ގޭ ކުރިމަތީގައި ހުރި ނިޝާ ފެނުމުން ޝިޒޫ ދުއްވައިގަތެވެ. އަދި ގޮސް ބައްދައި ގަތެވެ. ނިޝާއަށް ހަމަ ހޭވެރިވީ ދެނެވެ. “ދޮންތާ! އެހެރީ ކޮން ބޯއީއެއް؟” އަތުގެ އިޝާރާތުން ނިޝާ ދައްކާލިއެވެ. އެއީ ޒީޝަންގެ ކޮއްކޮގެ ދައްތަގެ ފިރިމީހާގެ ކޮއްކޮ” ޝިޒޫ އެހެން ބުނުމަށް ފަހު ނިޝާ ގޮވައިގެން ގެއަށް ވަނެވެ. ގޭތެރެއަށް ވަދުމަށް ފަހުގަވެސް ނިޝާ އަށް ވިސްނެމުންދަނީ އެޒުވާނާ އާ މެދުގައެވެ. އެ ޒުވާނާގެ ވާހަކަ އަހާލުމަށް ނިޝާ ބެސްޓްފްރެންޑް ނަހޫ އަދި ކްލާސް […]
ނިޝާއަކީ ޒިޔާދުގެ ދޮށީ އަންހެން ދަރިއެވެ. ނިޝާގެ މަންމަ ރިޒުމާ ވަނީ ނިޝާއަށް 3 އަހަރުގައި މަރުވެފައެވެ. އެހެން ނަމަވެސް ނިޝާ އާއި ނިޝާގެ ދައްތަ ޝިޒޫއަށް ދެރައެއްލިބިދާނެތީ ޒިޔާދު މީހަކާ ނީނދެއެވެ. އެއީ ދޮންމަންމައެއްގެ ފަރާތުން އެކުދިންނަށް ދެރައެއް ލިބިދާނެތީއެވެ. ޒިޔާދުގެ ތިބީ ހަމައެކަނި އެދެކުދިން ކަމުން ދެ އަންހެން ކުދިންވެސް ބެލީ ވަރަށް ރަނގަޅަށެވެ. އަދި މަންމަ އެއްގެ ލޯބި ނުލިބޭ ކަމުގެ އިޙްސާސްވެސް އެދެކުދިންނަކަށް ވިޔަކަ ނުދެއެވެ. ނިޝާއާއި ޝިޒޫގެ ދެމެދުގައި ވަނީ […]