 at 2:32 am

      Thanks nash. ???

  21. Nees says:
    January 29, 2018 at 9:12 pm

    Alhe Hama rovihje haadha asarugadha part ekey HiMi u r the best varah reethi ???❤️❤️

    1. Hi Mi says:
      January 30, 2018 at 2:33 am

      Alhey sorry dear rovvaalevunima. Thanks dear. Vvvvv ufaavehjje. ???

  22. Ba See says:
    January 29, 2018 at 9:38 pm

    Madha Allah v v reethi

    1. Hi Mi says:
      January 30, 2018 at 2:34 am

      Thanks basee

  23. Shaya says:
    January 29, 2018 at 10:39 pm

    Adhi 1 part please… Haadha reehchey huvaa

    1. Hi Mi says:
      January 30, 2018 at 2:39 am

      Thanks shaya. Tomorw ingey. ???

  24. Aki says:
    January 29, 2018 at 11:31 pm

    alhey HI MI haadha reethi hisaabakun thi ninmaalee .. adhi miadhu one part up kohla dheebaa pls pls

    1. Hi Mi says:
      January 30, 2018 at 2:40 am

      Hehe. Aki maadhamaa dhen in part ingey. ???

  25. ziuna says:
    January 29, 2018 at 11:46 pm

    Haadha reechey huvaaa:*
    Adhi mirey one part plxxx

    1. Hi Mi says:
      January 30, 2018 at 2:41 am

      Thanks ziuna. Maadhamaa ingeyn. ???

  26. Zuam says:
    January 30, 2018 at 12:05 am

    Varah reethi ….. waiting

    1. Hi Mi says:
      January 30, 2018 at 2:41 am

      Thanks zuam dear. ???

  27. Nus says:
    January 30, 2018 at 12:32 am

    Adi miray 1 part up koladee v v reeti

    1. Hi Mi says:
      January 30, 2018 at 2:38 am

      Thanks dear. Nus. Maadhan ingey pls a small wait eh. ???

  28. Alyss says:
    January 30, 2018 at 1:21 am

    I loved this when is the next part I can’t wait vv salhi story eh my favourites story also the only story I read please upload it fast

    1. Hi Mi says:
      January 30, 2018 at 2:37 am

      AlheyAlyss. Vvvvvvv ufaavehjje. Aslu himi ah libey hiyy varaki thi kahala comments. Thanks dear. ?????????

  29. Nees says:
    January 30, 2018 at 2:00 am

    HiMi curiously waiting for the next part

    1. Hi Mi says:
      January 30, 2018 at 2:35 am

      Thanks nees. Tomorw ah kuda intjizaareh.

  30. Xxxx says:
    January 30, 2018 at 2:02 am

    Woooowww.haadha reehchey n emotional??

    1. Hi Mi says:
      January 30, 2018 at 2:35 am

      Thanks Xxxx. ???

  31. Ainy says:
    January 30, 2018 at 4:12 am

    Hey mee first comment ingey buneveyni mi story vvvvvvv reechey … Hi Mi dhooyya mi ulhey yuaan gandah angadhyba leen varah keiykoffi kah… adhi yashmu ei yuaan ge kujjeh angadhyba Hi Mi ah ekah kureveh othy ehennu dhw

    1. Hi Mi says:
      January 30, 2018 at 5:06 am

      Alhey. Thankuou dear. Varah happy vehjje comment kohlima. ??? hehe. Yuan ah visna dheyn mi masahkai kurani leen kei kuraakan. Ekam understand nuvanyaa keekyraani dho ainy dhoonyaa. ??? thanks dear. ???

  32. Ily says:
    January 30, 2018 at 2:43 pm

    Konirakun dhen next part……alhey vrh kiyaahithun mihury….dhen yuaan ah report thah fennahchey….ehaa ginadhuvas neyngi dhanyaa vrh foohivedhaane….hi mi ge mivaahavaka up vey thw iru iru kolhaa eba beley…..???

    1. Hi Mi says:
      January 31, 2018 at 8:29 pm

      Thanks Ily. Hingaa balamaa vaa gotheh. ???

  33. The Girl with Hijab says:
    January 31, 2018 at 1:58 pm

    Never ever commented on anything but I had to because needed this to be said; Hi Mi is legit the sweetest and most punctual writer on this sit
    absolutely LOVE your stories, the very first thing I do after coming to work is check for an update and Hi Mi almost never fails to disappoint me, Love you and appreciate your hard work Hi Mi keep it up <3

    1. Hi Mi says:
      January 31, 2018 at 8:31 pm

      Hey. The girl with hijab. Thankyou so much for ur kind words. Hi Mi varah ufaavehjje. Vvvvvvvvv ufaavehjje. Commemt eh kohlima. Bunaane ehchei ves neygey. Love u more dear. Hi Mi hama speechless vehjje. ???❤❤❤❤❤❤

Comments are closed.


All Right Reserved!