Skip to content
އެސްފިޔަ

އިންތިޒާރު 2 ވަނަ ބައި

ގޭ ކުރިމަތީގައި ހުރި ނިޝާ ފެނުމުން ޝިޒޫ ދުއްވައިގަތެވެ. އަދި ގޮސް ބައްދައި ގަތެވެ. ނިޝާއަށް ހަމަ ހޭވެރިވީ ދެނެވެ. “ދޮންތާ! އެހެރީ ކޮން ބޯއީއެއް؟” އަތުގެ އިޝާރާތުން ނިޝާ ދައްކާލިއެވެ. އެއީ ޒީޝަންގެ ކޮއްކޮގެ ދައްތަގެ ފިރިމީހާގެ ކޮއްކޮ” ޝިޒޫ އެހެން ބުނުމަށް ފަހު ނިޝާ ގޮވައިގެން ގެއަށް ވަނެވެ.

ގޭތެރެއަށް ވަދުމަށް ފަހުގަވެސް ނިޝާ އަށް ވިސްނެމުންދަނީ އެޒުވާނާ އާ މެދުގައެވެ. އެ ޒުވާނާގެ ވާހަކަ އަހާލުމަށް ނިޝާ ބެސްޓްފްރެންޑް ނަހޫ އަދި ކްލާސް މޭޓް ޒީޝަން ކައިރިއަށް ދާން ނިންމިއެވެ. އެރޭގެ ކެއުމަށް ފަހު ބައްޕަގެ ކައިރީ ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނެފައި އަވަސްއަވަހަށް ނަހޫ ގެއަށް ދިޔުމަށް ނިޝާ ނިކުތެވެ.. ކަންތައްވީ ނިޝާ ހީކުރިގޮތާ މުޅިން ހިލާފަށެވެ. އެންމެނާވެސް ވާހަކަ ދައްކާ މަޖާ ކުރަމުން ދިޔައީ ނިޝާގެ ހިތުގެ ވެރިޔާއެވެ. އެއީ ކޮންނަމެއްކިޔާ ޒުވާނެއްކަން ނޭނގުނަސް ނިޝާގެ ހިތުގައި އެޒުވާނާ ގެ ސޫރަ ވަނި ބިންވަޅުނެގިފައެވެ. އެޒުވާނާ ފެނުމުން ނިޝާ ގަނޑުވިކަހަލައެވެ. ނިޝާ ސިއްސައިގެން ދިޔައީ ނަހޫ އައިސް އަތުގަ ހިފާފައި އެމީހުން ކައިރިއަށް އަންނަން ބުނުމުންނެވެ. ނިޝާ އެއްވެސް ދެކޮޅުހެދުމެއްނެތި ގޮސް އެމީހުނާ ބައިވެރިވިއެވެ.

އެ ޒުވާނާ ވެސް ނިޝާ އާއި ދިމާލަށް ބަލަމުންދާކަން ނިޝާ ފާހަގަ ކުރިއެވެ. އެންމެން މަޖާ ކުރަމުން ދާއިރުވެސް ނިޝާ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާކަން ނަހޫ ފާހަގަ ކުރިއެވެ. ” ނިޝް ކީއްވެ އެހާ މަޑުން ތިއިނީ؟” ނަހޫ އަހާލިއެވެ. ” އާ.. އާ.. މީ.. ކަމެއްނުވޭ.. ތިމީހުން ނިމެންދެކަ އަޑުއަހަން މި އިންނަނީ” ނިޝާ އަނގަ އޮޅޭގޮތްވިއެވެ. އޭރުވެސް އެޒުވާނާ ކަޅިޖަހާވެސް ނުލާ ބަލަން އިނދެވެ.”އެއީ ކޮންބޯއީ އެއްތަ؟” ނިޝާ ސިއްރުސިއްރުން އަހާލިއެވެ. “އެއީ ޒާއިން” ނަހޫ ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. “ޒާއިން.. ޒާއިން” ނިޝާ ހިތާހިތާ އެޒުވާނާއަށް ތައުރީފް ކޮއްލިއެވެ.

އޭގެ އަނެއްދުވަހު ހެނދުނު ކުނި ކަހަން އޮއްވަވެސް ޒާއިން ބަލަން ހުރިކަން ނިޝާއަށް ފާހަގަ ކުރެވުނެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން އަވަދި ނެތި ނިޝާ ބަދިގޭގައި މަސައްކަތް ކުރަމުން ދިޔައެވެ. އަދި ޝިޒޫ ފިހާރެއަށް ފުނުވި މީހާ ލަސް ކަމުން ކުދި ކިޔަމުން ދިޔައެވެ. ދޮރު ހުޅުވާލި އަޑަށް ބަދިގޭން ނިކުމެފައި ނިޝާ ދޮރާ ދިމާލަށް  ބަލައިލިއެވެ.

އޭރު ޝިޒޫ އާއެކު ޒާއިން ވެސް ހުއްޓެވެ. “ޒާއިން.. މީ އަހަރެންގެ ކޮއްކޮ ނިޝާ.. އަހަރެމެން ލޯބިން ކިޔަނީ ނިޝް” ޝިޒޫ ބުނެލިއެވެ. ޒާއިން ސަލާމް ކޮެއްލުމަށް ނިޝާއަށް އަތް ދިއްކޮއްލިއެވެ. “ނިޝް. ވަރަށް ރީތި ނަމެއް” ޒާއިން ބުނެލިއެވެ. ޒާއިން ނިޝާގެ އަތުގައި ހިފި ގޮތައް ހުރެފައި ބުނެލިއެވެ. “ތޭންކްސް” ތުއި ގޮތަކަށް އަތް ފޮޅުވާލަމުން ނިޝާ ބުނެލިއެވެ. “އިޝިންދޭ” އެހެން ބުނުމަށް ފަހު ނިޝާ ދިޔައީބަދިގެއަށެވެ. “ދޮންތާ! ޒާއިން ކީއްކުރަން މިގެއްށް އެއައީ؟” ނިޝާ އަހާލިއެވެ. “ނިޝް ނާންނައިރުވެސް އޭނަ ރަށަށް އައިފަހުން ކޮންމެ ހުކުރު ދުވަހަކު މެންދުރު ކާން ގެންނަން.. އެހެންވެ ދޮންތަ ބުނެގެން އެއައީ” ޝިޒޫ ޖަވާބު ދިނެވެ. “އޯކޭ” ނިޝާއެހެން ބުނުމަށް ފަހު އަނެއްކާވެސް ކެއްކުމައިގެން ކުރިއަށް ދިޔައެވެ.

އެދުވަހުގެ މެންދުރުގެ ކެއުމަށް ފަހުވެސް ޒާއިން ވަރަށް ގިނައިރު ނިޝާމެން ގޭގައި އުޅުނެވެ. ޒާއިން އަކީ އެންމެނާވެސް ވަރަށް ގުޅޭ މަޖާ މީހެއްކަމުން ނިޝާގެ ބައްޕަ ޒިޔާދުވެސް އިނީވަރަށް މަޖާވެފައެވެ. ޒީޔާދުގެ ދެ އަންހެން ދަރިންނަށްވެސް އެކަހަލަ ރަނގަޅު ފިރިއެއް ލިބޭތޯ ހިތާހިތާ ދުޢާ ކޮއްލެވުނެވެ. ޒާއިން އެހާގިނައިރު އެގޭގައި މަޑު ކުރީވެސް ނިޝާ އާ ވާހަކަ ދައްކާލާ ރައްޓެހި ވެލުމަށެވެ. ނަމަވެސް ނިޝާ ފެންނަވަރެއް ނުވިއެވެ.

“ނިޝް.. ނިޝް.. ދޮރުހުޅުވަބެލަ.. ބަލީތަ އަނެއްކާ؟” ޝިޒޫގެ އަޑުގައި ހާސް ކަމެއް އެކުލެވިފައި ވެއެވެ. ވާނީވެސް އެހެންތާއެވެ. ނިޝާއަކީ ކުރިން ދުވަހަކުވެސް އެގޮތަށް ކޮޓަރީގައި އޮންނަ ކުއްޖެއްނޫނެވެ. “ކަމެއް ނުވެޔޭ ދޮންތާ.. ފެންވަރައިން ނަމާދުކޮއްލިއްޔޭ.. ނިޝާ އެހެން ބުނަމުން ނިކުތީ އިސްތަށިގަނޑު އެއްފަރާތް ކޮއްލަމުންނެވެ. އެވަޤުތު ޒާއިންގެ ލޯ އަމާޒުވީ އެ އިސްތަށިގަނޑަށެވެ. އަދި އޮމާން އެރީތި ކަނދުރާމައްޗަށެވެ. ނިޝާ އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ.

“ކޮބާ ޒާއިން ހިނގާ ދެންދަމާ.. މިހާރު ގޭމީހުންވެސް ހޯދާނެ.. އަދި ޒާއިންގެ ނަހޫވެސް މިހާރު ހޯދާނެ. މިއަދު އޭނަ ކައިރިއަކަށް ނުވެސް  ނަމެއްނު ދޯ… ޝިޒޫ ބުނެލިއެވެ. “އޭނަ މަންމަ އެއްޗެހި ކިޔާތި ދާހިތެއްނުވޭ މިހާރަކު.. އެގުޅުން މަތިންވެސް ފޫހި ވެއްޖެ.. އެވާހަކަ ދެން ނުދައްކައްޗޭ..” ޒާއިން ބުނެލިއެވެ. “ބަލަ އަލަށްތަ ނަހޫގެ މަންމަ އެ އެއްޗެހި ކިޔަނީ” ޝިޒޫ މަލާމާތުގެ ރާގަކަށް ބުންޏެވެ.

ނުނިމޭ

Comments (9)

  1. shaaya

    Hykuran hurihaa kiyuntherinnahvx mi vaahaka rythi vaane kamah.. n m sorry lahun update kurevunyma.. 🙂

  2. Maash

    Haadhahaa kurey thahkolheh dhigukoh genes dheybala

    1. shaaya
      Maash

      Next part iraadha kurehviyya dhigu khlaanan.. thnx 🙂

  3. Ze

    Haadha kurey than kolheh dhigukoh genes dheeba

  4. shine

    I like this story bt maa kurukh up khdheny.. Lahun up kuriyas k a bt lahun up kuraairu miahvure thankolheh dhigukh genesdhyba plx..

  5. Soabi

    Maa kuru thankolheh digukoahlaa eyrun vaahakayah vadeveyvaru vaaney nice story good work ?

  6. mariyam shahufa

    wow i love this one.

  7. leesh

    Koba tha anehbai

  8. meera

    its beautiful……?

Comments are closed.