(ކުރީގެ ޢަދަދާއި ގުޅޭ) މޫސާގެފާނު މިޞްރަށް ވަޑައިގެން މޫސާގެފާނު މަދުޔަނުން މިޞްރަށް ވަޑައިގެން މާތް الله سبحانه وتعالى ގެ ރިސާލަތަށް އެންމެ ފުރަތަމަ އިޖާބަދެއްވި އެއް ބޭކަނބަލަކީ السّيّدة آسية އެވެ. ނަމަވެސް ފިރުޢައުނު އޭނާގެ ހިރިޔާފާތުރާގެ ދަށައްއައި އިސްލާމީ ރިސާލަތުގައި ކޮޅުފައިންޖެހިއެވެ. މޫސާގެފާނަށް ދުއްތުރާކޮށް އެކަލޭގެފާނު ނިކަމެތިކުރަމުން ގެންދިޔައެވެ. السّيّدة آسية އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަމަނާ މާތް الله سبحانه وتعالى އަށް އަޅުކަން ކުރައްވަމުންގެންދެވިއެވެ. މޫސާގެފާނުގެ ރިސާލަތު މިޞްރުގެ ގިނަ ބަޔަކު ދޮގުކުރަމުން ގެންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން އެކަލޭގެފާނުގެ […]
“އެއީ މައްސަލައެއް ނޫން ދަރިފުޅާ.. އަލްޙަމްދުލިއްލާހް.. އެ ވަޒީފާ ނުލިބުނަސް ދަރިފުޅަށް އަލުން ތި ލިބުނީ ހަމަ އެ މުސާރަ ލިބޭ އެޔަށްވުރެ މާ ފަސޭހަ ވަޒީފާއެއްނު.. ﷲއަށް ޙަމްދުކުރޭ..” އާލިމާ އޭނާގެ ދަރިފުޅަށް ހިތްވަރު ލައިދެމުން ދިޔައެވެ. އެވަގުތު ދާނިޔަލް އާލިމާ ގައިގައި ބައްދާލަމުން ތިއީ މި ދުނިޔޭގައިވެސް ހުރި އެންމެ ރަނގަޅު މަންމައޭ ބުނެލީ އުފަލުން ހުރެއެވެ. އާލިމާވެސް ހިނިތުންވެލީ އުފާވެފައި ހުރެއެވެ. ކާރުގައި ގެޔަށް އައިސް ވަތް އަރީފް ކާރު ގަރާޖުގައި ބޭއްވުމަށްފަހު […]
(ކުރީގެ ޢަދަދާއިގުޅޭ) މުސާގެފާނުގެ މައިކަނބަލުންވަނީ އެކަމަނާގެ ދޮށީދަރިކަނބަލުން މޫސާގެފާނަށް ވާގޮތް ބެއްލެވުމަށްޓަކައި ފޮނުވާފައެވެ. އެކަމަނާ ނީލަކޯރަށް ދޫކޮށްލެއްވި ފޮށިކޮޅަށް ވާގޮތް ބައްލަވަމުން ކޯރުގެ އައްސޭރި ފަށުން ވަޑައިގެންނެވިއެވެ. ފިރުޢައުނުގެ ސިފައިންނާއި އޭނާގެ އައުވާނުންނަށް ފިއްލަވައިގެންނެވެ. މިކަމަށް އިޝާރާތް ކުރައްވާ ޤަޞަޞު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَقَالَتْ لِأُخْتِهِ قُصِّيهِ ۖ فَبَصُرَتْ بِهِ عَن جُنُبٍ وَهُمْ لَا يَشْعُرُونَ﴿١١﴾ އަދި އެކަމަނާ موسى ގެފާނުގެ أخت އަށް ވިދާޅުވިއެވެ. އޭނާ (އޮޔާދާތަން […]
“ބަލާލައިގެން ހިނގައްޗޭ އިނގޭ.. ނޫނީ ވެއްޓިފަ އަނިޔާއެއްވެސް ވެދާނެއްނު..” އެމީހާ ދާނިޔަލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ދާނިޔަލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެހާ މަތީ ފަންތީގެ މީހެއް އޭނާ ފަދަ ދެރަ ނިކަމެއްޗަކާއި އެހާ ރީތިކޮށް ވާހަކަ ދެއްކުމުން ހައިރާން ނުވާނީ ކާކުހެއްޔެވެ؟ އެމީހާ އަނެއްކާވެސް ރީތި ހިނިތުންވުމެއް ދާނިޔަލްއަށް ހަދިޔާކޮށްލުމަށްފަހު ކޯޓު ރީތިކޮށްލަމުން އެތަނުން ދިޔައެވެ. އިރުކޮޅަކު އެހުރި ހައިރާންކަންމަތީ ހުރުމަށްފަހު ދާނިޔަލް އަވަސް އަވަހަށް ވެއްޓިފައި އޮތް ގަނޑު ނަގައިގެން އޮފީހުން ނިކުތެވެ. “މަންމާ.. އަޅުގަނޑުގެ […]
“ޝަޒިއްޔާ.. ހާދަ ވަރަކަށް އެސޮރާއި ދިމާލަށް ތި އެއްޗެހި ކިޔަނީ؟ އަދި މިއަދު އޭނާ ވަޒީފާއަށް އެ ނިކުތީވެސް.. އެހެން ނޫނަސް އިންސާނުންނޭ އަހަރެމެން މީ.. ކުށްވެސް ކުރެވޭނެ.. އެއީ އެހާ ކަމެއް ނޫނޭ..” އަރީފް މަޑު ހިނގުމެއްގައި އައިސް އެމީހުން ގާތު ހުއްޓިލިއެވެ. އޭނާގެ އަޑުގައި ވަނީ ހިތްހެޔޮކަމާއި މަޑުމައިތިރި ކަމެވެ. “އެކަމަކު.. އޭނާ ނުޖެހޭ ދޯ އަހަރެން ކުރާ އަމުރަށް ދެކޮޅު ހަދާކަށް..” ޝަޒިއްޔާ އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަރީފް […]
ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ ދާނިޔަލްއަށް ސިހުން ގެނުވީ މީހެއްގެ ގައިގައި ފުދޭވަރަކަށް ބާރަށް ޖެހުމުންނެވެ. ޖެހުނު ގޮތުން އޭނާގެ ކޮނޑަށްވެސް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ދާނިޔަލްގެ ދެތުންފަތް ދޭތެރެއިން މަޑު އާހެއް ނިކުތީވެސް އެހެންވެގެންނެވެ. އިސް އުފުލާ ބަލައިލި ތަނުން ކުރިމަތީގައި ހުރި ސޫރަ ފެނި ދާނިޔަލްގެ ނޭވާވެސް އަރުތެރޭގައި ތާށިވިހެން ހީވިއެވެ. ދާނިޔަލްގެ ކުރިމަތީގައި ދެބުމަ ގޮށްޖަހާލައިގެން ހުރީ ދާނިޔަލްއަށްވުރެ އިސްކޮޅުން ކުރު ދޮން ހަންގަނޑެއް ލިބިފައިވާ ރީތި އަންހެން ކުއްޖެކެވެ. އެކުއްޖާގެ ބޯ ދާނިޔަލްގެ […]
ހުދުކުލައިގެ ގަމީހަކާއި ކަނޑު ނޫކުލައިގެ ފަޓުލޫނާއެކު ބެގީކުރުމަށްފަހު ކަޅުކުލައިގެ ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ޒުވާން ފިރިހެން ކުއްޖަކު ޕޭވްމަންޓަ މަތިން ހިނގާލައިފައި ދިޔައެވެ. ގަމީހުގެ އަތުކުރީ ގޮށް އަޅުވާލައިފައި ވާއިރު އަޅާފައިވައި ޓައީއާއި އެކު ފަށްބޯ ކަޅު އިސްތަށިގަނޑު އެއްފަރާތަކަށް ފުނާ އަޅާލައިފައި ވުމުން ޒުވާނާ އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އިސްތަށިގަނޑުގެ ފަން ކަމުން ބައެއް އިސްތަށިތައް އޭނާގެ ނިތްމައްޗަށްވެސް ވެރިފައި ހުއްޓެވެ. ބަލައިލައިފި ކޮންމެ އަންހެން ކުއްޖެއްގެ ހިތް ކަތިލާފަދަ ރީތިކަމެއް […]
(ކުރީގެ އަދަދާގުޅޭ) ފިރުޢައުނުގެ ހުވަފެން ތަފްސީރުއް ޠަބަރީގައި ރިވާވެގެންވެއެވެ. އެއްރެއަކު ފިރުޢައުނަށް ހުވަފެނެއްފެނުނެވެ. ބައިތުލް މަޤްދިސްއާ ދިމާއިން އަލިފާންގަނޑެއް ފާޅުވެ ބަނީ އިސްރާއީލުންގެ މީސްތަކުންދޫކޮށް ޤިބްތީންގެ މީހުން އަންދާލާތަނެވެ. މިޞްރުގެ މީސްތަކުންގެ ގެތަށްވެސް އަންދާ އަޅިއަށް ހަދާލާތަނެވެ. މި ހުވަފެންފެނުމުން ފިރުޢައުނުގެ ސިހުރުވެރިންނާ ފާލުބަލާމީހުން އެއްކޮށް އެ ހުވަފެނުގެ ތަޢުބީރަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެބައިމީހުން ބުންޏެވެ. ބައިތުން މަޤްދިސުން މިރަށަށް އައިމީހުންގެ ތެރެއިން މީހަކު އުފަންވާހުއްޓެވެ. މިޞްރު ހަލާކުވާނީ އޭނާގެ އަތްމަތީގައެވެ. ދެން ފިރުޢައުނު ބަނޫ އިސްރާއީލުންގެ […]
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم އެއްދުވަހަކު އެކަލޭގެފާނުގެ މިތުރު ޞަޙާބީބޭކަލުންނާއެކު މަޖްލީސެއްގައި އިންނެވިއެވެ. އެހެން އިންނަވައި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުގެ އިނގިލިފުޅުތަކުން ހަތަރު ރޮނގެއް ބިމުގައި ކުރެއްސެވިއެވެ. އެއަށްފަހު ޞަޙާބީބޭލުންނާއި ކުރިމަތިލައްވާ ޙަދީޘްކުރެއްވިއެވެ. މިހަތަރު ރޮނގުން ދޭހަކޮށްދެނީ ކޮންއެއްޗެއްކަން ތިޔަ ބޭކަލުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟ އަޞްޙާބުބޭކަލުން ވިދާޅުވިއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. އެ ހަތަރު […]