ދުޢާ 18
ކެބިންގެ އެންމެ އެތެރޭގައި ހުދުކުލައިގެ ކަބަޑުތަކާއެކު ބަލި މީހުން ބަލަން ޚާއްސަ އެނދެއް ބަހައްޓައިފައި ހުއްޓެވެ. ފާރުތަކުގައި މަޑު އަޅިކުލައެއް ލައިފައި ވުމުން ވަރަށްވެސް ފުރިހަމައެވެ. ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކާއި މިތަނާއި ވަރަށްވެސް ތަފާތެވެ. ހުރިހާ ކަމެއްވެސް ހުރީ ޑޮކްޓަރުންގެ އިތުރުން ބަލިމީހުންނަށްވެސް ފަސޭހަވާނެ ފަދައިންނެވެ. އޭނާގެ ކެބިންގެ ކޮންމެ ކަމެއްވެސް ދާނިޔަލްއަށް ވަރަށް ކަމުދިޔައެވެ. އެހެން ކަމުން ގޮނޑީގައި ހަމަޖެހިލުމަށްފަހު ފޯނު ނަގައި އެ ހުޅުވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާ އިނީ ފޯނަށް ގެއްލި ހުސްވެފައެވެ.
ފޯނުން ގަޑި ފެނުނު ވަގުތު ދާނިޔަލް ފޯނު މޭޒުމަތީގައި ބާއްވާލިއެވެ. އެހިނދު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ދެން ބޯ ދިއްކޮށްލީ އަންހެން ކުއްޖެކެވެ. ދާނިޔަލްގެ ހުއްދަ ލިބުމުން އޭނާ އެތެރެއަށް ވަނެވެ. އެޔަށްފަހު ދާނިޔަލްގެ ޝެޑިއުލް ދާނެގޮތް ކުޑަކޮށް ކިޔާލަ ދިނެވެ. އެޔަށްފަހު އޭނާ އެތަނުން ނިކުމެގެން ދިޔައީ ދާނިޔަލްއަށް “ގުޑް ލަކް” އޭ ބުނެލުމަށްފަހުއެވެ.
ދާނިޔަލްގެ އިންތިޒާރުގެ ވަގުތަށް ނިމުމެއް އައީ އެތެރެއަށް ވަދެގެން އައި ދެމީހުން ފެނިފައެވެ. ޒުވާން އަންހެނަކާއި ފުރާވަރުގެ ފިރިހެން ކުއްޖެކެވެ. ފިރިހެން ކުއްޖާގެ މޫނުމަތިން މާބޮޑު އަސަރެއް ފެންނާކަށް ނެތެވެ. ދާނިޔަލް ހިނިތުންވެލުމުންވެސް އަންހެން މީހާ ހިނިތުންވެލިއެއް ކަމަކު ފިރިހެން ކުއްޖާ ހިންޏެއް ނައެވެ. އެހެން ކަމުން ދާނިޔަލްއަށް ކޮންމެވެސް ވަރަކަށް ކަންކަން ނަގައިގަންނަން އިނގުނެވެ.
ކަންތަށް ވީ ދާނިޔަލް ހީކުރި ގޮތަށެވެ. އެތަނުން ބަލި މީހަކީ ހަމަ ފިރހެން ކުއްޖާއެވެ. ދާނިޔަލް އޭނާއާއި ވަރަށް އެކުވެރިކޮށް ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ފުރަތަމަ އޭނާއަށް ކޮންމެވެސް ވަރެއްގެ ދަތިތަކާއި ކުރިމަތިލާން ޖެހުނީ ފިރިހެން ކުއްޖާ ދާނިޔަލްއަށް ސަމާލުކަން ނުދިނުމުންނެވެ. އެހެން ނަމަވެސް ގިނައިރު ވާހަކަ ދައްކަން ފެށުމުން އެ ކުއްޖާ ދާނިޔަލްގެ މޫނަށް ބަލައިލިއެވެ. ދާނިޔަލް ހިނިތުންވެލި ނަމަވެސް މިފަހަރުވެސް އެކުއްޖާ ހިނިތުން ނުވެއެވެ.
އެހެން ނަމަވެސް ދާނިޔަލް އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައީ ފުރިހަމަ ނަތީއްޖާއެއް ނެރެވޭނީ ގިނަ ވަގުތުން ކަން އެނގި ހުރެއެވެ. އަދި އެއްދުވަހުން ހުރިހާ ކަމެއް ނުނިމޭނެކަން ސިކުނޑިއަށް ވިސްނައިދެމުންނެވެ.
ދާނިޔަލްގެ ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. ލިބުނު ބްރޭކްގައި ދާނިޔަލް ހިން ދަމާލިއެވެ. މިވަގުތާއި ހަމައަށްވެސް އޭނާ ހުރިހާ ޕޭޝަންޓުން ބެލީ ވަރަށްވެސް ޝައުޤުވެރިކަމާއި އެކުއެވެ. އޭނާގެ އެކުވެރިކަމުގެ ސަބަބުން އެންމެންވެސް ތިބީ ވަރަށްވެސް ހިތްހަމަ ޖެހިފައެވެ. ކާމިޔާބު ކަމާއެކު ދެތިން ގަޑިއިރު ހޭދަކުރުމަށްފަހު ދާނިޔަލް ކެބިން އިން ނިކުތީ ބްރޭކަށް ދިޔުމަށެވެ. ޑޮކްޓަރ ކޯޓު ގައި އޭނާ ހުރި އިރު ވަރަށްވެސް ފުރިހަމައެވެ.
ދާނިޔަލް ލިފްޓަށް އެރުމަށްފަހު ކެންޓީނަށް ދިޔުމަށްޓަކައި ގްރައުންޑް ފްލޯއަށް ދެވެން އިން ފިތަށް އޮބާލިއެވެ. މާ ގިނަ ވަގތުތަކެއް ނުވެ ދާނިޔަލް އަށް ލިފްޓުން ނިކުމެވޭ ވަރުވިއެވެ. އެޔަށްފަހު މަޑު ހިނގުމެއްގައި ހިނގާލައިފައި ގޮސް ދާނިޔަލް ކެންޓީނަށް ވަނެވެ. ހީކުރި ވަރަށްވުރެ ކެންޓީންވެސް ބޮޑެވެ. ދާނިޔަލް ކެންޓީނަށް ވަތް އިރު ބައެއް މުވައްޒަފުން އެތާ ޙަރަކާތްތެރިވަމުން ދިޔައެވެ. ނަމަވެސް ވަގުތުގެ ގޮތުން މާ ގިނަ މުވައްޒަފުންނެއް އެތާކު ނޫޅެއެވެ. ދާނިޔަލް އޭނާ ބޭނުންވާ އެއްޗިއްސަށް އޯޑަރ ކުރުމަށްފަހު އައިސް ހުސްކޮށް އިން މޭޒެއް ދޮށުގައި އިށީނދެލިއެވެ.
ދާނިޔަލް ފޯނުން ނަޒަރު ވަކި ކޮށްލީ އެތަނަށް މީހަކު އައި ހެން ހީވުމުންނެވެ. “ހައި..” މޭޒު ކައިރީގައި ހުރީ ކުރިން ލިފްޓުން ދާނިޔަލް އާއި ދިމާވި ނުދަންނަ ޒުވާނާއެވެ. “ހައި..” ދާނިޔަލްވެސް ހިނިތުންވެލަމުން ބުނެލިއެވެ. އެވަގުތު ޒުވާނާ ދާނިޔަލް ގާތުން ހުއްދަ ހޯދާލުމަށްފަހު އެތާ އިށީނެވެ. “އައިމް އިޝާން..” އިޝާން އޭނާ އަމިއްލައަށް ތައާރަފްވެލުމަށްފަހު ދާނިޔަލްއާއި ސަލާމަށް އަތްދިއްކޮށްލިއެވެ. ދާނިޔަލްވެސް އޭނާގެ އަތިގައި ހިފާލަމުން އޭނާގެ ނަން ބުނެލިއެވެ. އެޔަށްފަހު ދެމީހުންގެ ވާހަކަ ފެށިގެން ދިޔައެވެ. “މިތާނގަ ދޯ މަސައްކަތް ކުރަނީ؟ ޑޮކްޓަރ އެއް ދޯ؟” އިޝާން ދާނިޔަލް އާއި ސުވާލު ކޮށްލިއެވެ. އެހިނދު ދާނިޔަލް ބޯ ޖަހާލިއެވެ.
އެޔަށްފަހު އިޝާން އާއި ސުވާލުކޮށްލިއެވެ. “އަހަރެންވެސް މީ ޑޮކްޓަރެއް.. ކާޑިއޮލޮޖިސްޓެއް.. މިދިޔަ މަހު މަސައްކަތް ކުރަން ފެށީ.. އެކަމަކު ދާނިޔަލް މިފެނުނީ އަދި އަލަށް.. ހެހެ.. ދެ ޑިޕާޓްމެންޓެއް ވީމަ ދޯ؟” އިޝާން ދާނިޔަލްއާއި ވާހަކަ ދައްކަމުން ދިޔައީ ވަރަށްވެސް އެކުވެރިކޮށެވެ. ދާނިޔަލް އާއި އިޝާންގެ މިޒާޖު ފުދޭވަރަކަށް އެއްގޮތްކަމުން ދެމީހުންވެސް ގާތް އެކުވެރިންނަށް ވާން ނެގީ މަދު ވަގުތުކޮޅެކެވެ.
އިޝާން އާއި ދާނިޔަލް އެތަށް އިރެއް ވާންދެން އެކި މައުލޫތަކަށް ވާހަކަ ދައްކަން ތިބުމަށްފަހު ބްރޭކަށް އޮތް ވަގުތު ހަމަވުމުން ކެންޓީނުން ނިކުންނަން ހިނގައިގަތެވެ. ދާނިޔަލްވެސް އޭނާގެ ޑޮކްޓަރ ކޯޓު އަތުން ހިފައިގެން ދަމުން ކައުންޓަރ ކައިރިއަށް ހުއްޓިލުމަށްފަހު ކާއެއްޗިއްސަށް ރުފިޔާ ދެއްކިއެވެ. އިޝާންވެސް އެގޮތަށް ކަންތަށް ކޮށް ނިންމުމުން ދެމީހުން އެއްކޮށް ކެންޓީނުން ނިކުމެ އަނެއްކާވެސް އެމީހެއްގެ ކެބިންއަށް އެމީހަކު ދިޔުމަށް އަވަސްވެ ގަތެވެ.
މުޅި ދުވަސް ހޭދަވެގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. ވަރުބަލި ވެފައި ހުރިވަރުން ހަވީރު ގެޔަށް ދިޔަ ގޮތަށް ދާނިޔަލް އަރާމް ކުރަން ޖައްސާލީ ގެޔަށް އައީ އަޞުރު ނަމާދު ކޮށްލައިގެން ކަމަށް ވުމުން ހަމަޖެހިލައިގެން ހުރެއެވެ.
ހަނދުގެ ވާޖިބު އަދާކުރުމަށްފަހު އިރަށް އޭގެ ވަޒީފާ އަދާކުރުމަށްޓަކައި ފުރުސަތު ދެމުން ހަނދު އަލްވަދާޢު ކިއެވެ. މުޅިން އާ ދުވަހެކެވެ. އެކި މީހުންގެ ޙަޔާތަށް އެކި ތޫންފާތަށް ގެންނަމުން ހަމަ އެއާއެކު ބަހާރުމޫސުން ވެސް ގެންނަމުން ދެއެވެ.
ތަނަވަސް ގެއެކެވެ. މުޅި ގޭގައި މަޑު އަޅިކުލައެއް ލައިފައި ވާއިރު ބަލާބެލުމަށް ހީވަނީ ގަނޑުވަރެއް ހެންނެވެ. އެހާވެސް ބޮޑު އެގޭގައި ގޭގެ ބޭރުން އަދި ބޮޑު ބަގީޗާއަކާއި ހުސް ބިމެއް އޮތެވެ. ބަލައިލި ކޮންމެ މީހަކަށް ހައިރާންކަން ގެނުވާހާ ރީއްޗެވެ. ގޭގެ އެއްފަރާތުގައި ފުދޭވަރެއްގެ ބޮޑު ގަރާޖެއް އޮތް އިރު އެތެރޭގައި ކަޅު ކުލައިގެ ދެ ކާރާއި ހުދުކުލައިގެ ކާރެއް އޮތެވެ.
ހެނދުނުގެ އަލިކަން ފާޅުވުމުން ގޭގެ ފުޅާ ދޮރު ހުޅުވާލައިފައި ބޭރަށް ނިކުތީ އުމުރުން ދުވަސްވެފައި ހުރި ފިރިހެނެކެވެ. ބަލާބެލުމަށް އޭނާ މިހާރު ގުނަމުން އެދަނީ ފަސްދޮޅަހުގެ އަހަރުތަކެވެ. ފިރިހެން މީހާ މަނޑުހިނގުމެއްގައި ގޮސް އިށީނީ ގޭގެ ގޯތިތެރޭގައި ހައްދާފައި އޮތް ފެހި ވިނަގަނޑު މަތީގައި ބަހައްޓާފައި ހުރި ސޯފާ ޒާތުގެ ގޮނޑިއެއްގައެވެ. އެއްފައި މައްޗަށް އަނެއް ފައި ލުމަށްފަހު އޭނާ ގެންގުޅުނު ނޫސް ރަނގަޅު ކޮށްލައިފައި އެޔަށް ސަމާލުކަން ދިނެވެ.
“ސަރ.. ކޮފީ..” އޭގެ އިރުކޮޅެއް ފަހުން އެތަނަށް އައިސް ހުއްޓުނީ ތަބަކަކަށް ކޮފީތައްޓެއް ލައިގެން އެ ހިފައިގެން ހުރި ފިރިހެނެކެވެ. އޭނާ އަޅައިފައި ހުރި ޔުނީފޯމުންވެސް އެއީ އެގޭގެ ޚާދިމެއްކަން ވަރަށް ސާފުކޮށް އިނގެއެވެ. ފިރިހެން މީހާގެ އިޝާރާތަށް ކޮފީތަށި ކުޑަ މޭޒުމަތީގައި ބޭންދުމަށްފަހު ޚާދިމު މީހާ އަނބުރާ ގޭތެރެއަށް ވަދެގެން ދިޔައެވެ.
“ގުޑް މޯނިންގް ކާފާ..” ދެން އެ ފިރިހެން މީހާ ގާތަށް އައިސް ހުއްޓިލީ ޒުވާން ފިރިހެން ކުއްޖެކެވެ. ކަކުލުން ކުޑަ ތަންކޮޅެއް މައްޗަށް އަރާވަރުގެ ކަޅުކުލައިގެ ސޯޓަކާއި އަޅިކުލައިގެ ޓީޝާޓުގައި ހުރި އިރު ތެތް އިސްތަށިގަނޑު އޮތީ ހޭވިފައެވެ. މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ދޮން މޫނުމައްޗަށް ބައެއް ފެންތިކި ވެރިފައި ހުރީ އޭނާގެ ބޮލުން ރަނގަޅަށް ފެން ނުހިއްކި ހުރުމުންނެވެ.
“އަނހަ.. ގުޑް މޯނިންގް ދަރިފުޅާ އަޒާން.. ހާދަ އަވަހަކަށް ހޭލި ދުވަހެއް؟ ޑިއުޓީ އޮތީތަ މިއަދު؟ ކޮބާ ބައްޕަ؟” ދުވަސްވީ މީހާ އަޒާން އާއި ވާހަކަ ދެއްކި އިރު އެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. “މިއަދު ހެނދުނު ޑިއުޓީ އޮތީ.. ބައްޕަވެސް ހީވަނީ ހޮސްޕިޓަލަށް ދާން ވެގެން ރެޑީ ވަނީހެން.. މަންމަވެސް އަދި ނުފެނޭ..” އަޒާން ފިރިހެން މިހާ ގާތު އިށީންނަމުން ބުނެލިއެވެ. އެވަގުތު ދެމީހުން އަނެއްކާވެސް އެމީހުންގެ އަމިއްލަ ވާހަކަ ތަކުގެ ތެރެއަށް ފީނައިގަތެވެ.
މެންދުރުގެ ހޫނުގަދަ ވަގުތު ރަތްދަކަ އަވީގައި މާލޭގެ ހަލަބޮލި މަގުތަކުން މަޑުމަޑުން ހިނގާލައިފައި ދާނިޔަލް ދިޔައީ ޑިއުޓީއަށެވެ. މެންދުރުގެ ހޫނުގަދަ ވަގުތަށް ވުމުން އޭނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ދާ ހިތްލާލައިފައި ވެއެވެ. އެހެން ނަމަވެސް ކެތްތެރިކަމާއެކު ހިނގާލައިފައި ދިޔައީއެވެ. މުޅިން އާ މީހުންތަކަކާއި ބައްދަލުވުމަށެވެ. މުޅިން އާ ބަޔަކަށް އެހީތެރިވެދިނުމަށެވެ. އޭނާ އެކަންތަށް އެކުރަނީ ނުހަނު ކުރާހިތުން އުފަލާއެކުއެވެ.
ހޮސްޕިޓަލަށް ވާސިލްވުމުން ދާނިޔަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހޮސްޕިޓަލްތެރެއަށް ވަދެގެން ދާނިޔަލްގެ ކެބިން އިންނަ ފްލޯއަށް ދިޔުމަށްޓަކައި ލިފްޓަން އަރަން އުޅުނު ވަގުތު އިޝާންއާއި ދިމާވިއެވެ. ދެމީހުން އެކި ވާހަކަ ތަކުގައި ތިބެ ވަކިވީ ދެމީހުންގެ މަސައްކަތަށް އަވަސްވެސްގަތުމަށެވެ. އިޝާން ޑިއުޓީގައި އެއުޅެނީ ހެނދުނުން ފެށިގެންނެވެ. މިއަދު ކަން ދިމާ ކުރި ގޮތުން ދެމީހުންގެ ޑިއުޓީ ހަމަޖެހިފައި އެޔޮތީ މުޅިން ތަފާތު ދެ ގަޑިއަކަށެވެ.
ދާނިޔަލް ހިނިތުންވެލައިގެން ހިނގާލައިފައި ދިޔަ އިރު އޭނާގެ ހިތަށް ވެރިވެފައިވަނީ ބަޔާންކުރަންވެސް ދަތި އުފާވެރިކަމެކެވެ. އޭނާގެ ތުންފަތަށް ވެރިވެފައިވާ ރީތި ހިނިތުންވުމުގެ ސަބަބުން އޭނާއާއި ދިމާލަށް ބަލައިލާ އެހެން މީހުންވެސް ރީތި ހިނިތުންވުމެއް ރައްދުކޮށްލައެވެ.
ދާނިޔަލް އޭނާގެ ކެބިންއަށް ވަތް ތަނުން އޭސީގެ ފިނި އެ ހަށިގަނޑަށް ފޯރިއެވެ. އެކަމުގެ ނަތީއްޖާއެއްގެ ގޮތުން ދާނިޔަލްގެ މޫނުމަތިން ފާޅުވެފައިހުރި އޮށްދާވެސް ފިލައިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ދާނިޔަލް އޭނާގެ ޑޮކްޓަރ ކޯޓު ގޮނޑީގައި އަޅުވާލުމަށްފަހު އައިސް ސޯފާގައި އިށީނދެލިއެވެ. އެއީ ޕޭޝަންޓުން އަންނަން އަދިވެސް ކުޑަ ވަގުތުކޮޅެއް އޮތުމުންނެވެ. ދާނިޔަލް އޭނާގެ ފޯނު ނެގުމަށްފަހު ވައިފައި އޮން ކޮށްލިއެވެ. އެ ހޮސްޕިޓަލުން ފްރީ ވައިފައި ހުރިހާ މުވައްޒަފުންނަށް ލިބެއެވެ. އެހެން ކަމުން އެންމެންނަށްވެސް އޭގެން އެތަކެއް ފަސޭހަތަކެއް ދަނީ ވަމުންނެވެ.
ފޭސްބުކަށް ވަތް އިރު ބައިވަރު ނޮޓިފިކޭޝަންތަށް އައިސްފައި ހުއްޓެވެ. އެހެން ކަމުން އޭނާ އެއްޗަކަށް ފަހު އެއްޗެއް ބަލަމުން ދިޔައެވެ. ކުއްލިޔަކަށް ދާނިޔަލްގެ ލޮލުގައި އަޅައިގަތީ “ކުއީން ރިޔާ” ގެ ނަމުގައި އިން ކުއްޖަކު އޭނާ އަށް ފޮނުވައިފައި އިން ފްރެންޑް ރިކުއެސްޓެވެ. “ރިޔާ..” ދާނިޔަލް މަޑުމަޑުން އެނަން ކިޔާލީ އެއީ ކުރިން އިވިފައި ހުރި ނަމެއްތޯ ހަނދާން ކޮށްލާށެވެ. ނަމަވެސް ހަމަ ހިލާ އޭނާގެ ހަނދާނަކަށް އެބުނާ ރިޔާ އެއް ނައެވެ. އެންމެ ފަހުން ދާނިޔަލް އެކުއްޖާގެ ޕްރޮފައިލް ޕިކްޗްރ ބަލައިލިއެވެ. ކުރިއެރުމެއް ނުލިބުނެވެ.
އޭގައި އިން އަންހެން ކުއްޖާ އޭނާގެ ނޭފަތުގެ އެއްބަޔާއި އެއްކޮށް އަނގަމަތިން އަތް ހުރަސްކޮށްލައިފައިވާގޮތުން މޫނެއް ރަނގަޅަކަށް ނުފެނެއެވެ. ނަމަވެވެސް ދެލޮލާއި ބުމަ ފެންނަން އިނެވެ. ދެބުމަ ހަދައިފައި ވާއިރު ވަނީ ގަދަ ކަޅުކުލައިގައެވެ. ދެލޮލުގައި މޭކަޕްގެ ގޮތުގައި ބޭނުންކޮށްފައި ހުރީ ގަދަ މުށިކުލައެއްގެ އައި ޝެޑޯއެކެވެ. ބޮލުގައި އަޅައިފައި އޮތް ތޮފީގެ ސަބަބުން ނިތްކުރިއަށް ވަނީ ހިޔާ އެޅިފައެވެ. ހީވާގޮތުން އޭނާ އެހުރީ އިރާ ލޮލާ ސީދާ ވާގޮތަށެވެ. އެހެން ކަމުން އަންހެން ކުއްޖާގެ ލޮލަށް ވަނީ އިރުގެ ރަން ދޯދިތަށް އެޅިފައެވެ.
ދާނިޔަލް އަވަހަށް ސްކްރޯލް ކޮށްލިއެވެ. އެއީ އެހާ ރަނގަޅުކަމަކަށް ނުވާތީއެވެ. ކޮންމެޔަކަސް ދާނިޔަލް ހީކުރި ގޮތުގައި އެ ރިޔާއަކީ މިކުއްޖާއެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އިން ދާނިޔަލް އިރުކޮޅެއް ވާންދެން ސޯފާގައި އިނުމަށްފަހު ތެދުވެގެން އޭނާގެ އެނބުރޭ އަރާމު ގޮނޑިއާއި ދިމާލަށް ހިނގައިގަތެވެ. އެޔަށްފަހު އެތާ އިށީނދެލިއެވެ.
ދާނިޔަލްގެ ވިސްނުން އެވަގުތު ގޮސް މާޒީއަށް ހުއްޓުނެވެ. އޭނާ ގާތު އެއްދުވަހު އާލިމާ އޭނާ ކިޔަވަން ބޭނުންވަނީ ކޯންޗެއްތޯ އެހުމުން ދާނިޔަލް ދިން ޖަވާބެވެ. “މަންމާ.. މިއަދު މަންމަގެވެސް އަދި ބައްޕަގެވެސް ހުވަފެން ހަގީގަތަކަށް ހެދިއްޖެ.. ދާންއަށް މަންމަމެންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދެވިއްޖެ.. އަލްޙަމްދުލިއްލާހް.. އެއިރު މަންމެން ހުރި އިރު ދާން ބޭނުންވީ މިހާ ހިސާބަށް އަންނަން.. ނަމަވެސް އެއިރަކު އެކަމެއް ނުވި.. މިއަދު ދާން އަށް އާދެވިއްޖެ ދާން ބޭނުންވި މަޤާމަށް.. އެކަމަކު މިއަދު ދާން ގާތުގަ މަންމަމެންނެއް ނެތް..” ދަނިޔަލް އޭނާގެ އަމިއްލަ ނަފްސަށް އިވޭ ވަރަށް މަޑުމަށުން ވާހަކަ ދައްކަމުން ދިޔައެވެ. ދާނިޔަލްގެ ލޮލުން ކަރުނަ ފާއްދާލީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
“ނަމަވެސް.. އިން ޝާ ﷲ ދާން ހިތްވަރާއެކު ކުރިޔަށް ދާނަން.. މި ދުނިޔެއަކީ ވަގުތީ ތަނެއް.. މަސައްކަތް ކުރަން ޖެހޭނީ ދާން އޮތް ދުނިޔެއަށްޓަކައި.. އާޚިރަތް ބާއްޖަވެރި ކުރުވުމަށްޓަކައި.. މަންމަމެން ދެއްވި ތަރުބިއްޔަތާއިއެކު ﷲގެ އިރާދަފުޅުން ދާން ވާނަން މަންމަމެން ބޭނުންވި ކަހަލަ ހެޔޮލަފާ ޞާލިޙް ދަރިއަކަށް.. އަދި.. ވަފާތެރި ތެދުވެރި.. ފިރިއަކަށްވެސް.. ދަރިންނަށް އަޅާލާ އޯގާތެރި ބައްޕައަކަށްވެސް.. އިން ޝާ ﷲ..” ދާނިޔަލް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލިއެވެ.
‘ފިރިއެއް’ ގެ ވާހަކަ ދާނިޔަލްގެ އަމިއްލަ ދުލުން ބުނެލި އިރު އޭނާގެ ހިތަށް ގޮތެއް ވެލިއެވެ. އެއީ ކީއްވެ ކަމެއް ނޭނގެއެވެ. އޭނާގެ އުމުރުން މިހާރު ފަންސަވީސް އަހަރު ވީއެވެ. ނަމަވެސް އަދިވެސް އޭނާ މީހަކާއި ނީނދެއެވެ. މިހާރު އެއީ އާނމުކޮށް ރާއްޖޭގައި ފިރިހެން ކުދިން ކައިވެނި ކުރާ އުމުރެވެ. ނަމަވެސް ދާނިޔަލްއަށް އެކަމުގައި ފަސް ޖެހެވެނީ ކީއްވެކަމެއް ނޭނގެއެވެ.
އާދައިގެ މަތިން ދުވަސް ފާއިތުވެގެން ދިޔައެވެ. ދާނިޔަލް އޭނާގެ ޑިއުޓީ ނިންމާލައިފައި އާދެވުނު އިރު ދަންވަރުވެއްޖެއެވެ. ވެފައި ހުރި ވަރުބައްޔާއި އެކު ގޮސް ދާނިޔަލް ފެންވަރާލައިގެން އެނދަށް އެރިއެވެ. އިސާހިތަކު ނިދި އޭނާގެ ދެލޮލަށް ސަވާރުވެ ނިމިއްޖެއެވެ.
ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އާ އަހަރަކަށް މަރުޙަބާ ކީ އިރު ދާނިޔަލް ވަނީ އޭނާ މަސައްކަތް ކުރަމުން ދިޔަ ހޮސްޕިޓަލުގެ އެންމެންގެ ލޯތްބާއި ބަލިމީހުންގެވެސް ހިތުން ޚާއްސަ މަޤާމެއް ހޯދައިފައެވެ. ދާނިޔަލް މަޝްހޫރުވެފައި ވަނީ ބަލިމިހުންނަށް އަޅާލައި އޯގާތެރި އަދި ހިތްހެޔޮކަމާއިއެކު އެކުވެރި މިޒާޖެއްގެ ވެރިޔަކަށެވެ. އޭނާއަށްޓަކައި ފިދާވާން ތައްޔާރަށް ތިބި އެތަށް އަންހެން ކުދިންނެއް ހަމައެކަނި އެ ހޮސްޕިޓަލުގެ ތެރެއިންވެސް ދާނިޔަލްއަށް ދިމާވިއެވެ. ނަމަވެސް އޭނާއަށް އެއިން ކޮންމެ ކުއްޖަކަށް މޫނު އަނބުރާލެވެއެވެ.
ދާނިޔަލް އޭނާ އެއްކުރި ފައިސާއިން ގަނެފައި އޮތް ކަޅުކުލައިގެ ކާރުގައި ހޮސްޕިޓަލާއި ދިމާލަށް މިސްރާބު ޖެހި އިރު ހެނދުނު އަށެއް ޖަހަނީއެވެ. މިއަދު އޭނާގެ ޑިއުޓީ އޮތީ އެއިރަށެވެ. ފަސްވަރަކަށް މިނެޓު ދުއްވުނުތަނާ ދާނިޔަލްއަށް ސިހުންގެނުވީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނުގެ ސްކްރީނަށް އަވަސް ނަޒަރެއް ދާނިޔަލް ދިނެވެ. ގުޅަނީ އިޝާން އެވެ. މުހިއްމު ކޯލަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް އޭނާ އޮވެވުނު ތަނަށް ނަޒަރު ހިންގާލިއެވެ. ދާނިޔަލްއަށް އެ އޮވެނުނީ މަޖީދީ މަގުގައެވެ. އެވަގުތުވެސް ދޭތެރެއަކުން ބާރަކަށް ދުއްވާލައިފައި އަންނަ ސައިކަލަކުން ދާނިޔަލްގެ ގައިން ހީބިހި ހިލުވާލައެވެ.
ނުތަނަވަސްކަމުގެ ތެރޭގައި އިން ދާނިޔަލްއަށް އެވަގުތު އެހީވީ ކުރިމަތިން ދިއްލުނު ޓްރެފިކް ލައިތެވެ. ﷲއަށް ޙަމްކދުކޮށްލުމަށްފަހު އަވަހަށް ފޯނު ނަގައި ލައުޑްސްޕީކަރަށް ލިއެވެ. “ހެލޯ ދާނިޔަލް.. އާދެބަލަ މަ ބަލައި.. ކާރު ގަރާޖަށް ލާފަ ވީ..” ދާނިޔަލް ވާހަކަ ދައްކަން ފެށިތަނާ އިޝާން ބުނެލިއެވެ. “ބްރޯ ޑިއުޓީ ކޮން އިރަކަށް އޮތް ދުވަހެއްތަ؟” އިޝާންގެ އަޑުގައި ކޮންމެވެސް ވަރަކަށް ނިދީގެ އަސަރު ހުރިހެން ހީވުމުން ދާނިޔަލް ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ.
“އަށެއް.. ހުވާ މިބުނީ.. މަ ނިދިން ގޮސް ހަލާކުވޭ އެބަ.. ފަތިސް ނަމާދުކޮށްލައިގެން އައިސް ބަރާބަރަށް ނިދާވެސް ނުލެވުނު.. ރޭގަ އެހާ ލަހުން ގެޔަށް އާދެވުނީ.. އައިސް އަނެއްކޮޅުން ހެނދުނު ނުނިދުނު..” އިޝާން ކުސްތަޅާލިއެވެ. ދާނިޔަލްގާތަށް އައީ ހިންޏެވެ. އެވަގުތު ދިއްލުނު ފެހި ސިގުނަލާއި އެކު ހުރިހާ އުޅަނދުތަކެކޭ އެއްފަދައިން ދާނިޔަލްވެސް ކާރު ސްޓާޓް ކޮށްލިއެވެ.
“އެ ކީއްވެޔޯ ހެނދުނު ނުނިދުނީ؟ އެއް ގަޑިއިރު ވަރުވެސް ނިދޭނެއްނު؟” ދާނިޔަލް ހިނިއައިސްފައި އިނދެ އަނެއްކާވެސް ސުވާލު ކޮށްލިއެވެ. “ކޮންތާކު؟ މަގޭ ކޮއްކޮއޭ ކިޔާ ފިރިހެނާ އައިސް މަށަށް ޖެއްސުން ކުރީ މިދުނިޔެމަތިން ކުރާނެ ކަމެއް ނުފެނިގެން.. ދެން މަ ރުޅިގަދައެއް ނުވާނެތަ؟ ދާން އާދެބަލަ އަވަހަށް.. އެއިރަށް ކާރުގަ އިނދެގެން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނިދޭނީ..” އިޝާން އޭނާގެ އުމުރުން ބާރަ އަހަރުގެ ކޮއްކޮ އިރާޝްގެ ވާހަކަ ރުޅިގަދަވެފައި ހުރެ ކިޔައިދިނެވެ. އެޔަށްފަހު ދާނިޔަލްގާތު އަނެއްކާވެސް އަވސްކޮށްލުމަށް ބުންޏެވެ.
“އޯކޭ އޯކޭ.. ތިރިއަށް ފައިބަބަލަ.. މި އާދެވުނީއޭ..” ދާނިޔަލް ހުނުމުގެ ތެރެއިން ބުނެލިއެވެ. އިޝާން އުޅޭގޮތަކުން މީހަކަށް ނުހެވުނިއްޔާ ދެރައެވެ. ދާނިޔަލް އޭނާގެ ކާރު މަޑުކޮށްލީ ފަސްވަރަކަށް ބުރިއަށް ނަގައިފައި ހުރި ބޮޑު އިމާރާތެއް ކުރިމައްޗަށެވެ. ތަނުގެ ފުޅާކަމުން ބަލާބެލުމަށް އެ އިމާރާތުގެ އެޕާޓްމެންޓްތަށް ވަރަށް ބޮޑު ވާނެކަމަށް ލަފާކުރެވެއެވެ. އެވަގުތު އެތާ އެތެރެއިން ނިކުތީ އިޝާންއެވެ. ތެދެކެވެ. އޭނާ އެޔޮށް ނިދިން ވެއްޓޭ ވަރު ވަނީއެވެ.
ދެލޮލުންވެސް ނިދީގެ އަސަރު ފާޅުވާން ހުއްޓެވެ. “ބްރޯ ބަލައިގެން އަންނައްޗޭ… ވެއްޓިދާނެ.. ހަހަހަ..” ދާނިޔަލް ލޯގަނޑު ތިރިކޮށްލުމަށްފަހު އިޝާންއަށް ބުނެލިއެވެ. އެވަގުތު އިޝާން ދެފަރާތަށް ކުޑަކޮށް ބޯ ހުރުވާލައިފައި އައިސް ކާރަށް އެރިއެވެ. “އާހް.. ދެން ހަމަޖެހިލެވޭނީ.. މީތެރޭގަވެސް މަށަށް މާ އަރާމުކޮށް ނިދާލެވޭނެ ކަންނޭނގެ.. ވަރުގަދަ ސޮރެއް އެއީ.. ކުޑަޔަކަސް ބޯ ވެސް ފިސާރި ހަރު…” އިޝާން އަނެއްކާވެސް އިރާޝްއާއި ދިމާލަށް ކުދި ކިޔާލިއެވެ. އެވަގުތު އަނެއްކާވެސް ދާނިޔަލް ހޭން ފެށިއެވެ.
ދާނިޔަލް ކާރު ދުއްވާލުމާއެކު އިޝާން ސީޓުގައި ވަރަށް ރަނގަޅަށް ހަމަޖެހިލިއެވެ. އިސާހިތަކު އެ ދެލޯ މެރި ނިދީގެ ފުންކަނޑަށް ޣަރަޤުވިއެވެ. ދާނިޔަލް އިޝާންއާއި ދިމާލަށް ބަލައިލިފައި ހިނި އަންނަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ.
“އައި ލަވް ޔޫ..” ދާނިޔަލްގެ ހިނިގަނޑު ފަޅައިގެން ދިޔައީ ކާރަށް އެރި ލޮޅުމަކާއިއެކު އިޝާން ‘އައި ލަވް ޔޫ’ އޭ ކިޔައި ހަލޭތް ލަވައިގަތުމުންނެވެ. އެއިރު އޭނާގެ ދެލޯ ބޮޑުވެފައި ވާއިރު މީހާއަށް މައި ނޭވާ ލެވެމުން ދިޔައެވެ. ދާނިޔަލް ކާރު މަޑުކޮށްލައިގެން އިން އިރު އޭނަ ބަނޑަށް ހީހީ ބަލިވަނީއެވެ. މުޅި ކާރުތެރެއަށްވެސް ދާނިޔަލްގެ ފިރިހެންވަންތަ އަޑު ފެތުރިފައި ވެއެވެ.
“ކީއްތަ ވީ؟” އިޝާން މޫނު ފުހެލަމުން ނޫން ކަމަށް ހަދައިފައި އަހާލިއެވެ. “ކިހިނެތް ވީހޭ؟” ދާނިޔަލްއަށް ހެވޭވަރުން ވާހަކަ ދެއްކުންވެސް ވީ ދަތިކަމަކަށެވެ. “ނިދީގަ އޮވެގެންވެސް އެވަރަށް ގުގުރިދަމާ.. އިރުކޮޅަކާ ކޮންމެސް އަންހެން ކުއްޖެއްގެ ނަމެއް ބުނޭ.. ދެފަހަރު ހަމަޔަކަށް އެކަކުގެ ނަމެއް ނުކިޔާ ހަމަ ގައިމުވެސް.. އެއީ ޔަގީން ކަމެއް.. ތިހެން އޮވެ އޭތި މިތި ކިޔައިފަ ކުއްލިޔަކަށް ތި ހަޅޭތް ލަވައިގަތީ އައި ލަވް ޔޫ އޭ ކިޔައިފަ.. ހަހަހަ.. މަ ކާރުގަ މި އިނީވެސް ހާދަ ވަރަކަށް ކެތް ކޮށްގެންނޭ.. އެކަނި އިނދެގެން ވެސް ހެވުނު.. އެކަމަކު ދެންމެ.. ދެން ހަމަ ކެތް ނުވީ.. ހަހަހަ..” ދާނިޔަލް ވަރަށް ޙާލުން ކިޔައިދީ ނިންމާލިއެވެ.
އެވަގުތު ދާނިޔަލް ދެއްކި ވާހަކަ އަޑު އަހައިފައި އިޝާން އޭނާގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. “ހިނގާ އަވަހަށް ދެންވެސް ދެވޭތޯ ބަލަން.. ހޮނިހިރު ވީމަ ތަންކޮޅެއް ޕޭޝަންޓުން ގިނަވެސް ވާނެކަންނޭނގެ މިއަދު..” ދާނިޔަލް ހެމުން ހެމުން ކާރު ސްޓާޓް ކޮށްލުމަށްފަހު ބުނެލިއެވެ. “އެވަގުތު އިޝާން ދެލޯ ބޮޑުކޮށްލިއެވެ. އަދި ހަށިގަނޑު ތެދުކޮށްލުމަށްލިއެވެ. “ކީކޭ؟ މިއަދު މީ ކޮން ދުވަހެކޭ؟” އިޝާން ވަރަށް ބޮޑަށް ސީރިއަސްވެލައިފައި ސުވާލު ކޮށްލިއެވެ.
އޭނާގެ އެ ޢަމަލުގެ ސަބަބުން ދާނިޔަލް އެއްބުމަ އަރުވާލިއެވެ. އެއަށްފަހު ހޮނިހިރު ދުވަހޭ އަނެއްކާވެސް ބުނެލިއެވެ. “އާހް.. މޮޔައީ މަ.. މިއަދު މީ އޮފް ދުވަސް.. ރަނގަޅަށް ބަލައިވެސް ނުލައި މި އާދެވުނީ ޑިއުޓީ އަށް. ހައްތަހާ އެއްވަރުގެ ކަންތައް ޖެހޭނީ..” އިޝާން ފައްޗަކަށް އަމުނާލިއެވެ. އެހިނދު އަނެއްކާވެސް ދާނިޔަލްގެ ހުނުން ވީ އިތުރެވެ. “ޝާން.. އަނެއްކާ ހަމަތަ؟ ނޫނީ ހުން ގަދައީތަ؟ މިއަދު އަޅެ ހެނދުނު ސައިބޮއެގެންތަ އައިސް ތިއުޅެނީ؟ ސާބަސް އިނގޭ..” ދާނިޔަލް ސަމާސާ ރާގެއްގައި ބުނެލިއެވެ. އިޝާންވެސް މާޔޫސީ ރާގަކަށް ފުން ނޭވައެއް ލުމަށްފަހު އަނެއްކާވެސް ސީޓުގައި ލައްވެލިއެވެ. “ދެން ކާރު ނިމިއްޖެތޯ ބަލާނި ދޯ..” އަނެއްކާވެސް މާޔޫސް ވެފައިވާ މީހެއް ފަދައިން އެ ރާގުގައި އިޝާން ބުނެލިއެވެ.
ދާނިޔަލްއަށް ގުދުނުވެވި އޮންނަނީ ކިރިޔާއެވެ. އޭނައަށް ލިބިފައި އެހުރީ ވަރުގަދަ އެކުވެރިޔެކެވެ. ނިދި އައިސް ހުރިއްޔާ މަސްތުވެފައިވާ މީހަކަށްވުރެ ވަކި ދެރައެއް ނޫން ވިއްޔާއެވެ. އެކި ވާހަކަ ދައްކަމުން ދިޔަ ދެމީހުންނަށް ހޮސްޕިޓަލާއި ހަމައަށް އާދެވުމުން މުވައްޒަފުންގެ ކާރުތަށް ޕާކުކުރަން ހަދާފައި އޮތް އޭރިއާގައި ދާނިޔަލް ކާރު ޕާކު ކޮށްލިއެވެ. އެޔަށްފަހު އިޝާން އާއި ދެމީހުން ކާރުން ފައިބައިގެން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ.
ލިފްޓުގައި ތިބި އިރުވެސް ދެމީހުންގެ ވާހަކަ ހުއްޓާނުލައެވެ. އެތެރޭގައި ތިބި މީހުން މަދުކަން އެއީ ނަސީބެކެވެ. “އޭތް.. ބަލައިބަލަ.. އެއީ ކުރިން ނުފެންނަ ޑޮކްޓަރެއް ދޯ؟” އިޝާން ދާނިޔަލް ގައިގަ ކޮއްޓާލައިފައި ދައްކާލީ އެދިމާލަށް ހިނގާލައިފައި އައި ޒުވާން އަންހެން ކުއްޖެކެވެ. މަޑު ނޫކުލައިގެ ޓޮޕެއް ލައިފައި ހުރި އިރު ކަޅު ކުލައިގެ ސްކިނީއާއެކު ހަމަ އެ ކުލައިގެ ޝޯލެއެއް އަޅައިފައިވެއެވެ. އޭގެ އިތުރުން ޑޮކްޓަރ ކޯޓު އަޅައިގެން އައި އިރު އޭނާގެ އަތުގައި ކޮންމެވެސް ފައިލެއްވެސް އޮތެވެ.
ދާނިޔަލްއަށްވެސް އިޝާން އާއި އެއްބަސްވެވުނީ އަނެއްކާވެސް އެ އަންހެން ކުއްޖާ ގާތަށް އައިސް ހުއްޓެލި ފިރިހެން ޑޮކްޓަރ ފެނިފައެވެ. އެ ދެމީހުންވެސް އެއީ ކުރިން ހޮސްޕިޓަލް ތެރެއިން ފެނިފައި ނުވާ ބައެކެވެ. “އަނެއްކާ މިއަދު އާ ޑޮކްޓަރުން ޖޮއިން ކުރީތަ؟ އޯހް ނޯ.. މަގޭ އޮފް ދުވަސް ދިމާ އެވީ ހާދަ ކަޑަ ދުވަހަކާ އޭ..” އިޝާން ދެއަތް އުރާލައިގެން ހުރެ އަމިއްލަ ނަސީބާމެދު ކުދި ކިޔަމުން ދިޔައެވެ. އާ މީހުން ތައާރަފްކޮށްދޭ ދުވަސް އެއީ އިޝާން ނިކަން ފޯރިގަދަކޮށްލާ ދުވަހެކެވެ. އަންހެން ކުދިން ކައިރީ ފޮނިކެނޑުމަކީ އޭނާގެ ވަޒީފާގެ އެއްބައޭ އެއްފަދައެވެ. އެކަމާހުރެ ދާނިޔަލްވެސް ހުންނަނީ ބޮލަށް އުނދަގޫ ވެފައެވެ.
“ހަމަ ނަސީބެއް ތިއީ.. އެހެންނަމަ މިއަދު އަހަރެންވެސް ލަދުގެންނެވީސް އިޝާން.. ތި އުޅުން އަޅެ ދޫކޮށްލާކަށް ނުވޭތަ؟ ތަންކޮޅެއް ހަރުދަނާވާން ވެއްޖެ އިޝާންވެސް މިހާރު..” ދާނިޔަލް ނަސޭހަތް ދޭފަދައަކުން އިޝާން ގާތު ބުނެލިއެވެ. އިޝާންވެސް އިތުރަކަށް އެއްޗެއް ބުނާކަލަ ޚިޔާލެއް ނުކުރިއެވެ.
“އޯކޭ ބްރޯ.. ދަނީއޭ.. ޑިއުޓީ ނިމުނީމަ އަންގާލާ..” އިޝާން އިރުކޮޅެއް ވާންދެން ދާނިޔަލްގެ ކެބިންގައި އިނުމަށްފަހު ގެއަށް ދާން ތެދުވެލިއެވެ. ދާނިޔަލްއަށް ރީތި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އޭނާވެސް އެތަނުން ނިކުމެގެން ދިޔައެވެ.
މީހަކަށްފަހު މީހެއް ބަލަމުން ދިޔަ ދާނިޔަލް އިނީ ވަރަށްވެސް ބޮޑަށް އޭނާގެ ވަޒީފާއަށް ސަމާލުކަން ދީގެންނެވެ. އޭނާ އެކަން އެކުރަނީ ނުހަނު ކުރާހިތުންނެވެ. ބަލިމީހުންނާއި އެ ވާހަކަ ދައްކާ އެކުވެރި ގޮތްގަނޑުންވެސް އެކަން ދޭހަވެއެވެ. ދާނިޔަލް އޭނާގެ ބްރޭކް ގަޑި ޖެހުމުން އިން ތަނުން ހަށިގަނޑު ތެދުކޮށްލީ ކެންޓިނަށް ދާށެވެ.
އެހެން ނަމަވެސް ދާނިޔަލްއަށް ހުރިތާ ހުއްޓިލެވުނީ އެތަނުގެ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. “ކަމް އިން..” ދާނިޔަލްގެ ޖަވާބާއި އެކު އެތެރެއަށް ވަނީ އެ ފްލޯގެ ރިސެޕްޝަނިސްޓެކެވެ. އެ ކުއްޖާ ދާނިޔަލް ގާތު ފަނަރަ މިނެޓު ތެރޭ އޮތް މީޓިންއަކަށް އައުމަށް ބުނުމަށްފަހު އެތަނުން ދިޔައެވެ. “މިވީ ގޮތުން ހަމައެކަނި ކޮފީއެއް ކަންނޭނގެ ބޯލެވޭނީ..” ދާނިޔަލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލުމަށްފަހު އޭނާގެ ކެބިން އިން ނިކުމެގެން ދިޔައެވެ.
މީޓިންގް އޮތް ފްލޯއަށް ދާނިޔަލް އަށް އެރުނު އިރު އޭނާއެކޭ އެއްފަދައިން އެހެން ޑޮކްޓަރުންވެސް އެތަނަށް ވަންނަމުންދެއެވެ. ދާނިޔަލްވެސް މަޑު ފިޔަވަޅުތަކެއްގައި ގޮސް އެމީހުންނާއެކު އެތެރެއަށް ވަނެވެ. އިށީންނަން ހަމަޖެހިފައި އިން ގޮނޑީގައި އިށީން ދާނިޔަލް ސިހުނީ ނުހަނު ގާތުން އޭނާއަށް މީހަކު ގޮވާލުމުންނެވެ.
ދާނިޔަލް އެއްފަރާތަކަށް މޫނު އަނބުރާލި އިރު ގާތުގައި އިން އަޒާން ފެނިފައި ފުޅާ ހިނިތުންވުމެއް އޭނާއަށް ރައްދުކޮށްލިއެވެ. “އަޒާން ހާދަ ދުވަހެއް ވެއްޖޭ ދިމާ ނުވާތާ..” އަޒާން އާއި ދާނިޔަލްއަކީ އެއްކޮށް ވަޒީފާއަށް ނިކުތް ދެ ޑޮކްޓަރުންނަށް ވުމުން މިވީ އެއްވަރަކަށް އަހަރު ދުވަސްތެރޭ އެދެމެދުގައި ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. “ކުޑަ ޗުއްޓީއެއްގަ ހުރީ އެއިރު ފެމިލީ ކަމެއް ދިމާވެގެން..” އަޒާން ހިނިތުންވުމަކާއެކު ބުނެލިއެވެ. ދާނިޔަލްވެސް އެހެން ހެއްޔޭ ބުނެލިއެވެ. ދެމީހުންގެ ވާހަކަ މެދުކަނޑާލީ އެތެރެއަށް ވަދެގެން އައި އާދިން ފެނިފައެވެ.
“އައްސަލާމް ޢަލައިކުމް..” އާދިން ފުރަތަމަވެސް އިސްލާމީ ރިވެތި ސަލާމުން ހުރިހާ ޑޮކްޓަރުންނާއި ސަލާމް ގޮވާލިއެވެ. އެޔަށްފަހު އެ ބައްދަލުވުމުގެ ކުޑަ ތައާރަފެއް ދިނުމަށްފަހު އަލަށް ގުޅުނު ފަސް ޑޮކްޓަރުން ތަޢާރަފް ކޮށްދޭން ފެށިއެވެ. ބިދޭސީ ޑޮކްޓަރެއް ކަމަށްވާ ޑރ.އިރާނީ ތައާރަފްވުމަށްފަހު ދެން އާދިން ތައާރަފްކޮށްދިން ޑޮކްޓަރގެ ނަން އަޑު އިވި ދާނިޔަލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.





assalaamu a’laikum my dear readers.. 🙂 miyothee vaahakaige 18 vana bai.. hehe.. ummeedhu kuran hurihaa kudhinnah ves mi part kamudhaane kamah.. 🙂 hurihaa kudhinge haalu ahuvaalu kihineh? 🙂 hurihaa kudhin noor ah dhey support ah vrh vrh vrh bodah shukuriyyaa ingey.. 🙂 and, vrh dhera khabareh dhn thikudhinnaa share kohlan othy.. 🙁 kuriyah oiyy dhuvaskolhakee noor ah kudakoh bxy dhuvaskolheh v ma noor mi visnanee 2 dhuvahun 1 dhuvahu up kuran.. eirah noor ah ves faseyha vaane.. dear mn ves inthizaaruga maa gina iru thibeykah nujeheyne.. ehennu? 🙂 ummeedhu kuran hurihaa kudhinnah ves mi haalath understand vaane kamah.. 🙂 jazakumullah khairan and LY all.. 🙂 <3<3<3
It’s okay noor.. I’ll wait for the story… :)… I think e doctor aky Dhaaniyal ah ehyvedhin meehaage dhari fulhu hen.. Aalaa tha kiyany… Sadly idr anyone’s name :(… Please forgive me if I am wrong
Jazakallah khair Reader.. 🙂 hehe.. balamaa dhw.. ahaha.. it’s ok.. adhi name thah handhaan hunnaane fahun, in sha allah. 🙂 ehaa baivaru story thah eh faharaa kiyamun dhaairu name ves handhaan nethidhaanennu dhw.. hehe.. 🙂 sorry bunaa varu kameh ves noonennu thee dear.. hehe.. 🙂
VVV reethi aish noor hilly koshevifai vaahaka nimuneetha
jazakillah khairan dear.. 🙂 dear, aee mi noor ge vaahaka eh nooney ingey.. 🙂 hehe.. noor liye nimunee adhi hulhukolhu ekani.. miee noor ge 2nd.. 🙂 ummeedhu kuran dear ah olhun filaifi kamah.. 🙂
i think aalaa kanneyge eii and im second vry intrestin stry
hehe.. balamaa dhw dhn aee kaakuthoa.. 🙂 congrats dear.. 🙂 jazakillah khairan dear.. 🙂
E new doctor aky aala dhw…. stry vrh reethi???❤❤
balamaa dhw aee dhn kaakuthoa.. 🙂 jazakillah khairan dear.. 🙂
Dhaaniyal kahala biteh libeynenama dhw.??
hehe.. story kiyaali kamahtakaa vrh bodah shukuriyyaa ingey shyma.. jazakillah khairan dear.. 🙂
Aalaa eii 99% mi bunee?
balamaa dhw dhn aee kaakuthoa.. hehe.. 🙂 story kiyaali kamahtakaa jazakillah khairan dear.. 🙂
Ey aarif ge dhari
hehe.. balamaa dhw aee kaakuthoa.. 🙂 story kiyaaleethee jazakillah khairan dear.. 🙂
Dhenn reethi vaanee dhaniyal ge kaiveni kurevuneema… Mihaatu hodpital in geyah.. gein hospital ah..
Bt vahaka reethi. Hama v best
Mihaaru*
hehe.. ahaha.. dhn balamaa dhw vaa gotheh.. noor hama try kuranee mee thikudhin kiyaalaa hiyy vaagothah story genesdheveytho.. 🙂 jazakillah khairan dear.. 🙂 vrh ufaavehje.. 🙂
Ok sis. Me first dho!?
Mivee ehvarakah aharu dhuvas there ekey nuliyaane ingey sis. Liyaany aharehhaa dhuvas therey. Hama bunely.
alhey dear mifaharu miothee top 10 ga lavvaalaifa ingey.. congrats dear.. 🙂 ok dear.. vrh vrh vrh bodah shukuriyyaa dear noor ah ethankolhu kiyaaldhinyma.. 🙂 jazakillah khairan dear.. 🙂 adhi vrh ufaavehje dear thihaa gaaiyykoh noor aa vaahaka dhekkyma.. hehe.. 🙂 jazakillah khairan dear.. 🙂
Yessss love this part vess. Ma Sha Allah. Varahh reethi. Someone hama vrh rangalhu. Alhamdhullilah. Noor kihinetha.?
Itss okayy. Will wait for the next part. Understand vey busy veema nukureveyne kan. Meehun bune ehnu dhw dhigu inthiraaehge nimun fonivaane ey. I dont know the exact words? i guess ekahala gothakh innanee. But yeah.? so egothah i hope next part ves surprisiing vaane kamah.
Andd e kuhjjaa eii Aalaa dhwww. Yessss. The most interesting part of the story feshunee. can’tt waiittt ?
Update soon? Ly.?
jazakillah khairan dear.. 🙂 asluvestha? vrh vrh vrh ufaavehje.. 🙂 🙂 al’hamdhulillaah, noor ves hama baraabaru.. 🙂 aww.. vrh ufaavehje dear ah situation understand v ma.. jazakillah khairan dear.. 🙂 ahaha.. yeah, dear hama rangalhashey thibunee.. dhigu inthizaaruge nimun fonivaane.. aee hama hageegathekey.. konme ufaaveri kamehge fahathuga ves vaane keiyytheri kan.. 🙂 ehn noonas aharemen vaane ehnu keiyytheri kan iskuran dhw? maaiyy allah vodigen vanee keiyytherynnaa eku.. 🙂 hehe. in sha allah.. kuriyah hury hama surprising part thakeh.. 🙂 hehe.. balamaa dhw aee kaakuthoa. dear thibuneenu surprising part thakah ummeedhu kuraa vaahaka.. ehn v ma noor aee kaakukan bunefiyyaa surprise akah nuvaanennu dhw.. hehehehe.. 🙂 heheh.. vrh ufaavehje dear ah mi story kamudhiyaeema.. adhi noor ah thidhey support ashaa dear thihaa friendly v ma, jazakillah khairan.. 🙂 awww.. <3<3<3<3<3
Riyasha dho
hehe.. balamaa dhw aee kaakuthoa.. 🙂 jazakillah khairan dear.. 🙂
masha allah sis mi part ves hama best . hope that varaha avahah sis ah vaguthu vee minvarakun up kohdheyne kamah we readers will wait for you
jazakillah khairan dear.. 🙂 in sha allah, miadhu up vaane 19 vana bai.. noor proof read kohlaafa irukolhakun publish kohlaanan, in sha allah.. 🙂 vrh ufaavehje dear ah mi haalath undesrtand v ma.. 🙂 aww.. jazakillah khairan dear.. 🙂 for the support and everything! hehe.. 🙂
masha allah..noooooor sis this part is amazing..vvvv reethi..well im fine ..sis kihineih thr??i think ei aalaa dhw..ehenve kannenge dhaan ehaa impress evy…sis ah vaguthu vy varakun up kuray…we’ll wait…luv u sis ..vvvvvvvvvv interesting mi part ves as usual/…anehkaa e mskulhi man aki kaaku baa azaan ge kaafa dhw…i think eii dhaan dad ge kokko ge son kannenge..so ehenvihjiya they both r cousins dhw..vvvvv baivaru ans nengey questions ebahuri dhw,,,vv curious to read up coming part>3>3>3>3>3>3luv u sis
jazakillah khairan dear.. 🙂 asluvestha? vrh vrh vrh ufaavehje.. 🙂 a’hamdhulillah! noor ves hama rangalhu.. 🙂 hehe.. balamaa dhw aee kaakuthoa.. 🙂 aww.. jazakillah khairan dear.. vrh ufaavehje dear ah mi haalath qabool kurevunyma.. 🙂 aww.. <3<3<3<3<3 hehehehe.. hingaa dhw dear ge thi suvaal thakah javaabu hoadhan kuriyah huri baithakah inthizaaru kohlan.. 🙂 hehe.. <3<3<3<3<3
So when next part?
in sha allah miadhu.. 🙂 jazakillah khairan dear.. 🙂
Masha allah…varah reethi as usual..shaya hama fine..sis kihineii tha??..BTW ok konme dhuvahaku story up nukuriyas…readers ah vx igeyne konme kujjaku vx busy vedhaane kan..noor akee school kujjeh tha?? Hama ahaaleee…keep the good work up ????
jazakillah khairan shaya dear.. 🙂 al’hamdhulillaah noor ves hama baraabarey.. hehe.. 🙂 aww.. haadha ufaavehjey dear ah mi haalathu understand v ma.. 🙂 jazakillah khairan bodu bodu koh.. 🙂 hehe.. yeah, noor ves adhi kiyavanee hama.. 🙂 jazakillah khairan dear.. 🙂