”ދޮންތާ ބަލާބަލަ…”މީޝާ އެހެން ކިޔާފައި ނިފްޝާ ކޮއްޕާލީ އެތަނުން ދިޔަ ފިރިހެން ގުރޫޕާދިމާލަށެވެ. މުޅި އެތަނުގައި ހަރުލާފައި ހުރީ ނިފްޝާގެ ހަޅޭކުގެ އަޑެވެ. ނިފްޝާ ގޮސް ޖެހުނީ އެތަނުން އެންމެ މިކޮޅަށް ހުރި ކުއްޖާގެ ގައިގައެވެ. ހުށިޔާރު ކަމާއެކީ އެކުއްޖާ ނިފްޝާ ނުވެއްޓި ހިފެހެއްޓިއެވެ. ވެއްޓެން ދިޔަ ނިފްޝާ މީހެއްގައިގާ ޖެހުމުން އެމީހާގެ ގަމީހުގައި ހިފަހައްޓާލިއެވެ. އެމީހާވެސް ހުށިޔާރު ކަމާއެކީ ނިފްޝާ ނުވެއްޓި ހިފެހެއްޓިއެވެ. އެހެންނަމަވެސް ވެއްޓިދާނެތީ ނިފްޝާ އޮތީ ދެލޯމަރައި ބާރު ކޮށްލައިގެންނެވެ. ނުވެއްޓި ގިނައިރު ވުމުން ލޯ ހުޅުވައި ބަލައިލި ނިފްޝާއަށް ކުރިމަތިން ފެނުނު ސޫރައިގެ ސަބަބުން ތެޅިގަނެވުނެވެ. ”އައިޒަން… ސޮރީ..” ރަތްވެގެން ދިޔަ މޫނަކާއެކު އަދި އެހާމެ ލަދުވެތި ކަމާއިއެކު އައިޒަންގެ ފަރާތުން މަޢާފަށް އެދުނެވެ. ”އިޓްސް އޯކޭ ނިފްޝާ..” ހިތްހެޔޮކަމާއެކު އައިޒަން ހިނިތުންވެލާފައި ބުނެލިއެވެ. ނިފްޝާވެސް އޭގް ބަދަލުގައި ހިނިތުންވުމެއް ރައްދު ކޮށްލާފައި ހިނގައިގަތެވެ. ”އައިޒަން…. ހާދަ ވަރެކޭ ދޯ ތި ވީ….ދެމީހުން އެހެން ތިބި އިރު ހީވަނި ފޮޓޯ އަކަށް ހުއްޓިލައިގެން ހުރިހެން… ހާދަ ޗާލޭ…” އައިޒަން ގެ ގާތުގައި ހުރި ސިމާލް އައިޒަން އާ ދިމާކޮށްލިއެވެ. ”ސިމާލް ވެސް ދައްކާ ވާހަކަ ދޯ… ދެން އެކަމު އެކުއްޖާ ވެއްޓެން ދިޔާމަ ސިމާލު ނަމަވެސް ހިފަހައްޓާނެ… ހަމައެކަނި އަހަންނެއް ނޫން އިނގޭ… ދޯ ހައިޝާމް..” އައިޒަންގެ ވާހަކަ ކޮޅު ނިންމާލީ އޭނާގެ ރަހުމަތްތެރި ހައިޝަމް އަށް ދޯ އޭ ކިޔައިފައެވެ. ”އާން.. އައިޒަން އެބުނީ ހަމަ ރަނގަޅަށް.. މަށަށް ހީވޭ އަދި ސިމާލު އަށް އެފުރުސަތު ލިބުނިނަމަ އެމަންޖެ ދޫ ނުކޮށްލާނެ ހެންވެސް..” ހައިޝަމް ވެސް އައިޒަން އާ އެއްބާވެލިއެވެ. ”ހޫން ދެން ހެވޭ..”ސިމާލު ކަޑަވެފައި ބުނެލި ގޮތުން އައިޒަން އަށާއި ހައިޝަމް އަށް ނުހީ ހަމަ ނުހުރެވުނެވެ. ދެ މީހުން ސިމާލު އާ ދިމާކުރަން ފެށިއެވެ. ”ދޮންތާ! ކިހިނެއް ތި ހެދީ….” މީޝާ ހެމުން ހެމުން ނިފްޝާ ގާތު ބުނެލިއެވެ. ”ދެން މީޝާ ވެސް ނުވާނެ ދޯ އެކަހަލަ ކަންތައް ކުރާކަށް… ނަސީބެންނު އެމީހުން ކުރިމަށްޗަށް ނުވެއްޓުނުކަން ވެސް..އެހެން ނޫންނަމަ ނޭނގެ ލަދުން ވާނި ގޮތް ވެސް… އެކަމު މިހާރު މީޝާ މާ ކަންތައް ބޮޑުވަނި އިނގޭ ތި.. ސަކަރާތް ޖެހިޔަސް މީހުން ކުރާ ކަހަލަ ކަންތައްތަ އެއީ؟؟؟.. ހުވާ ދެން ނުހުރެވޭނެ މަންމަ ގާތު ނުބުނެއެއް…” ނިފްޝާ ރުޅި އައިސްފައި ބުނެލިއެވެ. ”ދޮންތާ އިނގޭތަ؟ ތި ދެ މީހުން ވަރަށް ގުޅޭ އިނގޭ… ހަަމަ ޕާފެކްޓު ކަޕުލްއެއް…” މީޝާ މިފަހަރުވެސް ބެލީ ނިފްޝާ ރުޅި އަރުވާލެވޭތޯއެވެ. ކަން ވީ ވެސް އެހެންނެވެ. ނިފްޝާ ރުޅި އައިސްފައި މީޝާ އާއި ދިމާއަށް ކުދި ކިޔަމުން ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ނިފްޝާއަށް ނޭނގުނުކަމަކީ މީޝާ ، އައިޒަން އާއި ނިފްޝާގެ ފޮޓޯ ނެގިކަމެވެ. މިއަދު ދެން އެ ނިފްޝާގެ މޫޑު ވެސް ހަރާބު ވީ އެވެ. އެހެންނަމަވެސް މިއަދު މިވީ ކަންތައްތައް އެނާގެ މަންމަ އަށް ކޮންމެހެން ވެސް ކިޔާދޭން އެބަ ޖެހެއެވެ. އެހެންނޫނީ މީޝާ އެކަމެއް ނުހުއްޓާނެއެވެ. ގެއަށް ދެވުމުން ނިފްޝާ އޭނާގެ މަންމަ އަށް ލިންކުރޯޑުގައި ވީ ކަންތައްތައް އަކުރުން އަކުރަށް ކިޔާދިނެވެ. އަދި ނިފްޝާގެ މަންމަ އިނާޝާ ވަނީ މީޝާ އަށް ވިސްނެންދެން ނަސޭހަތް ދީފައެވެ. އެހެންނަމަވެސް އެ ނަސޭހަތްތަކަށް ކިޔަމަންވާނީ އެންމެ ދުވަހަކުއެވެ. ފިރިހެނަކާ ވަކި އަޅާ ކިޔޭކަށް ނެތެވެ. ނިފްޝާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އޭނާގެ ކޮޓަރިއަށް ވަދެވުމުންނެވެ. ހަމަގައިމުވެސް ދެން އޭނާއަށް އުނދަގޫ ކުރާނެ މީހަކު ނުހުންނާނެއެވެ. ފެންވަރައިލާގެން ނިކުތް ނިފްޝާގެ މޫނުމަތިން ވަރުބަލިކަމާއި ނިދީގެ އަސަރު ފާޅުވާން ހުއްޓެެވެ. އެހެން ކަމުން އޭނާ އިޝާ ނަމާދު ކޮށްލައިގެން އައިސް އެނދުމަތީގައި އޮށޯވެލިއެވެ. ނިދި އައިސްފައި ހުރި ނަަމަވެސް ނިދޭ ގޮތެއް ނުވިއެވެ. އައިޒަންގެ މޫނު މިއަދު ނުހަނު ގާތުން ފެނުމުން ނިފްޝާގެ ހިތަށް ގޮތެއްވެލިއެވެ. މިރޭ އައިޒަންގެއެކި ހިޔާލުތައް އައިސް ނިފްޝާގެ ސިކުނޑި ވަނީ ފުރައިލާފައެވެ. އެހެން ނަމަވެސް އެއީ ގޯސް ކަމަކަށް ވުމުން އެހިޔާލު ތަކުން ދުރަށް ދެވޭތޯ ނިފްޝާ ވަރަށް މަސައްކަތްކުރިއެވެ. އެހެން އޮއްވާ ނިދި އައިސް ނިފްޝާގެ ލޮލަށް ސަވާރުވީ ކޮންއިރަކު ކަމެއްވެސް ނެނގެއެވެ. ލޮލަށް ނިދިނައިސްގެން އުޅުނު އައިޒަން އެނދުމަތީގައި އޮވެގެން ދެފަރާތަށް ފުރޮޅެނީއެވެ. މީ ކުރިން އޭނާއަށް ވީ ކަމެއް ނޫނެވެ. ނިދަން އޮށޯތްފަހުން މިހާރު އެއްގަޑި އިރު ވަނީއެވެ. އެހެންނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރައިލާއިރަށް ސިފަ ވަނީ ނިފްޝާގެ އެ ދޮން މޫނެވެ. ފިޔާތޮށިކަން ގަދަ ތުންފަތެވެ. ކަޅު ކަންގަދަ އެސްފިޔައެވެ. މީގެ ކުރިން ނިފްޝާގެ މޫނު އެހައި ކާރިން އައިޒަން އަކަށް ނުފެނެއެވެ. މިއަދު އައިޒަންގެ ހިތުގައި ނިފްޝާގެ ސޫރަ ދުވަހަކު ފަނޑު ނުވާނޭ ވަރަށް ކުރެހުނެވެ. މީގެ ކުރިންވެސް އައިޒަންގެ ހިތުން ވަނީ ނިފްޝާއަށް ހާއްސަ މަގާމެއް ދެވިފައެވެ. އަދިއަދަށް ދާންދެން ވެސް އޭނާ ވަނީ އެންމެ ގާތް އެކުވެރިޔާއަށްވެސް އެކަން ސިއްރު ކޮށްފައެވެ. ނިފްޝާގެ ހިޔާލުތަކުގައި އޮވެ ނިދުނު އިރެއްވެސް އައިޒަން އަކަށް ނެނގެއެވެ. ******* ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުވާލުގެ ޑިއުޓީ އަށް އިރު ނުކުތީ އެތައް ބަޔަކަށް އުފާވެރިކަން އެނެއްބަޔަކަށް ހިތާމަ ގެނުވާފައިއެވެ. އަހަރުގެ ބޮޑު ޗުއްޓީ ކަމުން މަގުމަތިން ގިނަ މީހުން ފެންނާކަށް ނެތެވެ. ނަމަވެސް ފަތިސް ނަމާދު ކޮށްލައިގެން ނިފްޝާ މަގުމަތީގައި ކުނި ކަހަން އޮތެވެ. މަގުމަތިން ހާހަކުން ފަހަރަކު ނޫނީ މީހަކު ނުފެނެއެވެ. ނިފްޝާމެން ގޭގެ ފޫޓަކީ ބޮޑު ފޫޓެއް ކަމުން ކަހާ ނިމޭއިރު ހުންނަނީ ވަރުބަލިވެގެން ގޮސް ހަލާކުވެފައެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ސުކޫލް ބަންދު ދުވަހެއްވެއްޖާ އޭނާގެ މަންމަ އަށް އެހީވުމަށްޓަކައި ތަފާތު އެކި މަސައްކަތް ކޮށްދެއެވެ.ނަމަވެސް މީޝާ އަކީ އޭގެ އިދިކޮޅެވެ. ނިދައިގެން ވެސް ހޭލާނީ މެންދުރުވާފަހުންނެވެ. އެކެއްގެ ދަރިން ކަމުގައި ވީނަމަވެސް މީޝާ އާއި ނިފްޝާ އެތައް ގޮތަކުން ތަފާތެވެ. މީޝާއަކީ އަނގަގަދަ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އެހެންނަމަވެސް ނިފްޝާއަކީ މަޑުމައިތިރި މީހުންނާއި ގުޅޭ ކުއްޖެކެވެ. ”ނިފޫ….. އަދިވެސް ނުނިމޭތަ ކަހައެއް.. އަވަސް ކޮށްލަބަލަ އެއްޗެއް ގަންނަން ދާން…” ނިފްޝާގެ މަންމަ އިނާޝާ ބުނެލިއެވެ. ”ނޫނޭ މަންމާ! މިނިމުނީ ހަމަ……. އަންނާނަން ތައްޔާރު ވެލައިގެން.. މިހުރިގޮތައް ދާކަށް ނުކެރޭނެ…”ނިފްޝާ އަކީ ދީނަށް ލޯބިކުރާ ކުއްޖެއް ކަމުން އޭނާ ގެއިން ބޭރަށް ނުކުންނަނީ އަބަދުވެސް ބޮޑު ހެދުން ލައިގެންނެވެ. މަދުފަހަރަކު ނޫނީ ކުރުހެދުމެއް ލައިގެން ނުނިކުންނާނެއެވެ. […]
“ދެން މަންމަ އަށް ސާބަސް. ހިބާ ނޫޅެއެއްނު ނާހިލް ކޮއްކޮ މިތާ އިނީތީ ނުކެވިގެނެއް. މަންމަ މެނައްނު ތިއުޅެނީ ހިބާގެ އެ މޫނުބުރުގަލާހެދި އުނދަގޫ ވެގެން.” ލީޝާ މަޑުމަޑުން ޖެހިލުންވެފައިވާ ރާޤެއްގައި އޭނާގެ މަންމަ އަށް ވިސްނައިދޭން އުޅުނީ އިތުރަށް އެންމެންގެ ކުރިމަތީގައި ހިބާއާއި ދިމާލައް އެމީހުން އެއްޗެހި ކިޔުން ހުއްޓޭތޯއެވެ. “އެއީ ތެދެއް އަފޫދައްތާ.. އަޅުގަނޑަކަށް އެއްވެސް އުނދަގުލެއް ނޫން މިހެން ކާކަށް. އަދި ނާހިލް އިނީމަކާވެސް އުނދަގުލެއް ނުވޭ.” ހިބާ ލީޝާ އާއި ބައިވެރިވެލީ […]
“އުފާ ކުރާނެ ވަރަކަށް އުފާކުރަންވީ.. އަހަރެން ނުދޭނަން ދެން އޭނާއަކަށް މާ ގިނަ ވަގުތެއް..” ދުރުގައި ހުރި ތަނބެއް ކައިރީ ދެމީހަކު ތިއްބެވެ. އެކަކު އަތުގައި ކޯކު ތައްޓެއް އިން އިރު އަނެކަކު ހުރީ ހަށަން ބަނދެލައިގެންނެވެ. އެދެމީހުން އުޅޭ ގޮތުން ހީވަނީ މީހަކަށް ފެނިދާނެތީ ވަރަށްވެސް ސިއްރުން އުޅޭހެންނެވެ. ދާނިޔަލްމެންނާއި ދިމާލަށް ބަލަހައްޓައިގެން ތިބި އިރު އެ ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ނުލަފާ ހިންޏެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވީ ނުރައްކާތެރިކަން އެހެން މީހުންނަށް އިނގޭނެ […]
މެންދުރުގެ ހޫނު ވަގުތުގައި މަގުގެ އެއްކައިރިން ހިނގާފައި ދިޔަ ޒުވާން ފިރިހެން ކުއްޖާގެ މޫނުމަތިން ފެންނަމުން ދަނީ ވަރުބަލިކަމެވެ. ބަލާބެލުމަށް އެއީ ފަނަރަ އަހަރުގެ ކުއްޖެކެވެ. ލާފައި ވަނީ ކަޅުކުލައިގެ ޖިންސަކާއި ކަނޑު ނޫކުލައިގެ ގަމީހެކެވެ. އިސްތަށިގަނޑުގައި ފުނާ އަޅާފައިވާ ގޮތުން އެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަތުގައި އޮތް މެދުވަރުގެ ޙަތިމުން އެ ދަނީ ޤުރްޢާން ކިޔަވަން ކަން ޔަޤީނެވެ. އޭގެ ކުޑަ ތަންކޮޅެއް ފަހަތުން ދެ އަންހެން ކުދިން އަންނަތަން ފެނެއެވެ. އެ ދެ ކުދިންވެސް އެދަނީ ޤުރްޢާން ކިޔަވަންކަން ހާމަވަނީ އަތުގައި އޮތް ޙަތިމުންނެވެ. ކަޅުކުލައިގެ ބަޓަފުލައި އަބާޔާއަކާއި ކަޅުކުލައިގެ ބުރުގަލެއް އަޅައިގެން ހުރި އަންހެން ކުއްޖާ ބަލާބެލުމަށް ވައްތަރީ ފަނަރަ އަހަރުގެ ކުއްޖަކާއެވެ. ކާރީގައި ހުރި ކުޑަ އަންހެން ކުއްޖާ ވައްތަރީ ތޭރަ އަހަރުގެ ކުއްޖަކާއެވެ. ލާފައިވާ ނޫ ކުލައިގެ ޖިންސާއި ވައިލެޓް ކުލައިގެ ޓޮޕް ކޮޅުން އެއީ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ހާމަވެއެވެ. ” ދޮންތާ ބަލާ! އެއޮށް ދަނީ ދޮންތަގެ ހޭންޑްސަމް.” އެތާހުރި ކުޑަ އަންހެން ކުއްޖާ އޭނަގެ ދޮންތައާއި ދިމާއަށް ކުރިމަތިން ދިޔަ ފިރިހެން ކުއްޖާއަށް ބުނެލިއެވެ. ”މީޝާ ގާތު ކިތައް ފަހަރު ބުނާނީ އެއީ ދޮންތަގެ ހޭންޑްސަމް އެއް ނޫނޭ! ދޮންތަ އަދި ނޫޅެމޭ މީހަކާ ހެދިއެއް! އެތާހުރި ބޮޑު އަންހެން ކުއްޖާ އޭނާގެ ކޮއްކޮ އަށް ބުނެލިއެވެ. ”ބަލަ ދޮންތައެއް ނޫންތަ ބުނީ އެއީ ދޮންތަގެ ހޭންޑްސަމް އޭ! މީޝާ އޭނާގެ ދޮންތަ އަށް ރައްދެއްދިނެވެ. ”މީޝާ! އެއީ ދޮންތަ މަޖަލަކަށް ބުނި އެއްޗެކޭ…. މީހަކަށް މަޖަލަކަށް އެއްޗެއް ބުނެލެވެން ވެސް ނެތެންނު މިހިރި ބޮޑު އަނގައާ ހެދި…… މުޅި އުމުރަށް ވެސް ދެން ކިޔާނެ….” މީޝާގެ ދޮންތަ އެހެން ބުނެފައި ގޮސް ކިޔަވަން ދާ ގެއަށްވަނިއެވެ. އައިޒަން! ކިޔަވާ! ކިޔަވާއްތަ ބުނެލިއެވެ. ”ދޮންތާ… ދޮންތާ..ހޭންޑްސަމް ކިޔަވަން ފަށަނި” ހަމައެކަނި ދޮންތައަށް އަޑު އިވޭވަރަށް މީޝާ ބުނެލިއެވެ. މީޝާ އެ ބުނިއެއްޗެއް އަޑު އިވޭކަމަށް ވެސް ހަދާނުލައި އޭނާގެ ދޮންތަ އިނެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އައިޒަން ކިޔަވަން ފެށިއެވެ.އައިޒަން ކިޔަވާ ނިމުމުން ދެން ކިޔަވާއްތަ ޖެއްސީ މިޝާގެ ދޮންތަ ނިފްޝާއަށެވެ. މީޝާ އޭނާގެ ދޮންތައާ ދިމާއަށް މީހުން ލަދުގަންނަވާލާ ކަހަލަ ގޮތަކަށް ބަލާލިއެވެ. ނިފްޝާ އަޅާނުލާ ކިޔަވަން ފެށިއެވެ. އެންމެން ކިޔަވާ ނިންމައިގެން ގެއަށް ދިއުމަށް ހިނގާގަނެވެ.ނަމަވެސް މީޝާ އާއި ނިފްޝާ ކިޔަވާ ގެއިން ނިކުމީ ތަންކޮޅެއް ލަހުންނެވެ. ”މި މީޝާގެ ކަންތަކޭ! ދެންވެސް ކިޔަވާގޭގަ ވާހަކަ ނުދައްކާތި! އެންމެން ދިޔަފަހުން އަހަރެމެންނަށް ގެއަށް މިދެވެނި….”ނިފްޝާ ބުނެލިއެވެ. ”ދޮންތާ މީޝްއަށް ހީވަނި ކިޔަވާއްތައަށް ވެސް އެނގޭހެން…” މީޝާ އެއްޗެއް ވިސްނަލާފައި ބުނެލިއެވެ. ” ކޯއްޗެއް؟؟”ނިފްޝާ އެއްޗެއް ނުވިސްނޭ ފަދައަކުން އަހާލިއެވެ. ” ދޮންތައާއި އެ ހޭންޑްސަމް……….”މީޝާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީހެން ނިފްޝާ އޭނާގެ ގައިގާ ޖަހާލިއެވެ. ދެ މީހުން ގެއަށް ދިޔައީވެސް ހަމަ ސަކަރާތުގައެވެ. ******************* ”މީޝާ އަވަސް ކޮށްބަލަ.. މިހާރު ކޮން އިރެއް މިހެން ކިޔާތާ….. މިދަނީ މިދަނީ ކިޔާތާ ވެސް ކޮން އިރެއް… ހަތަރެއް ޖަހާއިރު ދާން އުޅުނި މީހާވިއްޔަ… މިހާރު އެހެރި ހަތަރު ގަޑި ބައި ވީ އޭ…. ދެން ނިކުންނަން ވީ..!” މީޝާ ލަސް ކަމުން ނިފްޝާ އޭނާ އާ ދިމާއަށްހަޅޭލަވައިގަތެވެ. ”ސާބަހޭ ދޮންތާ…. ހާދަ ކެތްތެރިކަން ކުޑައޭ ދޯ…. ތިވަރުން ކިހިނެއް އުޅޭނި..” މީޝާ ބުނެލިއެވެ. ”ކެތްކުރިކަމަށް ވާނި މިތާ ފާރުބުޑުގަ އިނދެގެން މަރުވީމަތަ؟” ނިފްޝާ މަޖާ ކޮށްލަމުން ބުނެލިއެވެ. ”ހެހެހެހެހެހެހެ………… އަނެއްކާ މަރުވަންދެން މިތާ ފާރު ކާރީ އިންނާނީކީ ނޫން އިނގޭ….” މީޝާވެސް އެ މަޖަލުގައި ބާވެރިވިއެވެ. ”ހަހަހަހަ…….މަންމާ މިދަނީ ހިނގާލަން…. އެންމެ ރަނގަޅު ދޯ؟” ނިފްޝާ އޭނާގެ މަންމަގެ ހުއްދަ ހޯދިއެވެ. ”ހުމް…… އެކަމު ބަންގި ނުގޮވަނީހެން ގެއަށް އަންނާތި އިނގޭ!” ހުއްދަ ދެމުން މަންމަ ބުނެލިއެވެ. ”ލައްބަ މަންމާ!އަޅުގަނޑުމެން މިދަަނީ މުޅި އުމުރަކަށް ނޫނެއްނު… ދެން އަވަހަށް އަންނާނު…. މަންމަ ހާސްނުވެބަލަ އަޅުގަނޑުމެންނަކަށް ކަމެއް ނުވާނޭ…. ” މީޝާ އޭނާގެ މަންމަ ގާތު ބުނެލިއެވެ. ”ހުމް.. ދެން ހެޔޮލޭ….އަވަހަށް ދޭ ދެން..”މަންމަ ބުނެލިއެވެ. ލިންކުރޯޑުގެ ބޮޑުމަގުން ހިނގާފައި އަންނަ ދެ އަންހެން ކުދިންނަށް ވަނީ ގިނަ ލޯ ތަކެއް އަމާޒުވެފައެވެ. ކަނޑު ނޫ ކުލައިގެ ބަޓަފުލައި އަބާޔާ އަކާއިއެކު މުށި ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި ނިފްޝާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އޭނާގެ ނުފިލާ ހިނިތުންވުމެވެ. މޭކަޕްއަކާއި ނުލައިވެސް ނިފްޝާ އެހައި ރީއްޗެވެ. ނިފްޝާ ދީނާ އެއްގޮތަށް ހެދުން އަޅާއިރު މީޝާ އަކީ އޭގެ އިދިކޮޅެވެ. ކަޅު ކުލައިގެ ސްކިނީ އަކާއި ފަލަމަސް ގަނޑާއިހަމައަށް އަންނަ ރަތް ކުލައިގެ ހެދުމާއިއެކު ކަޅުކުލައިގެ ޝޯލް އަޅާފައިވާ މީޝާގެ ރީތި ކަން ވެސް އިންތިހާއެވެ. ކޮށްފައިވާ ގަދަ މޭކަޕް އިން އެ ރީތި ކަން ދެގުނައެވެ. އެދެ ކުދިންނަށް ގިނަ ލޯ ތަކެއް އަމާޒުވެފައިވީ ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޅާލާ ހެނެއް ހިޔެއްނުވެއެވެ. ހީވާގޮތުން ދެމީހުން ވެސް ތިބީ އަމިއްލަ ވަާހަކާގައެވެ. ނިފްޝާ އަކީ ޤުދުރަތީ ރީތި މަންޒަރުތަކަށް ލޯބިކުރާ ކުއްޖެއްކަމުން އޭނާ ދިޔައީ ފޯނުގައި އެ ރީތި މަންޒަރުތައް ރައްކާކުރަމުންނެވެ. އަދި މީޝާ ރުޅިއެރުވުމުގެ ގޮތުން ދިޔައީ ތަފާތު އެކި ވާހަކަ ދައްކަމުންނެވެ. ނަމަވެސް މީޝާ ދަނީ އެކަމުން ނިފްޝާއަށް ވުރެ ކުރި ހޯދަމުންނެވެ.ނިފްޝާ ބުނެލާ ކޮންމެ ބަހަކަށް މީޝާ ދިޔައީ ރައްދު ދެމުންނެވެ. ” ދޮންތާ ބަލާބަލާ.. އެހެރަ އަނަނީ ދޮންތަގެ ހޭންޑްސަމް… ދޮންތަ ހަމަ ކުރާ ކަންތަކޭ އޭނާވެސް އެކުރަނި.. ބަލާބަލަ ހަމަ ދޮންތަފޮޓޯނަގާތީ އޭ އޭނާވެސް އެ ނަގަނި….” މީޝާ ބުނި ވާހަކައިން ހަމަ ރަނގަޅަށްވެސް މިފަހަރު ނިފްޝާ ރުޅި އައެވެ. ”މީޝް އަށް ކިހިނެއް ހެދީމަތަ ދޮންތައާއި ނުބެހޭނި އޭނައޭ ކިޔާގެން….. ދެން ހަމަ މަންމަ ކާރީ އިނގޭ ބުނާނި..ދޮންތައަށް ހީވަނި މީޝް ހެން އުޅެނި އައިޒަންއާ ހެދި.. އެހެންވެ އެއްނު އަބަދު އެނަން ދުލުން ބޭރުވަނި…”ނިފްޝާ ވެސް ގޮތްދޫކުރާ ޙިޔާލެއް ނުކުރެއެވެ. ”ނޯ ވޭ ދޮންތާ… އަޅުގަނޑެއް ނޫޅެން އޭނަ އާ ހެދިއެއް… ހުއް.. ދެން އަޅުގަނޑެއް ވެސް ނޫޅޭނެ ދޯ ދޮންތަ އިންނަން އުޅޭ ކުއްޖަކާ ހެދިއެއް… ދޮންތަވެސް ދައްކާ ވާހަކަ…” މީޝާވެސް ގޮތް ދޫ ކުރާ ޙިޔާލެއް ނުކުރިއެވެ. ނިފްޝާ ފަހުން އެއްޗެއް ބުނާކަހަަލަ ޙިޔާލެއް ނުކުރިއެވެ. އެއީ ފަށައިގެން އުޅޭ ވާހަކަ ނިންމާލުމުގެ ގޮތުންނެވެ. ”ދޮންތާ އެއްޗެކޭ ނުބުނާނަންތަ؟” ހިމޭންކަމުގެ އެވަގުތުކޮޅު ދުއްވާލީ މީޝާއެވެ. […]
ޝަޒިއްޔާވެސް އުފާވެރިކަމާއެކު އިން ތަނުން ތެދުވިއެވެ. “އަވަހަށް ހިނގާ ދަރިފުޅުމެން ކާން.. ބަނޑުހައިވެފައެއްނު މިހާރު ތިބޭނީވެސް.. އަށެއް ޖަހާ ބޮޑުވީ މިހާރު..” ޝަޒިއްޔާ އައި ގޮތަށް އައިސް އާލާމެން ގާތު ހުއްޓިފައި ބުނެލިއެވެ. ދާނިޔަލްއެކޭ އެއްފަދައިން ޚުދު އާލާވެސް ހުރީ މަންމަގެ މިޒާޖަށް އައި ކުއްލި ބަދަލުން ހައިރާންވެ އަންތަރީސްވެފައެވެ. ދާނިޔަލްދެކެ އެޔޮށް ރުޅި އަންނަ އިރު މިއަދު އޭނާ ދާނިޔަލްއާއި އެ ވާހަޖަ ދެއްކީ ނުހަނު އެކުވެރި ރާގަކަށެވެ. ދާނިޔަލްއާއި އޭނާ ކައިވެނި ކުރުމުން އޭނާ […]
ހުމާ ކޮޓަރިން ނުކުތްތަން ބަލަން ހިބާއަށް އިނދެވުނީ ވެގެން އުޅޭ ގޮތަކާއިމެދު ސުވާލު އުފެދިފައިވީ މޫނަކާއެކުގައެވެ. ލީޝާއަށް އެކަން ރަނގަޅަށް ފާހަގަ ކުރެވުނެވެ. ހިބާގެ މޫނާއި ދިމާލުގައި ލީޝާ އަތް ހޫރާލީ ހިބާ ފުންހިޔާލަކަށް ގެއްލި ހުސްވެފައި އިންހެން ހީވާތީއެވެ. ލީޝާ ކައިރީ އިންކަން ހިބާ އަށް އިހްސާސް ކުރެވުމުން އަވަހަށް ލީޝާއަށް ހިނިތުން ވުމެއް ރައްދު ކޮށްލީ ހުމާގެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. “ޑޯންޓް ވޮރީ ޑާރލިންގ، ހުމާ ދުވަސްކޮޅަކުން އޯކޭ ވެދާނެ. އެހާ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހާއި ނިވާ ވީއެވެ. ހުޅަނގު ފަރާތު އުދަރެސް އޮރެންޖު ކުލައިން ޖަރީ ކުރަމުންނެވެ.އިރު އޮއްސޭ މަންޒަރު ބަލާލުމަށް އައިސް ތިބި މީހުނަނަށް އުފާވެރި ހިތްހަމަ ޖެހުން ގެނެސްދޭ ރީތި މަންޒަރެއް ދައްކަމުންނެވެ. އިރުކޮޅަކުން ކަނުއަނދިރިކަން މުޅިތަނަށް ފެތުރިގެންދާނެވެ. އިރު އޮއްސޭ މަންޒަރުން އުފާވެރިކަމެއް ހިތުގައި ހިނގާލިނަމަވެސް ދުވަސް ފާއިތުވެ ދިއުމުން ހިތުގައި މޮޅިވެރިކަމުގެ ސާލުފަތުރާލައެވެ.މުޅިދުވަހު ކުރި އުއްމީދު ޙާސިލް ނުވުމުން އެކަމުގެ ދެރައާއި، ހިތާމަ ހިތުގައި ހިނގައެވެ.އިންސާނީ […]
މާހިލްގެ ސިކުނޑީގައި ދައުރުވަމުންދާ ނަފްރަތުގެ ސަބަބުން އޭނާއަށް އިތުރު އެއްވެސް ކަމަކަށް ސަމާލުކަމެއް ދެވޭކަށް ނެތެވެ. އަނެއްކާވެސް ބޮލުގައި އަތްއަޅައިގެން ދެކަކޫމަތީ ބޯ ޖަހާލެވުނީ ލޯބިވާ މައިންބަފައިންގެ ހަނދާންތައް އާވުމުންނެވެ. “އޭނާގެ މައިންބަފައިން ކިހާ ލަދުގަންނާނެ ހެއްޔެވެ؟ އެމީހުންގެ ދަރިއެއް މިފަދަ ނުބައި ކަމެއްގައި ޖަލައް ލެވުނީމައި ކިހާ މީހުނެއްގެ ބަދުބަސްތަކާއި ކުރިމަތި ލާންޖެހޭނެ ނޫން ހެއްޔެވެ؟ އެތައް އުންމީދަކާއެކު ބިނާކުރަމުން އައި މުސްތަޤުބަލުގައި ބޮޑު ލައްގަނޑެއް ޖެހިއްޖެހެވެ. އެއީ އެއްވެސް ކަމަކުން ފިލާދާނެ ލައްގަނޑެއް ނޫނެވެ. […]
އިސްކޮޅުން ދިގު ރީތި ޒުވާން ހަށިގަނޑެކެވެ. ފެހިކުލައިގެ ޓީޝާޓަކާއި ކަށިމައްޗައް އަރާ ދިގު ސޯޓެއް ލައިގެން ޖޮގިން ބޫޓަކައް އަރާފައި ހުއްޓެވެ. މެދުމިންވަރަކަށް ތުނބުޅި ދިގުކޮށްފައިހުރިއިރު، މަތިމަސް ތުނިކޮށް ކޮށާލާފައި ވެއެވެ. ކަޅެއް ނޫނެވެ. މާ ދޮނެއްވެސް ނޫނެވެ. “ތީ ހިބާ ދޯ؟” މާހިލް އެ ސުވާލު ކޮށްލީ ހިބާތޯ ޔަޤީންކުރުމަށެވެ. މޫނުބުރުގާގެ ނިވަލުގައިހުރި ހިބާގެ ނަޒަރު ގޮސް ހުއްޓުނީ އެ ޒުވާނާގެ މޫނަށެވެ. އެ މޫނުމަތިން ދަންނަ ވައްތަރު ނުޖެހިޔަސް އެއަޑަކީ ހިބާޔައް އޮޅޭނެ އަޑެއް […]