
ޒީކް އޮތީ އެނދުމަތީގައި ބަންޑުން އޮށޯވެލައިގެން އޮތެވެ. ދެލޮލުން އޮހޮރެމުންދިޔަ ހޫނު ކަރުނަތަކުން ބާލީސް ތެންމަމުންދިޔައެވެ. އަލްޔަން އެކޮޓަރިތެރެއަށް އައިސް ވަނީ ޒީކް އެގޮތަށް އޮއްވައެވެ. ޒީކްގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްޔަންގެ ހިތްވެސް ރޮއްވާލިފަދަ އިހްސާސެއް ކުރެވިގެންދިޔައެވެ.
“ޒީކް ކިހެނެއްވީ” ޒީކްގެ ބޮލުގައި ފިރުމާލަމުން ޒީކްގެ ކައިރީގައި އިށީދެލިއެވެ.
އަލްޔަންގެ އަޑު އިވުމާއެކީ އޭނާގެ އަތް ފޮޅުވާލަމުން ޒީކް ތެދުވެ އެނދުމަތީގައި އިށީދެއްޖެއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އަލްޔަންއަށް ބަލަމުންދިޔައެވެ.
“ޒީކް އަހަރެން ވާހަކައެއް ބުނަން ބޭނުން” ޒީކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“އަލްޔަން އަހަރެންނާ ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ” އަލްޔަންގެ އަތްފޮޅުވާލަމުން ޒީކް އެހެން ބުނަމުން ތެދުވެ ކުޑަދޮރު ކައިރީގައި ހުއްޓިލައިފިއެވެ.
“ޒީކް ކޮންކަމަކާތަ ހާދަ ރުޅިއައިސްގެން ތިއުޅެނީ. މަންމަ އެއްޗެކޭ ބުނީތަ” މަންމަ ޒީކްއަށް ނަފްރަތުކުރާވަރު ހަނދާންވުމުން އަލްޔަންއަށް ބުނެލެވުނެވެ.
“މީހަކު އެއްޗެކޭ ބުނެގެންތަ އަހަރެން މިއުޅެނީ” ޒީކްއަށް ހަޅޭލަވައިގަނެވުނެވެ.
“ޒީކް ކިހެނެއް ވެގެންތަ ތިއުޅެނީ” އަލްޔަން ޒީކްގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށް ގަސްތުކުރިއެވެ. ނަމަވެސް ޒީކް އަލްޔަންގެ މޭގައި އަޅާކޮށްޕާލައިފިއެވެ. އަލްޔަން ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫން ކަމަށްވުމުން ނުވެއްޓުނީ ކިރިއާއެވެ. ޒީކްގެ އެ އަމަލުގެ ސަބަބުން އަލްޔަންއަށް އަމިއްލަ ނަފްސް ކޮންޓްރޯލެއް ނުކުރެވުނެވެ. ބާރުގެ ބޭނުން ކުރަމުން ޒީކްގެ އަތުގައި ހިފަހައްޓާލަމުން ޒީކްގެ ހަށިގަނޑު ކައިރިކޮށްލިއެވެ. އަލްޔަން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމުން ކުރެވޭ ނުކުރެވޭ ކަމެއްވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. އަލްޔަންގެ ކިބައިން ސަލާމަތްވުމަށް ޒީކް މަސައްކަތްކުރަމުން ދިޔަ ޒީކަށް ލިބުނު ފުރުސަތުގެ ބޭނުންކޮށް އަލްޔަންގެ އަތުގައި ވަރަށް ދަތްއަޅައިފިއެވެ. އަލްޔަން އިހްސާސް ކުރެވުނު ތަދާއެކު ޒީކް ދުރަށް ކޮށްޕާލައިފިއެވެ. ދަތްތައް އަތަށް ވަދެ ކަނޑައިގެން ގޮސްފައިވާތަނުން ލޭ ހިލިހިލި ހުއްޓެވެ.
“ޒީކް ހީނުކުރައްޗޭ އަހަރެންގެ ކިބައިން ސަލާމަތް ވެވުނީއޭ” އަލްޔަން ކޮޓަރިން ނިކުމެގެން ދަމުން ބުނެލިއެވެ.
މެންދުރުވަމުން އައި ވަރަކަށް ޖައްވުހޫނު ވަމުންދިޔައެވެ. ނީލާ ލެޕްޓޮޕް އެނދުމަތީގައި ބަހައްޓައިގެން ބަންޑުން އޮށޯވެލައިގެން ފޭސްބުކުން ޗެޓްކުރަން ހަމަޖެހިލާފައި އޮތެވެ. ރިންގުވަމުން ދިޔަ ފޯނާ ދިމާއަށް ބަލާލުމަށްފަހު ހަމަޖެހިލާފައި އަނެއްކާވެސް ޗެޓްކުރަން ފަށައިފިއެވެ.
“މިދެން ކިހާދެރަކަމެއް ގުޅަން ފަށައިފިއްޔާ ހުއްޓާލާކަށްވެސް ހިތަކަށް ނާރާނެ” ނީލާ ކުދިކިޔަމުން ފޯން ސައިލެންޓަށް ލައިފިއެވެ. މީހަކު ކިތަންމެ މުހިއްމު ކަމެއްގައިވެސް ގުޅާފާނެ ކަމަކަށް ނީލާއަކަށް ނުވިސްނުނެވެ.
ރުއާންއަށް ނީލާގެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭގެއެވެ. އޭނާ ހުރީ މިއަދު ހުރިހާ ވާހަކައެއް ނީލާއަށް ކިޔައިދޭން ނިންމައިގެންނެވެ. ނަމަވެސް ނީލާ އެހާބޮޑަށް އޭނާއާއި ދޭތެރޭ ފަރުވާ ކުޑަކޮށްލުމުން ރުއާން ހުރީ ހިތްހަމަނުޖެހިފައެވެ. އެގޮތަށް ރުއާން ކަންތައް ކުރި ކަމުގައިވިޔަސް ޝަކުވާކުރާނެ ޖާގަ ރުއާންއަށް ނޯންނާނެކަން އޭނާއަށް ވިސްނެއެވެ.
ކޮޓަރިތެރެއަށް އަލްޔަން ވަދެގެން އައިއިރު ފޯނު ރިންގުވަމުން ދިޔައެވެ. “ދީމް އަހަރެންނަކަށް ނޭނގެ ހަދަންވީ ގޮތެއް. ޒީކް އަހަރެން ދައްކާ ވާހަކަ އަޑެއްވެސް ނޭހި. ކޮންމެވެސް ކަމަކާ ވަރަށް ރުޅިއައިސްފަ ހުރީވެސް. އަހަރެންނަށް ރުޅިވެސް އިސްކުރެވިއްޖެ” ނަދީމް އެއްޗެއް ބުނުމުގެ ފުރުސަތު ނުދި އަލްޔަން ވާހަކަ ދައްކަން ފެށިއެވެ. އަލްޔަން އިނީ ކުރެވުނު ކަންތަކުން ދެރަވެފައެވެ.
“އާލް ޒީކްއާ ވާހަކަ ދެއްކުނީމަ ދޯ އެނގޭނީ ވީކަމެއްވެސް؟ އަނެއްކާ އާލް ކުރި ކަންތައްތައް ޒީކްއަށް އެނގުނީތަ؟” ނަދީމްގެ އަޑުގައި އެކުލެވިފައިވަނީ ހާސްކަމެވެ.
“އޭނައަށް ކިހެނެއް އެގޭނީ. ދެން ނޭނގެ. ފަހުން ގުޅާނަން އިނގޭ” ފޯނު ކަނޑާލަމުން އަލްޔަން ބުނެލިއެވެ.
ތަރުތީބުކޮށްލާފައިވާ ކޮޓަރި ފެނުމުން ބާލީސް ދަށުގައި އޮތް ފޮތް ކޮބައިތޯ ބަލާލެވުނެވެ. ފައިލްތައް މަތީގައި އޮތްފޮތް ފެނުމުން ފޮތް ހުޅުވާލާފައި އޭގެތެރެއިން ކޮންމެވެސް އެއްޗެއް ހޯދަން ފަށައިފިއެވެ. އުކަމުންދިޔަ ގަނޑުތަކުގެ ތެރެއިން ހޯދަމުންދިޔަ އެތި ނުފެނުނީވެސް ކަންނޭގެއެވެ. ފޮތް ހިފައިގެންގޮސް ފައިލްތައް މަތީގައި ބާއްވަމުން ލެޕްޓޮޕް ދަބަސް ހުޅުވާލިއެވެ.
“ފޮތުގެ ތެރެއަކަށް ނޫންތަ މަށަށް އެލެވުނީކީ. އޮފީހުގައި ކަމަށްވެސް ވެދާނެ ކަންނޭގެ” އަލްޔަން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ކުރަމުންދިޔަ މަސައްކަތް ހުއްޓާލުމަށްފަހު އެނދުމަތީގައި އިށީދެލީ ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވުމުންނެވެ.
ހަވީރުވަމުން އައި ވަގުތެވެ. އިޔާން ވިސްނެމުންދިޔައީ ލާނާއާ ދޭތެރޭގައެވެ. ފޯން ވައިބްރޭޓްވިހެން ހީވުމުން އިޔާން ފޯނު ނަގައި ބަލާލިއެވެ. “އައި އޭމް ވެރީ ސޮރީ. ޖަސްޓް ފޮގެޓް ވަޓް އައި ސެއިޑް ޔެސްޓަރޑޭ” ފޯނަށް އައިސްފައިވާ ލާނާގެ މެސެޖު ފެނުމުން ހިނިތުންވެލެވުނެވެ. ލާނާއަށް ވިސްނުނީތީ އުފާވިއެވެ. “އިޓްސް އޯކޭ މައި ސްވީޓް ސިސް” އިޔާން ރިޕްލައި ކޮށްލަމުން ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވެނެވެ. މިއީ އެހާއަވަހަށް ހައްލުވެދާނެ މައްސަލައެއްކަމަކަށް އިޔާން ހިޔެއްވެސް ނުކުރެއެވެ.
ރޭގަނޑުގެ ވަގުތެވެ. ކަޅުފައި ރެއަކަށްވުމުން މުޅި މާހައުލަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. ދޮރުކައިރީގައި ހުރި ބޮކިންވެސް މާދުރަކަށް އަލިކަމެއް ވެގެނެއް ނުދެއެވެ. ފެންގަޑުގެ ކައިރީގައި އިނުމަށްފަހު ކޮޓަރިއަށް ދިޔުމަށް ހިނގައިގަތީ އަލްޔަން އެތަނަށް އަތުވެދާނެހެން ހީވުމުންނެވެ. ދޮރުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ޒީކްއަށް ހުއްޓެވުނީ ކުރިމަތިން ފެނުނު އަލްޔަން ފެނިފައެވެ. ކުރިއަށް އެޅި ފިޔަވަޅުވެސް ފަހަތަށް އެޅުނީ ބިރުގަންނަގޮތްވުމުންނެވެ.
“ޒީކް އަހަރެން ދައްކާ ވާހަކަ އަޑު އަހާލަން މަޑުކޮށްލެވިދާނެތަ؟” އިޔާންގެ އަޑޫގައި ހުރި މަޑުމައިތިރިކަން ޒީކްއަށް ފާހަގަ ކުރެވުނެވެ. ޒީކް އަނގައިންވެސް ނުބުނެ މަޑުމަޑުން ހުއްޓެވެ.
“ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ” ހަމަހިމޭން ކަމުގެ ވަގުތު ކޮޅަކަށްފަހު ޒީކް ބުނެލިއެވެ.
“ޒީކް އައި ލަވް ޔޫ” ޒީކްގެ ކައިރިއަށް ޖެހިލަމުން ވައިއަޑުން އަލްޔަން ބުނެލިއެވެ.
އެވަގުތު ޒީކްގެ އަތުގެ ހޫނު ހަމަލާ އަލްޔަންގެ މޫނު މައްޗަށް އަރައިގެންދިޔައެވެ. އަލްޔަންއަށް މޫނުގައި ފިރުމާލަމުން ހައިރާންވެފައި ޒީކްއަށް ބަލާލެވުނެވެ. ޒީކްގެ ފެންކަޅިވެފައިވާ ދެލޮލުން އަލްޔަންއަށް އެއްވެސް އެއްޗެއް ނަގައެއް ނުގަނެވުނެވެ.
“ކަލެއަށް ލޯބިވާކަށް ނޭނގޭނެ. މީހުންގެ ލޯބި ފޭރިގަންނަން އެނގޭނީ” ޒީކް ތުރުތުރު އަޅަމުންދިޔަ އަޑަކުން ބުނެލިއެވެ.
“ޒީކް ކީކޭތަ ތި ކިޔަނީ. ނުވިސްނުނު” އަލްޔަން ބުނެލިއެވެ.
“ކަމެއް ކުރެވުނު ކަމަކަށްވެސް މިހާރު ނުވާނެ. ހަނދާނެއްވެސް ނުވާނެ. ނުވެސް ވިސްނޭނެ” ޒީކަށް ހަޅޭލަވައި ގަނެވުނެވެ. އަދި ދުވެފައި ގޮސް ކޮޓަރި ތެރެއަށް ވަދެ ދޮރުތަޅުލުމަށް ގަސްތުކުރިއެވެ. ނަމަވެސް އަލްޔަން އެއަށްވުރެ ކުރިން ކޮޓަރި ތެރެއަށް ދެމިގެންފިއެވެ.
“ޒީކް ޕްލީޒް އަހަރެންނަކަށް ނުވިސްނޭ” އަލްޔަން އަނެއްކާވެސް ބުނެލިއެވެ.
“ދެން މިވެސް ބުނެބަލަ ތިމަންނަ ކުރި ކަމެއްނޫނޭ” ޒީކް އަލްޔަންގެ ކޮޓަރިން ފެނުނު ގަނޑު އަލްޔަންއާ ދިމާއަށް ހޫރާލަމުން ބުނެލިއެވެ. އަލްޔަންއަށް އިސްދަށަށް ޖަހާލެވުނެވެ. ކުށްވެރިޔަކު ފަދައިންނެވެ.
“ބުނެބަލަ އިޔާންގެ އެނޯޓް ބަދަލުކުރީ ކީއްވެގެން” ޒީކްގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. އެއީ މަޑުމައިތިރި ޒީކްއޭވެސް މިހާރު ނުބުނާނެއެވެ.
“ޒީކް އަހަރެންނަށް މަޖުބޫރުވީ. ޒީކްދެކެ ވާ ލޯބީގެ ހައްގުގައި” އަލްޔަންގެ އަޑު އައީ ކެނޑިކެނޑިގެންނެވެ.
“ލޯބިވާމީހުން އެމީހުން ލޯބިވާ މީހުންނަށް ދެރައެއް ލިބޭކަށް ނޭދޭނެ. އުފާވެރިކަން ފޭރިގަންނާކަށް މަސައްކަތެއް ނުކުރާނެ. އަލްޔަން ބުނެބަލަ. އަހަރެންގެ ރަހްމަތްތެރިޔާއާ ދުރުކުރުވީވެސް ލޯބިންތަ؟ ރުއާން ލައްވާ ކޮލެޖުގައި އަހަރެން ބަދުނާމުކުރީވެސް ލޯބިވާތީތަ؟” ޒީކް މިފަހަރު ވާހަކަ ދެއްކީ މަޑުންނެވެ.
އަލްޔަން އަށް ބުނާނެ އެއްޗެއް ނޭގުނެވެ. ޒީކްއަށް ހުރިހާ އެއްޗެއް އެނގުނު ގޮތެއް ނުވިސްނުނެވެ. ނަދީމް ބުނިތަން އައީކަން އަލްޔަންއަށް ވިސްނުނު ހިނދު އެގޮތަށް ކަންތައް ކުރެވުނީތީ ދެރަވެ ލަދުގަނެއްޖެއެވެ. ލޯބި ނުލިބުމަށްވުރެ ކުރެވިފައިހުރި ކަންތައްތަކުން ލިބުނު ދެރަ ބޮޑުވެއްޖެއެވެ.
“ޒީކް އައި އޭމް ސޮރީ” އިލްޔަންގެ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ.
“އައި ހޭޓް ޔޫ.. ގެޓް ލޮސްޓް” ޒީކުގެ ރުޅިވެރިބަސްތައް ތީރުތަކެއްގެ ސިފައިގައި އަލްޔަންގެ މޭފުއްދުއްވަމުން ދިޔައެވެ.
“ޒީކް ޕްލީޒް” އަލްޔަން ޒީކްއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
އަލްޔަން ވާހަކަ ދައްކަން ފެށުމުން ޒީކް ދެކަންފަތުގައި އަތް އަޅައިފިއެވެ. އަލްޔަންގެ އަޑު އިވުމުންވެސް ޒީކްއަށް އުނދަގޫވަނީ ކަންނޭގެއެވެ. ހަނދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން އަލްޔަން ނިކުމެގެން ހިނގައްޖެއެވެ. ހުދު އަލްޔަންއަށް ވެސް މިކުރެވެނީ، މިދެވެނީ ކޮންތާކަށް ކަން ނޭނގޭ ކަހަލައެވެ. އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ހިނގައްޖެއެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ކަމުގައި ހީކުރެވުނު ނަމަވެސް މިއަދު އޭނާ އަންނަން އެޖެހުނީ ހުސްއަތާއެވެ. ނިކަމެތި އަންހެން ކުއްޖެއް ހިތް ކާމިޔާބު ނުކުރެވިގެންނެވެ.
29 Comments!
Comments are closed.
Wow nice story
thank u
Alhey alyan ah ehn nahadhaa
Alya aa zeek gulhuvadhy please.he is guilty for what he did. So zeek alyan ah forgive kohbala
lets see what is going to heppen
Wow v reethi mi part vx❤️❤️
thank u
Varah reethi
thank u
Nooooo…alyan ah visnihje eyy…plxxx alyan aa zeek gulhuvadhy..plx plx
lets see what is going to happen
Wow mi part ves v vvvvv reethi
Avahah up kohla dhehchei
??
thank you
Hii riya… Mi part vx hama awesome ingey ????.. Very nice… I’m happy that zeek ah truth ingunyma… Dhn avahah alyan and zeek gulhuvaa… Waiting for that… ??????? keep up the good work… This story is very nice hama hurihaa parteh vx ??????…
thank you pinky shifoo
Sry not alyan… Iyaan and zeek gulhuvaa
lets see what is going to happen
Not alyan ingey.. Iyaan and zeek gulhuvaa
dhefaharah comment kurevifa dhw
alhey zeek &alyan gulhuvaba plxxxxxxxxxxxx vvvvvv rythi
thank you, lets see what is going to happen
Vaahaka varah varah reethi mi bai veas. Kon irakun then vaahaka kiyan libeynee nee… waiting ….
thank you
Avahah up kohdheebaa
Please Riya
sorry for keeping u waiting
Vaahaka varah reethi ..eba inthizaarukran ..Iyaan & Zeek aa gulhuneema reethi vaanee..?? love this story.
thank you
Iyaan n zeek gulhuvaba pls eyrun reethi vaany
lets see what is going to happen
thank u