Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 28

hygge Level 510 Stories100 Comments100 Login500 Comments
October 13, 2018 7 Mins Read
90 Comments

ރޭގަނޑުގެ އެ ހިތްގައިމު ވަގުތު ދާނިޔަލް ބެލަކަންނަށް ނިކުންނަން ދިޔައެވެ. ހިތްހަމަޖެހުން އެތަނުން ވެސް ލިބޭނެތީއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް ދާނިޔަލްގެ އިސްތަށިތަކަށް ގޯނާކުރަމުން ދިޔައެވެ. ރެއިލިންގައި އަތް އަޅުވާލުމަށްފަހު އޭނާ ފޯނު ނަގައި ހުޅުވާލިއެވެ. އަދި ވައިބަރ ހުޅުވާލި އިރު އެކި މީހުންނާއި ގްރޫޕް ތަކުން ސަތޭކައަށްވުރެ ގިނަ މެސެޖު އައިސްފައި ހުއްޓެވެ.

ދާނިޔަލްގެ ލޮލުގައި އަޅައިގަތީ އެންމެ ފުރަތަމައަށް އިން މެސެޖެވެ. ސައިފްގެ ނަން ފެނި ދާނިޔަލްގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ދާނިޔަލް ހިނިތުންވެލުމަށްފަހު އަވަސް އަވަހަށް ވައިބަރ އިން ސައިފްއަށް ގުޅާލަން އުޅުނެވެ.

ކަންފަތުގައި ފޯނު ޖައްސައިގެން ހުރި ދާނިޔަލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ އެކޮޅުން ސައިފް ފޯނު ނެގުމުންނެވެ.

އިސްލާމީ ރިވެތި ސަލާމުން ދެމީހުން ސަލާމް ގޮވާލުމަށްފަހު ޖަވާބު ދިނެވެ. ދާނިޔަލްގެ މޫނުމަތިންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ހަމަޖެހުމެވެ. “މަރުޙަބާ އިނގޭ މަށާއި ޒައިނަބް އަދި މަރްޔަމްގެ ފަރާތުން..” ސައިފް ދާނިޔަލްގެ ކައިވެންޏަށް މަރުހަބާ ކިއެވެ. ދާނިޔަލް ފުރަތަމަ އުޅުނީ މި ކައިވެންޏަށް ސައިފްގެ ކުޑަކުޑަ ޢާއިލާ ގެންނާށެވެ. ނަމަވެސް ސައިފްގެ ވަޒީފާގެ ކަންތައްތައް ހުރިގޮތުން އޭނާއަށް އާދެވޭގޮތް ނުވީއެވެ.

“ކޮބާ ޒައިނަބް؟” ދާނިޔަލް ފުޅާ ހިނިތުންވުމަކާއެކު ޒައިނަބްގެ ވާހަކަ އަހާލިއެވެ. އެ ލޯބި ފުއްގަނޑެއް ކަހަލަ ކުއްޖާ މަތިން ދާނިޔަލް ނުހަނު ހަނދާންވެއެވެ. އެ ތުއްތު ކުއްޖާ ދުނިޔެއަށް ލޯ ހުޅުވާލިއިރު އެންމެ ގާތުގައި ހުރި އެކަކީވެސް ދާނިޔަލްއެވެ. އެހެން ކަމުން ދާނިޔަލްއަށް ޒައިނަބްއާއި ދޭތެރޭ ދެކެވެނީ އަމިއްލަ ބޭބެގެ ދަރިފުޅު ފަދައިންނެވެ.

ސައިފް ޒައިނަބް ލައްވާ ދާނިޔަލްއާއި ވާހަކަ ދައްކުވަމުން ދިޔައެވެ. އެ ތުއްތު އަޑުން ބުނެލާ ކޮންމެ ބަހެއް ދާނިޔަލްގެ ތުންފަތަށް ވެރިކުރުވާ ހިނިތުންވުމަކަށް ވަމުން ދިޔައެވެ. “ދާންބޭ.. ޒައި މިސް ޔޫ އަ ލޮޓް.. ލަވް ޔޫ ދާންބޭ..” ޒައިނަބް އޭނާގެ ޅަ ޅަ އަޑުން ދެރަވެލައިފައި ބުނެލިއެވެ. އޭނާ ދާނިޔަލްއަށް އެހާ ވަރު ހުންނަ އިރު އެ ދެމީހުން އެހާ ދުރުގައި ތިބެން ވުމުން އެ ތުއްތު ހިތަށްވެސް ވަނީ ނުހަނު ފުން އަސަރެއް ކޮށްފައެވެ. ޒައިނަބް އެހެން ބުނެލި ވަގުތު ދާނިޔަލްގެ ހިތް ލޯބިން ފުރިގެން އައެވެ. “ދާންބެ މިސް ޔޫ އެން ލަވް ޔޫ މޯރ.. ޒައި އަންނަންވީނު ދޯ ބައްޕި އާއި މަންމި އާއެކީ ދާންބެ ގާތަށް؟” ދާނިޔަލް ޒައިނަބް ގާތު އަހާލިއެވެ. އެހިނދު ޒައިނަބް ސައިފްއާއި ސުވާލުކޮށްލި އަޑު ދާނިޔަލްއަށް އިވުނެވެ.

އެގޮތުގައި އެތައް އިރެއް ވާންދެން ވާހަކަ ދައްކަން ހުރުމަށްފަހު ދާނިޔަލް ގޭތެރެއަށް ވަންނަން ދިޔައީ ދޮރުގައި ޓަކިދިން އަޑު އިވުމުންނެވެ. ދާނިޔަލް މަޑުމަޑުން ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ ރެސްޓޯރަންޓުން ކާއެއްޗެހި ގެނައި މީހާ ކަމުން އޭނާއަށް ހިނިތުންވެލުމަށްފަހު ރުފިޔާ ހަވާޅުކޮށްފައި އަނެއްކާ އައެވެ. އަދި ސައިފް މެންނާއި ވަކިވެލުމަށްފަހު އޭނާ މިސްރާބު ޖެހީ ބަދިގެއަށެވެ.

ދާނިޔަލް އެހުރިހާއިރު ބޭރުގައި އުޅުން އިރުވެސް އާލާ ބަލައިލަންވެސް ނުނިކުމެއެވެ. އަދިވެސް ރުޅިގަނޑު ފިނި ނުވަނީ ކަންނޭނގެއެވެ. ދާނިޔަލް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ގެނައި ކާއެއްޗެހި ތަށިތަކަށް އަޅާ މޭޒުމަތީގައި އަތުރާލިއެވެ. އެޔަށްފަހު އޭނާ މިސްރާބު ޖެހީ ކޮޓަރިއަށެވެ.

އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިން އާލާ އިނީ ފޯނާ ކުޅޭށެވެ. އެހެން ކަމުން މިހާރު އޭނާގެ މޫޑުވެސް ވަނީ ފުދޭވަރަކަށް ރަނގަޅުވެފައެވެ. “އާލާ.. އަދިވެސް ރުޅި އައިސްފަތަ؟” އާލާ ފޯނުން ނަޒަރު ވަކިކޮށްލީ އެނދު ކައިރިއަށް އައިސް ހުއްޓުނު ދާނިޔަލްގެ އަޑަށެވެ. އޭނާގެ މޫނަށް ބަލައިލުމަށްފަހު ޖަވާބުދިނުމެއްނެތި އަނެއްކާވެސް އާލާ އޭނާގެ ފޯނަށް ނަޒަރު ހުއްޓާލިއެވެ.

“ރުޅި އައިސްފަ ހުއްޓަސް ނުކައި ނުވާނެ ހުންނާކަށް.. ޑޮކްޓަރަކަށް ވެހުރެ އާލާއަށް އެވަރު އިނގޭނެއްނު..” ދެޖީބަށް އަތްޖަހާލައިގެން ހުރެ އަނެއްކާވެސް ދާނިޔަލް ބުންޏެވެ. “އޯޑަރ ކޮށްގެން ކާއެއްޗެހި ގެނެއްސަ އެހުރީ.. އާދޭ ކާން..” އާލާ ޖަވާބު ނުދިނުމުން އަނެއްކާވެސް ދާނިޔަލް ބުނެލިއެވެ. “ނުކާނަން..” އާލާގެ ޖަވާބު ވަރަށްވެސް ކުރެވެ. ދާނިޔަލް އަދި އިތުރަށް ދެތިން ފަހަރު ސުވާލުކުރުމުންވެސް އާލާގެ ޖަވާބަކަށް ބަދަލެއް ނައެވެ. އޭނާ ގޮތްދޫނުކުރާނެކަން އެނގުމުން ދާނިޔަލް ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.

ދާނިޔަލް ކާ އެއްޗެހީގެ ރަހަ ބަލައިލުމަށްފަހު ވަރަށް ކުޑަކުޑަކޮށް ކާލައިގެން އަނބުރާ ކޮޓަރިއަށް އައެވެ. އޭނާގެ އަންހެން ނުކައި ހުރި އިރު އޭނާއަށް ވަކި މީރުކޮށް ކެވޭނެ ހެއްޔެވެ؟ އާލާ އޭނާދެކެ ކިތަންމެ ރުޅި އައެއްކަމަކު ދާނިޔަލްގެ ހިތުގައި ވަނީ އާލާއަށްޓަކައި ތެދުވެރި ލޯތްބެވެ. ދާނިޔަލް ފާޚާނާއަށް ވަދެފައި ނިކުތް އިރުވެސް އާލާ އެއިން ގޮތަށް އިނެވެ.

“އާލާ.. ދޭ ވުޟޫކޮށްގެން ނަމާދުކުރަން އަންނަން..” ދާނިޔަލް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. އާލާ ހަމަ އަޅާވެސް ނުލިއެވެ. އަނެއްކާވެސް ދާނިޔަލް ތަކުރާރު ކޮށްލިއެވެ ޖަވާބެއް ނައެވެ. މިފަހަރު ދާނިޔަލްވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. މަޑުމަޑުން އާލާއާއި ވީ ފަޅިއަށް ފިޔަވަޅު އަޅަމުން ގޮސް އޭނާ ގާތުގައި ހުއްޓިލިއެވެ. އެޔަށްފަހު އާލާ އަތުން ފޯނު ޖަހައިގަތެވެ. ފޯނަށް ގެއްލިފައި އިން ވަރުން އާލައަށް އެކަމަށް ސަމާލު ނުވެވުނެވެ. ދެބުމަ މަގުލަސް ޖަހާލަމުން އާލާ ދާނިޔަލްއަށް ބަލައިލިއެވެ.

“ގެނޭ ފޯނު..” އާލާ އަމުރުކޮށްލިއެވެ. “ފުރަތަމަ ދޭ ވުޟޫކޮށްގެން ނަމާދުކުރަން އަންނަން.. ނަމާދުކުރީމަ ހަމަ އާލާ ބޭނުން އިރެއް ވާންދެން ފޯނާ ކުޅެން ވީ.. ހެޔޮ ފަތިސްވާންދެން އިނަސް.. އެކަމަކު މިވަގުތު އިހަށް ދޭ ނަމާދުކުރަން ރެޑީވެގެން އަންނަން..” ދާނިޔަލް ހިނިތުންވެލައިފައި ބުނެލިއެވެ. “ކިހިނެތް ވެގެންތަ ތި އުޅެނީ؟ އަހަރެން އެވަރަށް ކީމަ ދާނިޔަލްގެ ފޯނެއްވެސް ނުދެވުނު.. ދެން މިހާރު އަހަރެންގެ ފޯނު.. ހަމަ މިހާރު ގެނޭ..” ދާނިޔަލް އާއި ދިމާލަށް ރުޅި އައިސްފައި އާލާ ބުނެލިއެވެ.

ނަމަވެސް އެޔަކުން ދާނިޔަލްއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. “އަހަރެން ކުރާ ވައުދު ފުއްދަން.. ކުރިޔަށް އޮތްތާވެސް ފުއްދާނަން.. އިން ޝާ ﷲ.. އެހެން ވީމަ މިބުނީ އާލާ ކައިރީ ހަމަ ރީތިކޮށް ވުޟޫ ކޮށްގެން އައިސް އަހަންނާއި އެކީ ނަމާދުކުރީމަ ފޯނު ދޭނަން.. ދެން އެހާވަރު ކަމެއްވެސް ނޫނެއްނު އެއީ.. އެހެން ހުރިހާ ނަމާދެއް ކުރެވެންނާ މި ނަމާދުވެސް ކުރެވެން ވާނެއްނު.. ދޭ އަވަހަށް..” ހިތްހެޔޮ ރާގެއްގައި ވިސްނައިދޭ ފަދައަކުން ދާނިޔަލް ބުނެލިއެވެ. އާލާ ދެއަތް އުރާލުމަށްފަހު އޭނާގެ ގޮތުގައި ހިފަހައްޓައިގެން އިނީއެވެ.

“މާ ރަގަޅެއްނު.. ތިހެން ހަމަ ގިނައިރު އިން ވަރަކަށް އާލާގެ އަތަށް މި ފޯނު އަރާލެއްވެސް ލަސް ވާނެ.. އާލައަށް އިނގެޔެއްނު އަހަރެން އަތުން ފޯނު އަތުލަން އާލާ އުނދަގޫ ވާނެކަން..” ބުމަ އަރުވާލުމަށްފަހު އެއްލޯ މަރާލައިފައި ދާނިޔަލް ބުނެލިއެވެ. އާލާއަށް އެންމެ ފަހުން ޖެހުނީ ހަތިޔާރު ބަހައްޓައިފައި ދާށެވެ. ކަޅި އަޅާލުމަށްފަހު ބާރުބާރަށް ގޮސް އާލާ ފާޚާނާއަށް ވަނެވެ. ތަންވަޅު ބަލައިފައި ދާނިޔަލް އެ ފޯނު އާލާއަށް ނުފެންނާނޭހެން ކަބަޑެއް ތެރެއަށް ލިއެވެ.

ދާނިޔަލްއަށް ހީކުރެވިފައި އޮތީ މުޅިން ނުބައިކޮށެވެ. އާލާ ނަމާދުނުކުރާކަމެއް ދާނިޔަލްއަކަށް ނޭނގެއެވެ. އެހެން އޭނާ ބުނީވެސް އެކަން ނޭނގި ހުރެއެވެ. ފަނަރަ ވަރަކަށް މިނެޓަށްފަހު އާލާ ފާޚާނައިން ނިކުތެވެ. ޙަޤީގަތުގައި އޭނަ އެހާ ލަސްވީ ވުޟޫކުރަންވީ ގޮތް ހަނދާނުގައި ރަނގަޅަށް ނެތުމުންނެވެ. ކޮންމެ ފަހަރަކު އަލުން ވުޟޫކުރަން ފަށާއިރަށް ކޮންމެވެސް ހިސާބަކުން އޭނާއަށް އޮޅެއެވެ. ވަރަށް ޙާލުން އާލާއަށް އެންމެ ފަހުން ވުޟޫކޮށް ނިންމާލެވުނެވެ.

މުސައްލަ އާއި ނަމާދު ދޮޅި ހިފައިގެން އައިސް އާލާ މަޑުކޮށްލިއެވެ. ދާނިޔަލްވެސް ސޯފާއިން ތެދުވެގެން އައިސް އާލާއަށްވުރެ ތަންކޮޅެއް ކުރީގައި ހުއްޓިލިއެވެ. އެއަށްފަހު އިމާމްވެ ނަމާދުކުރަން ފެށިއެވެ. ދާނިޔަލް ނަމާދުކޮށް ނިންމުމަށްފަހު އާލާގާތަށް އައިސް އޭނާގެ ނިތްކުރީގައި ކަނާ އަތް އަޅައިފައި ދުޢާ ކުރަން ފެށުމާއެކު އާލާ އިނީ ދާނިޔަލް އެކުރާ ކަމެއް ނޭނގިފައި ސުވާލު މާކެއް ބޮލުގައި ޖަހައިގެންނެވެ.

“ކިހިނެތް ވީ؟” އާލާ ފާޑަކަށް ބަލަހައްޓައިގެން އިނުމުން ދާނިޔަލް ސުވާލުކޮށްލިއެވެ. “ނިތްކުރީގައި އަތް އަޅުވައިގެން ކީތް ތިކުރީ؟ އަހަރެންނަށް ކަމެއް ނުވޭ އަދި..” އާލާ މަޑުމަޑުން ސުވާލުކޮށްލިއެވެ. އެވަގުތު ދެން އިވިގެން ދިޔައީ ދާނިޔަލްގެ ލުއި ހުނުމުގެ އަޑެވެ. “މިއީ ކައިވެނިކޮށްފަ ދެމަފިރިންގެ ޖަމާޢަތުގައި ކުރާ ދެރަކްޢަތުގެ ނަމާދާއި އެޔަށްފަހު ފިރިމީހާ އަނބިމީހާގެ ނިތްކުރީގައި އަތް އަޅާފައި ކިޔާ ދުޢާ.. މިހާރު އޮޅުން ފިލައިފި؟” އާލާގެ މޫނަށް ބަލަހައްޓައިގެން އިނދެ ދާނިޔަލް ސުވާލުކޮށްލިއެވެ. އާލާ ސުވާލުކުރި އިރު އެ މޫނުމަތީގައިވި މައުސޫމްކަމުން ދާނިޔަލްގެ ހިތް އޭގެ މަގާމުން އުދުހިގެން ނުދިޔައީ ކިރިޔާއެވެ. ނަމަވެސް ހިތްވަރުކޮށްލައިފައި ނަފްސު ހަމަޔަކަށް އަޅުވާލިއެވެ.

އާލާ ނަމާދު ދޮޅިއާއި އެއްޗެހި ބޭލުމަށްފަހު އިންތަނުން ތެދުވެގެން ގޮސް އެނދުގައި ހަމަ ކުރިން އިންތާ އިށީނެވެ. “ދެން ގެނޭ ފޯނު..” އާލާ ތުން އޫކޮށްފައި ރުޅި މޫނު ހަދާލަމުން ބުނެލިއެވެ. ދާނިޔަލް އެއްވެސް ދެކޮޅު ހެދުމެއްނެތި އާލާގެ ފޯނު އެ އޮތްތަނުން ގެނެސް އަނބުރާ އޭނާއާއި ހަވާލުކުރިއެވެ.

“އަހަރެން މިތާތަ އޮންނަންވީ؟ އާލާ ބޭނުން ނޫނިއްޔާމު ސޯފާއަށް އަހަރެން ދާނަން..” މުޅި ކޮތަރިތެރޭގައި ވީ ހިމޭންކަން ނަގާލަމުން ދާނިޔަލް ވާހަކަ ދެއްކިއެވެ. އާލާއަށް ކަހައިރު ވަކު ދަނބެކޭވެސް ހީނުވެއެވެ. އަނގައިން ނުބުނިތާ އަތްފައިވެސް ގުޑުވާނުލިއެވެ. “އޯކޭ.. އާލާގެ ތި ހިމޭންކަމުން އަހަރެންނަށް ޖަވާބު ލިބިއްޖެ.. ޖަޒަކިއްލާހް ޚައިރަން..” ދާނިޔަލް އެހެން ބުނެފައި ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އެނދުގެ ކަނާތް ފަރާތުގައި އޮށޯތެވެ. އާލާ އިނީ އެނދުގެ ވައަތް ފަރާތުގައި ފަޑީގައި ލެނގިލައިގެންނެވެ. މިއީ ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ ވާހަކަ ދައްކަނީވެސް ކަމަކު އެދެން ވީމައެވެ. އޮށޯވެ އޮތް ދާނިޔަލްގެ ހިތުގައިވިއެވެ.

ދާނިޔަލް އެއްފަރާތަށް އޮތް އިރު ދެލޯ ހުޅުވާލައިގެން އޮތީ އޮވެ އޮވެ ފަސްވަރަކަށް މިނެޓު ވީއިރުވެސް ލޮލަށް ނިދި ސަވާރު ނުވުމުންނެވެ. މަޑުމަޑުން އެނދުން އާލާ ތެދުވާކަހަލަ އިޙުސާސެއް ކުރެވުމުން ދާނިޔަލް އަވަސް އަވަހަށް ލޯ މަރާލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާގެ މޫނުމަތީގައި އިސްތަށިތަކެއް ކޭއްތުނު ކަހަލަ އިޙުސާސެއްވެސް ދާނިޔަލްއަށް ކުރެވުނެވެ.

ދާނިޔަލް ނިދީހެން ހީވުމުން އިނދެ އިނދެފައި އާލާ ކުޑަކޮށް ދާނިޔަލް އާއި ގާތަށް ޖެހިލިއެވެ. އޭނާ އޮތީ އަނެއް ފަރާތަށް އެނބުރިގެން ކަމުން ނިދީތޯ ޔަގީން ކުރުމަށްޓަކައި ދާނިޔަލްގެ މޫނު ބަލައިލަން އުޅެޅިކޮށް އާލާގެ އިސްތަށިގަނޑުން ބައެއް ދާނިޔަލްގެ މޫނުގައި ކޭއްތުނެވެ. އަވަސް އަވަހަށް އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު އޭނާ އެނދުން ފައިބައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނާ ބަނޑުހައިވެގެން ހަލާކުވަނީ ވިއްޔާއެވެ. މިއޮށް ހުރިހާއިރު އެ އިނީވެސް ދާނިޔަލް ނިދުމުން ނޫނީ ނުކާށެވެ.

ނިދައިގެން ކަމަށް ހެދިގެން އޮތް ދާނިޔަލް އާލާ ކޮޓަރިން ނިކުތުމުން ތެދުވެ އެނދުގައި ހަމަޖެހިލިއެވެ. އާލާ މިކުރި ކަމަކީ މިއީތާއެވެ. އޭނާ ނިދުމުން ނޫނީ ނުކާންވެގެން އޭނާ އިނީކަން ދާނިޔަލްއަށް ދެނެގަނެވުނެވެ. ދާނިޔަލް ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލިއެވެ.

ކޮޓަރިން ނިކުތް އާލާ ކުޑަކޮށް ޖެހިލުންވިއެވެ. ރޭގަނޑުގެ އެވަގުތު މުޅި ސިޓިންގްރޫމަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. ހަނދުގެ ފަނޑު ފަނޑު އަލިފިޔަވާ އިތުރު އެއްވެސް އަލިކަމެއް ނުވާ ތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް އާލާ ކާބަޔަށް ވަދެ ބޮކި ޖައްސާލިއެވެ. އެހިނދު އެތަން އަލިވެގެން ދިޔުމުން ފުން ނޭވާއެއް އޭނާ ދޫކޮށްލިއެވެ.

މޭޒުމަތީގައި ހުރި ތަށިތައް ފެނި އާލާ އެ އެއްޗެހީގެ މަތި ނަގަމުން ދިޔައެވެ. އޭނާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔައީ ކާން ހުރީ އޭނާއަށް މީރު އެއްޗެހި ކަމުގައިވާތީއެވެ. ތައްޓެއް ހިފައިގެން އައިސް އާލާ ކާން ފެށިއެވެ.

“އެހެމް އެހެމް… ދަންވަރަށް ކެއީމަ ފަލަވާނެ..” އާލާ ކުރާކަމެއް ބަލަންވެގެން މަޑުމަޑުން ދޮރުހުޅުވާލައިފައި ހިންޏަކަށްވެސް ނޭނގޭނެހާ ސިއްރުން ދާނިޔަލް ކާބަޔަށް އައެވެ. އެއިރު ކާން އިން އާލާ ފެނި އޭނާ ހަށަންބަނދެލަމުން ފާރުގައި ލެނގިލިއެވެ. ދާނިޔަލް ވާހަކަ ދެއްކި އަޑަށް ކެއުމުގެ ފޯރީގައި އިން އާލާ އިސް އުފުލާލިއެވެ. ކުރެވުނު ކަންތައް އޭނާއަށް ރޭކާލީ ކަންނޭނގެއެވެ. އަވަސް އަވަހަށް އާލާ އިސްދަށަށް ޖަހާލިއެވެ.

“އަހަރެން ބުނީމަ ނުކާންތަ ތިހުރީ މިއޮށް ހުރިހާއިރު؟” އެތެރެއަށް އަންނަމުން ދާނިޔަލް ބުނެލިއެވެ. ނަމަވެސް އާލާ ވާހަކަ ދައްކާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އަވަސް އަވަހަށް ކާލައިގެން ސިންކު ދޮށަށް ދިޔައެވެ. އާލާއާއި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަން އިނގުމުން ދާނިޔަލް ވެސް ކޮޓަރިއަށް ދިޔައީއެވެ. “ފަލަވިޔަސް ހެޔޮ.. ނޫޅެން ދާނިޔަލް އާއެކީ ކާކަށް.. އޭ އަދި ކާކުތަ؟” އާލާ އެކަނިމާއެކަނި ހުރެގެން ދާނިޔަލްއަށް ކުދި ކިޔަމުން ދިޔައެވެ.

***

ކޮޓަރީގެ ކުޑަދޮރު ކައިރީ ހުރި މަނިކުގެ ނަޒަރު ހުއްޓިފައިވަނީ އުޑުގައި ރަސްކަން ކުރަމުން ދިޔަ ރީތި ހަނދަށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދަނީ ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަމެވެ. ދާނިޔަލް ފެނުނު ފަހުން އޭނާގެ ޙާލަކީ އެއީއެވެ. އެހެން ހުރެހުރެފައި ޖީބުން ފޯނު ނަގައި އެޔާއި ކުޅެން ފެށިއެވެ. “ހެލޯ.. މާދަން ބައްދަލު ކޮށްލެވިދާނެތަ؟ ވަރަށް މުހިއްމު ވާހަކައެއް ދައްކާލަންޖެހޭ އެބަ..” މަނިކު ފޯނު ކަންފަތާއި ދުރުކޮށްލި އިރު ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ.

“އަދި ހެވިލައިފަ އުފާވެރިކަން މަތީ އުޅޭ.. އެކަމަކު ދުވަސްކޮޅަކު ތިހެން އުޅެވޭނީ..” ނުލަފާ ހިނިގަނޑެއް ޖަހާލަމުން މަނިކު ބުނެލިއެވެ.

ފަތިހުގެ ތެތްފިނި ވަގުތެވެ. އާދައިގެ މަތިން ފަތިސް ނަމާދަށް ދިޔުމަށްޓަކައި އެލާމްވީ އަޑަށް ދާނިޔަލްއަށް ހޭލެވުނެވެ. ފޯނުގެ އެލާމް އޮފް ކޮށްލުމަށްފަހު ރަނގަޅަށް ލޯ ހުޅުވާލައި ބަލައިލި އިރު އޭނާގެ ކުރިމަތީގައި އަރާމުކޮށް ނިދާލައިފައި އޮތް އާލާ ފެނި ހިނިތުންވެލެވުނެވެ. ބާލީހެއްގައި ބައްދާލައިގެން އޮތް އިރު މައުސޫމްކަން ނޫނީ އެ މޫނުމަތިން ނުފެނެއެވެ. އެ ދޮންމޫނުގައި ބޮސްދޭން ކިތަންމެ ބޭނުން ވިޔަސް ދާނިޔަލްއަށް އެގޮތަށް ކަންތައް ކުރަން ފަސްޖެހެވުނީ ފަހުން އާލާ ރުޅިއައިސްދާނެ މިންވަރު ހިތަށް އަރައިފައެވެ.

ފެންވަރާ ތާޒާވެލުމަށްޓަކައި ދާނިޔަލް ފާޚާނާއަށް ވަނެވެ. އޭނާ ފެންވަރައިގެން ނިކުތް އިރުވެސް ފުން ނިދީގައި އާލާ އޮތެވެ. ތައްޔާރުވެ ނިމުމަށްފަހު ދާނިޔަލް އާލާއަށް ގޮވަން ދިޔައެވެ. ދެތިން ފަހަރަކު ގޮވުމުންވެސް އާލާ ކަހާތާ ހިރުވާވެސް ނުލިއެވެ. އެންމެ ފަހުން ދާނިޔަލް އޭނާގެ ކޮލުގައި ކުޑަކޮށް ޖަހާލިއެވެ. ކުޑަކޮށް ގުޑިލުމަށްފަހު ހޫން ލައްވާލައިފައި އާލާ އޭނާއާއި ކައިރީގައި އޮތް ބާލީހުގައި އިތުރަށް ބައްދާލިއެވެ. އާލާ އެއުޅެނީ ނިދީގައިކަން އިނގުމުން ދާނިޔަލް ސައިޑް ކަބަޑު މަތީ ހުރި ފެންޖަގާއި ދިމާލަށް އަތް ގެންދިޔައެވެ. އެޔަށްފަހު އަތަށް ފެންކޮޅެއް އަޅައިފައި އާލާގެ މޫނުގައި ހާކާލިއެވެ. އެވަގުތު ރުޅި އައިސްފައި ފުންމައިގެން އާލާ އެނދުން ތެދުވިއެވެ.

“މިހާރު ކީތްވީ؟ އެވަރަށް ރުޅި އަރުވައިފަ ހަމަ ހިތަށް ފިނިކަމެއް ނުލިބިގެންދޯ އަނެއްފަހަރު ތި ގޮވީ.. އާލް ނިދިޔަދީބަލަ.. ޕްލީޒް..” ނުރުހުންވެފައި އާލާ ބުނެލިއެވެ. “ނަމާދުކޮށްގެން އައިސް ނިދާލާ.. އިހަށް ދޭ ނަމާދުކުރަން.. ޕްލީޒް..” ދާނިޔަލްވެސް ފަހު ބަހަށް ދަމާލަމުން ބުނެލިއެވެ. އޭނާ ގާތަށް ހިނިވެސް އައެވެ. ދެން ފެންޖަގު އެ އިންތާ ބެހެއްޓުމަށްފަހު ދާނިޔަލް ކޮޓަރިން ނިކުމެގެން ދިޔައީއެވެ.

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ސޯފާގައި އިން ދާނިޔަލް އިނީ ޓީވީއިން އަންނަ ކޮންމެވެސް ޕްރޮގްރާމެއް ބަލާށެވެ. ކައިވެންޏާއި ގުޅިގެން ނެގި ޗުއްޓީގައި ހުރުމުން ހޮސްޕިޓަލަށް އޭނާވެސް އަދި އާލާވެސް ނުދެއެވެ. އޭނާގެ ސަމާލުކަން ފޯނަށް ހުއްޓުނީ އެ ރިންގްވާ އަޑު އިވުމުންނެވެ. “ހަލޯ ބޭބޭ..” ހިނިތުންވެލަމުން ދާނިޔަލް އަރީފްއާއި ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު ބޭބެ ނުކިޔާ ބައްޕަ ކިޔުމަށް އަރީފް ބުނެލިއެވެ. އަދި ހެނދުނުގެ ނާސްތާއަށް އެގެއަށް އައުމަށްބުނެ ކުޑަކޮށް ވާހަކަ ދައްކާލައިފައި ފޯނު ކަނޑާލިއެވެ. ދާނިޔަލް ގަޑިއަށް ނަޒަރު ހިންގާލީ ގަޑިން ވީވަރެއް ބަލައިލާށެވެ. އަށެއް ޖަހަން ގާތްވެފައި ވުމުން އެވާހަކަ އާލާ ގާތު ބުންންވެގެން ދިޔައީ އާލާ ތައްޔާރުވުމަށްޓަކައި ނަގާނީ ކިހާ ވަގުތެއްކަންވެސް ނޭނގޭތީއެވެ.

ދާނިޔަލް ހީކުރި ގޮތާ ޚިލާފަށް އާލާ އެނދުގައި ނިދައިފައެއް ނެތެވެ. ބެލްކަނީގައިވެސް ނެތުމުން އޭނާ ވާނީ ފާޚާނައިގައި ކަމަށްވާތީ ދާނިޔަލް ސޯފާގައި އިށީނެވެ. “ބައްޕަ ބުނި ސައިބޯން ދާށޭ އެގެއަށް.. ނުވައެއް ޖަހާއިރަށް ރެޑީވޭ..” ފާޚާނާއިން ނިކުތް އާލާ ފެނި ދާނިޔަލް ސުވާލުކޮށްލިއެވެ. އޭނާ ހުރިގޮތުން އެ ނިކުތީ ފެންވަރައިގެންކަން އިނގެއެވެ. މޫނުމަތިންވެސް ފެންނަނީ ތާޒާކަމެވެ. ހިނިތުންވެލުމަށްފަހު ދާނިޔަލް އޭނަގެ ފޯނަށް ނަޒަރު ހުއްޓާލިއެވެ.

ދެމީހުން ތައްޔާރުވެލައިގެން ކާރުގައި އަރީފްމެން ގެއަށް ދާން ނައްޓާލިއިރު ނުވައެއް ޖަހަން ބާކީ ހުރީ ފަސްމިނެޓެވެ. މުޅި ކާރުތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އާލާ އަނގައިން ނުބުނެ އިނީ ފޯނާއި ކުޅޭށެވެ. އެއީ ދާނިޔަލް ވާހަކަ ދައްކަފާނެތީ ބަހަނާއަކަށް ބޭނުންކުރި އުކުޅެއް ކަމަށްވެސް ވެދާނެއެވެ.

“ފައިބާ.. މިއޮށް އާދެވުނީ..” ގެއަށް އާދެވުނު އިރުވެސް އާލާއަށް ނޭނގުމުން ދާނިޔަލް ބުނެލިއެވެ. އެހިނދު އޭނައަށް ބަލައިލުމެއްވެސް ނެތި އާލާ ކާރުން ފޭބިއެވެ. އާލާގެ އެ ދުރުކަންފެނި ދާނިޔަލްގެ ހިތަށް ތަދުވިއެވެ. ނަމަވެސް އެއީ އަދި އާވުމުން ކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދެމުން ދާނިޔަލް ހަމަޖެހިލިއެވެ. ފުން ނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލުމަށްފަހު އޭނާވެސް ކާރުން ފޭބިއެވެ.

ހުދުކުލައިގެ ކަކުލާހަމައަށް އަރާ ގަމީސްޓޮޕާއި ފެހިކުލައިގެ ޝޯލްގެ އިތުރުން ނޫކުލައިގެ ސްކިނީގައި އާލާ ފެންނަލެއް ހިތްގައިމެވެ. ކަޅުކުލައިގެ ގަމީހާއި ނޫކުލައިގެ ފަޓުލޫނުގައި ހުރި ދާނިޔަލްވެސް ނުހަނު ފިރިހެންވަންތައެވެ. ދެމީހުން އެކުގައި ގޮސް ގެއަށް ވަދެގެން ދިޔައިރު ސޯފާގައި އަރީފްއާއި ޝަޒިއްޔާ ތިއްބެވެ. “އަނހަ.. ދަރިފުޅުމެން އައީދޯ؟” ފުޅާ ހިނިތުންވުމަކާއެކު އަރީފް އައިސް އެދެމީހުން ގާތު ހުއްޓުނެވެ. ޝަޒިއްޔާވެސް އައިސް އާލާ ގައިގައި ބައްދާލައި ލޯބިން ފިރުމާލިއެވެ. އެ ދެމައިން މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ދާނިޔަލްވެސް އެމީހުންނަށް ބަލައިލައިފައި ހިނިތުންވެލިއެވެ.

ހަތަރު މީހުން އެއްކޮށް ކާބަޔަށް މިސްރާބު ޖެހި އިރު އެންމެންވެސް ދިޔައީ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. ހިތްހަމަޖެހިލައިގެން ތިބެ އެންމެން ސަޔަށް އިންސާފުކުރަމުން ދިޔައެވެ.

ސައި ނިންމާލުމަށްފަހު އަރީފްއާއި ވާހަކަ ދައްކާލަން ދާނިޔަލް އިން އިރު އާލާ އިނީ ޝަޒިއްޔާ ގާތުގައެވެ. ޝަޒިއްޔާ އެކައްޗެކޭވެސް ބުނުމެއްނެތި އާލާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ވާހަކައިގެ ފޯރީގައި ތިބުމުން އަރީފްގެ އިތުރުން ދާނިޔަލްއަށްވެސް އެކަމެއް ފާހަގައެއް ނުވިއެވެ.

“މަންމާ ކިހިނެތް ވީތަ؟” ކޮޓަރިއަށް ވަތްގޮތަށް ޝަޒިއްޔާ ދޮރު ތަޅުލުމުންނާއި އޭނާ އާލާ ގޮވައިގެން އައި ގޮތުން އާލާ ސުވާލުކޮށްލިއެވެ. އެ ސުވާލަށް ޖަވާބުދިނުމެއްނެތި އާލާ ގޮވައިގެން ގޮސް ޝަޒިއްޔާ އެނދުގައި އިށީނދެލިއެވެ.

“ދަރިފުޅު މި ކައިވެންޏާއި މެދު ހިތްހަމަޖެހޭތަ؟” ކުއްލިޔަކަށް ޝަޒިއްޔާ ކުރި ސުވާލުން އާލާއަށް ލިބުނީ ސިހުމެކެވެ. ދެލޯ ބޮޑުވި އިރު މަންމަ އެ ސުވާލުކުރީ ކީއްވެބާވައޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. ލިބުނު ހައިރާންކަމާއި ސިހުމުގައި ބުނާނެ އެއްޗެއް ނޭނގިފައި އާލާއަށް އިނދެވުނީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 17

Next

ނޭދެން ވަކިވާކަށް (ދިހަވަނަބައި)

Next
October 13, 2018

ނޭދެން ވަކިވާކަށް (ދިހަވަނަބައި)

Previews
October 12, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 17

90 Comments!

  1. aish noor says:
    October 13, 2018 at 8:22 pm

    assalaamu a’laikum my dear readers.. 🙂 hurihaakudhinge haalu ahuvaalu kihineh? 🙂 al’hamdhulillaah miothee vaahakaige 28 vana bai up vefa.. ummeedhu kuran hurihaa kudhinnah ves kamudhaane kamah.. 🙂 kurinves bunihen, dhaaniyal ah ves abadhu dhera eh nulibeyne ingey kudhinney, in sha allah.. 🙂 hithaamayakah fahu ufaaverikan anna usoolun in sha allah dhaaniyal ah ves adhi ufaaverikan libeyne kamah balamaa.. baeh kudhinge shakuvaa akah ekan vaathyve samaalukamahtakaa mi dhannavaalee.. hehe.. 🙂 hurihaakudhin noor ah thi dhey support ah vrh bodah shukuriyyaa.. jazakumullah khairan and LY all.. 🙂 <3<3<3

  2. Anonymous says:
    October 13, 2018 at 8:24 pm

    wow new part

    1. aish noor says:
      October 13, 2018 at 8:32 pm

      jazakillah khairan dear.. hehe.. 29 vana bai maadhamaa up kohleveytho masahkaiyy kuraanan.. ekamaku noor bxy nooniyyaamu vaanee.. 🙂 inthizaaru kohlamaa dhw? 🙂

    2. Anonymous says:
      October 13, 2018 at 8:43 pm

      hehe noor dear heekury new part kon irakuthw ahaafa in kamah dhw? actually new part upload vehfa inthw balan vehgen load kohli irah new part eh up vehfa inyma ufalun new part upload vehfa in vaahaka aslu bunehfa ehury.
      wow mi part ves v reethi Masha Allah. maadhan upload vaane vaahaka maakurin bunyma dhe maadhan iru iru kolhun balaaleveyne upload vehfa in thw vaahaka kiyaahithun.

    3. Anonymous says:
      October 13, 2018 at 8:45 pm

      mi mifaharuves first dhw. 27 vana part a ves libunu first mifaharuves yeah

    4. aish noor says:
      October 13, 2018 at 8:46 pm

      ahaha.. ehn vanee dhw? 🙂 maadhamaa seedhaa up vaaneyekey noor nubuamennu dear? noor mibunee noor ah vegen vaanama maadhamaa up kohleveytho try kuraanamey.. in sha allah.. 🙂 dhn balamaa dhw.. 🙂 jazakillah khairan dear.. vrh vrh vrh ufaavehje.. 🙂

  3. riya says:
    October 13, 2018 at 8:31 pm

    thank you sis hama inthizaaruga hutta. masha allah mi baives varah furihama

    1. aish noor says:
      October 13, 2018 at 8:33 pm

      ehentha dear? marhabaa riya.. 🙂 jazakillah khairan.. vrh ufaavehje riya ah mi part kamudhiyaeema.. 🙂

  4. Someone? says:
    October 13, 2018 at 8:38 pm

    Ma Sha Allah?
    Varah inthizaaru kurevijje mi part ah. Finally up veema vrh ufaa vehjje ?
    Someone ge haalu rangalhu alhamdhulillah. Noor sis ge haalu kihinetha. Hurihaa kameh rangalhutha. Studies kihineh dhanee. I hope everything is going fine?
    Alhey aalaa and dhaan haadha loabi eyy. I can imagine e dhemeehun ulheyne goiy. Aalaaa thun dhamaafa rulhi aissa innairu dhaan hevilaafa aalaa hehvan? alhey varah happy vey dhen dhaan ulhey gothun. Someone abadhues bunaahen beynuvanee dhaan kahala husband eh in sha allah.?
    Manik anehka kaaku ahbaa ehaa varakah gulhanee mi. Please dhen understand veba dhw. Dhaan ah dhera kameh nukurahchey please. Eyrah someone ge heart break vaane?
    Shaziyya ehen eheema aalaa bunaanee anehka keekey baa. Kihineh vaan tha miulhenee anehkaa. Alheyy caan’t wait. Very curious. Noor sis ah up kureveyha avahah up kohdhehchey. Will wait patiently.☺ Ly?
    Noor sis thikuraa masahkathuga maaiy allah barakaaiy lahvaashi. Aameen?

  5. Someone? says:
    October 13, 2018 at 8:41 pm

    And yes. We all know adhi adi gandakau fahu usgandeh annaane kan. Ekam dhaan akee ehaa rangalhu meehakah vefa dhaan ehaa dhera vaathee hama shakuvaa kurevenee ey. Ekam i also know gina imthihaan thah kurimathe vaane kan. And e hurihaa imthihaan akah othee keh kurun kan. And ma sha allah, dhaan varah keh gadha. Dhaan akee hama best. Dhen ehnve aslu shakuvaa kurevenee. Ingey aslu shakuvaa kuraakah nuwaane kan ves. Dhen ekamves dhera vanee???

    1. aish noor says:
      October 13, 2018 at 8:53 pm

      jazakillah khairan dear.. 🙂 al’hamdhulillaah yes up vehje.. 🙂 ehentha dear? al’hamdhulillaah noor ves hama baraabaru.. 🙂 studies ves hurihaa kameh ves al’hamdhulillaah hama great.. dear ge studies aa hurihaa kameh baraabarutha? 🙂
      ahahaha.. awww.. in sha allah.. 🙂 hehehe.. dear ge thi hurihaa suvaalakah adhi javaabu libeyne ingey.. balamaa dhw dhn vaagotheh.. 🙂 alhey.. dear ehaa dhera nuvahchey ngey.. 🙂 in sha allah, hama try kuraanan ingey dear.. 🙂 aw.. maaiyy allah thibaa ge faafa fussavaa thibaa ah ves heyo rahmaiyy lavvaashi.. aameen.. jazakillah khairan & baarakallah feeki.. 🙂
      vrh ufaavehje dear thihaa rangalhah visnaaleema.. 🙂 it’s ok ingey.. ehn meehunnaa medhu thimaa ge hithuga hamdharudhee aa hiyyheyokan onnangnaa ehn ves vaane.. 🙂

    2. Someone? says:
      October 13, 2018 at 9:13 pm

      Someone ge ves studies and hurihaa kamehves hama rangalhah dhanee alhamdhulillah. And yes noor sis ves thibunee rangalhu vaahaka eh. Dhera van beynun nuwiyas dhera vevenee. Dhen dhera vun eii massala eh nuun kamah someone dhekenee. Shakuvaa kuran nuwaane ey mibunanee. Dhen ekam shakuvaa ves kurevenee baeh faharu. Ekam dhen maaiy allah minvaru kurehvi kameh kamah gaboolve eii imthihaaneh kamah dhekigen kehtherivun eii oiy gothakee dhw.?

    3. aish noor says:
      October 13, 2018 at 10:38 pm

      ehen dhw? 🙂 aee ehves massala eh noonennu.. insaanee thabeeathuga lavvavaafaivaa sifa eh aee.. dhw? 🙂 aan yess.. keiyytheri vaan vaane.. maaiyy allah vodigen vanee ves keiyytherynnaa ekuga dhw.. 🙂

  6. Twinkle? says:
    October 13, 2018 at 8:44 pm

    OMG???masha allah…noor dear haadha molhey vaahaka liyan… wow ?????mi part vs vvvvv rythi… kykey baa aal bunaany dhww… really curious❤❤❤

    1. aish noor says:
      October 13, 2018 at 8:54 pm

      hehe.. jazakillah khairan dear.. 🙂 asluvestha? vrh ufaavehje dear thihen bunelyma.. 🙂 keekey baa dhw bunaanee? alhe dear visnaalabala mifaharu.. 🙂

  7. Shafaq says:
    October 13, 2018 at 8:46 pm

    Konirakutha next part.. mivaahaka reethikamun ekkoh kiyaalaahiyy vanee.. vv reethi story keep it up noor.. ??????

    1. aish noor says:
      October 13, 2018 at 8:55 pm

      maadhamaa free vehjiyyaamu maadhamaa, in sha allah.. 🙂 hehehe.. ehentha dear? vrh ufaavehje dear ah mi vaahaka kamudhaathee.. jazakillah khairan shafaq.. 🙂

  8. Lotus says:
    October 13, 2018 at 9:01 pm

    Kikiki.. this Aalaa is acting like a small kid??? but I wonder wat ans she will give to her mom.. n who was the one who talks to Manik in the party n today on the phone.. was is shaziyya???
    Curiously waiting for the nxt part.. keep it up dear ???

    1. Anonymous says:
      October 13, 2018 at 9:10 pm

      Asluves… Heevany nubai reyvumeh raavan miulheny Manik ai eku Shaziyyahen dho? Party thereinnaa fonunves Manik vaahaka dhehky Shaziyyaa aihen varah heevey! Alhey eyrun anehkaaves . . .

    2. aish noor says:
      October 13, 2018 at 10:41 pm

      hehehe.. 🙂 balamaa dhw.. dear alhe vrh visnaalabala aalaa bunedhaane ehchakaa medhu. hehe.. 🙂 kaakubaa dhw aee? hingaa dhw aee kaakukan balailamaa.. eka kuriyah huri part thah kiyaalumah fahu.. heheheh.. 🙂 jazakillah hairan lotus dear.. 🙂 lotus and anonymous dear ge hurihaa heekurunthakaa suvaaluthakah kuriyah huri part thakun javaabu libigen dhaane kamah noor mi balanee.. in sha allah.. 🙂

  9. Nivy says:
    October 13, 2018 at 9:17 pm

    ohh but still next part ah mihaarusureh inthizaaruga. vaahaka feshigen ai iru noor dear vaahaka upload kohfa comment ga eh part ahkun libihdhey ibrayytheri vaahakathah point out kohfa bunehdhyfa ehkankamah baaru alhaa comment eh kureynu. i really like that concept. eh hurihaa comment ehves kiyan. aslu ehgothah eh comment genesdheythyve v encourage vey. ehkam mihaaru v nufeney eyge comment eh. comment ehga vakin bune nudhinas vaahaka in angadheyn beynunvaa kankan ehgey v ragalhah. ehkam dear comment ga vakin genesdheyiruga detail koh ehkankan bunehdheythyve kanneyge i really like such comments.
    comment v dhigu vehjje dhw

    1. aish noor says:
      October 18, 2018 at 7:03 pm

      🙂 ebai dhw.. first of all mi comment ah reply nukurevunyma sorry ingey dear.. ehn comment thah publish v iru mi comment nnoor ah nufenunyma aslu mihen v.. 🙂 ehentha? vrh ufaavehje dear ah egoiyy kamudhaathyve.. 🙂 aslu aee noor ah vaguthu nuvaathyve aa ehkoh nuliyeveny ingey dear.. kuriyah oiyy thaa ebai genesdheveytho noor masahkaiyy kureveytho mi balanee, in sha allah.. 🙂 vrh ufaavehje hageegathugaves.. jazakillah khairan dear.. 🙂 aee kameh noon.. hehe.. 🙂

  10. Zoya says:
    October 13, 2018 at 9:22 pm

    Abadhuvx emme interesting hisaabun noor vaahaka nimmaalany ??.

    1. aish noor says:
      October 13, 2018 at 10:43 pm

      alhey.. sorry ingey dear.. 🙁 ekam ves dear ah hama bunelan beynun vanee jazakillah khairan.. ehaa shauquverikamaaeku mi part kiyaaleethyve vrh vrh vrh bodah shukuriyyaa ingey dear.. 🙂 evarah nurohchey ingey.. 🙂

  11. rish says:
    October 13, 2018 at 9:26 pm

    Mee haadha ibrahtheri vaahka readers ah genesdhey liyun theriekey dhw.. vaki story eh noon.. hama khonme story ehves ehaame ibrahtheri… noor ge story thah kiyaalyma hithah hama jehumeh libigen dhany.. dheenuge kankamah v haahsa iskameh dhygen noor story liyaakan faahaga kurevey.. khonme story ehves hama kiyaahithun indhe ehenve kiyaalevey

    1. aish noor says:
      October 13, 2018 at 10:46 pm

      vrh ufaavehje dear ge comment kiyaalaafa.. hama asluga ves noor vrh ufaavefa mihury.. jazakillah khairan dear. 🙂 dear thi buneli konme bahaky noor adhives ithurah mi dhaairaa in kuriyah haan libunu hiyyvareh.. adhi noor ge amilla nafsu mihaarah vure ves rangalhu koh vaahakaiga ves noor ah hedhey mistakes thah rangalhu kuran libunu ithuru baareh.. 🙂 jazakillah khairan dear.. hageegathugaves vrh vrh vrh vrh vrh ufaaavehje.. 🙂 baarakallah feeki.. 🙂 maaiyy allah thibaa ge faafa fuhsavaa thibaa ah heyo rahmaiyy lavvaashi.. 🙂

  12. Aisha says:
    October 13, 2018 at 9:32 pm

    Mashaa Alaah! V reethi mivaruge reethi vaahaka e misite adi nukiayan..I am your fan??? thi gothugaa kuria daathi abaduves hivaraa aku thigothugaa kuriafaathi iraadakuraviyaa thi raaje ge gunaalevy varuge liyun thariaka vaane…???

    1. aish noor says:
      October 13, 2018 at 10:48 pm

      jazakillah khairan dear.. 🙂 ehentha? subhaanallah.. vrh ufaavehje noor.. 🙂 aww. ehentha aisha dear? then i am your fan too.. hehe.. noor aky mee noor ge hurihaa readers ge ves fan ekey.. thi in konme kuhjaku noor ah dhey support aky noor kuriyah dhiyumah libey vrh bodu hiyyvareh.. al’hamdhulillaah.. 🙂 noor ah v varakun masahkaiyy kuraanan, in sha allah.. 🙂 vrh vrh vrh ufaavehje dear ge comment kiyaalaafa.. jazakillah khairan dear.. 🙂

  13. kokko says:
    October 13, 2018 at 9:59 pm

    Haadha kurey

    1. aish noor says:
      October 13, 2018 at 10:51 pm

      vrh bodah sorry ingey ekamahtakaa.. ekam noor ah mirey hama v varu miee.. about 6 or 7 pages miee.. dhn hama kiriyaa 2000 words hama nuve iny.. 🙂 dhn part eh miah vure dhigu kohleveytho try kohlaanan ingey kokko, in sha allah.. 🙂 jazakillah khairan dear.. 🙂

  14. ? says:
    October 13, 2018 at 10:00 pm

    Story vr vr reethi …waiting for the nxt part❤️?

    1. aish noor says:
      October 18, 2018 at 7:04 pm

      jazakillah khairan dear.. 🙂 vrh ufaavehje.. 🙂

  15. Shaya says:
    October 13, 2018 at 10:05 pm

    Wow..????

    1. aish noor says:
      October 13, 2018 at 10:52 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂

  16. Kokee says:
    October 13, 2018 at 10:16 pm

    maasha allah..vrh vrh vrh habeys mi part..aalaa dheynii kon ans eh baa???i think yess..aalaa like dhaan ehnu??so it will be yess…hehe guess eh ingey…anyway sis try kohlachey next part maadhama up kohlevey tho…waiting..ly sis alot

    1. aish noor says:
      October 13, 2018 at 10:55 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje kokee ah mi part kamudhiyaeema.. 🙂 ahaha.. 29th part kiyaaleema in sha allah dear ge suvaalah javaabu libigen dhaane kamah noor mi ummeedhu kuranee.. 🙂 in sha allah, i’ll try.. okay? 🙂 awww.. <3<3<3<3<3

  17. ❤️❤️ says:
    October 13, 2018 at 10:56 pm

    Hello dear Noor…I adhi mi stry kiyan feshy miyadhu…ad this is amazing…vrh vrh loabi stry eh…Noor sis ge thi stry in vrh encourage vey…I really appreciate your work….nd u ge mi dhe stry in vex I ah vrh asrukurey..I mean dheenaa dhemedhu miyahvure bodhah samaalukan dheyn jeheykan visney…. thanks so much mikahaka nic stry eh gennes dheythy…????noor sis ge favourite colour ahky grey tha…b-cox in every part I think there is something related to that colour…. well-done Noor sis?????u r so talented…nd mi stry kiyaafa parents ahky kihaa important bayehkanvex igihje bayehfaharu parents r medhu vex kankamuga hiyyhamavex nujehey bt nw I know…..so thank you so much….????when is next part dear…lysm ??????❤️❤️❤️??????

    1. aish noor says:
      October 18, 2018 at 7:13 pm

      hello dear.. 🙂 ehentha? jazakillah khairan dear.. 🙂 vrh ufaavehje dear thihen bunelyma.. 🙂 ehentha dear? maa sha allah.. vrh vrh vrh ufaavehje.. al’hamdhulillaah.. 🙂 marhabaa dear.. 🙂 hehe.. nooney dear.. aee asluga boys v ma noor ah ekudhinnah kamudhaanehen heevi kula hama.. mibuny boys ge rooms kahala than thanun aammukoh ekahala kula fennaathyve.. hehe.. noor aa gulhumeh ovegen noon.. eka noor ah ves aee hadi kula ekey nubuneveyne.. 🙂 jazakillah khairan dear.. 🙂 vrh ufaavehje dear thihen bunelyma.. 🙂 ehentha? maa sha allah & al’hamdhulillaah.. 🙂 yeah.. aharemennakee insaanunah v thee kuh ves kureveyne.. ekushah thauba vaan vaanee.. 🙂 marhabaa dear.. 🙂 ekam hageegathuga dear mi haalathuga vaanee allah ah hamdhu kohlan.. noor handhaan kohla dhiny my.. comment ga nethas hama dear allah ah hamdhukohfaanennu dhw? 🙂 ehn kudhinnah ves handhaan kohla dheynshaa eky noor mi buneladhiny aslu.. 🙂 maaiyy allah dear ah heyo visnun dhevvy dhw? ehn v ma.. allah mathin abadhuves handhuma kuran vaane ingey.. kaamiyaabu libeynee eyrun.. 🙂 allah dear ah heyo visnun dhevvi kamahtakaa hamdhu kuran.. al’hamdhulillaah.. 🙂 innaane up vefa ingey.. avahah kiyaalaa.. 🙂 awww.. <3<3<3<3<3

  18. Ibsha says:
    October 13, 2018 at 11:23 pm

    Varah loabi

    1. aish noor says:
      October 13, 2018 at 11:26 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje.. 🙂

  19. Livee says:
    October 14, 2018 at 4:28 am

    I think ehkalarey manik aa party in vaahaka dhehky shaziyya kanneynge
    Varah reethi ingey thanks noor
    Luv u lots

    1. aish noor says:
      October 18, 2018 at 7:14 pm

      balamaa dhw.. hehehe.. 🙂 jazakillah khairan dear… vrh ufaavehje dear ah mi part kamudhiyaeema.. 🙂 marhabaa dear.. aww.. <3<3<3<3<3

  20. Nunnu says:
    October 14, 2018 at 7:29 am

    Shaziyya and manik aala lahvai dhaniyal ah landu dheyn ulhefiyya yo

    1. aish noor says:
      October 18, 2018 at 7:15 pm

      hehehe.. balamaa dhw dhn vaagotheh.. ingidhaanethaa.. 🙂 jazakillah khairan dear.. 🙂

  21. ❤️❤️ says:
    October 14, 2018 at 8:31 am

    Don’t worry nunnu …aala will fall love to dhaan

  22. ❤️❤️ says:
    October 14, 2018 at 8:31 am

    Don’t worry nunnu …aala will fall love to dhaan

  23. ❤️❤️ says:
    October 14, 2018 at 8:34 am

    This stry is amazing…I adhi ihya mi stry kiyan feshy…its just amazing…dhn dhaan ah dhera gotheh nuhadhaathi…Noor dear is ur favourite colour is grey..Cox in ever part there is something related to that colour….whn is next part

    1. aish noor says:
      October 19, 2018 at 7:21 am

      hehe.. balamaa dhn vaagotheh dhw dear? 🙂 ehentha dear? vrh ufaavehje.. 🙂 hehehe.. nooney dear.. aee hama boys aa gulhuvaalan vegen noor ah fenunu emme kamudhaa kula.. noor ge favorite kula ah vegeneh noon.. hehe.. ekam noor ah ves hama reethi kulaeh grey akee.. 🙂 up vefa iny mihaaru.. 🙂

  24. Blue? says:
    October 14, 2018 at 9:16 am

    Vaahakaige namaai vaahaka aii gulhumeh nei!

    1. Someone? says:
      October 14, 2018 at 9:48 pm

      Dear. Adhi nimey hisaabun ingeyne ey gulhun oiy kan. Noor sis ge konme story akuves hunnanee egothah. Adhi kiriyaa story ge aslu part feshunee mi. Dhen ingeyne adhi dear ah In Sha Allah?

    2. aish noor says:
      October 19, 2018 at 7:22 am

      adhi kuriyah oiyythaa namaa vaahaka aa oiyy gulhun ingigendhaane ingey dear, in sha allah.. 🙂 e thedheh someone ebuny.. 🙂

  25. Kiyara says:
    October 14, 2018 at 10:02 am

    Masha Allah. Mi bai ves varah furihama. Maai Allah noor ge masakkathugai barakaai lahvvashieve. Ameen.

    1. aish noor says:
      October 19, 2018 at 7:25 am

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi bai kamudhiyaeema.. 🙂 maaiyy allah thibaa ge faafa fuhsavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂 dear thiee ‘raasthaa’ ge author kiyara tha? ehn vehje nama vrh ufaavehje anehkaa alun dear aa meet v ma.. ehn kuhjakah v namaves vrh ufaavehje dear thi dhin support ah.. jazakillah khairan dear.. 🙂

  26. Aalaa&Dhaan says:
    October 14, 2018 at 10:03 am

    Plsssss dont separate us noor. Make us realise we love each other. Plssss sis. We dont wanna separate. Plssss

  27. Yoosh says:
    October 14, 2018 at 2:44 pm

    V reethi noor is best writers igey hama ahsaribahaa Saabas. V vkiyaahithun meenee mihaaru kehmaduvefaa next part….. The ???

    1. aish noor says:
      October 19, 2018 at 7:27 am

      jazakillah khairan dear.. ehentha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 eheheh.. avahah kiyaalaa ingey 29th part.. up vefa innaanee mihaaru.. 🙂

  28. someone says:
    October 14, 2018 at 8:47 pm

    vvvvvvvvvvv nice. whn next part.

    1. aish noor says:
      October 19, 2018 at 7:29 am

      jazakillah khairan dear.. 🙂 ebai up vefa iny mihaaru.. 🙂

  29. Shafaq says:
    October 15, 2018 at 1:05 pm

    Nooorooo dhen vaahaka up kohdheeba dearrr…plsss… hama kiyaahiyy vanee..?

    1. aish noor says:
      October 19, 2018 at 7:30 am

      up vefa innaanee mihaaru ingey dear.. jazakillah khairan dear. 🙂

  30. Anonymous says:
    October 15, 2018 at 1:58 pm

    Dhn nei kehkureveykah?

    1. aish noor says:
      October 19, 2018 at 7:31 am

      vrh bodah sorry ingey dear.. ebai las v ma.. 🙁

  31. Waiting says:
    October 15, 2018 at 2:20 pm

    When is the nxt part. Please upload soon

    1. aish noor says:
      October 19, 2018 at 7:32 am

      up vefa innaanee mihaaru.. 🙂 vrh bodah sorry ingey las v ma.. 🙁

  32. Anonymous says:
    October 15, 2018 at 6:03 pm

    Alhey kobaatha Noor sis… vaahaka up veytho belunu adhadhuves neyge miharu☹️ Dhen avas koh bala sis… pleeeaaase…

    1. aish noor says:
      October 19, 2018 at 7:38 am

      vrh vrh vrh bodah sorry ebai las v ma.. ingey dear.. 🙁

  33. Nunnu says:
    October 15, 2018 at 10:20 pm

    Alheyyyy waiting

    1. aish noor says:
      October 19, 2018 at 7:39 am

      up vefa innaanee mihaaru, ingey dear.. 🙂

  34. Xid says:
    October 15, 2018 at 11:06 pm

    Waiting waiting waiting waiting waiting……???

    1. aish noor says:
      October 19, 2018 at 7:39 am

      ebai mihaaru innaanee up vefa ingey dear.. 🙂

  35. Livee says:
    October 16, 2018 at 4:05 pm

    Dear we are wairing impatiently pls upload soon

    1. aish noor says:
      October 19, 2018 at 7:40 am

      vrh bodah sorry ebai las kurevunyma ingey.. ekam mihaaru innaane up vefa.. 🙂

  36. Anonymous says:
    October 16, 2018 at 5:19 pm

    Alhey adhis up nuvany thr

    1. aish noor says:
      October 19, 2018 at 7:41 am

      mihaaru up vefa.. 🙂

  37. Ibsha says:
    October 16, 2018 at 6:03 pm

    Noor kba 29

    1. aish noor says:
      October 19, 2018 at 7:42 am

      up vefa.. 🙂

  38. Shana says:
    October 16, 2018 at 7:48 pm

    Haadha lahey up vaaleh ??..
    Mihaaru up veythw velunu adhadhehvx ?..

  39. Shana says:
    October 16, 2018 at 7:49 pm

    Belunu adhadhehvx neyge*

    1. aish noor says:
      October 19, 2018 at 7:43 am

      vrh bodah sorry dear… aee hama noor bxy v ma aslu up nukurevuny.. mihaaru ekam up vefa.. 🙂

  40. sis says:
    October 16, 2018 at 8:49 pm

    vaahaka husvee

    1. aish noor says:
      October 19, 2018 at 7:44 am

      allah iraadhakurevvythy nooney dear.. 🙂 vaahaka husvyky noon.. ekamaku noor ah vaguthu nethyma ehnve hama publish nukurevuny.. 🙂 ekam mihaaru innaane.. 🙂

  41. ❤❤ says:
    October 16, 2018 at 9:15 pm

    Readers emme foohi vaa kamaky lahun up vun..eh dhuvas ok ekam ehaa gina dhuvas nagnyaa readers v foohi vaane stry kiyan…mi vaahaka v rythi….up vaaleh lahy….

    1. aish noor says:
      October 19, 2018 at 7:46 am

      yess.. noor ah ekan ves ingey.. ekamaku mi haalathuga noor ah kureveyne kameh nethyma ehn v.. vaguthu nethyma.. 🙁 aslu miee faseyha kameh hen heeviyas vrh undhagoo kamekey dear.. proof read kuran ekani ves ethah vaguteh dhey.. 🙂 jazakillah khairan dear.. 🙂 ekamahtakaa sorry.. ekamaku noor ah v varakun vaguthu hoadhaign mihaaruves up kuramun midhanee.. 🙂

  42. aisha says:
    October 16, 2018 at 9:50 pm

    @Shana dhw me too.vr ginain eba beley up veytho..noor missing the story?avahah up kollaba plxx

    1. aish noor says:
      October 19, 2018 at 7:48 am

      vrh bodah sorry ingey dear.. 🙁 ekam mihaau up vefa innaanee ingey dear.. 🙂

  43. ❤️❤️ says:
    October 16, 2018 at 10:02 pm

    Don’t comment on others name I first comment on with ❤️❤️ this …so u comment on some other name…ehn nuuny writer ah vex confuse vaane…kyhve tha comment kuriyas published nuvany…

  44. Rifu says:
    October 16, 2018 at 11:26 pm

    When next part?????

    1. aish noor says:
      October 19, 2018 at 7:48 am

      up vefa.. 🙂 jazakillah khairan dear.. 🙂

  45. ❤❤❤❤ says:
    October 17, 2018 at 3:52 pm

    Varah reethi

    1. aish noor says:
      October 19, 2018 at 7:49 am

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

Comments are closed.

Next Episodeދުޢާ 29←


All Right Reserved!