Skip to content
އެސްފިޔަ

ކާމިޔާބު2

ދައްތަގެ މާތް ތަރުބިއްޔަތުގެ ސަބަބުންނާއިއެކު އަހަރެން ބޮޑުވަމުންއައީ ކޮންމެ މަޔަކު އަދި ބަފަޔަކުވެސް ބޭނުންވާނެފަދަ ރަނގަޅު ދީންވެރި އަންހެންކުއްްޖެއްގެ ގޮތުގައެވެ.ސުކޫލު ދައުރުވެސް ނިމިގެންދިޔައީ ފޮނިނަތީޖާތަކާއި ރަންވަނަތައް ޙާާސިލްކުރުމަށްފަހުގައެވެ.އަހަރެންގެ މާތް އަހުލާޤުގެ ސަބަބުން ދައްތަ އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ.އަދި އެހާމެ އިތުބާރުވެސްކުރެއެވެ.

އަހަންނަކީ އަބަދުވެސް ދީނީމިންގަނޑާއި އެއްގޮތަށް ހެދުން އެޅުމަށް ލޯބިކުރާ ޒުވާނެއްކަމުން އަހަރެން އަބަދުވެސްލަނީ ގަޔަށްދޫ ޖިލްބާބް ކަޅުހެދުމެވެ.ސުކޫލުގައި އުޅުންއިރު ކުލަހެދުމުގައި ދާންޖެހޭ ދުވަސްދުވަހު އަހަރެން ހެދުންއަޅާގޮތް ފެނި ކުލާހު ވަރަށް ގިނަކުދިން އަހަންނަށް މަލާމާތް ކުރިއެވެ.އަހަރެން ލަނީ ކަޓުހެދުން ކަމަށްބުނެ ޒަމާނީ ހެދުންއެޅުމަށް އެކުދިން ނަސޭހަތްދިނެވެ.އެހެންނަމަވެސް އަހަރެން އެމީހުންގެ އެބުނުންތަކަށް ރައްދެއްނުދެމެވެ.އޭގެ ބަދަލުގައި އަހަރެންބެލީ އެކުދިންނަށް ނަސޭހަތްދީގެން ހެޔޮމަގަށް އެޅުވޭތޯއެވެ.ނަމަވެސް އެކުދިން އަހަންނަށް ދިނީ ބީރުކަންފަތްތަކެކެވެ.

ސުކޫލުދައުރު ނިންމާލުމާއެކު އަހަރެން ކުރިމަތިލީ ވަޒީފާގެ މައިދާނާއެވެ.އަތުގައި ކިޔެވުމުގެ މަތީ ފާސް ޙާސިލްކޮށްފައިވާ ލިޔުންތައް އޮތުމުން ކޮންމެތަނަކުންވެސް ވަޒީފާ ލިބިދާނެކަން ޔަޤީނެވެ.އެހެންނަމަވެސް ކަންތައްވީ އަހަރެން ހީކުރިގޮތާއި ޚިލާފަށެވެ.ދިޔަ ހުރިހާ ތަނަކުންވެސް އަހަރެން ބަލައިނުގަތީ އަޅާ ހެދުމުގެ ސަބަބުންނެވެ.ކޮންމެ ބަޔަކުވެސް އެދުނީ އަހަރެން އަޅާ ހެދުންބަދަލުކުރުމަށެވެ.އެއީ އަހަންނަށްވާނެ ކަމެއްނޫންކަން އެނގުމުން އެކަންތައް އަހަރެން ހުއްޓާލީމެވެ.ވަޒީފާ ނުލިބުނަސް ރިޒުޤުދެއްވާ ފަރާތުން ދެއްވާނެކަން ޔަޤީންކޮށް އަހަރެން މޫނުއެޅީމެވެ.

އެއްދުވަހަކު ދައްތަ ބުނެގެން އަހަރެން ފިހާރައަކަށް ނިކުތީމެވެ.އެވަގުތު މަގުގެ ކަނެއްގައި މަގަށްގިނަވެގެންއުޅޭ ބައެއްގެ ގުރޫޕެއް ތިއްބެވެ.އަހަރެން ފެނުމާއެކު އެމީހުން އަހަންނާ ދިމާއަށް ބަލަންތިއްބެވެ.އަދި އެމީހުން އަހަންނާ ދިމާއަށް ވަރަށް ބާރަށް ހީނގަތެވެ.’ނިންޖާ’ގެ ނަމުން އަހަންނާ މުޚާތަބުކޮށް ފުރައްސާރަކުރިއެވެ.

Comments (5)

  1. ސުހާ

    wow

    1. Lam lamha
      ސުހާ

      Thanks??

  2. Hiyaalu

    Vaahaka kuruveema vashakaaga ebunedhey msg neygey vaahaka Kuda koh dhigukohlaafiyaaa varah salhivaane

    1. agree
      Hiyaalu

      yess..ur right..miyah vure adhi dhigu kohlla

  3. -------

    Ma shaa Allah

Comments are closed.