Skip to content
އެސްފިޔަ

ކާމިޔާބު3

މަގު ހިނގާ މީހުންގެ ތެރެއިން މަދުބަޔަކު ފިޔަވައި ކޮންމެ މީހަކުވެސް އަހަންނަށް ބަލަނީ ދުޝްމިނަކާ ދިމާއަށް ބަލާނެފަދަ ރުޅިވެރި ނަޒަރަކުންނެވެ.އެމީހުންގެ ނަޒަރުތައް އަމާޒުވެފައިވަނީ އަހަރެން ނިވާވެގެންހުރި ޖިލްބާބް ހެދުމާއި މޫނުނިވާކޮށްފައިވާ ފޮތިކޮޅަށްކަން ޔަޤީނެވެ.މަގުމަތިންދާ ކުޑަކުދިންނަށް އަހަރެން ދައްކާ އެކުދިންނަށް އަހަރެންމީ ބިރުވެރި އެއްޗެއް ކަމުގައި ސިފަކޮށްދީ ބިރުގަންނަވާ ހަދައެވެ.ތަނަކަށް މައުލޫމާތެއް ސާފުކޮށްލަން  ދިޔަޔަސް ގިނަ ތަންތަނުން އަހަންނާ ދޭތެރޭ ފަރުވާކުޑަކުރެއެވެ.ހިނިތުންވުމެއް ހަދިޔާ  ނުކޮށްލާތާ ރުހުމުގެ ލޮލަކުން ބަލާވެސް ނުލައެވެ.”އަހަރެންގެ ކުށަކީ ކޮބާ ބާވައެވެ؟އަހަރެމެންފަދަ އުޚްތުން މުޖުތަމައުއިން ބަލައިނުގަނެ އެކަހެރި ކުރުމުގެ ހައްގަކީ ކޮބާ ބާވައެވެ؟އިންސާފާއި ހަމަހަމަ ކަމަކީ މިއީބާވައެވެ؟” މިއީ  ހައްތާހާވެސް އަހަރެންގެ ހިތުގެ ޝަކުވާއެވެ. ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ވޭނުން ފުރިގެންވާ ސުވާލުތަކެވެ.މިކަންކަމާ ހިތްދަތިވެ މާޔޫސްވިއަސް އަހަރެންގެ އީމާންތެރިކަން ބަލިކަށި ވިއަކަނުދެމެވެ.ބަދަލުގައި އަހަރެންބެލީ ދީނުގައި ވަރުގަދަކަމާއެކު ފައިތިލަ ސާބިތުކުރެވޭތޯއެވެ.

ނަމާދަކީ އަހަރެންގެ އެކުވެރިއާ ކަމަށާއި ކީރިތި ޤުރުޢާނަކީ އަހަރެންގެ ހިތުގެ ހަމަޖެހުންކަމުގައި ދެކިގެން އަހަރެންގެ ދިރިއުޅުން ހެޔޮގޮތުގައި ހޭދަކުރަމުން އައީމެވެ.ﷲގެ އިރާދަފުޅުން ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަންނަށް ތުއްތުކުދިންނަށް ޤުރުޢާން ކިޔަވައިދޭ ކުލާހަކުން ޤުރުޢާން މުދައްރިސެއްގެ ޖާގަ ލިބުނެވެ.ލިބޭ އުޖޫރަ ކުޑަވިއަސް އަހަރެން އެވަޒީފާ އުފަލާއެކު ބަލައިގަތީމެވެ.

Comments (2)

  1. None

    Vrh reethi

  2. Zeish

    salhi

Comments are closed.