ދާނިޔަލް އެއްފަރާތަކަށް މޫނު އަނބުރާލި އިރު ގާތުގައި އިން އަޒާން ފެނިފައި ފުޅާ ހިނިތުންވުމެއް އޭނާއަށް ރައްދުކޮށްލިއެވެ. “އަޒާން ހާދަ ދުވަހެއް ވެއްޖޭ ދިމާ ނުވާތާ..” އަޒާން އާއި ދާނިޔަލްއަކީ އެއްކޮށް ވަޒީފާއަށް ނިކުތް ދެ ޑޮކްޓަރުންނަށް ވުމުން މިވީ އެއްވަރަކަށް އަހަރު ދުވަސްތެރޭ އެދެމެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. “ކުޑަ ޗުއްޓީއެއްގަ ހުރީ އެއިރު ފެމިލީ ކަމެއް ދިމާވެގެން..” އަޒާން ހިނިތުންވުމަކާއެކު ބުނެލިއެވެ. ދާނިޔަލްވެސް އެހެން ހެއްޔޭ ބުނެލިއެވެ. ދެމީހުންގެ ވާހަކަ މެދުކަނޑާލީ އެތެރެއަށް […]
ކެބިންގެ އެންމެ އެތެރޭގައި ހުދުކުލައިގެ ކަބަޑުތަކާއެކު ބަލި މީހުން ބަލަން ޚާއްސަ އެނދެއް ބަހައްޓައިފައި ހުއްޓެވެ. ފާރުތަކުގައި މަޑު އަޅިކުލައެއް ލައިފައި ވުމުން ވަރަށްވެސް ފުރިހަމައެވެ. ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކާއި މިތަނާއި ވަރަށްވެސް ތަފާތެވެ. ހުރިހާ ކަމެއްވެސް ހުރީ ޑޮކްޓަރުންގެ އިތުރުން ބަލިމީހުންނަށްވެސް ފަސޭހަވާނެ ފަދައިންނެވެ. އޭނާގެ ކެބިންގެ ކޮންމެ ކަމެއްވެސް ދާނިޔަލްއަށް ވަރަށް ކަމުދިޔައެވެ. އެހެން ކަމުން ގޮނޑީގައި ހަމަޖެހިލުމަށްފަހު ފޯނު ނަގައި އެ ހުޅުވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ އިނީ ފޯނަށް ގެއްލި […]
ކާވެނިފުޅު ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އާއި ކާވެނިފުޅު ބައްލަވައިގެންނެވުމުންގެ ކުރިން އިތުރު އެކަލޭގެފާނަށް ހުވަފެންފުޅުގައި، ޖިބްރީލުގެފާނު ވަޑައިގެން އެކަމަނާގެ ސޫރަފުޅު ދައްކަވައި ވިދާޅުވިއެވެ. މިއީ ކަލޭގެފާނުގެ ދުނިޔެއާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ. މި ޙަދީޘް ޝަރަޙަ ކުރައްވައި ބައެއް މުޙައްދިޘުން ވިދާޅުވާ ގޮތުގައި ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އާއި ކާވެނިފުޅު ބައްލަވައިގެންނެވީ މިހުވަފެންފުޅުގެ […]
އާދައިގެ ވަރަކަށް ހިނގާލައިފައި ދިޔަ ދާނިޔަލް ގޮސް ހުއްޓިލީ އޭނާގެ ގޭ ކުރިމަތީގައެވެ. އާލިމާއާއި އެކު ހޭދަވި އުފާވެރި ވަގުތުކޮޅުތަށް އެތަނެއްގައި ފަސްއެޅި ފޮރުވިފައިވި ގޭ ކުރިމަތީގައެވެ. ތުއްތު އިރުއްސުރެ އުޅެ ބޮޑުވި ގޭ ކުރިމަތީގައެވެ. އެ ގޭ ފެނުމުން ދާނިޔަލްގެ ހިތަށް ތަފާތު އިޙުސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތުގެ އެންމެ ފުނާ ހަމައަށް ފުން އަސަރުތަކެއް ކުރަމުން ދިޔައެވެ. ގެޔަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން ނުވަތަ މައިންބަފައިން މަތިން ހަނދާން ވުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެޔަކަސް […]
ވައިބަރ އިން އާލާ އޮންލައިންގައި އިނުމުން އަރީފް ލަސްތަކެއް ނުކޮށް އަލާގެ ނަންބަރަށް ގުޅާލިއެވެ. އަދި ހަލޯއޭ ބުނެލިއެވެ. “ކިހިނެތް ވި ދަރިފުޅާ؟” އަރީފް ނުހަނު އޯގާތެރިކަމާއެކު އަދި ވަރަށް ލޯބިން އަހާލިއެވެ. “ބައްޕާ.. އާލާ ރުފިޔާ ބޭނުންވެއްޖެ.. ވަރަށް ފަހުން ނިކުތް ބްރޭންޑެއްގެ މޭކަޕް ކުރާ ސާމާނު ގަންނަން ވެގެން.. އޭތި ވަރަށް ރަނގަޅުކަމަށް އަޅުގަނޑުގެ ރައްތެހިންވެސް ބުނި.. މަންމަ ބުންޏޭ އަދި އަޅުގަނޑު ބޭރަށްދަންޏާ އަބަދުވެސް ހުންނަން ވާނީ މޭކަޕްކޮށްގެން ވަރަށް ރީތިވެގެންނޯ.. އެހެންވެގެން […]
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ދާނިޔަލް އާއި ސައިފް ވެސް ދެމީހުންގެ ކޮޓަރިއަށް ދިޔައެވެ. ދާނިޔަލް ކޮޓަރިއަށް ވަތް ގޮތަށް މިސްރާބު ޖެހީ ފާޚާނާއަށެވެ. އެއީ ފެންވަރާލައި ތާޒާވެލުމަށެވެ. ކުރިން އައި ގޮތަށް އޭނާ ފެން ނުވެރީ މަޣްރިބް ނަމާދު ވަގުތު ޖެހުމުންނެވެ. އިޝާ ނަމާދަށް ބަންގި ގޮވަން ވާއިރަށް ފެން ވަރާ ތައްޔާރު ވެވޭތޯ ދާނިޔަލް ބެލިއެވެ. “ރުކާ.. އާދެބަލަ ފިޒިކްސް ނޯޓްސްތައް ހިފައިގެން.. އެބަ ހީވޭ އެއް ނޯޓް މަދުވާހެން..” އާލާ އޭނާގެ ކޮޓަރީގެ […]
ދާނިޔަލްގެ ލޮލުން ކަރުނަ ނީރާލީ އިޚްތިޔާރުން ބޭރުގައެވެ. އެތަން ފެނި އަރީފް ދާނިޔަލް ގައިގައި ބައްދާލިއެވެ. ދާނިޔަލްވެސް އުފަލާއެކު އަރީފްއަށް ޝުކުރު އަދާކުރީ އޭނާގެ ޙަޔާތަށް އެފަދަ ރަނގަޅު މީހަކު އައުމުން ﷲއަށް ޙަމްދުކުރާ ހާލުއެވެ. “ދެން ދޭ އަވަހަށް.. މިހާރު ޗެކިން ވާ ގަޑި އެ ޖެހެނީ..” އަރީފް ދާނިޔަލް އާއި ދުރުވެލަމުން ބުނެލިއެވެ. އެހިނދު ވަދާޢީ ސަލާމް ކޮށްލުމަށްފަހު ދާނިޔަލްވެސް އެތެރެއަށް ވަދެގެން ދިޔައެވެ. ފުރަތަމަ ފަހަރަށްވުމުން ދާނިޔަލްއަށް ކޮންމެވެސް ވަރެއްގެ ދަތިތަކާއި ކުރިމަތިލާން […]
أمّ المؤمنين عائشة رضى اللّـه عنــها އަކީ މުސްލުމުންގެ ފުރަތަމަ ޚަލީފާ أبوبكر الصّدّيق رضى اللّـه عنــه ގެ ދަރިކަނބަލުންނެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ލޮބުވެތި އަނބިކަބަލުންނެވެ. ޞަޙާބީން ބޭކަނބަލުންގެ ތެރެއިން އެންމެ ޢިލްމުވެރިކަމަށް އަރާހުންނެވި ކަމަނާއެވެ. މިއުއްމަތަށް މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ތަޢުލީމާއި އިރުޝާދުތަށް ފޯރުކޮށްދެއްވުމަށް މަސައްކަތްޕުޅުކޮށްދެއްވި ބޭކަނބަލެކެވެ. ނަންފުޅާއި ނަސަބުފުޅު އަދި ޚާންދާނު أمّ المؤمنين عائشة رضى اللّـه […]
އެކަމަކު ކިހިނެއް ހެއްޔެވެ؟ އެ ފޯނު ގަތުމަށް އެހާ ބައިވަރު ފައިސާ ބޭނުންވާއިރު އެ ހުރިހާ ފައިސާއެއް އާލިމާ ހޯދީ ކޮން ގޮތަކުން ބާވައެވެ؟ ދާނިޔަލްގެ ސިކުނޑިއަށް އެތިކޮޅުތަކެއް ގުޅިގެން އަންނ ފަދައިން ދެން އަންނަން ފެށީ މި ފަހަކަށް އައިސް އާލިމާ ބުރަކޮށް ކުރަމުން އައި މަސައްކަތްތަކެވެ. ކިއްލި ތަޅަން ކިތަންމެ ވަރުބަލިވެފައި އިން ނަމަވެސް އިންނަ ކަމެވެ. އެހުރިހާ ކަމެއް ހަނދާން ވީ ވަގުތު ދާނިޔަލްގެ ދެލޮލަށް ކަރުނަތަށް ބޮނޑިވެގަތެވެ. އޭނާގެ މަންމަ އެހާ […]