ކުޑަ ކުއްޖާ މި ވާހަކައަކީ ހަގީގީ ޚާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔާ ޚިޔާލީ ވަހަކައެކެވެ. އެހެންކަމުން ވާހަކައިގައި ބޭނުންކުރެވިފައި ވާނީ އަސްލު ނަންތަކެއް ނޫނެވެ. ______________________________________________________________________________ އަހަރުތަކަކަށް ފަހު ރަށަށް އާދެވޭތީ އަލީމް ހުރީ ވަރަށްވެސް ހިތްހަމަ ޖެހިފައެވެ. ލޯބިވާ މަންމައާއި ބައްޕަ އަދި ކޮއްކޮ ދެކިލާހިތުން ކެތްމަދުވެފައި އަލީމު އިނެވެ. އޭރު އެއަރޕޯޓު ފެރީ ރަށާއި ގާތް ކުރަނީ އެވެ. މިވީ ދިހަ އަހަރު ދުވަސްތެރޭ ރަށަށް އައިސްފައިވާ ބަދަލުތަކާއި ތަރައްޤީ ފެނި […]
ގޭ ކުރިމަތީގައި ހުރި ނިޝާ ފެނުމުން ޝިޒޫ ދުއްވައިގަތެވެ. އަދި ގޮސް ބައްދައި ގަތެވެ. ނިޝާއަށް ހަމަ ހޭވެރިވީ ދެނެވެ. “ދޮންތާ! އެހެރީ ކޮން ބޯއީއެއް؟” އަތުގެ އިޝާރާތުން ނިޝާ ދައްކާލިއެވެ. އެއީ ޒީޝަންގެ ކޮއްކޮގެ ދައްތަގެ ފިރިމީހާގެ ކޮއްކޮ” ޝިޒޫ އެހެން ބުނުމަށް ފަހު ނިޝާ ގޮވައިގެން ގެއަށް ވަނެވެ. ގޭތެރެއަށް ވަދުމަށް ފަހުގަވެސް ނިޝާ އަށް ވިސްނެމުންދަނީ އެޒުވާނާ އާ މެދުގައެވެ. އެ ޒުވާނާގެ ވާހަކަ އަހާލުމަށް ނިޝާ ބެސްޓްފްރެންޑް ނަހޫ އަދި ކްލާސް […]
ނިޝާއަކީ ޒިޔާދުގެ ދޮށީ އަންހެން ދަރިއެވެ. ނިޝާގެ މަންމަ ރިޒުމާ ވަނީ ނިޝާއަށް 3 އަހަރުގައި މަރުވެފައެވެ. އެހެން ނަމަވެސް ނިޝާ އާއި ނިޝާގެ ދައްތަ ޝިޒޫއަށް ދެރައެއްލިބިދާނެތީ ޒިޔާދު މީހަކާ ނީނދެއެވެ. އެއީ ދޮންމަންމައެއްގެ ފަރާތުން އެކުދިންނަށް ދެރައެއް ލިބިދާނެތީއެވެ. ޒިޔާދުގެ ތިބީ ހަމައެކަނި އެދެކުދިން ކަމުން ދެ އަންހެން ކުދިންވެސް ބެލީ ވަރަށް ރަނގަޅަށެވެ. އަދި މަންމަ އެއްގެ ލޯބި ނުލިބޭ ކަމުގެ އިޙްސާސްވެސް އެދެކުދިންނަކަށް ވިޔަކަ ނުދެއެވެ. ނިޝާއާއި ޝިޒޫގެ ދެމެދުގައި ވަނީ […]
(ނޯޓް: މިއީ ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ރަށުގެ ނަމަކީ ހިޔާލީ ނަންނަމެވެ.) ” ވަޓް؟؟.. މަ ކޮންއިރަކު ތިކަހަލަ ވާހަކައެއް ބުނީ.. ” އަހަރެން އެފަދަ ނަޒަރަކުން އެއްވެސް މީހަކާދޭތެރޭ ނުވެސްވިސްނަމެވެ. އަންހެންކުދިންނަކީ ހަމައެކަނި ވަގުތީކަމެކެވެ. ” ކޮންމެ އެއްޗެއް ދުލުން ބުނާކަށް ނުޖެހޭ.. މީހާގެ އަމަލުތަކުން އެމީހެއްގެ އިހްސާސްތައް ހުންނަގޮތް އިނގޭނެ..” ވަރަށް ވިސްނުންތެރިކަމާއެކު މިއުވާން ބުންޏެވެ. “މަށަށް ހީވަނީ މިއުވާންއަކަށް މަށެއް އަދި ނޭނގޭހެން.. މަށަކީ […]
ކޮންމެ ފިލްމެއް ނޫނީ ވާހަކައެއްގައިވެސް ހީރޯއަކާއި ހީރޯއިނުންއުޅެއެވެ. ނަމަވެސް މީ އަހަރެންގެ ވާހަކައެވެ. އަހަރެންގެ ވާހަކަ އެހެންވާހަކަތަކާއި ވަރަށް ތަފާތެވެ. ހީރޯއެއްގެ ގޮތެއްނޭނގެއެވެ. ނަމަވެސް ވިލަންއެއް އުޅެއެވެ. އަހަރެންނަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރަމުންދާ މީހެކެވެ. އެކިފަހަރު މަސައްކަތްކުރަމުންދަނީ އެކި އަތޮޅުތަކުގައެވެ. ނަމަވެސް ތިން އަހަރުވީއިރުވެސް އުޅެބޮޑުވި ފަސްގަނޑުގައި މަސައްކަތްކުރާކަށް ފުރުސަތެއް ނުލިބެއެވެ. އެފަދަ ފުރުސަތަކަށް އަހަރެންހުރީ ބަލަބަލައެވެ. އުމުރުން ތޭރައަހަރުގައި އެރަށްދޫކޮށް އާއިލާއާއި އެކީ މާލެބަދަލުވިފަހުން އަހަރެން ރަށަކަށްނުދަމެވެ.އަހަރުފެށުނުތަނާ އަހަރެންގެ ޓްރާންސްފާރ ލެޓަރ ލިބުނެވެ. “މިފަހަރު ކޮން […]
މިއީ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ނަމަވެސް ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލުނަންތަކެއްނޫނެވެ. (މިއީ އަޅުގަނޑު ވާހަކަލިޔަންވެގެން އެސްފިޔައިގައި ޝާޢިރުކުރާ ވާހަކައެއްނޫނެވެ. ނަމަވެސް ހިތުގެ އުދާސްތައްބޭރުކޮށްލުމަށް މިއީ ރަނގަޅުގޮތެއްކަމުގައި ޤަބޫލުކުރެވޭތީ ކޮންމެވެސް ބަޔަކަށް ޚިއްސާކޮށްލުމުން ހިތަށް ހަމަޖެހުމެއްލިބޭނެކަމަށް އުންމީދުކުރެވޭތީ ވާހަކައެއްގޮތަށް ލިޔެލަން ބޭނުންވީއެވެ. 16 ފެބްރުއަރީ 2016 (ފުރަތަމަ ބައި……) ދިރިއުޅުމަކީ ހަނގުރާމައެކެވެ. ކުޑައިރު މިހެން މީހުންބުނާތީ އަޑުއަހަމެވެ. އޭރު ހިތަށްއަރަނީ މޮޅެތި ވާހަކަ ދައްކާ މީހުންވެސްއުޅެއެވެ. ދިރިއުޅުމާއި ބެހޭގޮތުން މީބުނަން ކޮންއެއްޗެއްހެއްޔެވެ. ދިރިއުޅުން ހަނގުރާމައަކަށް […]
ޝާމިންގެ ހިތްވަރުގަދަ ކަމުން ލަމްޔާ ހިތާހިތުން ޝާމިންއަށް ތައުރީފުކުރަމުން ދިޔައިރު ހިފެހެއްޓުމެއްނެތި ލަމްޔާގެ ލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ. “މީ އަހަރެންގެ މަޒީ، އަހަރެންނަށް ކުޑައިރު އެގޮތަށް ދިމާވެފަ ހުރީމަ އެހެންވީ، އަހަންނަށް މާފްކުރޭ ލަމްޔާ، މާފްކުރޭ” ޝާމިންގެ މާޒީ ކިޔައިދިނުމަށްފަހު ލަމްޔާ ކައިރީ މާފަށް އެދެމުން ލަމްޔާގެ ގައިގައި ބައްދައިލިއިރު ހަމަ ރަނގަޅަށްވެސް ޝާމިންއަށް ރޮވިއްޖެއެވެ. އަދި ޝާމިން އިރުކޮޅަކު އެހެން އިނުމަށްފަހު ފާހަނައަށް ވަދެ މޫނުދޮވެލައިގެން އައުމުން ލަމްޔާވެސް ފާހަނައަށް ވަނެވެ. ލަމްޔާ ފާހާނައިން […]
ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ…މިރޭ ބާލީސް ހާދަ ހަރޭ އަހަރެންގެ ހިތަށް އެރިއެވެ….ފޯނުގެ ސްކްރީން އަށް ބަލާލީމެވެ.ގަޑިން ވީވަރު ބަލާލުމަށެވެ..ހިތްނުތަނަވަސް ވިއެވެ…1 ޖަހަން ހުރީ ފަސްމިނެޓެވެ..މިރޭގެ ބާކީއަށް އޮތް ދަންފަޅި ހޭދަކުރާނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ…މިރޭވެސް “އެ”ވަގުތު އަންނާނެއެވެ…ލޯމަރާލީމެވެ….ނިދޭތޯއެވެ…ނިދިއްޖެނަމަ ވާނީ ކިހިނެއްބާއެވެ….މިކަހަލަ އެތަކެއް ޚިޔާލް ތަކެއް ގައި އޮތީމެވެ… ފާއިތުވާ ކޮންމެ ސިކުންތަކާއެކު ހިތުގެ ހިނގުންވެސް އަވަސްވެއެވެ…….ގަޑިއަށް ބަލާލީމެވެ.. 1 ޖަހާ ނުވަމިނެޓް ހިނގައިފިއެވެ….1 ގަޑި 10 ހިނގީ އަހަރެން ގަޑިއަށް ބަލަން އޮއްވައެވެ..ނޭވާ ހިފަހައްޓާލެވުނެވެ.. ޑަން…………….. […]