މަގު ހިނގާ މީހުންގެ ތެރެއިން މަދުބަޔަކު ފިޔަވައި ކޮންމެ މީހަކުވެސް އަހަންނަށް ބަލަނީ ދުޝްމިނަކާ ދިމާއަށް ބަލާނެފަދަ ރުޅިވެރި ނަޒަރަކުންނެވެ.އެމީހުންގެ ނަޒަރުތައް އަމާޒުވެފައިވަނީ އަހަރެން ނިވާވެގެންހުރި ޖިލްބާބް ހެދުމާއި މޫނުނިވާކޮށްފައިވާ ފޮތިކޮޅަށްކަން ޔަޤީނެވެ.މަގުމަތިންދާ ކުޑަކުދިންނަށް އަހަރެން ދައްކާ އެކުދިންނަށް އަހަރެންމީ ބިރުވެރި އެއްޗެއް ކަމުގައި ސިފަކޮށްދީ ބިރުގަންނަވާ ހަދައެވެ.ތަނަކަށް މައުލޫމާތެއް ސާފުކޮށްލަން ދިޔަޔަސް ގިނަ ތަންތަނުން އަހަންނާ ދޭތެރޭ ފަރުވާކުޑަކުރެއެވެ.ހިނިތުންވުމެއް ހަދިޔާ ނުކޮށްލާތާ ރުހުމުގެ ލޮލަކުން ބަލާވެސް ނުލައެވެ.”އަހަރެންގެ ކުށަކީ ކޮބާ ބާވައެވެ؟އަހަރެމެންފަދަ އުޚްތުން މުޖުތަމައުއިން ބަލައިނުގަނެ […]
ދައްތަގެ މާތް ތަރުބިއްޔަތުގެ ސަބަބުންނާއިއެކު އަހަރެން ބޮޑުވަމުންއައީ ކޮންމެ މަޔަކު އަދި ބަފަޔަކުވެސް ބޭނުންވާނެފަދަ ރަނގަޅު ދީންވެރި އަންހެންކުއްްޖެއްގެ ގޮތުގައެވެ.ސުކޫލު ދައުރުވެސް ނިމިގެންދިޔައީ ފޮނިނަތީޖާތަކާއި ރަންވަނަތައް ޙާާސިލްކުރުމަށްފަހުގައެވެ.އަހަރެންގެ މާތް އަހުލާޤުގެ ސަބަބުން ދައްތަ އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ.އަދި އެހާމެ އިތުބާރުވެސްކުރެއެވެ. އަހަންނަކީ އަބަދުވެސް ދީނީމިންގަނޑާއި އެއްގޮތަށް ހެދުން އެޅުމަށް ލޯބިކުރާ ޒުވާނެއްކަމުން އަހަރެން އަބަދުވެސްލަނީ ގަޔަށްދޫ ޖިލްބާބް ކަޅުހެދުމެވެ.ސުކޫލުގައި އުޅުންއިރު ކުލަހެދުމުގައި ދާންޖެހޭ ދުވަސްދުވަހު އަހަރެން ހެދުންއަޅާގޮތް ފެނި ކުލާހު ވަރަށް ގިނަކުދިން އަހަންނަށް މަލާމާތް ކުރިއެވެ.އަހަރެން […]
މުޅި ހިސާބުގަނޑުގައިވަނީ ހަމަހިމޭންކަމެވެ. ކޮންމެވެސް ހިސާބަކުން ކާރެއްގެ ބަރުގަނު ނުވަތަ ސައިކަލެއްގެ ބަރުގޮނު އަޅާލާ އަޑު އިވިދާނެއެވެ. އެ ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. އެއްބަޔަކަށް އެ ހަމަހިމޭންކަމުން ފަޅުކަން އިހްސާސް ކުރެވުނު ނަމަވެސް އަނެއްބަޔަކަށް އެފަދަ ހަމަހިމޭންކަންވަނީ ހިތުގެ ހަމަޖެހުން ކަމުގައެވެ. ނުސައިބާ އޮތީ އޭނާގެ ހަމަހިމޭން ކޮޓަރީގެ އެނދުގައި ހަމަޖެހިލައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. “ކުރާނީ ކީއް ހެއްޔެވެ؟ ވިސްނައިދޭން ކުރާނެހާ މަސައްކަތެއް ކުރެވިއްޖެއެވެ. އެކަމަކު އެ އުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. […]
ދުނިޔެއަކީ ވަގުތީ ތަނެކެވެ.ދާޢިމީ މަންޒިލް އޮތީ ކުރިއަށެވެ.ދާޢިމީ މަންޒިލް ނުވަތަ އުޚުރަވީ ޙަޔާތް ބާއްޖަވެރިނުކުރެވިއްޖެނަމަަ އެމީހަކު ނާކާމިޔާބުވެއްޖެކަން ކަަށަވަރެވެ.ކަންމިހެން ހުއްޓެއްކަމަކު އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރަނީ އަހަރެމެންގެ ތެރެއިން ކިތައްމީހުންތޯއެވެ؟މިފަދަ ޚިޔާާލުތަކެއްގެ ތެރެއަށް ގެއްލިފައި އަހަރެން އިނީ އަތިރިމަތީގައެވެ. އަހަރެންގެ އާދައިގެމަތިން ފަތިސްނަމާދު ކޮށްލައިގެން މިއަދުވެސް ނިކުތީ ހަށިގަނޑާއި ސިކުނޑި ތާޒާކޮށްލުމަށްޓަކައި ހިނގާލާށެވެ.އަރައިގެން އަންނަމުންދާ އިރުގެ ރަންދޯދިތައް އެޅި މުޅިތަން އެކަށް ދިއްލާލައިފިއެވެ.މޫދުން ނަގަމުންއަންނަ ބިޔަ ރާޅުތައް އައިސް ގޮނޑުދޮށަށް ބީއްސާާާލާ މަންޒަރު ވަރަށް ފުރިހަމައެވެ.ޤުދުރަތީ […]
މާޒީވެގެން ދިޔަ ދުވަސްތަކުގައި މައުޝާއަށް ދިމާވި އެކި އެކި ކަންކަމަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަންކަމެއް ނޫނޭ އޭނާގެ ހިތް އަބަދުވެސް ބުންޏެވެ. ކަޅު އަނދިރި ރޭތަކުގައި ދިމާވި ގޮތްނޭނގޭ ކަންތައްތަކާއި، ރޯދުވާލު އިހްސާސް ކުރެވޭ ގޮތްނޭނގޭ އިހްސާސްތަކަކީ މީހަކަށް ކިޔައިދޭން މޮޅު، ރީތި ވާހަކަ ތަކެއް ނޫނެވެ. އެއީ ކިޔައިދިނަސްވެސް ޤަބޫލު ނުކުރެވޭނެތީއެވެ. އަދި ޤަބޫލު ކުރެވުނަސް ވެވޭނެ އެހީއެއް، ކޮތްދެވޭނެ ކަމެއް ނޯންނާތީއެވެ. އެހެންނަމަވެސް ބައެއް ފަހަރު ހަމައެކަނި މައުޝާގެ ވާހަކަތައް ޤަބޫލުކުރާކަން ހާމަކޮށްދީ، […]
ކޮންމެ ދުވަހަކީވެސް އާކަންތައްތަކަކާ ކޮންމެ މީހަކުވެސް ކުރިމަތިލާން ޖެހޭނެ ދުވަހެކެވެ. ފިތުރަތުގެ އުސޫލުން ދުނިޔެއަކީ އެއްހަމައެއްގައި މަޑުޖެހިފައި އޮންނަ ތަނެއް ނޫނެވެ. އެހެންނަމަވެސް ނުމާލް ގެ ދިރިއުޅުމުގައި ކުރިމަތިލާން މިޖެހޭ ކަންތައްތަކަކީ އޭނާފަދަ އެކަނިވެރިއަކަށް ކެތްކުރަން އުދަނގޫ ކަންތައްތަކެކެވެ. އުމުރުން އެންމެ ހަ އަހަރުގައި އަމިއްލަ މައިމީހާ ނުވެސް ދަންނަ ބައެއް ކައިރިއަށް ދޫކޮށް ދިޔައީ އެހެންނުހެދުމަށް އެދި އާދޭސް ކުރަނިކޮށެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މަންމަ އަދި ބައްޕަ ގެ އެއްވެސް ހަބަރެއް ނުވިއަސް އެ ހިތުގައި އެމީހުންނަށްޓަކައި ދެވިފައިވާ ލޮއެއްބައް ކުޑަވެސް ބަދަލެއް ނާދެ އެވެ. ކޮންމެ ނަމާދަކަށްފަހު ދުޢާ ކުރަނީ އަބަދުވެސް އެދެމީހުންނަށް ހެޔޮގޮތް މިންވަރު ވުމަށް އެދި އެވެ. މި ޙިޔާލްތަކުގެ ކަނޑަށް ޤަރަޤު ވެފައިން ނުމާލް ސިއްސައިގެން ދިޔައީ އޭނާގެ ފޯން ރިންގުވާން ފެށުމުންނެވެ. ދެލޮލުން ފޭދިފައި ހުރި ކަރުނަތައް އަތުގެ ބޮޑުވައި އިނގިލިން ފުހެލުމަށްފަހު ފޯން ނަގައި ކަންފަތުގައި ޖައްސާލަމުން އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ. “ސާބަހޭ. އަދިވެސް އޮފީހުން ނުކުމެވޭވަރު ނުވޭދޯ. ކައެ އަޅެ ތިވަރަށް ނޫޅުނަސް ވެދާނެދޯ.” ނުމާލްގެ އެކުވެރި ޝާމިން ފޯނުނެގުމުން ޝަކުވާ ކޮށްލި އެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާރު ގޮސް ރޭގަނޑު އެގާރަ ޖެހީ އެވެ. ޢީޝާ ނަމާދުކޮށްގެން އޮފީހަށް އައި މީހާ އަދިވެސް އެ އިނީ އެތާވިއްޔާ އެވެ. “ހޫންންން. ފެށުނީ ދޯ. މި ފިހާރައިގެ ކަންކަން ނިންމާލީ. އާދެބަލަ ކޮފީއަކަށް މަ ވެސް މި ދަނީ”. ނުމާލް ވެސް ފޯނަށް ޖަވާބުދެމުން އާދައިގެ ހިނގުމެއްގައި އޮފީހުން ނުކުމެ ރެސްޓޯރެންޓަކަށް މިސްރާބު ޖެހި އެވެ. ދެ ޒުވާނުން ވާހަކަތައް ޙިއްސާ ކުރަމުންދިޔައިރު އެ ދެމެދުގައިވާ ގާތްކަމާއި އިތުބާރު ބަލާލި މީހަކަށްވެސް ހާމަވެގެންދާނެ އެވެ. މައިންބަފައިންނާއި އާއިލާއެއްގެ ލޯބިން މަޙުރޫމް ވިއަސް ތިމާއަށްޓަކައި ހެޔޮއެދޭ އޯގާތެރި ރައްޓެހިންތަކެއް ތިބުމަކީ ﷲ ދެއްވާފައިވާ ނިޢުމަތެއްކަން ނުމާލް ހަނދާންނައްތައެއް ނުލަ އެވެ. އެކަމަށްޓަކައި އަބަދުވެސް އެކަލާނގެއަށް ޝުކުރުއަދާކުރުމުގައި އޭނާ ސާބިތުވި އެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދިމާވި ކޮންމެ އުނދަގުލަކާ ފުރޮޅަންޖެހުނު ކޮންމެ ގާގަޑެއް ފުރޮޅުމުގައިވެސް އޭނާއަށް އެހީވީ ހަމަ އެ ރަހުމަތްތެރިންނެވެ. މިކަންމުޅި އުމުރަށްވެސް ނުމާލް ބަލައިގަންނާނެ އެވެ. “ކޮބާ ރޭގަ އެމަންޖެގެ ހަބަރެއް ވިތަ؟” އާވިއަރަމުން ދިޔަ ކޮފީ ޖޯޑު ތުމުން ނައްޓާލުމަށްފަހު ޝާމިން ސުވާލު ކޮށްލީ އޭނާގެ އެކުވެރިޔާ ޙަޔާތުގައިވެސް އަލަށް އަންހެން ކުއްޖަކާ ގުޅިގެން އުޅޭތީ އެވެ. “ޝާންޓެ. އަންހެންކުދިންނާ އެގޮތައް ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމެއްހެން ހިއެއްނުވޭ. މަ ބޭނުންވަނީ ސީދާ ކައިވެންޏަށް ދާން. އެކަމަކު މަށަށް ވާހަކަ ދައްކާނެ އެއްވެސް ފުރުސަތެއް ނުލިބޭ.” މާޔޫސްކަމާއެކު ކަރުއެލުވާލުމަށްފަހު ނުމާލް އޭނާގެ ޙާލަތު ބަޔާންކުރި އެވެ. “މަށަށް އެނގޭ އޭނާއަށްޓަކައި ބުރޯގެ ހިތުގައި ތިއޮތް ލޯބި. އަދި އިންޝާﷲ ކާމިޔާބު ވާނެ” އުއްމީދުން ފުރިގެންވާ ފަދަ ޖަވާބެއް އެކުވެރިޔާގެ ފަރާތުން ލިބުމުން ނުމާލް ގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. އެބައްދަލުވުން ނިންމާލުމަށް ދެމީހުންވެސް ނިންމީ މާ ދަންވެފައި ހުރުމުންނެވެ. ސައިކަލާއި ކާރު ދުއްވަން ނުމާލް އަށް ފުރުސަތު އޮތް ނަމަވެސް އޭނާ މަޑު ހިނގުމެއްގައި ހިނގާލައިފާ އައިސް ގެއަށް ވަދެ ފެންވަރާލި އެވެ. ސިކުނޑި ތާޒާ ކޮށްލުމަށް އަބަދުވެސް އަމަލް ކުރާ ފަދައިން މިރޭވެސް އެތައްޔާރުވީ ޤުރުއާނުން މިންވަރެެއް ކިޔަވާލުމަށެވެ. މިއީ ކޮންމެ ރެއަކުވެސް ނުމާލް ނިދުމުގެ ކުރިން ކުރާކަމެކެވެ. އުމުރުން ސައްވީސް އަހަރު ވީ އިރު، ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދުކުރުމަކީ ފަރުޟުނަމާދު ތަކެކޭ އެއްފަދައިން ކުރަމުން އަންނަ ކަންކަމެވެ. އިންސާނާގެ އުމުރަކީ ބުނަން ނޭނގޭ އަދަދަކަށް ވީއިރު، އަބަދުވެސް އެންމެ ކައިރީގައިވާ އެއްޗަކީ މަރުކަން ހަނދާންކުރަން ޖެހެ އެވެ. އެހެނީ ތިމާގެ އަމަލްތައް ސީދާކޮށް މަރަށް ދަތުރު ހެދުމަކީ ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. މިކަންކަމަށް ދަތުރަށް ތައްޔާރުކުރާ ނުމާލް މިރޭ ނިދަން އެ އޮތީ މާދަމާ، އޭނާގެ ދަތުރުގެ ނައުގެ މިސްރާބު އޮތް ދިމާލަށް މެކުހަށް ޖެހުމަށް ވަރަށް ތައްޔާރު ވެގެންނެވެ. ނަމަވެސް ކުރިއަށް އޮތް ވިލާގަނޑު ގެ ބޯމިން ކުޑަކޮށްވެސް ވިސްނާލަން ނޭނގޭ ހާލު އެތައްކަމެއް ކުރުމަށް ނިންމާގެންނެވެ. (ނުނިމޭ)
ކައުއިތުރު ރަސޫލާ ހިޖުރައަށް ވަޑައިގެންނެވުން أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. އަހެރެންގެ މައިންބަފައިން އިސްލާމްދީންނޫން އެހެން ދީނެއްގައި އުޅުނު ހަނދާނެއް އަހަރެންގެ ނުހުރެއެވެ. ހަމައެހެންމެ ކައުއިތުރު ރަސޫލާ އަހަރެމެންގެ ގެއަށް ފައިންޕުޅު ނުބީއްސަވާ އެއްވެސް ދުވަހެއް ފާއިތުވެގެން ދިޔަ ހަނދާނެއްވެސް އަހަރެންގެ ނުހުރެއެވެ. ދެންފަހެ، މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަން އޭގެ އިންތިހާއަށް ދިޔުމުން އަހެރެންގެ ބައްޕާފުޅު އަބޫބަކުރުގެފާނު މައްކާއިން ނުކުމެވަޑައިގެން ޙަބަޝާއަށް ހިޖުރައަށް […]
ސައި ނިންމާލުމަށްފަހު އަރީފްއާއި ވާހަކަ ދައްކާލަން ދާނިޔަލް އިން އިރު އާލާ އިނީ ޝަޒިއްޔާ ގާތުގައެވެ. ޝަޒިއްޔާ އެކައްޗެކޭވެސް ބުނުމެއްނެތި އާލާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ވާހަކައިގެ ފޯރީގައި ތިބުމުން އަރީފްގެ އިތުރުން ދާނިޔަލްއަށްވެސް އެކަމެއް ފާހަގައެއް ނުވިއެވެ. “މަންމާ ކިހިނެތް ވީތަ؟” ކޮޓަރިއަށް ވަތްގޮތަށް ޝަޒިއްޔާ ދޮރު ތަޅުލުމުންނާއި އޭނާ އާލާ ގޮވައިގެން އައި ގޮތުން އާލާ ސުވާލުކޮށްލިއެވެ. އެ ސުވާލަށް ޖަވާބުދިނުމެއްނެތި އާލާ ގޮވައިގެން ގޮސް ޝަޒިއްޔާ އެނދުގައި […]
ރޭގަނޑުގެ އެ ހިތްގައިމު ވަގުތު ދާނިޔަލް ބެލަކަންނަށް ނިކުންނަން ދިޔައެވެ. ހިތްހަމަޖެހުން އެތަނުން ވެސް ލިބޭނެތީއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް ދާނިޔަލްގެ އިސްތަށިތަކަށް ގޯނާކުރަމުން ދިޔައެވެ. ރެއިލިންގައި އަތް އަޅުވާލުމަށްފަހު އޭނާ ފޯނު ނަގައި ހުޅުވާލިއެވެ. އަދި ވައިބަރ ހުޅުވާލި އިރު އެކި މީހުންނާއި ގްރޫޕް ތަކުން ސަތޭކައަށްވުރެ ގިނަ މެސެޖު އައިސްފައި ހުއްޓެވެ. ދާނިޔަލްގެ ލޮލުގައި އަޅައިގަތީ އެންމެ ފުރަތަމައަށް އިން މެސެޖެވެ. ސައިފްގެ ނަން ފެނި ދާނިޔަލްގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ދާނިޔަލް […]