ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ…މިރޭ ބާލީސް ހާދަ ހަރޭ އަހަރެންގެ ހިތަށް އެރިއެވެ….ފޯނުގެ ސްކްރީން އަށް ބަލާލީމެވެ.ގަޑިން ވީވަރު ބަލާލުމަށެވެ..ހިތްނުތަނަވަސް ވިއެވެ…1 ޖަހަން ހުރީ ފަސްމިނެޓެވެ..މިރޭގެ ބާކީއަށް އޮތް ދަންފަޅި ހޭދަކުރާނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ…މިރޭވެސް “އެ”ވަގުތު އަންނާނެއެވެ…ލޯމަރާލީމެވެ….ނިދޭތޯއެވެ…ނިދިއްޖެނަމަ ވާނީ ކިހިނެއްބާއެވެ….މިކަހަލަ އެތަކެއް ޚިޔާލް ތަކެއް ގައި އޮތީމެވެ… ފާއިތުވާ ކޮންމެ ސިކުންތަކާއެކު ހިތުގެ ހިނގުންވެސް އަވަސްވެއެވެ…….ގަޑިއަށް ބަލާލީމެވެ.. 1 ޖަހާ ނުވަމިނެޓް ހިނގައިފިއެވެ….1 ގަޑި 10 ހިނގީ އަހަރެން ގަޑިއަށް ބަލަން އޮއްވައެވެ..ނޭވާ ހިފަހައްޓާލެވުނެވެ.. ޑަން…………….. […]