Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (21)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 30, 2018 6 Mins Read
55 Comments

މައިލީން ފަހަތަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް ޔުއާން ހަދާލި ގިތަކުން މައިލީން އައިސް ތަތްވީ ޔުއާން ގެ މޭމަތީގައެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ރިޕޯޓް ތައް ވެރިގެން ދިޔައެވެ.

ޔުއާން އޭގެން ގަނޑެއް ނަގާ ބަލާލިއެވެ. “މަރިޔަމް ޔަޝްމް” ޕޭޝަންޓް ގެ ނަމުގައި އިނީ ޔަޝްމް ކަން އެނގުމާއެކު އެ ނާޒުކު ވަގުތުގައިވެސް ޔުއާން ގެ ބޮލަށް އިބިލީސް ސަވާރުވީއެވެ. އެއީ ހަމަ މައިލީން ގެ ކުއްޖާއެވެ. ރިޕޯޓް ތައް ބަލާވެސް ނުލާ އޭނާ މައިލީން ގެ މޫނުމައްޗަށް އެ އެއްލިއެވެ. އަދިއޭނާ މައިލީން އާ ދިމާލަށް ބަލާލިއެވެ. އެއާއެކު މައިލީން އިސްޖަހާލިއެވެ. އޭރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ.

މައިލީން އެއްޗެކޭ ނުބުނެ ހުރުމަށްފަހު ޔުއާން ގެ އަތުގައި އޮތް ގަނޑު އަތުލަމުން ދެން ހުރި ގަނޑުތައް ވެސް ނަގަމުން އެތަނުން ނުކުތެވެ.

މައިލީން ނުކުންނާނޭ އިރަކަށް އިންތިޒާރު ކުރަމުން ދިޔަ ޖަޒިލް ސިހުނީ ދުވަމުން ނުކުތް މައިލީން ފެނިފައެވެ. އޭނާ މައިލީން ގެ ފަހަތުން ދާން ފެށިއެވެ.  އެހެންނަމަވެސް އެވަގުތު އެތަނުން ނަރުސްކުއްޖަކު ގޮވައިލުމުން ދެވޭ ގޮތެއްނުވިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެތަނުން ނުކުތް ޔުއާންއެވެ. ހިތުގައި ތަފާތު ސުވާލުތައް އެނބުރެން ފެށިއެވެ. މައިލީން މީހަކާ އިނދެގެން އުޅޭއިރު ޔުއާން އާ އޮތީ ކޮން ގުޅުމެއް ބާއެވެ؟.

މައިލީން ދިޔައީ ގެއަށެވެ. އޭރު މެންދުރު އެކެއް ޖަހަނީއެވެ. ދިޔައިރު ޔަޝްމް އޮތީ ނިދާފައެވެ. އާރާވެސް ޔަޝްމް ކައިރީގައި އޮށޯވެގެން އޮތް އިރު އޮތީ ނިދިފައެވެ. އެނާ ބަނޑުހައިވެފައި ހުރިވަރުން ފުރަތަމަ ވަނީ ބަދިގެއަށެވެ. ފްރިޖް ހުޅުވާލާ ޕާނާ ކްރަންޕީ އާ ނެގުމަށްފަހު މޭޒުދޮށުގައި އިށީނީ ކާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ކާހިތެއްނެތެވެ. ބަނޑުހައި ވެފައި ހުރިލއްބޮޑުކަމުގައި ވިޔަސް ކެވުނީ އެންމެ ޕާން ފޮއްޗެކެވެ.

ފޫހިކަމާއެކު އަނބުރާ ފްރިޖަށް ލުމަށްފަހު ސިޓިން ރޫމް އަށް ނުކުމެ ސޯފާގައި ޖައްސާލަމުން ލޯ މަރާލިއެވެ. ހިޔާލުގެ ކަނޑަކަށް އެނާ ޢަރަގުވެގެން ދިޔައެވެ.

ޔުއާން ގެ ހިތުގައި މައިލިން ގެ މައްޗަށް ވާ ޖަޒްބާތުތަކަށް ދޭނޭ ނަމެއް އެނާ އަކަށް ނޭގެއެވެ. އެ ހިތް އެދޭ ގޮތް ދެނެގަންނަން ހުދު އޭނާ ވަނީ ނުކުޅެދިފައެވެ. އެހިތަށް ހަމަޖެހުމެއް ނުވަނީ ކީއްވެހެއްޔެވެ؟ މައިލީން ގެ ފިރިމީހާ އެއްގޮތަކަށް ވެސް ނުފެންނަނީ ކިއްވެހެއްޔެވެ؟. މައިލީން ވަރިކުރީހެއްޔެވެ. އެއީ އެ ދެމީހުންގެ ކުއްޖެއް ހެއްޔެވެ؟ ޖަވާބު ނުލިބޭ އެތަށް ސުވާލުތަކެކެވެ. ޔުއާން މައިލީން ގެ ހަޔާތުން ދުރަށް ދިޔުމަށްފަހު އޭނާ ގެ ހަޔާތަށް އައިސްފައި ވަނީ ކޮން ފަދަ ބަދަލެއްހެއްޔެވެ؟ ވިސްނަމުން ދިޔަ ވަރަކަށް ޔުއާން ގެ ސކުނޑި ދިޔައީ ހާސްވަމުންނެވެ. ސިކުނޑިއަށް ބާރުކުރަމުން ދިޔަ ވަރަކަށް ބޮލުގެ ރިހުން ދިޔައީ އިތުރުވަމުންނެވެ.

ތެދެކެވެ. އޭނާ މައިލީން ގެ އިހްސާސްތަކާ ކުޅެފިއެވެ. ފުރަތަމަ ފެނިލި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެނާ މައިލީން ގެ ހިތް ކުދި ކުދި ކުރުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ. މައިލީން ގެ ލޮލުން އޭނާއަށް މިއަދުވެސް ފެނުނީ ތެދުވެރި ލޯތްބެކެވެ. އޭނާ ގެ ލޯތްބަށް ފެން ބޮވައިގަނެފައިވާ ނިކަމެތި އިންސާނެކެވެ. މިއަދުވެސް އެންމެ ފަހަރަކު އޭނާ ލޯއްބާއެކު ބަހެއް ބުނެލާނެނަމަ މައިލީން ހުންނާނީ އޭގާގެ އަތުތެރޭގައެވެ.

ޔުއާން ގޮނޑީގައި އިން އިރު ތަފާތު އެއްޗެހި އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އޭނާގެ މާޒީއެވެ. މައިލީން އާއެކު އުޅުނު ދުވަސްތަކެވެ. އޭނާ މައިލީން ގެ ކިބައިން ބަދަލް ހިފިގޮތެވެ. އެ ނިކަމެތި އަންހެންކުއްޖާ ގެ ޖަޒުބާތުތައް އޭނާގެ މުށުތެރޭގައި ހައްޔަރު ކޮއްލި ގޮތެވެ.

އާރާ ތެދުވިއިރު ޔަޝްމް ފެންނާކަށް ނެތެވެ. އޭނާ ސިހިފައި ތެދުވެގެން ކޮޓަރިން ނުކުތެވެ. ހަމަޖެހުމުގެ ނޭވާއެއްލެވުނީ މައިލީން ގާތު ސިޓީންރޫމް ސޯފާގައި އިން ޔަޝްމް ފެނުމުންނެވެ.

“އޯހް….. ކިރިޔާއޭ ބިރިން ހަލާކުނުވީ” އާރަ އެ ދިމާލަށް އަންނަމުން ބުނެލިއެވެ. އެއާއެކު މައިލީން ހީލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ. “އެހެންނެއްނު ވާނީ މީ ކުޑަ ކުޑަ ލޯބި ކޮޅެއްވިއްޔަ” ޔަޝްމް ގަޔާލާ ބޮނޑިކޮއްލަމުން މައިލީން ބުނެލިއެވެ. އެނާގެ ހިތުގައި މައިވަންތަ ލޯބި އުތުރި އެރިކަހަލައެވެ.

ރޭގަނޑުގެ ވަގުތެވެ. އިރުގެ އަލުކަމުގެ މައްޗަށް ރޭގަނޑުގެ އަދިރިކަން ވެރިކޮއްލީ ދުނިޔެމަތި ބޯ ވިއްސާރަވިލާތަކުން ފުރަމުންނެވެ. ތަރިއެއްގެ މިންވަރު ވެސް އުޑުމަތިން ފެންނާކަށް ނެތެވެ. ގޭގެ ޓެރަސްމަތީގައި ހުރި ޔުއާން ގެ ނަޒަރު ހުރީ ދުރަށް ހުއްޓިފއެވެ. ހީވާގޮތުން އެހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ.

ޔުއާން އޭނާގެ ލޯ މަރާލިއެވެ. އަދި ފުން ނޭވައެއްލިއެވެ. އޭނާގެ ވިސްނުމާ މައިލީން ކުޅެނީ ކީއްވެހެއްޔެވެ؟. އޭނާއަށް މައިލީން ގެ މަތިން ހަނދާން ނައްތާނުލެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ މައިލީން ގެ ހާއްސައީ ކޮން ސިފައެއްހެއްޔެވެ؟. އޭނާގެ ހިތުން އެނަން ފޮހެނުލަވެނީ ކީއްވެހެއްޔެވެ؟ ވިސްނި ވަރަކަށް ޔުއާން ގެ ރުޅި ދިޔައީ ގަދަވެގެންނެވެ. ކުއްލިއަކަށް އަތުން ރެއިލިންގައި ބާރަށް ޖެހިއްޖެއެވެ.

“ދޮންބޭ… ކިހިނެތްވީ؟…” އަފްޝީން އައިސް ހުއްޓިލަމުން އަހައިލިއެވެ. އޭނާ ހީކުރީ އޭނާ އާއި ޒާރިވާ ދެއްކި ވާހަކައަކުން ޔުއާން ރުޅިއައީކަމަށެވެ.

“ދޮންބޭ… ސޮރީ” އަފްޝީން މާފަށް އެދުނެވެ. ޔުއާން ބޯ ހޫރާލަމުން އަފްޝީން އަށް ބަލާލިއެވެ. އަފްޝީން ބުނި އެތި ޔުއާން އަށް ފަހުމެއްނުވިއެވެ. އޭނާ ކީކޭ ހޭ އަހައިލިއެވެ.

“މަންމަ ގެ ފެމެލީ ގެ ވާހަކަ ދެއްކުނީތީ” އަފްޝީން ބުނެލިއެވެ. “އޯހް…” ޔުއާން އަށް ބުނެވުނީ އެވަރަށެވެ. އޭނާ ފުން ނޭވާއެއްލިއެވެ.

“އަފޫ… އިނގޭތަ؟. މަންމަ އަފޫ ވިހައިގެން ދެން ސަލާމަތް ނުވާނެކަން އެނގުނީމަ ދޮންބެ ދޮންބެ ދިޔައިން އާދޭސް ކުރަން މަންމަ ގެ މޫނު ފަހު ފަހަރަށް ބަލައިލަން އަންނަން… އެކަމަކު އެމީހުން އެކަކުވެސް ނާދޭ” ޔުއާން ބުނެލިއެވެ. “އިނގޭތަ ކީކޭކަން ބުނީ… އެއީ އަހަރެމެންނަށް މިހާރުވެސް މަރުވެފަ ހުރި ދަރިއެކޭ” ޔުއާން ގެ އަޑުގައި ހިތްދަތިކަމެއްވިއެވެ. އޭނާގެ ވިސްނުން މީގެ އަހަރުތަކެއްގެ ކުރިއަށް ދަތުރު ކުރިއެވެ.

***

“މާމާ… މަންމަ ގެ ހާލު ވަރަށް ދަށް ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފައި. އެންމެ ފަހަރަކުވެސް މަންމަ ގެ މޫނު ބަލާލަން އާދެބަ. އިނގޭތޯ މަންމަ ހިތާމަ ކުރިވަރު. މަންމަ އަބަދުވެސް މާމަ މެން ގެ ވާހަކަ ދައްކާ… މާމާ މަންމަ އަށް މާފުކޮއްދީ. އާދޭސްކުރަން. މާމަ މެންގެ ހިތް ހަލާލު މަންމަ އަށް ދީ” ޔުއާން ހުރީ ހޮސްޕިޓަލް ގޯތިތެރޭގައި ހުރި ގަހެއްގެ ދޮށުގައި ފޯނެއްގައެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސި ބަހުންނެވެ.

“ނުޖެހޭ މާފު ކުރާކަށް އަހަރެމެންނަށް މަރުވެފަ ތިބޭ ބެޔެއް ތީ… މިއަދު ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ” އެކޮޅުން އަޑުއައެވެ.

“މާމާ ޕްލީޒް… މަންމަ އަށް މަފުކޮއްދީ… މީހުން ބުނާތީ އަޑުއަހަން ސުވަރުގެ ލިބެނީ މަންމަ ގެ ފައިތިލަ ދަށުންނޭ… މަންމަ އަށް ހިޔްހެޔޮކޮއްދީ އެކަން ކޮއްދީ މާމާ ޕްލީޒް… މަންމަ ގެ މޫނު ބަލަން ނަޔަސް މިކަންތައް ކޮއްދީ” ޔުއާން އާދޭސްކުރިއެވެ. އޭނާގެ ލޮލުން ވެސް ކަރުނަ ހިލިފައިވިއެވެ.

އެކޮޅުން ފޯން ކަނޑާލުމާއެކު ޔުއާން ގެ ލޮލުން ކަރުނަތައް އޮހިގަތިއެވެ. “ދަރިފުޅާ” ފަހަތުން އިވުނީ އައިކަލް ގެ އަޑެވެ. “ބޭކާރު ކަމެއް ތީ ދަރިފުޅާ… އެމީހުންނެއް ނާންނާނެ. ދުވަހަކުވެސް ނާންނާނެ. މަންމަ މަރުވީމަ މޫނުބަލަން ވެސް ވަދިނުލާނެ. ބައްޕަ އަށް އާދޭސް ކުރެވިއްޖެ. ބައްޕަ އަށް މާފުކުރޭތޯ. އެއީ ބައްޕަ ގެ ކުށް މަންމަ އެމީހުންނާ ދުރުކުރުވީ ބައްޕަ. ބައްޕަ މަންމަ އާއި ނީންނަމަ މަންމަ ކިހާ އުފަލުގަތަ އުޅޭނީ” އައިކަލް ގެ ލޮލުން ވެސް ކަރުނަ ހިލިފައި ވެއެވެ. “ހިނގާ ދާން” ޔުއާން ގެ ކޮނޑުގައި ޖަހާލާފައި އައިކަލް ބުނެލިއެވެ.

***

“ދޮންބޭ”ޔުއާން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އަފްޝީން ގޮވާލިއެވެ.

“ހުމމމ” ޔުއާން ބުނެލިއެވެ. “ދަނީ ދޮންބޭ ވާރޭ ވެހިގަންނަން އެ އުޅެނީ އަވަހަށް އެތެރެއަށް ވަންނައްޗޭ” އަފްޝީން އެހެން ބުނެލުމަށްފަހު ތިރިއަށް ދިޔުމަށް މިސްރާބުޖެހިއެވެ.

އިރުކޮޅަކުން ވާރޭ ތިކިޖަހަން ފެށިއެވެއެހެންނަމަވެސް ޔުއާން އެތަނުން ދާ ހިޔާލެއްނުކުރިއެވެ. ވާރޭ ބޯކުރަމުން ދިޔަ އިރުވެސް އޭނާ އެ ހުރިގޮތަށް ހުރީއެވެ. އަނެއްކާވެސް އޭނާގެ ވިސްނުން ދަތުރު ކުރަމުން ދިޔައީ މައިލީން އާ ގުޅިފައިވާ ހަނދާންތަކަށެވެ. އިރުކޮޅަކުން ވާރޭ ބޯކޮއްލާފިއެވެ. އެ ވާރޭގެ ޝިކާރައަކަށްވި ޔުއާން ގެ ވިސްނުން ގެ މި ވިއްސާރައިގައި ބެހިގެން ދިޔައެވެ. އޭނާގެ ހަށިގަނޑުގައި ބީހެމުން ދިޔަ ފިނި ވާރޭގެ ތިކިތަކުން އޭނާއަށް އަރާމުވަމުން ދިޔައެވެ. އެހެނަސް ނަފްސަށް ހަމަޖެހުމެއް ނުލިބެއެވެ. ނަފްސުގެ ހަމަޖެހުން ވަނީ ގެއްލިގެން ގޮހެވެ.

އެއީވެސް މިފަދަ ރެއެކެވެ. ބޯކޮއް ވިއްސާރަވެހެމުންދިޔައެވެ. އޭނާގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޮސް ހެދުނު ރެއެވެ. އެ ރޭގެ މަތިން ދުވަހަކު ހަނދާން ނުފިލާނޭ ވަރުގެ ލައްތަކެއް އޭނާގެ ހަޔާތުގައި ޖެހުނު ރެއެކެވެ. އޭނާ ގެ ނަފްސު ބެހިގެން ދިޔަ ރެއެކެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުނު ރެއެވެ.

ނޭގޭ އެތައް އިހްސާސްތަކަކުން އޭނާ ބައްދައިލިރެއެކެވެ. ހިތާ ސިކުނޑިން އޭނާއަށް ވިސްނައިދިން ގޮތަށް އޭނާ ކަންތައް ކުރީ ފަހުން ވާނޭ ގޮތެއްނުވިސްނައެވެ. އެހެނަސް… އޭނާއަށް ނޭގުނު ކަމަކީ ޔުއާން ގެ އެ އަމަލުން އެތައް ކަމެއް ބަދަލުވެގެން ދިޔަކަމެވެ. އެތައް ބެޔެއްގެ ދިރިއުޅުން ހަލާކުގެތެރެއަށް ވެއްޓުނުކަމެވެ.

ވެހެމުން ދިޔަ ބޯ ވާރޭގެ ޝިކާރެއަކަށް ވެފައިވާ ޔުއާން ހުރީ ބާރަށް ހަޅޭއްލަވައިގަންނަން ބޭނުންވެފައެވެ. ހިތުގެ އުދާސްތައް ނެރެލަން ބޭނުންވެފައެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމަކަށް އޭނާ ވަނީ ނުކުޅެދިފައެވެ. ނޭގޭ ބާރަކުން އޭނާ ގެ ދޫ ބަންދުކޮއްލާފައިވާ ކަހަލައެވެ. ވާރޭ ވެހެމުން ދިޔަ ތަނަށް ބަލަހައްޓައިގެން ޔުއާން ހުރި އިރު އޭނާގެ ހިތުގައި ތަފާތު ޝުއޫރުތައް އުތުރިއަރައެވެ. އޭގެ ފަހުން ވާރޭ ވެހޭ ކޮންމެ ފަހަރަކު އެ ހަނދާންތައް އޭނާ ވެއެވެ. ދުވަހަކުވެސް އެ ހަނދާން ތަކުން އޭނާއަށް މިންޖުނުވެވޭނެއެވެ. އެދުވަހު އޭނާ ހީކުރީ އައުމުން ހުރިހާ ކަމެއް ނިމުނީ ކަމެވެ. އެހެނަސް ހަގީގަތަކީ މި ގޮތަށް ވާރޭ ވެހޭ ކޮންމެ ފަހަރަކު އެރޭގެ މަންޒަރުތައް އޭނާގެ ލޮލުގެ ކުރިމައްޗަށް ސިފަވާކެމެވެ.

އޭގެން ކޮންމެ ފަހަރަކު އޭނާ އަމިއްލަ ނަފްސަށް ފިލަން ބޭނުންވެއެވެ. ހަޅޭއްލަވަން ބޭނުންވެއެވެ. ހުރިހާ ރުޅިއެއް ބާލަން ބޭނުންވަނީ މައިލީން އަށެވެ.

ވެހެމުން ދިޔަ ބޯ ވާރެއަށް ނަޒަރު ހުއްޓައިލައިގެން ހުރި މައިލީން ގެ ވިސްނުމާ ކުޅެނީ ކޮންކޮން ހިޔާލުތަކެއް ކަމެއް ނޭގެއެވެ. އެހެން ހުރި އިރު އޭނާ އިރުކޮޅަކާ ނިދާފައި އޮތް ޔަޝްމް އަށް ބަލާލައެވެ. ދެން އަނެއްކާވެސް ވޭރޭގެ ތެރެއަށް ނަޒަރު ދޫކޮއްލައެވެ. އެ ހިތުގައި ހިނގަމުން ދިޔަ ޖަޒްބާތުތަކެއްގެ ސަބަބުން އޭނާގެ ދެ ލޮލަށް ކަރުނަ ޖަމާވެފައިވިއެވެ. އެރެއަކީ އޭނާގެ ހަޔާތް އެއްކޮށް ބަދަލުކޮއްލި ރެއެކެވެ. މީހަކު ދެކެ ވީ ލޯއްބެއްގެ ބޮޑުކަމުން ނުކުރަން ޖެހޭ ވަރުގެ ބޮޑު ފާފައެއްކުރެވުނު ރެއެކެވެ. ދުވަހަކު ހިތުން ނުފިލާވަރުގެ ހަނދާންތަކެއް އޭނާގެ ހަޔާތަށް ދޫކޮއްލުމަށްފަހު އެރޭވެސް ފާއިތުވެ ދިޔައީއެވެ. ހަޔާތުގެ މަތިން އުންމީދުކަނޑާލުމަށްފަހުއެވެ. އެނާ ބަލިކަށިކޮއްލުމަށްފަހުއެވެ.

ނުފިލާނޭ ހަނދާން ތަކެއް އޭނާގެ ސިކުނޑީގައި ރައްކާކުރުމަށްފަހުއެވެ. ހިތުގައި ޖެހި ރޯނޭ ސަބަބެއް އޭނާއަށް ދިނުމަށްފަހުއެވެ. އަމިއްލަ ނަފްސަށް މާފުކުރެވޭވަރަށް ވުރެ އޭނާގެ ނަފްސުގެ މައްޗަށް ރުޅިވެރިކަން ދެމުންނެވެ. އެހެނަސް…

އެދުވަސްތައްވެސް ފާއިތުވީ މައިލީން އަށް އިތުރު ހިތްވަރެއްދިނުމަށްފަހުއެވެ. ދިރިހުންނާނޭ ސަބަބެއް އޭނާގެ ހަޔާތަށް ދިނުމަށްފަހުއެވެ.

އެހެން ހުރިއިރު ޖެހެމުންދިޔަ ގަދަ ވަޔާއެކު އޭނާގެ އިޝްތަށިތައް ވަޔާ ވިހުރެމުން ދިޔައެވެ. ވާރޭ ތިކިތަކުގެ ޝިކާރައަކަށް ކޮންމެވެސް ވަރަކަށް އޭނާ ވެސް ވެގެން ދިޔައެވެ.

އޭނާ ޔަޝްމް އާ ދިމާލަށް ބަލާލުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. އޭރުވެސް ޖެހެމުން ދާ ވަޔާއެކު ކުޑަދޮރުގެ ފޮތިތައް ނަށަމުން ދިޔައެވެ. ޔަޝްމް ގާތަށް ހުއްޓިލުމާއެކު ކަރުނަތަށް އޭގެ މަގާމް ދޫކޮއް ފައިބައިގަތެވެ. އޭނާ މަޑުމަޑުން ގުދުވެ ޔަޝްމް ގެ މޫނުމައްޗަށް ވެރިފައިވާ އިސްތަށިތައް އެއްފަރާތް ކޮއްލިއެވެ. އަދި ނިތުގައި ބޮސް ދިނެވެ. އެތައް އިރަކު ޔަޝްމް ގެ މޫނަށް ބަލަން މައިލީން އިނެވެ. ނިދީގެ ކަންފުޅެއްވެސް އޭނާގެ ލޮލުގައި ނުވެއެވެ. އެހެނެއްކަމަކު އޭނޭގެ ހިތާ ސިކުނޑީގައި ދައުރުވަމުން ދިޔައީ އޭނާ އެންމެ ހަނދާން ކުރަން ބޭނުން ނުވާ ކަޅުމާޒީގެ ސަފުހާތަކެވެ.

އެ ސަފްހާތަށް ނުހުޅުވަން ކިތަންމެ ވަރަކަށް އުޅުނަސް އޭނާއަށް އެކަން ކާމިޔާބެއްނުވެއެވެ. ވަޔާ އޭނާގެ މާޒީގެ ސަފްހާތަށް ވެސް އެއްލެނީއެވެ. އޭނާ ނުކުރި ކަމުގައިވިޔަސް މެއެވެ. ކޮންމެ ފަހަރަކުވެސް އެ ސަފްހާތައް އެއްލެނީ އޭނާގެ ކުރިމަތީގައެވެ. ލައްޕަން އެތައް މަސައްކަތެއްކުރިޔަސް އޭނާއަށްވުރެ އެޖެހެމުންދާ ވައި މާ ވަރުގަދައެވެ.

ޔުއާން ތިރިއަށް އައިސް ފާހާނާއަށް ވަނީ ތެތް އެއްޗެއްސާއެކީއެވެ. ނަސީބަކުން އޭނާ ތެމިގެން ހުރިތަން ޒާރިވާ އަކަށް ނުފެނެއެވެ. އެހެންނޫނީ މާމަ ރުޅި އަންނާނޭކަން ޔުއާން އަށް އެނގެއެވެ. އޭނާ ފެން މާގަނޑު ދޮށުގައި އެތައް އިރަކު ހުއްޓެވެ. ހިތް ފުރޭވަރުވުމުން ތުވާލި އޮޅައިލައިގެން ކޮޓަރިތެރެއަށް ނުކުމެލިއެވެ. ކޮޓަރިތެރޭގައި ހިފާފައި ވާ އޭސީގެ ފިނިން ޔުއާން ހީކަރުވައިގަތެވެ. އޭނާ އޭސީ ރިމޯޓް ނަގާ އޭސީ ދައްކޮއްލިއެވެ.

އެކަމުން ވެސް އެނާއަށް މާޒީގެ ހަނދާނެއް އާވެގެން ދިޔައެވެ.

އެ ކޮޓަރިއަކީ ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގައި އެލުވާފައިވާ ޗާނދަލިޔާ ތަކުން ވެސް ކޮޓަރި ތެރެ ޝާހީކަމަށް ދައްކައެވެ. ކިންގް ސައިޒް ގެ ބޮޑު އެނދަކާއެކު ފުޅާ އަލަމާރިއެއް އެކޮޓަރީގައި ހުއްޓެވެ. ރީތި ގޮތަކަށް ޑިޒައިން ކުރެވިފައިވާ ޑްރެސިން ޓޭބަލް އެއްވެއެވެ.

ކޮޓަރިއަށް ވަންނަ ދޮރުގެ އެއްފަރާތުގައި އެނދު ބަހައްޓާފައި ހުރިއިރު އަލަމާރި ހުރީ އެނދާ ކުރިމައްޗަށް ވާގޮތަށެވެ. ވަންނަ ދޮރުގެ އަނެއްފަރާތުގައު ތިރިއަށް ފޭބޭ ގޮތަށް ތިން ސިޑީގެ ހަރުފަތެއް ވާއިރު އެތާ ތިރީގައި ހުރީ ސޯފާ ސެޓެއް ބެހެއްޓިފައެވެ. ސޯފާ ސެޓް ގެ ކުރިމަތީގައި ކުޑަ ބިއްލޫރި މޭޒެއްހުރި އިރު ޓީ ވީ ރެކް ވަނީ ސޯފާ ސެޓާ ކުރިމަތިވާގޮތަށް ބެހެއްޓިފައެވެ. ފަތި ޓީވީއެއްބެހެއްޓިފައި ވެއެވެ. ޓީވީ ރެކްގެ އެކި ބައިބައިގައި ތަފާތު ވައްތަރު ގެ ވާސްތަކާ މާތައް ބެހެއްޓިފައި ވާއިރު ހިތް ގައިމެވެ.

ޓީވީ ރެކް އާ ދިމާ އެއްފަރާތުގައި ސްޓަޑީ ޓޭބަލް އެއް ބަހައްޓާފައިވާއިރު އެތަނުގައި ލެޕްޓޮޕް އަކާއި ފޮތްތަކެއް ހުއްޓެވެ. ސްޓަޑީ ޓޭބަލް ވެސް ވަނީ ފޮތްތައް ރީތިކޮއް ބެހެއްޓޭ ގޮތަށް ފަރުމާކުރެވިފައެވެ. ހަމަ އެހެންމެ ލޭމްޕެއްވެސް ބެހެއްޓިފައިވެއެވެ. އެތަނުގެ އެއްފަރާތުގައިއިންނަ ސްވިޗަރ އަކަށް އެއަރ ފްރެޝްނާ އެއްޖަހާފައިވެއެވެ. އެހެންކަމުން ކޮޓަރިތެރޭގައި ވަނީ މަޑު މަޑު ލުއި ލުއި މީރުވަހެކެވެ.

ކޮޓަރީގެ ހުރިހާ ފަރނީޗަރެއް ހުރީ އަޅިއާއި ކަޅުކުލައިންނެވެ. ކޮޓަރީގައި ލާފައިވާ ކުލަވެސް ވަނީ ފަރނީޗަރ ތަކާ ގުޅުވާފައެވެ. އެ ގޮތުން ފާރުގައި އަޅިކުލަ އާއި ކަޅު ކުލަ ރީ ތި ޑިޒައިން ތަކަށް ލާފައިވާއިރު ހުދުކުލައިން ވަނީ ރީތި މަންޒަރުތަކެއް ކުރަހާފައެވެ.

ބަލާލި ކޮންމެ ދިމާލަކުން ފެނިގެންދަނީ މުއްސަނދިކަމެވެ.

ޔުއާން އާދައިގެ މަތިން ދޫ ހަރުވާޅެއް ލަމުން އައިސް އެނދުގައި އޮށޯތެވެ. އޭނާ ސައިޑް ޓޭބަލް މަތީގައި އޮތް ފޯން ނެގިއެވެ. އަދި އަނެއްކާވެސް އޭގައި ހުރި ފޮޓޯތަކަށް ބަލަން ފެށިއެވެ.

ޔަޝްމް ގެ މޫނަށް ނަޒަރުހުއްޓައިލައިގެން އޮތް މައިލީން ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. އޭނާ ފޯން ނަގާ މެސެޖް ކިޔާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތިޔަ އަސަރު 17

Next

ކުރިން އެނގުނުނަމަ (ސާދަވަނަ ބައި)

Next
January 30, 2018

ކުރިން އެނގުނުނަމަ (ސާދަވަނަ ބައި)

Previews
January 30, 2018

ތިޔަ އަސަރު 17

55 Comments!

  1. Sai says:
    January 30, 2018 at 5:46 pm

    Balabalaa indha e up v … adhinuves kiyan… thanks hi mi?❤?

    1. Hi Mi says:
      January 30, 2018 at 8:28 pm

      Thanks sai. ???

  2. Marsh says:
    January 30, 2018 at 5:47 pm

    me first dhw alhe konirakun next part cant wait

    1. Hi Mi says:
      January 30, 2018 at 8:28 pm

      Thanks marsh. ???

  3. ?Phaari? says:
    January 30, 2018 at 5:53 pm

    Kurin ves kiyaaafin mi prt

    1. Hi Mi says:
      January 30, 2018 at 8:51 pm

      Nun faari olhumeh kanneyge thy. ?

  4. Mysh says:
    January 30, 2018 at 6:00 pm

    Wowww…mi prt ves v rythi…nxt prt avas kohladhehchey

    1. Hi Mi says:
      January 30, 2018 at 8:31 pm

      Yes. Mysh. Kiyaalaathi nw innaani up vefa. Thanks dear.

  5. Sai says:
    January 30, 2018 at 6:01 pm

    V reethi… ❤❤

    1. Hi Mi says:
      January 30, 2018 at 8:32 pm

      Thanks sai. ???

  6. Riz says:
    January 30, 2018 at 6:04 pm

    Beykaaru vaahaka gina mi part ga vrh… jumlakoh story reethi masha allah… dhn anna part rangalhu kuraane kamah ummeedhukuran

    1. Hi Mi says:
      January 30, 2018 at 8:41 pm

      Thanks Riz. Dhigu vhk eh v ma kenneyge dw ehen e vani. ???

  7. Airaa says:
    January 30, 2018 at 6:07 pm

    Your the best writer I have seen. V v v v reethi story. Keep it up dear

    1. Hi Mi says:
      January 30, 2018 at 8:41 pm

      Thanks Airaa. ??????????????

  8. fajuah says:
    January 30, 2018 at 6:13 pm

    Vv reethi❤❤

    1. Hi Mi says:
      January 30, 2018 at 8:50 pm

      Thanks fajuah. ???

  9. syle says:
    January 30, 2018 at 6:16 pm

    Bala balaa indha e up v.ekam varah beykaaru bai ginaee kiyaa hiyvaa ekahala thankolheh neh..yashmu ge kanthah engeyne kamah heekury

    1. Hi Mi says:
      January 30, 2018 at 8:52 pm

      Thanks dearcfor ur support avadhuves rangalhu kohlan jehey kanthah faahaga kohla dheythi ingey. ?????????

  10. Lumm says:
    January 30, 2018 at 6:21 pm

    Beykaaru vahaka gina mi part ga….

    1. Hi Mi says:
      January 30, 2018 at 8:49 pm

      Alhey lam next lar5 rangalhu kohlaani. In Sha Allah. ?

  11. mary says:
    January 30, 2018 at 6:21 pm

    mi part v foohi maa haasaruginae ehvess kameh nuhigaa dhen in part rangalhu kohlahchey himi

    1. Hi Mi says:
      January 30, 2018 at 8:48 pm

      Yes In Sha Allah. Thanks. mary.

  12. Zuam says:
    January 30, 2018 at 6:29 pm

    Varah reethi….. miadhu adhi a part genas dhybah…. plxxxxxxx

    1. Hi Mi says:
      January 30, 2018 at 8:48 pm

      Yes zuam. Up kohlaafa innane. D read and leave a comment dear. ???

  13. Xaaan says:
    January 30, 2018 at 6:31 pm

    މާޝާﷲ ވަރަށް ރީތި މި ބައިވެސް

    1. Hi Mi says:
      January 30, 2018 at 8:47 pm

      Thanks xaaan. Jazakallah Khairan. ???

  14. Shann says:
    January 30, 2018 at 6:33 pm

    Khonireh story up veytho balaathaa.. Mee mihaaru mi site ge enme rythi enme furihama story.. Story kiyamun dhaairu hama sifa kurevey manzaruthah.. Ehaaves furihama

    1. Hi Mi says:
      January 30, 2018 at 8:38 pm

      Thanks shann. It means a lot. ???

  15. Icy♡ says:
    January 30, 2018 at 6:40 pm

    Vrh reethi
    Love this story
    ♡♡♡♡♡♡

    1. Hi Mi says:
      January 30, 2018 at 8:38 pm

      Thabks icy. ???

  16. Ainy says:
    January 30, 2018 at 6:47 pm

    Hey dear koba next part avahan up kohdhyba plllllllllllls

    1. Hi Mi says:
      January 30, 2018 at 8:37 pm

      Yes. Ainy thanks ingey. ???

  17. Xxxx says:
    January 30, 2018 at 6:52 pm

    Nice dear..??

    1. Hi Mi says:
      January 30, 2018 at 8:36 pm

      Thanks. Xxxx

  18. Aail says:
    January 30, 2018 at 6:57 pm

    Maa haasaru gina mi part ga. Mi story in evves kameh progress vaa thaneh nufeney. Abadhu eh kanthah gandeh annany. Heekuran next part interesting vaane kamah. ?

    1. Hi Mi says:
      January 30, 2018 at 8:36 pm

      Yes. Next part ga konmes kameh yageenun ves vaane. ??? thanks dear.

  19. Kai says:
    January 30, 2018 at 7:01 pm

    Hi mi kihine thihedhy mi part ga nuveynu ehche kameh

  20. jeen says:
    January 30, 2018 at 7:02 pm

    laaraa ge vaahaka nufilaaney thihadhaan hen dhw mivaahaka.. mi vaahaka ves vrh reethi.. keep up the good work..

    1. Hi Mi says:
      January 30, 2018 at 8:35 pm

      Oh jeen. Hi Mi dhekunin thi story. ??? thanks dear.

  21. Kai says:
    January 30, 2018 at 7:02 pm

    Hi mi kihine thihedhy mi part ga nuveynu ehves kameh

    1. Hi Mi says:
      January 30, 2018 at 8:34 pm

      Next part ga vaane. Ingey dear do read. ???? thanks a lot.

  22. Hi Mi says:
    January 30, 2018 at 7:05 pm

    Assalaamu Alaikum. Sorry guys. Hithah eri mipart ehaa interesting ah nuvaaneyey ves. Alsu maa kanthah thah nuhingaathy dw. Hi Mi beynun v siafkohdhemun gendhan. Dhen first up kuran feshi story v ma massalathah hiredaane. Hama e kujjakah fenna hiyaaleh dheyn v. And kuri ah varah avahah kanthah thakeh hingaane story ga. Dhen eyi surprise akah dhookohlaani. Abadhuves hurrihaa hiyaalakah matuhabaa kiyan. As gina kudhin nah mibpart like nuvythy mirey balaanan up kohdleveuthoa kiyaalaafa. Hi Mi bixi kamun time nuvi kiyaalan. Ehenvr dhigukoh nugenesdhevuni. Sorry. ??? and thankyou all. Rangalhu kuran jehey kanthah thakah balaigen kuri ah dheveythoa balaanan. In Sha Allah. Jazakallah Khairan. ?

    1. Lumm says:
      January 30, 2018 at 9:45 pm

      Mi story reethi .. haadhisa vess reethi… Hama ekani mi part ehkkoh sifakurunthah aima eha like nuvee.. vedhaane dhenn vaa goi engenn beynunvaaleh boduveema shakuvaa kurevenee kamah brss

  23. Pinky shifoo says:
    January 30, 2018 at 7:28 pm

    Fantastic ???… Hama superb ???… As always mi part vx hama varah varah varah reethi ???…. I’m really loving this story Hi Mi ❤️❤️… Mee pinky enme inthizaaru kuraa enme reethi my favourite story now ❤️❤️??… Miadhu vx mi story up vithr belunu adhadhehvx neynge.. Hhehehehe ??.. Ehaa vx inthizaaru kurevey ??… Hi Mi ah ingeytha Hi Mi ge two stories in pinky shifoo furathama story akah regular koh comments kuran mi fehty ??… Kurin vx comment kuran bt regular koh ehvx story akah nukuran ??… Comment kohfavx iru iru kolhun balaalevey Hi Mi ge loabi loabi reply aisithr vx ????… Mi Story ah kuraa inthizaaru hama Hi Mi ge reply ah vx kuran ?? n I have never given this much support to any writer before.. ❤️❤️???… U are a very very special writer or like a friend for me ????.. Varah vaahaka dhigu kurevihje dhw… Heheheh.. Anyways waiting for next part ❤️❤️??.. Lots of love Hi Mi ❤️❤️???????????

    1. Hi Mi says:
      January 30, 2018 at 7:40 pm

      Shifoo ge commemts thah kiyaa laafa Hi Mi ves shifoi aa bahdhalukohlaa hiyy vey. Hehe. Hi Mi ah ehaa support aa aki kaakuthoa balaa lan. Anyway pinky ge comment ah Hi Mi ves hama vvvv inthizaaru kuran. Thankyou so much dear. ??? it means a lot. And yh dear. Eyi himi beynun vaa goi sifavamun dhiyun. ???❤❤❤❤❤❤❤❤❤❤ ur the best. ???

  24. Pinky shifoo says:
    January 30, 2018 at 7:34 pm

    Hiii again Hi Mi… Heheheh ???… Mi part ge sifakurumah buneveynee hama best a… Aslu vx sifakurun thah varah varah varah reethi ???… Hama heeveenee filmeh henn lo kurimathin fennahen… Good job ??????… Kury comment ga mi vaahaka nubunevunyma anehkaa mi comment kohlee ???❤️❤️??…

    1. Hi Mi says:
      January 30, 2018 at 7:41 pm

      Much more loves. ??

  25. tuithy says:
    January 30, 2018 at 7:37 pm

    Dhen part thakuga eha sifakurun nugenesdhehchey.eyrun story foohi.anyways gudluck dear

    1. Hi Mi says:
      January 30, 2018 at 8:53 pm

      Thanks tiuthy. Thanks thi kahala kanthah daaha ga kohla dheythi ingey abadhuves. ???

  26. Nock nock says:
    January 30, 2018 at 7:51 pm

    Beykaaru bai v Gina.maabodah room kiyaa dhyfa othyma mahsala akii

    1. Hi Mi says:
      January 30, 2018 at 8:54 pm

      Thanks dear. Hiyaal thakah abafhuves maruhabaa. ???

  27. Angel Murey says:
    January 31, 2018 at 12:37 am

    ok

  28. ❤❤Aishath❤ ❤ says:
    January 31, 2018 at 11:51 am

    Kn irakuntha Hi Mi ge next story up kohdheyn fashaany can’t wait to read it avahah
    up kohdhehcchey

    1. Hi Mi says:
      January 31, 2018 at 8:04 pm

      Mi storynimunuhaa avahah ingey. Aslu beynun vani medhunukendi gendhevey varah liyefa up kuran fashan. Thanks asishath fav kan ingunima bunaane ehchei ves neygey happy vegen gos. ??????????

  29. ❤❤Aishath❤ ❤ says:
    January 31, 2018 at 11:53 am

    Ur r my favourite writer gud work keep it up ????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.

Next Episodeހިތާ ފުރާނައިން… (22)←


All Right Reserved!