ތެދެކެވެ.އެއީ މާކުރިއެވެ.ވެދިޔަކަންތައްވެ ނިމުނީއެވެ.އަހަރެން ވިމްލާއަށް މަޢާފުކޮށްފައި ގެއަށްދާން ހިނގައިގަތީ ބްރޭކަށް ލިބިފައިވާ މަދު ވަގުތުކޮޅުގެ ސަބަބުން ނަމާދުގަނޑި ކަޓާފާނެތީއެވެ.ވިމްލާ އަހަރެންގެ ފޯނުނަމްބަރަށް އެދުނެވެ.ވިސްނާލާފައި އަހަރެން ނަމްބަރު ދިނީމެވެ. ގެއަށް އައިސް ނަމާދުކޮށް ކައިހަދާގެން އަހަރެން ކުޑަކޮށް ވިމްލާއާ ދޭތެރޭ ވިސްނާލީމެވެ .އޭނާ އަކީ ދީންވެރި މީހަކަށް ނުވާތީ ގުޅުންބާއްވާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. އެހެންނަމަވެސް އިންސާނާއަށް ވިސްނޭކަށް ދުވަހެއް ނުނަގާނެތާއެވެ.ވޭއެތުވެދިޔަ ތަނުގައި ވާހަކަ ދައްކާފައިނުވާހާ ހިތްހެޔޮކޮށް އޭނާ މިއަދު އަހަންނާ ވާހަކަ ދެއްކިއެވެ.އެއީ ވިމްލާގެ ފަރާތުން […]
ލޯތްބާއި އޯގާތެރިކަމާއެކު އަހަރެން އެކުދިންނަށް ކިޔަވައިދިނުމުގައި ދުވަސްތައްހޭދަކުރީމެވެ.ގަނޑިއަށް ފަރުވާތެރިވުމާއި ކިޔަވައިދޭ ގޮތުގެ ފުރިހަމަކަމުން ތަނުގެ އިސްވެރިޔާ އަހަންނާމެދު ވަރަށް ހިތްހަމަ ޖެހެއެވެ. އެއްދުވަހެއްގެ މެންދުރެއްގެ ވަގުތެވެ.އަހަރެން އާދައިގެމަތިން ބްރޭކަށް ގެއަށްއައި މަގުމަތީ އެއްކުލާހެއްގައި އުޅުނު ކުއްޖަކާދިމާވިއެވެ.ވިމްލާ އަކީ ސުކޫލުގައި އުޅުނުއިރު އަހަރެންނަށް ވަރަށް އުދަނގޫކުރި ކުއްޖެކެވެ.އަހަންނަށް މަލާމާތްކުރުމު ގައްޔާއި އަހަރެން ދިން ހެޔޮނަސޭހަތްތަކަށް ބީރުކަންފަތްދިން ކުދިންގެތެރޭ އެއްވަނައިގައި ހިމެނުނު ޒުވާނެކެވެ. ވިމްލާއަށް ބަލާލުމަށްފަހު އަހަރެން ލޯ މަރާލީ އޭނާ ލައިގެންހުރި ހެދުމުގެ ސަބަބުން ލަދުން ލޯ ހުޅުވާލަން […]
މަގު ހިނގާ މީހުންގެ ތެރެއިން މަދުބަޔަކު ފިޔަވައި ކޮންމެ މީހަކުވެސް އަހަންނަށް ބަލަނީ ދުޝްމިނަކާ ދިމާއަށް ބަލާނެފަދަ ރުޅިވެރި ނަޒަރަކުންނެވެ.އެމީހުންގެ ނަޒަރުތައް އަމާޒުވެފައިވަނީ އަހަރެން ނިވާވެގެންހުރި ޖިލްބާބް ހެދުމާއި މޫނުނިވާކޮށްފައިވާ ފޮތިކޮޅަށްކަން ޔަޤީނެވެ.މަގުމަތިންދާ ކުޑަކުދިންނަށް އަހަރެން ދައްކާ އެކުދިންނަށް އަހަރެންމީ ބިރުވެރި އެއްޗެއް ކަމުގައި ސިފަކޮށްދީ ބިރުގަންނަވާ ހަދައެވެ.ތަނަކަށް މައުލޫމާތެއް ސާފުކޮށްލަން ދިޔަޔަސް ގިނަ ތަންތަނުން އަހަންނާ ދޭތެރޭ ފަރުވާކުޑަކުރެއެވެ.ހިނިތުންވުމެއް ހަދިޔާ ނުކޮށްލާތާ ރުހުމުގެ ލޮލަކުން ބަލާވެސް ނުލައެވެ.”އަހަރެންގެ ކުށަކީ ކޮބާ ބާވައެވެ؟އަހަރެމެންފަދަ އުޚްތުން މުޖުތަމައުއިން ބަލައިނުގަނެ […]
ދައްތަގެ މާތް ތަރުބިއްޔަތުގެ ސަބަބުންނާއިއެކު އަހަރެން ބޮޑުވަމުންއައީ ކޮންމެ މަޔަކު އަދި ބަފަޔަކުވެސް ބޭނުންވާނެފަދަ ރަނގަޅު ދީންވެރި އަންހެންކުއްްޖެއްގެ ގޮތުގައެވެ.ސުކޫލު ދައުރުވެސް ނިމިގެންދިޔައީ ފޮނިނަތީޖާތަކާއި ރަންވަނަތައް ޙާާސިލްކުރުމަށްފަހުގައެވެ.އަހަރެންގެ މާތް އަހުލާޤުގެ ސަބަބުން ދައްތަ އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ.އަދި އެހާމެ އިތުބާރުވެސްކުރެއެވެ. އަހަންނަކީ އަބަދުވެސް ދީނީމިންގަނޑާއި އެއްގޮތަށް ހެދުން އެޅުމަށް ލޯބިކުރާ ޒުވާނެއްކަމުން އަހަރެން އަބަދުވެސްލަނީ ގަޔަށްދޫ ޖިލްބާބް ކަޅުހެދުމެވެ.ސުކޫލުގައި އުޅުންއިރު ކުލަހެދުމުގައި ދާންޖެހޭ ދުވަސްދުވަހު އަހަރެން ހެދުންއަޅާގޮތް ފެނި ކުލާހު ވަރަށް ގިނަކުދިން އަހަންނަށް މަލާމާތް ކުރިއެވެ.އަހަރެން […]
ދުނިޔެއަކީ ވަގުތީ ތަނެކެވެ.ދާޢިމީ މަންޒިލް އޮތީ ކުރިއަށެވެ.ދާޢިމީ މަންޒިލް ނުވަތަ އުޚުރަވީ ޙަޔާތް ބާއްޖަވެރިނުކުރެވިއްޖެނަމަަ އެމީހަކު ނާކާމިޔާބުވެއްޖެކަން ކަަށަވަރެވެ.ކަންމިހެން ހުއްޓެއްކަމަކު އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރަނީ އަހަރެމެންގެ ތެރެއިން ކިތައްމީހުންތޯއެވެ؟މިފަދަ ޚިޔާާލުތަކެއްގެ ތެރެއަށް ގެއްލިފައި އަހަރެން އިނީ އަތިރިމަތީގައެވެ. އަހަރެންގެ އާދައިގެމަތިން ފަތިސްނަމާދު ކޮށްލައިގެން މިއަދުވެސް ނިކުތީ ހަށިގަނޑާއި ސިކުނޑި ތާޒާކޮށްލުމަށްޓަކައި ހިނގާލާށެވެ.އަރައިގެން އަންނަމުންދާ އިރުގެ ރަންދޯދިތައް އެޅި މުޅިތަން އެކަށް ދިއްލާލައިފިއެވެ.މޫދުން ނަގަމުންއަންނަ ބިޔަ ރާޅުތައް އައިސް ގޮނޑުދޮށަށް ބީއްސާާާލާ މަންޒަރު ވަރަށް ފުރިހަމައެވެ.ޤުދުރަތީ […]