ދެމީހުން އެ ދެމީހުންގެ އަމިއްލަ ދުނިޔޭގައި ތިބި ވަގުތު ފޯޓޯގްރާފަރ ރީތި ފޮޓޮއެއް އޭނާގެ ކެމެރާގައި ރައްކާކޮށްލިއެވެ. އާލާއާއި ދާނިޔަލް ދެމީހުންގެ ލޮލަށް ގެއްލިފައި ތިބި އިރު ދެން ތިބި ހަތަރު މީހުން ތިބީ އެ ދެމީހުންނަށް ބަލަހައްޓައިގެން ހެވިދިލިފައެވެ. ވަރަށްވެސް ފުރިހަމަ ފޮޓޮއެކެވެ. އާލާ އާއި ދާނިޔަލްއަށް ހޭވެރިކަން ވީ އިޝާން ގަދަކަމުން ކެއްސަން ފެށުމުންނެވެ. ދާނިޔަލް އިސްތަށިގަނޑު ތެރެއަށް އަތް މަހާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލަމުން ކަމެއް ނުވާކަމަށް ހެދުނެވެ. އާލާވެސް ނޫން ކަމަށް […]
ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ފުރުސަތު ދެމުން ހަނާއަޅާލިއެވެ. ދުނިޔެމައްޗަށް އިރުގެ ރަންދޯދިތައް ވެރިވެފައިވާއިރު ވަރަށްވެސް ފުރިހަމައެވެ. ފިނިފިނި ވައިރޯޅިތައް އެއްވެސް ހުރަހެއްނެތި ގަސްތަކުގެ ފަތްތަކާއި ކުޅެލާއިރު ހިތަށް ލިބޭ ހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ﷲގެ ކުޅަދުންވަންތަކަމެވެ. ހަމަޖެހިލައިގެން އިނދެ ކާރުގައި ދާނިޔަލް ދުއްވާލައިފައި ދިޔައީ ޑިއުޓީއަށެވެ. ކާރު ޕާކުކޮށްލުމަށްފަހު ޑޮކްޓަރ ކޯޓު އަތުގައި އަޅުވާލައިގެން ދިޔަ ދާނިޔަލްއަށް ހޮސްޕިޓަލްތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ހުރި ފިޔަވަޅުމައްޗަށް ގަނޑުވިއެވެ. އެއިރު […]
މާތް ﷲ سبحانه وتعالى، މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ނަބިއްޔުއްނާއި ރަސޫލު ބޭކަލުން ފޮނުއްވިއެވެ. އެބޭކަލުން އިލާހީ ޙުކުމްފުޅުތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަމުން ގެންދަވަނީ ޢަޤްލީ ދަލީލުތަކާއި ނަޤްލީ ދަލީލުތަކުގެ އަލީގައެވެ. އެގޮތުން މައްކާގެ މުޝްރިކުންނާއި އަދި އެނޫންވެސް ކޮންމެ ޒަމާނެއްގައި އުޅޭ ކާފިރުވި މީސްތަކުންނަށް ޢިބްރަތަކަށް ވާނޭފަދަ އެތައް މިސާލުތަކެއް ޤުރުޢާނުގައި ބަޔާން ކުރައްވާފައިވެއެވެ. މިފަދަ އެއް ނަޤްލީ ދަލީލަކީ ބަގީޗާގެ އަހުލުވެރިންގެ ވާހަކައެވެ. މިދެންނެވި ވާހަކަ ޤުރުޢާނުގެ ޤަލްމު ސޫރަތުގެ 17 ވަނަ އާޔަތުން ފެށިގެން […]
“އައްސަލާމް ޢަލައިކުމް.. ތި އާދެވުނީދޯ.. މިއީ ކޮން ބައެއްތަ ދާނިޔަލް؟ ބޭބެއަށް ތައާރަފް ކޮށޤދޭން ވާނެ އިނގޭ.. ހިނގާ އަވަހަށް އެތެރެއަށް ދަމާ.. މިތާ ތިބެގެން ވާހަކައެއް ނުދެއްކޭނެއްނު ..” އަރީފް ދާނިޔަލްމެންނަށް ހިނިތުންވެލަމުން ބުނެލިއެވެ. އެހެން ކަމުން އެ ތިން މީހުން އަރީފްގެ ފަހަތުން ގޮސް އެގެއަށް ވަނެވެ. އަރީފް އިސްވެ ކުރީގައި ހުރެ ހިނގަމުން ދިޔުމުގެ ސަބަބުން ފެންނަން ހުރީ އޭނާގެ ފުރަގަހެވެ . ތިން މީހުން ގޮސް ސޯފާގައި އިށީނދެލިއެވެ. އެވަގުތު އެންމެންނަށް […]
“ބަ.. ބައްޕައަށް ކަމުދާ ގޮތަކަށް ނިންމީމަ އޯކޭ ވާނެ.. އަޅުގަނޑަށް މައްސަލައެއް ނެތް ކޮންމެ ގޮތެއްވެސް..” އާލާ އިސްދަށަށް ޖަހާލަމުން ހިތްވަރުކޮށްލައިފައި ބުނެލިއެވެ. އޭނާގެ ދުލުން އެހެން ބޭރުވީތީ ހައިރާންވި ނަމަވެސް އެކަމަށް އިންކާރުކުރާނެހާ ހިތްވަރެއް އާލާގެ ނެތެވެ. އައި ގަދަ ރުޅިއާއި އެއްކޮށް އޭނާގެ ހިތަށްވެސް އަސަރު ކުރިއެވެ. އާލާގެ އަމިއްލަ ކައިވެނީގައި އޭނާގެ އެއްވެސް ބާރެއް ނެތެވެ. އަދި އެވަރުން ނުވެގެން އޭނާ ކައިވެނި ކުރަން އެ ޖެހުނީވެސް ޙަޔާތުގައި އެންމެ ރުޅި އައި […]
“އަހަރެން ވަރަށް އުންމިދާއިއެކީ ޝަޒިއްޔާ ގާތު މިބުނަނީ.. ޝަޒިއްޔާ ޖެހޭނެ އެ ޒުވާނާ ހިތުން ރުހުމުން ޤަބޫލު ކުރަން..” ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމަކާއެކު އަރީފް ބުނެލިއެވެ. އެހިނދު ޝަޒިއްޔާ ހިނިގަނޑެއް ޖަހާލުމަށްފަހު އަނގަބަހުން އެކަމަށް އެއްބަސްވެލިއެވެ. އޭނާގެ ހިތް އުފަލުން ނަށަނީވިއްޔާއެވެ. ދަރިފުޅުގެ ކައިވެނި ދުވަސްކޮޅަކުން ކުރެވިގެންދާތީއެވެ. “ޝަޒިއްޔާ.. އަހަރެންގެ ހޮވުމަކީ ގޯސް ހޮވުމަކަށް ނުވާނެ.. އެއީ ހަމަ ޔަގީން ކަމެއް.. އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ ކުއްޖެއް އެއީ.. އޭނާއަކީ ހެޔޮލަފާ ރަނގަޅު ކުއްޖެއް.. އަދި […]
ބާރުބާރަށް ބަދިގެއިން ނިކުމެގެން ވިޝާމާ އައީ އަޒާންމެން ގާތު ސައިބޯން އައުމަށް ބުނާށެވެ. އެހެން ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން ހުރި ފިޔަވަޅު މައްޗަށް އޭނާ ގަނޑުވީއެވެ. ކާރުން ފައިބައިގެން ދުވެލައިފައި ގޭތެރެއަށް ވަތް އާދިންއަށްވެސް ވީ ހަމަ އެވަރެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އޭނާއަށް ހުރިތާ މަޑުކޮށްލެވުނު އިރު އެއްވެސް ޙަރަކާތެއް ގެންނަންވެސް އޭނާ ހަނދާން ނެތިފައި ވީ ފަދައެވެ. ހައިރާންކަންމަތީ އިރުކޮޅެއް ވާންދެން ހުރުމަށްފަހު އާދިން އަވަސް އަވަހަށް އެތެރެއަށް […]
އޭނާގެ ދެލޮލުން ފެންނަނީ އުންމީދެވެ. އޭނާ އެ ހީކުރާ ގޮތަށް އެކަން ވެއްޖެނަމަ އާދިން އުފާވާނެ ވަރު ބަޔާންކުރަންވެސް ނޭނގެއެވެ. “ވިޝް.. އެއީ ދޮންބެގެ ދަރިއަކަށް ވެއްޖެނަމަ އަނެއްކާވެސް ދޮންބެއާއި ދިމާވާނެ ދޯ..” އާދިން އަނެއްކާވެސް ވިޝާމާ ގާތު ބުނެލީ އުންމީދުން ފުރިގެންވާ އަޑަކުންނެވެ. އާދިންގެ އަޑުގައި ވީ ރިހުމާއި އަސަރުން ވިޝާމާގެ ލޮލުންވެސް ވަނީ ކަރުނަ ހިލުވާލައިފައެވެ. ކަރުނައިގެ ތެރެއިންވެސް އޭނާ ބޯ ޖަހާލީ ފިރިމީހާއަށް ހިތްވަރު ދިނުމަށްޓަކައެވެ. “އަހަރެން އަދި ބަލާނަން.. އެއީ އަހަރެމެންގެ […]
“ދަރިފުޅުމެން ހާދަ ވަރުބަލި ވެފައޭ ދޯ.. މާ ބިޒީ ދުވަހަކީތަ؟” ވިޝާމާ ގެނައި ފެންތަށި ބޯން ތިބި އާދިން އާއި އަޒާންގެ ސަމާލުކަންވެސް ހުއްޓިގެން ދިޔައީ ކުރިމަތިން އިވިގެންދިޔަ ބަރު ފިރިހެން އަޑަށެވެ. ކުރިމަތީގައި ހުއްޓި ހުރި މެދު އުމުރުގެ ފިރިހެން މީހާ ފެނި ދެމީހުންގެ ތުންފަތުގައިވެސް ލުއި ހިނިތުންވުމެއް ކުޅެލިއެވެ. “ކާފާ.. ބުރައޭ ބުންޏަކަސް ވާ ބުރަ ދުވަހެއް މިއަދު.. ނޭވާއެއް ލާނެ ވަގތެއްވެސް ވީ ކިރިޔާ..” އަޒާން ވަރުބލިވެފައި ހުރެ ބުނެލިއެވެ. އެވަގުތު މަނިކު […]