އޭނާގެ ޙާލަތަކަށް ބަދަލެއް ނާދެއެވެ. އާލިމާގެ އަޑުން އެކަނިވެސް އެ ހަށިގަނޑުގައި އަޅަމުންދާ ވޭން ވަޒަންކޮށްލެވެއެވެ. ދާނިޔަލްގެ ހިތަށް އެތައް ހާސް ހަންޖަރުތަކެއް އެއްފަހަރާ ހެރުނުހެން ހީވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އާލިމާ މަޑުމަޑުން ތުންތަޅުވަމުން ދިޔައެވެ. އެޔަށްފަހު މަޑުމަޑުން ލޯ މެރެމުން ގޮސް އެއްކޮށް ދެލޯ މެރުނެވެ. އެޔާއެކު ދާނިޔަލްގެ އަތުތެރޭގައި އޮތް އާލިމާގެ އަތް މަޑުމަޑުން ބާރު ދޫވަމުން ގޮސް އެ އަތުތެރެއިން ދޫވެގެން ވެއްޓުނެވެ. ދާނިޔަލްއަށް އިނދެވުނީ ގަބުވެފައެވެ. އޭނާގެ އަތުތެރެއިން ވެއްޓުނު […]
ދާނިޔަލް މަޑުމަޑުންގޮސް ކޮޓަރިތެރެއަށްވަދެ ދޮރު ތަޅުލިއެވެ. އެޔަށްފަހު އަތުގައި އޮތް ފޮތް މޭޒުމަތިގައި ބާއްވާލުމަށްފަހު އެނދުގައި އިށީނެވެ. އަދި ކުޑަކޮށް ގުދުވެލުމަށްފަހު އޭނާގެ ދެއަތް ކަކުލުގައި ވިއްދާލުމަށްފަހު އެދެއަތުން މޫނު ފޮރުވާލިއެވެ. ޝަޒިއްޔާގެ އެ ބަސްތައް ބޭރުކޮށްލަން ކިތަންމެ ފަސޭހަޔަކަސް ދާނިޔަލްއަށް އެ އަޑުއެހުން ވަނީ ނުހަނު ވޭންދެނިވި ކަމަކަށެވެ. އޭނާއަށް މީހެއްގެ ފަރާތުން ދުވަހަކުވެސް ނުރުހުން ފާޅު ނުވާވަރަށް ޝަޒިއްޔާގެ ފަރާތުން ނުރުހުންތެރިކަން އެބަ ފާޅުވެއެވެ. އެހެން ކަމުން އެހިތަށް ވަނީ ފުން އަސަރެއް ކުރުވާފައެވެ. […]
”ދަރިފުޅާ ޒީޝާން! މަންމަ އަށް ފެންފޮދެއް ގެނެސްދީބަލަ!” ޒަމްރާ ، އޭނާގެ ދަރިފުޅު ޒީޝާން އަށް ގޮވާލައިފައި ފެން ފޮދެއް ގެނެސްދިނުމަށް ބުނެލިއެވެ.”ދެން ކަންތަކާ މި ޖެހުނި… ތަނެއްގަ އެއްޗެއް ބަލާލަން ވެސް ނޯވެވޭނެ!” ޒީޝާން ކުދިކިޔަމުން މަންމައަށް ފެން ތަށްޓެއް ހިފާގެން ދިޔައެވެ. ޒީޝާންގެ މަންމަ ޒަމްރާއަކީ ފައިގެ މައްސަލައެއް ހުރުމުގެ ސަބަބުން ނުހިނގޭ މީހެކެވެ. މިކަމުގެ ސަބަބުން ޒީޝާން ހުންނަނީ އޭނާގެ މަންމަދެކެ ރުޅި އާއްސައެވެ. ސުކޫލު ދުވަސްވަރުގައި ކުލާހުގައި ތިބޭ ކުދިން އަބަދު ތިބެނީ ޒީޝާންއާ ދިމާކޮށްލަ ކޮށްލާއެވެ. ކުލާސްކުދިން ކުރާ މަލާމާތެއްގެ ސަބަބުން ޒީޝާން އަށް އޭނާގެ މަންމައަށް ނަފްރަތު ކުރެވެން ފެށިއެވެ. އެއީ މަންމަކަން ހަނދާން ނައްތާލެވުނެވެ. ޒީޝާންގެ ބައްޕަވަނީ ޒީޝާންގެ އުމުރުން އެންމެ ނުވައަހަރުގައި މުުޅި އުމުރަށް އެދެ މައިންނާއި ވަކިވެފައެވެ. ޒީޝާންގެ އާއިލާގައި އިތުރުމީހަކު ނެތުމުން އެދެމައިން އުޅުނީ ވަރަށް ނިކަމެތި ހާލުގައެވެ. ނުހިނގުނު ކަމުގައި ވީ ނަމަވެސް ޒަމްރާއަށް ކުރެވޭ މަސައްކަތެއް ކޮށްގެން އާމަދަނީ ހޯދައެވެ. ޒީޝާން ، ޒަމްރާ ދެކެ ކިތަންމެ ރުޅިއައި ކަމުގައި ވިއަސް ޒަމްރާ ، އޭނާގެ ދަރިފުޅު ދެކެ ލޯބިވެއެވެ. އެދަރިފުޅަށްޓަކައި އެތައް ޤުރުބާނީއެއްވިއެވެ. އެދަރިފުޅުގެ މުސްތަގުބަލަށްޓަކައި ކިޔަވައިދޭންމަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ބަދަލުގައި ޒީޝާން ޖެހީ ކޮޅުފައިންނެވެ. ޒަމްރާ އެ ދަރިފުޅަށްޓަކައި ކަރުނަ އަޅާނުރޮއި އެންމެ ދުވަހެއްވެސް ނުދާނެއެވެ. އެދަރިފުޅަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާނުކުރާ އެންމެ ވަގުތެއްވެސް ނުދާނެއެވެ. މިހާރު ޒީޝާން ވަނީ ރަށުގަ އުޅޭ އެންމެ ނުލަފާކުދިންގެ ތެރޭގައި ހިމެނިފައެވެ. ގޭގޭން ވަގަށް އެއްޗެހި ނަގާ ، މީހުން އަތުން ފަހުންދޭ ގޮތަށް ރުފިޔާނަގައި ، ފިހާރަތަކުން ވައްކަންކޮށް، ސިނގިރޭޓު ބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުމުގައި އެންމެ ކުރީ ސަފުގައި ހުންނަނީ ޒީޝާންއެވެ. ގަޔަށް ބާރު ޓޮޕާއި ޖިންސުލައިގެން ފިރިހެންކުދިންނާއިއެކު ރަށްކުޑަކުރުން ނޫން ކަމެއް ނުކުރެއެވެ. ގިނަރޭރޭ ގެއަށް ނިދަންވެސް ނާދެއެވެ. ޒަމްރާއާ ހަމައަށް މީހުންގެ ފަރާތުން މައްސަލައެއް ނާންނަ ދުވަހެއް ނުދާނެއެވެ. ކޮންމެ ދުވަހަކު ޒީޝާން ގެއަށް އަންނަ އިރަށް ، ދަނޑިގަޑުގެ އެހީގައި ހިގާފައި ގޮސް ޒީޝާންއަށް ވިސްނޭތޯ ކާރީގައި އިނެގެން ނަސޭހަތް ނުދޭ ދުވަހެއް ނުދާނެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ޒީޝާން ދެނީ ޒަމްރާ ދޭ ނަސޭހަތްތަކަށް ބީރު ކަންފަތެކެވެ. ބައެއްފަހަރު ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމެކޭވެސް ޒަމްރާގެ ހިތައް އަރައެވެ. ނަމަވެސް ޒަމްރާ ހިތްވަރު އެލުވައެއް ނުލައެވެ. އެދަރިފުޅަށް ވިސްނެންދެން އޭނާ ނަސޭހަތްދޭނެއެވެ. ”ދަރިފުޅާ! ހަނދާންވޭބަތަ އެންމެ ފަހުން ނަމާދެއް ކުރި ދުވަހެއް؟ މުޅި އުމުރު ތި ހޭދަކުރަނީ ދުނިޔޭގެ ހިތްހަމަ ޖެހުން ހޯދުމުގައި! އުފަލާއި މަޖަލުގައި! މާތްﷲ ހަރާމް ކުރައްވާފައިވާ ކަންތައްތައް ކުރުމުގައި! މަންމަ ދަރިފުޅަށް ކީއްކޮށްގެންތަ ދަރިފުޅު މަންމަދެކެ ތިހާ ރުޅިތިއަންނަނީ؟” ރޭގަނޑުގެ ވަގުތެއްގައި ޒަމްރާ ބޭރު ޖޯލިފަތީގައި އިންދާ ، ޒީޝާން ގެއަށް އައިސް ވަނުމުން ހުއްޓުވައިފައި ވިސްނައިދެވޭތޯ ބެލިއެވެ. ”ކަލޭ ދެކެ މަ ރުޅި އަންނަ ސަބަބު ހަމަ ނޭނގިގެންތަ […]
އާލިމާގެ ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ދާނިޔަލް މަތިން ހަނދާންވި ވަގުތު އިހުނަށްވުރެ ގިނައިން ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެފަކީރު އޭނާއާއި ނުލައި އުޅޭނެ ޙާލު ހިތަށް އަރުވާލަންވެސް އާލިމާއަށް ދައްޗެވެ. އެ ދަރިފުޅަކީ އޭނާގެ ހުރިހާ އުންމީދެކެވެ. އެ ދަރިފުޅުގެ ހުރިހާ ހުވަފެންތަކެއް ޙަޤީގަތަކަށް ވާތަން ދެކެން އޭނާވެސް ބޭނުމެވެ. ނަމަވެސް އެ ނަސީބު އޭނާއަށް ލިބޭނެ ބާވައެވެ؟ “އަޅުގަނޑުމެންނަށް ވީވަރަކުން މަސައްކަތް ކޮށްދެވޭތޯ ބަލާނަން.. އެކަމަކު އާލިމާގެ ފަރުވާއަށް މިވަގުތު […]
އެހިނދު އާލާގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ކުޅެލިއެވެ. އާނއެކެވެ. އޭނާއަށް އޭނާގެ މަންމަގެ ބޮލަށް ވަދެވިއްޖެއެވެ. ދާނިޔަލްއަށް ކުރެވެން އޮތްހާ ޖެއްސުމެއް ވިއްޔާ އޭނާ ކުރާނެއެވެ. މިގޭގައި ވަޒީފާގައި ނޫޅެވޭ ވަރުވެސް ކުރާނެއެވެ. އެއީ ދާނިޔަލްގެ އެ ހުންނަ ނުފިލާ އަޒުމެއްގެ ސަބަބުން އާލާއަށް ކެތްނުވުމުން އޭނާ ރޭވި ރޭވުމެކެވެ. ދާނިޔަލްގެ އެ ޢަޒުމަކީ ދުވަހަކުވެސް ގުޑާނެހެން ހީނުވާ އެއްޗެކެވެ. ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. އާލާވެސް އޭނާގެ ކިޔެވުމައިގެން އުޅޭއިރު ދާނިޔަލްވެސް ހިތްވަރާއެކު އޭނާގެ ވަޒީފާ […]
“ވަޢަލައިކުމުއްސަލާމް.. މަރުޙަބާ ދާނިޔަލް.. ތިޔަ ކުރި ހިތްވަރަށް އަދި ތި ހޯދި ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުޙަބާ.. ދާނިޔަލްގެ ހުވަފެން ތިފަދަ ނަތީއްޖާއަކާއެކު އަދި ޙަޤީގަތަކަށް ހެދޭނެ.. އިން ޝާ ﷲ..” އަރީފް ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައިވަނީ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެ. ޙަޤީގަތުގައި އޭނާ އެހުރީ ބަޔާންކުރެވޭވަރަށްވުރެވެސް އުފާވެފައެވެ. ފުރަތަމަ ދުވަހުއްސުރެވެސް ދާނިޔަލްއަކީ އޭނާގެ ދަރިއެއްފަދައިން އަރީފް ދެކެއެވެ. އެއީ އޭނާގެ އެހެން ދަރިއެއް ނުހުންނާތީ ކަމުގައިވެސް ވެދާނެއެވެ. ކޮންމެޔަކަސް ދާނިޔަލް ފެނުމުންވެސް އޭނާއަށް […]
އެހިނދު އަރީފްގާތު ބުނަން ވެފަ އޮތް ވާހަކައެއް ހަނދާންވެގެން އަވަހަށް ތެދުވެލުމަށްފަހު ގަރާޖާއި ދިމާލަށް ހިނގައިގަތެވެ. “ބައްޕާ.. އަޅުގަނޑު އަތުގަ ހުރި ހުރިހާ ވާހަކަ ތަކެއް މިހާރު ކިޔާ ނިމިއްޖެ.. ބައްޕަ ބުނީމެއްނު މިހާރު ހުރި އެއްޗެހި ނިމުނީމައޭ ދެން ގަނެދޭނީ.. އޭގެ ފަހުންވެސް މިހާރު ދެބުރަށްވެސް ބައެއް ފޮތް ކިޔައިފިން.. އަޅުގަނޑަށް މިއަދު ފެނުނު ވަރަށް ރިތި ވާހަކަ ސިރީސް އެއް.. އޭތި އަޅުގަނޑަށް ގަނދޭންވީ..” އިސްދަށަށް ޖަހައިގެން ހުރެ ފޯނާއި ކުޅެމުން ނުހަނު ފޯރީގައި […]
އެ ބޮޑު ސްޓޭޑިއަމް ފުރިފައިވަނީ އެތަށް ހާސް ސަޕޯޓަރުންނެއްގެ ސަބަބުންނެވެ. މުޅި ޖައްވުގައި ގުގުމާލައިފައިވަނީ އެ ސަޕޯޓަރުންގެ އަޑެވެ . ހުދުކުލައިގެ ޖާޒީގައި ގިނަ ސަޕޯޓަރުން ތިބި އިރު ވިލު ނޫ ފާޑުގެ ނޫކުލައެއްގެ ޖާޒީގައި ތިބި ސަޕޯޓަރުންވެސް ތިއްބެވެ espanolviagra.net. ބެނާއާއި އަދިވެސް ސަޕޯޓު ކުރުމަށްޓަކައި އެކި ސާމާނުތަށް ސަޕޯޓަރުން ގެންގުޅެމުން ދެއެވެ. ފޯރި ވަރަށްވެސް ގަދައެވެ. ނަމަވެސް އަދި މެޗު ފެށުމާއި ދޭތެރޭ ވަގުތުކޮޅެއް އޮތެވެ. އެހެން ކަމުން ދެން އަދި މެޗު ފެށުމުން […]
“ހޫމް.. އަހަރެންގެ ހިތް ބާއްވާފަ އާދެވުނީ..” އާލާގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އާލާ އަނެއްކާވެސް ލަދުވެތި ހިނިތުންވުމަކާއެކު ބޮލުގައި ޖަހާލީ ހިތަށް އަރަމުންދިޔަ އެއްޗެހިންނެވެ. އޭނާގެ ހިތުގައި ފިރިހެން ކުއްޖަކާމެދު ތަފާތު ނަޒަރަކުން ދެކެވުނު މިއީ ފުރަތަމަ ފަހަރު ކަމުން އާލާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އަލްވަދާއު ކިޔާފިއެވެ. ދާނިޔަލްވެސް މަޣްރިބް ނަމާދުން އައިސް ގެޔަށް ވަނެވެ. އާލިމާގެ ޚަބަރެއް ނުވުމުން އޭނާވެސް ކޮޓަރިއަށް ވަނީ މިވަގުތު […]