Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (18)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 28, 2018 3 Mins Read
12 Comments

“އެކަމަކު އަހަރެން ތ އަތުން ވަރަށް އަވަހަށް ދޫކޮއްލާނަން. އޭރުން މައިލީން އަށް ޖެހޭނީ ރޯލަ ރޯލާ ހުންނަން. އަހަރެންގެ ރައްޓޭހިން ވެސް ބުނީ ކީކޭ. މައިލީން ހާސިލް އެއް ނުވާނޭ… މައިލިން އަހަރެން ގެ ކޯތާފަތުގަ ޖެހީ މިހާރު އަހަރެން މިހިފަނީ އެކަމުގެ ބަދަލް” ޔުއާން ހިތުން މައިލީން އަށް ވަރުގަދަ ރައްދެއްދިނެވެ. އޭނާ ގެ އެކުވެރިން ހާސިލް ނުވާނޭ ބުނީތީ އެނާ އެމީހުންނަށް ދައްކައިލުމުގެ ބޭނުމުގަޔާއި މައިލީން ގެ ކިބައިން ބަދަލް ހިފުމަށް ކުޅޭ މި ކުޅިގަނޑު ނިމޭނީ ކިހިނެތްބާއެވެ؟.

އެރޭގެ ވަގުތެވެ. މައިލީން ހުރީ ގެސްޓް ހައުސް ކުރިމަތީގައެވެ. ޔުއާން އަށް ގުޅުމުން ފޯން ނަގާފައި ބުނީ އެތެރެއަށް ވަނުމަށެވެ. އެތާގެ އެތެރެއަށް ވަތް މައިލީން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެތަން ބޮޑުކަމުން ދާނޭތަނެއް ނޭގިގެން އުޅިފައި ރިޝެޕްޝަން އަށް ގޮސް ޔުއާން ގެ ރޫމް އިނގޭތޯ ސުވާލުކޮއްލިއެވެ. “ކޮންތާކުތޯ ޔުއާން ގެ ރޫމް އިންނަނީ” ދެއަތް ދެއަތާ މޮޑެމުން މައިލީން އަހައިލިއެވެ.

“ކޮން ރޫމްއެއްތޯ… އޭރުން އަޅުގަނޑުމެންނަށް ފަސޭހަވާނީ” ކައުންޓަރުގައި އިން ކުއްޖާ ހިނިތުންވެލިއެވެ. މައިލީން މަޑުކޮއްލުމަށް ބުނުމަށްފަހު ޔުއާން އަށް ގުޅާލުމަށްފަހު ރޫމް ގެ ނަންބަރު އެހިއެވެ.

ފޯން ބާއްވާފައި އެ ރޫމް ނަމްބަރު ބުނެފައި ދައްކާލަ ދިނުމަށް ބުނުމުން ރިޝެޕްޝަން ގައި އިން ކުއްޖާ އެތަނުގައި ހުރި މީހަކަށް ގޮވާލާފައި މައިލީން ގޮވައިގެން ދިޔުމަށް ބުނެލިއެވެ. ޔުއާން ގެ ރޫމާ ހިސާބަށް ދެވުމުން ޝުކުރު ކޮއްފައި މައިލީން އެމީހާ ފޮނުވައިލިއެވެ. އެތަން ވަނީ އޭސީ ކޮއްފައި ކަމުން މައިލީން ހުރީ ހީކަރުވައިގެނެފައެވެ. ބެލް އަޅާލުމާއެކު ޔުއާން ދޮރުހުޅުވައިލިއެވެ.

އޭނާ ހުރީ ޓީޝާޓް ވެސް ނުލާ ހުސް ގަޔާއެވެ. އެރީތި ހަށިގަނޑު އިސްތިހާރުކޮއްގެންނެވެ. “ވަދޭ” ޔުއާން ބުނުމާއެކު ނުވަންނަން ހުރެފައިވެސް މައިލީން ވެނެވެ. ދެއަތް ހުރަސްކޮއްލެވުނީ ފިނިކަމުންނެވެ. “ހާދަ ފިންޏޭ… ބޭރުވެސް އެހާ ފިނި… ވަރަށް ވިއްސާރަކޮން އުޅެނީ… މިހާރު އުޅޭނީ ވެހިގަންނަން ކަންނޭގެ. ދަނީ އިނގޭ ޔުއާން” މައިލީން ޔުއާން ގެ ބަހެއް ހޯދާލުމަށް މަޑުކޮއްލިއެވެ.

“ތަޅުދަނޑި؟” ޔުއާން ސުވާލުކޮއްލިއެވެ. “އޯހް ސޮރީ” މައިލީން އޭނާގެ ހޭންޑް ބޭގުން ތަޅުދަނޑި ނަގަމުން ޔުއާން އަށް ދިއްކޮއްލިއެވެ. އެވަގުތު މައިލީން ގެ ގަނޑު ފެން ކޮޅެއްހާ ފިނި އަތް ތިލަ ޔުއާން ގެ އަތުގައި ބީހިލިއެވެ. ޔުއާން ކުރިއަށް ޖެހިލާ މައިލިން ގެ ގައިގައި ބައދާލިއެވެ. “އަދިވެސް ހީކަރުވާތަ؟” އޭނާ އަހައިލިއެވެ. މައިލީން ޔުއާން ގެ އަތް ނައްޓުވާލިއެވެ. ޔުއާން ގެ ކޮންމެ ހަރަކާތެއްގައިވަނީ މަސްތުކަމެވެ.

އިރުކޮޅަކުން ވާރޭ ބޯކޮއްލައިފިއެވެ. “ދެން އަވަހަކަށް ގެއަކަށްވެސް ނުދެވޭނެ ކަންނޭގެ ލީން” ޔުއާން ބުނެލިއެވެ. އޭނާ އަށް ވެފައި ހުރިގޮތެއް ނޭގެއެވެ. މައިލީން ފެނުމުން ގޮތެއްވަނީއެވެ.

ނޭގޭ ޖަޒަބާތުތަކެއް އުތުރިއަރަނިއެވެ. އަމިއްލަ ނަފްސަށް ބާރުފޯރުވަން އުނދަގޫވަނީއެވެ.

މައިލީން އާ ކައިރިވާން ކުރިހާ މަސައްކަތެއް މައިލީން ގެ ސަބަބުން ބޭކާރުވަމުން ދިޔައެވެ. ވާރޭ ބޯކޮއްލިފަހުން އަދި ވަކިން ފިނިގަދަވާހެން މައިލީން އަށް ހީވާން ފަށައިފިއެވެ. އެހެންކަމުން އޭނާ ފިނި މަޑުކޮއްލުމަށް ޔުއާން ގާތު އެދުނެވެ.

އެހެންނަމަވެސް ޔުއާން އަށް އެ އަޑެއް ނީވުނެވެ. މަޑުމަޑުން ޔުއާން ގެ ހަރަކާތް ތަކަށް މައިލީން އަށް މަރުހަބާ ކިޔެން ފެށުނެވެ. ނޭގި ނަމަވެސް އަމިއްލަ ނަފްސް ގެ މައްޗަށް އޮތް އިތުބާރާ އިޚްތިޔާރު ގެއްލެން ފަށައިފިއެވެ. ޔުއާން ގޮސް ވަޔާވިހުރެމުން ދިޔަ ކާޓެއިން ތައް އެއްފަރާތަށް ޖައްސާލުމަށް ފަހު ކުޑަ ދޮރު ލައްޕައިލިއެވެ. އަދި ކާޓެއިންތައް ދަމާލިއެވެ. ދެންގޮސް މައިލީން ނަގައިގަނެގެން އެނދާ ދިމާލަށް މިސްރާބުޖެހިއެވެ.

މައިލީން އެނދުގައި ބާއްވާލުމުން އޭނާ ގެ ލޯ މެރިގެން ދިޔައެވެ.

މައިލީންއަށް ހޭލެވުނީ ދަންވަރުގެ ވަގުތެއްގައެވެ. އޮވެވުނުތަން ވިސްނާލެވުނުއިރު އޭނާ އޮތީ ޔުއާން ގެ އަތު ތެރޭގައެވެ. ވަގުތުން ރޮވެން ފެށުނެވެ. އެންމެ ބޮޑު ފާފަ ކުރެވިއްޖެއެވެ. ހެއްދެވި ފަރާތަށް ދުއާ ދަންނަވަން ފެށުނީ ރޮވޭ ހާލުގައެވެ. ގިސްލެވޭ ހާލުގައެވެ.

އެނާއަށް މަންމަ ދިން ތަރުބިއްޔަތަކ މިއީ ހެއްޔެވެ؟. ބައްޕަ އަކާ ނުލާ ބޮޑުކޮއްފައި ވަނީ މައިލީން މެނަށް އެއްވެސް ކަމަކަށް ދަތިނުކޮށެވެ. ރެއާ ދުވާލު ބުރަމަސައްކަތް ކަތް ކޮއް ތަރުބިއްޔަތު ކޮއް ކިޔަވައިދިން މައިމީހާއަށް ދައްކާނީ ކޮންމޫނެއްހެއްޔެވެ؟.

މައިލީން ގެ ގިސްލުމުގެ އަޑަށް ޔުއާން އަށް ވެސް ހޭލެވުނެވެ. އޭނާ އަށްވެސް ވީ މައިލީން އަށް ވީވަރެވެ. ބޮލުގައި ޖަހާލުމާއެކު ޝިޓް އޭ ދެތިން ހަތަރު ފަހަރު ބުނެވުނެވެ. މީގެ ކުރިން ދުވަހަކުވެސް ނުކުރާ ކަމެއް އޭނާ އަށް ވެސް ކުރެވިއްޖެއެވެ. މިއީ އޭނާ އެއްގޮތަކަށް ވެސް ކުރަން ހިތު އަޅައިގެން ހުރި ކަމެއް ނޫނެވެ. މީގެ ކުރިން އެތަކެއް ކުދިންނާ އެކީ އުޅޭއިރުވެސް މިހާ ދުރަކަށް ޔުއާން ނުދެއެވެ.

އެރޭ ދަންވަރު މައިލީން ހަމައަކަށް އެޅުވުން ޔުއާން އަށް ވީ ދަތި ކަމަކަށެވެ. އޭނާ ތެދުވެގެން ފާހާނާއަށް ވަދެ ފެން ވަރާލިއެވެ. އަދި ކުރިމައިން ފެންނަމުން ދިޔަ ލޯގަނޑަށް ބަލަން ހުރެ އޭގައި ދެތިން ފަހަރު ޖަހާލިއެވެ. ދެން ނުކުމެގެން ތުވާލި އޮޅާލައިގެން ގޮސް ކުޑަ ދޮރުތައް ހުޅުވާލިއެވެ. ވާރޭ ހުއްޓާލާފައި ވީ ނަމަވެސް ފަޒާ ގެ ތެތް ފިނިކަން ޔުއާން އަށް އިހްސާސް ވަމުން ދިޔައެވެ. އޭނާ އަށް ބަލަން ހުރި މައިލީން އަދިވެސް  ދިޔައީ ގިސްލަމުންނެވެ. އެއާއެކު ޔުއާން ގެ ރުޅިވެސް އިތުރަށް ގަދަވިއެވެ. އެއްފަރާތަކަށް ޖެހިލާ ގޮށް މުއްކަވާފައި ޖެހީ ފާރުގައެވެ.

“މައިލީން ދިޔައީ ސިއްސައިގެންނެވެ. އޭނާ އިން ގޮތަށް އިނީއެވެ. މައިލީން އެހެން އިދެފައި އޭނާގެ ފޯން ނަގާ ބަލައިލިއެވެ. މަންމަ އާއި ޝާލީން އަދި އާރާވެސް ގުޅާފައި އޮތެވެ. އެނާ އަށް ހަދާނެ ގޮތް ހުސްވިއެވެ. މަންމަ އަށް ގުޅަން ވެސް ނުކެރޭނެއެވެ.

“ގުޅާބަލަ މަންމަ އަށް” މައިލީން ގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ކަންތައް ޔުއާން އަށް އެނގުނުފަދައެވެ. އޭނާ ގޮސް މައިލީން ގާތަށް ހުއްޓުނެވެ.

“ގުޅާފަ ބުނޭ ރައްޓެހި ކުއްޖަކު ގެ ގެއެއްގައޭ… ބުނޭ މަންމަ ކާރީ ބުނަން ހަނދާން ނެތުނީއޭ…. އެއްޗެހި ތަކެއް ހަދަނި އޭ ބުނޭ… މީ… ކޮންމެވެސް ކުއްޖަކާ އެކީ ސްކޫލަށް ބޭނުންވާ ލީން ބުނީމެއްނު ކޮންމެވެސް ކާޑް ތަކެއް ފްރެނޑެއް ހަދާވާހަކަ. ބުނޭ އޭނާ ބުނާނަމޭ ބުނީމައޭ ނުބުނެ ހުރެވުނީ… ބުނޭ މިހާރު މިދަނިއޭ” ކަންތައް ކުރަން ވީ ގޮތް ވިސްނުން ތެރިކަމާއެކު ޔުއާން ކިޔައިދިނެވެ.

ގޮތް ހުސްވެފައިވާ މީހަކުފަދައިން ފުރަތަމަ ފަހަރަށް މައިލީން ދޮގު ހެދިއެވެ.

ދެން އޭނާ އަވަސްވެގަތީ ގެއަށް ދާށެވެ.

ގެއަށް ދިޔަ މަގުމަތީގައިވެސް އެކަކުވެސް ވާހަކަ އެއްނުދައްކައެވެ. މައިލީން އޭނާގެ އަތުގައި  އޮތް ތަޅުދަނޑިން ހުޅުވާލާ ވަންނަންދެން ޔުއާން ބަލަން ހުއްޓެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ލޯބިއެހެނަސް..1

Next

ހިތާ ފުރާނައިން (19)

Next
January 28, 2018

ހިތާ ފުރާނައިން (19)

Previews
January 27, 2018

ލޯބިއެހެނަސް..1

12 Comments!

  1. Kai says:
    January 28, 2018 at 12:06 am

    Ohhh miothy up vefa adhi nuvas kiyan hehe

    1. Hi Mi says:
      January 28, 2018 at 12:49 am

      Hehe. Kiyaalaafa comment eh kohlahchey kai. Waiting… thanks dear. ?

  2. Lia says:
    January 28, 2018 at 12:07 am

    Aaah me first … v v reethi mivaahaka .. next part kn irakun??? Gud dear waiting eagerly for next part❤❤❤

    1. Hi Mi says:
      January 28, 2018 at 12:50 am

      Hehe lia. Dhen faharakun try kohlaani dw. Thanks dear. ?❤❤❤

  3. Lia says:
    January 28, 2018 at 12:08 am

    First eh nun dhe ?

  4. Kai says:
    January 28, 2018 at 12:10 am

    Vvv nyc v kuruhen hyvany vedhaane maabodah kiyaa hithun huryma kamah ❤❤❤❤

    1. Hi Mi says:
      January 28, 2018 at 12:51 am

      Yes kuru vaane kai. Adhi ehbai up kohdheynan. In Sha Allah.

  5. maikko says:
    January 28, 2018 at 12:14 am

    Varah reethi love it

    1. Hi Mi says:
      January 28, 2018 at 12:51 am

      Thanks maikko. ???

  6. Pinky shifoo says:
    January 28, 2018 at 8:29 am

    Alhey mi part vx haadha reehchey Maasha Allah ??.. Varah varah reethi ingey ??.. Knme partehvx varah reethi ????.. Love you Hi Mi my favourite writer ❤️????

  7. Suney says:
    January 28, 2018 at 8:44 am

    Very interesting n love it???

  8. Xaaan says:
    January 28, 2018 at 9:19 am

    މާޝާﷲ މިބައިވެސް ވަރަށް ނަލަ

Comments are closed.


All Right Reserved!